” އެއީ ކާކު؟ ބައްޕަ ކޮބާ؟” ޒާން އަހާލިއެވެ. ” އެ… އެއީ… ބައްޕަގެ ސެކެޓްރީ….. ބައްޕަ އޮފީހުގަ ވީ..” ނުހާ ހާސްކަމާ އެކު ޒާންއަތުން ފޯނު ނަގަމުން ބުނެލިއެވެ. ޒާން އެހެންހެއްޔޭ ކިޔާފައި ހީލުމަށްފަހު އަނެއްކާ ގޮސް ކޮޓަރިއަށްވަނެވެ. ނުހާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޒާން އެއްޗެއް ހިތަކަށް ނާރާކަމަށް ހީކުރިއެވެ. **** ” ނޭގެ… މަންމަ ދޮގުހެދިކަން އެގެނީ.. އެހެން ނުނަސް ޑޭޑްގެ ސެކެޓްރީ އެހެނެއް ވާހަކަ ނުދައްކާނެ ނުން މަންމަ ކަން އެގެންޔާ […]
އާދައިގެ މަތިން ދުވަހެކެވެ. އަސްމާ ޒައިބާ ގޮވައިގެން ފިހާރަޔަކައް ދިޔައީ ޒައިބާއަށް ބޭނުންވާ ބައެއް ތަކެތި ގަނެދިނުމަށެވެ. ބައިގަޑިއިރެއް ހާއިރުގެ ބާޒާރު ކުރުމަށްފަހު އެދެމައިން ގެއައް ދާން މިސްރާބު ޖެހިއެވެ. ޒައިބާ ތަންކޮޅެއް އަވަހަށް ފިހާރައިން ނުކުތެވެ. އެވަގުތު ބާރު ސުޕީޑުގައި ސައިކަލެއް އެ އަންނަނީ ޒައިބާ އާދިމާއަށެވެ. އަސްމާއަށް ފިހާރައިން ނުކުމެވުނީ އެދަނޑި ވަޅުގައެވެ. ފެނުނު މަންޒަރުން އަސްމާގެ ބޮލަށް އުޑު ވެއްޓުން ކަހަލަ އިހުސާސެއް ކުރެވުނެވެ. “ދަރިފުޅާ….!” އަޑުގެ ނެއްތަނައް އަސްމާ ހަޅޭލަވައި ގަތެވެ. […]
އަލިގަދަ ތަރިތަކުން ޖަރީވެފައިވާ ހިތްގައިމު އުޑުމައްޗަށް ކަޅު ބަނަ ވިލާތައް ވެރިވަގެތެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅިތައް ބާރުވެ ވާރޭ ތިކިޖަހަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ހަރަކާތްތައް އަވަސްކޮށްލީ ވާރޭ ބޯކޮށްލުމުގެ ކުރިން އެމީހުންގެ މަންޒިލަށް ނުދެވިދާނެތީއެވެ. ފަރި ހިނގުމެއްގައި ދިޔަ އިފްނާވެސް އޭނާގެ ހިނގުން އަވަސްކޮށްލީ ވާރޭ ބޯކޮށްލުމުގެ ކުރިން ރަޙުމަތްތެރި ޒަލާގެ ގެއަށް ދިޔުމަށްޓަކައެވެ. ގަދަވަޔާއި އެކު ވިހުރުވެމުން ދިޔަ ފަންއިސްތަށިގަނޑު އެއްފަރާތުން […]
އުޑުމަތި ވަރަށްވެސް ސާފެވެ.. ގުނާއަދަދުނުކުރެވޭހާ ގިނަ ތަރިތައްފިޔަޖަހަމުން ދިޔައިރު.. ހަނދުގެ ފަނޑުއަލިކަން.. މުޅި ޖައްވުގައި ފެތުރިފައިވެއެވެ.. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ.. ކޮންމެ ދިމާލަކައް ބަލާލިއަސް ފެންނަމުންދަނީ ގުދުރަތީ ރީތިކަމެވެ.. ފުރިހަމަކަމެވެ.. ނަމަވެސް އަތިރިމަތީ ހުދުކަފަކޮޅެއްފަދަ ދޮންވެލިގަނޑުމަތީގައި އިށިންދެލައިގެން ހަނދައް ބަލަހައްޓައިގެން އިން.. ސިއާގެ މޫނުވަނީ މިލާފައެވެ.. އިރުއިރު ކޮޅާއަތުކުރީ ގަޑިއަށް ބަލާލެވެއެވެ… “ހާދަ ލަސްވެއްޖޭ.. ހުރެބަލަ އައިމަ ކުޅިދައްކާލާނަން”.. އެކަނި އެތާއިނދެ.. ސިއާ ކުދިކިޔަމުންދިޔައެވެ.. މީހަކު ރުޅިނާރާވަރެއްވެސް ނޫނެވެ.. 8 ޖަހާއިރައް އެތަނައް އަންނަން ބުނި މީހާއަދިވެސް […]
“މިހާރު މިތިބީ ހުރިހާ އެންމެންވެސް އެއްތާކުން ދިމާވެފައެއްނު”ހަމަޖެހިލެވުމާއިއެކު މަންހާ ބުނެލިއެވެ. “ދެން މަ ނަށަން ވީ؟”ނައިނާ ރައްދުދިނެވެ.”އަސްލު އެންމެން މިހެން ނުވާނެ ދޯ ބައްދަލެއް އަބަދަކު.އެހެންވީމަ ތައާރަފް އެއްވެސް އިންނަން ޖެހޭނެއެއްނު.ސާރާމެންނަށް މިތިބީ ކޮންބައެއްކަން އެނގުނަސް މިތިންމީހުނަށް އެކަކު އަނެކަކެއް ނޭގޭނެއެއްނު.ސޯ ޝިޔާ ފައްޓާ”.ސާރާ މަންހާއަށް ސަޕޯޓްކުރަމުން ބުނެލިއެވެ. “އޯކޭ.މިއީ ޝަފްރާޒް.އަހަރެމެން ދެމީހުން އެކީގައި އުޅޭތާ މިހާރު ހަތަރު އަހަރުވީ.”ޝިޔާރާ ބުނެލިއެވެ. “މިއީ ޝާއިފް.ނަން ނޭނގުނަސް ކުރިންވެސް ފެނިފައި ކަންނޭގެ ހުންނާނީ.އަހަރެމެން ދެމީހުން އެއްކޮށް އުޅޭތާ […]
ހިތްހަމަ ޖައްސާލަން އައި ދަތުރުވެސް އެއްކޮށް މަޑުޖެހުނެވެ. އަކްރަމްގެ އަތުގައި ބޭސް އަޅައިގެން ވެކޭޝަންގެއަށް ތިންމީހުން ދިޔައެވެ. އަކްރަމްގެ އަތް ޒަހަމްވެފައި ވުމުން ކާރު ދުއްވަން ކުޑަކޮށް އުދަގޫވިއެވެ. ނުހާ އާއި ޒާންގެ އެދުމުގެ މަތިން އަކްރަމް މަޑުކޮށްލީ ރޭވުމުން އެމީހުންނާ އެއްކޮށް މާލެ ދިޔުމަށެވެ. *** އަދިވެސް ނުހުއްޓޭ މިކަމެއް – ޝާންގެ ވައިބާއަށް ފޮޓޯތަކެއް ފޮނުވާފައި އަރީކާ މެސެޖްކޮށްލިއެވެ. އޭރު ޝާން އިނީ މީޓިންގްއެއްގައި ކަމުން މެސެޖު ބަލައެއް ނުލެވުނެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް […]
ނަމަވެސް އެތަނަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އިވެމުން ދިޔަ އަޑަކުން ތިންމީހުންގެ ފައިގައި ވެސް ތަޅުއެޅުވުނު ފަދައެވެ. *** ހުރިހާ ފަރާތަކުން ބޯ ފިތެން ފެށުމުން ޔުނާން ކޮޓަރިން ނުކުމެ ހިނގައިގަތީ ރަސްފަންނަށް ބޯ ހަމަޖައްސާލަން ދިޔުމަށެވެ. ފޯނަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ޔުނާންގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެވަގުތަށް އޭނާގެ ކަންފަތް ބީރުވި ނަމައޭ އޭނާ އެތައް ފަހަރަކު ހިތައް އަރަމުން ދިޔައެވެ. ބިން ފަޅައިފައި […]
އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަންއުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސް ދިޔައީ ވިލާތަކާއި ބައިވެރިވަމުން މާޙައުލަށް އިރުތު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަޒާގައި ބޫން އަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެ ރާގު ފަޒާގެ ތެރޭގައި ފެތުރެމުން ދިޔައިރު ‘ޑާކްޖެމް’ ގެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ފަސް ބުރިއަށް ނަގާފައިވާ ‘ޑާކްޖެމް’ ގެއެކޭ ބޮޑު ގަނޑުވަރެކޭ ތަފާތެއްނެތެވެ. ގޭގެ […]
އިފާން ރުކެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ މެދުގައެވެ. އެ ވޭނީ އިޙުސާސްތައް މުޅި ހަށިގަނޑުގައި ވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ތިމާގެ ލޯ ކުރިމަތީގައި ތިމާގެ ޙަޔާތް ބަރުބާދުވަމުން ދާއިރު އެކަމައި މެދު ތިމާއަށް އެއްކަމެއް ވެސް ކުރެވެން ނެތުމުން ދެރަވެ ހިތާމަ ނުކުރާނީ ފަހެ ކާކު ހެއްޔެވެ. އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ވެސް ބަޔާންކޮށް ދެނީ އޭނާއަށް ލިބިފައިވާ ހިތްދަތިކަމާއި […]