އަހަންނަކީ ކޮރޯނާ ވައިރަހެވެ. ކަލޭމެން އެންމެ ބިރުގަންނަ ކޮވިޑް-19 އެވެ. އަހަރެން ކަލޭމެންގެ ދުނިޔެ އެފުށްމިފުށަށް ޖަހަމުން ދާއިރު ކަލޭމެންނަށް ހަމަ ރޭކާވެސް ނުލައެވެ. ނިކަން ދެކިބަލާށެވެ! އަހަރެން ކަލޭމެންގެ ހަށިގަނޑަށް ވަދެ ހަމަޖެހިލަނީ ލޮލަކަށް ބޮލަކަށް ނުފެނިއެވެ. އޭ އިންސާނާއެވެ! ކަލޭމެން ތިއުޅެނީ ކަލޭމެންނަށް ވުރެ އެތައް ގުނައެއް ކުޑަ މަޚްލޫޤެއްގެ ކިބައިން ސަލާމަތް ނުވެގެންނެވެ. އެ މަޚްލޫގު މަރާލުމަށް ފަރުވާއެއް ނުހޯދިގެންނެވެ. އެމަޚްލޫގާއި ދެކޮޅަށް ވެކްސިނެއް ނުހޯދިގެންނެވެ. އަދިވެސް އަހަންނަށް މަލާމާތް ކުރާނީ ހެއްޔެވެ؟ […]
މިއީ އަހަހަރެންގެ ވޭނީ ހަޔާތެވެ. އެއްވެސް މީހަކަށް އަނެކާގެ އުދާސްތައް ނޭގޭ ފަދައިން އަހަރެންގެ އުދާސްތައް ހަމަ އެކަކަށް ވެސް ނޭނގެއެވެ. އަހަރެންމި ވާހަކަތައް މިލިޔަނީ ހިތުގެ އުދާސްތަކަށް ލުޔެއްލިބޭތޯއެވެ. އަހަރެންގެ ބޮލުގައި ރިއްސާތީ ކޮޓަރީގަ އޮތީމަ އެވީ އިބިލީހާއި އެކީ ކުޅިވަރު ކުޅެނީ ކަމަށެވެ. ރޭގަނޑު ބޮލުގައި ރިއްސާވަރުން ނުނިދުނީމަ އެވީ ޓެބްލެޓް ކުޅެނީ ކަމަށެވެ. އަހަރެންގެ ހިތުގައި އިސްލާމްދީނަށް ވަނީ ގަދަލޯތްބެއް އުފެދިފަ އެވެ. މިހާރު އަހަރެންގެ އެންމެ ބޮޑު އެދުމަކީ […]