
ދަރިފުޅު-4
އާދައިގެ މަތިން ދުވަހެކެވެ. އަސްމާ ޒައިބާ ގޮވައިގެން ފިހާރަޔަކައް ދިޔައީ ޒައިބާއަށް ބޭނުންވާ ބައެއް ތަކެތި ގަނެދިނުމަށެވެ. ބައިގަޑިއިރެއް ހާއިރުގެ ބާޒާރު ކުރުމަށްފަހު އެދެމައިން ގެއައް ދާން މިސްރާބު ޖެހިއެވެ. ޒައިބާ ތަންކޮޅެއް އަވަހަށް ފިހާރައިން ނުކުތެވެ. އެވަގުތު ބާރު ސުޕީޑުގައި ސައިކަލެއް އެ އަންނަނީ ޒައިބާ އާދިމާއަށެވެ. އަސްމާއަށް ފިހާރައިން ނުކުމެވުނީ އެދަނޑި ވަޅުގައެވެ. ފެނުނު މަންޒަރުން އަސްމާގެ ބޮލަށް އުޑު ވެއްޓުން ކަހަލަ އިހުސާސެއް ކުރެވުނެވެ. “ދަރިފުޅާ….!” އަޑުގެ ނެއްތަނައް އަސްމާ ހަޅޭލަވައި ގަތެވެ. އަސްމާގެ އަޑައް ޒައިބާ ފަސް އެނބުރި ބަލާލިއެވެ. އެވަގުތު ބާރު ސުޕީޑުގައި އަންނަމުން ދިޔަ ސައިކަލު ޒައިބާއަށް ފެނުނެވެ. ޒައިބާއަށް ވަގުތުން ހަޅޭލަވައި ގަނެވި ދެލޯ ބޮޑު ކޮއްލެވުނެވެ. އަސްމާ ބަލާކަށް ނުހުރެ ޒައިބާއާ ދިމާއަށް ދުއްވައި ގަތެވެ.
************
އަސްމާ ދިޔަ ބާރު މިނުގައި ގޮސް ޒައިބާ ބުރަކަށީގައި އަޅާ ކޮއްޕާލިއެވެ. ކޮންޓުރޯލުން ނެއްޓިގެން އައި ސައިކަލު އަސްމާގެ ގައިގައި ޖެހި އަސްމާ މާދުރަށް ވިއްސައިގެން ދިޔައެވެ. އަސްމާ ކޮއްޕާލި ގޮތުން ވެއްޓި ގަލެއްގައި ޒައިބާގެ ބޯޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން ދަޔައީ ކުޑަ ހިނދު ކޮޅެއްތެރޭގައެވެ. ސައިކަލުގައި އިން މީހާ ވަނީ ސައިކަލު ދަށުވެފައެވެ. ވަގުތުން އަސްމާ އާއި ޒައިބާ އާއި އެމީހާ ސިއްޙީ މަރުކަޒަށް ގެންދެވުނެވެ.
ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް އަސްމާ ވަނީ މިދުނިޔެ އާއި އަލްވަދާޢު ކިޔާފައެެވެ. ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ޒައިބާ ވަނީ ހޭނެތިފައެވެ. ހޭއަރާނެ އިރެއް ބުނާކަށް ނޭނގެއެވެ. ސައިކަލު ދުއްވަން އިން މީހާގެ ވާތުފައި ބިނދި ގައިގެ އެކި ތަންތަނުން ވަނީ މަށައިގެން ގޮއްސައެވެ. އުލްފާއަށް މިޚަބަރު ލިބިގެން އެއިރު މަރުކަޒަށް އައިސްފިއެވެ.
ހަގަޑިއިރު ފަހުން ޒައިބާ ހޭއަރައިފިއެެވެ. މަޑުމަޑުން ޒައިބާއަށް ވީގޮތް ހަނދާންވާން ފަށައިފިއެވެ. “މަންމަ ކޮބާ؟” ހޭއެރުމާއެކު ޒައިބާ އޭނާގެ މަންމައާ ބެހޭގޮތުން ކައިރީގައި އިން އުލްފާއާ ސުވާލުކުރިއެވެ. “ޒަ..އި..ބާ…” އުލްފާގެ އަޑު ކުރެހުނެވެ. އޭނާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ. ޒައިބާގެ ބައްޕަ އެކޭ އެއްފަދައިން އޭނާގެ މަންމަ ވެސް މިދުނިޔެއާއި ވަކިވެއްޖޭ ބުނަންވީ ހެއްޔެވެ. އޭރަށް އެ ސިކުނޑިއަށް ކުރާނީ ކޮންފަދަ އަސަރެއް ހެއްޔެވެ. އުލްފާގެ ލޮލުން ކަރުނަ އަންނަން ފެށީ އޭނާއަށް ނުވެސް އެނގި ހުއްޓައެވެ. “އުލްފާ ދައްތާ؟” އުލްފާ ސިހުނީ ޒައިބާގެ އަޑަށެވެ. “ޒައިބާ އިހަށް އަރާމް ކޮއްލާ..” އުލްފާ ގަދަ ކަމުން ޒައިބާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.
ޒައިބާ ގެއަށް ފޮނުވާލީ ހޭއެރިތާ ގަޑިއެއް ހާއިރު ފަހުންނެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހަނީއެވެ. އުލްފާ ޒައިބާ ގޮވައިގެން އިހައް ދިޔައީ ޒައިބާގެ ގެއަށެވެ. އުލްފާ އެގޭތެރެއަށް ވަނީމާ ރޮވެން އުޅޭހެން ހީވެ ލޯކައިރީގައި އަތް ހިންގާލިއެވެ.
“ޒައިބާ ދޭދެން ފެން ވަރާ ލައިގެން ތާޒާ ވެލާ ހަދަން.. ފެނަވަރައިގެން ނުކުންނަން ވާއިރަށް ދައްތަ ހެދިކާ ކޮޅެއް ގެނެއްސަ ބަހައްޓާނަން ޒައިބާ ސައިބޯން” ބަސް އަހާ ކުއްޖަކުހެން ބޯޖަހާލާފައި ޒައިބާ އެތެރެއަށް ވަނެވެ. ޒައިބާ އެތެރެއަށް ވަނުމުން އުލްފާ ދިޔައީ ކައިރީ ހުރި ފިހާރައައް ހެދިކާ ގަންނަންށެވެ.
ޒައިބާ ފެންވަރައިގެން ނުކުތްއިރު އުލްފާ ހުރީ ސައި ތައްޔާރު ކޮއްފައެވެ. ޒައިބާ ބަހަކުން ބަހެއް ނުކިޔައި ސައިބޮއެ ނިންމާލިއެވެ. ނަމަވެސް ސައިބޮއެ ނިމުމުން ޒައިބާ އަނެއްކާވެސް މަންމަ ކޮބައިތޯ ސުވާލު ކުރިއެވެ. “ދެން އުލްފާ ދައްތާ.. ޕްލީޒް ބުނެބާ މަންމަ ކޮބާތަ؟” ޒައިބާގެ ދެލޮލުގައި ވަނީ އާދޭހެވެ.
އުލްފާ ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮއްލިއެވެ. “ޒައި.. ހިތްވަރު ކުރަންވާނެ.. ކިންމެ މީހަކު ވެސް މިދުނިޔެ އާއި ވަކިވެގެން ދާނެ.. އަހަރެމެން އިންސާނުން ޖެހޭނީ ކެއްތެރިކަން އިސް ކޮށްގެން މަރުވެދާ މީހުންނަށް ހެޔޮ ދުޢާކޮށް ދޭން..” އުލްފާގެ ވާހަކަތައް ހުރި ގޮތުން ޒައިބާގެ ހިތުގައި ސުވާލުތައް ދިޔައީ ފުނި ޖެހެމުންނެވެ. “އާން ޒައިބާ.. ޒައިބާ މަންމަ އެ އެކްސިޑެންޓުގައި ލިބުން އަނިޔާތަކުގައި މި ދުނިޔެ ދޫކޮށް ހިނގައްޖެ..” ޒައިބާއަށް ހީވީ އޭނާގެ މޫނު މަތީ މީހަކު ބާރު އެތިފަހަރެއް ވިހެލި ހެންނެވެ. “ޒައިބާ..” ޒައިބާ އަނގައިން ނުބުނެ އިންނަން ފެށުމުން އުލްފާ ޒައިބާއަށް ގޮވާލިއެވެ. “ލަ..ލައްބަ..” ޒައިބާ ދިޔައީ ސިހިގެންނެވެ.
“ޒައިބާ ދެން ދައްތަމެން ކައިރިއަށް ދައްތަމެން ގެޔަށް ބަދަލު ވާންވީނު؟” އުލްފާ ހުރީ އިންތިހާއަށް ޒައިބާއަށް އަޅާލާ މައެއްގެ ލޯބި ދޭން ބޭނުންވެފައެވެ. “އެންމެ ރަނގަޅު..” ޒައިބާ ހިނިތުންވާން މަސައްކަތް ކުރިއެވެ. އުލްފާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.”މިރޭ ނިދަންވާއިރަށް ބަދަލުވާން އޯކޭތަ؟” ޒައިބާގެ ބޮލުގައި ފިރުމާލަމުން އުލްފާ އެހިއެވެ. ޒައިބާ ކުޑަ ހިނިތުންވުމެއް ހަދިޔާ ކޮއްލާފައި ބޯޖަހާލުމަކުން ފުއްދާލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އުލްފާ އުޅުނީ ޒައިބާ އޭނަގެ ގެއަށް ބަދަލުކުރުމުގެ މަސައްކަތުގައި އަވަދިނެތިއެވެ. ދޭތެރެ އަކުން ޒައިބާ ވެސް ކުދިކުދި ކަންތައްތައް ކޮއްލައެވެ. ނަމަވެސް މީހާ ހުންނަނީ ނެގިމަޑުވެފައެވެ.
އުލްފާގެ ގެއަށް ދިޔައިރު ގަޑިން ނުވައެއް ޖަހާނެވެ. ޒައިބާ އެގެއަށް ދެވަނަ ފަހަރު ނަމަވެސް ވަރަށް ރީއްޗަށް ވަށައިގެން ބަލާލިއެވެ. އެގޭގައި ވެސް ޒައިބާއަށް ވަކިން ކޮޓަރިއެއް ހުރުމުން ހިތްހަމަޖެހުނެވެ. “ޒައި.. ހިތްހަމަޖެހޭތަ؟” އުލްފާ ޒައިބާގެ މޫނައް ބަލާލިއެވެ. ޒައިބާ ބޯޖަހާލިއެވެ.
(ނުނިމޭ)
13 Comments!
Comments are closed.
Alhey kihineh e v?…..Varah varah reethi…masha allah….waiting for the nxt part….ly
Thanx kairaa.. Ly2
Vv reethi. Mom maruveema v dhera
Thanx zaa.. ?
Masha allah.. mibai vx v furihama.. mi stry dhaagoeh v reethi.. when nxt.. ly
Thnx samra.. Nxt part liyevunu haa avahakah genesdheyanan.. Ly2
Vvvvvvvvvvvvvvvv Kuru vaaehnuvaaeh neygey vvvvvvvvvvvvvvvv foohi??????????
Vaahaka foohi iru vx kiyaala dhevvythy shukuriyya… Vaahaka foohi nama vx vaahakaige zariyyaain lam dheyn beynun vaa msg kiyuntherinnaa hama ah foaru koh dhinun lam ge magsadhaky… Vaahaka mihaa hisaabah ai iru vefaa mivaa gothaky zaiba ge bappa eyna ah 2 yrs ga maru v accident ehga.. And she thinks e accident v asmage sababun kamah.. That’s why she started hating asma.. Dhen fahun zaiba ge hih asma ge mahchah kuda koh heyo vefa vany.. Ehen vefa ovva, asma accident vany zaiba ge kuri mathee.. Zaiba ah vx kuda koh aniyaavi ekm vx zaiba mi accident in vany salaamaiy vefa.. Ulfa annany zaiba balan havaalu vegen.. That’s why ulfa zaiba balan beynun vaathy zaiba gen dhany ulfa geyah.. Dhen vaa gotheh balan next part kiyaalaany dhw
Vaahaka varah reethi.
Ehaa kurukoh genesdhey iru konme dhuvahaku genes dhybala..
Varah las update
Alhugandu vaany iulaaneh submit kollaafa. Vhk reethi veethy ufaakuran
Vaahaka varah reethi adhi kiyaahivey..
Next part avahah genesdhy.??
Vaahaka reethi veethee ufaakuran… Alhugandu vaany mi vaahaka ekkoh liye nimmaafa genes dheyn vegen vaahaka medhukandaafa… Vaahaka ekkoh liye nimunymaa alun genes dheyn fashaanan… Yush mi vaahaka ah inthuzaaru kuraane kamah ummeedhu kuran… ❤️
Medhu kandaalaafa*