“ކޮންމެ މަގްސަދެއްގަ ތިކައިވެނި ކިއާން ކުރިއެއްކަމަކު ކިއާންގެ ހިތް ވަނީ ސިއާއަތުގަ އަޅެ ބުނެބަލަ ސިއާ މަތިން ހަނދާނެއް ނުވޭތަ؟؟؟ ސިއާގެ މޫނު ބަލާލާކައް ބޭނުމެއް ނުވޭތަ؟؟؟” “އާން ނުވޭ” ކިއާން އަވަސްއަވަހަށް ބުނެލިއެވެ. “ޔަގީން ނުވާކަން؟؟؟” “ނޫން ސިއާ މަތިން ހަނދާންވޭ ސިއާގެ ލޮލުން ކަރުނަ ފައިބާ ތަން ފެނުމުން މި ހިތަށް ވަރަށް އަސަރުކުރޭ” ކިއާންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. ކިއާން ލޮލުން ފޭބި ކަރުނަ ފުހެލުމަށްފަހު އެއަށް ބަލާލިއެވެ. “އަހަރެން ސިއާ […]
”ތިއީ މާޖިދުގެ އަންހެނުން ތޯ؟” އެވަގުތު އެމީހާ ކޮށްލި ސުވާލުން ޒާހިދާގެ އަނގަ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެތައް ސުވާލެއް ހިތުގައި އުފެދެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޒާހިދާ އޭނާގެ ބޯ ބާރަށް ތަޅުވާލަމުން އާންއެކޭ ކިޔަން ފެށިއެވެ. ”އާދެ. އަޅުގަނޑަށް މާޖިދު ހުރިހާ ވާހަކައެއްވެސް ކިޔާދިން. އަދި އަޅުގަނޑަށް ބުނެވޭނީ ތިބުނި ކަންކަން ވަރަށް ރަނގަޅަށް ކޮށްދޭނަމޭ. ދޭން ޖެހޭ ރުފިޔާވެސް ހުރީ ދީފަ.” އެކޮޅުން އިވެމުން ދިޔަ ބަސްތަކުން ޒާހިދާގެ ހިތް އުފަލުން […]
ހުމް..އަހަރެން ހުމް އެއް އަޅުވާލީމެވެ.އަދި ފާހަނަޔަށް ވަނީމެވެ.ވަނީ މޫނުދޮވެ ހަދާލާށެވެ.އެކަމަކުވެސް ފާހަނަޔަށް ވަނުމުން ފެންވަރާ ހިތްވިއެވެ.ހެދުނުން ފެށިގެން ފެނަ ނުވަރާ ހުރުމުންނެވެ.ދޮންތަބެމެން އަވަސް ކުރަން ބުނެފައި ވުމުން އަވަސްއަވަހަށް ބޯ ދޮވެގެންފެންވެރީމެވެ. ފެނަވަރައިގެން އަހަރެން ނުކުތީ އަތްކެޑި ޓީޝާޓެއްލައިގެން ފުޅާ ހިސާބުން ތުވަލިއަދެގެންނެވެ.ތެމިފައިވާއިސްތަށިގަނޑުގައި ދޫކޮށް ފުޅިއެއް ޖަހާލުމަށްފަހު ކޮޓަރިއަށް ބަލާލީމެވެ.އަދި ދެވަނަ ސިކުންތުގައި ހަލޭއްލަވައިގަތީމެވެ.ލެވުނުހާ އެންމެ ބަރަށެވެ.މިފަދަހާލަތެއްގައި މިހެން ހަޅޭއްލެވުމުން ދޮންތަމެން ގަނާނެ ބިރަކަށްވެސް ވިސްނާލުމެއްވެސް ނެތިއެވެ. ވާނީވެސް އެހެން ތާއެވެ.އަހަރެން މިހުރީ އަތްކުރު ޓީޝާޓްއަކާއި ތުވަލިއަދެގެނެވެ.އަމެއްކޮޅުން […]
ސަންފާއާ ޝުއައިބުއަށްވެސް ޔާނިއުއަށް ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވުނެވެ. ޔާނިއު ގޭގަ ހުއްޓަސް އަބަދު އުޅެނީ ކޮޓަރީގައެވެ. ކެއުމާވެސް އެހާ ދުރުވެއްޖެއެވެ. ރައްޓެހިންނާއެއްކޮށް ވަގުތު ހޭދަކުރުމަށް އަބަދު ބޭރަށްދާ ކުއްޖާ ގޭގާއި ބަނޑުއަޅައިގެން އޮންނަންފަށާފިއެވެ. ރޭގަނޑަށް އިރުއޮތްސޭއިރު ގެއިން ނިކުންނަން އާދަކޮށްފިއެވެ. އެހާ ސަކަރާތްޖަހާ މަޖާކޮށް އުޅުނު ކުއްޖާ މުޅިން ހަމަ ހިމޭންވެއްޖެއެވެ. އެއްރެއެއްގެ ދަންވަރެވެ. ސަންފާ އޭނާގެ ކޮޓަރީގައި ބަހަށްޓާފައި ހުރި ޖަގުން ފެންހުސްވެގެން ފެންއަޅަން ބޭރަށް ނިކުތެވެ. ސަންފާ އޭނާގެ ކޮޓަރިން ނިކުމެގެން ޔާނިއުގެ […]
އިންތިހާއަށް އެކަކު އަނެކަކުދެކެ ލޯބިވާ ދެ ލޯބިވެރިން ވަކިވާން މަޖުބޫރުވެ ދެމީހުން އެކަކު އަނެކަކަށް ގެއްލުމަށްފަހު ވެސް އެ ލޯބި ހަނދާންތަކާ ދުރުނުވެ އެތައް ދުވަހެއް ވޭތުކުރެއެވެ. ވީނުވީއެއް ނޭނގި ލޯބިވެރިޔާ ގެއްލުމުން ކޮށްފައިވާ ބަޔާން ކުރަން ދަތި އަސަރާއެކުވެސް ދިރިއުޅުން އާރާސްތު ކުރުމަށް ކެނޑިނޭޅި ހިތްވަރު ކުރެއެވެ. ތަޤްދީރުގައި ލިޔެވިފައި އޮތުމުން ދެމީހުން ފަހުން ބައްދަލުވެ….. އިންތިޒާރުކޮށްލައްވާ!
ޒާޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި އާލިޔާ އިރުއިރުކޮޅާ ގޭގެ މައި ދޮރާއި ދިމާލަށް ބަލައިލައެވެ. ބައެއް ފަހަރަށް ވަގުތު ހިނގާލެއް ލަސްވާހެން އާލިޔާއަށް ހީވެއެވެ. ކިތަންމެފަހަރަކު ޒާޔާއަށް ގުޅަންވެސް ހިތަށް އެރިއެވެ. އެކަމަކު ޒާޔާއަށް ޝައްކެއް ވެދާނެތީ އާލިޔާ ކެތްކޮށްލައިގެން އިނީއެވެ. “ބޮޑުދައިތާ. އަހަރެން މި ދަނީ ނޫމާންމެން ގެއަށް.” އާލިޔާ އާއި ދިމާލަށް ބަލައިވެސްނުލައި ފަވާޝަތު އަވަސްއަވަހަށް އެ ވާހަކަ ބުނެލުމަށްފަހު ގެއިން ބޭރަށް ނުކުމެއްޖެއެވެ. އާލިޔާ އެކަމަށް އެއްވެސް އެއްޗެކޭ ނުބުނީ ފަވާޝަތު ދިޔުމުން […]
”އައިލީޝް. ދެން ދޭ. އޭނާގެ އަނގަ ހުޅުވުނީއެ.” އައިމިނަތު އެހެން ބުނުމާއިއެކު އަތުގައި ހުރި ކަރުދާސް ބޮޑިތައް ހިފައިގެން އެތަނުން އައިލީޝް ނުކުމެ އެނެއް ދޮރުން ހާމިދު އިން ބަޔަށް ވަނެލިއެވެ. އައިލީޝް އެތަނަށް ވަނުމާއިއެކު ހާމިދު ބަލައިލި ގޮތުން އައިލީޝްގެ ހިތް ތެޅިލިއެވެ. ސިހުމެއް ލިބިގެން ދިޔައެވެ. މުޅި މީހާ އުދާސްވާން ފެށިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އައިލީޝް އޭނާގެ އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށްފަހު މަޑު ހިނގުމެއްގައި ގޮސް އިށީންދެލިއެވެ. އޭރުވެސް ހާމިދުގެ […]
ތިން އަހަރެްހާ ފަހުން ރާއްޖޭގެ ފަސްގަނދުގައި ފައި ޖައްސާލި ރާޔާ އަށް ކުރެވުނީ ފޮނި އިހުސާސެކެވެ. ރާއްޖޭން ބޭރުގެ ތޮއް ޖެހިފައިވާ މާހައުލު ދޫކޮށް އުފަން ރަށަށް ރާޔާ އައީ އޭނާގެ ހުވަގެން ހާސިލް ކޮށް ނިންމާގެންނެވެ. ރާޔާ ރަށު ތެރެއަށް ނަޒަރެއް ދިނުމަށްފަހު އަވަހަށް ހިނގައި ގަތީ ގެޔާ ދިމާލަށެވެ. ފާއިތު ވި ތިން އަހަރު ތެރޭގައި ގެޔަށް އައިސްް ހުރި ބޮޑެތި ބަދަލުތަކުގެ ސަބަބުން ރާޔާ ހުރީ ބަސް ހުއްޓިފައެވެ. .. ރާޔާ ގެޔަށް […]
މިކުޑަކުޑަ އާއިލާ އެކުއެކީގައި ކެވޭ ހަމައެކަނި ދުވަހަކީ ހުކުރުދުވަހެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ މީރުކާނާ ހުއްޓެއްކަމަކު ލާމިންގެ ނަޒަރު ވަނީ ސިއާ އަށް ހުއްޓިފައެވެ. ސިއާގެ ދޮންދޮން ކަންދުރާއި ހާމައަށް ފެންނަން އޮތް ހިސާބަށް ލާމިން ބަލަމުން ދިޔައީ ހިޔަޅެއްފަދައިންނެވެ. މިކަމުން ސިއާ އަށްވުރެ ބޮޑަށް އުނދަގޫވީ ކިއާން އަށެވެ. ކިއާން ގޮސް ސިއާގެ އިސްތަށިގަނޑުގައި އައްސާފައި އޮތް ހިމަ ހިމަ ރަބަރު ނައްޓާލިއެވެ. އަދި ބަހެއް ބުނުމެއްނެތި ކާން ފެއްޓިއެވެ……… “ކާކުޕިރިނީހެދީ ވަރަށްމީރު” ލާމިން ބުނެލިއެވެ. […]