
“މިހާރު މިތިބީ ހުރިހާ އެންމެންވެސް އެއްތާކުން ދިމާވެފައެއްނު”ހަމަޖެހިލެވުމާއިއެކު މަންހާ ބުނެލިއެވެ.
“ދެން މަ ނަށަން ވީ؟”ނައިނާ ރައްދުދިނެވެ.”އަސްލު އެންމެން މިހެން ނުވާނެ ދޯ ބައްދަލެއް އަބަދަކު.އެހެންވީމަ ތައާރަފް އެއްވެސް އިންނަން ޖެހޭނެއެއްނު.ސާރާމެންނަށް މިތިބީ ކޮންބައެއްކަން އެނގުނަސް މިތިންމީހުނަށް އެކަކު އަނެކަކެއް ނޭގޭނެއެއްނު.ސޯ ޝިޔާ ފައްޓާ”.ސާރާ މަންހާއަށް ސަޕޯޓްކުރަމުން ބުނެލިއެވެ.
“އޯކޭ.މިއީ ޝަފްރާޒް.އަހަރެމެން ދެމީހުން އެކީގައި އުޅޭތާ މިހާރު ހަތަރު އަހަރުވީ.”ޝިޔާރާ ބުނެލިއެވެ.
“މިއީ ޝާއިފް.ނަން ނޭނގުނަސް ކުރިންވެސް ފެނިފައި ކަންނޭގެ ހުންނާނީ.އަހަރެމެން ދެމީހުން އެއްކޮށް އުޅޭތާ ތިން އަހަރު ވަނީމި.”ސާރާ ޝާއިފްގެ ތައާރަފް ދިނެވެ.
“އޯކޭ.މިއީ އައިޒަން.އަދި ދެމީހުން ރައްޓެހިވިތާ ތިންވަނަ މަސް މިއީ.”މަންހާ ބުނެލިއެވެ.
“ޝާއިފް ތިއީ ޝަރީފްގެ ކޮއްކޮ އެއްތަ؟”ޝަފްރާޒް ޝާއިފް އާއި ސުވާލު ކޮށްލިއެވެ” އާނ.އެއީ އަހަރެންގެ ތިއްތި.ކިހިނެއްވީ ތިއްތި ދަންނަންތަ؟”ޝާއިފްވެސް ބަދަލުގައި އަހާލިއެވެ.
“އާނ.ޝަރީފްބެ އިނދެގެން އެއުޅެނީ އަހަރެންގެ ދެބެންގެ ދެދަރި ދައްތައަކާ.”ޝަފްރާޒް ޖަވާބު ދިނެވެ.ތަފާތު ވާހަކަތަކެއްގައި ތިއްބާ ގަޑި ހިނގާ ދިޔަ ގޮތްވެސް ނޭނގުނެވެ.
ފުރާގަޑިޖެހެން ފަސް މިނެޓަށް ވުމުން އެްމެންވެސް ސާރާ އާއި ނައިނާއަށް ހެޔޮ ަސޭހަތް ދެމުން ދިޔައެވެ.ސާރާއަށް އެހުރިހާ ކަމަކަށް ވުރެ ބޮޑަށް ފާހަވީ އޭނަގެ ލޯބިވެރިޔާގެ މުނަށެވެ.ޝާއިފް މޫނު މަތިން ނުދައްކާ ހުއްޓަސް ޝާއިފް އާއި އެކު ހޭދަކުރެވުނު ދުވަސް ތަކުގެ ތަޖުރިބާގައި ޝާއިފް އެހުރީ ވަރަށް ކަންބޮޑުވެފަކަން ސާރާއަށް ދެނެގަންނާކަށް އުދަގުލެއްނުވިއެވެ.އެހެންކަމުން ސާރާ ޝާއިފްގެ ގާތަށް ޖެހިލުމަށް ފަހު އަތުގައި ހިފައިލިއެވެ.އަދި ކަންބޮޑުނުވާށޭ ބުނާފަދަ ނަޒަރަކުން ބަލައިލިއެވެ.
“ސާރާ މަތިން ޝާއިފް ވަރަށް ވަރަށް ހަދާންވާނެ.ސާރާ ސަލާމަތުން އެބުރި އައީމަ ނޫނީ ޝާއިފް އަށް ހަމަ ނޭވާ ނުލެވޭނެ.ހެހެހެ..މިހެން ކަންނޭގެ ދޯ ސާރާ އަށް ވެސް ވީ ޝާއި ފުރީމަ.ބައި ދަ ވޭ އަސްލުއެންމެ ބޭނުމީ ހަގެއް.އެކަމަކު މިތާކު ނުވާނެދޯ.”ޝާއިފް މިހެން ބުނުމާއި އެކު ސާރާއަށް ހެވުނެވެ.
“ނާން. ސާރާއަށް ރަގަޅަށް ބަލާތި.ސާރާއަށް ކަމެއްވިޔަ ނުދޭތި.”ޝާއިފް ވަރަށް އާދޭހާއި އެކު އެދުނެވެ.
“އެހެންވީމަ އަހަރެން މިދަނީ ކިޔަވާކަށް ނޫންދޯ..ސާރާގެ ބޮޑީގާޑުގެ ގޮތުގައި ދޯ..ހާސް ނުވޭ ..ސާރާ ސަލާމަތުން ތިއެންމެންގެ ކުރިމައްޗަށް ގެނެސްދޭނަން..އިންޝާﷲ” ނައިނާ ބުނެލިއެވެ.މިހެން ބުނެ ބޯޓަށް އެރުމަށްޓަކައ ސާރާމެން މިސްރާބު ޖެހިއެވެ.
ވަރަށް ނިޔާމަ ދަތުރަކަށް ފަހު ބޯޓު ބްރިއަންސްކް އެއާޕޯޓުގައި ޖައްސައިފިއެވެ.ލަގެޖް ހިފައިގެން އެއާޕޯތް އިން ނުކުމެ ޓެކްސީއަކަށް އަރައިގެން މަންޒިލަށް ދިޔުމަށް ނައްޓާލިއެވެ.
ޓެކްސީ ހުއްޓާލީ ކޮލެޖުގެ ކުރިމަށްޗަށެވެ.ދެމީހުން ތިބުމަށް ހަމަޖެހިފައިވާ ހޮސްޓެލް އާއި ދިމާލަށް ދަނިކޮށް ނައިނާގެ ގައިގައި މީހަކު އަޅައިގަތެވެ.”އަހް ވޮޗް ވެއާ ޔޫއާ ގޮއިން”ރުޅި އައިސް ރަތްވެފައި ހުރެ ނައިނާ ބުނެލިއެވެ.ސާރާއަށް ފިރިހެން ކުއަޖާ ފެނުނީ އަދި ކިރިޔާއެވެ.”ހޭ މަމީ ދިވެއްސެކޭ މަންޖެއަށް ރާއްޖޭން ބޭރަށް އާދެވުނީމަ ބަސްވެސް ހަދާންނެތުނީތަ؟ައެމް ސޮރީ.ބައިދަ ވޭ އައި އެމް ޔުނާން.އަސްލު ތިމީހުން ބަލާދާން ވެގެން އުޅުނީ އެކަމު މިކޮޅުގެ ކަމެއްގައި ކުޑަކޮށް ބިޒީ ވީމަ ނުދެވުނީ.ވަރަށް ބޮޑަށް މާފަށް އެދެން.”ޔުނާން ބުނެލިއެވެ.
“އިޓްސް އޯކޭ.”ސާރާ ހިނިތުންވެލަމުން ބުނެލިއެވެ.”އެކިހިނެއްތަ އޯކޭ ވާނީ.ގަޑިއަށް ބަލާ ނުދެވުނީމާވެސް އޭގެން ދައްކާދެނީ މީނަގެ ފަރުވާ ކުޑަކަން.”ނައިނާ ހުރީ ދޫދޭ ކަހަލަ މޫޑެއްގައިއެއް ނޫނެވެ.
ސާރާއަށް ބޯހޫރުވާލެވުނެވެ.ނައިނާ މިގޮތަށް ބަދަލު ވާންވީ ސަބަބު ލޮލުގެ ކުރިމަތީ ކުރެހިގެން ދިޔައެވެ.އާއެކެވެ.ނައިނާ ކުއްޖަކާއި ރައްޓެހި ނުވަނީކީ ނޫނެވެ.ނަމަވެސް އޭނަގެ ދިިއުޅުމަށް އައި ކުއްޖެއްގެ ސަބަބުން ‘ލޯބި’ އެލަފްޒު އޮޅުނީއެވެ.އެހެން މީހަކު ދެކެ ލޯބިވުމަށް އިންކާރު ކުރެވުނީއެވެ.އާއެކެވެ.ނައިނާ ގުރޭޑު އަށެއްގައި ފާލިހްއާއި ރައްޓެހިވީ ވަރަށް ލޯބިންނެވެ.އެތައް އަހަރެއް ވަންދެން އެލޯތްބަށް އެދި ހުރެގެންނެވެ.ފާލިހް ނައިނާގެ ހުވަފެންތަކުގެ ރާޖާ އަށް ވިއެވެ.ނައިނާގެ ފޮތުގެ ގަލަމަށް ވިއެވެ.ނަމަވެސް މިހުރިހާ ކަމެއް ބަދަލުވީ ފާލިހް ނައިނާގެ ދިރިއުޅުމާއި ކުޅެލުމުންނެވެ.ނައިނާއާއި ރައްޓެހިވެހުރެ ފާލިހްގެ ދާން ފަޅުފިލުވައިދިނީ ކިތައް އަންހެން ކުދިންނެއް ކަމެއްވެސް ނޭގެއެވެ.އޭގެ ފަހުން ނައިނާ ފިރިހެނުން ދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ.ފިރިހެނުންނަށް ކުރާ އިތުބާރާއި ލޯތްބާއި މެދު ނައިނާ ދެކޭ ނަޒަރިއްޔާތު ބަދަލުވީއެވެ.
މިފަދަ ހިޔާލެއްގައި ހުރި ސާރާ ސިހިގެން ދިޔައީ ނައިނާ އަގައިން ބުނުމުންނެވެ.”ސާރާ ހިނގާ ދާން މި ފިރިހެނާ އާއި ވާހަކަ ދެއްކުމަށް ވުރެ ރަގަޅުވާނެ މިތަނުން ގަހަކާ ވާހަކަ ދެއްކިޔަސް.ވަގުތު ބޭކާރުވުން ނޫންކަމަކަށް ނޫނީ ނުވާނެ.”
“އެކަމަކު އަހަރެން ވާހަކައެއް ބުނަންތަ؟ލޯބީގެ ފެށުމަކީ ނަފްރަތު.”ޔުނާން ރައްދުދިނެވެ.
“ތިބުނަނީ މަ ކަލެއާ..ހުއް..ކޮއްކޯ ބުނަން ރަގަޅު ވާހަކައެއް ނުވާ ކަންކަމުގެ ވާހަކަ ދައްކާކަށް ނުވާނެ.އެއަށް ކިޔާނީ އަޗާތެޅުން.އެހެންނޫނަސް ދުނިޔެއިން ފިރިހެނުން ހުސް ވިޔަސް އިންނާނެ މީހަކު ނުލިބުނަސް އަހަރެން ކަލެޔަކާ ނީންނާނަން.”ފޮށި ހިފައިގެން ހިގައި ގަންނަމުން ނައިނާ ބުނެލިއެވެ.
(ނުނިމޭ)
6 Comments!
Comments are closed.
Varah varah reethi???….waiting for the nxt…lysm….be safe
thankyou dear..varah ufaa vejje dear ah vaahaka kamudhiyaima..lym..be safe …stay at home..next part maadhama up kohla dheynan.inshallah❤?
Nice and when is the next part
thankyou riyaa..inshallah maadhama next part up kohla dheynan
hey mudharris hessa salhi ey mi part vs … whn nxt.. lysm dear
thankyou dharivaru..inshallah maadhama up kohladheynan