Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެން

ޒާޔާ (ހަތްވަނަ ބައި)

Hafsath Noora Level 610 Stories100 Comments100 Login500 Comments
June 7, 2020 8 Mins Read
28 Comments

ޒާޔާއަށް މަގުމަތިން ހިނގައިފައި ދިޔައިރުވެސް މަލައިކާ ކޮބައިތޯ ބަލައިލެވެއެވެ. މަގުގެ އެކި ދިމަދިމާ ބަލަމުން ޒާޔާ ދިޔައީ މަލައިކާ ފެނޭތޯއެވެ. އެހެންނަމަވެސް ސްކޫލާއި ހަމައަށް ދެވުނު އިރުވެސް އޭނާއަށް މަލައިކާއެއް ނުފެނުނެވެ. “ޕޮއް.” ޒާޔާ ސިހިގެން ދިޔައީ ފަވާޝަތު އޭނާގެ ކަންފަތް ދޮށުގައި ކުޑަކޮށް ހަޅޭއްލެވުމުންނެވެ. “ފަވާ؟ ކޮންއިރަކު؟” ޒާޔާ ސިހިފައި ހުރިވަރުން އޭނާ ކުރަން އުޅުނު ސުވާލުވެސް ރަނގަޅަކަށް ނުކުރެވުނެވެ. “ޕިސް ޕިސް.. ވަރުތަކެއް ވެފައޭ ދޯ ތި ހުންނަނީ އެކަމަކު. އަހަންނަށް މިއަދު ތަންކޮޅެއް ލަހުންނޭ މި ނުކުމެވުނީ. ދުވަމުން ކަހަލަ ގޮތަކަށް ޒާޔާ އާ އަރާ ހަމަ މިކުރީ. ދެން ހިތަށް އެރީ ޒާޔާ ސިއްސުވައިލާނީއޭ. ހަހަ.” ދެ އެކުވެރިންވެސް އެއްފަހަރާ ހެމުން ގޭޓު ކައިރިއަށް ދާން އުޅުނެވެ. ތަންކޮޅެއް ދުރުން ސައިކަލެއް ބަރުގޮނު އަޅާ އަޑު އިވިގެން ޒާޔާއަށް ފަހަތަށް ބަލައިލެވުނެވެ. ހަމަ އެ ސިކުންތުގައި ޒާޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.

ސައިކަލުގައި އިން މީހާ ސައިކަލު ބުރަކި ޖެއްސުމާއިއެކު ޒާޔާއަށް ހަޅޭއްލަވައިގަނެވުނީ މީހަކު އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ޒާޔާއަށް ސިހިފައި ބަލައިލެވުނުއިރު އޭނާގެ އަތުގައި ހިފަހައްޓައިގެން ހުރީ ހަސްނައިން އެވެ. ހަސްނައިން ވެސް އެވަގުތު ޒާޔާއަށް ބަލައިލިއެވެ. ހަސްނައިންގެ ދެލޮލަށް ބަލައިލުމުން އޭނާ ކަންބޮޑުވެފައިވި މިންވަރު ހާމަވެގެން ދެއެވެ. ހަސްނައިންގެ އަތުތެރޭ ހައްޔަރުވެފައިވި ޒާޔާގެ އަތަށް ބާރުވާން ފެށުމުން ޒާޔާއަށް ހަސްނައިން އަށް ގޮވައިލެވުނެވެ. ހަސްނައިން އަވަސްއަވަހަށް އެސްފިޔަ ޖަހައިލުމަށްފަހު ޒާޔާގެ އަތުން ދޫކޮށްލިއެވެ. ހަސްނައިން ދެން ކުރިމަތިލީ ސައިކަލުގައި އިން މީހާއާއެވެ. “އެކޮޅުގަ ހުސްޖާގަވެސް އޮއްވަ އިނގުނީ މި ކުއްޖާ ކައިރިންލާފަ ދާން ދޯ! އަނެއްކާ ބުއްދި ސަލާމަތުންތަ ތިހުރީ؟” ފުރަތަމަ ޖުމުލަ ރުޅިވެރިކަމާއިއެކީ ބުންޏެއްކަމަކު ހަސްނައިން ދެވަނަ ސުވާލުކޮށްލީ މަލާމާތުގެ ރާގެއްގައެވެ. އެމީހާ ހަސްނައިން ދެއްކި ވާހަކައަކަށް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ޒާޔާއަށް ބަލައިލައިފައި ސޮރީ އޭ ބުނެ ހަސްނައިން އަށް ރުޅިވެރިކަމުގެ ނަޒަރަކުން ބަލައިލަމުން އެތަނުން ދިޔައީއެވެ.

ޒާޔާއަށް ދެން ބަަލައިލެވުނީ ވަށައިގެންވާ މާޙައުލަށެވެ. އެތާ ތިބިއްޔާ ތިބި ހުރިހާ ބައެއްގެ ނަޒަރު އަމާޒުވެފައިވަނީ ޒާޔާއަށެވެ. ޒާޔާ ލަދުގަތްވަރުން އިސްޖަހައިލެވުނެވެ. ފަވާޝަތުއަށް އެކަން ފާހަގަކުރެވުމުން ޒާޔާ ގޮވައިގެން ގޭޓު ކައިރިއަށް ދިޔައެވެ. މިއަދު ރަށުތެރޭ ޒާޔާގެ ވާހަކަ ފެތުރޭނެ ކަންނޭނގެއެވެ. ސަބަބަކީ ހަސްނައިން ޒާޔާ ސަލާމަތްކޮށް ހިނދުކޮޅަކަށް ނަމަވެސް ހަސްނައިން އަށް ޒާޔާއަށް ބަލަން ހުރެވުނީތީއެވެ. ޒާޔާ އަށް ދެން އިންތިޒާރުކުރެވެން ފެށީ ރަނގަބީލު ޖަހާނެ އިރަކަށެވެ. ޒާޔާމެނާއި ތަންކޮޅެއް ދުރުގައި އަންހެން ކުދިންތަކެއް ގުރޫޕު ހަދައިލައިގެން ޒާޔާއާއި ދިމާކުރަން ތިއްބެވެ. ޒާޔާއަށް އެ އަޑު ކިތަންމެ ރީތިކޮށް އިވުނަސް އޭނާ އަޅައި ނުލައި ހުރީއެވެ. ބޭރުފުށުން ހަމަޖެހޭކަން ދައްކައިގެން ހުއްޓެއްކަމަކު އެތެރެ އެތެރެއިން މީހާގެ ހިތް ރޮނީއެވެ.

ކްލާހަށް ވަދެވުމާއިއެކީ ކުދިންތައް ޒާޔާ އާއި ދިމާކުރަން ފެށިއެވެ. ޒާޔާގެ ދިފާޢުގައި ވާހަކަ ދެއްކީވެސް ވަރަށް މަދު ކުދިންތަކެކެވެ. ގިނަ ކުދިން ޒާޔާ އަށް މަލާމާތް ކޮށްކޮށްފައި ޒާޔާ އަކީ ނިކަމެތި ކުއްޖެއްކަން އިޙުސާސް ކޮށްދެމުން ދިޔައެވެ. ޒާޔާ ކެތްކުރެވޭ އެންމެ މައްޗަކަށް ކެތްކުރަމުން ދިޔައެވެ. ޒާޔާ އެހުރިހާ އިރު ވަންދެން ކެތްތެރިކަމާއިއެކު އެއްޗެކޭ ނުބުނެ އިން އިރު ފަވާޝަތު އިނީ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. “އޯ ޕްލީސް. ސްޓޮޕް ދިސް ނޮންސެންސް. ބޭކާރު ގޮތުގަ ކޮންމެހެން ކަލެމެން ޒާޔާއާ ދިމާކުރާނެކަމެއް ނެތް. ކަލެމެން ތިއުޅެނީ ހަސްނައިން ކަލެމެން އެކެއްގެވެސް އަތުގަ ނުހިފައިގެނެއްނު. ޒާޔާ އެހާ ރީތިވީމަ ކަލެމެން މާ ބޮޑަށް ހަސަދަވެރިވެގެން ތިއުޅެނީ. ހަސްނައިން ހަމައެކަނި ޒާޔާ ސަލާމަތްކުރުމުން ކޮބާތަ މައްސަލައެއް؟ ފުރާނައެއް ދޯ އެ ސަލާމަތްކުރެވުނީ. ދެން ތިހާ ބޮޑުވަރު ކުރާކަށް ނުޖެހެޔެއްނު؟” ފަވާޝަތު އެމީހުނަށް ދިން ހޫނު ރައްދެއްގެ ސަބަބުން އެއްބަޔެއްގެ އަނގަ ބަންދުވެގެން ދިޔައެވެ. އަނެއްބައެއްގެ ރުޅިވެރި ނަޒަރު ޒާޔާއަށް އަމާޒުވެގެން ދިޔައެވެ. “ކަލޭ ހާދަވަރަކަށޭ އެ ފީބަޑި ދިފާއުކުރަނީ ތި. މަންމައެއް ނެތް މީހެއް ވިއްޔަ އެއީ.” ޒާޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް އެންމެ ފަހުން އެ ބޮޑު ދެލޮލުން ފައިބައިގަތެވެ. ކްލާސް ކުދިންގެ ކުރިމަތީ އޭނާ ވަރަށް ބޮޑަށް ނިކަމެތި ވެއްޖެކަން އޭނާއަށް އިޙުސާސް ކުރެވިގެން ދިޔައެވެ. އެހުރިހާ ކަމެއްގެ އިލްޒާމް ޒާޔާ އެވަގުތުވެސް އެޅުވީ ހަސްނައިންގެ ބޮލުގައެވެ. ހަސްނައިން އޭނާ ސަލާމަތްނުކޮށް މަރުވާން ދޫކޮށްލި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

ކޮންމެއަކަސް ޓީޗަރު އަންނަ އަޑު އިވެން ފެށުމުން ޒާޔާ އޭނާގެ މޫނު ފުހެލައި މޫނުމަތިން ހަމަޖެހޭކަން ދައްކަމުން ގަދަކަމުން ހިނިތުންވެވޭތޯ ބެލިއެވެ. އެހެން ހުރިހާ ކުދިންވެސް އަވަހަށް ފިލާވަޅު ކިޔާކަމަށް ހެދެމުން ފޮތްތައް ނަގައިގެން ތިއްބެވެ. މިހާރު ކްލާސްތެރޭ ތިބި ކޮންމެ ކުއްޖަކަށް ބަލައިލިޔަސް ކޮންމެ ކުއްޖަކީ ނިކަން ބަސްއަހާ މަޑުމައިތިރި ކުދިންތަކެއްހެން ހީވާނެއެވެ. އެހެނެއްކަމަކު ކްލާހުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިންނަކީ އެެއްވެސް އަޚުލާޤެއް ނެތި ބޭނުންހައި ގޮތަކަށް އުޅެމުން އަންނަ ކުދިންތަކެކެވެ.

ކުދިން ކުދިންގެ މަލާމާތް ރައްދުވީ ހަމައެކަނި ޒާޔާއަކަށްވެސް ނޫނެވެ. ހަސްނައިން އަށްވެސް އޭނާގެ ކުލާހުގައި އުޅޭ ގިނަ ކުދިންގެ މަލާމާތް ރައްދުވަމުން ދިޔައެވެ. ނޫމާން ހަސްނައިން ދިފާއުކޮށް ވާހަކަ ދައްކަމުން ދިޔައިރު އެހެނިހެން ދެތިން ކުއްޖަކުވެސް ހަސްނައިން ދިފާއުކޮށްފައި ވާހަކަދެއްކިއެވެ. އެ ސަކަރާތެއްގައި ވަގުތު ހޭދަވަމުން ގޮސް ކްލާސް އެއްކޮށްހެން ހިމޭންވީ ޓީޗަރު ކްލާހަށް އައުމުންނެވެ.

ޖަމީލާ އޭނާ ލާން އުޅޭ ހެދުންތައް ފެއްސީ އެގޭގައި އުޅޭ ބިދޭސީ މީހާ ލައްވައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ޖަމީލާގެ ކިބައިން ފެންނަމުން ދިޔަ ސިފަތަކެއްގެ ސަބަބުން ޖޫލީ ހުންނަނީ ޙައިރާންވެފައެވެ. އެއާއި އެއްވަރަށް އޭނާ އުފާވެސްވިއެވެ. ހިތާއި ދެކޮޅަށް ނަމަވެސް ނޫމާންގެ މަންމައަށް އެހީވެދީ ހެދީ ޖަމީލާއެވެ. އުސްމާނަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހުނެވެ. މިއަދު މިއީ އޭނާއަށް ހަމަޖެހިފައިވި ހިތަކާއިގެން މަސައްކަތަށް ދެވުނު ދުވަހެކެވެ. އެހެންޏާ އޭނާ އަބަދުވެސް މަސައްކަތަށް ދަނީ ނުތަނަވަސްވެފައިވި ހިތަކާއިގެންނެވެ. ނޫމާންގެ މަންމަގެ ބަލި ޙާލަތު ހުރި ގޮތުގެ ސަބަބުން ޖަމީލާ ފެނުނަސް އެއީ ޖަމީލާކަމެއް އޭނާއަކަށް ނޭނގެއެވެ. ގިނަ ފަހަރަށް ނޫމާން ފެނުމުންވެސް އެއީ އޭނާގެ ދަރިފުޅުކަމެއް އޭނާއަކަށް ނޭނގެއެވެ.

ނޫމާން ސްކޫލް އިން އަންނަންވާއިރަށް ޖަމީލާ އެދުވަހުގެ މެންދުރުގެ ކެއުން ވަރަށް ފުރިހަމައަށް ތައްޔާރުކޮށްލިއެވެ. ޖަމީލާއަށް އެހާ ފުރިހަމައަށް އެކަން ކޮށް ނިންމައިލެވުނީވެސް ޖޫލީގެ އެހީތެރިކަމާއި އެކީގައެވެ. ޖަމީލާ އުޅެމުން ދިޔަ ގޮތުން އޭނާ އެހުރީ ހަމަ ޙަޤީޤަތުގައިވެސް ބަދަލުވެފައޭ ފެންނަ ކޮންމެ މީހަކު ބުނާނެއެވެ. އެހެނެއްކަމަކު ޖަމީލާ އެ އުޅެމުން ދިޔަ ރަނގަޅު ގޮތުގެ ފަހަތުގައިވީ ކޮންކަހަލަ ނުބައި ސިފައެއްކަން އޭގެން އެކަކަށްވެސް ރޭކައިނުލައެވެ.

ޒާޔާއަށް ގެއަށް ދެވުނުއިރު އޭނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ސްކޫލުން ގެއަށް އައި މަގުމަތީގައިވެސް އެއްކަލަ ކުދިންތައް އޭނާއާއި ދިމާކުރަމުން ދިޔައެވެ. ޒާޔާއަށް ކިރިޔާވެސް ހިމޭނުން ހުރެވުނީ ފަވާޝަތު އޭނާއަށް ހިތްވަރުދެމުން ދިޔައީތީއެވެ. ގެއަށްވަދެ އެންމެ ފުރަތަމަވެސް ޒާޔާ ކޮޓަރިއަށްވަދެ އެނދުމަތީ އޮށޯތީއެވެ. އަބަދު އަބަދު އޭނާއަށް ހުރިހާ ހިތާމައެއް ލިބެނީ ކީއްވެގެން ބާއެވެ؟ އޭނާގެ ތަޤުދީރުގައި އޭނާއަށްޓަކައި ހަމަ އެއްވެސް އުފަލެއް ލިބެން ނެތީބާވައެވެ؟ ދުނިޔެ މިހާ ގޯސް ތަނަކަށް މިވަނީ ކީއްވެގެންބާވައެވެ؟ ޒާޔާ އެ ހުރިހާ ޝަކުވާއެއް އަމިއްލަ ނަފްސަށް ކުރަމުން ދިޔައިރުވެސް އޭނާ އަށް ލިބިފައި ހުރި ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތައިލައިފިއެވެ. އެއީ އެއްވެސް ބޭނުމެއް ނެތް އެއްޗެހިތަކެއްގެ ގޮތުގައި ޒާޔާއަށް ދެކެވެން ފެށިއެވެ.

ފެށުނީއްސުރެވެސް އެ ކުދިންނަކީ ޒާތީ ގޮތުންވެސް އަދި އެހެނިހެން ގޮތްގޮތުންވެސް ޒާޔާއާއި ދެމެދު ޙަސަދަވެރިކަން އޮންނަ ކުދިންނެވެ. އެހެނެއްކަމަކު މިހާ ފާޅުކަން ބޮޑު ގޮތެއްގައި ޒާޔާއާއި ދިމާލަށް އެއްޗެހި ކިޔައިފައެއް މީގެ ކުރިއަކުން ނެތެވެ. މިއަދު މާ ފާޅުކަން ބޮޑު ގޮތެއްގައި އެކުދިން ޒާޔާއާއި ދިމާލަށް އެއްޗެހި ކީ ހަސްނައިން ޒާޔާ ސަލާމަތްކުރުމުގެ ސަބަބުންނެވެ. ޒާޔާ މިއަދު ވަރަށް ބޮޑަށް ލަދުގަނެ ހިތުގައި ޖެހިއްޖެއެވެ. ފަހަރެއްގައިވެސް އެކަހަލަ ކަމަކާއި ކުރިމަތިލާން ޖެހިދާނެއެކޭ ޒާޔާގެ ހިތަކަށް ނާރައެވެ. ޒާޔާ އެގޮތަށް ރޯން އޮއްވައި އޭނާގެ ހަނދާނަށް އަންނަން ފެށީ މީގެ އަހަރުތަކެއް ކުރިން އޭނާގެ މަންމަ އޭނާއަށް ވާހަކަ ކިޔައިދެމުންގޮސް ދިން ނަޞޭޙަތެއްގެ މަތިންނެވެ.

“ދަރިފުޅާ. ދުނިޔޭގަ އުޅޭއިރު އަބަދަކު އެމީހާ ހިތް އެދޭ ގޮތަކަށް ހުރިހާ ކަމެއް ނުވާނެ. ގިނަ ފަހަރަށް އެ މީހާ ހިތްއެދޭ ގޮތަަކަށް އެ ކަންތައް އެ ނުވަނީވެސް ހަމަ އެމީހަކަށް ރަނގަޅަކަށް. އެކަން އަބަދުވެސް ހަނދާނުގަ ބަހައްޓަންވާނެ. ހިތްދަތިވެ ދެރަވާފަދަ އެއްވެސް ކަމަކާ ދިމާވެއްޖެނަމަ އެކަމާ ޝަކުވާ ކޮށް ރޮއެ ހެދާ މީހުނަކީ ފިނޑިން. އެއަށްވުރެ މާ ރަނގަޅުވާނެ އެމީހާ ހެއްދެވި ފަރާތާ އެމީހާގެ ހިތުގަވި ހުރިހާ ޝަކުވާއެއް ހިއްސާ ކުރާނަމަ. އެކަލާނގެ އަބަދުވެސް އަހަރުމެން ދައްކާ ވާހަކަ އައްސަވާ ވޮޑިގެންވޭ. އަބަދުވެސް ﷲ މަތިން ހަނދުމަކުރަންވާނެ. އެކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެ. އަހަރުމެނަށް އަބަދުވެސް އުފަލެއް ނުލިބެއޭ އަބަދުވެސް އަހަރުމެނަށް ދިމާވަނީ ދެރަގޮތްތަކޭ ހީވިޔަސް އެކަލާނގެ އަހަރުމެން އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. މަންމަ މިދޭ ހެޔޮ ނަޞޭޙަތް ދަރިފުޅު އަބަދުވެސް ހަނދާނުގަ ބަހައްޓައްޗޭ.”

މަންމަ އެ ދިން ނަޞޭޙަތްތައް ޒާޔާގެ ހަނދާނަށް އައުމުން އޭނާއަށް ހިތްވަރެއް ލިބިގެން ދިޔައެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާގެ ކްލާސް ކުދިން އޭނާއާއި ދިމާލަށް ކީ އެއްޗިހި ތަކުގެ މަތިން ހަނދާން ނައްތާލަން ޒާޔާއަށް ފަސޭހަވެގެން ދިޔައެވެ. އެމީހުން އެ ދެއްކި އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކާއި މެދު ވިސްނައި ހިތާމަކުރުމަކީ ބޭކާރުކަމެއްކަން ޒާޔާއަށް އެނގިއްޖެއެވެ. ކަރުނުން ފުރިފައިވި ދެލޯ ފުހެލަމުން ޒާޔާ އެނދުން ތެދުވިއެވެ. އޭނާވެސް ފިނޑި މީހަކަށް ވާކަށް ބޭނުމެއްނޫނެވެ. އަބަދު އެހެން މީހުން ކިޔާ އެއްޗިއްސަށް ބަލައިގެން ދުނިޔޭގައި އުޅެން ވަންޏާ ސަލާމަތެއް ކޮބައިހެއްޔެވެ؟ އަނެކާއަށްވުރެ ބޮޑަށް ތިމާއަކީ ކާކުކަން އިނގޭނީ ހަމަ ތިމާއަކަށް ނޫންހެއްޔެވެ؟ ވީ އިރު އެހެން މީހުން ކިޔާ އެއްޗިއްސަށް ބަލައި ހިތާމަކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“ޕިސް ޕިސް ޕިސް. ކީކޭ ދޯ ދެން ބުނާނީ؟ ޒާޔާ އަދި މިއޮއް ޅަ އުމުރުގަ ވިއްޔަ..” މެންދުރުގެ ކެއުން ކާން އިން އާލިޔާ މާޔޫސްމަށް ހެދެމުން ބުންޏެވެ. އާލިޔާ އަށް ވަނީ ގޭދޮށު މީހުންތަކެއްގެ ފަރާތުން މިއަދު ހިނގި ޙާދިސާގެ ވާހަކަ އަޑުއަހައިފައެވެ. އާލިޔާ އެ ބުނި ޖުމުލައިގެ ސަބަބުން ފަވާޝަތު ގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. ފަވާޝަތު ރުޅިއައިސް ދެބުމަ ގޮށްޖަހައިލުމުން އާލިޔާ ގާތަށް އައީ ނުލަފާ ހިންޏެކެވެ. “ހެހެ.. އެހެންވެގެނޭ ބޮޑުދައިތަ ބުނަނީ ޒާޔާ ކަހަލަ ނުބައި ކުދިންނާއެކީ ނޫޅޭށޭ. އެ ޒާޔާ އަކީ މާ މާތް މީހަކަށް ހެދިގެން އުޅުނަސް ވަރަށް ގޮތެއް ނެތް އަންހެނެއް. އޭނާ މާ ރީތިވީމަ ތިމާއަށް ތިމާ ފެނިފަ ހުރި މީހެއް އެއީ.” ޒާޔާއާއި އަމާޒުކޮށް އާލިޔާ ދައްކަމުން ދިޔަ ވާހަކަތަކެއްގެ ސަބަބުން ފަވާޝަތު ކުރިއަށްވުރެވެސް ރުޅިގަދަވިއެވެ. “ބޮޑުދައިތަ އިތުބާރު ކުރަނީ އަހަންނަށްތަ؟ ނޫނީ ދުރުތާ ތިމާގެ މީހުންނަށްތަ؟ އޭނ!” ރުޅި އައިއްސަ ހުރިވަރުން ފަވާޝަތަށް ވާހަކަ ދެއްކުނީވެސް ތަންކޮޅެއް ބާރަށެވެ. “ދެން އަހަރެން އިތުބާރު ކުރާނީ ފަވާއަކަށްނު.” ފަރުވާކުޑަ ރާގެއްގައި އާލިޔާ ބުންޏެވެ. “ދެން އެހެންވީއިރު ކީއްކުރަން އެމީހުން ދެއްކި ވާހަކަތައް ގަބޫލުކުރަނީ؟ އަހަރެން ގެއަށް އައިއްސަވެސް ބުނީމެއްނު ހަސްނައިން ޒާޔާ ސަލާމަތްކުރީއެވެ. ދެން ހަސްނައިނަކަށްވެސް ޒާޔާގެ އަތުގަ އަތްނުލައެއް ޒާޔާ އެ ސައިކަަލާ ދުރަކަށް ނުގެންދެވޭނެ ދޯ. ފެންނަ ކޮންމެ މަންޒަރަކީ ހަގީގަތެއް ނޫން. އިވޭ ކޮންމެ އަޑަކީވެސް ހަގީގަތެއް ނޫން. ނަސީބު މިއަދު ޒާޔާ މަރުނުވެ ސަލާމަތްވިކަން.” ފަވާޝަތުގެ ވާހަކަތައް އަޑުއަހައިފައި އާލިޔާ ކަޅި މައްޗަށް ހިންގައިލިއެވެ. “މަރުވިއްޔާ ރަނގަޅީ.” އާލިޔާ އެ ޖުމުލަ ބުނެލީ ކިތަންމެ މަޑުން ކަމަށްވިޔަސް ފަވާޝަތަށް އޭނާ އެ ބުނި ޖުމުލަ ސާފުކޮށް އިވުނެވެ. “ހުއްޓާލާ! ޒާޔާއާއި ދޭތެރޭ ތި ހިތް ސާފުކޮށްފަ ނޫނީ ދެން މަށާ ވާހަކަދައްކައިގެންވެސް ނުވާނެ.” ފަވާޝަތު އެގޮތަށް އަމުރުކުރުމުން އޭނާ ބުނި ޖުމުލަ ފަވާޝަތަށް އަޑުއިވުނީކަން އާލިޔާއަށް އެނގުނެވެ. އާލިޔާ އެއްޗެކޭ ބުނުމުގެ ކުރިން ފަވާޝަތު އެތަނުން ދާން ހިނގައިގަތެވެ. އަލިފާނުގެ ނަޒަރަކުން ފަވާޝަތު ދިޔަ ދިމާލަށް ބަލަހައްޓައިގެން އާލިޔާ އިނެވެ.

ކައި ނިމިގެން ގޯތިތެރޭ ހުރި ގަސްތަކަށް ފެންދޭން ޒާޔާ ނުކުތެވެ. އޭރު ނިހާން ގެއަށް ވަންނަނީއެވެ. “ބައްޕާ!” ޒާޔާ އެހާ ލޯބިން ނިހާންއަށް ގޮވައިލުމުން ނިހާންގެ ހިތުގައި އުފެދިފައިވި ޝައްކު އެކީ ފިލައިގެން ދިޔަކަހަލައެވެ. ޒާޔާގެ މޫނުމަތިން ފެނިގެން ދަނީ މައުސޫމް ކަމެވެ. މީހުން އެ ކިޔާހާ ގޯސް ގޮތަކަށް ޒާޔާ ނޫޅޭނެކަން ނިހާން އަށް އިނގެއެވެ. ޒާޔާއަކީ ނިހާން އޭނާގެ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް އިތުބާރު ކުރާ ކުއްޖެކެވެ. “ދަރިފުޅޭ ކިޔައިގެން ބައްޕައަށް މި އިވެނީ ކޮން ވާހަކަތަކެއްތަ؟” ނިހާން އަދިވެސް އެކަންތައް ޔަޤީން ކޮށްލުމުގެ ގޮތުން ޒާޔާއާއި ސުވާލުކުރިއެވެ. ޒާޔާ އަށް ވުގުތުން އިސްޖަހައިލެވުނީއެވެ. ޒާޔާ ހީކުރީ ނިހާން އޭނާއޭ ކިޔައިގެން ބޭރުތެރޭ ދެކެވުނު ވާހަކަތައް ޤަބޫލުކުރީ ކަމަށެވެ. ޒާޔާ އިސްޖަހައިލި ގޮތުން ނިހާން ގެ ހިތުގައި ސުވާލު އުފެދި އޭގެން ނުބައި މާނައެއް ނެގުނެވެ. “ޒާޔާ! އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބުދީ. މީހުން އެ ދައްކަނީ ތެދު ވާހަކައެއްތަ؟” ނިހާން ބާރުބާރެއްކޮށް ހިނގައިފައި އައިސް ޒާޔާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓަމުން އޭނާގެ އަޑަށް ބާރުލައިފައި އެހިއެވެ.

ޒާޔާއަށް ސިހިފައި ނިހާންގެ މޫނަށް ބަލައިލެވުނެވެ. ބައްޕަ އެހާ ރުޅިއައިސްފައި ހުއްޓައެއް ޒާޔާ ދުވަހަކުވެސް ނުދެކެއެވެ. ބައްޕަ ރުޅި އައިސްފައި ހުރިތަން ފެނުމުން ޒާޔާގެ ހިތުގައި ޖެހި ރޮވޭގޮތްވިއެވެ. އަދި ބައްޕަގެ މޭތެރޭ އޭނާގެ މޫނު ފޮރުވައިލެވުނެވެ. ޒާޔާގެ މި ޢަމަލުން އަނެއްކާވެސް ނިހާންގެ ހިތުގައި ސުވާލު އުފެދުނެވެ.

“ބައްޕަ އަބަދުވެސް ގަބޫލުކުރާނީ ދުރު މީހުން އަހަންނޭ ކިޔައިގެން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްތަ؟” ކުރެހިފައިވި އަޑަކުން ޒާޔާ އެ ސުވާލުކުރުމުން ނިހާންގެ ހިތުގައި ރިއްސައިލިއެވެ. އޭނާއަށް ކުށެއް ކުރެވިއްޖެކަމަށް ނިހާންއަށް އިހުސާސްވިއެވެ. ނިހާން ޒާޔާ ދުރުކޮށްލަމުން ޒާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލައިދިނެވެ. މައުސޫމުކަން އެކުލެވިފައިވި ދަރިފުޅުގެ މޫނު ފެނުމުން ނިހާންގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. ޒާޔާ ދެރަވެފައި ހުންނައިރު ހާދަ މައުސޫމެވެ. “ސޮރީ ދަރިފުޅު. ދަރިފުޅު ކިޔާދީބަލަ ބައްޕައަށް އަސްލު ވީ ގޮތް.” ޒާޔާގެ ކޮލުގައި ފިރުމައިލަމުން ނިހާން ބުންޏެވެ. ޒާޔާ ގޮސް އުނދޯލީގައި އިށީނުމުން ނިހާންވެސް ޒާޔާ ގާތުގައި އުނދޯލީގައި އިށީނެވެ.

“ވީގޮތަކީ ކުއްލިއަކަށް ސައިކަލެއް އަހަރެންގެ ކުރިމައްޗަށް އެރީމަ ހަސްނައިން އަހަރެން ސަލާމަތްކުރީ. ދެން ހަސްނައިން އަށް ތަންކޮޅެއް ގިނަ ވަގުތު އަހަރެންގެ އަތުގަ ހިފަހައްޓައިގެން ހުރެވުނީމަ ކަންނޭނގެ މީހުންތަކެއް އެ އެއްޗެހިތަކެއް އެ ކިޔަނީ. ކްލާސް ވަރަށް ގިނަ ކުދިން އަހަންނަށް މަލާމާތްވެެސް ކުރި.” ޒާޔާ ހެނދުނު ކަންތައް ވީ ގޮތް ނިހާން އަށް ކިޔައިދިނެވެ. ހަސްނައިން އޭނާގެ ދަރިފުޅު ސަލާމަތް ކޮށްދިން ކަމަށްޓަކައި ނިހާންއަށް ހިތާހިތުން ހަސްނައިންއަށް ޝުކުރުކުރެވުނެވެ. އަދި އެއަށްފަހު ހެއްދެވި ފަރާތަށް ޙަމްދުކުރިއެވެ. ދެރަވެ އިސްޖެހިފައި އިން ޒާޔާ ފެނުމުން ޒާޔާ ހެއްވައިލުމަށްޓަކައި ކުރާން މޮޅު ކަމެއް އެވަގުތު ނިހާންގެ ސިކުނޑިއަށް ޚިޔާލުކުރެވުނެވެ. ލާނެތް ހިނިތުންވުމެއް ނިހާންގެ ތުންފަތަށް ވެރިވީ ޒާޔާ އަށް ވާނެ ގޮތް ހިތަށް އެރުމުންނެވެ. “ދެން ހަސްނައިން ދަރިފުޅުގެ ތި ރީތި އަތުގަ ހިފަހައްޓައިގެން ހުރީމަ ކޮންކޮން ގޮތްތަކެއް ވީ؟” ނިހާން އެ ސުވާލު ކުރުމުން ޒާޔާއަށް ނިހާންއާއި ދިމާލަށް ދެލޯ ބޮޑުކޮށްލަމުން ބަލައިލެވުނެވެ. އެވަގުތު ނިހާން އަށް ހެވައިގަނެވުނެވެ. “ދެން ބައްޕާ! ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެ އިނގޭ.” ނިހާން އޭނާއާއި ދިމާކޮށްލީކަން އެނގުމުން ޒާޔާ ރަކިވާގޮތްވިއެވެ. ޒާޔާ މާ ބޮޑަށް ރަކިވާން ފެށުމުން އޭނާ އެތާ މަޑުނުކޮށް ގޭތެރެއަށް ދިޔައެވެ. “ހަހަހަ… މާޝާ ﷲ. އަލްޙަމްދުލިއްﷲ. އަހަރެންގެ ދަރިފުޅު އިރާދަކުރެއްވިއްޔާ އެކަހަލަ ގޯސްކަމެއް ނުކުރާނެ.” ހުނުން ކޮންޓްރޯލް ކޮށްލަމުން ނިހާން ބުންޏެވެ.

އެދުވަހު ހަވީރު ޖަމީލާ ފެންވަރައިލައިގެން ނުކުމެ އެނދުމަތީ އޮތް ބޮޑު ކަޅު ހެދުމަށް ބަލައިލިއެވެ. “ދެން ކިތަންމެ ފޫހިވިޔަސް ޖެހޭނީ މިއެއްޗެއް ލާކަށްނު.” އަމިއްލަ ނަފްސަށް ޝަކުވާ ކޮށްލަމުން ޖަމީލާ ބުންޏެވެ. އެ ހެދުން ލައި ލޯގަނޑު ކުރިމައްޗަށް ހުއްޓުނުއިރު ޖަމީލާއަށް ހީވީ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރަ އޭނާއާއި މަލާމާތްކުރި ހެންނެވެ. ލޯގަނޑު ކުރިމަތިން ދުރަށް ގޮސް ދެން ޖަމީލާ ބޮޑު ބުރުގާ އެޅިއެވެ. އެގޮތް މިގޮތް ހަދަމުން ޖަމީލ ބުރުގާ އަޅައިފައި ދެން ނެގީ މޫނުގައި އަޅާ ފޮތިކޮޅެވެ. އެވެސް ގޮތަަކަށް މޫނުގައި އަޅުވަމުން އިސްޓާކީނަށް އަރައިގެން ޖަމީލާ ކޮޓަރިން ނުކުތެވެ. ސިޓިންގް ރޫމުގައި ތިބި އުސްމާނާއި ނޫމާނަށް އެއްފަހަރާ ޖަމީލާއާއި ދިމާލަށް ބަލައިލިއެވެ. “މާޝާ ﷲ.” އުސްމާނަށް ބުނެވުނެވެ. އުސްމާންގެ ބަދަލުގައި ނޫމާނަށް މަލާމާތުގެ ޒާތަކަށް ހިނިތުންވެލެވުނީއެވެ. “ބޮޑުބޭ އަހަރެން އެބަ އަންނަން.” ޖަމީލާ އެހެން ބުނެ ގެއިން ނުކުންނަން ހިނގައިގަތެވެ. ޖަމީލާ ގެއިން ނުކުތްކަން ޔަޤީންވުމާއިއެކު ނޫމާން އުސްމާނަށް ބަލައިލިއެވެ. “ބައްޕާ އަހަންނަކަށް ހިއެއް ނުވޭ ޖަމީލާ ދައްތަ ބޭނުންވެގެން ހެނެއް އެ މޫނުބުރުގާ އެޅީ. އެހާ ރީއްޗަކަށްވެސް ނޫނެއްނު އަޅާފަ އެހުރީ.” ނޫމާން ބުނި ޖުމުލަ އަޑުއިވިފައި އުސްމާނަށް ހިނިތުންވެލެވުނެވެ. “އެއީ ފުރަތަމަ ފަހަރު ވީމައޭ.” އުސްމާން ބުންޏެވެ. ނޫމާން އެހެން ދޯ އޭ ބުނެ ފިލާވަޅު ހެދުމައިގެން ކުރިއަށް ދިޔައެވެ.

މަގުމަތީ ހިނގަމުން ދިޔަ ޖަމީލާގެ މިޞްރާބަކަށް ވެފައިވީ ނިހާންގެ ގެއެވެ. މަގުމަތީ ހިނގައިފައި ދިޔައިރުވެސް ޖަމީލާއަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ނަމަވެސް ޖަމީލާއަށް އެކަމަކުން އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ އެހުރީ ފޮރުވިގެންނެވެ. ދެން އެހެން މީހުންނަކަށް އެއީ ޖަމީލާކަމެއް ނޭނގޭނެއެއްނޫންހެެއްޔެވެ؟

ނިހާންގެ ގެއާއި ހަމައަށް ދެވުމުން އެގޭ ދޮރާށި ހުޅުވައިލުމަށްފަހު ޖަމީލާ އެތެރެއަށް ވަނެވެ. “އައްސަލާމް ޢަލައިކުމް.”

ބޭރުން މީހަކު ސަލާމް ގޮވައިލި އަޑަށް ޒާޔާ ގޯތިތެރެއަށް ނުކުތެވެ. އޭރު މޫނު ބުރުގާ އަޅައިގެން ހުރި މީހަކު ފެނުމުން ޒާޔާގެ ދެބުމަ ގޮށްޖެހުނެވެ. އޭނާއަށް ދުވަހަކުވެސް މި ރަށުން މޫނުބުރުގާ އަޅައިގެން އުޅޭ މީހަކު ފެނިފައެއް ނުވެއެވެ. އެމީހާ ކައިރިއަށް އައުމަށް އިޝާރާތް ކުރުމުން ޒާޔާ ޖަމީލާ ކައިރިއަށް ދިޔައެވެ.

“ކީއްކުރަން އައި ބޭފުޅެއްތޯ؟” ނުދަންނަ މީހެއްކަމުން ޒާޔާ ވާހަކަދެއްކީ މާތް ބަހުންނެވެ. “އެހާ މާތްކޮށް ވާހަކަދައްކާ އެއްޗެއް ނޫން. ދައްތަ މިއައީ ހަމަ އެކޮއެ އާ ބައްދަލުކޮށްލަންވެގެން. ބޭރުތެރެއިން އެކޮއެ އޭ ކިޔައިގެން އެ ދެކެވޭ ވާހަކަތަކުން ދައްތައަށް އެނގޭ އެކޮއެ ވަރަށް ދެރަވާނެކަން. އެކަމަކުވެސް އެކޮއެ ދެރަނުވައްޗޭ. ދައްތަ ހަމަ އެކޮއެއަށް ހެޔޮއެދޭތީ އެކޮއެ ކައިރީ މިހުރިހާ ވާހަކަތަކެއް މި ދައްކަނީ. ހިތްވަރާއިއެކު މަސައްކަތްކޮށްގެން މައިންބަފައިން ފަޚުރުވެރިވާނެ ކުއްޖަކަށް ވޭތޯ ބަލައި. ދެން ދައްތަ ގޮސްލަނީއޭ. އަދި އަންނާނަން އެކޮއެ ކައިރިއަށް.” ޖަމީލާ ޒާޔާގެ ބޮލުގައި ފިރުމަ ފިރުމައިފައި ވާހަކަދެއްކިއެވެ. އަދި ދަމުން ދިޔައީ ޒާޔާ ގައިގައި ބައްދައިލައިފައެވެ.

މިގޮތަށް ނުދަންނަ މީހަކު އޭނާގެ ގެއަށް އައިސް އޭނާއަށް ހިތްވަރު ދިނުމުން ޒާޔާ ހުރީ ޙައިރާންވެފައެވެ. އެއާއި އެއްވަރަށް ޒާޔާ އުފާވެސްވިއެެވެ. އެކަހަލަ މީހުން މިޒަމާނުގައި މަދުވާނެއޭ ޒާޔާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް އެ ދައްތަ އާއި ދޭތެރޭ ޒާޔާގެ ހިތުގައި ލޯތްބެއް އުފެދިއްޖެއެވެ. ޒާޔާ ގޭތެރެއަށް ވަދެގެން ދިޔައީ އުފާވެފައިވި ހިތަކާއިގެންނެވެ.

ގެއިން ބޭރަށް ނުކުތް ޖަމީލާގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ކަމެއް ކާމިޔާބުކުރެވޭކަމުގެ އިޙުސާސް ކުރެވުމުން ޖަމީލާގެ ހިތް އުފަލުން ނަށައިލިއެވެ. ޖަމީލާ ބޭނުންވީ އަދިވެސް އިތުރަށް ޒާޔާ އޭނާގެ މަޅީގަައި ޖައްސާށެވެ. “ޒާޔާ. ކަލެއަަކަށް މިފަހަރަކު ސަލާމަތެއް ނުވެވޭނެ.” ހިތާއި ހިތުން އެހެން ބުނުމަށްފަހު ޖަމީލާ ގެއަށް ދާން ހިނގައިގަތެވެ. އޭރު މަލައިކާ ދެބުމަ ގޮށްޖަހައިގެން ޖަމީލާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ޖަމީލާގެ ފަސްފަހަތުން ހިނގައިގަތީ އޭނާއަށް ވަރުގަދަ ބޮނޑިއެއް ދޭނަމޭ ހިތާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ކުރުވި ދިގު އިންތިޒާރު… 2

Next

އިންތިޒާރު 13

Next
June 7, 2020

އިންތިޒާރު 13

Previews
June 7, 2020

ކުރުވި ދިގު އިންތިޒާރު… 2

28 Comments!

  1. Saaji says:
    June 7, 2020 at 12:23 pm

    Masha allah mi part ves varah nice.. waiting for next part. ❤❤❤❤

    1. Dhonthy says:
      June 8, 2020 at 2:15 am

      Thank you so much Saaji ? ? ? next part mihaaru upload vefa eynee. Avahau kiyaalaa. ? ? <3 <3 <3 <3 <3

  2. Dhonthy says:
    June 7, 2020 at 12:55 pm

    Salaam all readers. Miothee haiyvana bai upload vefa. Unmeedhukuran hurihaa kiyuntherinnau es mi bai kamudhaanekamau. Insha Allah next episode miadhuge vaguthegga submit kollaanan. Enjoy reading and leave a comment. Love you all <3 <3 <3 <3 <3

  3. Maukko says:
    June 7, 2020 at 1:35 pm

    Dhonthy hasnain r noomaan akiy boy kudhin thr?????

    1. Dhonthy says:
      June 7, 2020 at 2:55 pm

      Yes Maukko. Hasnain aa Noomaan akee dhe boy kudhin inge 🙂 🙂

  4. Sadha says:
    June 7, 2020 at 2:05 pm

    Ma sha allah dhonthy mi part vx hama habeys? malaika vrh best.. sadha ah hyvanii malaika hen zaaya ah ehii vaanii mi jameela mn ge kibain salaamaiy vaan..
    ?
    ♥️Waiting fr next

    1. Dhonthy says:
      June 7, 2020 at 2:58 pm

      Awwww thank you so much Sadha 🙂 🙂 🙂 Alhe heeveytha malaikaa au zaayaa ekamun salaamaiy kodhdhevidhaanehen? 🙂 🙂 Hehe. Anyways keep waiting for the next episode. Miadhu submit kollaanan e bai inge. 🙂 🙂 🙂

  5. Ahuu says:
    June 7, 2020 at 2:32 pm

    Dhonthy I as proud of you ❤️❤️❤️
    Mirey Adhi eh comment kohlaanan ????

    1. Dhonthy says:
      June 7, 2020 at 3:01 pm

      Awww thank you so much Ahuu. Yes comment eiy kollachchey inge 🙂 🙂 <3 <3 <3

    2. N_U_X_U??? says:
      June 9, 2020 at 1:28 am

      Ahushanoooooo

  6. މެގްނަމް says:
    June 7, 2020 at 3:23 pm

    މިހާ ހިސާބަށް އައިއިރު އެންމެ ޕާރޓެއްވެސް ވައްޓާނުލާ ކިޔަމުން މިއައީ..ވަރަށް ރީތި.. ދޮންތިގެ ކުރީ ސްޓޯރީއަށް އެތައް ގުނައެއް ފުރިހަމައޭ ބުނެވޭނީ.. ވަރަށް މިސްވޭ ދޮންތިމަތިން.. ލަވް ޔޫ ލޯޑްސްސްސްސްސް
    ???

    1. Dhonthy says:
      June 8, 2020 at 2:16 am

      Awlheyyy magnumm. ? ? ? Thank you so much dear. It really means a lot for me. Dhonthi es vvvv bodau miss wey magnumm mathin. Love you too magnumm <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3 <3

  7. Izabell says:
    June 7, 2020 at 4:19 pm

    Hello Dhonthy ???? how’s you? Mi story varah interesting ingey ??????? mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ your great ??????? when is next part? Imma curiously waiting for next part ?????? Lysm

  8. Izabell says:
    June 7, 2020 at 4:47 pm

    Hello Dhonthy ???? how’s you? Mi story varah interesting ingey ??????? mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ your great ??????? when is next part? Imma curiously waiting for next part ??? Lysm

    1. Dhonthy says:
      June 8, 2020 at 2:19 am

      Hello Izabell ? ? ? Alhamdhulillah dhonthi hama v rangalhu. Izabell es rangalhuvaane kamau unmeedhukuran. And thank you so much Izabell. Alhamdhulillah hama vvv ufaavejje mi comment kiyaalaafa. Next part mihaaru upload vefa innaanee. Avahau kiyaalaa. Love you too dear <3 <3 <3 <3 <3 <3 <3 <3 ? ? ?

  9. Sadha says:
    June 7, 2020 at 6:09 pm

    Yes vrh bodah hyvey.. anehkka malaika jameela mn bunaa goiy hadhaanii baa?? Vrh kiyaa hithun mi hurii
    ♥️

    1. Dhonthy says:
      June 7, 2020 at 8:01 pm

      Ahaha. Let’s see dhw. Adhi ehaa bodethi kanthauthakeiy nuhingaennu. Adhi kanthau vaan othee kuriau. So keep waiting for the upcoming episodes ? ? ? <3 <3 <3

  10. Kairaa says:
    June 7, 2020 at 7:03 pm

    Wooww….im speechless dhonthy…varah varah reethi mi bai vx…curiously waiting for the nxt part…lysm

    1. Dhonthy says:
      June 7, 2020 at 8:02 pm

      Awww thank you so much Kairaa. ? ? ? Yes dear keep waiting for the next episode. Love you too dear <3 <3 <3 <3

  11. Maukko says:
    June 7, 2020 at 7:13 pm

    Vrh vrh vrh reethi mibai vx???u r the best dhonthy u really r???kyp it up…jamylaa eii haadha reyvun gadha myhekey dhw?anyways cnt wait for the next part❤❤❤luv ya be safe take care

    1. Dhonthy says:
      June 7, 2020 at 8:05 pm

      Awww thank you so much Maukko ? ? ? alheyy Alhamdhulillah. Vvv ufaavejje mi comment kiyaalaafa ? ? ? Haha. Jameelaa ennu. She’ll do whatever she wants. Haha Stay safe Maukko. Love you too <3 <3 <3 <3 TC

  12. Maukko says:
    June 7, 2020 at 7:14 pm

    Btw when is the next part?????

    1. Dhonthy says:
      June 7, 2020 at 8:06 pm

      Next episode mihaaru submit kollaafa innaanee. Heevanee mirey upload vaanehen. Let’s wait dhw ? ? ?

  13. N_U_X_U??? says:
    June 9, 2020 at 1:31 am

    Ehn ve ????

  14. SHARAN?? says:
    June 18, 2020 at 11:53 pm

    Woww mi prt vx Vv reethi dhonthy LYSM
    STAY HOME # STAY SAFE #

    1. Dhonthy says:
      June 19, 2020 at 6:21 pm

      Awww thank you so much SHARAN. love you too dear. Stay home and stay safe ? ?

  15. Fawa ? says:
    July 18, 2020 at 11:40 am

    Vv reethi MI vaahaka Maasha Allah dhonthy
    Stay home and safe love u dhonthy ge stories ♥️♥️♥️??????????♥️♥️✨✨

    1. Dhonthy says:
      July 21, 2020 at 1:11 am

      Awwwwwn Fawa ? ? ? Thank you soooo much dear and sorry for the late reply. Stay safe at home dear. Much loves <3 <3 <3 <3 <3 <3 <3 <3 :-*

Comments are closed.

Next Episodeޒާޔާ (އަށްވަނަ ބައި)←


All Right Reserved!