
ސާރާއަށް ރޮވުނީއެވެ.ޝާއިފް ބޭވަފާތެރިވެފައި ދައްކާލާ ވާހަކަ ތަކުގެ މަތި އޮމާން ކަމުންނެވެ.
ޝާއިފް ފުރައިފިއެވެ.ބަރާބަރަށް ގުޅައެވެ. ސާރާވެސް ކޯހަށް ފުރާ ދުވަސް ކައިރިވަނީ އެވެ. ސާރާ އެންމެ އުފާވަނީ ޝާއިފްއަށް ދައްކާނޭ ބަހަނާއެއް ލިބޭތީވެއެވެ.
ޝާއިފް ދިޔަތާ މިއަދަށް ހަަމަސް ވީއެވެ.މާދަމާ އަކީ ސާރާ ކޯހަށް ފުރާ ދުވަސް ކަމުން އަރީޝާ ބޭނުންވީ ސާރާ ގެ ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށްލުމަށެވެ. ސާރާއަށް ގެޔަށް އާދެވޭ ވަރުވީ ރޭގަނޑު އިރުއޮއްސުން ފަހުންނެވެ.ސިޓިންރޫމް އަދިރިއެވެ.ދޮރުލައަޕާލުމަށް ފަހު ބޮކި ދިއްލުމާއި އެކު ސާރާ އަށް ލިބުނީ ހައިރާން ކަމެކެވެ.
ކުރިމަތީގައި ހުރީ ޝާއިފް އެވެ.އަތުގައި ރަތްކުލައިގެ ފިނިފެންމަލުގެ ގުލްދަސްތާއެއް އަތުގައި އޮތެވެ. ” ވިލް ޔޫ ބީ މައި ވައިފް މިސް ސާރާ؟”ޝާއިފް ސާރާގެ ކައިރިޔަށް ތިރިވެލުމަށް ފަހު ބުނެލި ޖުމުލައިން ސާރާއަށް ހީވީ ސާރާގެ ހިތް އޭގެ ޖަގަހައިން ފުންމާލާ ފާނެހެންނެވެ .މުޅި މީހާ ފިނިވެގެން ދިޔައެވެ. “ސާރާ ؟” އެވަގުތު ސާރާ ހިތަށް ބުނާނެ އެއްޗެއް ނައުމުން ހަމައެކަނި ބޯޖަހާލުމަކުން ފުއްދާލީމެވެ.”ތެންކިޔު ސާރާ.ތިއީ އަހަރެންގެ ހަޔާތުގައި ނެގުނު އެންމެ ފުރިހަމަ ނިންމުން.ސާރާފަދަ ކުއްޖެއްގެ ހަޔާތުގެ ބައިވެރިޔަކަށް ވުމަކީ އަހަންނަށް ލިބުނު ޝަރަފެއް.” ޝާއިފް ހީވަނީ އުފަލުން އުދުއްސައި ގަތް ދާނެހެންނެވެ.އެހެންނަމަވެސް ސާރާއަށް މިވަގުތު ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޭނގުނެވެ.އެތައް އިރަކު ޝާއިފް އާއި އެކީ އިނުމަށް ފަހު އެންމެ ފަހުން ސާރާ ވާހަކަ ދައްކަން ފެށިއެވެ.”ޝާއިފް ތިއީ އެކަމް ބޭރުގައި ކިޔަވަން ހުރި މީހާއެއްނޫންތަ؟ކިހިނެއް އައީ ؟ ކޮބާ ދޮންތަމެން؟ކިހިނެއްމިހުރިހާ ކަމެއްކުރީ ؟ ޝާއިފް ގެ ކަމެއްތަ އަހަރެން ބޭރަށް ފޮނުވުމަކީވެސް؟”ސާރާގެ ހިތުގައި ހުރި ސުވާލުތައް އެއްފަހަރާ އޮއްސާލިއެވެ.ޝާއިފްގެ ގާތަށް ފުރަތަމަ ވެސް އައީ ހިންޏެވެ.”އައްދެ ހާދަ ބައިވަރު ސުވާލެއް.ތިއީ އަހަރެންގެ ސުވާލު ފޮށިތަ؟”
“ދެން..އަދިވެސް ސާރާ ކުރި ސުވާލަކަށް ޝާއިފް އަކަށް ޖަވާބެއް ނުދެވެއެއްނު!”ސާރާމޫނަށް ރުޅި އަންނަ ކަމަށް ހެދެމުން ބުނެލިއެވެ.”އައްދެ!މިއީ އަދިވެސް ބޮޑުމީހެއްނޫންދޯ؟ އޯކޭ ޝާއިފް މިއަދު މިކޮޅަށް އައީ. މިއީ ވިންޓާ ބްރޭކް ފެށުނީމަ . އެހެންނުނަސް ސާރާ އާއި ދުރުގައި ހުރެވޭނީ ކިހިނެތް.މިއަދު އައީ.ސާރާ ކައިރީ ނުބުނީ ސާރާ އަށް ސަޕްރައިޒްއެއް ދޭންވެގެން.ސާރާ މާދަމާ ފުރާތީވެ ދޮންތަ ވީ އޮފީހުގައި ކުރަންޖެހޭ ކަންތައްތައް ނިންމާލާން ގޮއްސަ.ސާރާގެ ދޮންތަބެ އަށް އެމެޖެންސީ ކޭސް އެއް އައިސް ގެން ދިޔައީ.ދޮންތަމެން ކައިރީ އަހަރެން ބުނިން.އެހެންވެ ދޮންތަ ބުނީ ސާރާ ބޭރަށް ފޮނުވާލާނަމޭ.ދެން މިހާރު ސާފުތަ؟”ސާރާ ބޯޖަހާލިއެވެ.އެވަގުތު ގޭގެ ބެލް ޖަހާލި އަޑުއިވުނެވެ.ދޮރުހުޅުވާލިއިރު ކުރިމަތީގައި ތިބީ ސާރާގެ ރައްެޓެހިންނެވެ.ކަންތަކާއި ޖެހުނީތާއޭ ސާރާގެ ހިތަށް އެރިއެވެ.
“މިިސިޒް ޝާއިފް؟އަހަރެމެން މިއައީ ސާރާގެ ފޮށި ރެޑީ ކޮށްދެން.ނާހާތި ނައިނާގެ ފޮށީގެ ވާހަކަ.ނިމިފަ ހުރީ.” ނައިނާބުނެލިއެވެ.”ސާރާ މިއީ ތަ ޝާއިފް އަކީ؟ރަގަޅު ގަޑިއެއްގައި ދޯ މިއާދެވުނީ”ޝިޔާރާ ބުނެލިއެވެ.
“ހޫމް ސާރާ މިއީ އެންމެ ބަސްއަހައިގެން އުޅުން މީހާ އޭ.އަހަރުމެން 10 ގައި ކުދިންނާ ރައްޓެހިވީމަ އެހާ ދިމާކޮއްލި ވިއްޔަ.މިއަދު ރަގަޅަށް ބަދަލު ހިފާލާފައި ދާނީ.އަހަރުމެންގެ ބިޓުން ކައިރީ އަހަރުމެން ލަދުގަންނަވާލީމެންނުން.މިއަދު ޝާއިފް ހުއްޓާ ހަމަ ބަދަލު ހިފާލާނީ.”ޝިޔާރާ މިހެންބުނުމުން ސާރާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.ސާރާއަށް ބަލައިލެވުނީ ޝާއިފް އާއި ދިމާލަށެވެ.އޭރު ޝާއިފް ހިނިތުންވުމަކާއި އެކު ސާރާ އާއި ދިމާލަށް ބަލަން ހުއްޓެވެ.”ޝާއިފްގެ ހުއްދަ ދޭނަން ދޯ މިހިރަ ފެންނަ ސާރާގެ ވާހަކަ ދައްކަން.އާ އެހެންޏަ މިހާރު މިހުރީ ވިއްޔަ ފިރިސޮރު ކައިރީ .އެހެންވީމަ ހުއްދަ އަހަންޖެހޭނެތާ ދޯ.”ނައިނާ ބުނެލިއެވެ.ސާރާ ހުރީ ލަދުން ކަން ބަލައިލި ކޮންމެ މީހަކަށް އެނގޭހާވެއެވެ.
“ހޫމް.އަހަރެން ހުއްދަ ނުދިނަސް ވާހަކަ ދެއްކޭނެއްނު.އެހެންނޫނީ އެއީ ސާރާގެ މިނިވަން ކަމަށް ހުރަސް އެޅުން ނޫން ކަމަކަށް ނުވާނެ.އެހެންނޫނަސް އަހަރެންގެ މީހަކަށް ސާރާވީ ތިމީހުންގެ ރައްޓެއްސެއްގެ ގޮތުގައި އުޅުމަށް ފަހު އެއްނު.” ޝާއިފް މިހެން ބުނުމާއި އެކު ޝާއިފް ސާރާދެކެ ވާލޯބި ސާރާއަށް އެގިގެން ދިޔައެވެ.ެ. “ހަމަ ސާރާ ކަހަލަ މީހެއް ސާރާއަށް ލިބިފައި ތިހުރީ .އަހަރެމެންނަށް ވެސް ލެކްޗަރު ދޭނީ ހަމަ ތިގޮތަށް ސާރާ.”އެތަނުަގައި ބަހެއް ނުބުނެ ހުރި މަންހާ ބުނެލިއެވެ.
” ސާރާ .ޝާއިފް މިދަނީ ދާން.ޝާއިފް ގެ ފްރެންޑުން ކޮޅަކާއި ބައްދަލު ކޮށް ލާނެ ވާހަކަ ބުނެފަ އޮންނާނިީ.ގުޅާނަން ފަހުން.ވަރށް އުފާވެއްޖެ ސާރާގެ ފްރެންޑުންނާއި ދިމާވީމަ.” އެތަކެއް ވާހަކަތަކަކަށް ފަހު ދާން ތެދުވަމުން ބުނެލިއެވެ.
“ސާރާ ފެންފުޅިއެއް ގެނެސްދީބަލަ” ޝިޔާރާ ބުނެލިއެވެ.ސާރާ ފެންފުޅިއެއް ބަލާދާން ތެދުވުމުން ގޮސް ގޮސް ހުރި ޝާއިފް އަށް ނައިނާ ގޮވާލިއެވެ.
“ސާރާ މިވާހަކަ ޝާއިފް ކައިރީ ނުބުނެދާނެ.ސާރާ އަކީ ވަރަށް ސިއްރުހިފަހައްޓާ ކުއްޖެއް.ސާރާ އުޅޭގޮތުން އެހެންމީހުން ދެނެގަންނަން ޖެހޭނީ ސާރާ އެހުރީ ދެރަ ވެފަކަން ނޫނީ ހިތްހަމަ ނުޖެހިފަކަން.އަހަރެމެން ވަރަށް ހިތްހަމަޖެހޭ ސާރާގެ ނިންމުމާއި މެދު.ޝާއިފް ވެގެންނުވާނެ ސާރާގެ ލައިފް ގައި ހެދުނު މިސްޓޭކްއަކަށް.ސާރާ މީގެ ކުރިންވެސް ކުއްޖަކާއި ރައްޓެހި ނުވެ ހުރީ ހަމަ އެހެންވެ.ސާރާގެ ފީލިންގްސް ތައް އެއީ ސާރާ ގަބޫލު ކުރާ ގޮތުގައި ސާރާގެ އަމިއްލަ ނަފްސަށް ބަހައްޓަން ޖެހޭ އެއްޗެއް.އަހަރުމެން ހީކުރަނީ ޝާއިފް ސާރާ އަށް ދެރަ ގޮތެއްނަހަދާނެ ކަމަށް.ސާރާ އަބަދުވެސް އުފަލުގައި ބަހައްޓަދޭތި.ސާރާގެ ލޮލުން އެންމެ ކަރުން ތިއްކެއް ވެއްޓުނަސް އެއީ ޝާއިފް އަށް އުމުރުގައިވެސް މައާފް ނުލިބޭނެ ކުށެކޭ ހީކޮށްލާ.ސާރާ ޝާއިފްގެ އަތްމައްޗަށް ދޫކޮށް މިލަނީ ވަރަށް އިތުބާރާއި އެކު.ހީކުރަން މިއިތުބާރު ފުޑު ފުޑު ކޮށް ނުލާނެކަމަށް.”ނައިނާ ބުނެލިއެވެ.”އަހަރެން ޔަގީން ކަން ދެން އަހަރެން ހަމަހޭގައި ނޭވާ ހުރިހާ ހިނދަކު ސާރާ އުފަލުގައި ރައްކާތެރިކަމާއި އެކު ބަހައްޓަދޭނަން.މިއީ އަހަރެން ތި ތިންމީހުނަށް ވާ ވަޢުދެއް”ޝާއިފް ގެ ވާހާކަ މެދުކަނޑާލީ ސާރާއައިސް ހުޓުމުންނެވެ.”އަޅެ ތިމީހުން ޝާއި ފޮނުވާލަންވެސް ބޭނުންނުވަނީތަ؟”
“ނޫނޭ ޝާއި މިދަނީ ދާން.ސާރާ ޖޭ ވީތަ؟”ސާރާގެ ކޮލުގައި ލޯތްބާއިއެކު ހިފާލަމުން ޝާއިފް ބުނެލިއެވެ.
ޝާއިފް ދިއުމާއި އެކު ސާރާ އެންމެ ކައިރީގައި ހުރި މަންހާ ގައިގައި އެތިފަހަރެއް އަޅުވާލިއެވެ.”އައްދިއްޔޯއި.މަ އަނގައިން ނުބުނެ ހުރި މީހާ އަކަށްނުން ހުރިހާ ވަރެއް.މިތިބި ދެމީހުންނަށް ތިވަރު ބާލުވަބަލަ.” ތުން އޫ ކޮށްލަމުން މަންހާ ބުނެލިއެވެ.”ނޭނގެ މިރޭ ސާރާއަށް އޭނަ ގުޅީމަ ވާހަކަ ދެއްކޭނެ ކަމެއްވެސް.އެހާ ދިމާކޮށްލާނެ ކަންނޭގެ.”ކަންބޮޑުވުމާއި އެކު ސާރާ ބުނެލިއެވެ.”ހެވެއްނު.އަހަރެމެން ކިތަށްފަހަރު ބުނިން ޅިޔަންބެ ދައްކާށޭ.ނުދެއްކީމެއްނު! އަސްލު އޭގެ ބަދަލެއް މިހިފާލީ.”ނައިނާ ރައްދު ދިނެވެ.
ދަބަސް ޕެކްކުރާކަށް ސާރާއަކަށް ނުޖެހުނެވެ.އަތްލިޔަ ނުވެސް ދިނީއެވެ.މިފަދަ ރައްޓެހިންތަކެއް ލިބުނިތީ އަބަދުވެސް ސާރާ ފަޚުރުވެރިވެއެވެ.ދުވަހަކުވެސް ސާރާ ދެރަ ކޮށްފައި ބާކީ ކޮށްފައި އެއްނުބަހައްޓައެވެ. ސާރާ ހުންނަ ތަންތާގައި އެމީހުންގެ މައިންބަފައިންގެ ވާހަކައެއް ނުދައްކައެވެ.އެހުރިހާ ކަމެއްވެސް ކުރަނީ ސާރާ ދެރަ ވެދާނެތީއެވެ.އެންމެ ދަތި އުނދަގޫ ވަގުތު ތަކުގައި އަބަދުވެސް ކައިރީގައި ހުރެދެެެެެެެެެެއެވެ.ނަމަވެސް މިފަދަ ހެޔޮ ބަޔަކަށް ސާރާ ގެ ހިތުގެ ހާލު ކިޔާދޭން ފަސްޖެހެވޭތީ ސާރާ ވަރަށް ދެރަ ވެއެވެ.
12 Comments!
Comments are closed.
Awlhey haadha reethi story ekey Maasha Allah ???? Mi bai es vvv reethi inge dear. I don’t know what to say. You are really talented vanteKTH ❤️❤️❤️ Mi story nimendhen genesdheyne kamau unmeedhukuran. Aslu es hama vvv reethi story eiy miee. I just love it ???????❤️❤️ Waiting for the next part. Love you ❤️❤️
alhey thankyou a lot dhonthy..i have been isnpired by your stories..you are my inpiration to start writing this..inshallah stry nimendhen genesdheynan..lysm❤❤❤❤❤???
Awlhey happy to hear that dear ????? Insha Allah dhonthi au vure es molhu liyuntheriakau vanteKTH vaane iraadhakurevviyyaa. Love you so much
maasha allah haadha haadha reehchey mi stry dear.. hamaa bunaane ehcheh vs neyngifa mi hurii.. curiously waiting fr the nxt part… whn nxt dear
thankyou girl..inshallah maadhama emme lasvegen up kohladheynan
Woww….masha allah….bunaane ehcheh vx neyge….hama ehaa reethi….curiously waiting for the nxt part…lysm..be safe…..
thank you dear..v ufaavejje vaahaka kamudiya e ma… inshallah maadhama next past kiyaalan libeyne..lym..stay safe ..stay at home
ma sha allah vvvv reethi…mi part ves ..when next part..
ma sha allah vvvv reethi…mi part ves ..when next part..
thankyou..inshallah miadhu kiyaalan libeyne next part
hope that this will be a beautiful story and i am curiously wating for nxt part ..vanteKTH fighting ??
thankyou..inshallah iwont make you readers disappoint..FIGHTING