ލަމްހާ – 5 & 6
5 ވަނަ ޕާޓު:
ލަމްހާ އެ ދުވަސް މަތިން ހަނދާން ވިއެވެ.
********************
އެއީ ލަމްހާގެ އާއިލާއާ އެކުވެރިންނާ އެއްކޮށް ދިޔަ ދަތުރެކެވެ.
***
އެންމެން އަރާ ހަމަވުމުން ދޯނި ނައްޓައިލިއެވެ. އެންމެން ވެސް ދޯނީގައި ވަރަށް މަޖާ ކުރިއެވެ. މަޖާ ވާހަކަތައް ދެއްކިޔެވެ. ލަވަ ބާޒީއާ އެކި އެކި މަޖާ ކަންކަން ކުރިއެވެ. ނަމަވެސް ލަމްހާ އިނީ ވަރަށް މަޑުންނެވެ. އެކަކަށްވެސް އެކަމެއް ފާހަގައެއް ނުވިއެވެ. އެކަމަކު ލަހުފާ އަށް އެކަން ފާހަގަ ވެގެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފަ ވެސް ލަމްހާ ރުޅިއައިސް ދާނެތީ ލަހުފާ އެއްޗެކޭ ނުބުނެ ހުރީއެވެ.
ދޯނި ގައުވެލިފަރަށް ޖެއްސުމާއެކު އެންމެން ކަހަލަގޮތަކަށް ދޯނިން ފުންމައިލިއެވެ. ނަމަވެސް ލަމްހާ ފޭބީ އެންމެ ފަހުން ނެވެ. އެންމެން މޫދަށް އެރެން ދިއުމުން ވެސް ވެސް ލަމްހާ އިނީ އެތާ ހުރި ގަހެއްގައި ލެނގިލައިގެން އެމީހުން މަޖާ ކުރާތަން ބަލަންށެވެ. އެހެން ހުއްޓައި ޝަމާ އައިސް ލަމްހާ ގަޔަށް ފެން ޖަހާ ތެންމާލިއެވެ.
ލަމްހާ ވެސް ބިންމަތިން ވެލި މުށެއް ނަގާ ޝަމާ ގަޔަށް ޖެހިއެވެ. ދެ އެކުވެރިން އެހެން ސަކަރާތް ޖަހަމުން ގޮސް ވަރުބަލިވެގެން ދޮންވެލިގަނޑު މަތީގައި އިށީނދުނެވެ.
” ލަމް. ކީއްވެ ތިހިރީ މިއަދު މޫދަށް ނޭރި. އެހެންނޫނިއްޔާ ލަމް ހުންނާނީ މޫދަށް ނުދެވިފަ. އަހަރެން ފެންނުޖެހިނަމަ ނޭނގެ އެހެން ހުންނާނެ އިރެއްވެސް. ”
ޝަމާ ބުނެލި އެވެ. އެ އަޑު އެހެންދިޔަ ލަހުފާއަށް ވެސް އަޑު އިވުނެވެ. ލަހުފާއަށް އިނގެ އެވެ. ލަމްހާ މޫދަށް ނެރުނީ ލަހުފާ އެތާ ހުރީމައެވެ. ” ކަމެއްނުވޭ. ދެން ފޫހިވީ. ” ލަމްހާ އެހެން ބުނެ ނިމުނު ތަނާހެން ކުއްލިއަކަށް މީހަކު ފެންއެއްޗެއް އޮއްސާލި އެވެ. ލަމްހާމެން ސިހިފައި ބަލައިލިއެވެ.
6 ވަނަ. ޕާޓު:
ލަމްހާމެން ސިހިފައި ބަލައިލިއެވެ.
********************
އެތާ ހުރީ ޝަމާގެ ދައްތަ ޝަފާއެވެ. ޝަފާ ބުންޏެވެ.
” ނުވާނެ ތިހެނެއް. ލަމް ދުވަހަކު ވެސް މޫދަށް އެރެން ފޫއްސެއް ނުވާނެ. ހިނގާ ދާން. ލަހުފާ.. އާދެބަލަ ލަމް ގެންދަން. ” އެހެން ބުނިތަނާ ލަމްހާ ދެ ލޯ ބޮޑުކޮށްލާފައި ލަހުފާއާ ދިމާއަށް ބަލައިލިއެވެ. ފެންބޯން ހުރި ލަހުފާ ވެސް ކުއްލިއަކަށް ލަމްހާއާ ދިމާއަށް ބަލައިލިއެވެ. އެވަގުތު ލަމްހާ ދެބުމަ ގޮށްޖަހާލިއެވެ . އަދި ބުންޏެވެ.” ދައްތަ ނަޔަސް އަހަރެން ގޮސްފާނަމޭ. އެކަމަކު ޝަމާ ޖެހޭނެ އަހަރެންނާ އެއްކޮށް ދާން. ”
” އާއެކޭ. އަހަރެން ގޮސްދާނަމޭ. ޝަފާދައްތަ ވެސް ދާނެއޭ. ދެން ހިނގާބަލަ. ” ޝަމާ ލަމްހާގެ އަތުގައި ހިފާ ދަމާލަމުން ބުންޏެވެ. ޝަފާ ވެސް ލަމްހާ އަނެއް އަނެއް އަތުގައި ހިފައިގެން ގެންގޮސް މޫދަށް ލިއެވެ.
މި މަންޒަރު ބަލަން ދުރުގައި ލަހުފާ ހުރީ ރޮވިފައެވެ. އޭނަގެ ކޮއްކޮ އޭނަ ދެކެ އެހާ ރުޅި އަންނަ ސަބަބެއް އެއްގޮތަކަށްވެސް ލަހުފާ އަކަށް ނޭނގުނެވެ. އަވަސްއަވަހަށް ލަހުފާ ކަރުނަތައް ފުހެލާފައި ގަސް ދަށުގައި އިށީނެވެ. މާ ގިނައިރެއް ނުވެ ޝަފާ މޫދުން އެރީ ކުޑަކޮށް ހީކަރުވާ ގޮތް ވެގެންނެވެ. އެހެން ދަނިކޮށް ޝަފާއަށް ލަހުފާ ފެނުނެވެ. އަދި މޮޅު ރޭވުމެއް ޝަފާ ރާވައި ލިއެވެ.
ނުނިމޭ…
އަޅުގަނޑު 2 ބައި އެއްފަހަރާ މި ލިޔުނީ ތިޔަ ކިޔުންތެރިން އަބަދުވެސް ވާހަކަ ކުރުކަމުން ޝަކުވާ ކުރާތީ.. އަޅުގަނޑު އުންމީދުކުރަނީ ތިޔަ ކިޔުންތެރިންނަށް މި 2 ބައި ވެސް ކަމުދާނެ ކަމަށް.. އަޅުގަނޑުގެ ވާހަކަ ކިޔަމުންދާ އަދި އަޅުގަނޑުގެ ވާހަކަ އަށް ސަޕޯރޓް ދޭ ހުރިހާ ކިއުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ?????☺️☺️????
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

