އެނދުގެ އެއްފަރާތުގައި އޮތް ޒަފަރް އަށް ޒޯޔާ ބަލާލިއެވެ. ބަނޑުވަތަށް އޮތް ޒަފަރް ގުގުރިދަމާ އަޑު އިވެން ފެށުމުން އޭނާއަށް ނިދުނީކަން ޒޯޔާއަށް ޔަޤީންވިއެވެ. މަޑު މަޑުން ރަޖާގަނޑުގެ ތެރެއިން ޒޯޔާ ނިކުމެ އޭނާގެ އަންނައުނުތައް ލާން ފެށިއެވެ. ޒަފަރް ހޭލަފާނެތީ ޒޯޔާ އުޅުނީ އެއްވެސް އަޑެއް ނުއިއްވާ ވޭތޯއެވެ. ލައިގެން އުޅުނު ދޫކުރުތާ ހެދުން ގަޔަށް މަހާލުމަށްފަހު މަޑު ފިޔަވަޅުތަކުގައި ޒޯޔާގޮސް ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. އޭނާގެ ހަށިގަނޑު ކިތަންމެ ވަރުބަލިވެފައިވީނަމަވެސް އެދެލޮލުގައި ނިދީގެ އަސަރެއް ނުވެއެވެ.
ރޭގަނޑުގެ އެ އަނދިރިކަމުގެ ތެރޭގައި ހުރި ޒޯޔާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ އޭނާގެ ދިރިއުޅުމަށެވެ. ކޮޅި ގަނޑުގެ ވަޔާއެކު ބިޔަ ރާޅުތައް އޭނާގެ ޙަޔާތައް ބިންދާލީ އޭނާ އެފަދަ ކަމަކަށް އުންމީދުވެސް ނުކުރަނިކޮށެވެ. ޒޯޔާއަށް އޭނާގެ ހަމަހަށް ދާ ބަނޑުގައި އަތް ޖައްސާލެވުނެވެ. އެދަރިފުޅާމެދުވެސް އޭނާ ކަންބޮޑުވެއެވެ. މަންމައަކަށް ވާން އުޅޭތީ ލިބޭ އުފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޒޯޔާއަކަށް ނުލިބުނެވެ. އެ ދަރިފުޅު ރަނގަޅުގޮތުގައި ބަލާ ބޮޑުކޮށް ފާގަތި މުސްތަޤްބަލެއް ހޯދައިދެވޭނެ މަގެއް އޭނާއަށް ނުފެންނާތީއެވެ. އެހެނަސް އޭނާގެ ދިރިހުރުމުގެ މަޤްސަދަކީ އެދަރިފުޅެވެ. ކުރިމަތިވާ ހުރިހާ އަނިޔާއަކާއި ހިތާމައަކަށް އޭނާ ކެތްތެރިވަމުން އެދަނީ އެދަރިފުޅަށްޓަކައެވެ.
މަޑުމަޑުން ޒޯޔާއަށް ގިސްލެވެން ފެށުނެވެ. އޭނާގެ ހާލަތާއިމެދު އަމިއްލަ ނަފްސަށް ހަމްދަރުދީ ވެވޭ ހާލުގައެވެ. އެކަނިވާ ވަޤުތުގައި އޭނާގެ ހިތަށް ކުޑަވެސް ލުއިކަމެއް ލިބިގެންދަނީ ހިތްފުރެންދެން ރޯލުމުންނެވެ.
********
ފޯނުގެ އެލާމް ވާ އަޑަށް ފުންމައިގެން ތެދުވެވުނު އައިވިން އެނދުގެ ތިރިއަށް ފައިލަމުން ހަމަޖެހިލިއެވެ. ނިދީގެ އަސަރު އަދިވެސް ފާޅުވަމުންދާ އޭނާގެ މޫނުގައި އައިވިން އަތް ހިންގާލިއެވެ. އިޚްތިޔާރަކާ ނުލާ ބެލްކަންޏާ ދިމާއަށް އައިވިންގެ ނަޒަރު ދަތުރުކުރިއެވެ. ރޭގެ ހާދިސާއަށްފަހު އޭނާއަށް ނިދުނީވެސް އެތައް އިރެއްވީ ފަހުންނެވެ.
އާދައިގެ މަތިން ހެނދުނު ހެނދުނާ ރަށު އޮފީހަށް ދިޔުމަށް އައިވިން ނިކުތެވެ. އެހެން ދުވަސްތަކާ ޚިލާފަށް އައިވިންގެ ނަޒަރު ހުއްޓުނީ ޒަފަރް ގޭގެ ތިންވަނަ ފަންގިފިލާއަށެވެ. އައިވިންގެ ކޮޓަރިއާއި ދިމާކުރިމައްޗަށް ހުރި ބެލްކަންޏަށް އޭނާއަށް ބަލާލެވުނެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމުން އައިވިން އިސްތިރި ކޮށްލުމަށްފަހު އޭނާ ބަލައި އައިސް އޮތް ޓެކްސީއާ ދިމާއަށް ހިނގައިގަތެވެ.
******
ކޮޓަރީގެ ބެލްކަންޏަށް ނިކުން ޒޯޔާއަށް ޓެކްސީގެ ތެރެއަށް ވަތް އައިވިން ފެނުނެވެ. އައިވިން ވަނުމާއެކު އޭނާގެ ބޮޑީގަރޑް ދޮރުލައްޕާލުމަށްފަހު ކުރީސީޓަށް އެރުމާއެކު ޓެކްސީ ދުއްވާލިތަންބަލަން ޒޯޔާ ހުއްޓެވެ. އައިވިން އާ ކުރިމަތިލާން ނުޖެހޭނެކަން އިނގުމުން ޒޯޔާ އަށް ހިންހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ކޮޓަރި ތެރެއަށް ބަލައިލި އިރު ޒަފަރް އަދިވެސް އޮތީ ގަދަ ނިދީގައެވެ. ޒޯޔާ އަވަސްވެގަތީ ޒަފަރް ހޭލަން ވާއިރަށް ހެނދުނުގެ ސައި ތައްޔާރު ކުރުމަށެވެ.
ވޯކްޝޮޕްގެ ގިނަވަޤުތުތަކުގައިވެސް އައިވިންގެ ޚިޔާލު ދަތުރުކުރަމުން ދިޔައީ ރޭގެ ހާދިސާއަށެވެ. އަދިވެސް އެއަންހެން ކުއްޖާގެ ރުއިމުގެ އަޑު އޭނާގެ ކަންފަތަށް އިވޭފަދައެވެ. އޭނާގެ ގާތަށް ރުޅިއާދެވުނީ ކިތަންމެ މަސައްކަތް ކުރިނަމަވެސް އެޚިޔާލުތަކުން އޭނާގެ ސިކުނޑިން ދުރުނުކުރެވުމުންނެވެ.
*******
ހެނދުނު ސައިބޮއެގެން ގެއިން ނިކުމެގެން ދިޔުމަށްފަހު އެހެންދުވަސް ތަކަށްވުރެ އަވަހަށް ޒަފަރް އެނބުރި ގެޔަށް އައެވެ. ލާ އަންނައުނުތައް ދޮންނަން ހުރި ޒޯޔާއަށް އެމަންޒަރު ފެނުމުން ހައިރާންވިއެވެ.
ޒޯޔާ ގަޑިބަލައިލި އިރު އޭރު އަދި މެންދުރުވާން ގަޑި އިރެއް އޮތެވެ.
“އަހަރެން މިއުޅެނީ ފުރަންވެގެން.. ހަވީރަށް ފޮށި ރެޑީކޮށްފަ ބަހައްޓާތި…” ޒޯޔާ ފެނުމާއެކު ޒަފަރް އަމުރުކޮށްލިއެވެ. އިތުރަށް ވާހަކައެއް ދެއްކުމެއްނެތި ޒަފަރް ކޮޓަރިއަށް ވަދެެގެން ދިޔައެވެ. ބަދަލުގައި ޒޯޔާވެސް ޒަފަރް އާއި އިތުރު ސުވާލެއް ކުރާކަށް ނުވިސްނައެވެ. ސުވާލު ކުރުމަކީވެސް ބޭކާރު ކަމެއްކަން އޭނާއަށް ވިސްނެއެވެ. ޒަފަރް އަކީ އޭނާ ދާ ތަނެއް ދުވަހަކުވެސް ޒޯޔާ ކައިރީ ބުނި މީހެއް ނޫނެވެ. ތާކަށް ދާން އުޅޭކަން ވެސް ޒޯޔާއަށް އިނގޭނީ ފޮށި ތައްޔާރުކުރަން ބުނުމުންނެވެ. ވިޔަފާރީގެ އެކި ކަންކަމުގައި ޒަފަރް އަކީ ގިނަ ފަހަރަށް ރަށުން ބޭރުގައި އުޅޭ މީހެކެވެ. ނަމަވެސް ޒޯޔާގެ ހިތުގައި އެކަމަކަށް އެއްވެސް ޝަކުވާއެއް ނުވެއެވެ. ހަޤީޤަތުގައި ޒަފަރް ފުރައިގެން ދިޔުމަކީ އޭނާއަށް ލިބޭ ހިތްހަމަޖެހުމެކެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ލިބޭ އަނިޔާތަކުން ސަލާމަތް ވާނެތީއެވެ.
*****
ދޮވުނު އެއްޗެހި ހިއްކުމަށްފަހު ޒޯޔާ މެންދުރަށް ކެއްކިއެވެ. އަތްމަތި އަވަސްކޮށްލުމަށްފަހު އޭނާ މިސްރާބުޖެހީ އޭނާގެ މަންމަ ކައިރިއަށް ދިޔުމަށެވެ. ހަވީރުވުމާ ދެމެދު އަދިވެސް ވަޤުތު އޮތުމާއެކު ޒޯޔާ ގަސްތުކުރީ ގެޔަށް އައުމަށްފަހު ޒަފަރްގެ ފޮށި ތައްޔާރު ކުރަން އުޅުމަށެވެ.
“މަންމާ..ކީއްކުރަން ތިއުޅެނީ..؟” ގެޔަށް ވަދެވުމާއެކު ޒޯޔާއަށް ފެނުނީ އޭނާގެ މަންމަ ޅަ ހުތް އަނބުތަކެއް ފޮތި ކުރަމުންދާ މަންޒަރެވެ.
“މިއުޅެނީ ހިޝްމާ ދިން އަނބުތަކުގަ އަސާރަ ހަދަންވެގެން.. ދަރުފުޅުވާނެ އެތިކޮޅެއް ގެންދަން…” މަސައްކަތުގައި މަޝްއޫލުވެގެން އިނދެ ސޯބިރާ ބުނެލިއެވެ.
“އެކަމަކު މަންމާ. ތިހާ ބަލިކޮށް އުޅޭއިރު ދެންތީ ކީއްކުރަން ކުރާކަމެއް..އަހަރެން އަތަށް ތިހަދަން ދިންނަމައެންނު..” ޒޯޔާވެސް ވަޅިއެއް ހިފައިގެން އައިސް އަނބުތައް އޮށާއެކު ފަޅިކުރަން ފެށިއެވެ. ދެމީހުން އެކީގައި އަނބުތައް ފަޅިކޮށް ނިންމުމަށްފަހު ޒޯޔާ އެ އެއްޗެހި ދޮލަނގަކަށް ލުމަށްފަހު އަނބުތައް ހިއްކުމަށްޓަކައި އަވީގައި ބެހެއްޓިއެވެ. އަދި މަންމަގެ ފައިގާ ތެޔޮ ދެމުމަށް އަވަސްވެގަތެވެ.
އެހެންދުވަސްތަކަށްވުރެ އަވަހަށް ޒޯޔާ ތެޔޮ ދަމާ ނިންމާލުމަށްފަހު ގެޔަށްދާން އެނބުރި މިސްރާބުޖެހިއެވެ. ޒަފަރް ފުރަންވާއިރަށް ފޮށިތައްޔާރު ކުރަންޖެހޭކަން ހަނދާނުގައި ބަހައްޓަމުންނެވެ. އެހެނަސް ގޭތެރެއަަށް ވަދެވުމާއެކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒަފަރް ފެނުމުން ޒޯޔާ ހުއްޓުން އެރިއެވެެ.
ޒޯޔާ ފެނުމުން ޒަފަރްގެ ރުޅިގަނޑު ހީވީ ފަޅައިގެން ދިޔަހެންނެވެ. ޒޯޔާގެ އަތުގައި ހިފާފައި ލިފްޓް ތެރެއަށް ވެއްދިއެވެ. ގޭގެ ތިންވަނަ ފަންގިފިލާއަށް ލިފްޓު ހުއްޓުމުން ޒޯޔާ ދަމާ ކޫއްތާފައިގެނެސް އެދެމީހުންގެ ކޮޓަރިތެރެއަށް ހޫރާލިއެވެ. ޒޯޔާ ގޮސް ޖެހުނީ އެނދުގެ ކައިރީގައި ބެހެއްޓިފައިވާ ސައިޑް ކަބަޑުގައެވެ. އެހިނދު ކަބަޑުގެ މަތީގައި ބެހެއްޓިފައިވާ ނައިޓް ލޭމްޕް މުށިތަކަށް ވެއްޓިގެން ދިޔަ އަޑު މުޅިތަނުގައި ގުގުމާލިއެވެ.
ދުވަހުގެ ތާވަލު ނިންމާލުމަށްފަހު ގެޔަށް އައިގޮތަށް އައިސް އައިވިން ފެންވަރާލިއެވެ. ހުދުކުލައިގެން ބާތް ރޮބްގައި ފާހާނައިން ނިކުން އައިވިންގެ ތާޒާ މޫނަށް ބަލާ ފޫހިނުވާނެކަން ޔަޤީނެވެ. ފެންވެރުމުގެ ސަބަބުން އޭނާގެ ބޮލުގެ އިސްތަށިތައް އޮތީ ނިތްކުރިއަށް ވެރިފައެވެ. ކޮނޑުގައި އޮތް ތުވާލި އަތަށް ނެގުމަށްފަހު އެއިން ބޯހިއްކަމުން އައިވިން މަޑުކޮށްލީ ރީތިވާ ލޯގަނޑު ކުރިމަތީގައެވެ. އެވަޤުތު ކޮޓަރީގެ ބެލްކަންޏާ ދިމާއިން އެއްޗެއް ވެއްޓުނު އަޑު އައިވިންގެ ތޫނު ކަންފަތައް އިވިގެން ދިޔައެވެ.
ބޯހިއްކަން ހުރި ތުވާލި އެނދަށް ހޫރާލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ބެލްކަނީގެ ބިއްލޫރި ދޮރު ކުރިމަތީ އައިވިން ހުއްޓެލިއެވެ. ބޭރަށް ނިކުންނަން ވެގެން އެދޮރު އެއްފަރާތަކަށް ކަހާލަން އޭނާ އަވަސްވެގަތެވެ. ނަމަވެސް އެވަޤުތު އެބިއްލޫރި ދޮރުގެ ބޭރުން ސާފުކޮށް ފެންނަމުން ދިޔަ މަންޒަރުން އައިވިން ގަނޑުވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.







Zafar???????????????????????????? Wonder alhe Zafar gandu gaathu buneba Zoya ah ehen nuhadhaashey???????????????? Zafar gandu midhen kaakutha alhe????????????????? Aivin alhe goss Zoya Salaamai kohbala kameh kuran kerengna?????? Wonder? mi part ves varah varah varah salhi???????????
مشاء الله????????????
???????????????Hama heevani film eh balaaleveyhen sifa kohdheefa hunna gothun???????????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Let’s see dhw sher..Aivin hadhany kihineh thia balamaa.. v ufaavejje dear ah mi part ves kamudhiyaeema.. awwn..that was really motivating.. sifakurun is something i always want to improve and give my best..glad u liked it?❤
Wow mi part varah reethi
Waiting for the next
Thank u soo much flower..v ufaavejje mi part dear ah kamudhiyaeema.. Next part avahah submit kohladheveythoa mibalany?❤
Actually Anonymous is Flower ingee olhigen nan nugehi ineemaa Anonymous araafaa inee ???
Issokay dear..Ehenves vaane baeh faharu..?
Vvvvvvvv reethi
when next
dhen in part thankolheh avahah up kolladheynrkamah ummeedh kuran?
Thank u soo much sama.. v ufaavejje mi part kamudhiyaeema..Yes..In sha Allah balaanan ingey avahah submit kohleveythoa?❤
wow?????❤️❤️❤️❤️❤️????…. mi part vx varah reethi… gavaaidhun comment nukuriyas wonder ge vaahaka thah kiyan ingey…. v v v reethi…. ekam part vrh kuru kamah faahaga kurevey… nulaahiku kiyaa hithun indhaa e nimuny… dhn in part than kolheh avahah up kohla dhehcheyy and than kolheh dhigu koh…and part thah up kuraany kn dhuvas thakeh ga kan bunela dhevidhaane thr????… curiously waiting for next part????….. aivin zoya salaami kohdhen dhaane kanne dhw….. alhe haadha dhera veyey e zoya ah vaa gothun??????…. zafar ah evves haggeh neii eyna ah aniyaa kurumuge…. hama rovey wonder ge stry kiyaa iru?????…. once again vrh reethi wonder ge strys??????…. give uo nukoh kuriyah dhahcheyy????… eyrun i ah gina vaahaka kiyan libeyny????? love you wonder❤️❤️❤️????? keep it up❤️❤️❤️????????
Awwn..thank u soo much princess..such a sweet comment.. it’s really motivating..In sha Allah i won’t give up and would keep on trying.. v ufaavejje dear ah mi part ves kamudhiyaeema.. yess..wonder ah ves ingey aslu kurukan liyevifa in varu..kuriyah huri baithah dhigukoh genesdheveythoa mi masaihkaih kurany.. story up kuraa dhuvasthah bunan v undhagu..eii wonder vaahaka submit kuriyas admin up kuraadhuvahakun readers ah kiyan libeyny.. Also v ufaavejje dear wonder ge stories abadhuves kiyaakan ingunyma..lym dear..?❤
alhey anonymous name ga einy i handhaan nethi name nujahaa comment kurevuny…. idk kihineh kameh anonymous name ga cooment einy
It’s okay princess.. ya nan nujahaa konme comment eh innaanyy anonymous araafa. That’s the reason ?
Maasha allah V reethi mi part ves..❤️❤️❤️❤️❤️❤️❤️
Curiously waiting for nxt part dear
Thank u soo much Lam.. v ufaavejje mi part ves kamudhiyaeema.. Next part avahah submit kohladheynan In sha Allah ?❤
Wow mi part vs vrh sali??????
Masha Allah ❤❤????
Mi zafar haadha nubaey dhw keekey bunaanee dhw??? I feel so so sad for zoyaa???? zafar aniyaakuraa iruvs neyge dhw ey eyna ge daria balive in zoya kamh vs?????? keekuraanee dhw ????
Hope everything became fine soon❤❤
And btw this is my first cmnt to this stry but kiyan Hama baraabarah ??
Thankx for this wonderful stry??
Ly ❤❤❤❤❤
Stay safe and stay home ????
Thank u soo much Ril.. v ufaavejje mi part dear ah kamudhiyaeema..n soo happy to see a comment from a new reader.. yess.. let’s hope for the best dhw.. ur wc dear.. dear ah kamudhaa vaahaka eh genesdheveythy v ufaavejje.. lym..n u too stay safe ?❤
Alheyyyyyyyyyyyyyyyyy Wonderrrrrrr dhoooonigandooo???????????haadha reehchey mi baivx Masha Allah ❤️❤️❤️❤️❤️❤️❤️❤️❤️Love it ????Alhey zafaru gandaaa ?????????hama chis chis kohlla faanamey vx hithah araa….. Aivin haadha varakashey E adaa dheytherey thi visnany ??adhi E ee Zoya kan ingihjjehyya kihineh vaany???alhe wonder Zoya ge mom anbu asaara hadha thankolhu kiyaali thanaa hama raige Maama ge kulhi kulhi majaa gandu mathin handhaan v?????hama Kulhu dhiyaa vehjje yummm?????Asluves Vvvvv miss Rai aa Kail mathin???wonder rai men kairy bunahchey Vvvvv miss veyey adhi vvvv lwbi veyey????❣️❣️❣️❣️❣️❣️love u Wonder dhoonii❤️❤️❤️❤️❤️❤️❤️miss u Vvvvv much
Thank u soo much Aish dear.. v ufaavejje mi part ves kamudhiyaeema.. ahaha.. asluves zafar chia chis kohlaahaa vey dhw.. same dear..wonder ves v miss veyy.. hehe..okay bunaana ingey?. Lym n mysm?❤
In reply to Inaa’s pending comment.. vv ufaakohfin wonder ge vaahakathah kamudhaakan ingunyma.. ur wc. N thank u for the support for my stories.. Yes..In sha Allah next part avahah up kohla dheveythoa balaanan..?❤
In reply to Magnum’s pending comment.. v ufaavejje dear ah wonder ge writings kamudhaakan ingunyma.. n soo happy to know that u read my stories daily.. In sha Allah won’t disappoint u.. i will try to give my best to this story as well. Ohh..Gud luck dear.. study well n aim for a good result..In sha Allah u can do it!lym dear..u too stay safe?❤
Varah Varah Varah Varah reethi ❤️?❤️?❤️?❤️??❤️??❤️?❤️?❤️?❤️?❤️
Maa sha Allah ?❤️?❤️?❤️?❤️?❤️?
Curiously waiting waiting for the next part ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️
Love you wonder ?❤️? take care❤️?❤️
?❤️?❤️Stay home and stay safe ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?
Thank u soo much livy..such a color full comment as always from u.. next part mihaaru almost liye niment..In sha Allah v avahah submit kohlaanan..lym dear..u too tvgc and stay safe?❤
Maashaa Allah……. Varah reethi…… So nice……. Don’t know what to say………….. It is amazing…Aslu Zoya Zafar dheke love veytha??….. I like this story as much as your last story…….. Love you ssiiiissssssyyyy…. …
Awwn..thank u soo much Epiphany.. that’s so sweet..v ufaavejje wonder ge furathama story ah libun tharuheebu mi story ah ves dheythee. Hingaa dhw zoaya loabiveythoa nuvatha ehen reason eh oithoa balamaa.. story kiyamun dhiya varakah ingigen dhaane. Lym dear?❤
Wah Wah… Vvvvvvv nice Mi part…. N this story also.. Curiously waiting 4 nxt prt… When next…..
Thank u soo much Black pink.. v ufaavejje mi part kamudhiyaeema.. In sha Allah next part miadhu submit kohlaanan ?❤