ވީޑިއޯ ކިތަންމެ އަނދިރިޔަސް މީހުންގެ މޫނު ފެންނަ ވަރަށް މަންޒަރު ސާފުވާން ހުއްޓެވެ. ”މަޑުކޮށްބަލަ. ޒޫމް ކޮށްލަބަ.” އައިލީޝްއަށް ނުހަނު ބާރަށް އެހެން ބުނެވުނު އިރު އޭނާގެ ދެލޯ ވަނީ ބޮޑުކޮށްލެވިފައިއެވެ. މޫނުމަތީގައި އުދާސްތައް ހިލެމުން ދިޔައީ އެޔެއްމިޔެއް ބަލާފައެއް ނޫނެވެ.
އައިލީޝް އެމީހާގެ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ނަމަވެސް އެއީ ކާކުކަމެއް އޭނާއަކަށް ދެނެއެއް ނުގަނެވުނެވެ. މޫނުމަތީގައި އަޅައިފައިހުރި މާސްކުން ހަމައެކަނި ފެންނަން ހުރީ އެމީހާގެ ދެލޮލެވެ. ހޫޑީއެއް ލައި ބޯ ވަނީ ފޮރުވާފައިއެވެ. ދެލޮލުން ފެންނަމުން ދިޔަ މަކަރުވެރިކަން ވީޑީއޯއިން ވެސް ދިޔައީ ފާހަގަވަމުންނެވެ.
”ކޮންމެސް މީހަކާ އެބަ ވައްތަރުވޭބަ. އަޅެ ކާކާ؟” އައިލީޝް އެ ވީޑިއޯއިން އޭނާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ވަކިކޮށްނުލައިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން އިން ގޮތުން ހީވީ ދެންމެ ދެންމެ ލެޕްޓޮޕް އެތެރެއަށް ވަދެދާނެ ހެންނެވެ. ނައިޝަމްވެސް އެއަށް ބަލަން އިން ގޮތުން ހީވަނީ އެއީ ކާކުކަން ނޭނގިގެން ވިސްނާހެންނެވެ. ”އަހަރެންނަށްވެސް ވަރަށް ވައްތަރު ވޭއެބަ. އެދެލޯ އެއީ. ހާދަ ދަންނަ ދެލޮލޭ.” ކަމެއް ހަނދާން ކުރާ ފަދައަކުން ނައިޝަމް އެހެން ބުނެލީ އޭނާގެ ބޯ އެއްފަރާތަކަށް އަރިކޮށްލައިގެން އިނެއެވެ.
”ހިނގާ ދެން ދާން. މިރޭ ކުރަން ޖެހޭ ބައިވަރު މަސައްކަތް އަދި އެބަހުރި.” ނައިޝަމް އެހެން ބުނެފައި އޭނާގެ ކޮޓަރިއަށް ގޮސް ވަނީ އެހެން ޕެންޑްރައިވްއެއް ބަލައިއެވެ. ދެ ޕެންޑްރައިވް ހިފައިގެން ދެމީހުން ގެއިން ނިކުމެގެން ދިޔައިރު ދެމީހުން ކުރެ އެކަކުވެސްް ވާހަކައެއް ނުދައްކައެވެ. އައިލީޝްގެ ހިތް ބިރުގަނެފައި ވާއިރު އާދަޔާހިލާފަށް އޭނާގެ ހިތް ދިޔައީ ތެޅެމުންނެެވެ. ކާރު ދުއްވަން އިން ނައިޝަމްގެ ހިތްވެސް ވަނީ ސުވާލުތަކުން ފުރި ބާރުވެފައިއެވެ. އެވީޑިއޯގައި ފެންނަ އެމީހާއަކީ ފެނި ފަރިތަ މީހެއްކަމުގައި އޭނާގެ ހިތް ދިޔައީ އެތައް ހާސް ފަހަރަކު ބުނަމުންނެވެ. ނަމަވެސް އެމީހާގެ ސިފައެއް އޭނާއަކަށް ސިފަވާގޮތެއް އެއްގޮތަކަށްވެސް ނުވެއެވެ. އައިލީޝް ޕޮލިސް ސްޓޭޝަނަށް ލައި ދިނުމަށްފަހު ނައިޝަމް އޭނާގެ އޮފީހަށް ދިޔުމަށް މިސްރާބުޖެހީ އެއީ ކާކުކަން އެރޭ ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ.
***
ޒާހިދާ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ކަމަކާ ހާސްވެގެން އުޅޭ ފަދައަކުންނެވެ. އިރުއިރުކޮޅާ ފާޜުގައި ގޮސް ޖަހަައިލާ ގޮތުން މޮޔަކަމެއް ކޮށްގެން އުޅެނީއޭ ވެސް ފެންނަމީހެއްގެ ހިތަށް އަރާނެއެވެ. އޭނާގެ މޫނުމަތީގައިވާ އުދާސްތައް ތިރިއަށް ރޮގަކަށް ފައިބަމުން ދިޔައިރު ދާތިކިތައް ފުހެލަން ވެސް ހިތަށް ނާރުވާ ފަދައެވެ. ދެމިނެޓެއްވަރު ދެކޮޅަށް ހިނގަން ހުރެފައި ޒާހިދާ އޭނާގެ ފޯނު ނަގައި ގަޑި ބަލައިލިއެވެ. އަދި މީހަކަށް ގުޅައި ކަންފަތުގައި ޖައްސާލިއެވެ. ނަމަވެސް އޭނާއަށް ލިބެމުން ދިޔަ ޖަވާބުން ދިޔައީ ހިތް މާޔޫސް ކުރުވަމުންނެވެ. އެއް ޖަވާބެއް އެތައް ބުރަކު ލިބެމުން ދިޔައީތީ އޭނާގެ ގާތަށް ރުޅިއައެވެ. އެއާ ރުޅީގައި އަތުގައި އޮތް ފޯނު އަތުގެ ކޮޅަށް ހޫރައިލީ އެއީ އޭނާ އެންމެ ލޯބިން ގެންގުޅޭ އެކަތިކަން ވެސް ހަނދާނުން ފުހެލާފައިއެވެ.
”ސާބަހެ ޒާހިދާ. ކީކޭ ހިތަށް އަރައިގެންތަ މާ ވަރަކަށް ތި ގުޅަނީ؟” ދޮރު ހުޅުވާފައި ވަތް މާޖިދު ފެނިފައި ޒާހިދާގެ ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ.
”މަ މިހާ ވަރަށް ގުޅާ އިރުވެސް ފޯނު ނަގަން އެންމެ ފަހަރަކުވެސް ހިތަށް ނާރުވާތި. ބޮޑު ކަމެއް ވެގެން ގުޅިޔަސް ފޯނު ނުނަގާތި. މާޖިދު ހީކުރަނި މަ މާޖިދަށް ގުޅަނީ ބޭކާރު ކަންކަމުގައި އޭތަ؟” ޒާހިދާ އެ ރުޅީގައި ހުރެ މާޖިދުގެ ކުރިމައްޗަށް އަރައި އެއްޗެހި ކިޔަން ފެށިއެވެ. ލާނެތް ހިނިތުންވުމަކާއިއެކު ކިހިނެއްވީ ހޭ މާޖިދު އަހައިލުމުން އަނެއްކާވެސް ޒާހިދާގެ ރުޅިގަނޑު ގަދަވިއެވެ. މީހާ ތުރުތުރު އަޅަން ފެށިއެވެ. ދެލޯ ވަނީ ހަނިކޮށްލައިފައިއެވެ. ދެބުމަވަނީ ގޮށްޖަހާލާފައިއެވެ.
”ނިކަން މީތި ބަލާބަލަ. އަނެއްކާވެސް އާކިފްގެ މަރުގެ މައްސަލަ ބަލަން ފެށީ. ހުރިހާ ހަބަރަކުން މިވާހަކަ ގެނެސްދޭބަ. މާޖިދު ހައްޔަރުކޮށްފިއްޔާ ހަދާނީ ކިހިނެއް؟ ކުރިން ފަހަރުވެސް މާޖިދު ގެންގޮސް ވާހަކަ ދެއްކުވި. މިފަހަރުވެސް އަންނާނެ. އަދި ވެސް މަގުޅީމަ ފޯނު ނުނަގާތި. އިނގޭތަ މަ ހާސްވި ވަރު؟” ޒާހިދާ އައިސް އެނދުމަތީގައި އިން ލެޕްޓޮޕް ނަގައި މާޖިދަށް ދައްކާލިއެވެ. ލެޕްޓޮޕްގެ ސުކުރީނުގައި އެންމެ ފުރަތަމަ އިން ސުރުހީ ފެނުމާއިއެކު މާޖިދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި އަވަސް ހަރަކާތަކާއިއެކު ލެޕްޓޮޕް އެނދުމަތީގައި ބާއްވާލައި އެކިޔަން ފެށިއެވެ. ”ދެވަނަ ފަހަރަށް އާކިފް ރަޝީދުގެ މަރުގެ ތަހްގީގު ބަލަން ފަށައިފި.” އެ ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރު ކިޔާލާފައި މާޖިދުގެ ދަތްޕިލާ ޖައްސާ ބާރުކޮށްލެވުނެވެ. އަދި އެގޮތުގައި ހުރެ ޒާހިދާއާ ދިމާލަށް ބަލައިލިއެވެ.
”އެމީހުންނަކަށް މިކަމެއް ނުކުރެވޭނެ. އެކަށީގެންވާ ވަރަށް ހެކި ނުލިބުނީމަ ކުރިންވެސް ދޫކޮށްލީ. މިފަހަރުވެސް ވާނި އެހެން. ބަލަން ހުންނާތި. އަދި އެ އައިލީޝްއެއް މިކަމުގަ ބޮޑަކަށް ހުރެގެން ހުރިހާ ކަމެއް ކުރަން އުޅޭބަ އެއްނު.” މާޖިދުއަށް އަޑުގެ ނެތްތަނަށް މަލާމާތުގެ ހިނިގަނޑެއް ޖަހާލިއިރު ޒާހިދާގެ މޫނުމަތިންވެސް ދިޔައީ ނުރުހުމުގެ އަސަރުތައް ފެންނަމުންނެވެ. ހުރިހާ ކަމެއްގައި ވެސް އައިލީޝް ކުރީ ސަފުގައި ހުރެގެން ކޮންމެ ކަމެއްވެސް ކުރާތީ ޒާހިދާގެ ހިތުގައި އައިލީޝްއަށް ޓަކައި ނަފްރަތުގެ ހުޅުގަނޑު އިތުރަށް އަދަން ފެށިއެވެ.
”ދެން ވެސް ތިހެން ހޭން ހުންނަނީތަ؟ ހައްޔަރު ކުރުމުގެ ކުރިން ވަކީލެއް ހޯދަން މަސައްކަތް ކޮށްބަލަ.” ޒާހިދާ ނުރުހުންވެ ހުރެ ބުނެލުމާއިއެކު މާޖިދު ދެލޯ އަޅާފައި ޒާހިދާއާ ދިމާލަށް ބަލައިލިއެވެ. ”ތި ކަމާ ހާސްވާނި ކަމެއް ނެތް. ކުރިން ވެސް ހުރި މީހަ ހުންނާނެ. އެކަމު ފައިސާ ބޭނުންވާނެ.” މާޖިދުގެ ރުޅިގަނޑު ފިނި ފަދައެވެ. ރީތިކޮށް ވާހަކަ ދައްކަމުން އައިސް ޒާހިދާގެ ކޮޑުމަތީގައި އަތް ބާއްވައިލަމުން އެނދުގައި އިށީންދެލިއެވެ. ”އެކަމު ދެ ލައްކައެއް ވަރު ރުފިޔާ ބޭޏުންވާނެ.”
”ދެލައްކައޭ.” ޒާހިދާގެ އަނގައަށް ވީ ގޮތްވެސް ނޭނގުނެވެ. އެހައި ބައިވަރު ރުފިޔާ ދޭން ބުނުމުން އޭނާއަށް ލިބުނީ ސިހުމެކެވެ.
”އާން ކީއްތަވީ؟ ދެލައްކަ ރުފިޔާ އޭނައަށް ދީގެން މިކަން ވާނި.” މާޖިދު އެހައި ރީތިކޮށް ޒާހިދާއާ ވާހަކަ ދައްކަން ފެށީ ރުފިޔާ ބޭނުމުގައިއެވެ. ރީތިކޮށް ވާހަކަދައްކައިގެން އެފަދަ ކޮންމެ ކަމެއް މާޖިދު ކޮށްލަނީ ނިކަން ފަސޭހައިންނެވެ. ޒާހިދާއަށް ހިތާހިތުން މަލާމާތް ކުރަމުންނެވެ.
”މަ ބަލާލާނަން އާކިފްގެ އެކައުންޓްގަ ރުފިޔާ ހުރިތޯ.” ޒާހިދާ އެހެން ބުނެލުމާއިއެކު މާޖިދު އޭނާގެ ފޯނު ނަގައި މީހަކަށް ގުޅާ ލަމުން އެތަނުން ނުކުމެގެން ދިޔައެވެ. ޒާހިދާއަށް ދެފަރާތަށް ބޯ ހުރާލެވުނީ ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބުންނެވެ.
***
”ވަޓް. މި ރެކޯޑްތަކުން މި ދައްކަނީ އާކިފް މަރުވީ އޮޕްރޭޝަން ކުރުމުގެ ތެރޭގަކަން. އޭގެ ކުރިން އާކިފްގެ ހިތް ދިޔައީ މަސައްކަތް ކުރަމުން. އެކަމު ބޮލަށް ލިބިފައި ހުރި ގެއްލުމުން ސިކުނޑި މަރުވެފައި ވަނީ ތޭރަ ފެބްރުއަރީ ދެހާސް ދިހައެއްގެ ނުވަގަޑި ތިރީހުގައި. އާކިފްގެ ހިތް އެއްކޮށް ހުއްޓުނީ ސާދަ ފެބްރުއަރީ ދެހާސްދިހައެއްގެ ފަސްގަޑި ސޯޅާގައި.” ނަދީމް އެހެން ބުނެލިއިރު އޭނާގެ މޫނުމަތިންނާ ވާހަކަދެއްކުމުގެ ރާގުން ދިޔައީ ހައިރާންވެފައި ހުރިކަމުގެ އަސަރުތައް ފެންނަމުންނެވެ. ނައިޝަމްވެސް އެކަމުގައި ފުރިހަމައަށް އޭނާގެ ވިސްނުން ބޭނުން ކުރަމުން ދިޔައިރު ލިބެމުން ދިޔަ އައު މައުލޫމާތުތަކުން އޭނާއަށް އެކަން ކުރަން ފަސޭހަވެގެން ދާ ފަދައެވެ.
”ސާރ މި ރިޕޯޓް ތަކުން ދައްކާ ގޮތުގައި އާކިފްގެ ހަށިގަނޑުގެ ފަނަރަ ވަރަކަށް ތަނަށް ވަނީ ވަޅިން ހަމާލާދީފައި. ބޯ ވަނީ ފަޅައިގެން ގޮއްސައި. ރިޕޯޓްތަކުން ބުނާ ގޮތުގައި ބޮލުގައި ވަނީ ފަލަ ދަގަނޑު ހޮޅިއަކުން ޖަހާފައި. މިހުރި އެކަން ކުރި އެއްޗެހީގެ ފޮޓޯ.” ޝިޔާމް އޭނާގެ އަތުގައި އޮތް ކަރުދާސް ބޮނޑިން ފަސްވަރަކަށް ގަނޑު މައްޗަށް ހިތްލާލަމުން ނައިޝަމްއަށް ދައްކައިލިއެވެ. ތުޑުތުޑު ޖަހާފައި ހުރި މިޔައެއް އިން އެ ވަޅީގެ މުއްގަނޑު އިނީ ކަލުކުލައިގައިއެވެ. ދަގަނޑު ފަލަ ހޮޅިބުރީގައި ލޭ ހުރިއިރު ހޮޅިބުރި މެދުން އިނީ ފަޅިވެސް ވެފައިއެވެ. އެތަން އިނީ ތޫނުކޮށް ފަސޭހައިން ވަންނަ ގޮތަށެވެ. އެއެއްޗެހި ފެނިފައި ނައިޝަމްގެ ހިތަށް ވެސް އަސަރު ކުރަމުން ދިޔައެވެ. ހަށިގަނޑަށް އެވަރުގެ ގިނަ ހަމަލާތަކެއް ލިބެމުން ދާއިރު ވޭން އަޅާނެ ވަރު ދުލުން ބުނަން ފަސޭހަ ނުވާނެކަން ޔަގީނެވެ.
އަޅާނެ ވޭނާ މެދު ވިސްނަން އިން ނައިޝަމްގެ ހުރިހާ ހިއްސެއް ކޮޅަށް ޖެހިގެން ދިޔައީ އީރަމް އައިސް މޭޒުމަތީގައި ނުހަނު ބާރަށް ޓީމް ތިނަކުން ދިން މައުލޫމާތު ކަރުދާސްތައް ބަހައްޓައިލުމުންނެވެ. އީރަމްގެ މޫނުމަތިން ވަރުބަލިވެފައި ހުރިކަމުގެ ނިޝާންތައް ފެންނަމުން ދިޔައިރު މީހާގެ ދެބުމަ ވަނީ ގޮށްޖެހިފައިއެވެ. ނައިޝަމް އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ފައިލް ބާއްވާލުމަށްފަހު އީރަމްގެނައި ކަރުދާސްތައް ހާވަން ފެށިއެވެ. އެއީ އެކަން ކޮށްފައި ތިބި މީހުންގެ ފޮޓޯތައް ހާމަކޮށްފައިވާ ކަރުދާސް ތަކެވެ. ފުރަތަމަ ގަނޑުގައި އިން މީހާ ފެނި ނައިޝަމްގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހި ދުލުން ބަސްހުއްޓުނު ފަދައެވެ. ހުއްޓިފައިވާ މީހަކު ފަދައިން ނައިޝަމް އެޔަށް ބަލަމުން ދިޔައިރު ވަށައިގެން ތިބި ތިން މީހުންގެ ހިތުގައި ދިޔައީ އެތައް ސުވާލެ އެބުރެމުންނެވެ.
***
”މޭމް މަޑުކޮށްލަބަ. އަން މީތި ބަލާލަބަ.” ރައުހާ އޭނާގެ އަތުގައި އޮތް ކަރުދާސް ބޮނޑި އައިލީޝްގެ އަތަށް ދިއްކޮށްލީ ހައިރާންވެފައި ހުރެއެވެ. އެ ކަރުދާސް ބޮނޑިއަކީ އެކި މީހުންގެ ފޮޓޯތަކާއި ހުރިހާ މައުލޫމާތެއް ހިމެނޭ ކަރުދާސްތަކެކެވެ. އައިލީޝް އެއްފަހަރު ވީޑިއޯއަށް އެނެއް ފަހަރު ކަރުދާހަށް ބަލަމުން ދިޔައީ ކަމެއް ދޭހަ ކުރަން އުޅޭ ފަދައަކުންނެވެ. ”މި މާސްކް އަޅައި ހޫޑީއެއް ލާފައި ހުރި މި މީހާއަކީ އިބްރާހިމް މާޖިދު. އުމުރު ތިރީސް އަށެއް. ރަށް މާލެ.” އައިލީޝްގެ ލޮލުން ކަރުނަތައް ރޮނގަކަށް ފައިބަމުން ދިޔައިރު އަތް ދިޔައީ ތުރުތުރު ލަމުންނެވެ. ”ދެން ރަތް ޓީޝާޓެއް ލައިގެން އެހުރީ އިސްމާއިލް ހަސަން. އުމުރު ސާޅީސް. ރަށް މާލެ. އޭނާގެ ކައިރީ ކަޅު ގަމީހެއް ލައިގެން އެހުރީ އަލީ ހާމިދު. އުމުރު ތިރީސް ހައެއް. ރަށް މާލެ. މޭމް. ވީޑިއޯއިން މިފެންނަ މީހުންނާ މީގަ މި ހުރި މީހުންނާ ވައްތަރުދެއްތޯ.” ރައުހާ އައިލީޝްއާ ދިމާ ބަލައިލާ ބުނެލިއެވެ. ނަމަވެސް އައިލީޝް ރޮމުން ދިޔަތަން ފެނުމުން ރައުހާއަށް އިނެވުނީ ނެގިމަޑުވެފައިއެވެ.
”މޭމް. ވަޓްސް ރޯންގް.” އައިލީޝް ރޮމުން ދިޔަ މަންޒަރު ފެނިފައި ހަލަފްގެ ލޮލުގައި ވެސް ކަރުނަތައް ބޮނޑިވިއެވެ. ރައުހާ އާއި ހަލަފް މާ ވަރަކަށް ބަލަން އިނުމުން އައިލީޝް އޭނާގެ ދެލޯ ފޮހެލައި މަސައްކަތާއިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ލޮލުން ދިޔައީ ކަރުނަތަށް އެއްވެސް އިހްތިޔާރަކާއި ނުލައި ފައިބަމުންނެވެ.
”މޭމް. ދޭ ރެސްޓް ކޮށްލަން. އަޅުގަނޑުމެން މިކަން ކޮށްލާނަން.” ރައުހާ މަޑު އަޑަކުން އެހެން ބުނެލީ ނުތަނަވަސް ވެފައި އިނެއެވެ. ”ނޫނޭ. އައިމް ފައިން. ލެޓްސް ބިގިން.” އައިލީޝް އޭނާގެ ދެއަތުން ދެލޯ ފޮހެލައި މަސައްކަތުގައި މަސްއޫލުވެވޭތޯ ބެލިއެވެ. ވަރަށް ހިތްވަރުން އޭނާއަށް އެކަން ކާމިޔާބުވެސް ވިއެވެ.
”ހަލަފް މިތިން މީހުން އުޅޭ ތަނުގެ ލޮކޭޝަން މާދަމާއަށް ހޯދާލަން ވާނެ. އަދި އެމީހުން އުޅޭ ތަނުގެ ކައިރީގައި ހުރި ސީސީޓީވީ ފުޓެޖްތައް ވެސް ހޯދައިލަން ވާނެ. ރައުހާ މިތިން މީހުންގެ މައުލޫމާތު އިތުރަށް ހޯދައިލާ. އަދި ނޯތް ހާބާއަށް ގޮސް އިތުރަށް އެ މަންޒަރު ފެނުނު މީހުން ހޯދައިލާ. މި ކޭސްގައި ރައުހާ އާއި ސާޔާ އަކީ ޕާޓްނަރުން. ހަލަފް އާއި ހައްސާން އަކީ ޕާޓްނަރުން. އޯކޭ. ސާފުވެއްޖެ.” އައިލީޝް އެކި މީހުންނަށް އެކި މަސައްކަތް ބަހައިލީ ވަރަށް ވިސްނަން އިނެފައިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަމާއި ނުތަނަވަސްކަމުން އެތަނުގައި ތިބި ހަތަރު ކުދިންގެ މޫނުމަތީގެ ކުލަވަރުވެސް ވަނީ އޮއްސިފައިއެވެ. ދަންވަރުގެ އެވަގުތުގައި ވެސް ފަސް މީހުން މަސައްކަތުގައި މަސްއޫލުވެގެން ދިޔައިރު އެކަކުގެ މޫނުމަތިންވެސް ފޫހިވެފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނާކަށް ނެތެވެ.
***
އަނދިރި ފަޅުގޭގެ ކޮޓަރިއެއްގައި މާޖިދު ހުރިއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ކުރިމަތީގައި ތިބި ދެމީހުންނަށް ފައްޗަކަށް އެއްޗެހި ގޮވަމުން ދިޔައިރު އެކި ފަހަރު މަތިން އަތުގެ ހަމަލާތައްވެސް ދެމުން ދިޔައެވެ. ޒާހިދާ އޭނާގެ ކައިރީގައި ލާނެތް ހިންޏެއް އައިސްފައި ހުރިއިރު މާޖިދު އެދެމީހުންނަށް ކުރާ ކޮންމެ ކަމަކުން އޭނާއަށް ދިޔައީ ހެވެމުންނެވެ.
އަނެއްކާވެސް ކަމެއް ރާވަން އުޅޭ ފަދައަކުން މާޖިދު އެދެމީހުންނާ ވާހަކަ ދައްކަމުން ދިޔައިރު ކުރިމަތީގައި ތިބި ދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. މާޖިދު ވާޙަކަ ދައްކައި ނިމުމާއިއެކު ޒާހިދާ އޭނާގެ ކޮނޑުގައި އަޅުވާފައި އިން ދަބަސް ނަގައި މާޖިދުއަށް ދިއްކޮށްލިއެވެ. އަދި އެއީ ދެލައްކަ ރުފިޔާކަމުގައި ބުނެ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. މާޖިދުވެސް ޒާހިދާއަށް ހިނިތުންވުމެއް ރައްދުކޮށްލައި ދެވަނަ ފަހަރަށް ވެސް އެމީހުންނާ ދިމާލަށް އެބުރުނެވެ. އަދި މާޖިދުގެ އަމުރާއިއެކު އެދެމީހުން ދުވެފައި އެތަނުން ނުކުމެގެން ދިޔައީ އަލި ދަތުރުކުރާހާ ބާރު މިނުގައިއެވެ.
”ދެން މިކަންވެސް ހަމައަކަށް އެޅެނީ މި. ހިނގަދާން ޕެކް ކުރަން.” މާޖިދު އެހެން ބުނެލާފައި ޒާހިދާގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރައިލިއެވެ. އަދި ބާރުމިނެއްގައި ދުއްވާލީ ތަނަކަށް ދާން ލަސްވެގެން އުޅޭ ފަދައަކުންނެެވެ.
~ ނުނިމޭ ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







salaam all. miothy 13 vana bai vs up vefa. unmeedhu kuran mi bai vs kamudhaane kamah. dhn oii baa maadhamaa rey genes dhevey thr balaanan. insha allah. keep waiting.
STAY HOME. STAY SAFE.
vr bodah thanks kiyuntherin thi dhehvaa supportah. love u all. 🙂 🙂 🙂
Wowww??…speechless??…varah varah reethi mi bai vx???…curiously waiting for the nxt part…lysm
thank u so much kairaa for ur endless support. thank u. ly and ya keep waiting 🙂 🙂
Wow Mi Bai vx varah reethi ❤️? Curiously waiting for nxt part ❤️
thank u so much saula. and ya keep waiting