Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާލޯބި އެނގޭނަމަ…(14)

lilly Level 510 Stories100 Comments100 Login500 Comments
June 7, 2020 5 Mins Read
29 Comments

“ހަލޯ ހަމްދީސޯ އެއްކަލަ ޕްރޮޖެކްޓް ކަންތަކާ ވާހަކަ ދައްކަން އެ ކޮމްޕެނީގެ ސީއީއޯ މާދަން މާލެ ދާ ހަބަރު އޮތީ ލިބިފަ އެހެންވީމަ އެކަންތަކާ ހަވާލުވެދެއްވާތި” ލަންކާއިން އައި ފޯނުކޯލު ނިމުމުން ހަމްދީ ފޯނު ބޭއްވިއެވެ. މިއީ ވަރަށްވެސް ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހަމްދީމެނަށް ލިބިއްޖިއްޔާމު ވަރަށް ވެސް ބޮޑު ފައިދާއެއްކުރާނެ ހަމަ އެއާއެކު މި ޕްރޮޖެކްޓް އަތުން ދޫވެއްޖިއްޔާމު މުޅި ވިޔަފާރި ހަލާކު ވުމަކީވެސް އެކަށީގެންވާކަމެކެވެ…..

2 އަހަރުގެ ދިގު އިންތިޒަރެއް ނިމުމަކަށް އަންނާތީ ނާއިމް ހުރީ ވަރަށްވެސް އުފަލުންނެވެ. އެހިތުގެ ރާނީ ދެކިލުމަށް ކެއްމަދުވެފައެވެ. ފްލައިޓުގައި އިންއިރުވެސް ނާއިމްގެ ހިތްއާދަޔާހިލާފަށް ބާރަށް ތެޅެމުންދާކަން ފާހަގަ ކުރެވެއެވެ. އައިއެސްއޭ ކޮންޕެނީގެ ޕްރައިވެޓް ފްލައިޓްގައި ނާއިމް ދަތުރުކުރަމުންދިޔައިރު އެ ސިކުނޑީގައި ރިޕީޓުކޮށް ކިޔެމުން ދަނީ ހަމަ އެންމެ އިންސާނެއްގެ ނަމެވެ. ސިއާގެ ހަނދާންތައް އާކުރުމުގައި އިން ނާއިމްއަށް ފްލައިޓް ޖެއްސިއިރުވެސް ރޭކާނުލައެވެ. ކަޅުކުލައިގެ ކޯޓުފަޓުލޫނެއްލައިފައި ކަނޑުނޫކުލައިގެ ޓައްވެއް އަޅައިފައި ހުންނައިރު ނާއިމް ވަރަށްވެސް ފިރިހެންވަންތައެވެ. ނާއިމްގެ ފަހަތުން ފްލައިޓުން ނާއިމްގެ އެސިސްޓެންޓް ޝާޝާ ފޭބިއެވެ. ޝާޝާ އަކީ ލަންކާ މީހެކެވެ. ނަމަވެސް ނާއިމްގެ ފަރާތުން ދިވެހިން ވާހަކަ ދައްކަން ކުޑަކޮށް ވަނީ ދަސްވެފައެވެ. “އެތަށް އަހަރެއް ފަހުން މާލެއާދެވުނީމަ އުފާވޭތަ ބޮސް” “ކީއްވެ އުފާނުވަންވީ ޝާޝާ އަހަރެންގެ ދިގުދިގު އިންތިޒާރަށް ނިމުމެއް އަންނަންއެއުޅެނީ މިހާރު އަހަރެންނަށް ސިއާ ނުލިބެންވި އެއްވެސް ސަބަބެއް ނެތް”

އައިއެސްއޭ ކޮންޕެނީއަކީ މީގެ 2 އަހަރެއްހާ ދުވަސްކުރިން ނާއިމްގެ ބުރަ މަސަތްކަތުން ހުޅުވި ވިޔަފާރިއެކެވެ. ފުރަތަމަކޮޅު މި ވިޔަފާރިއަކީ ކިތަންމެ ކުޑަ އަދި ބާރެއްނެތް ކޮންޕެނީއެއްކަމަކު މިއަދު އައިއެސްއޭ ކޮންޕެނީއޭ ބުނުމުން އެއީ ކޮންތަނެއްކަން ނޭނގޭ މީހަކު މަދުވާނެއެވެ. ނާއިމްގެ ބުރަމަސަތްކަތުން އައިއެސްއޭ ކޮންޕެނީވަނީ ވަރަށްވެސް ބޮޑަށް ފުޅާވެފައެވެ. ނާއިމް މި މަސަތްކަތްފެށުނުއްސުރެ ނާއިމްއަށް އެހީތެރިވެދިނުމުގައި އެންމެ ބުރަކޮށް މަސަތްކަތްކޮއްދިނީ ޝާޝާއެވެ.

“ދެން ތެދުވެބަލަ އޮފީހަކަށް ދާކަށް ނުޖެހޭތަ؟؟” ނިދާހޭލެވުމުންވެސް ކިއާން ސިއާގައިގައި ބައްދައިގެން އޮތުމުން ސިއާ ބުނެލިއެވެ. “އަހަރެންގެ ލޯބި ލޯބި ވައިފީ ހުއްޓާ ކޮން އޮފީހެއް” “ހޫން އަވަހަށް ތެދުވަންއުޅޭ” “ދެން ނޫން 1 މިނެޓް” ކިއާން ކުސްތަޅަން ފެށިއެވެ. މީ ކޮންމެ ދުވަހެއްގެ ވެސް ހާލަތެވެ. އެހެން 1 މިނެޓޭ ކިޔަކިޔާއޮއްވާ 2 ގަޑީރުވެސް ވެދާނެއެވެ. ސިއާގެ ކިއާންގެ އަތުގައި ދަތްއެޅިއެވެ. “ހެވޭ ދަތްއަޅައިގެން ކާލިއަސް ނުދާނަން ދުރަކަށް” ކިއާން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. މިހެން ހަދައިގެން ކިއާންއަށް ކޮންމެ ދުވަހަކުވެސް އޮފީހަށް ދެވެނީ ގަޑިޖެހިގެނެވެ. ކުއްލިއަކަށް ކިއާންއަށް ހަމްދީގެ ކޯލެއް އައެވެ. “ދަރިފުޅާ އޮފީހުގަތަ؟” “ލަ.. ލައްބަ ބައްޕާ މި ބްރޭކްފާސްޓް ގަޑިއަށް ގެއަށް ގޮސް މީނީ” ކިއާން ސިކުނޑިއަށް އެންމެ އަވަހަށް އައި އެތި ބުނެލިއެވެ. “މެންދުރު ވީމަތަ ބްރޭކް ގަޑިއަށް ދަނީ؟؟ ތިއެއްނޫނޭ ބައްޕަ މި ގުޅީ ވަރަށް ބޮޑު ކަމަކު އެއްކަލަ ލަންކާ ޕްރޮޖެކްޓް ހަދާ ކޮންޕެނީގެ ސީއީއޯ މިއަދު ހަވީރު މާލެ އަންނާތީ އެއާޕޯޓަށް ގޮސްލަދޭށޭ ބުނަންވެގެން ކުއްލިގޮތަކަށް ވިޔަފާރި ދަތުރަކަށް އިންޑިއާ އަށް ދާންޖެހިގެން ބައްޕަ އަކަށް ދެވޭގޮތެއް ނުވި” “ހާސްނުވޭ ބައްޕާ އަހަރެން ދާނަމޭ” ހަމްދީ ފޯނު ބޭއްވުމުން ކިއާން ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “ބްރޭކްފާސަޓަށް ގެއަށް އައިސްއޭ؟؟؟ އަހަ އަހަ ބުނިނަމަ ދަތްއުނގުޅަން ގެއަށް އައިސްއޭ އަހަ އަހަ” ސިއާ ހެމުން ހެމުން ބުނެލިއެވެ. “ކީއްކުރާނީ ސިއާ އާހެދި މިހާރު އަހަރެންނަށް އަބަދު ގަޑިޖެހިގެން އޮފީހަށް ދެވެނީ” “އަހަރެންނާހެދިއޭ ބަލަ ކިއާން އެންނު ނުހޭލާ އޮންނަނީ” ސިއާ ތުން ދިގުކޮއްލަމުން ބުނެލިއެވެ. “އަހަރެންގެ ވައިފީ ލޯބިކަމުން ހަމަ ދުރުގަ ހުންނަން ކެއްނުވަނީއޭ” ކިއާން ސިއާގެ ކޮލުގައި ހިފަމުން ބުނެލިއެވެ. “ހޫން ދެން ހެވޭ” ކިއާން ލަވަ ކިޔަމުން ކިޔަމުން ސިއާ އާ ދިމަލަށް އެއްލޯމަރާލަމުން ފާހަނައަށް ވަނެވެ. ކިއާން ސަކަރާތްގަދަކަމުން ސިއާ ދެފަރާތަށް ބޯހޫރާލިއެވެ. ސިއާ އާއި ކިއާންގެ ކައިވެންޏަށް އެހާ ގިނަދުވަސް ވިއެއްކަމަކު އެދެމީހުންގެ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އައިއެސްއޭ ޖަހައިފައި އިން ބޯޑެއް ހިފައްޓަައިގެން ކިއާން އެއާޕޯޓަށް ދިޔައެވެ. ތަންކޮޅެއް ދުރުގައި ޒުވާން ފިރިހެނެއް އެއިއެސްއޭ ޖަހައިފައި އިން ބޯޑެއް ހިފައްޓައިގެން އިންތަން ފެނުމުން ނާއިމް އެދިމާލަށް ދިއުމަށް އަވަސްވެގަތެވެ. ކިއާންއަށް ނާއިމް ފެނުމުން ސަލާން ކޮއްލިއެވެ. “ކޮބާ ދަތުރު ކިހިނެއްތޯ؟” ކިއާން ހިނިތުންވަމުން ވާހަކަ ދައްކަން ފެއްޓިއެވެ. “ދަތުރު ހަބަ ބަރާބަރު ކޮބާތަ ބައް.. މިބުނީ ހަމްދީބެ” ނާއިމް ބުނެލިއެވެ. “ހަމްދީބެ ކުއްލިއަކަށް ވިޔަފާރިދަތުރެއްގައި އިންޑިއާ އަށް ދާންޖެހިގެން ނާދެވުނީ ހާސްނުވޭ އަހަރެން މިހިރީ ކަމެއް ބޭނުމިއްޔާ އަވަހަށް ވާނެ އިނގޭ ބުނަން” ކިއާން ނާއިމްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ނާއިމް އާއި ކިއާންގެ މިޒާޖުގައި އެއްގޮތްކަމެއް ހުރުމުން މި ދެމީހުންގެ މެދުގައި މާބޮޑު ބީރަށްޓެހި ކަމެއް ނެތެވެ. “ހަލޯ މިހާރުލާ އަހަރެން މަތިން ހަނދާންވާންފެށީ އަހަ އަހަ” “ނޫނޭ ވޮލެޓް ބާއްވާފަ ދިޔައީމަ” އިވުނީ ސިއާގެ އަޑެވެ. “އަޅާނުލާ ބައްވާ ފަހުން ބަލާދާނަން ލަވް ޔޫ” ކިއާން ފޯނުން ސިއާ އާ ވާހަކަ ދައްކާތަން ބަލަން ހުރި ނާއިމްގެ މޫނުމަތީގައި ވަނީ ބޮޑު ހިނިތުންވުމެކެވެ. “ވައިފްތަ؟؟” “ޔާ ނާއިމް މެރިޑްތަ؟؟” “ނޫން މެރިޑް އެއްނޫން އެކަމް އެވެއިލެބަލް އެއްވެސް ނޫން 2 އަހަރު ކޮއްފަ މިއައީ އެ އަންހެން ކުއްޖާއާ މެރީ ކުރަން” “ވެޑިންނައް އިންވައިޓް ކުރަންވާނެ އިނގޭ” “މައްސަލައެއްނޯންނާނެ” “ކޮބާ ކޮންތާކު ހުންނަނީ؟؟” ކިއާން ނާއިމްގާތުގައި އަހާލިއެވެ. “މިތާ ހޮޓަލެއްގަ ހުންނާނެ ކަމަށް އަހަރެންގެ ހުންނަނީ ހަމައެކަނި މަންމަ އާއިލާގެ އިތުރުމީހެއްނެތް” “އެހެންތަ ކޮބާ މަންމަ؟؟” “މަންމަ ވަރަށް ބަލިކޮށް އުޅޭތީ ފަރުވާދިނުމަށް ލަންކާގަ ބެހެއްޓީ” “އަހަރެންގެ ގެއަށް އަންނަންވީނު އަހަރެންގެ އާއިލާއަކީ ވެސް ހަމަ ނާއިމްގެ އާއިލާ ކަމަށް ބަލާ” “ކިއާން ގޭ މީހުން އޯކޭ ވާނެ ތަ އަނެއްކާ” “އާން ގޭގަ އެއްނޫޅޭނެ މާ ބައިވަރު މީހުނެއްވެސް ބައްޕަ އާއި އަންބިމީހާއާއި ދެން ބޭކާރު ދެމީހުނާ އުޅޭނީ އަހަ އަހަ” ކިއާން ނާއިމްއާއި ޝާޝާ ގޮވައިގެން ގެއާ ދިމަލަށް ދިއުމަށް މިސްރާބުޖެހީ ވެއްޓެން މިއުޅެނީ ކިހާ ފުން ވަޅުގަނޑެއް ކަމެއް ވެސް ނޭނގިހުރެއެވެ.

ނޫރާ އާއި ސިއާ ތިބީ ގޭގެ ސިޓިންރޫމްގައި ކޮފީއެއްބޯށެވެ. “ވާހަކައެއް އަޑުއެހިން ތެދެއްތަ އެއީ؟ އަހަ އަހަ” ކޮފީތަށިން އެތިކޮޅެއް ބޯލަމުން ސިއާ ބުނެލިއެވެ. “ކޮންކަމެއްތަ އަނެއްކާ” “ކަލެއާ ރާކިންއާ ދެމީހުންގެ ވާހަކަ މުޅި އޮފީސްތެރޭގަ އޮތީ” “ޕިސް ޕިސް ކީއްކުރާނީ އޭނަ އެއުޅެނީ އަހަރެންގެ ފަހަތުން ނައްޓަން ނޭނގިގެނެއްނު” “ކޮބާ މައްސަލައަކީ ރާކިން އަކީ ނުލާހިކު ރަނގަޅުމީހެއް ވިއްޔަ” “އަހަރެންގެ ވާހަކަ ބާއްވާ ސިއާގެ ލައިފް ސެޓެއްނު މިހާރު” “އާން އަހަރެން މިހާރު މިއުޅެނީ ވަރަށް އުފަލުން ކިއާންވެސް ވަރަށް ރަނގަޅު ނޫރާވެސް އަވަހަށް ކައިވެނި ކުރަން އުޅެބަލަ” “އަހަ އަހަ މީހެއް ލިބިގެނެއްނު ތިކަން ވާނީ އަނެއް ބޮލަށް ތަދުވުން ކަހަލަ ކަމެއް ވޭތަ އަދިވެސް” “ނޫން އެކަމަކު ބައެއް މަންޒަރުތައް ސިފަވޭ ވަރަށް ފުސްފުސްކޮށް” “އެކަމާ މެދު ނުވިސްނާ އޭރުން އޯކޭ ވާނެ އަހަރެން އަބަދުވެސް އެދެނީ ސިއާ އާއި ކިއާން އުފަލުގަ އުޅުމަށް” ނޫރާ ބުނެލިއެވެ. ގޭގެ ބޮޑުދޮރުން ވަދެގެން އައި ކިއާންގެ ފަހަތުން ވަތް ނާއިމްގެ މޫނު ފެނުމުން ނޫރާ ބޯންއިން ކޮފީތަށި ބިންމައްޗައް ވެއްޓި ތަށި ތަޅައިގެން ދިޔައެވެ. ބާރު އަޑެއް އިވުމުން އެދިމާލަށް ނަޒަރު ހިންގާލިވަގުތު އެތާ އިން ސިއާ ފެނުމުން ނާއިމްގެ މޫނުމަތި އަލިވެގެން ދިޔައެވެ. ނާއިމް ދިޔަ ގޮތަށް ސިއާ ގައިގައި ބައްދައިގަތެވެ. “ޗަބީ އައި މިސްޑް ޔޫ ސޯ މަޗް” މި މަންޒަރު ނޫރާ އަށް ފެނުމުން ބިރުން ތުރުތުރު ލާންފެއްޓިއެވެ. ވާނުވާގައި ހުރި ސިއާ ނާއިމް ދުރަށް ކޮއްޕާލައިފައި މޫނުމަތީގައި ޖެހިއެވެ. “ހައު ޑެއާޔޫ” ސިއާގެ މިއަމަލުން ނާއިމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. “އެހާ ގިނަދުވަސް ފަހުން ފެނުނީމަ ވީގޮތެއްދޯ ތީ” ނާއިމް ސިއާގެ އަތުގައި ހިފުމުން ސިއާ އަވަހަށް އަތް ދަމައިގަތެވެ. “ހޫ އާ ޔޫ؟؟؟” މިތަން ކިއާން އަށް ފެނުމުން ނާއިމްދެކެ ރުޅިއާދެވުނެވެ. “ނާއިމް ވަޓް އާ ޔޫ ޑުއިން ދިސް އިޒް މައި ވައިފް ސިއާ މުހަންމަދު ހަމްދީ” ކިއާން ބުނި ޖުމްލައިގެ ސަބަބުން ނާއިމްގެ ދުނިޔެ ހުއްޓުނު ކަހަލައެވެ. “ވަޓް؟؟؟؟ ސިއާ ހަމަ ނޭނގެނީތަ އަހަރެން މީ ކާކުކަން؟؟” ނާއިމް ބޮލުގައި އަތް އަޅަމުން ބުނެލިއެވެ. މީ އެއްގޮތަކަސްވެސް ނާއިމް ހީކުރިކަހަލަ ކަމެއްނޫނެވެ. “އައި އެމް ސޮރީ ބަޓް އަހަރެންނަކަށް ނޭނގޭތީކާކު ކަމެއް ތިނަން ވެސް އަދި ތިމޫނު ވެސް ފެނުނު މީ ފުރަތަމަ ފަހަރު” ނާއިމް ދެން ބަލާލީ އިސްޖަހައިގެން އިން ނޫރާ އާ ދިމަލަށެވެ. ނާއިމް ނޫރާ އާ ދިމަލަށް ކިތަންމެ ވަރަކަށް ބެލިއަސް ނޫރާއަށް ވެސް ވަކި ކުރެވޭނެ ކަމެއް ނެތެވެ. “ނޫރާ މީ ކޮންކަމެއް؟؟ ކީއްމިވީ؟؟” ނާއިމް ސުވާލަކަށް ފަހު ސުވާލެއް ނޫރާ އާ ކުރަމުން ދިޔައެވެ. ނަމަވެސް ނޫރާގެ ދުލުގައި ތަޅެއްލެވިފައި ފަދައެވެ. ނޫރާގެ އަނގައިން އެންމެ ބަހެއް ނުނިކުއްތާގައި އިސްނަގާ ނާއިމްއާ ދިމަލަށް ބަލަން ވެސް ނުކެރުނެވެ. ނޫރާ އަނގައިން ނުބުނުމުން ނާއިމް ނޫރާގެ ކޮނޑުގައި ހިފިއެވެ. ވަގުތުން ރާކިން ނާއިމްގެ އަތްނައްޓުވާލިއެވެ. އަދި ނޫރާ ގޮވައިގެން އެތަނުން ނިކުތެވެ. ނާއިމް ސިއާ އާ ދިމަލަށް އެއް ފިޔަވަޅު އެޅުމުން ސިއާ ކިއާން ގައިގައި މަޑުމަޑުން ބައްދާލިއެވެ. މިމަންޒަރު ފެނުމުން ނާއިމް ލޯމަރާލިއެވެ. އޭނަގެ ހިތުގެ ރާނީ އެހެންމީހެއްގެ ގައިގައި ބީހޭ މަންޒަރު ފެނުމުން އެ ހިތަށް ކެއްވާނީ ކިހިނަކުންތޯ. ކިއާންގެ އެދުމަށް ގޭގެ މަސަތްކަތު މީހާ ނާއިމް ގޮވައިގެން ކޮޓަރި ދައްކަން ދިޔައެވެ. “އެއީ ކާކުތަ؟؟” ނާއިމް ދިއުމުން ސިއާ ކިއާން ގާތު އަހާލިއެވެ. “އެއީ އައިއެސްއޭ ކޮމްޕެނީގެ ސީއީއޯ ސިއާގެ ބައްޕަ ބުނެގެން އެއާޕޯޓަށް ބަލައިދިޔަ މީހާ” “ދެން މިގޭގަތަ ބަހައްޓަނީ؟؟” “ކިހިނެއްވީ ކަމަކުނުދޭތަ އެގޮތެއް” “ނޫނޭ ހަމަ ކިއާން އަތް ފެންނަ ގޮތެއް ހެދީމަ ރަނގަޅުވާނެ އެކަމް އޭނަ ކީއްވެއޯ އައިސް އަހަރެންގައިގައި ތަތްވެގަތީ އަދި ގޮވާލީ ޗަބީއޭ ކިޔާފަ” “އަހަ އަހަ އަޅާނުލާ ވެދާނެ އޭނަ ދަންނަ ކުއްޖަކާ ސިއާ ވައްތަރުވީމަ ކަމަށްވެސް އެއީ ވަރަށް ރަނގަޅުމީހެއް” މާބޮޑު ކަމަކަށް ނަހަދާ ކިއާންއާއި ސިއާ އެދެމީހުންގެ ކޮޓަރިއަށް ދިޔައެވެ.

އެއާ ހިލާފަށް ނާއިމްގެ ސިކުނޑިތެރޭގައި ވަނީ ހުސް ސުވާލެވެ. ކޮޓަރިއަށް ވަން ގޮތަށް ބޮލުގަ އަތްއަޅައިގެން ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސަތްކަތް ކުރިއެވެ. ނާއިމް ހަދާނެ ގޮތް ހުސްވިއެވެ. ހަމްދީއަށް ގުޅާ ގުޅާ ފޯނެއް ނުނެގިއެވެ. 2 އަހަރު ދުވަހު ބުރަކޮށް މަސަތްކަތްކޮއްގެން ވިޔަފާރި ފުޅާ ކުރީ ސިއާ އަށް ޓަކައެވެ. ނާއިމް މާލެ އައީ ސިއާ ލިބޭނެ ކަމުގެ އުމްމީދުގައެވެ. ނަމަވެސް މިހާރު މާލަސަވެއްޖެއެވެ. ސިއާ އެހެން މީހެއްގެ ހައްގަކަށް ވެއްޖެވެ. ނުވިތާކަށް ނާއިމްގެ މަތިން ސިއާ ހަނދާނެއްވެސް ނެތެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީނަމަވެސް ސިއާ މަތިން ހަނދާން ނައްތާލުމަކީ ނުވާނެ ކަމެއްކަން ނާއިމް އަށް އެނގެއެވެ. އެ ހިތުގައި ސިއާ ނޫން މީހެއް ނެތެވެ. ނާއިމްގެ ހިތުގައި އަބަދުވެސް ރަސްކަން ކުރަނީ ސިއާއެެވެ. “ކިއާން އަހަރެން އަތުން ސިއާ އަތުލީ ކިއާން އަހަރެންނާ ސިއާ ދުރުކުރީ ކިއާން ކޮންމެސް ކަމެއް ކޮއްގެން ސިއާގެ ހަނދާންތައް ފުހެލީ.. އާހްހް!!! ސިއާ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް ސިއާ އާއި ކިއާން ކައިވެނި ކޮއްގެން އުޅުނަސް ހެޔޮ އަހަރެން ސިއާ ހޯދާނަން .. ވެއިޓް ފޯރ މީ ޗަބީ…..”

…..ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

ފުހެވިގެން ނުދާނޭ – ޓްރެއިލާރ –

Next

ނުފިލާނޭ މިހިތަކުން… 9

Next
June 7, 2020

ނުފިލާނޭ މިހިތަކުން… 9

Previews
June 6, 2020

ފުހެވިގެން ނުދާނޭ – ޓްރެއިލާރ –

29 Comments!

  1. Ahuu says:
    June 7, 2020 at 10:50 am

    Me first dhw adhi kiyaafa comment eh kohlaanan??

    1. lilly says:
      June 8, 2020 at 6:02 pm

      okkki

  2. Afu says:
    June 7, 2020 at 11:55 am

    Alhey haadha lwbi ey kiaan n sia ge prts thah❤️❤️❤️?????? … Baeh thanthanun heehee halaak vx very ????? … Alhey naaim ah varah sad gotheh dhww mi v … Btw sia n kiaan dhurunukurahchey siss puleex puleex .. sia n kiaan dhurukureema varah sad vaane eyoh cute couple viyya dhuruvaanee eyrah…. Siss whn nxt ???
    Avahah up kohdhehchey …. N how are you ???
    Hope u are fine kamah ….
    N siss thee male tha ??? If u don’t mind can u place tell me
    Luv u bigu Koh ❤️❤️❤️❤️❤️❤️❤️
    Stay safe
    TC

    1. lilly says:
      June 8, 2020 at 6:04 pm

      im fine wbu afuuu male ehnnooon LUV U bigu*3 koh u 2 be safe

  3. ?Ril? says:
    June 7, 2020 at 11:58 am

    Sis mi part ves Hama varh sali ingey
    Dhen naaim aa vee goh varah dere konmeakas
    But siaa aa kiyaan durunukuraachey ingey sis when next .lysm ❤❤

    1. lilly says:
      June 8, 2020 at 6:05 pm

      thank u soooo much LYM

  4. Aminath Moosa says:
    June 7, 2020 at 12:48 pm

    Nice story ?

    1. lilly says:
      June 8, 2020 at 6:05 pm

      thnk u

  5. Kylie says:
    June 7, 2020 at 12:56 pm

    Vvv habeys Mi part vx.?..Ekm Naaim ah evy gothun vrh dheravejje.?…. Mihurihaa kameh ves mi vy e hamdheege sababun.?… Dhn Naaim ah kihineh baa hadhaany?…. Btw whn nxt.?…. Curiously waiting?….. Lysm???…. Be safe dear

    1. lilly says:
      June 8, 2020 at 6:06 pm

      thank soo much kylie LYM u tooo be safe

  6. Queen says:
    June 7, 2020 at 2:02 pm

    love itt as always…. u left me speechless

    1. lilly says:
      June 8, 2020 at 6:07 pm

      thank u soo much queeeeeny

  7. ❤️Quiin❤️ says:
    June 7, 2020 at 2:27 pm

    Masha Allah Lilly… Mi part ves hama vrh vrh vrh vrh rythi. Whn next

    1. lilly says:
      June 8, 2020 at 6:11 pm

      thank u quinnnnnnnnnnnn

  8. shaiiii says:
    June 7, 2020 at 2:32 pm

    vvvv salhi mi prt vx…hope nxt prt vx hama v rythi vaane kmh…lysm

    1. lilly says:
      June 8, 2020 at 6:11 pm

      thank u shaii LYM

  9. ?Aashko?? says:
    June 7, 2020 at 5:55 pm

    V reethi Maasha Allah…
    Waiting for the next part….
    Ly sis

    1. lilly says:
      June 8, 2020 at 6:10 pm

      thank u ashkooo LYM

  10. aphxxx says:
    June 7, 2020 at 6:48 pm

    Wow the biggest twist dhyburi ? this naaim is gonna create big problems seems lyk!! But always keep kiyaan and seea together ❤️
    Goho do?

    1. lilly says:
      June 8, 2020 at 6:10 pm

      nononononoononononono gohodo afaburi

  11. Lamko says:
    June 7, 2020 at 7:04 pm

    Masha allah… this part is amazing….vrh vrh reethi….neynge bunaane ehcheh vc….ekm naaim ah e v goii vrh vrh dhera dhww?…sia accident v ma massala akii ehnve siaa ge handhaa thah dhiyaa…nd curiously waiting for the nxt part lysm????be safe

    1. lilly says:
      June 8, 2020 at 6:09 pm

      thank u soo much lamkooooo LYM u 2 be safe

  12. Kairaa says:
    June 7, 2020 at 7:09 pm

    Alhey kihineh vaan e ulheny…btw varah reethi mi bai vx…curiously waiting for the nxt part…lysm

    1. lilly says:
      June 8, 2020 at 6:08 pm

      thank kai LYM

  13. Livy says:
    June 7, 2020 at 9:48 pm

    Varah Varah Varah reethi ❣️?✨?✨??
    Maa sha Allah ??????? curiously waiting waiting for the next part ????
    ??Ly??

    1. lilly says:
      June 8, 2020 at 6:08 pm

      thank u sooo much livy LYM

  14. Nana?? says:
    June 8, 2020 at 11:57 am

    Varah Varah reethi ingey Mi part ves??? mashaa Allah ?? waiting for the nxt part ❤️❤️❤️❤️??????? LYSM DEAR???

    1. lilly says:
      June 8, 2020 at 6:07 pm

      thank u soo much nana LYM

  15. Kimm says:
    June 9, 2020 at 11:48 pm

    Oh nice I like it waiting for the next part

Comments are closed.

Next Episodeވާލޯބި އެނގޭނަމަ…(15)←


All Right Reserved!