އަންޖަލް (17)
ޖައިޝް އަކީ އަހަރެންގެ ދަރިއެއް… އަސްމާވެސް ނޭގޭ ކަންތައް ތަކުގަ އަގަ ނުބޭނިއްޔާ އަހަންނަށް ރަގަޅީ.. ކަންތައްތަކުގެ ހަގީގަތް ބަލާފަ ވާހަކަ ދައްކާ..” އިސްހާޤު ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނާގެ ސަބަބުން އާތިކާއަށް ވަނީ އެތަކެއް ވޭނެއް މީގެ ކުރިން ތަހަންމަލު ކުރަން ޖެހިފައެވެ. ދެނެއް އެ ފުރުސަތެއް އޭނާ ނުދޭނެއެވެ. އޭނާ އާތިކާދެކެ އިންތިހާއަށް ލޯބިވެއެވެ. އާތިކާގެ ލޮލުން ކަރުނަ ހިލުނެވެ. ޖައިޝްދެކެ އަންނަ ރުޅި އޭނާ ނާންނަން ހުއްޓަސް އާދެވެއެވެ. ޖައިޝްގެ ކުށެއް ނެތްކަން ހުދު އާތިކާވެސް ގަބީލުކުރެއެވެ.
***
އަންޖަލް އަށް ހޭލެވުނީ ރޭގަޑު 8ވެސް ޖެހިފަހުންނެވެ. ދެލޯ ހުޅުވާލިއިރު އޭނާގެ ބަޑުމަތީގައި އަތެއް އޮތެވެ. އަންޖަލްގެ ހިތް ތެޅެމުން ދިޔައެވެ. އޭނާ ކައިރީ އޮތީ ކާކުކަން އޭނާއަކަށް ނޭގެއެވެ. ކޮޓަރި ތެރޭގައި ވީ ފަޑު އަތްޔެކެވެ. އަންޖަލް އަތް ދިއްކޮށްލާފައި ބޮކި ދިއްލާލިއެވެ. އަދި އެބުރި އޭނާ ކައިރީ އޮތް މީހަށް ބަލާލިއެވެ. އަންޖަލް އަށް ހަޅެއްލަވައިގަނެވުނެވެ.
” އަންޖޫ… މަ ހާރޓް އެޓޭކެއް ޖައްސަންތަ ތިއުޅެނީ…. ” ފައިހާއަށް ބުނެލެވުނެވެ.
” ފައި ކީއްކުރަންތަ އަހަރެން ގައިގަ ބައްދައިގެން ތިއޮތީ..” އަންޖަލް ހުރީ ކުޑަކަށް ލަދުވެސް ގަނެފައެވެ. އޭނާ ހުންއައިސް އޮތް އިރު މީހަކު އައިސް ފެންފޮތިލާ ކައިރީ އޮތްކަން އެގެއެވެ. އެއީ ފައިހާ ކަން އިގުމުން ކުޑަކޮށް ލަދުގަތީއެވެ. އޭނާއަށް އޭރު ހުރިހާ ކަމެއް ކުރީ ޖައިޝްހެން ހީވީ ކީއްވެކަމެއް ނޭގެއެވެ.
” އަޖައިބެއް އަންޖޫ ހުމާ އޮތްވާހަކަ ބުނެގެން އަހަރެން މިއައީ އަހަންނެއްނުން މިގޯސްވީ..” ފައިހާ އެދުން ތެދުވަމުން ބުނެލިއެވެ.
” މިހާރު އޯކޭތަ؟” ފައިހާ އަންޖަލްގެ ނިއްކުރީގައި އަތް ޖައްސާލަމުން އަހާލިއެވެ.
” އޯކޭ ނުވާވަރުދޯ.. ތިއޮތީ އައްޓަމަހެއްހެން އަހަރެންގައިގަ ތަތްވެފަ ވިއްޔާ…” އަންޖަލް ބުނެލިއެވެ.
” ހޫހޫ.. ހިގާބަލަ ބޭރަށް ދާން.. ޖުނާން އެހެން ކަންތައް ކުރިއޭ ކިޔާފަ އަންޖަލްވީ ކަރު ދަންޖެހެންތަ؟” ފައިހާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
” އަހަރެން އެބަ ކަރު ދަންޖެހެންތަ… އަހަރެންމީ ތިއަށްވުރެ ހިތްވަރުގަދަ މީހެއް… ދުނިޔޭގަ ޖުނާން އެކަނިތަ ހުރީ..” ފައިހާ އަގަޔަކުން ނާރާނެކަން އެގޭތީ އަންޖަލް ހިތާ ދެކޮޅަށް ބުނެލިއެވެ.
ތައްޔާވުވެލައިގެން އަންޖަލް އާއި ފައިހާ ދިޔައީ ކާރނިވަލް ތެރޭގައި ހުރި ސިޓްރޯން ރެސްޓޯރެންޓަށެވެ. ދެމީހުންއައިސް މޭޒު ދިށުގައި އިށީން ތަނާހެން ފިރިހެނަކު އައިސް މޭޒުގައި ޖަހާލިއެވެ. އަންޖަލް އިނީ އިސްޖަހައިލައިގެންނެވެ.
” އަހަންނަށް ނުބަލަންތަ އަންޖަލް ތީނީ..” ދަންނަ އަޑެކެވެ. އަންޖަލް ބަލާލިއެވެ.
” ހެއި ނާހިލް.. ކޮންކަމެއް މިތާ…” އަންޖަލް އޮފީހުގައި މަސައްކަތް ކުރާ ނާހިލް ފެނުމުން ހިނިތުންވެލިއެވެ.
” މި ހަމަ ކާން މިއައި… އަންޖަލް ފެނުނީމަ ހިތަށް އެރީ ގޮވާލާނީއޭ..” ނާހިލް ބުނެލިއެވެ. ނާހިލް އަކީ އޮފީހުގައި އުޅޭހާ އަންހެން ކުދިންނާ ފްލާރޓް ކުރަމުން ދުވާ މީހެކެވެ. އަންޖަލްއަށް އެކަމެއް ނޭގެއެވެ. އޭނާ އަދި އޮފީހަށް ވަތްތާ މާ ގިނަދުވަސް ނުވާތީއެވެ.
” އެކަނިތަ؟” ފައިހާ އަށް ނީދެވިގެން އާހާލިއެވެ.
” ހްމްމްމް” ފައިހާ ދައުވަތު ދޭނެކަން އެގޭތީ ނާހިލް ދޮގުހަދާލިއެވެ. އޭނާގެ ރައްޓެހިން ތިބި މޭޒާ ދިމާލަށް ބަލާލުމަށްފަހު ބުނެލިއެވެ.
” އަހަރުންނާ ޖޮއިން ކުރަންވީނުން..” ފައިހާ ބެލީ އަންޖަލްގެ މޫޑު ރަގަޅު ކުރެވޭތޯއެވެ. ނާހިލް ހިނިތުންވަމުން އިށީދެލިއެވެ.
***
ޖައިޝް ބެލްކަންޔަށް ނިކުމެ އަންޖަލްގެ ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ކޮޓަރި އަދިރިކޮށް އޮތުމުން އަދިވެސް އަންޖަލް ހޭނުލަނީ ކަމަށް ހީކުރިއެވެ.
ކުއްލިއަކަށް ޖޫދު ފަހަތުން އައިސް ޖައިޝް އަށް ގޮވާލިއެވެ.
” ދޮންބެ ކީއްކުރަން ފައިހާ ގެންނަން ބުނީ؟” ޖޫދު އަހާލިއެވެ.
” އަންޖަލް މާ ބަލިކޮށް އުޅޭތީ.. މިގެއަކު އަންޖަލްއަށް އަޅާލާ އެކަކުވެސް ނެތް.. އެޓްލީސްޓް ބަލިވެ އުޅޭއިރު މަންމަވެސް ވަރިހަމަ ދޯ ގާތް ކޮށްލަން..” ޖައިޝް އަކަށް އާތިކާ އައިސް އަންޖަލް އަށް ބޭސްދިން ކަމެއް ނޭގެއެވެ.
” މަންމަ އުޅުނު މެންދުރުވެސް މިކޮޓަރީގަ…. އަންޖޫ ބަލިވެ އުޅޭތީ އަސްމާ މަންމައާ މަންމަ އާ ދެމީހުން ވަރަށް ޒުވާބުވެސް ކުރި.. އަހަންނަކަށް ނޭގޭ ކީ އެއްޗެއް އަހަރެން އަވަހަށް އައިސް ކޮޓަރިއަށް ވަނީ…” ޖޫދު މިއަދު ގޭގައި ކަމެއް ހިގިކަން ޖައިޝްއަށް އަންގަ ދިނެވެ. ޖައިޝް ދިޔަ ގޮތަށް ދިޔައި ތިރިއަށެވެ. އައިސް ތެޅިތެޅި އޮތް ހިތަކާ އެކު އާތިކާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އާތިކާ އައިސް ދޮރު ހުޅުވާލިއެވެ. އާތިކާގެ ދެލޯ ވަނީ ދުޅަވެފައެވެ. ރޮއެފައި ހުރިކަމުގެ އަލާމަތްތައް އެމޫނު މަތިން ފެންނަން ހުއްޓެވެ.
” މަންމާ ކިހިނެއްވީ… އަސްމާ މަންމަ އެއްޗެކޭ ބުނީތަ..” ޖައިޝް އާތިކާގެ ގައިގާ ހިފާލަމުން ބުނެލިއެވެ. އާތިކާގެ ބަޑި ދިޔައި ފަޅައިންނެވެ. އާތިކާ ޖައިޝް އެހާ ދުރުކޮށްގެން އުޅޭ އިރުވެސް އެ މައުސޫމު ހިތުގައި އޭނާއަށް އޮތް ލޯބީގެ އެންމެ ތަންފުކެއްވެސް ކުޑައެއް ނުވެއެވެ. ޖައިޝް އިތުރަށް ހާސްވާން ފެށިއެވެ. އާތިކާ އަތުލަފި ކޮށްގެން ގެނެސް އެދުގައި ބައިންދާލިއެވެ. އެދުމަތީގައި ޖައިޝްގެ ކުޑަ އިރުގެ ފޮޓޯ އަލްބަމެއް އޮތެވެ.
” މަންމާ ކިހިނެއްވީތަ؟” ޖައިޝް އަނެއްކާ އަހާލިއެވެ. އެވަގުތު ޖޫދުވެސް އައިސް އެކޮޓަރިއަށް ވަނެވެ. އާތިކާ ރީތަން ފެނުމުން ޖޫދުވެސް އައިސް އާތިކާ ކައިރީ ބައްދާލައިގެން އިށީދެލިއެވެ.
” ދަރިފުޅާ.. މަންމަ އަށް މާފްކުރޭ..” އާތިކާ ރޮމުން ބުނެލިއެވެ. މިއޮއްހާ ދުވަހު އޭނާ ހީކޮށްގެން ހުރީ އިސްހާޤު ޖައިޝް އަކީ އޭނާގެ ދަރިއެއް ކަމަށް ގަބޫލު ނުކުރާކަމެވެ. ނަމަވެސް މިއަދު އިސްހާޤު ވަނީ އެކަން އޭނާގެ އަގައިން އާތިކާއަށް ކިޔާ ދީފައެވެ. އާތިކާ ވިހޭތަނާ އިސްހާޤު ޑީއެންއޭ ޓެސްޓު ހެދިކަމާއި އެއީ އިސްހާޤުގެ ދަރިއެއްކަން އެގުމުން އުފާވިކަމަށް އާތިކާ ގާތު އިސްހާޤޫ ބުނެދިނެވެ.
” މަންމާ.. ކޮންކަމަކާތަ.. މަންމައަށް މާފް ކުރަންޖެހޭވަރުގެ ކުށެއް މަންމަ ނުކުރަމެއްނުން..” ޖައިޝްގެ ހިތް ހާތިކާގެ މައްޗަށް ސާފެވެ. މަންމައެއްގެ ލޯތްބާއި އޯގާތެރިކަމަށް ފެންބޮވައިގަނެފައި ޖައިޝް ހުންނަތާ ވީ ދުވަހެއްވެސް ނޭގެއެވެ. އާތިކާގެ އަތުގައި ފިރުމަމުން ޖައިޝް ދިޔައީ ހިތަށް ތަދުވި ވަރުންނެވެ. އާތިކާ އޭނާ ގާޓު މާފަށް އެދުމަކީ އޭނާ ބޭނުންވާކަމެއް ނޫނެވެ.
” މަންމައަށް މާފްކުރޭ…” އާތިކާ ޖައިޝް ގެނެސް އޭގެ މެޔާ ކައިރިކޮށް ބައްދާލިއެވެ. މަންމަގެ އުގުތެރޭ ބޯއަޅާލެވުނު ހަދާންވެސް ޖައިޝް ނުވެއެވެ. އެހާވެސް އާތިކާ އުޅުނީ ޖައިޝް އެކަހެރި ކޮށްލައިންނެވެ. ޖައިޝް އަށް މަޑުމަޑުން ގިސްލެވެން ފެށުނެވެ. ދެރަވެގެންނެއް ނޫނެވެ. ވާ އުފަލުންނެވެ. އާތިކާ ޖޫދު ގައިގާ ބައްދާ ސަކަރާތް ޖަހާފަދައިން އޭނާގައިގާވެސް ބައްދާ ސަކަރާތް ޖެހުމަކީ އޭނާގެ ހުވަފެނެކެވެ.
***
ކައި ނިންމާ ލުމަށްފަހު ތިންމީހުން ސިޓްރޯން އިން ނިކުތެވެ.
” އޭ އަންޖޫ ވަރަށް ކަޑައޭ އަހަރެން ބަލާ އެބަ އާދޭ..” ފައިހާ ގަސްދުގައި އަންޖަލް އާ ނާހިލް އެކަހެރިކޮށް ވަގުތު ހޭދަކޮށްލަން މަޅިއެއް ޖަހާލިއެވެ.
” އާރ ޔޫ ކިޑީންގް މީ.. ދެން އަހަރެން ކިހިނެއް ގެއަށް ދަނީ.. އަހަރެން މިއައި ވޮލެޓްވެސް ބާއްވާފަ.. އަނެއްކާ ހިގާފަ ދާން އަހަންނަކަށް ނުވެސް އެގޭ…’ އަންޖަލް ކުޑަކޮށް ހިތް ހަމަ ނުޖެހުނެވެ.
” ނާހިލް ދުއްވާ އެއްޗެއްގަތަ… މި މަންޖެ ގޮސް ލާދީބަލަ… އަހަރެން ވަރަށް އާރޖެންޓްކޮށް ދާން ޖެހިގެން… ސޮރީ އަންޖޫ…” ފައިހާމެން ކައިރިއަށް މަޑުކޮށްލި ސައިކަލަށް އަރައި އޭނާ ނައްޓާލިއެވެ.
” އާރ.. އައި ހޭޓް ހާ…. ” އަންޖަލް ނާހިލްއަށް ބަލާލަމުން ބުނެލިއެވެ. ރޭގަޑު ކަމުން ބޭރު ތެރޭ އުޅެން އަންޖަލް ޖެހިލުންވެސް ވެއެވެ. ނާހިލް ހިނިތުންވުމެއް ދައްކާލިއެވެ.
” އަހަރެން ލާ ދެންތަ.. ނުނީ އަންޖަލް އެހާ ކޮންފޮޓަބަލް ނޫނިއްޔާ އަހަރެން ޓެކްސީ ފީ ދައްކަ ދީފާނަން..” ނާހިލް ބުނެލިއެވެ. އޭނާގެ މަގްސަދަކީ އަންޖަލްގެ އިތުބާރު ހޯދުމެވެ. އަންޖަލް ކުޑަކޮށް ވިސްނާލިއެވެ. ނާހިލް އާއެއްކޮށް ސައިކަލްގަ ގޮއްސިއްޔާ ގޭ މީހުން އެއްޗެކޭ ބުނެފާނެއެވެ. ނަމަވެސް ކާރެއްގަ އެކަނި ދާކަށް ނުކެރޭނެއެވެ. މިހާރުގެ މީހުންގެ ގޮތެއް ނޭގެއެވެ.
” އަހަރެން…” އަންޖަލް ވާހަކަ ދައްކަން އުޅެނިކޮށް ނާހިލް ވޮލެޓުން 50 ރުފިޔާ ނަގާ ދިއްކޮށްލިއެވެ.
” އަހަރެން ލާ ދީ..” އަންޖަލް އަވަސް އަވަހަށް ބުނެލިއެވެ. ނާހިލް އުފަލުން ނުފޮޅުނީ ކިރިއާއެވެ.
” އެތިބަ މީހުން އެބަ ހާދަ ބަލައޭ.. އަހަރެން ބިރުގަނޭ.. ހިގާބަ އަވަހަށް ދާން…” އަންޖަލް ބުނެލިއެވެ. ނާހިލް އެދިމާލަށް ބަލާލިއެވެ. އޭނާގެ ރައްޓެހިން ތިބުމުން ބޮޑާވެލާފައި ގޮސް ސައިކަލަށް އެރިއެވެ. އަންޖަލްވެސް އައިސް ފަހަތުގައި އިށީދެލިއެވެ. އެ އެންމެން އެއްކޮށް ދިމާކުރުމުގެ ގޮތުން ހަޅެއް ލަވާލިއެވެ.
” ކޮންހާ ހަޅޭއްކެއް ލަވާކަށް.. އަންހެނަކު ފެންނަ އިރަށް ކަލޭމެންނަށް ކޮންވަރެއް ވާކަށް…” ނާހިލް އެމީހުންނާ ސައިކަލު ކައިރި ކޮށްލަމުން ބުނެލިއެވެ. އަންޖަލް އަށް ކަންދެއްކުމުގެ ގޮތުން ނާހިލް ކުރިކަކެވެ.
“ނާހިލް ދަންނަ ބައެއްތަ..” އަންޖަލް އަހާލިއެވެ.
” ނުން.. އެކަމް އެއީ ދެން ބޮޑުވަރުދޯ.. މީހުންނާ ފޮށި އެހަދަނީ… އަހަރެން އެކަހަލަ މީހުން ދެކެ ވަރަށް ފޫހިވޭ..” ނާހިލް ކަންދައްކާލިއެވެ. އަންޖަލް ގެ އިންނަ ހިސާބު ކިޔާ ދިނުމުން ނާހިލް އެދިމާލަށް ދާން ދުއްވާލިއެވެ. މާ ބާރަށް ސްޕީޑް ޖެއްސުމުން އަންޖަލް ބިރުން ނާހިލްގެ ގައިގާ ހިފާލިއެވެ.
***
އާތިކާ އޭނާއަށް ކުރެވުނު ހުރިހާ ކަމަކަށް މާފަށް އެދި ދެން ޖައިޝްއާ ދޭތެރޭ އެގޮތަށް ކަންތައް ނުކުރާނެ ކަމަށް ވައުދުވިއެވެ. ކިތަންމެ ލަސްވިއަސް އާތިކާ އޭނާއަށް ލޯބި ދޭނެކަން އެގުމުން ޖައިޝް އުފާވިއެވެ. މަޔެއްގެ ލޯބި އެންމެ ބޭނުންވިއިރު ނުލިބުނަސް މިއަދު އެލޯބި ލިބޭތީ އޭނާ އުފާވެއެވެ. އާތިކާ އެދުގައި ބާއްވާލުމަށްފަހު ބެޑްޝީޓް އަޅާފައި ޖައިޝް އާއި ޖޫދު ބޭރަށް ނިކުތެވެ. ޖައިޝް ޖޫދު ގައިގާވެސް ބައްދާލިއެވެ. ކޮއްކޮ މިހާ ކައިރީ އުޅޭ އިރުވެސް މިފަދަ ގޮތަކަށް އޭނާ ކަންތައްކޮށްފައެއް ނުވެއެވެ. ޖައިޝް ކޮފީއެއް ގިރާލައިގެން ގޮސް ބެލްކަންޔަށް ނިކުތެވެ. ރީތިކޮށް މަގުމަތި ފެންނަން އޮތެވެ. މިވަގުތު ކަމުން މާބައިވަރު ދުއްވާ އެއްޗެއްސެއްވެސް މަގުމަތީ ނެތެވެ. ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު ބޭރު ބަލަހައްޓައިގެން ޖައިޝް ހުއްޓެވެ. ކުއްލިއަކަށް އަންޖަލް ހިގާފައި އަންނަތަން ޖައިޝްއަށް ފެނުނެވެ. ކޮޓަރިއާ ދިމާލަށް ބަލާލާފައި އަނެއްކާވެސް ބޭރު ބަލާލިއެވެ. އޭރު އޭނާގެ ކައިރީގައި ފިރިހެނަކު ހުރިތަން ފެނުނެވެ. ދަންނަ ވައްތަރު ޖަހައެވެ. ހަމަ ގައިމުވެސް ޖުނާން ނުންކަން ޖައިޝްއަށް އެގެއެވެ. އަންޖަލްގެ މޫނުމަތިން ހިނިތުންވުން ފަޑު ނުވެއެވެ.
” ތޭންކްސް ނާހިލް.. ތީ ވަރަށް މަޖާ މީހެއް..” އަންޖަލް ގޭގެ މައި ދޮރާށި ކައިރިއަށް މަޑުކޮށްލާފައި ބުނެލިއެވެ.
” ތީ ވަރަށް ރީތި ކުއްޖެއް.. އޫޕްސް ސޮރީ… ދެން ދޭ..” ނާހިލް ބުނިއެއްޗަކަށް އަންޖަލް ކައިރިއަށް ހިނިއައެވެ. ބައި ކިއުމަށްފަހު އަންޖަލް ގޯތިތެރެއަށް ވަދެގެން އައެވެ. ބެލްކަންޔަށް ބާލާލިތަނާ ޖައިޝް އާ ހަތަރުކަޅި ހަމަ ކޮށްލެވެނެވެ. އަންޖަލް ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




yayyy me first dho waiting for the next part
???haadha masahkatheh kohfeemey first libey thoa
Nice
my name is aalif
what
Vrh reethi
Anneyon sis????
Mi part ves vrh sali masha Allah Hama fantastic ????
Faihaa tha I thought it will be jaish heheheheh???????
Finally jaish ey ishaagu ge dharieh dhw and now asma ah vure ril ah ok aathikaaves and jaish aa ves guleny veehya dhw aathikaa I am so happy
Naahil haahda nubaey dhw ham maa foni dhakaa meehaka vegen huh ??
Waiting for the next❤
Saarangey eonii♥️♥️♥️
Josimheyo❤
Varah Varah reethi ❤️?❤️?maa sha Allah ?❤️?❤️ Curiously waiting waiting for the next part ?❤️?❤️ stay home and stay safe ?❤️?❤️ love you ?❤️?❤️
????vara salhi
Waiting for the next part