“ތާރާ؟؟ ތާރާ؟؟” އީކަން މަޑުމަޑުން ތާރާގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. އާފުރެލަމުން ތާރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. “ވިޔާމް އަހަރެން ދޫކޮއްލާ ވިޔާމް!! އަހަރެން ސަލާމަތްކުރޭ މަންމާ!!!!!!!!!!!!!!!!!!” ތާރާ އީކަންގެ ކަރުގައި ދެއަތް ވަށާލާފައި ލައްކެއް ޖެހި ގޮތުން އީކަންގެ ތުންފަތް ގޮސް ތާރާގެ ތުންފަތުގައި ޖެހުނެވެ. ތާރާ ދެލޯ ބޮޑުވިއެވެ. މިހެން ކަންތައް ވާނެ ކަމަކައް ތާރާ ހިޔެއްނުކުރެއެވެ. އީކަން އަވަހަށް ތެދުވިއެވެ. “އާޔޫ ކްރޭޒީ ހީ އިޒް ޔުރާ ބްރަދާރ ބްލަޑް ބްރަދާއޭ ހައު […]
(މި އާޓިކަލް މަރުޙޫމާ އަޅުގަނޑުގެ ލޯބިވާ ދައްތައަށް ތަޙުސީސު ކޮށް ލިޔަމެވެ.) އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނެ ވަރަށް ބޮޑު ހަޤީޤަތެެއް ވެއެވެ.އެއީ މަރެވެ.ކޮންމެ އިންސާނަކަށްވެސް އަންނާނެ ދުަވަހެއް ކަމެވެ.ތިބާ ކިތަންމެ ބާރަށް ދުވިއަކަސް މަރު ތިބާ އަތުލާނެއެވެ.އެހެނީި މިކަމުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުވެއެވެ.އެދުވަހަކުން ތިބާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ.މި ދުނިޔެއިން އެ ދުނިޔެއަށް ގެންދެވޭނެ ހަމަ އެކައްޗެއްވެސް ނެތެވެ.ތިބާގެ ޢަމަލުތައް ފިޔަވައެވެ. އަމަލުތަކުގެ ތެރެއިންވެސް ތިބާއަށް އާޙިރަތުގައި ފައިދާ ކުރާނީ ތިބާ […]
ރޭގަނޑުގެ އަދިރިކަން ދުވާލުގެ އަލިކަމަށް ބަދަލުވަނީއެވެ.އާދުވަހުގެއިރާއެކު ކަޅުވެފައިވާ އުޑުމަތި ދިޔައީ އަލިވަމުނެވެ.ހިމޭން ވެފައިވާ ޔަނާލްގެ ކޮޓަރިތެރޭގެ ހިމޭންކަން ނަގައިގެން ދިޔައީ ރިންގުވާން ފެށި ޔަނާލްގެ ފޯނުންނެވެ.ފުން ނިދީގައި އިން ޔަނާލް މޭޒުމަތީ އޮތް ފޯން ނަގަން އުޅެނިކޮށް އެދުން ވެއްޓުނެވެ.ކައްނެތް ވަތަރަކައް ތެދުވެ ފޯންނަގައި އެލާމް ކަޑާލާފަ ފެންވަރަން ދިޔައެވެ.ފެންވަރާގެން ނިކުމެ ވި އެންމެ ރީއްޗެ ވާން ފެށިއެވެ. ތައްޔާތުވެ ނިމުމާއެއްކޮށް ޔަނާލް ލޯގަނޑު ކުރިމަތީ ހުރެ އަލްސަން އާ ވާހަކަ ދައްކާނެ ގޮތެއް ބަލަމުން ދިޔައެވެ.ހިތްހަމަ ޖެހޭވަރަށް އަމިއްލަ ނަފްސާވާހަކަ ދައްކާފަ ބައްޕަ އަލީ ހެދުނުގެ ނާސްތާ ކާން ގޮވުމުން ދަބަސް ހިފާގެންް ބަދިގެއައް ދިޔައެވެ. ބަދިގެއައް ވަދެ ބައްޕަ އައް ތަށިތައް މެޒުމަތީ ބަހައްޓާ ދީފަ އަލަމާރިން ކިރުޕެކެޓުނަގާ ތަށިތަކަށް އަޅާ ކާން އިށީންނެވެ.ގޭތެރޭގައި ވީ ހިމޭން ކަމެވެ.އެހިމޭން ކަން ދިޔައީ އަލީ ވާހަކަ ދައްކަން ފެށުމުންނެވެ.”ދަރިފުޅާ މިއަދުތަންކޮޅެއް އަވަހަށް ގެއައް އަންނަޗޭ…މިއަދު ރެސްޓޯރެންޓުގެ އާސާމާން އަންނާނެ..ބައްޕަ އަށް ކުޑަކޮށް އެހީ އެއް ފޯރުކޮއްދޭން..”ޔަނާލް އޭނާގެ ބައްޕަ އައް ބަލާފަ ރުޅިމޫނު ދައްކާލިއެވެ.”ބައްޕާ!!ދެން ތިކިޔަނީ އަހަރެން ބައްޕަ އަށް އެހެން ދުވަސް ތަކުގައި ބައްޕައަށް އެހީ ނުވެޔޭތަ؟” ތުބު ދިއްކުރަމުން ޔަނާލް ބުނެލިއެވެ.”ނޫނޭ ދަރިފުޅާ..ދަރިފުޅު އެކުވެރިންނާ އެކު ތަނަކަށް ދާނެތީ ކުރިން ބުނެލީ..”އަލީ ބުނެލިއެވެ.”ބަލައްޗޭ މިއަދު ބައްޕއަށް އެހީވާން އަހަރެން ގެއައް އަންނާނީ އެކުވެރިން ގޮވާގެން”ހީލަމުން ޔަނާލް ބުނެލިއެވެ.”އެކުދިންނަށް މިރޭ ކުޑަ ކެއުމެއް އޮންނާނެ..ބައްޕަ އެކުދިން ކޮއްދިން ކަންތައްތަކަށް ޝުކުރުއަދާކުރަން ޖެހޭނެއެއްނޫން؟”އަލީވެސް ހެވިލާފަ ހުރެ ބުނެލިއެވެ.”އާން…ބައްޕަ ގަޑިޖެހެނީ ދެން ދަނީ އިންގޭ؟..ބައީ”ދަބަސް ނަގައިގެން ގެއިން ނުކުންނަމުން ދަބަހުގައި ސިޓީ އޮތްތޯ ބަލާލިއެވެ.ދަބަހުގައި ސިޓީ ނެތުމުން އަބުރާ ކޮޓަރިއަށް ވަަދެ ސިޓީނަގައިގެން ސްކޫލާ ދިމާލަށް މިސްރާބުޖެހިއެވެ.މިމަންޒަރުބަލަން ހުރި އަލީ ހެވުނެވެ.”މައި!މައި ގެ ދަރިފުޅުވެސް މައި ގޮތަށް އުޅެނީ…” ************************** ގޭޓް ކާރިން ޔަނާލް އަށް އަލްސަން ފެނުނެވެ.”އަލްސަން!!” އަލްސަން އާ ދިމާލަށް ދުވަމުން ޔަނާލް ގޮވާލިއެވެ.ސްކޫލް ގޭޓުން ވަންނަންދިޔަ އަލްސަން ޔަނާލް އާދިމާލަށް އެބުރުމުން ޔަނާލް ސިޓީ ދިއްކޮށްލިއެވެ.”އ-ައަލްސަން މިސިޓީ- ބޭނުމެއް ނޫން”ޔަނާލް ކިޔަމުން ދިޔަ ޖުމްލަ މެދުކަޑަމުން އަލްސަން ބުންޏެވެ.ޔަނާލް އަށް ލިބުނީ ޝޮކެކެވެ.އަލްސަން އަށް ބަލާލިއިރު އޭނާ އެބުރި ހިނގާ ގަންނަނީއެވެ.”ތީ ހިތެއް ހުންނަ މީހެއްތަ؟އަތްވެސް ނުލާ،ނުވެސް ކިޔާ ހުރެ އެބަކިޔާ ބޭނުމެއް ނޫނޭ…”ހިތުގައި ޖެހުނުވަރުން ޔަނާލް ބުނެލިއެވެ.”އަހަރެން ސިކުޑިއެއް ނުހުންނަ އަންހެނުންނަށް ވަރަށް ފޫހިވޭ”އަލްސަން އެބުރި ޔަނާލް އަށް ބަލާލަމުން ބުނެލިއެވެ.ޔަނާލްގެ ބޮނޑު ދެލޯ ކަރުނުން ފުރި ބަނޑުން ޖެހުނެވެ.ޔަނާލް އަހަރު ވަންދެން ލޯބިވި އަލްސަން މިއަދު އޭނާގެ ހިތް ހަލާކު ކޮއްލިއެވެ.ކްލާސް ތަށް ނުފެށެނީ މުޅި ސޮކޫލަށް ޔަނާލް އަލްސަން އަށް ލޯބީގެ ސިޓީއެއް ދޭން އުޅުނުކަން އެގިއްޖެއެވެ.ޔަނާލް ކްލާހަށް ދިޔައީ ފުރަތަމަ ގަޑި ނިމުނީމައެވެ.ކްލާހުގައިވެސަ އެންމެން ދެއްކ އެވާހަކައެވެ.ޔަނާލްގެ އެންމެ ގާތް ދެ އެކުވެރިން މަލްސާ އަދި އައިނީ ޔަނާލް ގާތުގާހުރެ ޔަނާލް އަށް ހިއްވަރު ދިނެވެ.”އޭ ހާދަ ހިތް ކުދި މީހެކޭ..ޔަން އޭނަ މަތިން ހަދާން ނައްތާލާ..”ރުޅި އައިސްގެން ހުރެ މަލްސާ ބުނެލިއެވެ.”އާނ! ކްލާސް އޭގެ ކުދިން އަހަރެމެން މާދައް ކއްގެން އެއުޅެނީ އަހަރެމެންނަށް މާދަށުން ލިބޭތީ..”އައިނީ މައިސާ އާ އެއްބަސް ވަމުން ބުނެލިއެވެ.”އަ- ޔަނާލް!ޔަނާލް! ދޫނީ އޭ ތެދެއްތަ؟ ދޫނި ކީއްވެތަ އެކަހަލަ މީހަކުނުލިބިގެން ތި އުޅެނީ؟ދޫނިއަށް މަ މިހިރީއެއްނޫން؟”ޔަނާލް ވާހަކަ ދައްކަން ފެށިތަނާ ނާއިލް ހަޅޭލަވަމުން އައިސ ހުއްޓުނީ ޔަނާލް ކުރިމަތީގައެވެ.”އޭ ނާއިލް ހަޅޭނުލަވަބާ ނުފެނޭތަ ޔަނާލް ދެރަވެފަހިންތަން؟”މަލްސާ ނާއިލް އަށް ބަލާލަމުން ބުނެލިއެވެ.”އޭ ދެން އެންމެން ހުއްޓާލަބާ..މަގޭ މޫޑު އިތުރައް ނުބައި ނުކޮއް ހުއްޓާލާ..”މަލްސާ،ނާއިލް އަދި އައިނީ ޒުވާބުކުރަން ފެށުމުން ޔަނާލް ބުނެލިއެވެ.”އާނ! މިއަދު މަ އައީ ދޫނި އަށް އެއްޗެއް ކައްކާގެން”އަތުގާއޮތް ކޮތަޅުން ތައްޓެނަގާ ޔަނާލް ގެ ޑެސްކުމަތީ ބާއްވަމުން ތަށީގެ މަތި ހުހުވިއެވެ.”އާޗާ!! ނާއިލް ތަ މީ ކެއްކީ؟”އެއްއަޑުން ތިން ކުދިންވެސް އަހާލިއެވެެ.”މީ އަހަރެންގެ ވަން އެންޑް އޮންލީ ލަވް ޔަނާލްއަށް ހެދިއެއްޗެ”ނާއިލް އެހެން ބުނުމުން މަލްސާ އަދި އައިނީ ޔަނާލް އަށް ބަލާލިއެވެ.ޔަނާލް ސަމުސާ ނަގާ އެ ސޫޕް ފޮދެއް ބޯލިއެވެ.”މްމްމްމްމް ވަރަށް މީރު… މީތީގެ ރަހަ ބަލާފަވެސް އަހަރެން އުފާވެއްޖެ… ނާއިލް މީ ކުކުޅު މަސް ބޭނުން ކޮއްގެން ހެދި ސޫޕް އެއް ދޯ؟”ޔަނާލް ސޫޕް ބޯ ނިއްމާ ލަމުން އަހާލިއެވެ. ފުރަތަމަ ކްލާސް ފެށުމުން ހުރިހާކުދިން އެކުއްޖަކު ހުންނަ ގޮނޑި އަކަށް ދިޔައެވެ. ******************************************** ސްކޫލް ނިމިގެން ޔަނާލް އާއެކު މަލްސާން، އައިނީ އަދި ނާއިލް ވެސް އައެވެ. ގެއަށް ގޮސް ހެދުން ބަދަލުކޮއްގެން އެއްމެން ޔަނާލްގެ ބައްޕަގެ ރެސްޓޯރެންއަށް ދިޔައެވެ.ރެސްޓޯރެންޓް ގެ ހުރިހާކަމެއް ކޮއްނިމިގެން އެއްމެން އެކުއެކީގައި ޔަނާލް ގެ ގެއަށް ދިޔައެވެ.ކާ އެއްޗެހި ތައްޔާރު ކުރުމައް ފަހު އެއްމެން ކާން ފެށިއެވެ.ކާނިއްމާލާފައި ޔަނާލްގެ ބައްޕަ ޔަނާލް އާއި ޔަނާލްގެ މަންމަގެ ވާހަކަތައް ކިޔާދިނެވެ.”މީ ކާކު؟” ޔަނާލް ކުޑައިރުގެ ފޮޓޯ ދައްކަމުން ދަނިކޮށް ޔަނާލް އާ އެއްކޮށް އަންހެން ކުއްޖެގެ ފޮޓޯ ހުރުމުން އައިނީ އަހާލިއެވެ.”މިހާރު ނަމެއް ހަދާނެއްނެތް…އޭ ކުޑައިރު އެއްކޮ އުޅުނު ކުއްޖެ” ޔަަނާލް ފޮޓޮއަށް ބަލާލާފަ ބުނެލިއެވެ.”އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދަރި އަލްސަން”އަލީ ބުނެލިއެވެ.”އޭޭއޭޭ!! އަލްސަން ގެ ނަންވެސް މަ ކުރިމަތީ ނުކިޔާތީ..ޔަނާލްގެ ހިތް ކުދި ކުދި ކޮއްލި މީހާއެއީ”ނާއިލް ފުންމާ ތެދުވެ ބުނެލިއެވެ.ގޮސް ގެ ފާރުގާ ބޯޖަހަން ފަށާފިއެވެ.”ނާއި-“ޔަނާލް ނާއިލް އަށް ގޮވަން އުޅެނިކޮށް މުޅިގެ ތެޅެން ފެށިއެވެ. ގެ ވެއްޓެން ދަނިކޮށް އެެއްމެން ގެއިން ނިކުތެވެ. އިރުކޮޅަކުން ރިޕޯޓަރުންނާ ފުލުހުން އެގެއަށްއައެވެ.އަށެއޮގެ ހަބަރުން މިހާދިސާ ދެއްކިއެވެ.އަނެއް ދުވަހު ސްކޫލަށް ދިޔައިރު އެންމެން ޔަނާލްގެ ވާހަކަ ދެއްކިއެވެ.މަލްސާ އަދި އައިނީ ޔަނާލް އަށް ހިއްވަރުދިނެވެ. ގޭޓުން ވަތް ތަނާ ފުރަތަމަވެސް ޔަނާލް ލޮލުގައަޅާ ގަތީ ކުދިން ކާރިޑޮނޭޓް ކުރަށޭ ބުނަން އިން ނާއިލް އަށެވެ. ދުވެފައިގޮސް ނާއިލް ކުރިމަތީ ހުއްޓުނެވެ.”ނާއިލް ތީކޮންކަމެއް؟ ހަމަ މިހާރު ހުއްޓާލާ .fr!އާ ލަދުން ޔަނާލް ބުނެލިއެވެ.”އެއްމެނޭ މިހިރީ ޔަނާލް ފުރަތަމަ އަލްސަނ އޭނާގެ ހިތް ހަލާކު ކުރީ ދެން ރޭގަ އާ ބިންހެލުވުމަކުން އޭނާގެ ގެ ހަލާކުވީ..” ޔަނާލް އަތުގާ ހިފާފަ ނާއިލް ބުނެލިއެވެ.”ނާއިލް ދެން ހު-ދުރުވެބާ..މުޅި ތަން ހިފަހައްޓާގެން ތިއުޅެނީ” ޔަނާލް ގެ ޖުމްލަ މެދުކެޑުނީ އަލްސަން ވާހަކަ ދެއްކުމުނެވެ.”އޭ! މީ ހުސް ތީނާގެ ކަންތައްތަކޭ..ޔަނާލް ގެ ސިޓީ އަތުލިނަމަ މިހެނެއް ނުވި”ނާއިލް އަލްސަން އަށް ބަލާލަމުން ބުނެލިއެވެ.”މިހާރު ބިންހެލުންވެސް އާދޭ މީހެއްގެ ސިޓީގައި އަތް ނުޖެހުމުން؟ ވާއު..އާން އޯކޭ މަ ދޭނަން 100 ރުފިޔާ”އަލްސަން ހެމުން ވޮލެޓުނަގާ 100 ރުފިޔާ ޔަނާލް އަތަށް ރުފިޔާ ދިއްކޮލިއެވެ.”އަހަރެން ބޭނުމެއޮ ނޫން ތީނަގެ އެހީއެއް މަ ދާނެ ގެއެއް ނެތަސް” ޔަނާލް އަލްސަން ގެ އަތް ފޮޅާލަމުން ބުނެލިއެވެ.” އާން އޯކެއި” އަލްސަން ހިނގާ ގަންނަމުން ބުނެލިއެވެ. ސްކޫލް ނިމިގެން ޔަނާލް މެން ހުންނަ އެޕާޓްމެންޓަށް ވަދެ ދަބަސް ޕެކްކޮއް ތަޔާރުވިއެވެ.ޔަނާލްމެން ޔަނާލްގެ ބައްޕަގެ އެކުވެރިޔާގެ ގެއަށް ބަދަލުވަނީއެވެ.ޔަނާލް ހުރީ ކުޑައިރު އެއްކޮށް ކުޅުނު އަލްސަން ނުފެނިގެންނެވެ.އެގެ ކުރިމަތީ ކާރު ޕާކު ކުރުމައް ފަހު ޔަނާލް އާއި އަލީ ގޮސް އެގޭގެ ރަނގަބިލުޖެހިއެވެ.”އޭ އަހުމަދާ! އަލީ އޭ އެއައީ…އަވަހަށް އާދޭއެތެރެއަށް espanolviagra.net..”ދޮރުހުޅުވި އަންހެންމީހާ ބުނެލިއެވެ. ދެމިހުންވެސް އެތެރަށް ވަދެ ސިޓިން ރޫމް ގާ އިށީންނެވެ.”ޔަނާލް ހާދަ ރީއްޗޭ! އަހަރެންނަށް ކިޔަނީ މައިމޫނާ..އެކަމް ދައްތައޭ ކިޔޭ..” މައިމޫނާ ބުނެލިއެވެ.”އާން”ޔަނާލް ހެވިލާފަ ހުރެ ބުނެލިއެވެ.”ކޮބާ މި އަލްސަން؟ އަލްސަން!އާދެބާ!” މައިމޫނާ އަލްސަން އަށް ގޮވާލިއެވެ.”ހައި އަހަރެންނަކީ މިގޭ އެންމެ ބޮޑު ދަރިފުޅު”ޔަނާލް ޖޫސް ތަށިން ކޯވަރެއް ބިގތަނާ ދެންނަ އަޑެއް އިވި އަނގަ އަށް ލި ޖޫސް ވަރާލަމުން ހަޅޭލަވާގަތެވެ. ********************************************************************************** *ވާހަކާގެ މެއިން ކެރެކްޓާ ގެ ނަން މިހާރު ޔަނާލް އަށް ބަދަލު ވެއްޖެ* އެކުވެރި ކިޔުންތެރިން..އުއްމީދު ކުރަން ޕްލޭފުލް ކިސް ގެ ފުރަތަމަ ޕަޓް ކަމުދިޔަ ކަމައް..އަދި މީ އަމިއްލަ ވާހަކަ އެއް ނޫން..މި ވާހަކަ އަކީ އަހަރެން ބެލި ކޮރެއަން ސީރީސް އެއް…އެކަމް އަމިއްލަ ބަދަލުތަކާއެކު…
ކުއްލިޔަކަށް ޒާއިޝް އިވްރާގެ ކުޑަ ހުޅުގައި ހިފާ ލުތްކެއް ޖަހާލަމުން އިވްރާގެ އަނގަ މަތީގައި އަތް އަޅާލައިފިއެވެ. ރުޅިން ރަތް ވެފައިވާ ޒާއިޝްގެ މޫނު ފެނި އިވްރާލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވިފަދައެެވެ. ދެބުމަ ގޮށް ޖެހިފައިވާ ޒާއިޝްގެ ތޫނު ނަޒަރު އިވްރާއަށް އަމާޒުވުމުން އެ ހިތް ތެޅެންފެށީ އެޔެއްމިޔެއް ބަލާފައެއްނޫނެވެ. އައިސްފައިހުރި ރުޅިއެއްގެ ސަބަބުން ޒާއިޝްއަށް އިވްރާގެ ކޮލަށް ފިއްތާލެވުނެވެ. އެވަގުތު އިވްރާގެ ލޯ ފެންކަޅިވެގެން ދިޔައީ ވީ ތަދެއްގެ ބޮޑު ކަމުންނެވެ.އިވްރާގެ ހަޅޭކުގެ އަޑަށް ތެޅެމުން ފޮޅެމުން ކަަހަލަ ގޮތަކަށް އެތަނަށް އައި ޔޫހާން އާއި ކިޔާރާގެ ދެ ލޯ ބޮޑުވީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު އިވްރާ ލޮލުގެ އިޝާރާތުން ދާން ބުނުމުން ލަސްނުކޮއް ޔޫހާން ސައިކަލުގައި ނައްޓާލިއެވެ. އިވްރާގެ އަނގަމަތިން އަތް ނައްޓާލަމުން ޒާއިޝް އިވްރާ ކޮއްޕާލިއެވެ. ފަރުވާކުޑަ ނަޒަރެއް އިވްރާއަށް ދެމުން އޭނަ ހަރުކޮށް ހިނގައިގަތެވެ. ************************** ކޮލެޖުން ނިކުތް ޔަނާ ގަޑިއައް ނަޒަރެއް ދެމުން ކުރިއަށް ހިނގައިގަތެވެ. އެއްއަތުން ދަބަހުގައި ހިފަހައްޓާލަމުން،އަނެއް އަތުން އޭނަ ފޮތްތަކުގައި ހިފާ ބާރުކޮއްލަމުން ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. އެހެން ނަމަވެސް އޭނަގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. ކުރިމަތީގައި ޕާޓޭ ފާޑަކަށް ތިބި ތިންމީހުން ފެނި ޔަނާގެ ސިކުނޑީގައި ނުރައްކާތެރިކަމުގެ އެލާރމް އެޅެން ފެށުނެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ދާ ހިއްލައި ފޯ ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގި ހަރކާތް ހުއްޓިފައިހުރެ އޭނަ އައިކޮޅަށް އެނބުރިލިއެވެ. ކުރިމަތީގައި ހުއްޓި ހުރި މީހާ ފެނި ފިނި ނޭވާއެއް ޔަނާއަށް ބޭރު ކޮށްލެވުނެވެ. މަޑުމަޑުން އޭނަގެ ނަޒަރު އެ މީހެއްގެ މޭމަތިން ގޮސް ލޮލާ ހަމައިން ހުއްޓުނެވެ. އެއާއެކު އޭނަ ލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވި ފަދައެވެ. ކުރިމަތީގައި ހުއްޓިގެން އެ ހުރީ ނިޔާން ނޫން އިތުރު މީހެއް ނޫނެވެ. މަޑުމަޑުން ޔަނާގެ އަތްތިލާގައި ހިފާލަމުން ނިޔާން އެމީހުންނަށް ނުރައްކާތެރި ނަޒަރެއް ދިނެވެ. އަދި ޔަނާގެ އަތުގައި ހިފައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ. ނިޔާންގެ އެ ރީތި މޫނުން ނަޒަރު ވަކިކޮށްލަން ޔަނާއަށް ނުކުޅެދުނެވެ. އިހްސާސްވެގެންދިޔަ ރައްކާތެރިކަމުން އޭނަ އަށް ހިނިތުންވެލެވުނެވެ. “އަދިވެސް ހެނީތަ.. އަހަރެން ނައިނަމަ ޔަނާއަށް ވާނެ ގޮތެއްވެސް ނޭނގެ..” ފުންނޭވާއެއް ދޫކޮއްލަމުން ނިޔާން ކުރިބަލަން ފެށިއެވެ.”ދެންވެސް އެކަނިން ނުދައްޗޭ.. މި މާލޭގައި މި އުޅޭ މީހުންގެ ގޮތެއް ނޭނގޭނެ” ނިޔާންގެ އެވާހަކައަށް ޔަނާ ބޯ ޖަހާލިއެވެ. ގެއާ އަރާހަމަވުމުން ނިޔާން ޔަނާގެ އަތުން […]
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުން ފޮށީގެ އަތްގަނޑުގައި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ […]
ޕާރޓީ ނިންމާލުމަށްފަހު ދަރުބާރުގެއިން ނިކުމެގެން އެންމެންވެސް ތިބީ އެމީހެއްގެ ކާރު އަންނަންދެނެވެ. އިސްހާޤުގެ ކާރު އައުމުން އާތިކާއާއި އަސްމާ އަދި ޖޫދު ކާރަށް އެރިއެވެ. ” އަންޖަލް އާދޭ ޖައިޝްއާއެކު..” އިސްހާޤު މެން ކާރަށް އަރަން އައި އަންޖަލްއަށް ބަލާލަމުން އިސްހާޤު ބުނެލިއެވެ. އިސްހާޤުގެ ބަހަކާ ދެކޮޅުހަދަން ނުކެރުމުން އަންޖަލް ގޮސް ޖައިޝް ކައިރީ އޭނާގެކާރު އަންނަންދެން މަޑުކޮށްލިއެވެ. އިސްހާޤުމެން ދިއުމުން ދަރުބާރުގެ ބޭރުގައި ތިބީ ޖައިޝްއާއި އަންޖަލް އެކަންޏެވެ. ކާރުގެ އިންތިޒާރުގައި ހުރި އަންޖަލް އިރު […]
“ތާރާ ހަނދާން ކުރައްޗޭ އަހަރެން ކައިރިއަކުން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ އަދިވެސް އަންނާނެ ކަލޭ މަރާވެސް ލާނަން” މާގިނައިން ލޭ ފޭބުމުގެ ސަބަބުން ތާރާ ހޭނެތިގެން ވެއްޓުނެވެ. އީކަން އަވަސް އަވަހަށް ތާރާ ހޮސްޕިޓަލަށް ގެންދިޔައެވެ. ތާރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ކައިރީ ގޮނޑިއެއްގައި އިށީނދެގެން ހުރީ އީކަން އެއްނޫނެވެ. ޕޮލިސް ޔުނީފޯމް ލައިގެން ހުރި އަންހެނެކެވެ. “ކޮބާ ހޭ އެރީތަ؟؟ އެއްވެސް ތާކަށް ތަދުވޭތަ؟؟؟ ޑޮކްޓަރަށް ގޮވަން ވީ؟؟؟ ތާރާ ދޯ ކިޔަނީ ހައި އަހަރެންނަށް […]
ކައިލީ! “ސާރގެ ސެކްރެޓަރީއަށް ޝެލީ ނޫން އެހެން ކުައްޖަކު ނުހޮވާތި . ޝީ ޝުޑް ބީ މައި ސެކްރެޓަރ”ީ.ސިކުނޑީގަ މޮޅު ހިޔާލެއް ރާވަމުންj ލާނެތް ހިނުތުންވުމަކާއެކީ ޝަހުދާން ބުނެލިއެވެ. އެކަމަށް އާއެކޭ ބުނުމުގެ ގޮތުން ކައިލީ ބޯޖަހާލިއެވެ. *************************** ހަފްތާއެއް ފަސް… މިއަދަކީ ކައިލީ ބުނެފައިވާ ގޮތުގާ ވަޒީފާޔަށް ހޮވޭ ކުއްޖާ އަންގާ ދުވަަސް ކަމުގައިވާތީ މޭޒުމަތީގައި ފޯނު ބާއްވާފައި ދެކޮޅަކަށް ހިނގާލަ ހިނގާލައި ޝެލީ ހުއްޓެވެ. “ދަރިފުޅާ… ޕޮލިސް ޓްރެއިނިން އަށް ވަންނަންވީ އެއްނު….އަހަ އަހަ އަހަ”…ޑޭޑް.. ނޮޓް ނައު….”އޯކޭ އެހެންވެއްޖެއްޔާ…އެކަމަކު ދަރިފުޅު ތިހާވަރަށް ސްޓްރެސް ނުވެބަ…ދަރިފުޅަށޭ ޖޮބް ލިބޭނީ..އަމް ޝުއާ.”އެކަމަކު ޝެލީޔަށް ހިޔެއް ނުވެޔޭ ޖޮބް ލިބޭނެ ހެނެއް..” އިރުކުޅަކުން ޝެލީގެ ފޯނު ރިންގުވާން ފެށިއެވެ. ނުދަންނަ ނަންބަރަކުން ގުޅުމުން ޝެލީ އަވަހަށް ފޯނު ނެގީ ބްލޫވޭވް ކުންފުނިން ގުޅި ކަމަށް ހީކޮށެވެ.ވީ ވެސް ހަމަ އެގޮތަށެވެ.އެކޮޅުން އަންހެން ކުއްޖަކު ވާހަކަ ދެއްކި އެވެ.”ހެލޯ! ޝެލީ ދެއްތޯ..؟ ލައްބަ އަޅުގަނގަޑަކީ ޝެލީ…މީ ކައިލީ ..ސެކްރެޓަރީގެ މަގާމަށް ހޮވުނު ވާހަކަ ބުނެލަންވެގެން މި ގުޅާލީ..އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ތިކޮޅުން ޖޮއިންކުރުން… މިއަދަކީ ހުކުރު ދުވަސް ދެއްތޯ؟..އެހެންވީމަ އަންނަ އާދީއްތަޔަށް ޖޮއިން ކުރެވެންޏާ ވަރަށް ރަނގަޅު..އެކީއްވެތޯ އެހާ އަވަހަށް؟.. ތިވާހަކަ ދެއްކެން އޮތީ މިކުޅަށް ދުރުވީމަ ޝުކުރިއްޔާ…” ************************************ ދުވަސްތަށް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އާދިއްތަ ދުވަސް އައީ އެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް ފަތިސް ނަމާދުކުރުމަށްފަހު…އޮފީހަށޤ ދާން ތައްޔާރުވެލައިގެން ޝެލީ ނުކުތް އިރު ޝިމާޒު ޝެލީގެ އިންތިޒާރުގައި ސިޓިންެރޫމުސަ ހުއްޓެވެ.”ދަރިފުޅާ ހިނގާ ދާން ބައް÷ަވެސް ދާއިރު ޑްރޮ÷ެއް ދީފާނަން..އޯކ..ޭ ދެން ހިނގާބަ ޑޭޑްވެސް ތި ލެޕްޓޮޕް ބަހައްޓާފަ… ޝެލީ ޝިމާޒުގެ އަތުން ލެޕޓޮޕް ނަގަމުން ބުނެލިއެވެ. ************************************* ކެބިން ތެރޭގައިބޮލުގައި ދެއަތް ވިއްދާލައިގެން އިން ޝަހުދާން ހުރީ ވަރަށް ފުން ޚިޔާލަކަށް ގެއްލިފައެވެ.ޝެލީ ފެނުނު ދުވަހުއްސުރެ ޝަހުދާންގެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުންދިޔައީ ޝެލީ އެވެ. ނަމަވެސް މިކަންތަކާ ޝަހުދާން ހުރީ ބޯގޮވާވަރުވެފައެވެ.”އޭނަ ލޯިބިވަނީ ޝަލީން ދެކެއެވެ.ނަމަވެސް މިހާރު ޝެލީ އަބަދ އޭނަގެ ޚިޔާލުތަކުގައި ރަސްކަންކުރަނީ ކީއްވެ ކަންެ ކޮންމެހެންވެސް ޝަހުދާން އެނގެން ބޭނުމެވެ. ޝަލީން ދެކެ އޭނަ އޭނަ ހަގީގީ ލޯބި ވީނަމައެހާ ފަސޭހައިން އެ ހިތުން ޝަލީންގެ ނަން ފޮހެވިގެން އެ ދަނީ ކީއްވެ ހެއްޔެވެ…ޝެލީ ފެނުނު ފަހުން އޭނަޔާ ދޭތެރޭ ޝަލީން ކަންތައް ކުރި އިހާނާތު ގޮތުގެ މަތިން އޭނަ ހަދާން ކުރުވާ ޝަލީން އައްޓަކައި އެ ހިތުގައި ފޫހިކަން އުފައްދަނީ ކީއްވެ ހެއްޔެވެ..ނޫނުކެވެ. އޭނަ ލޯބިވަނީ ހަމައެކަނި ޝަލީން ދެކެއެވެ. […]
ޖައިޝްގެ ތަނަވަސް މޭ މަތީގައި ރީޝް ޖެހިގެން ދިޔައިރު ރީޝްއަށް ހީވީ އޭނާގެ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. މޭ ތެޅެމުން ދިޔަލެއް ބާރުކަމުން ހީވީ މޭކަށިވެސް ފަޅާލާފައި ހަށިގަނޑު ދޫކޮށް ނުކުމެދާނެ ހެންނެވެ. ރީޝްގެ ކަނދުރާ އާ ހަމައަށް ތިރިވެލުމަށްފަހު ޖައިޝް އެނާގެ ތުންފަތް ރީޝްގެ ދިގު ދޮން ކަނދުރާގައި ޖައްސާލިއެވެ. އަދި ކަންފަތާ ކައިރިއަށް އޭނާގެ އަނގަ ގެންގޮސް ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ. ”ވަރަށް ލޯބިވޭ.” ރީޝްގެ ހަށިގަނޑުގައި ހުރި ހުރިހާ ލެޔެއް އޭނާގެ […]