Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފުހެވިގެން ނުދާނޭ – 01 –

Malsa Moosa Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments
May 7, 2020 7 Mins Read
36 Comments

އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަންއުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސް ދިޔައީ ވިލާތަކާއި ބައިވެރިވަމުން މާޙައުލަށް އިރުތު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަޒާގައި ބޫން އަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެ ރާގު ފަޒާގެ ތެރޭގައި ފެތުރެމުން ދިޔައިރު ‘ޑާކްޖެމް’ ގެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ފަސް ބުރިއަށް ނަގާފައިވާ ‘ޑާކްޖެމް’ ގެއެކޭ ބޮޑު ގަނޑުވަރެކޭ ތަފާތެއްނެތެވެ. ގޭގެ ޙައިބަތު އިތުރުކޮށްދިނުމުގައި އިސްރޯލެއް އަދާކުރަމުންދިޔައީ ކަޅުކުލައިގެ ވަރުގަދަ ބޮޑު ގޭޓެވެ. ގެއަށް ވަދެވޭގޮތަށް ފެންނަން އޮންނަނީ ބޮޑު ބަގީޗާއެކެވެ. އެތަނުގައި މާމެލާމެލީގެ ތަފާތު ރީތި ވައްތަރުތަށް ހުރިއިރު ބަލައިލި ކޮންމެ މީހަކު އާޝޯޚުވާނެކަން ގައިމެވެ. އެ ބަގީޗާ ބަލަހައްޓަމުންދާ މީހާއަށް ފައްފަށުން ތަޢުރީފު ޙައްޤުކަން ގައިމެވެ. ބަލާބަލާ ފޫހިނުވާނެއެވެ. ތަފާތު ހަމަޖެހުމެއް އެތަނުގައި ވާފަދައެވެ. ތިނެސްކަން ބައްޓަމެއްގެ ފެންކޯރެއްހެން ހަދާފައިވާތަނުގެ ފެންތައް ފައިބައިގެން ގޮސް ވެރެނީ މަސްއަޅާފައިވާ ބޮޑު ފެންގަނޑެއްގެ ތެރެއަށެވެ. ބެންޗްސް ބަހައްޓާފައިވާއިރު ހިނގޭ ގޮތަށް ހަދާފައިވާ ތަންތަނުގައި މާބަލްތަޅުން އަޅާފައި ވެއެވެ. ގޭގެ އަނެއްފަރާތުގައި ބޮޑު ޕޫލްއެއް އޮތުމުގެ ސަބަބުން އިތުރަށް ހިތްގައިމެވެ.

ބޮޑު ގޭޓު ހުޅުވިގެންދިޔައިރު ވަދެގެން އައި ކަޅުކުލައިގެ ފެރާރީކާރު އައިސް މަޑުކޮށްލީ އެގެއަށް ވަދެވެންހުރި ދޮރުކައިރިއަށެވެ. ގެއަށް ވަދެވެނީ ދެތިން ސިޑި ގިރާކޮށްފައެވެ. ގޭގެ މައި ދޮރުމައްޗަށް ކާރުމަޑުކޮށްލުމާއި އެކު ފޭބި ޒުވާނަކު މަޑު ދުވުމެއްގައިގޮސް ގެއަށް ވަންނަން ދިޔައިރު ކާރު އަނބުރާލާފައި އަނެއްކާވެސް ގޭޓާއި ދިމާލަށް މިސްރާބުޖެހިއެވެ.

ބޯއަރިކޮށްލާފައި އެ ވަރުގަދަ ކުރު، ފަން އިސްތަށިގަނޑުގައި އަތުން ފުނާ އަޅާލީ އެ އިސްތަށިގަނޑަށް ހަމަލާދިން ވާރޭގެ ކަނިތިކިތަށް ފޮޅާލުމަށެވެ. ލައިގެންހުރި ހުދުކުލައިގެ ޓީޝާޓާއި ކަޅުކުލައިގެ ޖިންސް އެ ޒުވާނާ އާއި ނުހަނު ގުޅެއެވެ. ދިގު އިސްކޮޅަކާއި ބައިމަތިފުޅާ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. ކަޅުކަންގަދަ ބުމަ ހިއްލާލަމުން އެ ދެލޯ ހަނިކޮށްލައިގެން ހުރިގޮތުން މިފަދަ މާޙައުލެއްގައި އެ ޒުވާނާ ކުރިމަތީގައި ހުރި އަންހެންކުއްޖެއް މޮޔަވާނެކަންގައިމެވެ. ހިތްގައިމުކަމާއިކު ވާރޭ ވެހެމުންދިޔައިރު ބަގީޗާގައިވާ މާގަސްތަކުގައި އެ ވާރޭގެ ތިކިތައް ބޮސްދެމުންދިޔަ މަންޒަރު ބަލަހައްޓައިގެންހުރި އިރު އެ ޒުވާނާގެ މޫނުމަތިން އެކައްޗެއްވެސް ދޭހައެއް ނުވެއެވެ. އަސަރެއްގެ ހިސާބުވެސް ފެންނާކަށް ނެތެވެ. ނަމަވެސް ދެން ފެނުނީ ތަފާތު މަންޒަރެކެވެ. ދެއަތް މުއްކަވާލިއިރު އެ ވަރުގަދަ ބުމަވީ ގޮއްޖަހާލެވިފައެވެ. އަސަރެއްގެ ހިސާބުވެސް ފެންނަންނެތް ދެލޮލުން ރުޅިވެރިކަން ފެނުނުއިރު އެ ފެހިކުލައިގެ ކަޅި ފޮރުވާލީ އެސްފިޔަތަށް ތިރިކޮށްލަމުންނެވެ. ކަތުރުކަށިގަނޑަށް ވާން ވެފައިވީ ގޮތުން އެ ހަށިގަނޑު ތެރޭގައިވާ އިޙުސާސްތައް ހިފަހައްޓަން މަސައްކަތް ކުރަނީކަން ނޭނގެއެވެ.

“އިލްފް” ފަހަތުން އިވުނީ ބަރު ފިރިހެނެއްގެ އަޑެކެވެ. ދެލޯ މަރާލަމުން މުއްކަވާލެވިފައިވާ އަތް ޖީބަށް ޖަހާލަމުން އިލްފް އެ ފިރިހެން މީހާއާއި ދިމާލަށް އެނބުރިލި އިރު އެ މޫނުމަތިން އަސަރެއްގެ ހިސާބުވެސް ފެންނާކަށްނެތެވެ. އިލްފްގެ ކުރިމަތީގައިހުރީ ސާޅިސް ފަސްވަރަކަށް އަހަރުގެ ފިރިހެނެކެވެ. ލައިގެންހުރި ކަޅުކުލައިގެ ސޫޓާއި އަތުގައި އަޅާފައި އޮތް ގަޑިންވެސް އެ މީހާގެ މުއްސަނދިކަން ހާމަވެއެވެ. ޙައިބަތުހުރި މީހުން ޖެހިލުންވާފަދަ ޝަޙުސިއްޔަތެކެވެ. ބޮލުގައި ނުރައިގެ އަސަރު ހުރިއިރު އެ މޫނުމަތީގައިވާ ހަރުކަށިކަމެއްގެ ސަބަބުން އެތަށް ބައެއް ޖެހިލުންވާނެކަން ގައިމެވެ. ނަމަވެސް އިލްފްގެ މޫނުމަތިން އެންމެ އަސަރެއްވެސް ފެނިނުލައެވެ.

“ދަރިފުޅާ. ދެން އެކަމާ ނު…..” އަހްވަމް ބުނަން އުޅުނެވެ.

“ނުވިސްނަން” އަހްވަމްގެ ޖުމުލަ މެދުކަނޑާލަމުން އިލްފް އެހެން ބުނިއިރު އެ އަޑުގައި ހިތްހަމަނުޖެހުމު އަސަރުވިއެވެ. މިފަހަރު ކަތުރުކަށިގަނޑަށް ވާން ވެގެންދިޔައިރު އެ ދެލޮލުންފެނުނު ރުޅިވެރިކަން އަހްވަމްއަށް ސިއްރުކުރާކަށްވެސް އިލްފް ނޫޅެއެވެ.

“ހްމް. މަންމަ އެބަ އިން ދަރިފުޅު ނައިސްގެން. ބައްޕަ މިދަނީ މީޓިންގ އަކަށް. އެންޑް. އެނގެއެއްނު މަންމަގެ ހާލުވަރަށް ދެރަކަން. މަންމަ ބުނާ އެއްވެސް ކަމަކާ ދެކޮޅު ނަހާތި. ” އިލްފް ހަމައެކަނި ބޯ ޖަހާލުމުން އަހްވަމް ހިނގައިގަތީ ކުރިމަތީގައި މަޑުކޮށްލައިގެން އޮތް ކާރަށް އަރާށެވެ.

***
ފުން ނޭވާއެއް ދޫކޮށްލަމުން އިލްފް ކޮޓަރީ ދޮރުގައި ޓަކިޖަހާލިއެވެ. ކޮޓަރީ ދޮރުހުޅުވާލީ އަށާރަ އަހަރުގެ އަންހެންކުއްޖެކެވެ. ކުރިމަތީގައިހުރި އިލްފް ފެނިފައި އެ އަންހެންކުއްޖާ ހަޅޭއްލަވައިގަންނަމުން އިލްފްގެ ގައިގައި އޮޅުލައިގަތެވެ. އިލްފްވެސް އެ އަންހެންކުއްޖާގެ އުނަގަނޑުގައި އަތްވަށާލަމުން ގަޔާ ކައިރިކޮށްލިއެވެ.

“ބޭބޭ. އައި މިސްޑް ޔޫ. ” އިލްފް އާއި ކުޑަކޮށް ދުރުވެލަމުން އީނަލް ބުންޏެވެ. އޭރު އެ ކަޅުދެލިކޮޅެއްފަދަ ދެލޯ ވިދަމުންދިޔައީ ލިބިފައިވާ އުފަލަކުންހެން ހީވިއެވެ. އިލްފްވެސް ހިނިތުންވެލިއެވެ. ކޮލަށް އެޅުނު އަޑިކޮޅުން އިލްފްގެ ފިރިހެންވަންތަކަން އިތުރުވެގެން ދިޔައެވެ.

“އިލީ ކިހިނެއްތަ؟ ” ލޯބިވާ ކޮއްކޮގެ ނިތުގައި ބޮސްދީފައި އިލްފް އަހާލިއެވެ.

“އަޅުގަނޑު ހަމަ ބަރާބަރު” ހިނިތުންވެލަމުން އީނަލް ބުންޏެވެ. ބޮޑު ދެލޮލަކާއި ވަށް މޫނެކެވެ. ލައިގެންހުރި ސާދާ ހެދުމާ އިއެކު އިސްތަށިގަނޑުވީ ހުޅިޖަހާލެވިފައެވެ. ކުރު އިސްތަށިތައް މޫނުމައްޗަށް ވެރިފައި ވާއިރު އީނަލް ފެންނަ ޒުވާނެއްގެ ހިތް އޭގެ މާޤާމުން ދޫވާނެކަން ގައިމެވެ.

އިލްފް އޭނާގެ ނަޒަރު ކޮޓަރީގެ ތެރެއަށް ހިނގާލިއެވެ. ބޮޑު ކޮޓަރިއެކެވެ. ކޮންމެ ދިމާލަކުންވެސް ފެންނަނީ ޝާހީކަމާއި މުއްސަނދިކަމުގެ ކުލަވަރެވެ. ހުދުކުލައިގެ ސަދުވާއެއް ދަމާފައިވާ ކިނގް ސައިޒު އެނދުކައިރީގައި އިލްފް ހުއްޓިލިއެވެ. މަޑުމަޑުން ސަދުވާ ކަހާލުމާއިއެކު އިލްފް އާއި ހަތަރުކަޅި ހަމަވީ ކަމާލިޔާ އާއެވެ. މަގަތުގައި އިށީންނަމުން އިލްފް ކަމާލިޔާގެ ނިތުގައި ބޮސްދިނެވެ.

“މަންމަ މިހާރު ކިހިނެއްތޯ؟ ” ކަމާލިޔާ ހިނިތުންވެލާފައި ރަނގަޅޭ ބުނެލީ ކުރެހިފައިވާ އަޑަކުންނެވެ. މީގެ ދެދުވަސް ކުރިން ސިޑިން ފައިބަނިކޮށް ހަބަރުހުސްވެގެން ވެއްޓި މަންމަގެ ހާލުދެރަވި ވާހަކަ އަހްވަމް ގުޅާފައި ބުނުމުން އިލްފް އައީ މަޖުބުރުވެގެން ކަހަލަ ގޮތަކަށެވެ.

“ދަރިފުޅާ އިލީ. މަންމަ ބޭނުން ބޭބެއާ ވަކިން ވާހަކަދައްކާލަން. ” ކެމާލިޔާ އާއި އިލްފްގެ ވާހަކަ އަޑުއަހަންހުރި އީނަލްއަށް ބަލާލަމުން ކަމާލިޔާ ބުންޏެވެ. އީނާލް ބޯޖަހާލާފައި އިލްފްއަށް ބަލާލަމުން ހިނިތުންވެލާފައި ދިޔައީއެވެ.

“ދަރިފުޅާ. އެނގޭ ދަރިފުޅު ތި އައީ ބޭނުން ވެގެން ނޫންކަން. ދިހަ އަހަރު މި ފަސްގަނޑާ ދުރުގައި ހުރެފަ ދަރިފުޅު އަންނަން މަޖުބޫރުވީ މަން….” އިލްފްގެ އަތުގައި ހިފަހައްޓާލަމުން ކުރެހިފައިވާ އަޑަކުން ކަމާލިޔާ ބުނަމުންދިޔަ ނަމަވެސް އެ ވާހަކަ މެދުކަނޑާލީ އިލްފްއެވެ.

“ނޫން މަންމާ. އަޅުގަނޑު ބޭނުންވެގެން މިއައީ.” ކަމާލިޔާގެ ވާހަކަ ހުއްޓުވަމުން އިލްފް ބުންޏެވެ. ކަމާލިޔާ އިލްފްގެ އަތުގައި ފިރުމާލިއެވެ.

“ދަރިފުޅާ. މަންމަ އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި. މަންމަ އުންމީދުކުރަނީ ދަރިފުޅު މަންމަގެ މި ނިންމުމަށް އިޚްތިރާމްކޮށް މަންމަގެ މި އެދުން ވެސް ފުރިހަމަކޮށްދޭނެ ކަމަށް..” ކަމާލިޔާ އިލްފް އާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނީ ނުހަނު ސީރިޔެސް ނަޒަރަކުން އިލްފްއަށް ބަލާލަމުންނެވެ. މަންމަ އޭނާއަށް ބަލަހައްޓައިގެން ބުނަމުންދިޔަ ގޮތަކުން ދެން އޭނާގެ ގާތުން މަންމަ އޭނާ ކައިރީގައި އެދެން އެ އުޅެނީ އޭނާ ނުރުހޭނޭ ކަމެއްކަން އެނގިހުރެވެސް ފުން ނޭވާއެއް ދޫކޮށްލަމުން އިލްފް ބޯޖަހާލިއެވެ.

“ދަރިފުޅުވީ ޒީކް އާއި ކައިވެނިކުރަން. ” އަދިވެސް އިލްފްގެ ދެލޮލާއި ހަތަރުކަޅިހަމަކޮށްގެން އޮވެ ލަސްލަހުން ކަމާލިޔާ ބުންޏެވެ. ކަމާލިޔާ އިލްފްގެ މޫނަށް ބަލަމުންދިޔައީ އެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއްފެނޭތޯއެވެ. ނަމަވެސް އިލްފްގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް އޭނާއަކަށް ނުފެނުނެވެ.

އަތް މުއްކެވިގެންދިޔަ ނަމަވެސް، ދަތްކުނޑިވިކާލަމުން އިލްފް ކުޑަކޮށް ހިނިތުންވެލިއެވެ.

“ވިންނާނަން.” ކަމާލިޔާގެ ނިއްކުރީގައި ބޮސްދީފައި އިލްފް ފަސްއެނބުރި އެ ކޮޓަރިން ނުކުންނަން ދިޔައިރު އެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އެ ކޮޓަރިން ނުކުތްގޮތަށް ދޮރުލައްޕާލާފައި މޫނުމަތީގައިވީ އަސަރުތަށް ފޮރުވާލަމުން ޖީބަށް އަތް ޖަހާލާފައި ކުރިއަށް ހިނގައިގަތެވެ.

****
އަދިވެސް ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ ތެރޭގައިވީ ހަމަހިމޭންކަމެވެ. އެތަނުގައި އިންސާނެއްގެ ހިލަމެއްވެސް ނުވާކަހަލައެވެ. ނުވަތަ އެތަނުގައިވީ ނަފުސުވަނީ މި ހިމޭންކަމުގެ ތެރެއަށް އެކުވެގެން ގޮސްފައެވެ.

ވާރޭގެ ހިތަށް ހަމަޖެހުން ލިއްބައިދޭ އަޑު އަހާލުމަށް ކޮޓަރީ ކުޑަދޮރުކައިރީގައި މަޑުކޮށްލައިގެންހުރި އަންހެންކުއްޖާގެ މޫނުމަތިން އެކައްޖެއްވެސް ދޭހައެއްނުވެއެވެ. ނިތް ބިއްލޫރިގަނޑުގައި ޖައްސާލަމުން ދެލޯ މަރާލީ އެބޮޑު ދެލޮލުގައިވީ ކަރުނަތަށް ހިންދާލުމުގެ ނިޔަތުގައެވެ. ހިމަ ދިގު ނޭފަތް ރަތްވެފައިވީ ރުއިމުގެ ސަބަބުންނެވެ. ހިމޭން ވާރޭގެ އަޑާއި އެކުވެގެން ދެތުންފަތް ފޫއަޅުވާލާފައި ނުކުތް މަޑު ގިސްލުން ހުއްޓުވުމަށް އެ އަންނާރުކޮޅެއްފަދަ ކުދި ދަތްތަކުން ތުންފަތުގައި ދަތްއަޅާލިލެއް ބާރުކަމުން ލޭތަށް އޮހޮރިގެންފާނެކަހަލައެވެ. އެ ކަޅުކަންގަދަ ކަޅީގައި ދިރުމެއްނުވެއެވެ. އެ ދެލޮލުން އުފާވެރިކަމުގެ މިންވަރެއްވެސް ފެންނަން ނެތް ތަނުގައި އެދެލޮލަށް ބަލައި މީހަކަށް ފެންނާނީ ހިމޭންވެރިވެފައިވި ނަފްސެކެވެ. ނޭވާލިއެއްކަމަކު އެތެރެއިން މަރުވެފައިވާކަހަލައެވެ.

“މި އަޅާއަށް ކެއްތެރިކަން ދެއްވާށި..” ދެއަށް އުފުލާލަމުން ޙަމްދުކުރަމުން އެ އަންހެންކުއްޖާ ވައިއަޑުން ބުންޏެވެ. އެ އަޑުވެސްވީ ކުރެހިފައެވެ. އިރުކޮޅަކު ދެލޯ މަރައިގެން ހުރުމަށްފަހު އެ ދިގު އެސްފިޔަތަށް ހުޅުވާލައި ވާރޭވެހޭ ރީތި މަންޒަރަށް މުޅި ނަފުސާއި ޖިސްމުއެކުވުމަށް ދޫކޮށްލަމުންނެވެ.

***
ތާޒާވެލައިގެން ފާޙަނާއިން ނުކުތް އިރުވެސް އިލްފްއަށް ވިސްނުނީ ކަމާލިޔާ ބުނި ބަސްކޮޅެވެ. “ދަރިފުޅުވީ ޒީކް އާއި ކައިވެނިކުރަން” އިލްފްއަށް ކަމާލިޔާގެ ދެލޮލުންވެސް އޭނާ އެކަމަށް އެދޭވަރު ފެނުނެވެ. ނަމަވެސް ނުވެސް ދަންނަ އަންހެންކުއްޖަކާއި އޭނާއަށް ކައިވެނި ކުރެވިދާނެ ހެއްޔެވެ؟ ނުވެސް ފެންނަ އަންހެންކުއްޖަކު އޭނާގެ އަނބިމީހާގެ މަޤާމު ދެވިދާނެ ހެއްޔެވެ؟ ނުވެސް ދަންނަ އަންހެންކުއްޖާއި އެކު އާ ދިރިއުޅުމެއް ފެށިދާނެ ހެއްޔެވެ؟

“ޑޭމްއިޓް!!!” އިސްތަށިގަނޑުގައި އަތުން ފުނާއަޅާލަމުން އިލްފް ކޮޓަރީގައިހުރި ސޯފާގައި އިށިނެވެ. އެ ހުރިހާ ކަމަކާއި ދޭތެރޭގައި ވިސްނާލެވުމުން އިލްފްގެ ބޮލުގައި ރިއްސާލިއެވެ. ކުރަން އައި ކަންތައް ނުފެށިގެން އުޅެނިކޮށް މިއޮތީ އެއަށްވުރެ ބޮޑު ކަމަކާއި ލައިގަނެފައޭ ހިތަށްއެރިއެވެ. މަންމަގެ ކުރިމަށްޗައްގޮސް ނޫނެކޭ ބުނާކަށް އިލްފް ބޭނުމެއްނުވިއެވެ. އެތައް ބައިވަރު ސަބަބުތަކަކާއި ހުރެއެވެ.

“ޒީކް..” އެނަން ކިޔާލަމުން އިލްފް ހީލިގޮތުން ހީވީ ދެން ކަންތައްކުރަންވީ ގޮތެއް ސިކުނޑީގައި ރާވާލިހެންނެވެ. ދެން ފެނުނީ މައްޗަށް ކަޅުކުލައިގެ ޓީޝާޓެއް ވައްޓާލައިގެން ކޮޓަރިން ނުކުންނަން މިސްރާބުޖެހިތަނެވެ.

***

“ބައްޕާ ދެ ހަފްތާ ފަހުން އަޅުގަނޑު ކޮންޕަނީއަށް ދާން ފަށާނަން. ދެން ޑޭޑް ކޮންޕަނީގެ ކަންތައްތަކުގައި ނޫޅުނަސް ރަނގަޅުވާނެ. ޓޭކް އެ ރެސްޓް އެންޑް އެންޖޯއީ އުރާ ލައިފް. މާ ބުރަކޮށްތި އުޅުއްވަނީ ” މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. އަހްވަމްގެ މޫނުމަތިން ވަރުބަލިކަން ފެނުމުން އިލްފް އޭނާ ނިންމާފައިވާގޮތް ބައްޕައަށް ކިޔައިދިނެވެ. “ޑާކްޖެމް” ކޮންޕެނީގެ ވެރިއަކީ އޭނާ ނަމަވެސް، އެތަން އަދި އަލަށްވެސް ބަލަހައްޓަމުން ދަނީ އަހްވަމްއެވެ.

“އެންމެ ރަނގަޅު. ބައްޕަގެ އެއްވެސް މައްސަލައެއްނެތް” ހިނިތުންވެލަމުން އަހްވަމް ބުންޏެވެ.

“އިލްފް ދަރިފުޅާ ވިސްނާފިންތަ؟ ޒީކް އާއި ކައިވެނިކުރަން އެއްބަސްވާނަންތަ؟ ” އިލްފްއަށް ބަލާލަމުން ކަމާލިޔާ އެއްސެވެ. ކަމާލިޔާ އެހެން ބުނުމުން އަހްވަމް އާއި އީނަލްގެ ނަޒަރުވެސް ހުއްޓުނީ ގޮނޑިގައި ވަރަށް ހަމަޖެހިލައިގެން ކާން އިން އިލްފްއަށެވެ.

“އަޅުގަނޑު ބޭނުން ވީ އެންމެ އަވަހަކަށް އޭނާ އާއި ބައްދަލުކުރަން. އޭރުން ގޮތެއް ނިންމޭނީ” މޫނުމަތިން ކީއްކުރަން އެ އަޑުގައިވެސް އެހެން ބުނިއިރު އެއްވެސް ކަހަލަ އަސަރެއްނެތެވެ.

***
ކައިނިމުމުން އިލްފް މިސްރާބުޖެހީ ގެ ބަލާލުމަށެވެ. ދިހަ އަހަރުފަހުން އަމިއްލަ ގެއަށް އާދެވުނުއިރު ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ބަދަލުވެފައިވާ މިންވަރެވެ. އެހެންގޮސް ގޭގެ ތަންތަން ބަލަމުންގޮސް ހަތަރުވަނަ ފަންގިފިލާއަށް ދެވުމާއިއެކު އިލްފްގެ ހިނގުން ހުއްޓުނެވެ. ދަތްކުނޑި ވިކާލިއިރު އެ މޫނުމަތީގައިވީ އަސަރު ދެނެގަންނަން ނުހަނު އުނދަގުލެވެ. އެ ދެލެލޮލުން ފެނުނީ ރުޅިވެރިކަމާއި އެހެން އަސަރެކެވެ. ދަތްކުނޑިވިކާލަމުން ދެއަތް މުއްކަވާލިއެވެ. ފުން ނޭވާއެއް ދޫކޮށްލީ މުޅި މީހާގެ ނަފުސު ހަމައަކަށް އަޅުވާލުމުގެ ނިޔަތުގައި ކަންނޭނގެއެވެ. ނަމަވެސް އިލްފްގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެތަނުގައި ޒީނަތްތެރި ކުރުމަށް ބެހެއްޓިފައިވާ ވާހެއްގައި އަތުން ޖެހިޖެހީނުން ވެއްޓި އެތިކޮޅުތަކަށް ވުމުން ދެލޯ މަރާފައި ހުޅުވާލަމުން އޭނާގެ ނަޒަރު އަމާޒުކޮށްލީ މުޅި ދުނިޔެއިންވެސް އޭނާ އެންމެ ދެކެން ބޭނުންނުވި އެއްޗަކަށް ބަލާލުމުގެ ނިޔަތުގައެވެ. ނަމަވެސް އިލްފްގެ ހިތަށް އެރީ އެންމެ ސުވާލެކެވެ. އެ އެއްޗަކަށް ބަލާލުމުގެ ޤާބިލުކަމާއި ހިތްވަރު އޭނާގެ އެބަ ހުރި ހެއްޔެވެ؟ ނަމަވެސް އިލްފްއަކަށް އެ ހިތްވަރެއް ނުކުރެވުނެވެ. އަނބުރާލާފައި އައިކޮޅަށް ހިނގައިގަތީ ދެއަތް މުއްކަވާލައިގެންހުރެއެވެ. ދެން ދުވަހަކުވެސް މި ފަންގިފިލާގައި ފައިވެސް ނާޅަން އަމިއްލަ ނަފްސާއި ވަޢުދުވަމުންނެވެ.

***
ރޭގަނޑު ދަންވަރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ނަމަވެސް ޒީކްގެ ދެލޮލުގައި ނިދީގެ އަސަރެއްނެތެވެ. މާދަމާ ވާނެގޮތަކާއި ދޭތެރޭގައި ވިސްނާލެވުނެވެ. ކަމާލިޔާ ވަނީ ޒީކްއަށް އިލްފް އޭނާ އާއި މާދަމާ ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައެވެ. އަމިއްލަ ދިރިއުޅުމުގެ އޮޑި ޖައްސަންވީ ކޮން މިސްރާބެއްގައިކަން ނޭނގުނު ނަމަވެސް، ޒީކް މިޔަދު އިލްފް އާއި ކައިވެނިކުރަން ވަނީ ފާޑަކަށް މަޖުބޫރުވެފައެވެ. މީގެ ހަފްތާއެއް ކުރީގެ ހަނދާނެއްގެ ތެރެއަށް ޒީކް ގެނބިގެން ދިޔައެވެ.

***
“ދަރިފުޅު ޒީކް. ވަރަށް ބޮޑުކަމެއް ޒީކް ދައްތައަށް ކޮއްދޭންވެއްޖެ؟” އާދައިގެ މަތިންވެސް ހަފްތާއަކު އެއްފަހަރު ޒީކްގެ އެޕާޓްމެންޓަށް ކަމާލިޔާ އާދެއެވެ. މީގެ ތިން އަހަރުކުރިން ޒީކްގެ މަންމަ އާއި ބައްޕަ ނިޔާވުމުން ޒީކް ބެލުމުގެ ޒިންމާ ނެގީ ޚުދު ކަމާލިޔާ އަމިއްލަށެވެ. ޒީކްއަށް ހަރަދުކުރަނީވެސް އޭނާގެ ރުފިޔަލުންނެވެ. މަންމަ އާއި ބައްޕަ އެކުއެކީގައިހެން ނިޔާވުމުން ކަމާލިޔާ މަސައްކަތްކުރަމުން ދިޔައީ ޒީކްއަށް އޭނާއަށް ދެވޭ މިންވަރަކުން ލޯތްބާއި އަޅާލުން ދެވޭތޯއެވެ.

“ލައްބަ؟ ” ޒީކް އަހާލިއެވެ.

“ޒީކްއަށް ދައްތަގެ ދަރިފުޅު އިލްފް އާއި ކައިވެނި ކުރެވިދާނެތަ؟ ” ޒީކްގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލާލަމުން ކަމާލިޔާ އަހާލިއެވެ. ޒީކްގެ މޫނުމަތިން ފެނުނީ ޙައިރާންކަމެވެ.

“ދައްތާ. އެކަމަކު އަޅުގަނޑަށް އެއީ ކާކު ކަމެއްވެސް ނޭނގޭ” އަދި ދިރިއުޅުމެއް ފަށަން ޙިޔާލުވެސް ނުކުރާތީވެ ޒީކް ބުންޏެވެ.
“އިލްފް ވަރަށް އަވަހަށް މިކޮޅަށް އަންނާނެ. މިއީ މަރުވަމުންދާ މީހެއްގެ އެންމެ ފަހުއެދުން. އެހެންވީމާ ޒީކް މި އެދުން ފުރިހަމަކޮށްދޭނެ ކަމަށް އުންމީދުކުރަން. ” ހިތާމަ އާއި ހިތްދަތިކަން އެކުލެވިފައިވާ އަސަރަކުން ކަމާލިޔާ ބުންޏެވެ.

“މަރުވަމުންދާ މީހެކޭ؟” ކަމާލިޔާ ބުނި އެތި ނަގައިނުގަނެވުމުން ޒީކް އަހާލިއެވެ.

“އާން ޒީކް. ދައްތަ ކޮންމެ އިރަކުވެސް މަރުވެދާނެ. ދައްތަ މިވަނީ ކެންސަރުގެ ޝިކާރައަކަށްވެ އެންމެ ފަހު ސްޓޭޖުގަ. ޑޮކްޓަރުންވެސް ބުނީ އެއްވެސް އުންމީދެއް ނެތޭ. އެހެންވެ ދައްތަ ބޭނުން މަރުވުމުގެ ކުރިން އިލްފްގެ ކައިވެނިކުރެވިގެންދާ މަންޒަރު ފެނިލަން. ޒީކްއަށް ދައްތަ އިތުބާރުކުރަން. ” ޒީކްގެ މޫނަށް ބަލަހައްޓައިގެން ހުރެ ކަމާލިޔާ ބުނެލީ އަސަރާއިއެކުގައެވެ. ލިބިފައިވާ ޝޮކެއްގެ ސަބަބުން ޒީކްއަށް އެކައްޗެކޭވެސް ނުބުނެވުނެވެ.

“އިލްފް އާއި ކައިވެނި ކުރޭ. މި މަރުވަމުންދާ ފުރާނައިގެ އެންމެ ފަހު އެދުން ފުރިހަމަކޮށްދީ.” ދެލޯ ތެމުނުއިރު ކަމާލިޔާ ބުނެލީ އަސަރުންފުރިގެންވި ގޮތަކަށެވެ.

“އަޅުގަނޑު ދައްތަގެ އެދުން ފުރިހަމަކޮށްދޭނަން. އިންޝާ ﷲ” ކަމާލިޔާގެ އަތުގައި ހިފަހައްޓާލަމުން ޒީކް ބުންޏެވެ. އޭރު އެއަޑުގައި މަޑު ތުރުތުރުލުމެއްގެ އަސަރުވިއެވެ. މަންމަ އާއި ބައްޕަގެ ނިޔާވުމަށްފަހު ކަމާލިޔާވެސް އޭނާ ދޫކޮށް ހިނގައިދާނެތީވެ ހިތަށް ބިރުވެރިކަމުގެ އަސަރުވަނެވެ.

“ވަޢުދުވޭ ޒީކް. ކޮންމެ ފަދަ ހާލެއްގައިވެސް އިލްފް އާއެކު ވާނަންކަމަށް. އިލްފް ދޫކޮށްނުދާނަން ކަމަށް. ކޮންމެ ހާލެއްގައިވެސް ކައިވެނި ރޫޅުނިއްޔާ ނުދޭނަން ކަމަށް. ” ޒީކް ގައިގައި ބައްދާލަމުން ކަމާލިޔާ އެއްސެވެ.

“އަޅުގަނޑު ވަޢުދުވަން… ކޮންމެ ޙާލެއްގައިވެސް އިލްފް އާއި އެކުގައިވާނަން. އިލްފް ދޫކޮށްނުދާނަން. ކޮންމެ ޙާލެއްގައިވެސް ކައިވެނި ރޫޅުނިއްޔާ ނުދޭނަންކަމަށް..ވަޢުދުވަން.” ޒީކް އެހެން ބުނިއިރު އެބޮޑު ދެލޯ މަރާލީ ދެލޮލުތެރޭގައި ހަތްޔަރުވެފައިވާ ކަރުނަތަށް ފޭބުމަށް ހުއްދަދެމުންނެވެ. އެވަގުތު އެ ކަރުނަތަށް ޒީކްގެ ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ދެމިގަތެވެ.
****
ކޮޓަރީ އެނދުމަތީގައި އޮތް އިލްފްގެ ދެލޮލުން ނިދިވީ އެތައް މޭލެއް ދުރުގައިކަން ނޭނގެއެވެ. އެ ދެލޮލާއި ނިދި ރުޅިވެފައިވާފަދައެވެ. ޙުދު އިލްފްވެސް ނިދީގެ ފުންކަނޑަށް ވެއްޓޭކަށް ބޭނުމެއްނޫނެވެ. އެންމެފަހުން އިލްފް އެނދުން ތެދުވެގެން މިސްރާބުޖެހީ ބެލްކަންޏާއި ދިމާލަށެވެ. މަޑު ހިނގުމެއްގައިގޮސް އިލްފް ހުއްޓެލީ ބޭރުފެންނަ ހިސާބުގައެވެ. އިސްއުފުލާލަމުން އުޑުގައި ފިކުރެއް ޙިޔާލެއްނެތި ރަސްކަންކުރަމުންދިޔަ ހަނދަށް ބަލާލިއެވެ. ތަރުތީބެއްނެތި އުކާލެވިފައިވާ ތަރިތަށް ފިޔަޖަހަމުންދިޔައީ އެހެން ރޭރެއާ އަޅާބަލާއިރު ނުހަނު ފުރިހަމަކަމާއިއެކުގައެވެ. ޖެހިލި ފިނި ވައިރޯޅީގެ އެހީގައި ބެލްކަނީގައިވާ މާތަކުގެ ހިތްގައިމުވަސް މުޅިތަނަށް ފެތުރިގެން ދިޔައިރު އެ ވައިރޯޅީގެ ސަމާސާގައި ބައިވެރިވަމުން އިލްފްގެ ކަޅު ރޭގަނޑެއްފަދަ އިސްތަށިގަނޑު އެ ދެލޮލަށް ނިވާއަޅާލުމުގައި ކާމިޔާބުކުރަމުންނެވެ. އެވަގުތު އިލްފްގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ އެންމެ ނަމެކެވެ.

ނުނިމޭ

Share Article

Follow Me Written By

Malsa Moosa

Level 8100 Login100 Comments10 Stories500 Login500 Comments100 Stories1K Comments

She/Her. You can contact me via [email protected]

Other Articles

Previous

އަބަދުވެސް ކަލާ މި މޭގައި ވާނެ 1

Next

ވާށޭ މަށާ އެކީ-18

Next
May 7, 2020

ވާށޭ މަށާ އެކީ-18

Previews
May 6, 2020

އަބަދުވެސް ކަލާ މި މޭގައި ވާނެ 1

36 Comments!

  1. Malsa Moosa (Lysh) says:
    May 7, 2020 at 8:38 am

    Helo guyx. Hope you all will like the first part of the story. Enjoy. Feel free to comment ur viwes. Oh yeah! Next part Sunday night ga up kohladhynan.

    https://www.youtube.com/watch?v=IDl-GQ2Ocq0&t=74s

    please watch and subscribe! Hope you guys will like my brothers painting.

    Stay home, be safe.
    love ya all my readers

  2. Kairaa says:
    May 7, 2020 at 10:36 am

    Varah varah reethi….curiously waiting for the nxt part….lysm..be safe

    1. Malsa Moosa says:
      May 7, 2020 at 9:17 pm

      thankx kai.

  3. Faiherrr?? says:
    May 7, 2020 at 12:08 pm

    Hithuge udhaahun dhuruvaanebaa evaahaka genesdhiybala evaahaka ah varah inthizaaru kurevey. Please please please please please please please please I beg of you??????????. Mihaaru genesdhey vaahaka ves vvvvvvvvvvvvvvvv nice love you so much??????. curiously waiting for the next part ❤️❤️❤️❤️❤️❤️

    1. Malsa Moosa says:
      May 7, 2020 at 9:19 pm

      E story ge bodubaeh liye nimifa in dhaa laptop in e vaahaka dlt v. ehen v e vaahaka dhen nugenedheyn nimmee. sorry nge. Hope u will understand faiherr. T.T
      btw thankx sis

  4. Kylie says:
    May 7, 2020 at 2:14 pm

    V reethi mi part vx???…. Waiting fr nxt part…..?? nd #stay home #stay safe igey mal☝️☝️☝️….

    1. Malsa Moosa says:
      May 7, 2020 at 9:20 pm

      Thankx kylie. U 2 stay home be safe .

  5. Ainaa says:
    May 7, 2020 at 3:42 pm

    the promise turkey film ga vaa gothah dhw mi vaahaka mi dhany but eyga firihenaku bali vegen ulheny but me ga anheneh n waiting for the next part to check is this going like that series or not dont mind ok cause first vaahka kiyan feshi iru rythi fahah ais huri baithah kiyaali thanaa i remind that story

    1. Malsa Moosa says:
      May 7, 2020 at 9:23 pm

      what is “the promiess turkey” btw thankx. and e anhen meehaa balivefa huri namaves..e kaiveni kurumuge fahathugai vee ehen sababeh. hehe. let’s see what happens next 🙂
      and yepp. i don’t mind Ainaa

    2. Malsa Moosa says:
      May 7, 2020 at 9:23 pm

      promise*

  6. Een says:
    May 7, 2020 at 4:18 pm

    Hey Mal kon irakun tha hithuge konme vindheh gaa ke second season up kurany. Pls pls pls pls avahah up koh dhyba pls I can’t Wait to read that one??????????????

    1. Malsa Moosa says:
      May 7, 2020 at 9:19 pm

      E story ge bodubaeh liye nimifa in dhaa laptop in e vaahaka dlt v. ehen v e vaahaka dhen nugenedheyn nimmee. sorry nge. Hope u will understand Een. sorry again

  7. LAZY_QUEENY says:
    May 7, 2020 at 7:06 pm

    Vvvv reethi mi part vx… Whn is next part.. Curiously waiting for next part ngey.. N mal you are so talented.. Maashaallah… Waiting for next part ngey…. Avahah up kohdhehchey next part

    1. Malsa Moosa says:
      May 7, 2020 at 9:26 pm

      Awwn. Thankx Lazy_Queen. Your comment always motivates me. Insha allah sunday night ga or eyavure kurin up kohladhynan. 🙂

  8. Dhonthy says:
    May 7, 2020 at 8:16 pm

    Hey new story eiy dhw. Hama v salhi ingey. Waiting for the next part.
    And mal.. Dhonthi innaane hangout in invitation eiy fonuvaafa. Pls take a look. ???

    1. Malsa Moosa says:
      May 7, 2020 at 9:26 pm

      Yjankx dhonthy. Yepp. accept kohfin.

  9. Faiherr says:
    May 7, 2020 at 9:21 pm

    Kobaa aneh story???
    Anyway mi story ves v reethi ???

  10. Malsa Moosa (Lysh) says:
    May 7, 2020 at 9:27 pm

    E story ge bodubaeh liye nimifa in dhaa laptop in e vaahaka dlt v. ehen v e vaahaka dhen nugenedheyn nimmee. sorry nge. Hope u will understand sissy. sorry again

  11. Laī says:
    May 7, 2020 at 11:40 pm

    Vrh sali.. waiting for nxt part ❤❤

  12. Malsa Moosa (Lysh) says:
    May 7, 2020 at 11:56 pm

    Thank you lai

  13. love_reading says:
    May 8, 2020 at 12:29 am

    mal thibuny ‘hithuge konme vindhegai’ ge season 2 nugenes dheveyne ey tha????
    btw.. mi stryy dhaa goi varah reethi?❤️❤️

  14. Malsa Moosa (Lysh) says:
    May 8, 2020 at 1:27 am

    Nope. Hithuge Udhaahun dhuruaanebaa! Thankx love_reading 🙂

  15. magnumm says:
    May 8, 2020 at 12:08 pm

    މައްލުގެ ހުނަރުވެރިކަން ފެނިފައި ހަމަ ކޮސްވެއްޖެ. އުއްމީދެއްވެސް ނުކުރަން މިހާ ރީތިކޮށް ވާހަކައެއް ގެނެސްފާނެ ކަމަކަށް.މަޝްހޫރު މޮޅެތި
    ލިޔުންތެރިންނަށް ދޫނުކުރޭ ހަމަ.ވަރަށް ވަރަށް ފުރިހަމަ.އައިމް ސޯ ޕްރައުޑް
    ??ޓު ބީ ޔުއަރ ބެސްޓީ.ވެއިޓިންގ ފޯ ދި ނެކްސްޓް.މަޗް ލަވްސް

    1. Malsa Moosa (Lysh) says:
      May 8, 2020 at 5:47 pm

      Awwe. Ur soo sweet. hama bunaane ehcheh vx neyngifa meenee. i missed you magnumm. dhn kon iraku ol vanee? I’m really happy to be ur bestfriend who support me with everything i do. Ur such a sweet bestie i should say. stay home, be safe. ly 2

    2. Malsa Moosa says:
      May 9, 2020 at 2:36 am

      Awwe. play store avahah rangalhu vaanama konfadha. yeah. kurevyne maa bodu kameh nei dhw dhn. will be waiting ol vaane dhuvahakah. yeah bunin. emmen vx salam buni nge 🙂 varah miss veyey buni magnumm mathin. Oops. Suprise ekey? I lovee suprises! Hehe. Will be waiting. btw stay home and be safe nge magnumm

    3. magnumm says:
      May 8, 2020 at 9:41 pm

      އަޅޭ. މެގްނަމް އަށް އުފަލުން ގޮސް ރޮވިއްޖެ މަލްގެ ކޮމެންޓް ކިޔާހަ.ޔޫ ޓޫ
      ސޯ ސްވީޓް.. އެންޑް މެގްނަމްވެސް ވަރަށް ބޭނުންވެޔޭ އޯއެލް ވާން.އެކަމް
      އެ ޕްލޭ ސްޓޮރގަނޑަކާއި ހެދި އޯ އެލް ނުވެވެނީ.ތިކުދިންކޮޅު މަތިން ވަރަށް
      މިސްވޭ. ވަރަށް ދެރަވެސް ވޭ. އެކަމްވެސް ކީތްކުރާނީ ދޯ؟. ބައިދަވޭ މަޗް
      މިސެސް އެން ލަވްސް. ހުރިހާ ކުދިންނަށް އައިގެ ސަލާން ބުނެދޭތި. އެންޑް
      ދެއަރ އިސް އަ ސަޕްރައިސް ފޯ ޔޫ. ވަރަށް އަވަހަށް އިންޝާ ﷲ. ހޮޕް ޔޫލް ވެއިޓް.

  16. Een says:
    May 8, 2020 at 4:37 pm

    Ohh. It’s ok Mal… I can understand..But I was really looking forward to that… Hithuge konme vindheh gaa….????????????????

    1. Malsa Moosa (Lysh) says:
      May 8, 2020 at 5:42 pm

      thankx Een. Damn. it was a mistake Een. i though Een bunee hithuge udhaahun dhuruvaanebaa! ge vaahaka kamah. hithuge konme vindhehgai ge 2 season genes dhynan insha allah mi vaahaka nimuneema. sorry nge. aslu olhunee liyefa in ethi. Hehe

  17. Een says:
    May 8, 2020 at 4:39 pm

    Oh yea and btw this story is awesome Luv your stories Mal .. maasha Allah you are very talented..??????

  18. Malsa Moosa (Lysh) says:
    May 8, 2020 at 5:44 pm

    Thankx Een. 🙂 stay home be safe

  19. R ❤ says:
    May 9, 2020 at 12:48 pm

    Kudavarehge filmeh balaalevunuhen heevee.. hehe ehaavx reethi maashaa allah sifakurun thah… varah unmeedhee liyuntherieh thee… good job and I laaaav this one ❤❤❤ when next.. can’t wait anymore ???

  20. Malsa Moosa (Lysh) says:
    May 9, 2020 at 6:16 pm

    Aww. Thankx R♥it means a lot to me>3 insha allah sunday ga or mirey ga. ?

  21. Zuha says:
    May 10, 2020 at 2:31 am

    V reethi? can’t wait to read next part?

  22. Malsa Moosa (Lysh) says:
    May 10, 2020 at 6:20 pm

    thnks

  23. Numrer says:
    May 20, 2020 at 12:38 pm

    Thankolheh avas kollah chey..varah salhi mi stroy gendhaagoii

  24. Queen Lysh says:
    June 6, 2020 at 12:02 pm

    Mi storu up kuran fashaanee ehkkoh liye ninmaafa dhethw. Ekam ehen stories that continue kuraanan Insha allah vrh avahah

Comments are closed.


All Right Reserved!