Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

މާޒީގެ ސަފްޙާއެއް

Youher Level 1
July 27, 2020 2 Mins Read
1 Comment

އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. އަހަރެން އިނީ ގޭގެ ކުޑަދޮރުން ބޭރު ބަލާށެވެ. ވާރޭ ވެހޭ މަންޒަރަކީ އަހަރެން ނުލާހިކު ބަލާހިތްވާ މަންޒަރެކެވެ. އަހަރެންގެ ލޮލުން އޭރު ވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އަހަރެންގެ މާޒީ އަކީ ވަރަށް ހިތި މާޒީ އެކެވެ. އަހަރެންގެ ހިތް ވަނީ ހިތާމަ ތަކުން ފުރި ޒަޚަމްވެފައެވެ.

އެއީ ގާތްގަނޑަކަށް އަހަރެންގެ އުމުރުން 11 އަހަރެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހަތަރު ކުދީންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. މަންމަ އާއި ބައްޕަ ދެން ތިބި ތިން ކުދިން ދެކެ  މާ ލޯބިވާ ކަމީ އަހަންނަށް ނޭނގި އޮތް ކަމެއް ނޫނެވެ. އެ ތިން ކުދިންނަކީ އެމީހުންގެ ލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކުރަމުން އަންނަ ކުދީންނެވެ. ގިނަ ދުވަސް ދުވަހު އަހަރެން ޖެހޭނީ ސްކޫލަށް ވެސް ނުގޮސް ގޭގައި އެމީހުންގެ ޚިދުމަތުގައި ހުންނާށެވެ.

އެއް ދުވަހެކެވެ. މަންމަ އަހަންނާއި ދޭތެރޭ ތަފާތު ގޮތަކަށް ކަންތައް ކުރިއެވެ. އެދުވަހު އަހަރެން ލައްވާ ގޭތެރޭގެ މަސައްކަތްތައް ކުރުވުމުގެ ބަދަލުގައި މަންމަ ހުރިހާ ކަންތައް ކުރިއެވެ. އަދި އެދުވަހު ހަވީރު ގެއަށް މެހުމާނަކު އަންނާނެ ވާހަކަ ބުންޏެވެ. އަހަރެން ދެން އިންތިޒާރު ކުރަން ފެށީ އެ މެހެމާނާ އަންނާނެ އިރަކަށެވެ.

ހަވީރު ހަތަރެއް ޖެހުމާއެކު އެ މެހެމާނާ އައެވެ. އެއީ ޖާނުން ވަރުގަދަ ބޮޑު ފިރިހެނެކެވެ. މަންމަ އާއި އެ ބޭބެ އެތައް ވާހަކަތަކެއް ދެއްކުމަށް ފަހު އެ ބޭބެ މަންމަ އަތަށް ފައިސާ ފޮއްޗެއް ދިންތަން އަހަރެން ދެކުނީމެވެ. އަހަރެންނަށް ކަންތައް ވީގޮތް އިނގުނީ މާ ފަހުންނެވެ. އެ ބޭބެ ކިޔާ ދިނުމުންނެވެ. އަހަންނަށް ވާން މިއުޅޭ ގޮތް އެނގުމުން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ.

އަހަރެންނަށް ހުރި ތަނަށް ކުޑަކަކޫ މައްޗަށް ތިރިވެވުނެވެ. ހަމަ އެވަގުތު އަހަރެންގެ ބަޑި ފަޅައިގެން ގޮސް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. އަހަރެންނަށް މަންމަ ގާތު އަހަންނަށް އެހެން ނަހަދާށޭ ކިޔައި އާދޭސްކުރެވެން ފެށުނެވެ. އެހެން ނަމަވެސް މަންމަ އަހަރެންގެ އާދޭހަށް ދީނީ ބީރު ކަންފަތެކެވެ. އަހަރެންގެ ލޮލުން ކަރުނަ ހުސްވަންދެން އެދުވަހު ރުއީމެވެ.

އިރު އޮއްސެން ކައިރި ވެފަ ހުއްޓާ މަންމަ އާއި އެ ބޭބެ އަހަރެން ގަދަކަމުން ގޮވައިގެން ރަށުގެ ބަނދަރު މައްޗަށް ދިޔައެވެ. އޭރު ވެސް އަހަރެން ރޯއަޑުން މުޅި ތަން އޮތީ ގުުގުމާލާފައެވެ. އަހަރެންގެ މަންމަ އަހަރެންނާއެކު ގޮސް އެތާ ހުރި ބޮޑު ރުކެއްގެ ހިޔަލުގައި މަޑުކޮށްލިއެވެ. އެ ބޭބެ މަންމަ އާއި ސަލާންކުރުމަށްފަހު އަހަރެން ގޮވައިގެން ދިޔައީ ރަށުގެ ބަނދަރުގައި އޮތް ލޯންޗަކާއި ދިމާލަށެވެ. އަހަރެން އޭރު ވެސް ދިޔައީ މަންމާއޭ ކިޔައި ރޮމުންނެވެ. އެ ބޭބެ އަހަރެން ގަދަކަމުން ގޮވައިގެން ގޮސް ލޯންޗަށް އެރުވިއެވެ. އަހަރެންނަށް ލޯންޗަށް އެރުނުތަނާ ލޯންޗު ނައްޓާލައިފިއެވެ. އަހަރެން އެންމެ ފަހު ފަހަރަށް އެނބުރި ރަށަށް ބަލާލިއިރު ފެނިގެން ދިޔައީ ގަބޫލު ކުރަން ދަތި މަންޒަރެކެވެ. ރަށުގެ ހޭޅިފަށުގައި ހުރި ރުކެއްގެ ހިޔަލުގައި ހެވިދިލިފައި އެހެރީ އަހަރެންގެ މަންމައެވެ. ހީވާގޮތުންނަމަ އެއްފަހަރާ އެތައް ހާސް ބޮލުރިހުމެއް ފިލައިގެން ދިޔައީ އެވެ. އަހަރެން ރަށް ގެއްލެންދެން ރަށަށް ބަލައިގެން ހުރީ ފެންކަޅި ވެފައިވާ ހާލުގައެވެ.

ދުނިޔެ އަކީ މިއީ ކޮންކަހަލަ ތަނެއް ހެއްޔެވެ. ދުނިޔޭގައި މީހާ އަނިޔާވެރި ރަޙުމެތް ނެތް މަންމައިން އުޅޭ ހެއްޔެވެ. މިއީ ހައްތަހާވެސް އަހަރެންގެ ސިކުނޑީގައި ފުނިޖެހިފައިވާ ސުވާލު ތަކެވެ.

މިއަދު އަހަރެންގެ އުމުރުން 22 އަހަރެވެ. މިއަދާ ހަމަޔަށް ވެސް އަހަރެން ދިރިއުޅެމުން އައީ އެ ބޭބެ ކައިރީގައެވެ. އެ ބޭބެ އަކީ އަހަރެން ހީކުރި ގޮތާއި ޚިލާފަށް ވަރަށް ރަނގަޅު ބޭބެއެކެވެ. މިއަދު އަހަރެންނަކީ އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހަކީމެވެ.

 

Share Article

Follow Me Written By

Youher

Level 1

A 15 year old girl who loves to write and read dhivehi stories. Plz tell me my mistakes

Other Articles

Previous

ރޫބީ

Next

އިންތިހާ (ޓްރެއިލާރ)

Next
July 27, 2020

އިންތިހާ (ޓްރެއިލާރ)

Previews
July 27, 2020

ރޫބީ

One Comment

  1. BOO says:
    July 28, 2020 at 9:39 pm

    Very nice. Keep it up.
    BTW do you have FB or Instagram?

Comments are closed.



All Right Reserved!