ދެބަފައިން ގެންގުޅުނު އެތީގެ ފުރާ ފެންއަޅައިގެން ދެބަފައިންވެސް ދުރަށް ދިޔައެވެ. ” ބައްޕާ އެމީހުން ހިތައް ނާރާނެތަ އަހަރެމެން މީ ކޮންބައެއްތޯ؟..” ހާތިބު އަހާލިއެވެ. ” ބައްޕަޔަށް ހީވަނީ އެވަޅު ކައިރިއަށް އެއަންނަނީ ދަތުރުމަތީގައި އަންނަ ބައެއްހެން.. އެއީ މީހުންއުޅޭ ސަރަހައްދާވެސް ތަންކޮޅެއް ދުރުގައި ހަދައިފައި ހުރި ތަނެއް ނޫ.. އެހެންނޫންނަމަ އެމީހުންވާހަކަދައްކާ ކޮންބައެއްތޯ އޮޅުން ފިލުވާނެ…” ވަރުދާން ކިޔައިދިނެވެ. އެމީހުނަށް އަތުވެދާނެ ނުރައްކަލަކުން ސަލާމަތްވުމަކީ އުނދަގޫވާނެ ކަމެއް ކަމުގައި ބުނެފައި ވަރުދާން ސިފަ ކުރިންވެސް ހުރި […]
އެނދުގައި އަރާމް ކޮށް ނިދާލާފައި އޮތީ އުމުރުން ގާތް ގަނޑަކަށް ފަނަރަވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. މަޑު މުށިކުލައެއްގެ ހަންގަނޑެކެވެ. ބޯއެސްފިޔަ ތަކެވެ. މަޑު ފިޔާ ތޮށި ކުލައަރާ ތުނި ތުންފަތެކެވެ. ހިތިފަތު ބުމައެވެ. ރާޅު ބާނި އިސްތަށިގަނޑި އޮތީ މަޑު ފެހިކުލައިގެ ބާލީސް މަތީ ފަތުރާލެވިފައެވެ. ކަޅުކަން ގަދަކަމުން ރޭގަނޑެއް ފަދަ އެވެ. ގައިމަތީ ރަޖާލައިގެން އޭނާ އޮތީ ހިނިތުން ވެލައިގެންނެވެ. ނަމަވެސް އެއީ ހިދުކޮޅަކަށެވެ. އޭނާގެ ނިތްކުރިމަތިން ބޮޑެތި ދާތިކިތައް ވިދަން ފެށިއެވެ. “ނޫން… […]
ޔައިޝް އެތަން ތަރުތީބުކޮށް ނިމިގެން އެބުރުން ތަނާ ހުދާ އޭނަގެ އަތް ފުރަގަހުން ނަގައި އަތުގައި އޮތް ލިޕްސްޓިކް އިން ޔައިޝްގެ މުޅި މޫނުގަ އުގުޅުން ގޮތަކަށް އުގުޅިއެވެ.އަދި ޕަކަޕަކަލައި ހެމުން ހެމުންގޮސް އެދުމައްޗަށް ވެއްޓިގަތެވެ.އޭރުވެސް ޔައިޝް ހުރީ ހުދާ އޭނަގެ ؟ނޫމުގައި ހޭކީ ކޮންއެއްޗެއްކަމެއް ނޭގި ގަބުވެފައެވެ.މިހެން ހުރެފައި ކުއްލިއަކަށް މޫނުބަލާ ލޯގަނޑުން މޫނުބަލާ ލޯގަނޑުން މޫނު ބެލުމަށްފަހު ހަޅެއްލަވައިގަތެވެ.އަދި ހުދާ އާދިމާލަށް ހިގައި ގަތެވެ.ވަގުތު ހުދާ އެދުން ތެދުވެ ދުއްވައި ގަތެވެ. ހުދާގަނޑާ އައޭމް […]
ވިދާދުގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އަހަރެންނަކީ ހާދަ ނުބައި މީހެކެވެ. އަމިއްލަ ބައްޕަ މިދުނިޔެ ދޫކޮށް ދިޔައީވެސް އަހަރެންގެ ނުބައިކަމުންނެވެ. އަމިއްލަ ކޮއްކޮގެ އެންމެ ފަހުގެ އެދުންވެސް ފުއްދައިދިނުމަށް ދެކޮޅުހެދިއެވެ. ކުޑަމިނުން އެމޫނު ދެކިލަންވެސް ދެކޮޅު ހެދީމެވެ. އެކޮއްކޮ މި ދުނިޔެއިން ނައްތާލުމަށް އެތަށް މަސައްކަތެއް ކުރީމެވެ. އަހަރެންމީ ހާދަ ނުބައިމީހެކެވެ. ވަދީދުގެ ހިތުގައި މިހުރިހާ ވާހަކަތަކެއްވެ އޭނަގެ ހިތައް ތަދުވެގެންދިޔައެވެ. އޭނައަށް ހެޔޮވިސްނުން ލިބުނުއިރު މިވަނީ ވަގުތު ފާއިތުވެފައެވެ. ބައްޕަގެ ލޮލުން އޮހެމުން އަންނަ ކަރުނަތައް […]
ކަޅުފޮއެ ރޭގަނޑެކެވެ. އުޑުމަތި ބައްދާލާފައި ވަނީ ބޯ ވިލާތަކުންނެވެ. ޖައްވުގައި ހިފާލާފައި ވަނީ ތެއް ފިނިކަމެކެވެ. ވައި ބާރުވާން ފަށައިފިއެވެ. ގަސްތަކާއި ރުއްތައް ހީވަނީ ހަމަ ދެންމެ ދެންމެ މުލުން ލުއްސައިގެން ގޮސްދާނެ ހެންނެވެ. ޖަހާލި ބާރު ގުގުރި އަކާއި އެކު އިސާހިތަކު ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ދަންވަރުގެ މި ފިނި ވަގުތު އިންސާނުން ތިބީ ނިދީގެ ފުން ކަނޑަށް ގެނބިފައެވެ. ނަމަވެސް އަހަރެން މިއޮތީ ހޭލައެވެ. ނިދި ވަނީ އަހަރެންނާ އެތައް ހާސް މޭލެއްގެ […]
ކުދިކުދި ރާޅު ތަކާ ސަމާސާ ކުރަމުން ދިޔަ ޖައިޝްގެ ތުންފަތުގައި ވަނީ ނުހަނު ރީތި ހިނިތުންވުމެކެވެ. މޫނުމަތި ވަނީ އުޖާލާވެފައިއެވެ. ޝިޔާން ވެސް ޢޭނާގެ ރައްޓެހިންނާ ވާހަކަ ދައްކާލުމަށް ފަހު މަޑު ހުދުކުލައިގެ ވެލިގަނޑަށް ފައި ވައްދަމުން ޖައިޝްއާ ދިމާލަށް ދިޔައީ ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކާ ސަމާސާ ކުރަމުންނެވެ. އެތައް ދުވަހަކަށް ފަހު ބޭރަށް ނުކުމެލައި މާހައުލުގެ ހިތްގައިމުކަން ހިތަށް ވެރިވުމުން އޭނާގެ ހިތަށް ވަނީ ހަމަޖެހުމެއް ގެނެސް ދީފައިއެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއް […]
ނުވަވަނަބައި ކިތަންމެ އަނގަ ތަޅާފައި މަޖާ ނަގައިގެން އުޅުނަސް މިކަންވީ އަޝްހާ އަށް ސިއްރުކުރަން މަޖުބޫރު ކަމަށެވެ. އެހެނީ އެއީ އެދެމީހުންގެ އަތްމައްޗައް އެކަން ދޫކޮށްލައިގެން އަޝްހާ އިނީ މާތްﷲގެ ކިބަފުޅަށް ވަކީލު ކޮށްލައިގެންނެވެ. ވާން އޮތް އެންމެ ރަނގަޅަކަށް އެކަން ވާނެތާއެވެ. *** އައިނާ އާއި ހިޝާން އަށް ހޭވެރިކަމެއްވީ އާޝިޔާ ގޮވާލުމުންނެވެ. އަދި އަނެއްކާވެސް ހަމަ އެފޯރިގަނޑު އެންމެންގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އައިނާ އާއި ހިޝާން އިނީ ކުޅޭހިތް ކެނޑިފައެވެ. ނަމަވެސް ދެމީހުންގެ […]
އަފްލާމް އަކީ ޔޫ.އެސްގައި ހުންނަ ކުޑަކުޑަ ވިލެޖްއަކަށް އުފަންވި މީހެކެވެ. ރާއްޖެއަށް އަފްލާމް ދިޔަ ފަހަރެއް ގައި އަފްލާމްއާއި ޒައިނާ ދިމާވިއެވެ. ޒައިނާއާއި އަފްލާމްގެ މެދުގައި އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފެދިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަފްލާމް އިސްލާމްވީވެސް ޒައިނާ އާއި ބައްދަލުވި ފަހުންނެވެ. އެއަށްފަހު ޒައިނާއާއި އަފްލާމް ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔައީ ރާއްޖޭގައެވެ. ޒައިނާގެ އުފަން ރަށުގައެވެ. އަފްލާމްއަކީ ބޭރު މީހަކަށް ވެފައި އާދަޔާޚިލާފަށް ދޮނެވެ. އަފްލާމްގެ ހުންނަނީ ވެސް ނޫ […]
“ބޭބެ… އަން!” ޓެކްސީ ދުއްވަން އިން މީހާ އަތަށް ރުފިޔާ ކޮޅު ހަވާލު ކުރަމުން ރީމް ބުންޏެވެ. ޓެކްސީގެ ދޮރު ހުޅުވާލުމަށްފަހު ޓެކްސީ އިން ނުކުމެ ޑްރައިވަރު ނަގައިދިން ފޮށި ދަމަމުން ރީމް މިސްރާބު ޖެހީ ވ.އަތޮޅަށް ދާ ލޯންޗު އަންނަ ދިމާލަށެވެ. ދިއްލާލައިފައިވާ ރަތް ދަކައަވިން ސަލާމަތްވުމަށްޓަކައި ކައިރީގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައި ލޯންޗު އައުމުގެ އިންތިޒާރު ގައި ރީމް ހުއްޓެވެ. އެއްއަތުގައި ފޮށި ހިފަހައްޓައިލައިގެން ހުރިއިރު ކޮނޑުގައި ކަޅުކުލައިގެ ރަތް ފިނިފެންމާތަކެއްގެ ޑިސައިނަށް […]