ހިތްހަމަ ޖައްސާލަން އައި ދަތުރުވެސް އެއްކޮށް މަޑުޖެހުނެވެ. އަކްރަމްގެ އަތުގައި ބޭސް އަޅައިގެން ވެކޭޝަންގެއަށް ތިންމީހުން ދިޔައެވެ. އަކްރަމްގެ އަތް ޒަހަމްވެފައި ވުމުން ކާރު ދުއްވަން ކުޑަކޮށް އުދަގޫވިއެވެ. ނުހާ އާއި ޒާންގެ އެދުމުގެ މަތިން އަކްރަމް މަޑުކޮށްލީ ރޭވުމުން އެމީހުންނާ އެއްކޮށް މާލެ ދިޔުމަށެވެ.
***
- އަދިވެސް ނުހުއްޓޭ މިކަމެއް –
ޝާންގެ ވައިބާއަށް ފޮޓޯތަކެއް ފޮނުވާފައި އަރީކާ މެސެޖްކޮށްލިއެވެ. އޭރު ޝާން އިނީ މީޓިންގްއެއްގައި ކަމުން މެސެޖު ބަލައެއް ނުލެވުނެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް ޝާން އައި އިރު އަރީކާ ހުރީ ގޭކައިރީ މަޑުކޮށްލައިގެންނެވެ. ކުޑަކޮށް ހިތްހަމަނުޖެހުމުގެ އަސަރު އަރީކާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ޝާން އައިގޮތަށް އައިސް އަރީކާގެ އަތުގައި ހިފާފާ ގެޔާ ދުރަށް ގެންދިޔައެވެ.
” މިތާ ކީއްކުރަނީ؟ އަހަރެންގެ ދަރިފުޅަށް ފެނިއްޖެއްޔާ އޯ..” ޝާން ދަތްކުދި ވިކާލުމަށްފަހު ބުނެލިއެވެ.
” އަހަރެން ފޮނުވި މެސެޖުވެސް ނުބަލަން ދޯ.. ކިހިނެއްވީ މިހާރު ދަރިފުޅު އައިމަ އަހަރެން މީހަކަށްވެސް ނުވީތާ؟” އޭނާގެ އަތް ދަމައިގަންނަމުން އަރީކާ ބުނެލިއެވެ. ޝާން ފޯނުނަގާ އަރީކާ ފޮނުވި މެސެޖު ބަލާލަން ފިތާލިއެވެ. ޝާންގެ ދެލޯ ދިޔައީ ބޮޑުވެގެންވެ. އޭގައި ހުރީ ނުހާ އާއި އަކްރަމްގެ ފޮޓޯތަކެވެ. އެއްފޮޓޯގައި އަކްރަމް ނުހާ އަތުގައި ހިފަހައްޓާލައިގެން ހުރި އިރު ނުހާ ހުރީ އަކްރަމްގެ މޫނަށް ބަލަހައްޓައިގެންނެވެ. އަނެއް ފޮޓޯގައި ނުހާ އަކްރަމްގައިގާ ބާރައް ބައްދާލައިގެން ހުއްޓެވެ. ދެން އިން ފޮޓޯގައި ހުރީ ޒާނާއި، އަކްރަމް އާ ނުހާ ތިންމީހުންގޮސް ވެކޭޝަން ގެއަށް ވަންނަނިކޮށް ނަގާފައި ހުރި ފޮޓޯތަކެވެ. ޝާންއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އަރީކާގެ މޫނުމަތިން ނުލަފާ ހިންޏެއް އައިސް ހުއްޓެވެ.
” ޝާން އޭ މާވަރަކުން ދަރިއާ ހެދި އުޅެނީ… ފެނޭތަ.. ނުހާ މިހާރު ޝާން އާ ދަރިއާ ދުރުކުރުވަންވެގެން އެއުޅެނީ… ދެންވެސް ބުނޭ އަހަރެން މޮޔަވާހަކަ ދައްކަނީއޭ…” އަރީކާ ޖެއްސުން ފާޑަށް ވާހަކަ ދައްކަން ފެށިއެވެ.
“މީ ކޮންތާކުން ހޯދި އެއްޗެއް..” ޝާން އަރީކާ ކުރެން އެހިއެވެ.
“އަދިވެސް ތި ހޯދިތަނެއް ދޯ ޝާން ބަލަނީ… ” އަރީކާ ނުބުނާނެކަން އެގުމުން ޝާން އެއްވެސް އެއްޗެކޭ ނުބުނެ ގެއަށް ގޮސް ވަނެވެ. އަރީކާ ޖީބުން ފޯނު ނަގާ ނަންބަރަކަށް ޑައިލް ކޮށްލިއެވެ.
” އެކައުންޓް ޗެކްކޮށްލާ ހުންނާނެ ރުފިޔާ ފޮނުވާފަ..” އަރީކާ ބުނެލިއެވެ.
” ވާވް… އަވަހޭ… އަދިވެސް މީހަކަށް ސްޕައި ކުރަން ބޭނުމިއްޔާ ގުޅާލާ.. އަހަރެން ކޮށްދޭނަން” އެކޮޅުން ވާހަކަ ދެއްކި ފިރިހެން މީހާ ބުނެލިއެވެ.
” ހޫމް… ދެން ބާއްވަނީ…” އަރީކާ ހިނިތުންވުމެއް މޫނު މައްޗަށް ވެރި ކުރުވަމުން ފޯނު ބާއްވާފައި އެތަނުން ދިޔައެވެ.
ރޭގަޑު 9 ޖަހަން އުޅެނިކޮށް ޝާންމެން ގޭކައިރިއަށް ކާރު މަޑުކޮށްލިއެވެ. ނުހާ އާއި ޒާން ކާރުން ފޭބިއެވެ. އަކްރަމްވެސް އެމީހުންގެ ފަހަތުން ކާރުން ފޭބިއެވެ. ނުހާ ހުރީ އަދިވެސް ވަރަށް ކަންބޮޑު ވެފައެވެ. އޭނާ އަކްރަމްދެކެ ކިތަންމެ ނުރުހުންވެފައި ހުއްޓެއްކަމަކު އަކްރަމް އަށް އަނިޔާއެއްލިބި ދެރަގޮތެއްވާން ނުހާ ބޭނުމެއް ނުވެއެވެ. އަކްރަމްގާތު ބަލައިގެން އުޅުމަށް ބުނުމަށްފަހު ޒާންއާއި ނުހާގޮސް ގެޔަށް ވަނެވެ. ޒާން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ ހެދުނު ގޮވާދިނުމަށް ނުހާ ކައިރީ އެދިފައެވެ. ޝާން ގެއަށް ނާންނަކަމަށް ހީކޮށް ނުހާވެސް ގޮސް ކޮޓަރިއަށް ވަނެވެ. ނުހާއަށް ސިހުމެއްއައި ޝާން އެދުގައި ނިދާފައި އޮތްތަން ފެނުމުންނެވެ. މިއަދު މާ އަވަހަށް ނިމުނު ދުވަހެއް ބާއޭ ނުހާ ހިތަށް އެރިއެވެ. ޝާން ނިދާފައި އޮތުމުން ނުހާގެ ކޮންމެ ހަރަކާތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރަމުން ދިޔައެވެ. ނުހާ ސިއްސައިގެން ދިޔައީ ފާހަނައިން ނުކުތް ވަގުތު އަދިރީގެ ތެރޭގައި ޝާން ކޮޅަށް ހުރުމުންނެވެ. އަވަސް އަވަހަށް ގޮސް ކޮޓަރީގެ ބޮކި ނުހާ ދިއްލާލިއެވެ. އަދި ޝާންކަން ޔަގީންވުމުން ހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
” ކޮންތާކުން ތިއައީ” ޝާން ނުހާ ކުރެން އެއްސެވެ.
” ހުޅުމާލެއިން ޒާންއާއެއްކޮށް… ” ނުހާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.
” ޒާން އެކަނިތަ ދިޔައީ ނުހާއާއެއްކޮށް.” ހުރިހާކަމެއް އެގިހުރެ ޝާން އަހާލިއެވެ. ނުހާއަށް ހާސްކަން ލިބުނެވެ. ތެދު ބުނަންވީ ބާއޭ ނުވަތަ ދޮގުބުނަންވީ ބާއޭ ހިތަށް އަރަމުން ދިޔައެވެ.
” އާނ.. ހޫމް.. ދެމީހުން..” ނުހާ ދޮގު ހެދީ މަސްލަހަތަށް ބަލާފައެވެ. ޝާން ކައިރިއަށް އައި ރުޅިއެއް ބުނަންވެސް ނޭގުނެވެ. އޭނާގެ ފޯނުގެ ކޯޑު ޖަހާފައި ގެލަރީގައި ހުރި ފޮޓޯތައް ނުހާ އަށް ދައްކާލިއެވެ. ނުހާގެ ހާސްކަން އިތުރުވާން ފެށިއެވެ. ނުހާގެ ފޮޓޯތައް ނަގާފައި ޝާންއަށް ފޮނުވީ ކާކުބާއޭ ނުހާ ހިތާހިތުން ސުވާލުކޮށްލިއެވެ. ކޮންމެ މީހަކު ފޮނުވިޔަސް ހަމައެކަނި މިފަދަ ފޮޓޯތަކެއް ފޮނުވީ ކީއްވެބާއެވެ.
” އަކްރަމް ދިޔައީ ޒާން ބުނެގެން.. އަހަރެން……” ނުހާ ވީގޮތް އޮޅުންފިލުވަދެން އުޅުނެވެ. ޝާން އަތްހިއްލާލީ ދެން އިތުރަށް ވާހަކަ ނުދައްކާށޭ ބުނުމުގެ ގޮތުންނެވެ. ނުހާއަށް ހަދާނެގޮތް ހުސްވިއެވެ. ޝާންއަށް ކަންވީގޮތް ކިޔާދެން ނުހާ އިންތިހާއަށް ބޭނުންވިއެވެ. އަކްރަމް ދިޔައީ ހަގީގަތުގައިވެސް ޒާންގެ އެދުމުގެ މަތިން ކަމާއި ނުހާ ބޭނުންވެގެން ނުންކަން ޝާންއަށް ކިޔާދޭނީ ކިހިނަކުންހެއްޔެވެ؟ ނުހާ ކޮންމެ އެއްޗެކޭ ބުންޔަސް ޝާން ގަބޫލެއް ނުކުރާނެއެވެ. ނުހާ ވީ ދެރައަކުން ގޮސް އެދަށް އަރާ ބެޑުޝީޓުން މޫނު ފޮރުވާލިއެވެ. ޝާންވެސް އިތުރު ވާހަކަ ތަކެއް ނުދައްކާ ކޮޓަރިން ނިކުމެގެން ހިގައިގަތެވެ.
***
ޖައްވުގައި ވި ހަމަހިމޭންކަން ފޫ ދުއްވާލަނީ ކާޅުގެ ގޮވުމުގެ އަޑުންނެވެ. ނުހާއަށް ހޭލެވުނީ ފާހަނައަށް ދާން ޖެހިގެންނެވެ. އޭރުވެސް ޝާން ގެޔަކަށް ނާދެއެވެ. ކޮންމެ މީހަކުވެސް އެފަދަ ފޮޓޯތަކެއް ފެނިއްޖެނަމަ ރުޅިއަންނާނެއެވެ. ފާހަނައިން ނުކުމެގެން އައިސް ނުހާ ފޯނުނަގާ ޝާންއަށް ގުޅާލިއެވެ.
” ހަލޯ.. ” ނިދި އަޑަކުން އަންހެނަކު ފޯނަށް ޖަވާބުދިނެވެ.
” އަރީކާ؟…” ނުހާ ހައިރާންކަމާއެކު އަހާލިއެވެ. އޭނާގެ ފިރިމީހާ ހިލޭ އަންހެނެއްގެ ގޭގައި ނިދިކަން އެގުމުން ނުހާއަށް ފުންއަސަރުތަކެއް ކުރުވިއެވެ.
” ޝާން ނިދާފަ… ހޭލީމަ ބުނާނަން ގުޅިއޭ…” ނުހާ ވާހަކަ ދައްކަން ފުރުސަތު ނުދީ އަރީކާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިފަހުން ނުހާއަށް ލޮލުފިޔައެއްވެސް ޖަހާނުލެވުނެވެ. ސިޓިންގްރޫމްގައި ދެކޮޅަށް ހިގާލަ ހިނގާލަ ހުއްޓާ އިރުއެރިއެވެ. އިރެއް އިރެއްވީ ވަރަކަށް ނުހާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ޝާން އަދިވެސް އޭނާ އަކަށް ނުގުޅައެވެ. އަދިވެސް ނުހާ ދެކެ އައިސް ހުރި ރުޅި މަޑުނުވަނީ ކަންނޭގެއެވެ. ހެދުނު 8 ޖެހިތަނާހެން ދެލޯ އުގުޅަމުން ޒާން ކޮޓަރިން ނުކުތެވެ. ނުހާ ހާސްވެފައި ހުރިތަން ފެނުމުން މަޑުމަޑުން ގޮސް ނުހާގެ ކޮޑުގައި އަތް ޖައްސާލިއެވެ.
” މަންމާ…… ” ޒާން ގޮވާލި ވަގުތު ނުހާ ސިއްސައިގެން ގޮސް ފޯނު އަތުން ދޫވިއެވެ.
” އަހަރެން ބުނެފީމެއްނުން ޝާން ހޭލީމަ ގުޅާނަމޭ.. ފަތިހުއް ސުރެ ކޮންޖެއްސުމެއް ކުރާކަށް..” އަރީކާ ހަޅޭއްލަވައިގަތް އަޑު ޒާންއަށް ފޯނުން އިވުނެވެ. މިފަހަރުވެސް ނުހާ އަތުން ފޯނު ދޫވި ވަގުތު ސްޕީކަރަށް ލެވުނީއެވެ. ޒާން ސުވާލުން ފުރިގެންވާ ބެލުމެއް ނުހާއަށް ދެމުން ފޯނު ނަގާ ކަޑާލިއެވެ.
= ނުނިމޭ =
15420 Comments
Comments are closed.
Park Jimin
May 7, 2020 at 10:22 amWoww… Hama habeys… When nxt part curiously waiting for the nxt part.. I purple you 💖 💖 💖 💖 💖
kim taehyung
May 7, 2020 at 10:29 amMaashaa Allah…… V furihama…The story is jus..ABRACADABRA😀😀😀😀😀😀😀….💞💞💞💞💞💞💞YOU R THE BEST AUTHOR🏆🏆🏆🏆🏆……. keep it up…….story v v v salhi ingey…….love you take cake…..💕💕💕💕💕💖
J-HOPE
May 7, 2020 at 10:33 amWow its amazing….. keep it up……don’t loose hope….. CUZ YOU ARE MY HOPE AND YOUR HOPE IS MINE MY NAME IS J-HOPE💜💜💜💜💜💙💙💙❤❤❤TAKE CARE
CHOI SOOBIN
May 7, 2020 at 10:38 amITS REALLY NICE………. KEEP IT UP…….. LOVE YOU FROM TXT💓💓💓💜💜💜💜take care
Krystal
May 7, 2020 at 11:03 amThank you Choi Soobin💜💜💜
Take care tooo…
Krystal
May 7, 2020 at 11:04 amHahaha.. thank you Jhope…
Take care 🤗🤗🤗
Krystal
May 7, 2020 at 11:06 amAwwnnn. Thats so sweet taehyung 💕💕. I am honored to get that title from you 💜💜
Saranghae 💕💕💕💕💕💕
Take care dongsaeng…
Choi Beongyu
May 7, 2020 at 1:36 pmStory is awesome…hope next part avahah up kohladheyne kamah…take care and be safe… curiously waiting for next part 💖💖💖💖💖..love you from TXT💖💖
Choi Beomgyu
May 8, 2020 at 12:42 amChoi Beomgyu*
2222
May 7, 2020 at 2:04 pmWhn next
Btw story vrh habeys
Krystal
May 7, 2020 at 4:30 pminsha allah maadhan libeyvaru vaane.. thank you
Krystal
May 7, 2020 at 4:30 pminsha allah tomorrow….
thank you for the support
RM
May 7, 2020 at 7:21 pmAs the boss of baraboa tomato sauce (bts),we are visiting your story……….. Its way better…….. Hope that v can visit you too……Saranghae…………
Jeon Jungkook
May 8, 2020 at 12:47 amHahaha😂😂I can’t stop laughing 😂😂lol.. Baraboa tomato sauce my foot… Hahaha😂😂😂
Suga
May 7, 2020 at 7:30 pmFinally our boss came…. Hehe.. Stry reethi kamun bunaane ehcheh neyge… Keep it up…
Krystal
May 7, 2020 at 7:59 pmOh no…. thats not a good title to say.. 😭
Behind the scene is good 💜💜💜
Hehe thank you…
Krystal
May 7, 2020 at 8:00 pmHahaha…. thank you.. finally the name I most wanted showed up! 💜
suga
May 8, 2020 at 5:16 amWhooo???
Jeon Jungkook
May 8, 2020 at 2:08 pmI think suga
Krystal
May 8, 2020 at 4:46 pmOfcourse its suga