Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އީޝަލް (18ވަނަ ބައި)

@aminath Level 110 Stories100 Login
July 11, 2020 3 Mins Read
2 Comments

ވާނީވެސް އެހެންތާއެވެ. މާޒްއަށް އީޝަލް ނޫން މީހެއް ނުފެނެއެވެ.  އެވަގުތު މާޒުގެ ބޯ ދެކޮޅަށް ދެކޮޅަށް ހޫރާލިއެވެ. އާނއެކެވެ!  އީޝާލް ފިޔަވާ  އެހެން އަންހެންކުއްޖަކަށް އެފަދަ ނަޒަރަކުން އޭނާ ބަލާލަންވެސް ބޭނުމެއް ނުވެއެވެ.

މޭޒުމަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން މާޒް ދިޔައީ ފޯން ނަގާށެވެ. ފޯނުގެ ސްކްރީންގައިވަނީ މާޒް ނުދަންނަ ނަންބަރެކެވެ. ފޯނު ނެގުމަށްފަހު “ހެލޯ” އޭ ބުނެލިއެވެ. އެކޮޅުން އަޑުއިވިގެންދިޔަ ވާހަކައިން މާޒް ހައިރާންވިއެވެ. “ކާކު ގުޅީ؟ ހާދަ ހާސްވެފަ ތިހުރީ!” މަލަކަށް މާޒްގެ މޫނުގެ ކުލަވަރު ބަދަލުވާތަން ފެނުމުން ސުވާލުކޮށްލިއެވެ. “އެއީ ރައްޓެއްސެއް! ދިމާވެލަން.” އަހަރެން އެބަ އަންނަން.” މާޒް ނިކުންނަން ދާން ހިނގައިގަތެވެ. ” ސައިވެސް ނުބޮއިތަ ދާނީ؟” މަލަކް ސުވާލުކޮށްލިއެވެ. ފަހުންނޭ ކިޔައި މާޒް އަވަހަށް ކޮޓަރިން ނިކުމެގެން ދިޔައެވެ.

މާޒްގެ ސައިކަލު ގޮސް މަޑުކޮށްލީ މާލޭ ޕޮލިސްޓޭޝަން ކުރިމަތީއެވެ. ހާސްކަމެއްގެ ތެރޭގައި މާޒް ސްޓޭޝަން އެތެރެއަށް ވަނެވެ. “މާޒް ތަ؟” ސްޓޭޝަން އެތެރޭގައި ހުރި މާޒް އެއަޑަށް ބަލާލިއެވެ. ޕޮލިސް ޔުނިފޯމެއްގައި ހުރި ފިރިހެނަކު މާޒްގެ ގާތުގައި ހުއްޓިލިއެވެ. ” އަހަރެން މީ  އާމިރު. އަހަރެން މާޒާއި ބައްދަލުކޮށްލަން ބޭނުންވީ މާޒްގެ ބައްޕައާއި ބެހޭ ގޮތުން ވާހަކަ ދައްކާލަން” އެވަގުތު މާޒްގެ   ހިތް ބިރުން  ބާރުބާރަށް ތެޅެން ފެށިއެވެ. “މާޒްގެ ބައްޕަ މިހާރު މިސިންގް ޕާސަންއެއްގެ ގޮތުގަ ލިޔެވިފައިވާނީ.! މާޒްގެ ބައްޕަގެ ރަށު މީހުން ބުނީ އެރަށުން ފިލައިގެން ދިޔައީކަމަށް.  މާޒް އެންމެފަހުން ބައްޕައާޢި ވާހަކަ ދެއްކީ ކޮންއިރަކު؟” އާމިރު ސުވާލުކުރިއެވެ.

” އަހަރެން ހަނދާނެއް ނެތް މިހާރު. ބައްޕަ  އެހެން ރަށަކަށް ދިޔައީ ކަމަށްވެސް ވެދާނެ” މާޒްގެ ދެފައި އެވަގުތު ތުރުތުރު އަޅައެވެ. “އެންމެ ރަނގަޅު އިތުރު ސުވާލެއް އޮތިއްޔާ އަލުން ގުޅާނަން.” އާމިރު އެތަނުން ދިޔުމުން މާޒްގެ މިސްރާބް ހުރީ ގްރީންވިލާއާ ދިމާށެވެ. ގެއަށް ވަނުމަށްފަހު އަޔާންގެ ކޮޓަރީއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ޖެހުމުން އަޔާންގެ ހިލަމެއް ނުވިއެވެ. އެއަށްފަހު  ހަލުއި ފިޔަވަޅުތަކެއްގައި އަޔާންގެ ސްޓަޑީ ރޫމްއާއި ދިމާއަށް މާޒް ދިޔައެވެ.  އެއްފަހަރު ޓަކި ޖަހާލަމުން އެތެރެއިން، ވަނުމަށް ގޮވާލިއެވެ.

“މާޒް. ކިހިނެއްވީ؟” އަޔާން މާޒްގެ މޫނަށް ބަލާލުމުން ކަމެއް ގޯސްވެއްޖެކަން އެނގިގެންދިޔައެވެ. ” އަޔާން ބުނީމެއްނު ބައްޕަގެ އެއްވެސް ޚަބަރެއް މީހަކަށް ނޭގޭނޭ! އެކަމު ޕޮލިސް މިހާރު ބައްޕަ މިސިންގް ޕާސަންއެއްގެ ގޮތުގައި ބަލާފި!” މާޒް އަޔާން ކުރިމަތީގައި ހުރި ގޮޑީގައި އިށީންނަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ” މާޒް ހާސްނުވޭ. މާޒްގެ މަންމައަށް އެއްވެސް ކަމެއް ނުވާނެ.” އަޔާން މާޒްއަށް ބަލާލަމުން ވާހަކަދެއްކިއެވެ. “މާޒް އަހަރެން މިވިސްނަނީ ކޮމްޕެނީގެ ބޮޑުމީހަކަށް ނޫރާގެ ބަދަލުގަ މަލަކް ހަދަން.”  ޑެސްކްގައިވާ ފައިލްތަކަށް ބަލަމުން އަޔާން ވާހަކަ ދެއްކިއެވެ. “މަލަކް އޯކޭ ނަމަ، އަހަރެންވެސް އޯކޭ.” މާޒް ޖަވާބުދިނެވެ. އަދި އެތަނުން ދިޔައެވެ.

*****

އޮފީހުން ގެއަށް އައިއިރު އީޝަލް ހުރީ ވަރު ބަލިވެފައެވެ. މިއަދު މާޒް ނައިކަން ނަސީބޭ އީޝަލްގެ ހިތަށްއެރިއެވެ. ކޮނޑުގައި އަޅުވާފައިވާ ދަބަސް މޭޒުމަތީގައި ބޭއްވުމަށްފަހު އެނދުގައި އޮށޯވެލިއެވެ. ދެލޯމަރާލީ ވަރު ބަލިވެފައި ހުރި ވަރުންނެވެ.  އެހެން އޮތްވާ އީޝަލްއަށް ނިދުން އިރެއްވެސް ނޭނގެއެވެ. ގަދަ ނިދީގައި އޮތް އީޝަލްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ކަންނެތް ކަމާއިއެކު ލޯހުޅުވާލުމާއި އެކު ފޯނުގެ ސްކުރީނަށް ބަލާލިއެވެ. ގުޅަނީ އަޔާނެވެ. އަޔާން މިވަގުތު ގުޅަނީ ކީއްކުރަން ބާއޭ އީޝަލްގެ ހިތަށް އެރިއެވެ. ފަރުވާ ކުޑަ ކަމާއިއެކު ފޯނު ބޭއްވީ ނަގަން ބޭނުން ނުވާތީއެވެ.

އަނެއްކާވެސް ގުޅަން ފެށުމުން އީޝަލް ފޯނު އޮފްކޮށްލިއެވެ. ” އީޝަލް. އީޝަލް” ސިޓިންރޫމްގައި ގޮނޑިއެއްގައި އިށީނދެލައިގެން އިން ރިދްވާންގެ އަޑުއިވުމާއިއެކު ދުވެފައި އީޝަލް ނިކުތެވެ. “އީޝަލް ހޯދަން އައިސް އެބަހުރި!” ސޯފާގައި އިން ރިދްވާން މޫނުގެ އިޝާރާތުން ދައްކާލީ ގޭގެ ދޮރާއި ދިމާއެވެ. އީޝަލް ހަލުއި ފިޔަވަޅުތަކެއްގައި ދޮރާއި ދިމާއަށް ދިޔައެވެ.  އެވަގުތު ހީވީ  އޭނާގެ ދެފައިގައި ކަސްތަޅުލެވުން ހެންނެވެ.  ކުރިމަތީގައި އެހެރީ އަޔާނެވެ. ހައިރާންވެ ހުއްޓިފައި ހުރި އީޝަލްއަށް ސިހުމެއް ލިބުނީ އަޔާން އީޝަލްއޭ ކިޔާ ގޮވާލުމުންނެވެ. “އަޔާން މިތާ ކީއްކުރަނީ؟” އަހަރެން މިހެން ދަމުން އީޝަލް ދެކިލަން މިވަނީ. އީޝަލް ފޯނުވެސް ނުނެގި ވިއްޔަ.!” އަޔާން ވާހަކަ ދެއްކިއެވެ. “އަހަރެން ދެކެން އަޔާން ކީއްކުރަން އަންނަންވީ. މިހާރު ފެނިއްޖެއެއްނު. އޯކޭ ބާއި އަހަރެން ވަރަށް ބިޒީ.” މިހެންކިޔާ އަޔާނަށް އިތުރު އެއްޗެއް ބުނެވެންވާއިރަށް ދޮރު ލެއްޕިއެވެ.

“އަޔާން ކީއްކުރަން އެއައީ؟” ރިދްވާނަށް އީޝަލް ވަންނަ ތަން ފެނިފައި އެހިއެވެ. “އެއީ ކޮންމެވެސް ފައިލްތަކެއް ދޭށޭ ބުނަން. އަހަރެން ފޯނު ނުނަގާތީ.” މިހެން ކިޔާ އީޝަލް އަވަހަށް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ގޮސް އަނެއްކާވެސް އެނދުގައި އޮށޯވެލިއެވެ. އީޝަލްގެ ސިކުނޑީގައި އެވަގުތު އެތައް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ.

********

މާޒާއި މަލަކް ތައްޔާރުވަމުން އެދަނީ ރޭގަނޑުގެ ކެއުމަށް ރެސްޓޯރެންޓްއަކަށް ދާށެވެ. “މާޒް! މާދަމާ އަހަރެންވެސް،  މާޒް ކޮމްޕެނީއަށް ނިކުންނައިރު ނިކުންނަން މިއުޅެނީ.” މަލަކް މޫނުގައި ވަނީ އުފާވެރިކަމެވެ. މާޒް ހޫމް ލައްވާލީ  މަލަކްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދޭކަހަލަ ގޮތަކަށެވެ.   “ހިނގާ ދާން” މިހެން ކިޔާ މަލަކް ކޮޓަރިން ނިކުތެވެ.

މާޒަށްވުރެ ކުރީގައި ހުރިކަމުގައިވިއަސް ލައިގެންހުރި ހެދުމުގެ ސަބަބުން މަލަކަށް އޭނާ ބޭނުންވި ހަލުވިމިނެއްގައި ސިޑިން ފޭބޭ ގޮތެއްނުވިއެވެ. އެއްއަތުން ސިޑީގެ އަތްގަނޑުގައި ހިފާ ތިރިއަށް ކައްސަމުން އަނެއްއަތުން ހެދުމުގެ ފަސްބައިގައިހިފާ ކޮށިކޮށްގެންހުރެ މާޒް ހުރީ ކިހާ ހިސާބެއްގައިކަން  ފަސްއެނބުރި ބަލާލިވަގުތަކީ، ނަސީބުވެސް އޭނާގެ އަތުން ދޫކޮށްލިވަގުތުކޮޅެކެވެ. ފަހަތުގައި ޖައްސާފައިހުރި މާޒްފެނިފައި ހެދުމުން އޭނާއަށް އަތްދޫކޮށްލެވުނީ ނޭނގުމުގެތެރޭގައެވެ. ހަމައެސިކުންތުގައި ތިރީހަރުފަތުގައި އެޅި، ފައިދަށުގައި އޮތް ހެދުމުގެ ފަސްބަޔަށްއެރިފައި ކައްސާލައިފިއެވެ. ވެއްޓެންދިޔަ ހަށިގަނޑު ހިފެހެއްޓުމަށްޓަކައި ސިޑީގެ އަތްގަނޑުގައި ހިފާބާރުކޮށްލެވުނު ނަމަވެސް މަލަކް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ސިޑީގެ އަތްގަނޑުގައި ހިފަހައްޓާފައިވާ ބާރުމިނަށްވުރެ އަރިއަޅާލާފައިވާ ހަށިގަނޑުތިރިއަށް ބުރަވެފައިއޮތުމުން ހިފަހައްޓާނުލެވުނީއެވެ.

” މަންމާ!” މަލަކްގެ އަނގައިން ނިކުތް ބާރުހަޅޭކުގެ އަޑާއިއެކު އޭނާއަށް ދެލޯމަރާ ބާރުކޮށްލެވުނެވެ. ހިފެހެއްޓުމެއްނެތި ތިރިވަމުންދިޔަ ހަށިގަނޑު ވެއްޓިޖެހުނުނަމަވެސް އޭނާއަށް ތަދެއްނުވިއެވެ. މަލަކް ހީކުރިގޮތާއި ޚިލާފަށް ސިޑީގެ ހިލަހަރުފަތްތަކުގެ ބަދަލުގައި އޭނާގެ ހަށިގަނޑު އިހްސާސްކުރީ ބާރުގަދަ ފިރިހެނެއްގެ ދެއަތުގެ އޯގާތެރިކަމެވެ. އޭނާ ވެއްޓުމުގެކުރީން ކައިރިއަށްޖެހިލާފައި އެމީހެއްގެ އަތުތެރެއަށް މަލަކް ލީ މީހަކީ މާޒެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

@aminath

Level 110 Stories100 Login

Other Articles

Previous

ޝަހަރު 19ވަނަބައި

Next

ލޯތްބައްޓަކއި(16ވަނަ ބައި)

Next
July 11, 2020

ލޯތްބައްޓަކއި(16ވަނަ ބައި)

Previews
July 11, 2020

ޝަހަރު 19ވަނަބައި

2 Comments!

  1. Farrrsher says:
    July 11, 2020 at 7:06 pm

    Please dhen oi bai avahah up kolladhehchey ingey vvvvvvvvv reethi mibaives… Unmeeedhu kuran dhen oi bai avahah up kolladheyne kamah…..and thanks…… Aminath……..??????❤️❤️?????

  2. @aminath says:
    July 12, 2020 at 5:17 pm

    Thankyou❤️ 19 vana bai submit kohfa vaany?

Comments are closed.

Next Episodeއީޝަލް (19ވަނަ ބައި)←


All Right Reserved!