އުޑުމަތި ބަނަ ވިއްސާރަ ދުވަހެކެވެ. އަހަރެން އިނީ ގޭގެ ކުޑަދޮރުން ބޭރު ބަލާށެވެ. ވާރޭ ވެހޭ މަންޒަރަކީ އަހަރެން ނުލާހިކު ބަލާހިތްވާ މަންޒަރެކެވެ. އަހަރެންގެ ލޮލުން އޭރު ވެސް ދިޔައީ ހުއްޓުމެއްނެތި ކަރުނަ ފައިބަމުންނެވެ. އަހަރެންގެ މާޒީ އަކީ ވަރަށް ހިތި މާޒީ އެކެވެ. އަހަރެންގެ ހިތް ވަނީ ހިތާމަ ތަކުން ފުރި ޒަޚަމްވެފައެވެ. އެއީ ގާތްގަނޑަކަށް އަހަރެންގެ އުމުރުން 11 އަހަރެވެ. އަހަރެންނަކީ އަހަރެންގެ މަންމަ އާއި ބައްޕަގެ ހަތަރު ކުދީންގެ ތެރެއިން އެންމެ ހަގު […]