Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަލްވަދާޢު

Zeebs Level 110 Stories
August 10, 2020 3 Mins Read
12 Comments

އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން ކަނޑުގެ ސަތަޙަ އެކަށްވަނީ ދިއްލާލާފައެވެ. ރަތްވިލާތައް އުޑުމަތިވަނީ ފުރާލާފައެވެ. ހަވީރު ފިންޏަށް ހިންގާލަން ނިކުމެ އުޅުނު އަންހެންވެރިން އިރުއޮއްސުމާއެކު އެމީހުންގެ ޅަދަރިން ގޮވައިގެން ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. ފަޒާގައި އުދުހެމުންދިޔަ ދޫނި ސޫފާސޫފިތައްވެސް އޭއްޗިހީގެ ހާއްޔަށް ތިރިކުރަންފެށިއެވެ. ރަށުގެ ހުޅަނގުފަރާތު އަތިރިމަތީ ހޮޅުއަށީގައި ތިބި ފުރާވަރުގެ ތިން އަންހެންކުދިން ފިޔަވައި  މިހާރު މުޅި ހިސާބުގަނޑުންވެސް މީހެއްގެ ހިލަމެއް ނެތެވެ. މުޅި މާޙައުލު ވަނީ ހަމައެކަނި މިކުދިންގެ ހުނުމުގެ އަޑުން ގުގުމާލާފައެވެ. އެކުވެރި ދެކުދިންނާއެކު އިން އަލްޔާޔަށް އިރުއިރުކޮޅާ ގަޑިޔަށް ބަލާލެވެއެވެ. ގެއަށްދާ ވަގުތު ކުޑަތަންވުމާއެކު އަލްޔާގެ މޫނުމަތިން ފެނިގެންދިޔަ އުފާވެރިކަމުގެ ކުލަ ފަނޑުވަމުންދިޔައެވެ. ކުޑައިރުއްސުރެ އެކީގައި އުޅެބޮޑުވި އެންމެ ގާތް އެކުވެރިންނާއި ދުރަށް މާދަމާ ފުރައިގެން ދާން ޖެހޭނެކަން ހަނދާންވުމުން އިތުރަށް ދެރަވިއެވެ. އިރުތިރިވެ މާހައުލަށް އަނދިރިކަން ވެރިވުމާއެކު ތިންއެކުވެރިން ވަދާޢުގެ ސަލާމް ކުރުމަށްފަހު އެންމެފަހުން ވަކިވިއެވެ.

***

ފަތިސްނަމާދުގެ ބަންގީގެ އަޑަށް  ނިދާފައިއޮތް އަލްޔާއަށް ހޭލެވުނެވެ. އޭނާ އަވަސްވީ ގައިދޮވެލައިގެން ވުޟޫކޮށްލުމަށްފަހު މަންމައާއެކު ނަމާދުކުރުމަށެވެ. މިއަދު ހެނދުނު އަށެއްޖަހާއިރު ފުރާ ވިދުވަރު ބޯޓުން ބައްޕައާއެކު އަލްޔާ ފުރަން ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އޭނާގެ މަންމަ ވަނީ ރޭގައި ދަތުރަށް ގެންދަންޖެހޭ ހުރިހާ އެއްޗެއް ތައްޔާރުކޮށްނިންމާފައެވެ. އަތުގައި އޮތް އެންމެ އައު ހެނދުންލައި، ރީތިވެގެން އަލްޔާ ތައްޔާރުވެލިއެވެ. “މަންމާ! ރީތިތަ؟”. ހެދުމުގެ ފަސްބައިގަ ހިފާލާފައި އެނބުރިލަމުން ހިނިތުންވުމާއެކު އޭނާ މަންމައާއި މުޚާތަބުކުރިއެވެ. މަޑު ނޫކުލައިގެ ލޭސް އިން ޖަރީކޮށްފައިވާ ކަކުލަށްވުރެ ތިރިއަށް އަރާ މިހެދުމުގައި އަލްޔާ ފެންނަލެއް ނުހަނު ފުރިހަމައެވެ. އެއީ ލޫޅާފަތި ހަށިގަނޑެއްގެވެރިއެކެވެ. ވަށް މޫނަކާއި ބޮޑު ދެލޮލުގެ އިތުރުންމަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ބުޅި ދިގު އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު އުނަގަނޑަށްވުރެ ތިރިއަށް ހުއްޓެވެ. ހެދުމާ އެއްކުލައިން ބޮލުގައި ވަނީ މާކޯޅިއެއް ހަރުކޮށްފައެވެ. ހީލާއިރު ކޮލަށް އެޅޭ އެ އަޑިކޮޅުގެ ސަބަބަބުން އިތުރަށް އޭނާގެ ރީތިކަން ފާޅުވެއެވެ. ހަމުގެ ކުލަ އެހާ އަލިނޫން ނަމަވެސް އަލްޔާއަކީ ރީތިކަން ލިބިފައިވާ ކުއްޖެކެވެ. އެހެން ބަހަކުން ބުނާނަމަ  “ބްލެކް ބިއުޓީ” އެކެވެ.  “ދަރިފުޅާ އަވަހަށް އާދޭ ސައިބޯން”. އަލްޔާއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން މަންމަ ބުންޏެވެ. ސައިބޯން ދިޔައިރު ބައްޕައާއި ބޭބެވެސް ސައިބޯން އިނެވެ.

ގަޑިން 07:45 ގައި އަލްޔާ އޭނާގެ މަންމައާއި ބައްޕައާއެކު މާލެދާން ފުރުމަށްޓަކައި ބަނދަރަށް ނިކުތެވެ. ބޭބެ ވަނީ ކުރީބައިގައި ފޮށިތައް ބޯޓަށް ލުމަށްޓަކައި އަތިރިމައްޗަށް އައިހެވެ. ކުޑައިރުކޮޅަކުން އަލްޔާ ފުރުވުމަށްޓަކައި އޭނާގެ ރަހުމަތްތެރިންވެސް އައިއްސިއެވެ. ފުރާގަޑި ގާތްވުމާއެކު ފުރާ އެންމެން ބޯޓަށް އެރުމަށް ބޯޓުގެ ކެޕްޓަން އެންގިއެވެ. ބޯޓަށް އެރުމުގެ ކުރިން އަލްޔާ އޭނާ މަންމަ ގައިގައި ބައްދާލިއެވެ. އަދި އެންމެންނާ ސަލާމްކުރުމަށްފަހު ބޯޓަށް އެރިއެވެ. އިއްޔެއާ ޚިލާފަށް މިއަދު އަލްޔާގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ އަސަރެވެ. އާއިލާއާއި ރައްޓެހިންނާއި ދުރަށް ދިއަކަމުގަވިޔަސް ދާ ބޭނުން ހިތަށް އަރުވާލުމަށްފަހު އަލްޔާ ހިތްހަމަޖައްސާލިއެވެ. ކިތަންމެ ހިއްވަރުކޮށްގެން ހުރިނަމަވެސް ބޯޓު ނައްޓާލުމާއެކު ހިފަހައްޓައިގެން ހުރި ކަރުނަތަށް އެބޮޑު ދެލޮލުން ބޭރުވެގެން ދިޔައީ އެއްވެސް އިޚްތިޔާރަކާއިނުލައެވެ. ވަކިވުމުގެ ވަގުތަކީ އެކަކަށްވެސް ފަސޭހަ ވަގުތަކަށް ނުވާނެއެވެ. އަލްޔާއަށްވެސް މީ ހަޔާތުގައި އައި އެންމެ ހިތްދަތި އެއްދުވަހެވެ. ދުވަހަކުވެސް މަންމަޔާއި ވަކިން ދަތުރެއްވެސް ކޮށްފައި ނުވާ އަލްޔާ މިއަދު މިދަނީ މުޅި އާއިލާއާއި ދުރަށް އެތައްދުވަހަކަށެވެ. ބޯޓު ކުރިނބީ ފަޅުން ނެއްޓެމުންދިޔައިރު ފުރުވަން އައިސްތިބިމީހުން އަތްހޫރަމުން ދިޔައީ އެންމެ ފަހުގެ ސަލާމްކުރަމުންނެވެ. އަލްޔާވެސް ކަރުނަތަކުގެ ތެރެއިން ހިނިތުންވެލުމަށްފަހު ފަހު ފަހަރަށް އަތް ހޫރާލިއެވެ. އަދި ދާންއޮތް މަންޒިލަށް ބަލައިލީ ފޮނިއުއްމީދުތަކާއެކުއެވެ.

***

އަލްޔާއަކީ އާއިލާގައި ހުރި ހަމައެކަނި އަންހެންކުއްޖާއެވެ. އަދި އެންމެ ހަގު ކުއްޖާވެސްމެއެވެ. ދެން ހުރީ އަލްޔާއަށްވުރެ އަށް އަހަރު ދޮށީ އޭނާގެ ބޭބެ އެވެ. ރަށުން ކިޔެވެން ހުރި ވަރަށް ކިޔެވުމަށްފަހު ބޭބެ ކިޔެވުން ހުއްޓާލިއެވެ. އަދި ބައްޕަޕައާއެކު ވަޑާންކުރުމުގެ މަސައްކަތް ފެށިއެވެ. ގުރޭޑު ދިހައަކާއި ހަމަޔަށް ކިޔެވުމަށްފަހު ރަށުން އިތުރަށް ކިޔެވެން ނެތުމާއެކު އަލްޔާއަށްވެސްވަނީ ކިޔެވުން މެދުކަނޑާލަން މަޖުބޫރުވެފައެވެ. އަލްޔާ ބޭނުންވީ ބޭބެއާއި ޚިލާފަށް އިތުރަށް ކިޔެވުމަށެވެ. ކުޑައިރުއްސުރެ ނަރުހަކަށްވުމަށްދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫންކަމުން އިތުރަށް ކިޔެވުމަށް ރަށުންބޭރަށް ދިއުމުގެ ފުރުސަތެއް އޭނާއަކަށްނުލިބުނެވެ. އެހެންނަމަވެސް އޯލެވެލްގައި ލިބުނު ރަނގަޅު ނަތީޖާއަށްފަހު ފަހު ބައްޕައާއި އެއްބަނޑު ބޮޑުދައިތަ ގުޅައިފައި އަލްޔާއަށް ކިޔަވައިދޭނެކަމަށް ބުނެ މާލެ ފޮނުވުމަށް ބައްޕަގާތު އެދުނެވެ. އަލްޔާ ދެކުނީ އެއީ އޭނާއަށް ލިބުން ނަސީބެއްކަމުގައެވެ. އޭނާގެ ހިތުގައި އަބަދުވެސް ކިޔެވުމަށް އޮންނަ ޝައުޤެއްގެ ބޮޑުކަމުން ބައްޕަ ނިންމެވީ ބޮޑުދައިތަ ކައިރިއަށް ކިޔަވަން މާލެފޮނުވުމަށެވެ.

***

ބާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ވިދުވަރު ބޯޓު މާލެ ފަޅުތެރެއަށް ވަނެވެ. އޭރު އިރުއޮއްސި އަނދިރިވެއްޖެއެވެ. މުޅި ފަޅުތެރޭގައި ވަނީ  ބޯޓުތަކާއި ލޯންޗުތަކުން ފުރާލާފައެވެ. ބޯޓުން ފޭބުމަށްފަހު ވަށައިގެން އޮތް މަންޒަރަށް ނަޒަރު ހިންގާލިއެވެ. ކުރިމަތިން ފެންނަމުން ދިޔައީ  އަލްޔާއަށް މުޅިން އާ މަންޒަރުތަކެކެވެ. ރާއްޖެތެރޭ ރަށަކާއި މާލެއާއި ހާދަ ތަފާތެވެ. އެކިވަރުވަރުގެ އުސް އިމާރާތްތަކުން މާލެވަނީ ފުރިފައެވެ.  ތާރުއެޅި މަގުތަކުގައި ތަފާތު އެތައް އެއްގަމު ދުއްވާ އުޅަނދެއް ހުއްޓުމެއްނެތި ދުއްވަމުން ދެއެވެ. މަގުބައްތިތަކުން މުޅި މާލެ ވަނީ ދިއްލާއަޅާފައެވެ. މަގެއްގައި ރުއްގަހެއްގެ އަސަރު ފެންނަންވެސް ނެތެވެ. “އަލްޔާ! އާދޭ އަވަހަށް”.  ހައިރާންކަމާއެކު ފެންނަމުންދާ މަންޒަރުތަކަށް ގެއްލިފައި ހުއްޓާ އަލްޔާއަށް ހޭވެރިކަންވީ ބޭބެގެ އަޑަށެވެ. އޭރު ބޭބެ ކާރެއް ހުއްޓުވާފައި އެދިމާއަށް އައުމަށް އިޝާރާތްކުރަނީއެވެ. ކޮނޑުގައި އޮތް ދަބަސް ރަނގަޅުކޮށްލުމަށްފަހު އޭނާ އަވަހަށް ކާރާ ދިމާލަށް ދިޔައެވެ. އުމުރުން ފަނަރަ އަހަރުވީއިރު އަލްޔާއަށް މާލެ އާދެވުނު މީ ފުރަތަމަ ފަހަރެވެ. އަދި  ހަޔާތުގައި ކާރަކަށް އެރޭވެސް މީ ފުރަތަމަ ފަހަރެވެ.

“މަންމާ…….!”  ކާރު ދުއްވާލުމާއެކު އަލްޔާއަށް ބިރުން ހަޅޭލަވައިގަނެވުނެވެ. އެވަގުތު އޭނާގެ ހިތުގެ ތެޅުން އަވަސްވެ  ނޭވާހާސްވާގޮތްއެވެ. އަދި އެމައުސޫމު އަންހެންކުއްޖާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zeebs

Level 110 Stories

Other Articles

Previous

އައިނާ (2) 24

Next

( ސިއްރުން މިހިތާ ކުޅެނީހޭ (2 ވަނަ ބައި

Next
August 10, 2020

( ސިއްރުން މިހިތާ ކުޅެނީހޭ (2 ވަނަ ބައި

Previews
August 10, 2020

އައިނާ (2) 24

12 Comments!

  1. Starlight vixx says:
    August 10, 2020 at 3:43 pm

    varah reethi mi part ves when next part

    1. Zeebs says:
      August 11, 2020 at 12:19 am

      Thank you❤. On thursday insha Allah

  2. Saaji says:
    August 10, 2020 at 4:47 pm

    Masha allah. Nice story. Waiting for next part. Keep it up dear ♥️

  3. Elsa❄ says:
    August 10, 2020 at 6:48 pm

    Varah kiyaahiy vaa gothah vahaka fashaifa minee. Vrh reethi mi vahaka. Waiting for the next part?

  4. Elsa❄ says:
    August 10, 2020 at 6:58 pm

    Vrah kiyaahiy vaa gothakah vahaka fashaifa minee. Vrh reethi mi vahaka. Waitin for the nest part?

  5. Kandoofalu kamana says:
    August 10, 2020 at 7:08 pm

    Nice?

  6. Nafff says:
    August 10, 2020 at 7:35 pm

    Varah reethi ❤️

    1. Zeebs says:
      August 11, 2020 at 12:21 am

      Thankiu?

  7. Jinni_x says:
    August 10, 2020 at 7:46 pm

    Woa varah reethi ♥️
    Keep it up♥️

  8. Dhimya? says:
    August 10, 2020 at 11:28 pm

    Welldone Zeebs.♥️ The story was awesome..?
    Waiting for the next part…?

  9. Lubu? says:
    August 11, 2020 at 3:14 am

    Nice story. Keep it up my dear. I’ll give big ?.

  10. Maaii says:
    August 11, 2020 at 4:26 am

    Beautiful ?

Comments are closed.

Next Episodeއަލްވަދާޢު 2←


All Right Reserved!