“އަހަރެންވެސް ޝިޔާދެކެ ވަރަށް ލޯބިވޭ. ޝިޔާ އަހަންނާ އިންނަންވީނު؟” ޒާލިފް އަހަރެންގެ ކޯތާފަތްމަތީ ރޮނގަކަށް ދެމިފައި ހުރި ކަރުނަތައް ފޮހެލަދިނުމަށްފަހު ކޮށްލި ސުވާލުން އަހަރެންގެ ހިތް ފުރިގެން ދިޔަ ކަހަލައެވެ. “އާނ އާނ. އަހަރެން ބޭނުން ޒާލިފްއާ އިންނަން. އެކަމު ބައްޕަ….” ޒާލިފްއަށް އާބަސް ބުނެވުނީ ހިތް އެކަމަށް އެދޭ ވަރުންނެވެ. ނަމަވެސް ބައްޕަ ޤަބޫލު ނުވާނެކަން ސިކުނޑި އަހަންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. “ބައްޕަ ކިހިނެއްވީ؟ ބައްޕަ އަދިވެސް އަހަންނާ ޤަބޫލު ނުވާނެތަ؟ އަހަރެން ޝިޔާގެ […]
އައު އަހަރަކަށް މަރުޙަބާ ކީ އަހަރެންގެ ހިތައް ލުއިތަކެއް ގެނުވަމުންނެވެ. ޒާލިފްއާއި އަހަންނާ ދިމާވާ ކޮންމެ ދުވަހަކީ މިހާރު އަހަރެންގެ ޙަޔާތައް އަންނަ އެންމެ އުފާވެރި ދުވަސްތަކޭވެސް ބުނެވިދާނެއެވެ. ނަމަވެސް ޒާލިފް ލޯބިވާ ކުއްޖަކު ހުންނަކަން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތައް ކަށިތަކެއް ހެރޭ ފަދައެވެ. “ޝިޔާ. އަހަރެން ބޭނުން ޝިޔާ އާ މީޓް ކޮށްލަން. ރަސްފަންނަށް. މިރޭ 9 ޖަހައިރު.” އެމް އާރް އައި ރިޕޯޓް ދައްކަން އައިސް ގެއަށް ދަމުން ޒާލިފް އެހެން […]
އެރޭ 21:30 ހާއިރު އަހަރެން ދޮންތަ އާއެކު ބޭރަށް ދިޔައީ އަހަރެން ކުރިން ކުރި ސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. “ދޮންތަ ފިހާރައަށްށޭ ކިޔާފަ ކޮންތާކަށް ތި ދަނީ؟” ދޮންތަގެ މިސްރާބު ހުރީ ފިހާރައަކާ ދިމާލަކަށް ނޫނެވެ. އާޓިފިޝަލް ބީޗް އާ ދިމާކުގައި ސައިކަލު ޕާކު ކުރުމަށްފަހު ދޮންތަ ހިނގައިގަތީ ބީޗާ ދިމާލަށްށެވެ. “މިޝީ މިތާ އިށީނދެބަލަ. ދޮންތަ މިރޭ މި އައީ ފިހާރައަކަށް ނޫން. އެކަމު މިޝީއަށް ހުރިހާއެއްޗެއް ކިޔައިދޭން.” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން […]
ސެންޓްރަލް ޕާކްތެރޭގައި އެހާވެސް މީހުން ގިނައެވެ. އަހަރެން ހުރީ ލަޔާލްގެ ހަރަކާތްތަކަށް ވަރަށް ފަރުވާތެރިވެގެންނެވެ. އަހަރެން އިށީންދެ އިން ބެންޗުން ތެދުވީ ކޮންމެސް ފިރިހެނަކާ ވާހަކަ ދައްކަން ލަޔާލް ހުއްޓުމުންނެވެ. “ލަޔާލް. ހިނގާދާންދެން. މާލަސްވެއްޖެންނު.” ނަމަވެސް އަހަރެންގެ ބަސްތަކަކަށް ލަޔާލް ފަރުވާލެއް ނުބެހެއްޓިއެވެ. “ކުޑީ ވެއިޓް..” ލަޔާލް ދާން ނޫޅޫމުން އެ ފިރިހެން މީހާގެ މޫނަށް އަހަރެން ބަލާލީ ދަންނަ މީހެއްހެން ހީވުމުންނެވެ. ނަމަވެސް އެ މީހާ އިސްޖަހައިގެން ހުރުމުން ރީއްޗައް މޫނު ފެންނަ ގޮތެއް ނުވިއެވެ. […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި ފްލައިޓް ޖެއްސުމާއެކު އަހަރެންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. އެތަކެއް ދުވަހަކަށް ފަހު އުފަން ބިމުގައި ފައި ޖައްސާލެވޭނެ ވަގުތަކަށް ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައެވެ. 5 މިނެޓެއް ހާއިރު މަޑުކޮށްލުމަށްފަހު ބޯޓުން ފައިބައިގެން އެރައިވަލްސް ގޭޓުން ވަދެގެން އަހަރެން މިސްރާބު ޖެހީ ފޮށި ނަގަން ދިއުމަށްށެވެ. މަންމަ އާއި ބައްޕަގެ ފޮނި ހުވަފެންތައް ހަޤީގަތަކަށް ހަދައިދެވުނު ކަމުގެ އިހުސާސްތަށް ހިތަށް ވެރިވި ހިނދު ހިތް އުފަލުން ނަށާލި […]
އިންތިހާއަށް އެކަކު އަނެކަކުދެކެ ލޯބިވާ ދެ ލޯބިވެރިން ވަކިވާން މަޖުބޫރުވެ ދެމީހުން އެކަކު އަނެކަކަށް ގެއްލުމަށްފަހު ވެސް އެ ލޯބި ހަނދާންތަކާ ދުރުނުވެ އެތައް ދުވަހެއް ވޭތުކުރެއެވެ. ވީނުވީއެއް ނޭނގި ލޯބިވެރިޔާ ގެއްލުމުން ކޮށްފައިވާ ބަޔާން ކުރަން ދަތި އަސަރާއެކުވެސް ދިރިއުޅުން އާރާސްތު ކުރުމަށް ކެނޑިނޭޅި ހިތްވަރު ކުރެއެވެ. ތަޤްދީރުގައި ލިޔެވިފައި އޮތުމުން ދެމީހުން ފަހުން ބައްދަލުވެ….. އިންތިޒާރުކޮށްލައްވާ!