Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ރައުޝަން

Fathimath Athifa Hussain Level 210 Stories
May 27, 2020 3 Mins Read
3 Comments

މިއަދަކީ ކައިފްގެ ދަރިފުޅު ރައުޝަން އަށް ތިންއަހަރު ފުރޭ އުފަންދުވަހެވެ. ގޭ ބޭރުގައި އޮތް ހުސްބިމުގައި ފަންތައް ޖަހައި އުފަންދު ވަހުގެ ޕާޓީ ބޭއްވުމަށް އަވައްޓެރި ކުދިންކޮޅެއް އަވަދިނެތި މަސައްކަތް ކުރަމުންދިޔައެވެ.ކައިފް އަދި އަންހެނުން އަލްވީ ކޭކު ޑިޒައިން ކުރުމުގައި އުޅެމުން ގެންދިޔައެވެ. ޕާޓީޔަށް މީހުން އައުމުގެ ކުރިން ނިއްމާލެ ވޭތޯއެވެ.

ކައިފް އަކީ މަންމައެއް ބައްޕައެއް ނެތި ކުއްޖެކެވެ. ސުނާމީ ކާރިސާގައި ކައިފް ގެ މަންމަ ސަކީނާ އާއި ބައްޕަ ތައްޙާން ނިޔާވީއެވެ. ބައްޕަ އާއި މަންމަގެ ވަކި ވެދިޔުމަށްފަހު ކައިފް ބެލުމުގެ ޒިންމާ އުފުލީ ބޮނޑުދައިތަ ފަޒްނާ އެވެ. ފަޒްނާގެ ތިބެނީ ދެއަންހެން ކުދިންނެވެ. އީނާލް އަދި އަޝްކާ އެވެ.ފިރިހެން ދަރިޔަކު ނެތުމުން ފަޒްނާ ކައިފް ބަލައިގަތީ އޭނަގެ ފިރިހެން ދަރިޔަކުކަމުގައެވެ.

ކައިފް ގެ ކޮންމެ އެދުމެއް ފަޒުނާ ފުރިހަމަ ކޮއްދެނީ ލޮތްބާއި އެކުގައެވެ. ކުދިވެރިންނަށް ކިޔަވައި ދިނުމަށްޓަކައި ފަޒްނާ ދަރިންނާއި ފިރިމީހާއެކު މާލެ ބަދަލު ވިއެވެ. ފަޒްނާގެ ފިރިމީހާ އާކާލް ބޭރު ދަތުރުކުރާ ބޯޓަކަށް ވަޒީފާ އަށް ދާންފެށިއެވެ. އެހެންކަމުން ގޭތެރޭގެ ހަރަދާއި ކުދިވެރިންގެ ކިޔެވުމުގެ ކަންކަން ދަތިކަމެއްނެތި ކޮއްލެ ވެއެވެ. ކައިފް އަދި އީނާލް, އަޝްކާ ތިންކުދިން ގުރޭޑް ދިހަޔެއް ކިޔަވައި ނިއްމާލިއެވެ. ފަޒްނާގެ މިންނެތް މަސައްކަތުން ރަނގަޅު ނަތީޖާ ވެސް ލިބިގެން ދިޔައެވެ.

ފަޒްނާ ބުނެގެން ކައިފް ދިޔައީ ބޭހެއް ގަތުމަށްޓަކައި ފިހާރަޔަކަށެވެ. ދެތިން ބޭސްފިހާރަޔަށް އެރުނު އިރުވެސް އެ ބޭސް ލިބޭނެ ގޮތެއް ނުވިއެވެ. ކައިފް ހިތްވަރު ދޫނޮކޮށް ހިނގަންފެށިއެވެ. ދުރު ފިހާރަޔަކަށް ގޮސްގެން ނަމަވެސް އެ ބޭސް ނުލައި ގެޔައް ދިޔުމުގެ ގަސްތެއް ކައިފް ނުކުރެއެވެ. ކައިފް ބޭސް ގަނެގެން ގެއައް ދާން ހިނގައިގަތެވެ. ބޭހުގެ އިންތިޒާރުގައި ބޮޑުދައިތަ ފަޒްނާ އިންނާނެތީވެ ހިނގުން ބާރުކޮށް ކައިފް ގެއައް ދިއުމަށްޓަކައި ހިނގަންފެށިއެވެ.

ބަރާބަރު ދެގަޑިއިރު ހިނގުމުގައި ހޭދަކޮށް ކައިފް ގެއާ ހަމަޔަށް ފޯރިއެވެ. ފެނުނު މަންޒަރުން ބޮލައް އެނބުރުން އަރައިގެންދިޔައެވެ.ލޮލައް ފެންނަނީ ރަނގަޅު މަންޒަރެއްކަމެއް ކައިފް އަށް ޔަގީނެއް ނޫނެވެ. ވުމާއެކު ލޯމަރާލުމަށްފަހު އަނެއްކާ ވެސް ލޯ ހުޅުވާލިއެވެ. ކުރިމަތިން ފެންނަނީ ހަމަ އެއްމަންޒަރެކެވެ. ކައިފް މެން ދިރިއުޅޭ ގޭގައި އަލިފާން ރޯވެ އަނދަމުން ދަނީއެވެ. އަލިފާން ނިއްވާލުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރު މީހުން ހަރަކާތްތެރިވަމުން ދިޔައެވެ.

އަތުގައި އޮތް ބޭސްކޮތަޅު ކައިފް ގެ އަތުން ދޫވެ މަގުމައްޗައް ވެއްޓުނެވެ. ކައިފް އަޑުން އަޑުނަގއި ނެތްތަނަށް ރޯން ފެށިއެވެ. “ބޮޑުދައިތާ…… ކައިފް މިހިރީ ބޭސް ހިފައިގެން އައިހޭ. އާދެބަލަ. ހެޔޮނުވާނެ. އީނާލް, އިޝްކާ….. ނުކުމެބަލަ ތިނަނުން. ކައިފް މިއަންނަނީ އެންމެން ސަލާމަތްކުރަން.” އެމްއެންޑީއެފްގެ ސަފުތައް ފޫއަޅުވައި ގޭތެރެޔައް ވަނުމަށް ކައިފް މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު  ވާގޮތެއް ނުވިއެވެ. އިރުއޮއްސުނު ހިނދުގައި ކައިފް އަށް ލިބުނީ ދުނިޔޭގަ ހުއްޓާ ލިބޭނެ އެންމެ ހިތާމަވެރި ހަބަރެވެ. އަލިފާނުގެ ހާދިސާގައި ބޮޑުދައިތަ ފަޒްނާ އަދި ފަޒްނާގެ ދެދަރިން ކަމުގައިވާ އީނާލް އަދި އަޝްކާ މިދުނިޔެ ދޫކުރި ހަބަރެވެ.

ކައިފް ގެ ހިތްކުދިކުދި ވިއެވެ. މައެއްގެ ހިމާޔަތާއި ކުލުނުދިން ފަރާތް ކުއްލި ގޮތަކައް ވަކިވެގެން ދިޔައީތީ އެވެ. އީނާލް އަދި އަޝްކާ ވެސް ބޮޑުދައިތަ އާއިއެކުގައި ނިމިދިޔަތީއެވެ. ކައިފް ރުޔެވެ. ސުނާމީ ކާރިސާގައި މަންމަ އާއި ބައްޕަގެ ލޯބިން މަހުރޫމްވީ އެވެ. އަދި އަލިފާނުގެ ހާދިސާގައި މައެއް ގޮތުގައި ބެލި ބޮޑުދައިތަ އާއި ބޮޑުދައިތަގެ ދެކުދިން ވެސް ނިޔާވީ އެވެ. ކައިފް އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. އެފަަދަ ގޮތަކަށް ބޮޑުދައިތަ އާއި ދެކުދިން ނިމިގެން ދިޔައީ އޭނާގެ ސަބަބުން ކަމުގައި ހީކުރެވުނެވެ.

ކައިފް އަށް ހިތްވަރުދޭން ގާތުގައި ހުރީ ބޮޑުދައިތަގެ ފިރިމީހާ އާކާލް އެވެ. އާކާލް އާއެކު ކައިފް ލަންކާ އަށް ދިޔައެވެ. ވަރަށް މަސައްކަތުން ބޮޑުދައިތަ ފަޒްނާ އަދި އީނާލް އާއި އަޝްކާގެ ހަނދާނުން މިންޖު ވިއެވެ. އަދި ކިޔެވުމާއިގެން ކުރިޔަށް ދާން ފެށިއެވެ. އިންޖިނިއަރިންގެ ދާއިރާއިން މާސްޓާސް ނިއްމާލުމަށް ފަހު ކައިފް މާލެ އައެވެ. މާލެ އައިތާ ގިނަދު ވަސްތަކެއްނުވެ ކައިފް އަށް ވަޒީފާ ހަމަޖެހިގެން ދިޔައެވެ. އަލްވީ އާއި ކައިފް ބައްދަލުވީ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ. ރަހުމަތްތެރިކަމުގެ ގުޅުން ކުރިލާހެދި އެގުޅުން ލޮތްބައް ބަދަލް ވެގެން ދިޔައީ ނުހަނު އަވަހަށެވެ. ރައްޓެހި ވެގެން ގިނަދު ވަހު އުޅުމަކީ އެއްއިރެއްގައި ވެސް ކައިފް ބޭނުންވާގޮތެއް ނޫނެވެ. ކުޑަ ސަޔަކާއެކު ކައިފް އާއި އަލްވީގެ ކައިވެނި ކުރެވިގެން ދިޔައެވެ.

ކައިވެންޏަށް ހަތަރު އަހަރު ވެގެންދިޔަ އިރުވެސް ކައިފް އަށް ދަރިޔަކު ނުލިބެއެވެ. ޑޮކުޓަރަށް ދެއްކުމުން ބުނަނީ ދަރިން ނުލިބޭންވީ ސަބަބެއް ނެތްކަމުގައެވެ. ރާއްޖޭން ބޭރައް ދިޔުމުން ވެސް ޑޮކުޓަރުން ބުނަނީ ހަމަ އެހެންނެވެ. ކައިފް އަދި އަލްވީ އުއްމީދު ކަނޑައެއްނުލަ އެވެ. ކެތްތެރިކަމާއެކު ﷲގެ ހަޒުރަތުގައި ދުޢާ ދެންނެ ވުމުގައި ދެމިތިބި އެވެ. ކައި ވެންޏަށް ފަސްއަހަރު ފުރުނުތަނާ އަލްވީ ދަރިޔަކަށް ބަލިވެއިނެވެ.

ކައިފް ގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ. ދަރިޔަކު ލިބޭތޯ އެތައް މަސައްކަތެއްކުރެ ނާކާމިޔާބް ވުމަށްފަހު ﷲގެ ތަނަވަސް ރަހުމަތުން ދަރިޔަކު ލިބެން އުޅޭތީއެވެ. ކައިފް ގެ އުއްމީދަކީ އޭނަޔަށް އުނިވެގެންދިޔަ މަންމައެއްގެ ލޮއްބާއި ބައްޕަގެ ލޯބި ދަރިފުޅަށް އުނިނުވާނެ ފަދައިން ފުރިހަމަޔަށް ދިނުމެވެ. ކައިފް ގެ ހިޔާލީ ވާފަށް ކަނޑާލީ ތުއްތު ތުއްތު ރައުޝަންގެ އަޑުންނެވެ. “ޑެޑީ އަދި ވެސް ކޮއްކޮގެ ބާތްޑޭ ކޭކް ނުނިމެނީތަ. ކޮއްކޮ އަށް ކެތެއްނުވާނެ. ކޭކް ކާން ބޭނުމީ.” ކައިފް އަދި އަލްވީ ހިނިތުން ވެލިއެވެ. “ދަރިފުޅޫ މިނިމެނީއޭ. އެކަމަކު ކޭކް ފަޅާނީ ޕާޓީ ފެށުނީމައެއްނު. ގިނަ އިރުތަކެއްނުވެ ދަރިފުޅުގެ ފުރެންޑު ކުދިން އަތުވެދާނެ. ތީ ބައްޕަގެ ބަސްއަހާ ދަރިފުޅެއްނު. ކެތްކޮއްލާ އަދި ކުޑަ އިރުކޮޅަކަށް” ކައިފް އުފާކުރެއެވެ. ދިރިއުޅުމުގެ ކިތަންމެ ހިތި ތަޖުރިބާތަކެއް ކުރެވުނު ނަމަވެސް މިއަދު އޭނަގެ ދިރިއުޅުން އާބާދުވީތީ އެވެ.

ވީރާނަވެ އޮޔާބެހިގެން ދިޔަ އޭނާގެ ދިރިއުޅުމަށް އާރޯކަން ގެނެސްދިނީ ލޯބިވާ ދަރިފުޅު ރައުޝަން އެވެ. އަންހެނުން އަލްވީ އާއެކު ދަރިފުޅު ރައުޝަން ލިބުމުން ކައިފް ގެ ހުރިހާ އުއްމީދުތައް ފުރިހަމަވީއެވެ. ދަރިފުޅު ރައުޝަން އަށްޓަކައި ކައިފް ނުކުރާނެ ކަމެއް ނޯންނާނެއެވެ. ހަޔާތައް ދިރުން ގެނެސްދިނީ ލޯބިވާ ދަރިފުޅު ރައުޝަން ކަމުގައި ވީތީއެވެ. ދުނިޔޭގައި ހުރިހައި ދުވަހަކު ކައިފް ދަރިފުޅު ރައުޝަން އަށްޓާކައި ފިދާވާނެ އެވެ. ހަޔާތައް ދިރުން ގެނުވަދިން ތީޔޭ ފަރާތޭ އަރާމާއި ނިންޖާ ނަގާނޭ ފަރާތޭ ނިކަން ލޯބިވޭ ދަރިފުޅާއޭ ނިކަން ބަސްއަހައި ކުއްޖަކަށް މޮޅުވެދޭށޭ އިމެއްނެތި މިތާ ހައްގުގައި ވާނަމޭދެން ހެވާލާބަޔައް އެދި މަސައްކަތް ކުރާށޭ. ކައިފްގެ އުއްމީދަކީ ދަރިފުޅު ރައުޝަން ހެޔޮލަފާ ސާލިހް ދަރިއެއްގެ ގޮތުގައި ބޮޑުވުމެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމެވެ. އަދި ގައުމު ފަހުރުވެރިވާފަދަ ގައުމަށް ހިދުމަތްކުރާ ދަރިޔަކަށް ރައުޝަން ވުމެވެ.

ނިމުނީ

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އަންޖަލް (1)

Next

މިހިތަކުން ނުފިލާނޭ ކިޔުންތެރިންގެ ސަމާލުކަމަ!

Next
May 27, 2020

މިހިތަކުން ނުފިލާނޭ ކިޔުންތެރިންގެ ސަމާލުކަމަ!

Previews
May 27, 2020

އަންޖަލް (1)

3 Comments!

  1. Fathima says:
    May 28, 2020 at 12:37 am

    V furihama Masha Allah v furihama.? athi ge vaahaka thah v kiyaalaa hivvey.

  2. ?Aashko?? says:
    May 30, 2020 at 1:07 am

    Sis mi vaahaka v v riythi.
    Silsilaa vaahaka eh liyaakah hiyaaleh nukurantha…
    Ummeedhu kuran sis ge silsilaa vaahaka eh ves fenigen dhaane kamah….. ly

    1. Fathimath Athifa Hussain says:
      May 30, 2020 at 4:59 am

      Thanks dear! Varah avas’musthagubalehga iraadha kurehviyyaa fennaane silsilaa vaahakaeh! I am readying for it!?

Comments are closed.



All Right Reserved!