Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުވި ދިގު އިންތިޒާރު… 2

Saaji Level 1
June 7, 2020 4 Mins Read
9 Comments

ސެންޓްރަލް ޕާކްތެރޭގައި އެހާވެސް މީހުން ގިނައެވެ. އަހަރެން ހުރީ ލަޔާލްގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެގެންނެވެ. އަހަރެން އިށީންދެ އިން ބެންޗުން ތެދުވީ ކޮންމެސް ފިރިހެނަކާ ވާހަކަ ދައްކަން ލަޔާލް ހުއްޓުމުންނެވެ. “ލަޔާލް. ހިނގާދާންދެން. މާލަސްވެއްޖެންނު.” ނަމަވެސް އަހަރެންގެ ބަސްތަކަކަށް ލަޔާލް ފަރުވާލެއް ނުބެހެއްޓިއެވެ. “ކުޑީ ވެއިޓް..” ލަޔާލް ދާން ނޫޅޫމުން އެ ފިރިހެން މީހާގެ މޫނަށް އަހަރެން ބަލާލީ ދަންނަ މީހެއްހެން ހީވުމުންނެވެ. ނަމަވެސް އެ މީހާ އިސްޖަހައިގެން ހުރުމުން ރީއްޗައް މޫނު ފެންނަ ގޮތެއް ނުވިއެވެ. “ލަޔާލް..” ތަންކޮޅެއް ބާރަށް އަހަރެން ލަޔާލްއަށް ގޮވާލީ އޭނާ އާދޭތޯއެވެ. އެވަގުތު އެ ފިރިހެން މީހާވެސް އަހަންނަށް ބަލާލިއެވެ. އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެންނެވެ. “ޝިޔާ..” އެއަޑުގައި ވި ތުރުތުރު އަހަންނަށް ވަރަށް ރީއްޗައް ފާހަގަ ވިއެވެ. ” ކުޑީ. ހިނގާ ދާން. އެނގޭތަ އެ ބޭބެ ވަރަށް ރަނގަޅު. ކޮއްކިގެ ބެލޫން ވަޔާ ދިޔައީމަ ގެނެސްދިނީ އެ ބޭބެ. އެނގޭތަ އަދި އެ ބޭބެގެ ނޭމްވެސް ބުނި. އެކަމު ކޮއްކިއަށް ކިޔަން އުނދަގޫވީމަ ބުނީ ކޫބެ ކިޔާށޭ” ލަޔާލް އަހަރެންގެ ކުރިމަތީ ހުރެގެން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަހަންނަށް އަޑު ނީވޭ ކަހަލައެވެ. އަހަންނަށް މިވަގުތު މިތަނުން ޒާލިފް ނޫން މީހަކު ނުފެންނަ ކަހަލައެވެ. އެ ދެލޮލުގައި ވި ރިހުން އަހަންނަށް ފެނެއެވެ. އެ ހިތުން ކުރަމުން އެ ދާހާ ޝަކުވާއެއް އަހަންނަށް އިވޭ ކަހަލައެވެ.

“ކުޑީ… ކުޑީ..” އަހަރެން ހަމަހޭވެރިވީ ލަޔާލް ދެތިން ފަހަރަކު އަހަންނަށް ގޮވާލުމުންނެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށް ފަހު ލަޔާލްގެ އަތުގައި ހިފާލީ ދާން ވެގެންނެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވީ  ޒާލިފް އައިސް އަހަރެމެންގެ ކުރިމައްޗައް އެރުމުންނެވެ. “ޝިޔާ. އަހަންނާ ވާހަކަ ދައްކަބަލަ އެންމެ ފަހަރަކުވެސް. ކީއްވެ ޝިޔާގެ ފޯނަށް ނުގުޅެނީ. އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ ގުޅޭތޯ. މިވީ ހުރިހާ ދުވަހަކު ޝީޔާ ކޮންތާކު…..” ޒާލިފްގެ ވާހަކައަށް ދޭނެ އެއްވެސް ޖަވާބެއް އަހަންނަކަށް ނުލިބުނެވެ. ޒާލިފް ގެ ލޯބިވެރިޔާ ކޮބައިތޯ ސުވާލު ކޮށްލާ ހިތްވިއެވެ. ނަމަވެސް ދުލުން އެންމެ ބަހެއްވެސް ބުނެލާނެހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ލަޔާލް ގޮވައިގެން ހިނގައިގަނެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.

“އެއި މީގެ 10 އަހަރު ކުރިއެވެ. އަހަންނާ ޒާލިފްއާ އެންމެ ފުރަތަމަ ދިމާވީ އިންސްޓަރގްރާމް އިންނެވެ. ވާހަކަ ދައްކާތާ 5 ވަރަކަށް މަސް ވީ އިރު ދެމީހުންނަށްވެސް ތިބީ އެކަކު އަނެކަކު ދެކެ ލޯބި ވެވިފައެވެ. ނަމަވެސް އަހަރެން ލޯބިވާކަން ހާމަނުކޮށް މަޑުކުރީ ޒާލިފް އަހަންނާމެދު ދެކޭ ގޮތެއް ނޭނގޭތީއެވެ. އެހެންނަމަވެސް ލޯބިވާކަން ހާމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ބުނެ އެންމެ ފުރަތަމަ އަހަންނަށް ލޯބި ހުށަހެޅީ ޒާލިފް އެވެ. ގުރޭޑު 10 ނިމުމުން މައިންބަފައިންގެ ހުއްދަ ހޯދައިގެން ޒާލިފް އާ ގުޅެން އަހަރެންގެ ސިކުނޑީގައި ރާވާލީ ކާމިޔާބު ވާނެ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް ކަންތައް ދިމާވީ ހީކުރި ގޮތާ މުޅީން ޚިލާފަށްށެވެ. ސާނަވީ އިމްތިހާނު ނިމުމުގެ ކުރީން އަހަރެންގެ ދޮންތައަށް އަހަރެން ޒާލިފްއާ ވާހަކަ ދައްކާކަން އެނގިއްޖެއެވެ. ބައެއްގެ މަކަރާއި ހީލަތުން އަހަރެންގެ ބައްޕައަށް ޒާލިފް އަކީ ގޯސް ކުއްޖެކޭބުނެ އަޑު އިއްވީ  ޒާލިފްއާ ލޯބީގެ ގޮތުން ގުޅެން ބޭނުންވެފަ ހުރި ކުއްޖެއްގެ މަންމައެވެ. ޒާލިފްއާ ގުޅުން ކަނޑާލަންބުނެ އަހަރެންގެ އަތުން ފޯނު އަތުލީ އަހަރެންގެ މުސްތަޤުބަލު އުޖާލާ ކުރުމަށް ކަމަށް ތަކުރާރުކޮން މަންމަ އަހަރެން ކައިރީ ބުންމުން ދިޔައެވެ. ޒާލިފްއާ ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއްނެތުމުން ކަންތައް ވީގޮތް އޮޅުން ފިލުވައިދޭނެ ގޮތެއް އަހަންނަކަށް ނެތެވެ.

މައިންބަފައިންގެ ނުރުހުމުގައި ޒާލިފްއާއި ގުޅުން އެއީ އަހަންނަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ހިތާއި ދެކޮޅަށް ނަމަވެސް ޒާލިފްއާ ދުރުވެވޭތޯ އަހަރެން މަސައްކަތްފެށީ ޒާލިފްއާ ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ. އަހަރެންގެ ގާތް އެކުވެރިއެއް ނެތް ތާނގައި މި ހުރިހާ ވާހަކައެއް ޙިއްސާ ކުރާނީ ވެސް ވަކި ކާކަށް ކަމެއް އަހަންނަކަށް ނޭނގުނެވެ. ޒާލިފް އާ ދިމާވީންސުރެ އަހަރެން ގިނަ ވާހަކަ ތައް ޙިއްސާ ކުރަނީ  އޭނާއަށްށެވެ. ނަމަވެސް މިހާރަކު ޒާލިފްއެއްވެސް ނެތެވެ.  ހިތުގައި ހުރިހާ ވާހަކަތަކެއް ބޮނޑިކޮށްގެން ކަރުނައެޅުން އެއީ މިހާރު އަހަރެންގެ އާދައެވެ.

ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައިރުވެސް އަހަރެންގެ ހިރުގައި ޒާލިފްއާމެދު އޮތް ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒާލިފްއާ ވާހަކަދެއްކޭނެ އެއްވެސް ގޮތެއްނެތި ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެންގެ ހިތުން ޒާލިފްގެ ނަން ފޮހެލަން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރު ވެފައެވެ. އަހަންނަށް ފޯނަކާއި ސިމްއެއް ބައްޕަ ދިނީ އޯލެވެލް އިމްތިހާނު ނިމުމުންނެވެ. ބައްޕަ އާއި މަންމަ ބޭނުންވާފަދަ ފޮނި ނަތީޖާއެއް އަހަންނަށް ހޯދުނީ ރޭގަނޑު ހޭލާ ހުރެގެންނާއި ފިލާވަޅުތަކަށް އެންމެ ފުރިހަމަ ގޮތެއްގައި ސަމާލުކަންދެވުމުންނެވެ.  މައިންބަފައިން ގަބޫލު ނުވާނެކަން އެނގިހުރެވެސް އަހަރެން ޒާލިފްއަށް މެސެޖު ކުރީ ޒާލިފްގެ ނަމްބަރު އަހަންނަށް އެނގޭތީއެވެ. އެހެންނަމަވެސް މިފަހަރު މެސެޖު ކުރީ މިއީ އަހަރެންކަން ހާމަ ނުކޮށްށެވެ. ރިޕްލައިއެއް ނުލިބި ދެތިން ދުވަސް ވުމުން އަހަރެން ޒާލިފް އަށް ގުޅީ އިތުރައް ކެތް ނުކުރެވިގެންނެވެ. ފޯނު ނެގުމާއެކުހެން އަހަރެންނަށް ހަލޯއޭ ބުނެވުނީ ކުރަކިވެފައިވާ އަޑަކުންނެވެ. ޒާލިފްއަށް އަހަރެންގެ އަޑު ފާހަގަ ނުކުރެވުނީ ކަންނޭނގެއެވެ. ނޫނީ ޒާލިފް އެއްކޮށް އަހަރެން މަތިން ހަނދާން ނައްތާލީ ކަމަށްވެސް ވެދާނެއެވެ. ޒާލިފް ތީ ކާކުހޭ ބުނިގޮތުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އަހަރެން އަދިވެސް ޒާލިފް ދެކެ ލޯބިވާ ވާހަކަ ނުބުނެ ފޯނު ކަނޑާލާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އަހަރެން ޒާލިފްދެކެ ލޯބިވެއޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ. “އަހަރެން ލޯބިވާ ކުއްޖަކު ހުރޭ. އިތުރު އެކަކުވެސް އަހަރެންގެ ޙަޔާތައް ގެންނާކަށް ބޭނުމެއް ނޫން. ސާފުވެއްޖެ. ތިހެން އަހަންނަށް ކިތަންމެ އަންހެނެއް ގުޅިޔަސް އަހަރެންގެ ލޯތްބެއް ނުލިބޭނެ.” ޒާލިފްގެ ބަސްތަކުން ދެން ޒާލިފް އަހަރެން ބޭނުން ނުވާނެކަން ޔަޤީން ކުރެވުނެވެ. އެހިނދު އަހަރެން ފޯނު ކަނޑާލީ ލޮލުގައި ހިފަހަށްޓައިގެން ހުރި ކަރުނަތައް ފައިބައިގަތުމުންނެވެ. ހިތުގެ ކަނަކުން ގޮވަމުން ދިޔައީ އަހަންނަށް އޮޅުން އެރީ ކަމަށްށެވެ. ނަމަވެސް ސިކުނޑި ބުނަނީ މުޅީން އެހެން ގޮތަކަށްށެވެ. ޒާލިފް އެހެން އަންހެން ކުއްޖެއް ދެކެ ލޯބިވާ ކަމަށްށެވެ.

އެދުވަހަށްފަހު އަހަރެންގެ ހިތައް ދެން ޒާލިފް ނުލިބޭނެކަން ވިސްނައިދޭން ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެންގެ މި ހިލަހިތް ޤަބޫލެއް ނުކުރެއެވެ. ކޮންމެވެސް ގޮތަކުން ވީނުވީ ޒާލިފްއަށް އަންގާދޭން މަސައްކަތް ކުރުމަށް ހިތް ބުނަންފެށިއެވެ. ނަމަވެސް ޒާލިފް އެހެންކުއްޖެއްދެކެ ލޯބިވާކަން އެނގިހުރެ އެކަން ކުރަން އަހަންނަކަށް ފަސޭހައެއް ނުވާނެއެވެ.”

“ދޮންތާ. ތިއްތަ ކޮބާތަ؟ ތިއްތަގެ ހަބަރެއް ވެސް ނުވޭ މިހާރު. މިއަދު އެ ގެއަށް ދިޔައިރު ތަޅުލާފަ ހުރީ. ފޯން ވެސް ނިއްވާލާފަ އޮތީ.” ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު އަހަރެން ތިއްތަގެ ވާހަކަ އެހީ އަހަރެން ކިޔަވަން ދިޔައީން ސުރެ ތިއްތަގެ ހަބަރެއް އަހަންނަށް ނުވާތީއެވެ. އެންމެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ އަހަންނަށް ނޭނގޭ ކޮންމެވެސް ސިއްރެއް އޭގައި އޮތުމުންނެވެ. ބައްޕަ ކާން އިން ތަށި ބަހައްޓާފައި އަތްދޮވެގެން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. މަންމަވެސް ހެދީ އެހެންނެވެ. ބާކީ ތިބީ އަހަންނާއި ދޮންތައާއި ލަޔާލްއެވެ. “މިޝީ. މިރޭ ލަޔާލް ނިދީމަ ހިނގާބަލަ ދޮންތައާއެއްކޮށް ބޭރަށް ދާން. ގޭތެރެއަށް ބޭނުންވާ ބައެއް އެއްޗެހި ގަންނަންވެފަ އެބަހުރި.” ދޮންތަވެސް ބެލީ އަވަހަށް ކައިގެން ލަޔާލް ގޮވައިގެން ކޮޓަރިއަށް ދެވޭތޯއެވެ. އަނެއްކާ އެންމެން އަހަންނަށް ފޮރުވަން މި އުޅެނީ ކޮންކަމެއް ބާއެވެ؟

އެރޭ 21:30 ހާއިރު އަހަރެން ދޮންތަ އާއެކު ބޭރަށް ދިޔައީ އަހަރެން ކުރިން ކުރި ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. “ދޮންތަ ފިހާރައަށްށޭ ކިޔާފަ ކޮންތާކަށް ތި ދަނީ؟” ދޮންތަގެ މިސްރާބު ހުރީ ފިހާރައަކާ ދިމާލަކަށް ނޫނެވެ. އާޓިފިޝަލް ބީޗް އާ ދިމާލުގައި ސައިކަލު ޕާކު ކުރުމަށްފަހު ދޮންތަ ހިނގައިގަތީ ބީޗާ ދިމާލަށްށެވެ. “މިޝީ މިތާ އިށީނދެބަލަ. ދޮންތަ މިރޭ މި އައީ ފިހާރައަކަށް ނޫން. އެކަމު މިޝީއަށް ހުރިހާއެއްޗެއް ކިޔައިދޭން.” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން ދޮންތަ ކައިރީގައި އިށީނީ ދޮންތަ ދައްކަން އެ އުޅޭ ވާހަކައެއް ނޭނގޭތީއެވެ. ހިތުގެ އެއް ކަނަކުން ގޮވަމުން ދިޔައީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމަށެވެ.

 

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saaji

Level 1

A level student. Loves to read and write. Got prizes from story writing competitions several times. Always welcome to positive and negative feedbacks. Hope you guys will love my stories. Insha allah will keep uploading until the story ends. ?

Other Articles

Previous

ބެސްޓެސްޓް ބެސްޓީ

Next

ޒާޔާ (ހަތްވަނަ ބައި)

Next
June 7, 2020

ޒާޔާ (ހަތްވަނަ ބައި)

Previews
June 7, 2020

ބެސްޓެސްޓް ބެސްޓީ

9 Comments!

  1. Saaji says:
    June 7, 2020 at 11:18 am

    Hello all my readers. Here is 2nd part of this story. Hope you all will love this part.
    ❤?

  2. Saaii says:
    June 7, 2020 at 1:51 pm

    V salhi… kyp it up girl ❤?

    1. Saaji says:
      June 7, 2020 at 2:10 pm

      Thankyou ❤?

  3. Shaa says:
    June 7, 2020 at 4:13 pm

    Varah reethi vaahaka ❤️
    Waiting for the next part.

    1. Saaji says:
      June 8, 2020 at 4:02 am

      thankyou so much ?❤

  4. ?Alika?? says:
    June 7, 2020 at 10:35 pm

    Maasha Allah. Love this part too.
    Curiously waiting for the next part. ???

    1. Saaji says:
      June 8, 2020 at 4:02 am

      Thankyou. ❤❤?

  5. ammu says:
    June 10, 2020 at 2:20 pm

    masha allah very nice. when next part. keepit up girl. you can do this. proud of you
    ??❤❤❤

  6. ?NaAi? says:
    June 10, 2020 at 2:23 pm

    mi part ves varah salhi. kuriah oiyy bayah inthizaaru kuran.
    KEEP IT UP SAAJII
    ??❣❤?????

Comments are closed.

Next Episodeކުރުވި ދިގު އިންތިޒާރު… 3←


All Right Reserved!