Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިފްނޫރް 1

Axoo Level 310 Stories100 Comments100 Login
May 7, 2020 4 Mins Read
12 Comments

އަލިގަދަ ތަރިތަކުން ޖަރީވެފައިވާ ހިތްގައިމު އުޑުމައްޗަށް ކަޅު ބަނަ ވިލާތައް ވެރިވަގެތެވެ. މަޑުމަޑުން ޖެހެމުން އައި ވައިރޯޅިތައް ބާރުވެ ވާރޭ ތިކިޖަހަން ފެށީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންގެ ހަރަކާތްތައް އަވަސްކޮށްލީ ވާރޭ ބޯކޮށްލުމުގެ ކުރިން އެމީހުންގެ މަންޒިލަށް ނުދެވިދާނެތީއެވެ.

ފަރި ހިނގުމެއްގައި ދިޔަ އިފްނާވެސް އޭނާގެ ހިނގުން އަވަސްކޮށްލީ ވާރޭ ބޯކޮށްލުމުގެ ކުރިން ރަޙުމަތްތެރި ޒަލާގެ ގެއަށް ދިޔުމަށްޓަކައެވެ. ގަދަވަޔާއި އެކު ވިހުރުވެމުން ދިޔަ ފަންއިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ގެނެސް އެއްއަތުން ހިފަހައްޓާލައިގެން ހުރެ ކުދިކިޔަމުން ދިޔައީ އެފަދަ ވަގުތެއްގައި ޓެކްސީއެއްހާ ހިސާބުވެސް ނުލިބުމުންނެވެ. ކަންދިމާކުރިގޮތުން ޒަލާގެ ގެ ހުންނަ މަގަށް އެޅުނުތަނާހެން ވާރޭ ބޯކޮށްލިއެވެ. ކޮނޑުގައި އަޅުވާފައި އޮތް ލެދަރ ދަބަހުން ބޮލާއި މޫނު ނިވާކޮށްލަމުން މަޑުމަޑުން އެގެއާއި ދިމާއަށް ދުއްވައިގަތެވެ. ގޭގެ ދޮރުހުޅުވާލުމަށްފަހު އިފްނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ދަބަހުން ޓިޝޫއެއް ނަގަމުން ދެއަތުން ތެމިފައިވާ ތަންތަން ފޮހެމުން ގޮސް ލިފްޓަށް އެރިއެވެ. ދެވަނަ ފަންގިފިލާއަށް ދިޔުމަށް ފިތަށް އޮށްބާލުމަށްފަހު ލިފްޓް ކްލޯޒްކޮށްލީ އިތުރު މީހެއް ފެންނަން ނެތުމުންނެވެ. ހަމައެވަގުތު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގާ ބަލައިލިއިރު ސްކްރީނުން ފެންނަމުން ދިޔައީ މޫނުބުރުގާ އަޅާފައި ހުރި އަންހެންކުއްޖެއްގެ ފޮޓޮއެކެވެ. ނަމަކަށް އަރާފައި އޮތީ “ދޮންތި” މިހެންނެވެ. ދެވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުނު ވަގުތު ޗޮކެއް ކަނޑާލާފައި ފޯނު ރިންގު އޮފްކޮށްލުމަށްފަހު އަނެއްކާވެސް ފޯނު ޖީބަށްލިއެވެ. ލިފްޓުން ނިކުމެ ވާތް ފަރާތަށް ހުރި އެޕާޓްމެންޓްގެ ދޮރުގައި ބެލް އަޅާލަން އުޅުނު ވަގުތު ދޮރު ކައިރީގައި ހުރި ގިނަ ފައިވާންތައް ފެނި އެތެރޭގެ ހާލަތު އޮންނާނެގޮތް ކޮންމެވެސް ވަރަކަށް އިފްނާއަށް އަންދާޒާ ކޮށްލެވުނެވެ. އިފްނާ ބެލް އަޅާލީ ދެފަރާތަކަށް ބޯހޫރާލަމުންނެވެ.

އިރުކޮޅެއްވެސް ނުވެ އެތެރެއިން ދޮރު ހުޅުވާލީ ޒަލާއެވެ. އިފްނާ ފެނުމުން ޒަލާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

” މިއޮއް އައީ އިފޫ” އިފްނާ ވަންނަން ތަން ދައްކަމުން އެތެރޭގައި ތިބި މީހުންނަށް ބަލައިލާފައި ޒަލާ ގޮވައިލިއެވެ.

” އިފޫ ޔޫ އާރ ލޭޓް” އިވިގެން ދިޔައީ އެކުވެރި ރީނީގެ އަޑެވެ.

” ވާރޭ ވެހޭ ކަމެއް ނޭނގޭތަ… އެހެންނޫނަސް އަދި އަށްގަޑިބައިވެސް ނުވެއެއްނު…” ރީނީއަށް ނަޒަރެއް ދެމުން އިފްނާ ބުންޏެވެ. ކާމޭޒުކައިރީގައި ރީނީއާއި އެކު ތާސްކުޅެން ތިބި ނުދަންނަ ތިން ފިރިހެނުން ފެނި އިފްނާ ޒަލާއަށް ބަލައިލަމުން ބުމައަރުވާލިއެވެ.

” ހެލޯ އިފޫ.. ރަނގަޅުތަ…؟” ކާމޭޒު އިން ފަރާތް ނޫން އަނެއް ފަރާތުގައި ހުރި ސޯފާގައި އިން ގުފްރާން އަހާލިއެވެ. ގުފްރާނަކީ ޒަލާގެ ލޯބިވެރިޔާއެވެ. ގުފްރާން ކައރީގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ހުސެން ވެސް އިނެވެ. އިފްނާ ރަނގަޅޭ ބުނެ ޖަވާބު ދިނީ ހިނިތުންވުމަކާއި އެކީގައެވެ.

” އަޅެ މިފޯން ޗާޖަށް ޖަހައިދީބަލަ.. ހަނދާންނެތި ޗާރޖަރވެސް ބާއްވާފައޭ މިއާދެވުނީ” ޖީބުގައި އޮތް ފޯނު ނަގާ ޒަލާއަތަށް ދިއްކޮށްލަމުން އިފްނާ ބުންޏެވެ. ޒަލާ އިފްނާ އަތުން ފޯނު އަތުލަމުމަށްފަހު ޓީވީ ރެކްމަތީގައި ޗާޖަށް ޖަހާފައި ބޭއްވިއެވެ. އަދި އެއަށްފަހު އޭނައާއި އެކު ބަދިގެއަށް އައުމަށް އިފްނާއަށް އިޝާރާތް ކުރިއެވެ.

“ސްޕެގެޓީ ގަނޑެއް ތައްޔާރުކޮށްލަންތަ ތިއުޅެނީ” މޭޒުމަތީގައި އޮތް ސްޕެގެޓީ ބޮނޑި ފެނި އިފްނާ ސުވާލުކޮށްލިއެވެ. ” ބައިދަވޭ ރީނީ އާއި އެކު އެތިބީ ކޮންބައެއްތަ” އެއްސުވާލަށް ޖަވާބު ނުދެވެނީސް އިފްނާ ދެވަނަ ސުވާލުކޮށްލިއެވެ.

” ތިވާހަކަ ނުދައްކާ… ރީނީ އާއި އެންމެ ކައިރިން އޭނީ އޭނަގެ ނިއު ބޯއިފްރެންޑް ރިފާޒް.. ދެން އެތިބީ އޭނަގެ ދެރަހުމަތްތެރިން.. އަހަންނަކަށް ނޭނގެ އެމީހުންގެ ނަމެއްވެސް… ގުފްވެސް އިނީ ރީނީ އެގޮތަށް ކަންތައް ކުރީމަ ހިތްހަމަނުޖެހިފަ…” ފިޔާ ކޮށަމުން ޒަލާ ވާހަކަދެއްކިއެވެ.

” ރީނީވެސް ދުވާލަކު ބޯއިފްރެންޑެއް ވިއްޔާ ގެންގުޅެން ޖެހޭނީ… އަހަރެންގޮތަށް އުޅެބަލަ.. ސިންގަލް ލައިފް އިޒް މަޗް ބެޓަރ.. ” އިފްނާ ބުނެލިއެވެ.

” އިފޫ ތިހެން ތިއުޅެނީ ކޮންމެހެން ސިންގަލް ލައިފް ބެޓަރ ވީމައެއްނޫން ކަން އަހަރުމެންނަށް އެނގޭ… ވީ ނޯ ޔޫ. ސްޓިލް މިސް ހިމް” އިފްނާއަށް ނަޒަރެއް ދެމުން ޒަލާ ބުންޏެވެ.

” އިފޫ ފޯނެއް…” އިފްނާއަށް ވަކިޖަވާބެއް ނުދެވިގެން އުޅެނިކޮށް ގުފްރާން ގޮވާލި އަޑު އިވުނެވެ.

” އަޅާނުލާ ބާއްވާ…” އިފްނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

” ވެދާނެއްނު މުހިންމު ކޯލަކަށްވެސް… ” ޒަލާ ބުންޏެވެ.

” އެއީ ދޮންތި.. އިނގެއެއްނު އަހަރެން މިކަހަލަ ކަމެއް ކުރަން އުޅެންޏާ އެހާ ހިތްހަމައެއްނުޖެހޭނެކަން… ބައި ދަވޭ ޑޯންޓް ޓެލް މީ މިރޭގެ އޯވަރ ނައިޓްގަ މި ފިރހެނުންތައްވެސް ބައިވެރިވާނޭ.. އެހެންވެއްޖެނަމަ އައިމް އައުޓް އޮފް ދިސް” އިފްނާ ބުންޏެވެ.

” ހާސްނުވޭ.. ކަރޯކޭ އަށްފަހު އެމީހުން ދާނެ… އެއަށްފަހު އޮންނާނީ އަހަރުމެންގެ މޫވީ ޓައިމް… ކޫލް އެހެންނު” ޒަލާ ބުންޏެވެ. އިފްނާވެސް ހިނިތުންވެލީ އެކަމަށް އެއްބަސް ވަމުންނެވެ.

އެންމެ އެއްކޮށް ކެއުމަށްފަހު އޮތީ ކަރޯކޭ އެވެ. ދެޖިންސު އެއްވެ މަޖާ ނަގަމުން ދިޔައިރު ހިތުގައި ބިރެއްވެސް ނެތްފަދައެވެ. ލަވަ ކިޔާ ނަށަމުން ދިޔައިރު މިދުނިޔެއަކީ ވަގުތީ ތަނެއް ކަމާއި މިދުނިޔެއަށް އަސްލު ފޮނުއްވި ސަބަބު އެމީހުންނަށް ނޭނގޭކަހަލައެވެ. މިއުޒިކްގެ ޝަޙްވާނީ ދުނިޔެއަށް ޣަރަޤު ވަމުންދިޔައީ ކޮންމެފަދަ ވަގުތެއްގައިވެސް މާތްﷲ ކޯފާއެއް އައިސްފާނެއް ކަމަކަށް ވިސްނާލުމެއްވެސް ނެތިއެވެ.

 

………………………………………

އިވުނު ބާރު އަޑުފަށްގަނޑާއި އެކު އެނދުމަތީގައި ނިދާފައި އޮތް ފިރހެން ކުއްޖާއަށް ހޭލެވުނެވެ. އުމުރުން ބާރަ އަހަރުގެ އެފިރިހެންކުއްޖާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ ބަޔަކު މީހުންގެ ރުއިމުގެ އަޑިއިވިފައެވެ. އެނދުމަތިން ތެދުވެ ކޮޓަރިން ނިކުންނަށް އެކުއްޖާ ދުއްވައިގަތެވެ. ކޮޓަރިން ނިކުތްއިރު މަންމަ ފަރާތުގެ ބޮޑުދައިތަ ރަހުލާ އަޑުގެ ނެތްތަނަށް ރޮއެ ހޭރެމުން ދިޔައެވެ. މާމަ ހުސްނުބާން ރަހުލާގެ ގައިގާ ބާރަށް ހިފަހައްޓައިގެން ހުރިއިރު ހުސްނުބާނަށްވެސް ބާރަށް ރޮވެއެވެ. ކާފަ ސުލައިމާން ދުވެފައި ސިޓިންގރޫމާއި ދިމާއަށް ދިޔަތަން ފެނުނެވެ. ރަހުލާއާއި ހުސްނުބާން ބަލަހައްޓައިގެން ހުރި ބަދިގެއާއި ދިމާއަށް އެފިރިހެންކުއްޖާއަށް ބަލައިލެވުނު ވަގުތު އެފިރިހެން ކުއްޖާ ހުރިތަނަށް ގަނޑުވިކަހަލައެވެ. ބިއްލޫރިން ބަންދުކުރެވިފައިވާ އެބަދިގެ ތެރޭގައި އަލިފާނާއި ހަނގުރާމަ ކުރަމުން ދިޔައީ މަންމަ ނީލާއެވެ. ދެވަނަ ހިނދުގައި ބާރަށް މަންމާއޭ ކިޔާފައި ގޮވައިލަމުން އެފިރިހެން ކުއްޖާ ބަދިގެއާއި ދިމާއަށް ދުއްވައިގަތެވެ.

” ނޫރް… ދަރިފުޅާ… އެތަނަށް ނުދޭ” ދުރުގައި ފޯނެއްގައި ހުރި ސުލައިމާން ނޫރަށް ގޮވާލަމުން ފޯނު އެއްލާލާފައި އެދިމާއަށް ދުއްވައިގަތެވެ. ބަދިގެއާއި ވަރަށް ކައިރިވެފައި ވަނިކޮށް ބަދިގޭގެ ދޮރުގެ ބިއްލޫރިތައް ތަޅައިގެން ގޮސް އެކި ދިމާއަށް ބުރައިގެން ދިޔައެވެ. އެގޮތަށް ބާރުމިނުގައި އައި ބިއްލޫރި ގަނޑެއް އައިސް ޖެހުނީ ބަދިގެއާއި ދިމާއަށް ދުވެފައި އައި ނޫރުގެ ލޮލާއި ދިމާލުން ތިރީ މޫނުމަތީގައެވެ. އެވަގުތު ވީނުވީއެއް ނޭނގި ހަބަރު ހުސްވެ ނޫރު އެހުރި ދިމާލުން ތިރިއަށް ވެއްޓުނެވެ.

 

ނިދިފައި އޮތް ނޫރަށް ހޭލެވުނީ ކުއްލިއަކަށެވެ. ކުޑައިރު ދިމާވި އެހާދިސާ ހުވަފެނެއްގެ ސިފައިގަވެސް ނޫރަށް އުނދަގޫ ކުރަމުން ދާތާ މިހާރު އެތައް އަހަރެއް ވެދާނެއެވެ. އުމުރުން ފަންސަވީސް އަހަރުވީއިރުވެސް އެހނަދާންތަކާ ނޫރަކަށް ދުރަކަށް ނުދެވުނެވެ. ހާއްސަކޮށް މޫނުގައިވާ އެބޮޑު ލަކުނު ފެންނަ ކޮންމެ ފަހަރަކު އެހަނދާންތައް އާވަމުން ދަނީ ދެންމެ ދެންމެ ވި ކަމެއް ހެންނެވެ. މޫނުމަތީގައިވާ އެބޮޑު ލަކުނު ސަބަބުން ނޫރުގެ ދިރިއުޅުމަށްވަނީ އެތައް ބަދަލުތަކެއް އައިސްފައެވެ.

މީހާ ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ނޫރު އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. ހަތަރެއް ޖަހަން ގާތްވެފައި ހުރުމުން ނިދާގަޑި ހަމަވީކަމަށް ބަލަމުން އޮތްތަނުން ތެދުވިއެވެ. ފާހާނައަށްވަދެ ފެންވަރައިގެން ނިކުމެ ދަމުނަމާދުކޮށް ފަތިސް ނަމާދަށް ގޮވަންދެން އިނީ ޤުރުއާން ކިޔަވާށެވެ. އެވަގުތަކީ ނޫރަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްވަގުތެވެ. ފަތިސް ނަމާދުކޮށްގެން ކޮޓަރިން ނިކުތް އިރު ރަނގަޅަށް އިރެއްވެސް ނާރައެވެ. ހިތުގައި ހިފާފައިވާ ހެނދުނުގެ ޒިކުރުތައް ކިޔަމުން ނޫރު އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްލިއެވެ. ކޮފީތަށި ހިފައިގެން ނޫރު ނިކުތީ އާޓިފިޝަލް ބީޗްގެ ހިތްގައިމު މަންޒަރު ފެންނަ ގޮތަށް ހުންނަ ބެލްކަންޏަށެވެ. އިރުއަރަމުން ދިޔަ ހިތްގައިމު މަންޒަރަށް ބަލަހައްޓައިގެން ހުރެ ކޮފީތައްޓަށް އިންސާފުކުރަމުން ދިޔައީ އެއްވެސް ފޫހިކަމެއް ނެތިއެވެ.

” ދަރިފުޅާ ނޫރު… މިތާނގަ ދޯ ތިހިރީ” ސުލައިމާންގެ އަޑަށް ނޫރު އެނބުރި ބަލައިލިއެވެ. އަސާގަނޑުގެ އެހީގައި ހިނގާފައި އައި ސުލައިމާންގެ އަނެއް އަތުގައި އޮތީ ފޯނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ.

” ކާފާ… ކިހިނެއްވީ މިހާ ފަތިހާ” ސުލައިމާންއާއި ދިމާއަށް އަންނަމުން ނޫރު އަހައިލިއެވެ.

” ދަރިފުޅު ކިޔާލަބަލަ މި ހަބަރު.. ރޭގަ މާލޭގަ ހިނގި އެކްސިޑެންޓެއްގައި އަންހެނަކު މަރުވެއްޖެ… ގަލޮޅު މެކޯނާހިޔާ އުމުރުން ބަޔާޅީސް އަހަރުގެ މީހެކޯ… މެކޯނާހިޔާ އެއީ ކާފަ ރަހުމަތްތެރި ވިއާމްގެ ގެއެއް ނޫންތަ.. ” ނޫރަށް ފޯނު ދައްކައިލަމުން ސުލައިމާން އަހައިލިއެވެ.

” ކާފަ އިހަށް ހަމަޖެހިބަލަ… ހިނގާބަލަ ސޯފާގައި އިށީންނަން…” ސުލައިމާން ގޮވައިގެން ބަދިގެ ހުރަސްކޮށް ތަނަވަސް ބޮޑު ސިޓިންގްރޫމަށް ނޫރު ނކުތެވެ. ސުލައިމާން ސޯފާގައި ބޭންދުމަށްފަހު އޭނާ ކައިރީގައި ނޫރު އިށީނެވެ. އެއަށްފަހު ސުލައިމާންގެ ފޯނުން ރަނގަޅަށް އެޙަބަރު ކިޔާލިއެވެ.

” ޝިފާނާ މަޙްމޫދު. ސާޅިސް ދެއަހަރު… އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން… މީ ވިއާމްބެގެ އަންހެނުން…” ނޫރަށް ބުނެވުނެވެ. ނޫރު ބުނިފަދައިން ސުލައިމާނަށްވެސް ތަކުރާރު ކޮށްލެވުނެވެ.

” ފަތިސް ނަމާދަށްފަހު ޖަނާޒާ… ވަރަށް ދެރަ ކުރިން ނޭނގުނީމަ” ނޫރަށް ބުނެވުނެވެ.

” އާނ… ވަރަށް ދެރަ…ކާފަ ގޮވައިގެން އެގެއަށް ދައްޗެ… ” ސުލައިމާން އެދުނެވެ.

” އާން ދެން ކާފަ އެކަމާ އެހާ ބޮޑަށް ނުވިސްނާތި… މިވަގުތު އަހަރުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ މައްޔިތާގެ ފާފަތައް ފުއްސެވުމަށް އެދި ދުއާ ކުރުން” ނޫރު ވިސްނައިދިނެވެ. ސުލައިމާންވެސް ނޫރާއި އެއްބަސް ވުމުގެ ގޮތުން ބޯޖަހާލިއެވެ.

……………………………………….

އިފްނާއަށް ނިދިން ހޭލެވުނީ ހޫނު ބޮޑުވެ ހަށިގަނޑަށް ދިލަނަގައި ގަތުމުންނެވެ. ތެދުވެ ދެކޮޅު ބަލައިލިއިރު ޒަލާއާއި ރީނީއާއި ދެމެދު އިފްނާ އޮތީ ފިތިފައެވެ. ތެދުވަމުން ފާރުގައި ހުރި ގަޑިއަށް ބަލައިލެވުނު އިރު ނުވައެއް ޖަހާ ބޮޑުވަނީއެވެ. އިނގިލީގައި ދަތްއަޅާލެވުނީ ގެއަށް އެނބުރިދާން މަންމަ ކައިރީ ބުނި ވަގުތު ފަހަނަ އަޅައި ދިއުމުންނެވެ. އަވަސްއަވަހަށް ފޯނު ހޯދާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފޯނު އޮތީ ސިޓިންގްރޫމުގައި ޗާޖަރަށް ޖެހިގޮތަކަށް ކަން ހަނދާންވެ އަވަހަށް އެދިމާއަށް ދެވުނެވެ. ޗާޖަރުން ފޯނު ނައްޓާލަމުން ބަލާލިއިރު ދޮންތި އާއި ބައްޕަގެ ނަމުގައި އިން ދުއިސައްތައަށްވުރެ ގިނަ މިސްކޯލު ފެނި އިފްނާ ހައިރާންވިއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން (އިއުލާން)

Next

ދަރިފުޅު-4

Next
May 8, 2020

ދަރިފުޅު-4

Previews
May 7, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން (އިއުލާން)

12 Comments!

  1. Axoo says:
    May 7, 2020 at 9:13 pm

    hiii guyysss!! welcome to my new story “IFNOOR” . heekuran mi vaahakaves hurihaa kudhinnah kamudhaane kamah.. enjoy and please feeel free to share your views about the very first episode of this story.. tc and love you all..

    1. Yan♥️ says:
      May 7, 2020 at 11:43 pm

      Varah reethi Masha Allah

    2. Axoo says:
      May 7, 2020 at 11:55 pm

      Thank you Yan ❤️?

  2. Kairaa says:
    May 7, 2020 at 10:01 pm

    Varah varah reethi….masha allah….waiting for the nxt part….lysm

    1. Axoo says:
      May 7, 2020 at 11:55 pm

      Thank you kairaa ❤️

  3. FLY says:
    May 7, 2020 at 11:49 pm

    Axoo.varah reethi.??????????????

    1. Axoo says:
      May 7, 2020 at 11:56 pm

      Axoo that reethy noony vaahakatha hehe ? anyway thanks ❤️

  4. LAZY_QUEENY says:
    May 8, 2020 at 12:37 am

    Vvvv reethi mi part vx… Whn is next part… Curiously waiting for next part ngey.. N Axoo you are so talented.. Maashaallah.. Lysm…. Next part thankolheh avahah up kohdhehchey… ?????

    1. Axoo says:
      May 8, 2020 at 4:58 am

      Thank you ❤️❤️

  5. Fly says:
    May 8, 2020 at 11:56 am

    Axoo ves vhk ves hama habeys

    1. Axoo says:
      May 8, 2020 at 11:59 am

      Ahahah.. thank you Fly ❤️

  6. shaiiii says:
    May 8, 2020 at 3:59 pm

    Axoo new vhk eh fetty dho….anyways vv rythi mi prt…ifnaa ge manma aky eh maru v myhaa hn heevany shai ah…nd im curiously waiting for next part….lysm axoo

Comments are closed.



All Right Reserved!