Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޒެރާޝް 8

🌸Hya Level 1100 Login10 Stories
May 20, 2020 2 Mins Read
23 Comments

 

***************

ސިފައިންނަށް ހާއްސަ ކޮށްފައިވާ އޭރިޔާގެ ބޯރޑާރ ގޭޓު ކައިރީ އަފްލާހް މަޑުކޮށްލައިގެން ހުރީ ޒާޝާގެ އިންތިޒާރުގައެވެ. ނޫ ގަމީހަކާއި ކަޅު ޖިންސެއްގައި އަފްލާހް ފެންނަލެއް ހިތްގައިމެވެ. އަންހެން ކުދިންގެ ހިތް ފަތަޙަކޮށްލާ ފަދަ ރީތިކަމެކެވެ. ކިތަންމެ އާދައިގެ ފެންވަރުގެ ހެދުން އެޅިކަމުގައިވިޔަސް އެ ވަރުގަދަ ޝަހުސިއްޔަތަކަށް ބަދަލެއް ނާދެއެވެ. ޖީބުން ކުޑަ މަހުމާ ފޮށްޓެއް ނަގަމުން އަފްލާހް ހިނިތުންވެލިއެވެ. ފޮށި ހުޅުވާލުމާއެކު އޭގެން ނެގީ ތަޅުދަނޑި ފުލެއް ލާފައި އިން ރިހި ފަށެކެވެ. އެ ތަޅުދަނޑި ޖެހޭ ލޮކެޓް ފަށެއް އެއާއެކު ހިލޭ ލިބުނެވެ. ލޮކެޓް އިނީ ދަނބު ކުލައިގެ އެހުން ޖަރީވެފައިވާ ހިތެއްގެ ބައްޓަމަށެވެ. ދެފަށް ވެސް ލިބެން އިނީ އެއްކޮށް ކަމާ އެކު އަފްލާހް ނިންމީ ދެފަށްވެސް ޒާޝާ އަށް ދޭށެވެ.

ގޭޓު ހުޅުވުން އަޑަށް އަފްލާހް އަށް ތެޅިގަނެވުނެވެ. ފަށް އަވަހަށް ފޮށްޓަށް ލަމުން އެނބުރުނެވެ. ސިފައިންގެ ޖިޕެއް އަންނަތަން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޖިޕު މަޑުކޮށްލީ އަފްލާހް ކައިރީގައެވެ. “ސާރޖެންޓް އަލްފާ .. ދޯ؟؟؟” ޖިޕުގެ ބިއްލޫރި ގަނޑު ތިރިކޮށްލަމުން ކެޕްޓަން ހުސެއިން ރިފާއު ބޯ ދިއްކޮށްލިއެވެ.އޭނާގެ ކޯލް ސައިން އިން މުހާތަބުކުރުމުން އޭނާ އިސް އުފުލާލިއެވެ ” ޔެސް ސަރ….” “އަޑުއެހިން ވަރަށް ގިނައިން އަފްލާހުގެ ސިކްލްސްއާ ބެހޭ ގޮތުން…ކަން ދިމާ ކުރި ގޮތުން ވަރަށް އެހެން ގަޑިއެއްގަ މި ދިމާވި….ބަޓް އައި ހޯޕް ޓު ސީ ޔޫ ސޫން….އެކުގައި މަސައްކަތްވެސް ކޮށްލަން ބޭނުން…..ކީޕް އަޕް ދަ ގުޑް ވޯރކް….” ރިފާއު ޖިޕުން ފައިބަމުން އަފްލާހް އަށް ސަލާމަށް އަތް ދިއްކޮށްލިއެވެ.

ރިފާއު ފެނުމުން އަފްލާހް ހުރީ އުދުއްސައިގަންނަން ތައްޔާރަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިފައިންގޭގެ ނަން މަޝްހޫރު ފަހުލަވާނުންގެ ލިސްޓުގެ ކުރީގައި އުޅެނީ ރިފާއުއެވެ. ސެޕެޝަލް ފޯރސްގެ ޓީމް އެލެކްސް ގެ އޭސް  އެކެވެ. ރިފާއު ގެ ކުޅަދާނަކަން އޭނާގެ ކޯލް ސައިން ”  އީގަލް ” އާ އެއްވަރެވެ. ބާޒުގެ ހުންނަ ހިމޭން ހުޝިޔާރު ކަމަކީ ރިފާއު ގެ އެންމެ ކުރިއަރާފައިވާ ސިފައެވެ. ރިފާއުގެ ދުލުން ރައްދުވީ ތައުރީފަކީ އަފްލާހްގެ މުޅި ހަޔާތުގައި ވެސް ހަނދާން ނައްތާނުލެވޭނެ އެއްޗެކެވެ. ރިފާއު ގެ އަތުގައި ހިފަމުން އަފްލާހް ސަލާން ކޮށްލިއެވެ. ރިފާއު ހިނިތުންވެލާފައި ޖިޕަށް އެރިއެވެ. ޖިޕު ދުއްވާލުމާއެކު އަފްލާހް އެ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ލާހް…” އަފްލާހްގެ ކަންފަތުގައި އެއަޑު ޖެހުމާއެކު އޭނާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އަޑު އައި ދިމާލަށް އެނބުރުން އަފްލާހް އަށް އާޝޯހުވެފައި ބަލަހައްޓައިގެން  ހުރެވުނެވެ.އޭނާއާ އެއްކުލައިގެ ނޫ ޓޮޕަކާއި ކަޅުކުލައިގެ ކަކުލާ ހަމައަށް އަންނަ ވަށް ތިރިއެއްގައި ހުރީ އޭނާގެ ހިތުގެ މަލިކާއެވެ. ޒާޝާގެ ކަޅު ފަން އިސްތަށިގަނޑު އޮތީ ދޫ ހުޅިއެއް ޖަހާފައެވެ. ނިތްކުރިމައްޗަށް ދެތިން އިސްތަށިކޮޅެއް ވެއްޓިފައި އޮތެވެ. މޭކަޕެއް ނެތަސް ރީތި ކަމުގެ އިންތިހާއެވެ. ބަލާލާފައި ސިފައިންގެ ކުއްޖެކޭ ނުބުނާނެއެވެ. ޒާޝާ އަރާހަމަވުމުން  އަފްލާހް ޒާޝާގެ އަތުގައި ހިފާލިއެވެ.

” ގޯރޖަސް…. ޔޫ ލުކް ބިއުޓިފުލް” އަފްލާހް ޒާޝާ ގެ ކަންފަތް ކައިރީ ތައުރީފު ކޮށްލިއެވެ. ޒާޝާގެ މޫނު ލަދުން ރަތްވިއެވެ.ރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އަފްލާހް ގައިގައި ޖަހާލިއެވެ.ދެމީހުން މިސްރާބު ޖެހީ ކައިރީ ގައި ހުރި ޕާރކަށެވެ. ހަވީރު ގަޑިކަމަށް ވުމާއެކު ތަންކޮޅެއް މީހުން ގިނައެވެ. މީހުން މަދު ހިސާބެއް ހޯދާލުމަށް ފަހު  ދެމީހުން ވިނަގަނޑު މަތީ އިށީނެވެ.” ކީއްވެތަ މިތަނަށް މިއައީ؟؟؟…” އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ޒާޝާ އެހިއެވެ. “މިސްވީމަ….” ލާނެތް ރާގެއްގައި އަފްލާހް ބުނެލިއެވެ. އަދި ހޭންފެށިއެވެ. “ދެން ލާހް ވެސް….. ސީރިއަސް ކޮށް ބުނެބަލަ….” ޒާޝާ ސީރިއަސް ރާގެއްގައި ބުނެލިއެވެ. ހުނުން ހުއްޓާލާފައި  އަފްލާހް ޖީބުން ފޮށި ނެގިއެވެ. “އެ ފަރާތަށް ބަލާބަލާ…” އަފްލާހް އިނގިލި ދިއްކޮށްލި ދިމާއަށް ޒާޝާ ބަލާލިއެވެ. “ކޯއްޗެއްތަ؟؟؟” އެވަގުތު ކަރުގައި ފިނިއެއްޗެއް ޖެހުން ކަމުގެ އިހްސާސް ކުރެވުނެވެ. ކަރުގައި އަތް ޖައްސާލަމުން އަފްލާހްއާ ދިމާލަށް ބަލާލިއެވެ. “ވާވް..ހާދަ ރީއްޗޭ ފަށް….ތެންކިއު ސޯ މަޗް ލާހް…” ޒާޝާ ފަށާ ކުޅެލަމުން ލޯބިން ފުރިގެންވާ ނަޒަރަކުން އަފްލާހް އަށް ބަލާލިއެވެ. ” އައި ލަވް ޔޫ ސޯ މަޗް ޕްރިންސަަސް….” އަފްލާހް ކައިރިވެލާފައި ޒާޝާގެ ނިތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ޓޫ…” އަފްލާހް އަށް އިވޭވަރަށް ޒާޝާ ބުނެލިއިރު މޫނު މަތިން ލަދުރަކި ކަން ފާޅުވެއެވެ. އަފްލާހްގެ ލާނެތް ނަޒަރުން ސަލާމަތް ވާން ޒާޝާ ވިނަގަނޑު މަތިން ތެދުވިއެވެ. އަދި ހިނގައިގަންނަން އުޅުނެވެ. “ހާދަ އަވަހަކަށް ދާން ތި އުޅެނީ؟؟..  އަދި އެއް ފަހަރު ބުނެބަލަ ދެންމެ ބުނި ވާހަކަ…” އަފްލާހް ހަލުވި ކަމާއެކު ޒާޝާގެ އަތުގައި  ހިފައި ކައިރިއަށް ގެނައެވެ. ޒާޝާ ގޮސް ތަތްވީ އަފްލާހްގެ މޭގައެވެ . އުނަގަނޑުގައި އަތް އަޅުވާލަމުން އަފްލާހް ބަލާލީ ސީދާ ޒާޝާ ގެ މޫނަށެވެ. ” ބުނެބަލަ ލޯބިވޭ ..އަޑެއް ނީވުނޭ… މި ދުވަސްކޮޅު އަހަރެން ވަރަށް ބީރުވާނެ…” ޒާޝާ އިތުރަށް ލަދު ގަންނަވާލުމުގެ ބޭނުމުގައި އަފްލާހް އިތުރުކޮށްލިއެވެ. ” ދެން ލާހް….” ޒާޝާ ލަދުގަންނަމަވެސް އެކަން ފޮރުވަން އަފްލާހް މޭގައި ޖަހާލިއެވެ.”އާހް… ތަދުވެއްޖޭ…..” ތަދުވާ ކަމަށް ހެދެމުން އަފްލާހް މޭގައި އެއް އަތް އަޅާލިއެވެ. “މި ފަށު ފުލަށް ކީއްވެ ތަޅުދަނޑި އެއް އިންނަނީ؟؟” ވާހަކަ ބަދަލުކޮށްލަން ޒާޝާ އަހާލިއެވެ. “ހީވެއްޖޭ ތިހެން އަހާނެހެން…ތީގެ ޖަވާބު އަސްލު ވަރަށް ސާފު..ތަޅުދަނޑިއެއް ވެއްޖިއްޔާ ތަޅެއް ވެސް އިންނަންވާނެ.. ތި ތަޅުދަނޑީގެ ތަޅަކީ އަހަރެންގެ ހިތް..” އަފްލާހް ހީލާފައި މޭގައި އަތް ޖައްސާލަމުން ޒާޝާ އަށް އެއްލޯ މަރާލިއެވެ.” މިއޮތީ އަހަރެންގެ ހިތް….” ދެވަނަ ފަށް ނަގަމުން އަފްލާހް ޒާޝާ އަށް ދައްކާލިއެވެ. “ހެހެހެހެހެ….”  ޒާޝާ ލުއި ހުނުމަކާއެކު ލަދުން އިސްޖަހާލިއެވެ. މޫނަށް ހޫނު ނޭވާ އެޅެން ފެށުމުން އޭނާ އިސް އުފުލާލިއެވެ. އޭރު އަފްލާހްގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ.” ލާހް….” ޒާޝާއަށް ބުނެވުނީ އެ ވަރަށެވެ. “ޝްޝްޝްޝޝޝ…ތި މޫނަށް ބެލިޔަ ދީބަލަ…ވަރަށް ދުވަސް ފަހުންނޭ މި ދިމާވި…. ހިތް ފުރެންދެން ބަލަން ބޭނުމީ….” އަފްލާހް ދެއަތުން ޒާޝާގެ މޫނުގައި ހިފާލިއެވެ. ގަޑި ވެސް އެ ވަގުތު ހުއްޓުނު ކަހަލައެވެ.

*********************

އަފްލާހް އަށް ބޮލުގައި ހިފަހައްޓައި ލެވުނެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟؟ އެއީ އޭނާ ޒާޝާއަށް ދިން ފަށެކެވެ.އެ ފަށް މި ކުއްޖާގެ އަތުގައި އޮންނަންވީ ކީއްވެހެ؟؟؟؟އަފްލާހްގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކޮޅަށް ހުންނަން ދަތިވެގެން އޭނާ ކަކޫމައްޗަށް ތިރިވިއެވެ. މޭޒުމަތީ އޮތް ފޯނު ރިންގުވާން ފެށިއެވެ. އަފްލާހް ހިތް ހަމައަކަށް އަޅުވަމުން ކަރުނަތައް ފޮހެލިއެވެ. އަދި ފޯނަށް ބަލާލިއެވެ. ފޯނަށް އަރާފައިވާ ނަމުން އޭނާއަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. ” ޔެސް ސަރ…”އަފްލާހް ފޯނު ކަންފަތުގައި ޖައްސާލަމުން ބުންޏެވެ. އެކޮޅުން ދެއްކި ވާހަކައަކުން އޭނާގެ ނިތަށް ރޫ ގިނަވިއެވެ.

ރިފްޤާ ޖޯލިފަތީގައި އިނީ އީނާލް އާދޭތޯ އެވެ. ނިދި އެއީ ރިފްޤާގެ ލޮލުން ފެންނަ އެއްޗެއް ނޫނެވެ. ހޯސްލާފައި ރިފްޤާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެހެން އިންނަތާ 3 ގަޑިއިރު ވަނީއެވެ. މަޔަކަށް ކުރާނެ އެންމެ ބޮޑު އަސަރު ރިފްޤާއަށް ވަނީ ކޮށްފައެވެ. އީނާލް އަކީ އޭނާގެ ދުނިޔެއެވެ. ހުރި ހަމަ އެކަނި ދަރިފުޅުގެ ހާލެއް އެނގެނީއެއް ނޫނެވެ. ރޮއެރޮއެ ގޮސް އޭނާގެ ދެލޯ ދުޅަވެއްޖެއެވެ. “ދަރިފުޅާ…” މަޑު އާހަކާ އެކު ރިފްޤާގެ ދުލުން ނިކުތީ އެއަޑެވެ. “މަންމާ…..” އީނާލް ގެ އަޑު ޖެހުމާއެކު ރިފްޤާ ސިހިފައި ބަލާލިއެވެ. ކުރިމަތީ މިހިރީ އޭނާގެ ދެލޯ ފަދަ ދަރިފުޅެވެ. އީނާލްގެ ބޮލުގެ އަރިމަތީ ލޭ ހިކިފައި ހުއްޓެވެ. ހެދުން ވަނީ ހަޑިވެފައެެވެ. “އީން…ދަރިފުޅާ…” ރިފްޤާ ރޮއިގަނެފައި ގޮސް އީނާލް ގެ ގައިގައި އޮޅުލައިގަތެވެ. އީނާލް ގެ މޫނުގެ އެތަންމިތަނުގައި ބޮސް ދިނެވެ. އީނާލްއަށް ވެސް ރޮވުނެވެ. މަންމަ ގެ މޫނު ފެނި އޭނާގެ ހިތަށް ތަދުވިއެވެ. މިތަން ބަލަން ހުރި ޒައިން އަނެއް ފަރާތަށް އެނބުރުނެވެ. އޭެނާ ޔަނާ މަތިން ހަނދާންވިއެވެ. އެމޫނުމަތީ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އެކަމަކު ހިތުގައި ވޭންއަޅާވަރުން ކެއްނުވެއެވެ.

ރިފްޤާ އީނާލްގެ ބޮލުގައި ބޭސް އަޅާދިނެވެ. މާ ބޮޑު ހާނިއްކައެއް ވެފައިނެތުމުން ހެއްދެވި ފަރާތަށް ރިފްޤާ  ހަމްދު ކުރިއެވެ. ކާންދިނީވެސް އޭނާގެ އަމިއްލަ އަތުންނެވެ. ރިފްޤާ ހަމައަކަށް އެޅުމުން އީނާލް ކައިރިން ވީގޮތް އޮޅުންފިލުވަން އުޅުނެވެ. އީނަލް ވިސްނާލާފައި ޒައިންގެ ވާހަކަ ސިއްރުކުރިއެވެ. އަދި ވީގޮތް ކިޔާދިނެވެ. އީނާލް ނިދަން ދެން ރިފްޤާ ކައިރީގައި މަޑުކުރިއެވެ. އެކޮޓަރީގައި ނިދަން އުޅުމުން އެކަން މަނާކުރީ އީނާލްއެވެ. ތިރީގައި މަންމަ ބާއްވާކަށް އީނާލް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން  އީނާލް ކުރުނުކޮށް ކިޔަން ފެށުމުން ރިފްޤާ ގޮތްދޫކުރިއެވެ. އީނާލް ނިދުމުން ރިފްޤާ އިރުކޮޅަކު މަޑުކޮށްލިއެވެ. ހިތާ ދެކޮޅަށް ރިފްޤާ ކޮޓަރިން ނިކުތެވެ. އެނބުރި އީނާލްއަށް ބަލާލަމުން ދޮރު މަޑުމަޑުން ލެއްޕިއެވެ.

ރިފްޤާ ނިކުތްތާ އިރުކޮޅެއް ފަހުން އީނާލް ދެލޯ ހުޅުވާލިއެވެ. ނުނިދޭނެކަން އެނގޭތީ އީނާލް އެނދުން ތެދުވިއެވެ. އަދި ގޮސް ކުޑަ ދޮރު ހުޅުވާލިއެވެ. އޭނާ ސިހުނީ ކުޑަ ދޮރުކައިރީ ހުރި ޒައިން ފެނިފައެވެ. ” ޒައިން މިތާ ކީއްތިކުރަނީ؟؟؟” އީނާލްއަށް ބޭއިހްތިޔާރު އަހާލެވުނެވެ.” އެތެރެއަށް ވަންނަންތަ؟؟”  ޒައިން އެދުނެވެ. އީނާލް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. “އީނާލްގެ ސުވާލުތަކަށް ޖަވާބު ދޭން މިއައީ…” ޒައިން އިތުރުކޮށްލިއެވެ. ޒައިންއަށް ތަން ދިނުމުގެ ގޮތުން އީނާލް ކުޑަދޮރު ބޮޑަށް ހުޅުވާލިއެވެ. ޒައިން ރައްދުގައި ހީލިއެވެ. ހުދު އޭނާވެސް އެކަމާ ހައިރާންވިއެވެ. މިއަންހެން ކުއްޖާ އޭނާގެ ހިނިތުނުވުން ގެނައުމަށް އެހާ ކާމިޔާބުވަނީ ކިހިނެއްބާއެ ހިތަށް އެރިއެވެ. ޒައިން ކުޑަދޮރުން އެތެރެއަށް ފުންމާލިއެވެ. އަޑެއް ނީވި ބިންމަތީ އޭނާގެ ފައި ޖެހުނެވެ. އީނާލް ހުރީ ޒައިން އަށް ބަލަންކަމުން ވިސްނައިނުލެވުނެވެ. ކުއްލި ސިހުމާއެކު އޭނާ ފަހަތަށް އަރިއަޅާލިއެވެ. ޒައިން އީނާލް އުނަގަނޑުގައި ހިފެހެއްޓިއެވެ. އީނާލް އެއްލި އަތުން ހިފީ ޒައިންގެ ކަޅު ޓީޝާޓުގައެވެ. ދެމީހުން މަޑު ތަންމައްޗަށް އެކުއެކީ ވެއްޓުނެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

 

Share Article

Follow Me Written By

🌸Hya

Level 1100 Login10 Stories

As a Teenage Girl ??....I love writing stories??.....Please feel free to comment...I hope my stories bring u joy and happiness??????????

Other Articles

Previous

ވަފާތެރިކެހިވެރިޔާ..4

Next

މިދެލޯ ފުހެލަ ދޭށޭ ލޯބިން 6

Next
May 20, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 6

Previews
May 19, 2020

ވަފާތެރިކެހިވެރިޔާ..4

23 Comments!

  1. Ahuu says:
    May 20, 2020 at 1:39 am

    Wooow I am proud of you vvvvvvvvvvvvvvvvv reethi ❤️❤️❤️❤️

    1. Hya says:
      May 20, 2020 at 4:00 am

      Hehe…..Thanks Ahuu?????

  2. Ahuu says:
    May 20, 2020 at 4:17 am

    Yourself wlc

  3. Ahuu says:
    May 20, 2020 at 4:18 am

    Your wlc

  4. Ahuu says:
    May 20, 2020 at 4:19 am

    But baeh thanthaneh nufene

  5. Shina says:
    May 20, 2020 at 9:41 am

    Hisham is the name of my cousin ???????just now I saw it and I will start reading this story ☺️☺️☺️☺️☺️☺️☺️the reason I’m reading is not that it’s because of you and the pic of taehyung ???????

    1. ?Hya says:
      May 20, 2020 at 1:26 pm

      Hehe ok?☺???

    2. taetae says:
      May 20, 2020 at 5:02 pm

      are you a fan of bts toooooo

    3. Shiya says:
      May 20, 2020 at 7:43 pm

      Ofcourse she is an army.
      And Me tooooooo.I know her very well. ???

    4. Shina says:
      May 20, 2020 at 7:47 pm

      Did you ask me???? If you did
      Ofcourse I am.(taetae) ???????

    5. Min Suga ❤ says:
      May 21, 2020 at 12:14 am

      Same same.. V fenunyma click kohly hama..

  6. Shiya says:
    May 20, 2020 at 9:47 am

    Hi sis we meet again.(shina) And by the way taehyung is my bias wrecker from bts.
    Eunwoo is my bias from astro and chanyeol is my bias wrecker from exo. That’s why I’m reading this story. But I love you too HYA ❤️❤️❤️❤️❤️❤️❤️

    1. ?Hya says:
      May 20, 2020 at 1:28 pm

      Hehe…..I hope u like the story???…..love u too shiya??????

  7. Shina says:
    May 20, 2020 at 9:49 am

    Love it

  8. Yan♥️ says:
    May 20, 2020 at 11:14 am

    Baeh thanthan nufeney ekam vx varah reethi Masha Allah Ethan than fena gothakah Alun when part eh upeh nukureveyne tha

  9. ?Hya says:
    May 20, 2020 at 1:25 pm

    Trying igeyy….Insha Allah…..Thank you yan..???????

  10. taetae says:
    May 20, 2020 at 5:04 pm

    alheyy baeh thanthan nufeney…. i started reading this becuase of taehyung who is my bias in BTS…vvvvvvv reethi ingey

    1. ?Hya says:
      May 25, 2020 at 9:25 pm

      Hehe….thanks taete?????????

  11. Min Suga ❤ says:
    May 21, 2020 at 12:43 am

    If anyone wants to know who these beautiful people are in this stories image go and search!!!
    Xain: kim taehyung (BTS)
    Eynaal: Irene (REDVELVET)
    Azyaan: Cha eun woo (i guess) (ASTRO)
    Rana: Rose’ (BLACKPINK)
    Hisham: Chanyeol (EXO)
    Shaaheen: Tzuyu (TWICE)

  12. Writer says:
    May 21, 2020 at 4:33 am

    Yay our zerash is back!!!!! Haadha rangalhey sis mi story alun continue koh genes dhen feshyma..love this part sarangeyo ???

    1. Hya says:
      May 25, 2020 at 9:29 pm

      Thanks writer….even i love u…..thanks for ur support??????????

  13. Kim taehyung/v/tae tae says:
    May 24, 2020 at 5:04 pm

    Alhey adhi kiriya mifenunee..hya naannaathee vaahaka vex nukiyaa miohaa dhuvahu inee..story hama 1st place…keep it up..i purple u ???? sranghea kim taehyung.

    1. Hya says:
      May 25, 2020 at 9:31 pm

      Hehe…ehntha….Thank you sooo much kimtaehyung taetae♥♥♥♥…..borahae?????

Comments are closed.


All Right Reserved!