Skip to content
އެސްފިޔަ

ލޯބިލޯބި ނުހާ

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

 

އަހަރެންގެ ލޯބިލޯބި ނުހާ ޔަތީމުވީއެވެ. ބައްޕައެއްގެ ލޯބިން މަޙްރޫމްވީއެވެ. މިކަމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އަހަރެންނެވެ. އެއީ އަހަރެންގެ ބޯހަރުކަމުގެ ނަތީޖާއެވެ. ނުހާގެ ބައްޕައަކީ އެއް އިރެއްގައިވެސް އަޚްލާޤު ރަގަޅު މީހެއްނޫނެވެ.އޭނާގެ ރީތީ ހަމައެކަނި ބޭރުފުށެވެ.ރަށުގެ ހުރިހާ ޖިންސުއްލަތީފުން މަށަށްމަށަށް ގޮވަމުން ހަސަން ފަހަތުން ދުވަންޖެހުނު ސަބަބަކީ އެއެވެ.

ހަސަންއަކީ ރީތި ފިރިހެނެކެވެ.ތުނިކޮށް ކޮށާލާފައިވާ ކަޅުކަންގަދަ ތުނބުޅި އިތުރު ރީތިކަމެއް ގެނެސްދެއެވެ.މޭމަތީގެ ތަނަވަސްކަމާއި،ފުޅާ ބާމަތީގެސަބަބުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ.ހަސަނަށް ލިބިފައިވަނީ ވަރަށް މިޔުޒިކީ އަޑެކެވެ. ސްޓޭޖްތަކުގެ ރަސްގެފާނަކީ އޭނައެވެ.މީހުންގެ ލޯބި ލިބެންފެށުމުން ހަސަނުގެ އުޅުން އިތުރަށް ގޯސްވަމުން ދިޔައެވެ.ދަންވަރު ހޭލާ އުޅުމާއި،ސިގިރެޓް ބުއިމަކީ ހަށީގައި ހިފާފައިވާ އާދަތަކެވެ.އެންމެފަހުން މަސްތުވާ ތަކެތީގެ އަޅަކަށްވެ ނިމިއްޖެއެވެ.

ހަސަނަކީ އަންހެންކުދީން ހިތިމީހެކެވެ. އެކަމަކު އޭނާ ލޯބިވަނީ އަހަރެންދެކެއެވެ. އެކަމާ އަހަރެން ވަރަށް ފަޚުރުވެރި ވެއެވެ. އަހަރެންގެ އަބަދުގެ އުއްމީދަކީ ހަސަނުގެ އެވިޔާނުދާ އުޅުން ދޫކޮށްލުމެވެ. އޭނާ ވަރަށް ގިނައިން ބުނެއުޅެއެވެ. އަހަރެމެން ކައިވެންޏަށްފަހު ބަދަލުވާނަމެވެ.އަހަރެންނަށްވެސް ހީކުރެވުނީ އެއީ ތެދުވާހަކައެއް ކަމުގައެވެ.

އަހަރެންގެ މަންމަ ހަސަނުދެކެ ވަރަށްވަރަށް ރުޅި އަންނާނެއެވެ.އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ހަސަނު ކަހަލަ ވިޔާނުދާ މީހަކު ނުގެނައުން އެދި މަންމަ އާދޭސް ކުރެއެވެ. އަހަރެންނަކީ މަންމަގެ ބަސްއަހައިގެން ބޭރުތެރެއަށް ނުގޮސް އުޅޭ ކުއްޖެކެވެ. މަންމަ ހިތުގައިޖެހޭ ކަހަލަ ކަމެއް ނުކޮށްވޭތޯ ބަލައިގެން އުޅޭ ކުއްޖެކެވެ. އެކަމަކު ހަސަންގެ މައްސަލާގައި އެއްގޮތަކަށްވެސް މަންމައަށް ދޫދޭކަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވެއެވެ.މަންމައާއި ދެކޮޅަށްވެސް މިކަން ކުރާނަމެވެ.

މަންމަ އަހަރެންދެކެވާލޯބީ އެނގޭނީ އަހަންނަށެވެ. އަހަރެން ކަމަކަށް އެދި އާދޭސްކޮށްފިނަމަ ބީރުކަންފަތް ދޭކަށެއް ހަމަހިލާ ނުކެރޭނެއެވެ. މަންމަ ހުންނާނީ އަހަރެން ކަމަކު ނުބުނެގެން ލަސްވެފައެވެ. އެކަމެއް ކޮންމެ ގޮތެއް ހަދައިގެންވެސް ކޮށްދޭނެއެވެ. އަހަރެންގެ ބައްޕަވަނީ މީގެދެތިން އަހަރުކުރިން ނިޔާވެފައެވެ.

އެއްރެއަކު ދަންވަރު އަހަރެންނަށް ހޭލެވުނީ ހަސަން އުނދަގޫ ކުރަންފެށުމުންނެވެ. މަންމަގާތު އަހަރެމެންގެ ކައިވެނީގެ ވާހަކަ ބުނުން ލަސްވެގެން ހަސަންހުރީ ވަރަށް ރުޅިއައިސްފައެވެ. އަހަރެން މާދަމާ މަންމަގާތު ބުނާނަމޭ ބުނުމުންވެސް ހަސަނުގެ ރުޅިގަނޑު މައިތިރި ވާގޮތެއްނުވިއެވެ. އެންމެފަހުން ހަސނު ދިޔައީ ރަގަޅަށް ރުޅިގަޑު ބޭލުމަށްފަހުގައެވެ. އަހަރެންނަށް ހަމަބިމަށް ފޭބުނީ ވާނެ ހައެތި ވުމަށްފަހުގައެވެ.

އަހަރެންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެނެވެ. ހުވަފެނުގައި ފެނުނީ ކަޅު ބުޅަލެކެވެ. ދެލޯ ސިފަވަނީ އިރު އޮއްސޭ ވަގުތު އުދަރެސް ކައިރިން ފެންނަ ކުލާގައެވެ. ބުޅާ ގޮވަނީއެވެ. އަޑަށް ބާރު ލާފައި ގޮވަނީއެވެ. އޭތީގެ ޚާއްސަ ގޮވެލި ފައްޗެވެ. ބުޅަލުގެ ކިބައިން އެއްގޮތަކަށްވެސް ސަލާމަތް ނުވެވިގެން އުޅެނިކޮށް އަހަންނަށް ހޭލެވުނީއެވެ. އެއީ ޙަޤީޤަތެއް ނޫންވީމާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ރޭގަކުރެވުނު މޮޔަކަންތައް ހިތަށް އެރުމުން ބިރުވެރިކަމެއް އިޙްސާސް ކުރެވުނެވެ.

Comments (4)

  1. Ⓜ?

    Varah salhi vaahaka eh

  2. immm2323

    shukran

  3. aalif

    Photo Hadi mi vaahaka ah laafa in ekm vaahaka salhi

    1. Anonymous
      aalif

      thanks

Comments are closed.