“ނޯޔާ!!!!!!!!!!!!!!!!!!!!!!!!!!!!!!” އީކަން އަތް ހޭލެވުނު އިރު ދާހިތްލާ ފޯވެއްޖެއެވެ. މިއީ އަލަށް ދިމާވި ކަމެއްނޫނެވެ. ނޯޔާ މަރުވިންސުރެ މިކަހަލަ ކަންކަން އީކަން އަށް ދިމާވެއެވެ. އީކަން ގަބޫލު ކުރާ ގޮތުގައި ނޯޔާ އަށް އެހެން ދިމާވީ އީކަންގެ ވެސް ސަބަބުންނެވެ. ނޯޔާ ސަލާމަތްކުރުމައް އީކަން ހަމަ އެންމެ ފިޔަވަޅެއް އެދުވަހު އެޅިނަމަ .. ދެން މިވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ނަމަ ނަމަ އަކުން ރިހެއް ނުކެއްކޭނެއެވެ. އެހެން އޮވެ އީކަން އަށް އަނެއްކާވެސް ނިދުނެވެ. ނިދާހޭލެވުމުން ތާރާ […]
މާޒްގެ އަތްމައްޗަށް ހުރަސްވެފައިވާ މަލަކްގެ ދިގުއިސްތަށިގަނޑު ރޫޅިގެން ތިރިއަށްފޭބުމާއެކު ވައިރޯޅީގެ އެހީގައި އެއިސްތަށިގަނޑު ވިހުރިލަ ވިހުރިލާ އޮތް މަންޒަރަކީ ފެންނަމީހުން އަޖާއިބު ކުރުވާފަދަ ރީތި މަންޒަރެކެވެ. މަރާލެވިފައިވާ ދިގުއެސްފިޔަތަކުގައި އުފެދިފައިވާ ތުރުތުރާއިއެކު މަލަކްގެ ދޮންމޫނުން ފާޅުވޭވޭ ހުރި ބިރުވެރިކަމަކުން އޭނާ ވަކިން ރީތިހެންހީވެއެވެ. މަލަކް މޫނާއިދިމާއަށް ގުދުވެގެން އޮވެ އެހާކައިރިން އެމޫނަށް ނަޒަރު ހުއްޓާލެވުނު ވަގުތު މާޒްގެ މެޔަށްވެސް ފިނިވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް މަލަކްގެ ރީތިކަން ގަބޫލުކުރަން އޭނާއަށް މަޖުބޫރުވި ވަގުތުކޮޅަކީވެސް އެއީއެވެ. ” މަލަކް.. […]
އެކޮޅުން އެމީހަކު ގުޅަން ފެށުމުން ޖަމީލާ ވަގުތުން ބިޒީ ކޮށްލިއެވެ. އަދި އެމީހާ ކިހިނެތްވީހޭ އެހުމުން ޖަމީލާ ބުނެލީ ގުޅުމަކީ އޭނާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫންކަމުގައެވެ. ޒާޔާގެ ނަމުގައި ޖަމީލާ އެމީހަކާ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ޒާޔާގެ އެހެނިހެން ފޮޓޯތަކެއްވެސް ފޮނުވައިލައިފިއެވެ. އަދި ޗެޓް ލޮގުން ނުކުމެ އެ ޗެޓް ލޮގު ހައިޑް ކޮށްލިއެވެ. އަދި ފޯނު އެނދުގެ ހެޑްބޯޑް މަތީ ބާއްވައިފައި އެނދުމަތީ އޮށޯވެލިއެވެ. “ހަހަ. ޒާޔާ. މިފަހަރު ކަލެއަކަށް ސަލާމަތެއް ނުވާނެ.” […]
* “ސާބަހޭ ޒައީ.. އިންޓަނެޓްއިން ސަރޗް ކޮއްބަލަ މިސްކޫލްގެ ހިސްޓަރީ.. މިއީ ވަރަށް އޯލްޑް ތަނެއް އަލުން ހަދާފައި.. މިހާރު މިތަނުން ކިޔެވި މީހުންވެސް މުސްކުޅި ވެގެން މަރުވެފައިވާކަމަށްވެސް ބުނޭ…” ޒައިދާން ކިޔައިދިނެވެ. “އެހެންތަ…؟ ޒައި ފަހުން ބަލާލާނަން…” ޒައިލީން އެހެން ބުނެފައި ދޮރާ ދިމާލަށް ބަލާލެވުނީ މީހަކު ހުރިހެން ހީވެގެންނެވެ. * “އޯވްހް.. ކާކަށް ގުޅައިގެން..؟ ސްޕެޝަލް ފްރެންޑްތަ..؟” އަލްޔާ ލާނެތް ހިނިތުންވުމަކާއި އެކީ ލޯ ހަނި ކޮއްލަމުން އައިސް ޒައިލީން ގާތު އިށީނެވެ. “އޭނ..؟ […]
ގެއަށް އާދެވުމާއެކު ޑްރއިވަރަށް ރުފިޔާ ދިނުމަށްފަހު އަވަސް އަވަހަށް ނާޔާ ޓެކްސީ އިން ފޭބީ ބޮލަށް ބަރުވަމުން ދިޔުމާއެކު މޭގައި ހިފާލާފައި ހުރި ރިހުން ގަދަ ވަމުން ދާތީއެވެ. ނަމަވެސް ގެއަށް ވަދެ ވަދެ ހުރި ނާޔާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ކުރިމައްޗަށް ހުރަސްވި ސޫރައެއްގެ ސަބަބުންނެވެ. އޭރު ހަމަ ރަނގަޅަށް ވެސް ނާޔާގެ އަތްފައި ފިނި ވެއްޖެއެވެ. ****************************************** ކުރިމަތީ ހުރި ނަބީލްގެ މޫނުމަތިން ފެނުނު އަސަރުތަކުން ކޮންމެ މީހަކުވެސް ޖެހިލުންވާނޭކަން ކަށަވަރެވެ. ނަބީލްގެ ދެލޯ […]
ދިހަވަނަބައި ނަޝްވާގެ މިސްރާބު ހުރީ ހިޝާން އާއި ދިމާއަށެވެ. ނަޝްވާ ގޮސް ހިޝާން އާއި އެއްފޫޓު ދުރުގައި އިށީންދެލިއެވެ. ކައިރީގައި މީހަކު އިންހެން ހީވެގެން ބަލާލި ހިޝާން އަށް ނުދަންނަ އަންހެން ކުއްޖަކު ކައިރީގައި ހުރުމުން ހައިރާވިއެވެ. އަދި ވަގުތުން ތަންކޮޅެއް ދުރުގައި އިން އައިނާ އަށް ބަލާލިއެވެ. އެވަގުތަކީ އައިނާ ވެސް ހިޝާން އަށް ބަލާލި ވަގުތު ކަމުން ދެމީހުންގެ ހަތަރު ކަޅި ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދިމާވިއެވެ. *** އެވަގުތު ކޮޅު އެތައް ގަރުނަކަށް […]
ދެމީހުން އަންޖަލްގެ އަތުގައި ހިފައިގެން ލޯ އަޅަމުން ދިޔައެވެ. އަންޖަލް ކުޑަކޮށް ޖެހިލުން ވިއެވެ. އެއްކޮޅުން އޭނާ އެންމެ ލޯބިވާ ޖުނާން އެވެ. އަނެއްކޮޅުން އޭނާ މީގެފަހުން މަސައްކަތް ކޮށްދެންޖެހޭ ބޮޑުމީހާއެވެ. ” އަންޖަލް އެއީ އަހަރެންގެ ސެކެޓްރީ.. ޖުނާންގެ ކެބިންނަށް ދާން ޖެހޭ ސަބަބެއް އަންޖަލްގެ ނޯންނާނެ.. ދޫކޮށްލާ..” ޖައިޝް ބުނެލިއެވެ. ” އަހަރެން އަންޖަލް މި އޮފީހަށް ގެނައީ.. އަހަރެން އަންޖަލް ޓްރޭން ކުރުވީ.. އަދި ކިޔާދެންޖެހޭ އެއްޗެހި އެބަހުރި..” ޖުނާން ހުރީ ދޫކުރާ […]
ކުޑައިރުކޮޅެއްގެ ތެރޭގައި ޖައިޝްގެ ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އަތް ތުރުތުރު ލައިގެން އޭނާގެ އަތުން ފޯނުވެސް ވެއްޓިގަތެވެ. ”ޝިޔާން ދެން ތީ ކޮން ސަކަރާތެއް.” ހަމަހޭވެރިކަން ވުމުން އަވަސް އަވަހަށް ވެއްޓިފައި އޮތް ފޯނު ނަގައި އަނެއްކާވެސް ކަންފަތުގައި ޖަހައިލިއެވެ. އޭރު ޖައިޝްގެ އަޑުގައި ތުރުތުރު އަޅަމުން ދިޔައެވެ. ނިތްކުރިމަތިން އޮށްދާތަށް ހިއްލަމުން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ”ޖައިޝް. އަހަރެން ސަކަރާތެއް ނުޖަހަން. އެދުވަހު އަހަރެން ދިޔައީމެއްނު ރައްޓެހިން ފެނިގެން. އެދެމީހުން ޕޮޒިޓިވް […]
ވާނީވެސް އެހެންތާއެވެ. މާޒްއަށް އީޝަލް ނޫން މީހެއް ނުފެނެއެވެ. އެވަގުތު މާޒުގެ ބޯ ދެކޮޅަށް ދެކޮޅަށް ހޫރާލިއެވެ. އާނއެކެވެ! އީޝާލް ފިޔަވާ އެހެން އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން އޭނާ ބަލާލަންވެސް ބޭނުމެއް ނުވެއެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން މާޒް ދިޔައީ ފޯން ނަގާށެވެ. ފޯނުގެ ސްކްރީންގައިވަނީ މާޒް ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމަށްފަހު “ހެލޯ” އޭ ބުނެލިއެވެ. އެކޮޅުން އަޑުއިވިގެންދިޔަ ވާހަކައިން މާޒް ހައިރާންވިއެވެ. “ކާކު ގުޅީ؟ ހާދަ ހާސްވެފަ ތިހުރީ!” މަލަކަށް މާޒްގެ […]