” އެއީ ކާކު؟ ބައްޕަ ކޮބާ؟” ޒާން އަހާލިއެވެ.
” އެ… އެއީ… ބައްޕަގެ ސެކެޓްރީ….. ބައްޕަ އޮފީހުގަ ވީ..” ނުހާ ހާސްކަމާ އެކު ޒާންއަތުން ފޯނު ނަގަމުން ބުނެލިއެވެ. ޒާން އެހެންހެއްޔޭ ކިޔާފައި ހީލުމަށްފަހު އަނެއްކާ ގޮސް ކޮޓަރިއަށްވަނެވެ. ނުހާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ޒާން އެއްޗެއް ހިތަކަށް ނާރާކަމަށް ހީކުރިއެވެ.
****
” ނޭގެ… މަންމަ ދޮގުހެދިކަން އެގެނީ.. އެހެން ނުނަސް ޑޭޑްގެ ސެކެޓްރީ އެހެނެއް ވާހަކަ ނުދައްކާނެ ނުން މަންމަ ކަން އެގެންޔާ ޑޭޑް ފޯނުގަ އިންނާނެ ނުން ވައިފް ޖަހާފަ… މަންމަ ކޮންމެވެސް ކަމެއް ސިއްރު ކުރޭ..” ޒާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ކުލާހުގައި އުޅޭ އެންމެ ގާތް ކުއްޖާ ޔޫނުސްއާއެވެ.
” ވައިފް ނުޖަހާ އިނީ ކަމަށް ވެދާނެނުން… ދެން ޒާން ނާހަންތަ؟ ހީލާފަ ކޮޓަރިއަށް ދިޔައީ ކީއްވެތަ؟…” ޔޫނުސް ޒާން ކަންތައްކުރި ގޮތް ހިއްހަމަ ނުޖެހިގެން އަހާލިއެވެ.
“އަހަންނަށް އެއްޗެއް އެގުނުކަން މަންމަ އަށް އެގިއްޖެއްޔާ މަންމަ އަދި މާ ހާސްވާނެ.. އަހަރެން ބޭނުމެއް ނުން މަންމަ އަހަންނަށް ދޮގުހަދާކަށް..” ޒާން ބުނެލިއެވެ.
” ދެން ތިހާވަރަށް އެކަން އެގެންބޭނުމިއްޔާ ބައްޕަ ކައިރީ އަހާބަލަ.. ނޫނީދެން އަޅާނުލާ ހިގާބަލަ ކެންޓީނަށް ވަރަށް ހައި ބްރޭކް ގަޑިވެސް އެޔޮއް ނިމެނީ..” ޒާންގެ ކޮޑަށް އަތްވައްޓާލަމުން ޔޫނުސް ބުނެލިއެވެ. ހީސަމާސާ ކުރަމުން ގޮސް ކެންޓީނަށް ދެމީހުން ވަނެވެ.
” ދެ ޓޫނާ ސޭންޑްވިޗް…” ކައުންޓަރު މަތީގައި ޖަހާލަމުން ޒާން ބުނެލިއެވެ. އެވަގުތު ކައުޓަރުގައި ހުރި އަންހެން ކުއްޖާ މޫނު މައްޗަށް ހިއްލާލިއެވެ. ޒާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މިހާ ރީތި ކުއްޖެއް އޭނާ އަދި މާލެ އައިފަހުން ނުދެކެއެވެ. ޒާން އެކުއްޖާއަށް ބަލަހައްޓައިގެން ކަޅިވެސް ޖަހާނުލާ ހުރެވުނެވެ. މުޅި ދުވަސް އެއްކޮށް ޒާންގެ ސިކުޑިގައި ސިފަ ވަމުން ދިޔައީ އެ އަންހެން ކުއްޖާގެ ރީތިކަމާއި ޖާދުވީ ހިނިތުންވުމެވެ.
***
ނުހާ ކޮޅަށް ތެދުވީ ދޮރުން ޝާން ވަދެގެން އައުމުނެވެ. ނުހާގެ މޫނުމަތިން ހިތްދަތިކަމާއި ހިތާމަ ފާޅުވޭވޭ ހުއްޓެވެ.
“ޝާން.. ޕްލީސް އަހަންނަށް ތިހެން ނަހަދަބަލަ… އަހަރެންގެ ކުށަކީ ކޮބާތަ؟” ނުހާ އަށް ގިސްލެވެން ފެށުނެވެ. ޝާން އައިސް ނުހާ ކައިރިއަށް މަޑުކޮށްލީ އެވަގުތުއެވެ. އަދި ރުޅިވެރި ރާގަކަށް ބުނެލިއެވެ.
” ގެއަށް ވަނިއްޔާ ބޯ ފަޅައިގެން ދޭ… ނުހާ އަށް ރުއިން ނުން ކަމެއް ކުރަން އެގޭތަ… ފިލްމް ކުޅެ ކުޅެ މީހާ ތިހުންނަނީ ފިލްމަކަށް ވެފަ…. އަދިވެސް ނުހާއަށް ނުހާ ކުރި ކަމެއް ނޭގޭތަ؟ އަހަރެން ކޮންމެ ކަމެއް ނުހާއަށް އަކުރުން އަކުރަށް ކިޔާދެންޖެހޭތަ؟ އަހަރެން ނުހާއަށް ވަރަށް އިތުބާރު ކުރިން… އިތުބާރުވެސް ހައްގުވެގެންވަނީ އެލިބެންޖެހޭ ބަޔަކަށް… ނުހާތީ އެފަދަ އަންހެނެއްނުން…ބުނަން ކޮންމެހެން ނުހާ ކުޅޭ ކުޅިއެއް ކުޅެން އަހަރެންގެ ދަރި ގޮވައިގެން ދާނެ ކަމެއް ނެތް… ނުހާވެސް ދަންޔާ ރީތި ގޮތުގަ ދޭ..” ޝާން މިހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ. ނުހާއަށް ގުޑާލަންވެސް ނޭގުނެވެ. އިރުކޮޅަކު ހުރުމަށްފަހު ނުހާވެސް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޝާން ހުރީ ފާހަނައިގައެވެ. ނުހާ ގޮސް ޝާން ލާން މުށި ކުލައިގެ އަތްދިގު ޓީޝާޓަކާއި ޅުކުލައިގެ ޖިންސެއް ނަގައި އެދުމަތީ ބާއްވާލިއެވެ. އަދި ޝާން އަށް ސައި ހެދުމަށް ކާގެއަށް ގޮސްވަނެވެ. ގަޑި އިރެއްހާއިރު ފަހުން ޝާން ކޮޓަރިން ނިކުތެވެ. ނުހާ ނަގާފައި އިން ޓީޝާޓު ނުން އެހެން ޓީޝާރޓެއް ލައިގެން ޝާން އައުމުން ނުހާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް މާ ބޮޑުކަމަކަށް އެކަން ނަހަދާއި ބަޖިޔާ ހަދާނިމުމަށްފަހު ޝާން ގާތު ސައިބޯން އަންނަން ބުނެލިއެވެ. ޝާން އަޑުވެސް ނީވޭ ކަމަށް ހަދައިގެން ޓީވީއަށް ބަލަން އިނެވެ. ޒާން ސުކޫލް ނިންމާލުމަށްފަހު ގެއަށް އައިސް ވަނީ އެވަގުތުއެވެ.
” ވާވް… ބަޖިޔާ….” ގޭތެރެއިން ދުވި ބަޖިޔާ ވަހާއެކު ޒާން ބާރަކަށް ބުނެލިއެވެ. ދަބަސް ނަގާ ސޯފާއަށް އެއްލާލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އައިސް ކާގެއަށް ވަނެވެ. އަދި ތަށިން ބަޖިޔަލެއް ނަގައިން އަގަޔަށް ޖަހާލިއެވެ. އެކަތި ކާލުމަށްފަހު ތިނެތި އަތަށް ލައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ޒާން އަދިވެސް އުޅެނީ ކުޑަކުއްޖަކު އުޅޭހެންނެވެ. ޒާންގެ ދަބަސް އަތަށް ލައިގެން ޝާން އައިސް ނުހާއަތަށް ދަބަސް ދިއްކޮށްލިއެވެ. އަދި ޒާން ނުކުންނަންދެން މޭޒު ދޮށުގައި ދެމަފިރިން އިށީދެލިއެވެ.
” ބައްޕާ ރޭގަ އޮފީހުގަތަ ނިދީ؟” ޒާން ސައިބޯން އިދެފައި ކުރި ސުވާލުން ޝާން ކޮށިއަރައިގަތެވެ.
” ނުން… ކިހިނެއްވީ…” ޒާންއަށް ކަމެއް ވީކަން އިގުނުކަމެއް ނުހާ ނުބުނެއެވެ. އެހެންކަމުން ހައިރާން ކަމާއެކު ޝާން އަހާލިއެވެ.
” މަންމަ މިއަދު ގުޅީމަ ބައްޕަގެ ސެކެޓްރީ ވަރަށް ހަޑިކޮށް މަންމައާ ވާހަކަ ދެއްކީ. އެހެންވެ..” ޒާން އެވާހަކަ ނުދައްކަން ހުރެފައިވެސް ބުނެލިއެވެ.
” އެހެންތަ.. އާ އެއީ ކާކުކަން ނޭގުނީ ކަމަށް ވާނީ.” މޫނުމައްޗަށް ހަމަޖެހުން ވެރިކުރަމުން ޝާން ބުނެލިއެވެ. ޒާންނަށް ކޮންމެވެސް ކަމެއް ގޯސްކޮށް ދާކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ކޮންމެއަކަސް ސައިބޮއެ ނިންމާލާފައި ޒާން ގޮސް ރެސްލިންގް ބަލަން އިށިދެލިއެވެ. ޝާންވެސް ފޯނެއް އައިސްގެން ގެއިން ނިކުމެގެން ދިޔައެވެ.
” ދަރިފުޅާ ދޭބަލަ މި ކުނިކޮތަޅު ބޭރުގަ ހުރި ބޮޑު ޑަސްބިނަށް ލާން.. މަންމަ ކުއްލިއަކަށް ފާހަނައަކަށް ދާން ޖެހިއްޖެ…” ޒާންއަށް ކުނި ކޮތަޅު ދިއްކޮލުމަށް ފަހު ނުހާ ގޮސް ކޮޓަރިއަށް ވަނެވެ. ކޮތަޅު ހިފައިން ދޮރާށިން ބޭރަށް ނިކުތް ވަގުތު ޒާންގެ ލޮލުގައި ތަންކޮޅެއް ދުރުގައި އޮތް ކާރެއް އަޅައިގަތެވެ. ކާރު ތެރެއިން ފަޑު އައްޔެއް ފާޅުވޭވޭ ހުއްޓެވެ. އަންހެނަކާއި ފިރިހެނެއް ކާރުގައި އިންކަން އެގެއެވެ. އަދި ދެމީހުން ގައިގޯޅި ވަމުން ދިޔަތަންވެސް ޒާންއަށް ފެނުނެވެ. ޒާން މެލޭޝިއާގައި އުޅުނު އިރު މިފަދަ މަންޒަރުތައް އަބަދުވެސް ފެނިފެނި ހުރެއެވެ. އެހެން ކަމުން މާ ބޮޑު ކަމަކަށް ނަހަދައި ކޮތަޅު އެއްލާލުމަށް ފަހު ގެއަށް ވަންނަން އެޅި ފިޔަވަޅު މައްޗަށް ޒާން ހުއްޓުނީ އެކާރުން ޝާން ފޭބިތަން ފެނުމުންނެވެ. ދޮރު ހުވާލާފައި ބޭރަށް ކުޑަކޮށް ބޯ ދިއްކޮށްލީ އެއީ ހަގީގަތުގްއިވެސް އޭނާގެ ބައްޕަތޯ ޔަގީން ކުރުމަށެވެ. އެއީ ޝާންކަން ޔަގީންވުމުން ޒާން ކައިރިއަށް ކުޑަކޮށް ރުޅި އާދެވުނެވެ.
” ދަރިފުޅާ ކޯންޗެއް ތިބަލަނީ ވަގު ވަގަށް.” ޒާން ސިއްސައިގެން ދިޔައީ ނުހާ އައިސް އޭނާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުންނެވެ. ޒާން ވަގުތުން ތެދުވެ ނުހާގެ ދެކޮޑުގައި ހިފައި ގޭތެރެއަށް ކޮއްޕަން ފެށިއެވެ. ނުހާއަށް އެމަންޒަރު ދައްކަން ޒާން ބޭނުން ނުވީއެވެ. އޭނާގެ ބައްޕަ މިފަދަ އަމަލެއް ކުރާކަން މަންމައަށް އެގެއްޖެއްޔާ މަންމަ އަށް ކުރާނެ އަސަރު އޭނާއަށް އެގެއެވެ.
“ކަމެއް ނުވޭ… މަންމާ ވަރަށް ބަޑުހައި..” ޒާން އަނެއްކާ ބަޑުހައޭ ބުނުމުން ނުހާ ގާތަށް ހިނިއައެވެ.
ދެމައިން ގޮސް ގެއަށް ވަނެވެ. އިރުކޮޅެއް ފަހުން ޝާންވެސް އައިސް ގެޔަށް ވަނެވެ. ޒާންނަށް ބޭއިޙްތިޔާރުގައި ޝާނާދިމާލަށް ލޯ އަޅާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.
“ޒާން ހާދަ ރުޅިއައިސް ކިހިނެއްވީ..” ނުހާ ކުރެން ޝާން އަހާލިއެވެ. ނުހާ ނޭގެއޭ ބުނުމަށްފަހު ގޮސް ބެލްކަންޔަށް ނުކުތެވެ. އޭރު އަރީކާ ބޭރުގައި ހުރިތަން ނުހާއަށް ފެނުނެވެ. ޒާން ސިއްރު ސިއްރުން ބަލަން ހުރީ ޝާންއަށް ބާއޭ ނުހާގެ ހިތަށް އެރިއެވެ. ބަލަން ނުހުރެ ނުހާގޮސް ޝާންގެ އަތުގައި ހިފައި ދަމާފައި ގޮސް ކޮޓަރިއަށް ވަނެވެ.
“ޝާން ތިއައީ އަރީކާ ކައިރިންތަ؟” ނުހާ ސުވާލުކޮށްލިއެވެ.
” ކިހިނެއް ނުހާއަށް އެގުނީ” ޝާން ހައިރާން ކަމާއެކު އަހާލިއެވެ.
” ޕްލީސް އަހަރެން ސުވާލެއް ކޮށްފިން އެޔަށް ޖަވާބު ދީބަލަ…. އަރީކާ ކައިރިންތަ ތިއައީ..” ނުހާގެ އަޑު ކުޑަކޮށް ބާރުވިއެވެ.
“ކީއްކުރަން ނުހާ އެޔެއް ބަލަނީ.. އަހަރެން އަހަންތަ ނުހާ ބޭރަށް ގޮއްސަ އައީމަ އަކްރަމް ކައިރިންތޯ؟ އަހަރެންގެ ޒާތީ ކަންތައްތަކާ ނުހާ ނުބެހި ހުރޭ… އަހަރެންވެސް ނުބެހެމެއްނުން..” ޝާން ގާތަށްވެސް ކުޑަކޮށް ރުޅިއައެވެ.
” އަބަދު އަކްރަމް އަކްރަމް… ކިހާ ބޮޑުވެއްޖެ ކަމެއް،،،، އަހަރެން ނޫޅެމޭ އަކްރަމް އާ ހިތާޥެގެން.. ޝާން ކިހިނެއްވެގެންތަ ތިއުޅެނީ… އަހަންނާ އަކްރަމްއާ ދެމެދު އެއްވެސް ކަމެއް ނުހިގާ.. ބޮޑުވަރު.. އަބިމީހާއަށް އިތުބާޜު ކުރުމެއްވެސް ނެތީތަ… ޝާން ކޮންމެ ގޮތަކަށް އުޅުނަސް އަހަންނަށްވެސް ވަރިހަމައޭ… އަހަރެންގެ ދަރިފުޅަށް އަންގައިގެން ނުން ޝާން އަންހެން ކުދިންނާ ބައްދަލު ކުރާނީ” ނުހާ އައިސް ހުރި ރުޅި ޝާންއަށް ބާލުވާލިއެވެ. އޭނާ ޝާން ކުރިމަތީ މިހާ ބާރަށް އެއްޗެއް ބުނި މީ ފުރަތަމަ ފަހަރެވެ.
” އަހަރެން ޝާންއަށް ކީއްކޮށްގެން ޝާން އަހަންނަށް ތި ހިތްދަތިކަން ތިދެނީ..” ނުހާ މިހާރު ޝާންގެ ކުރިމަތީގައި ރޯކަށް ބޭނުމެއް ނޫނެވެ. އޭނާއަށް ރޮވެން ފެށުމުން މިހެން ބުނެފައި ގޮސް ކޮޓަރިން ނިކުތެވެ. އޭރު ޒާން ހުރީ ހުރިހާއެއްޗެއް އަޑު އަހަންށެވެ. އޭނާގެ މޫނު މަތިން ނުހާއަށްވެސް އަދި ޝާންއަށްވެސް ނުރުހުންތެރިކަން ފާލުވެ ހުއްޓެވެ. ބަލަން ނުހުރެ ޒާން ގެއިން ނިކުމެގެން ހިގައިގަތެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Wow……..story thidhaa goi hama habeys……… Just speechless……??????v furihama……..abadhuves thigothuga kuriah dhaane kamah ummeedhukuran ingeyyu……lysm………??????????
Is it OK if I change my name ?????from now u will see me as blue bird…
Are you a girl sis or bro??????don’t feel bad OK I’m just a 13 year old girl….
I LOVE YOU?????SARANGHAEYO…… TAKE CARE…..
Vvvv reethi mi part vx.. Whn is next part… Curiously waiting for next part.. N krystal you are so talented.. Maashaallah… Next part thankolheh avahah up kohdhehchey… SARANGHAE?????.. LOVE YOU FROM TXT???
Insha allah story boring gothakah nugendheveytho try kuraanan…
Ofcourse its up to you.. thank for letting me know blue bird ?
Hahaha.. i am a girl.. Krystal isnt it a girl name.. hehe…
Awwnnn a little sister eh dhw….
Nado saranghae.. take care
Next part miadhu submit kuraanan.. insha allah maadhan varu libeyne…
Saranghae ??? to the little bro group ☺
Yeah I’m a baby sis……thanks…….. Love you
Where’s my team……… Ms.Krystal ur story is fantastic ……..my mouth is locked……. LOVE FROM BANGTAN SO NYEON DAN
Yeaaaaaaah!!!!!!!it’s awesome????????????????????????????????????????
Hei. Zaan ah efenun girl kuhjaa ah kiyaanii shaaya ingey..mi part rythi.maasha Allah ❤️
Oh Mi Gosh… Hama bunaane ehcheh neyge… Masha Allah varah salhi… Buneveeny Hama obinex to the max ey.. BEST AUTHOR ey bunaany … Speechless.. How many parts are left???Varah ufaavehge sis ge favourite ah veemah.. Is this your first story???? Saranghae ????Take care dongsaeng
First of all I am sorry…I was bxy ehnve comment eh nukureveny.. I am really really sorry.. Masha Allah Vvvvv Vvvvv reethi mi partvx… Speechless.. Award eh libun hahgu… Hehe.. BEST writer award dhenyaa dheeny SIS ah.. Ehaa ves furihama.. Dhen neyge bunaane ehcheh.. Curiously waiting for the nxt part…
Saranghae ❤️??????❣️???????♥️??
Stay in home and tc be safe
hehehe.. sarangae
glad that you like it JIN.
thank you.
now nine parts left… thank you for the support.. yes this is my first story… hehehe..
Hehe… wow zaan is so lucky then