
ނަވްޔާން ފެންވަރާ ނިމިގެން ރީތިވާންހުއްޓާ ފޯން ރިންގްވާ އަޑު އިވެން ފެށިއެވެ. އެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލުމަށްފަހު، އަވަސްވެގަތީ ފޯނު ނެގުމަށެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ފެނުމުން ނަވްޔާންގެ ތުންފަތުގައި ދުވެލީ މާނަ ފުން ހިނިތުންވުމެކެވެ. “ހެލޯ…ބެސްޓް ބްރޯ…” ނަވްޔާން ފޯނު ނެގުމާއިއެކު ބުންޏެވެ.
**********
“ހެލޯ މޭން… މިހާރު މާލެ އާދެވުނީތަ…” ރީތި އަޑެއްގެ ވެރި ޒުވާނެއް އެކޮޅުން ވާހަކަދެއްކިއެވެ. “ހޫމް… މިހާރު ކޮން އިރެއް އާދެވުނުތާ… ހައިކްއަށް ނޭނގުނު ވިއްޔާ އަހަރެން ބަލާ އަންނަންވެސް…” ނަވްޔާން ކުޑަކުއްޖެއްހެން ދެރަވާކަމަށް ހެދެމުން ޝަކުވާ ބޮނޑި ބަނދެލިއެވެ. “އަޅޭ ސޮރީއޭ… ކަމަކު ބިޒީވީމަ ނުދެވުނިއްޔޭ…” ހައިކަލްވެސް ‘ގިލްޓީ’ އިހްސާސްވެފައިވާ ކަން އޭނާގެ އަޑުންވެސް އިނގިގެންދެއެވެ. “ހޫން… ދެން ހެވޭ… އަހަރެން ވީމައޭ ހައިކްއަށް ނާދެވުނީ… އައި ނިއު ދެޓް ބިފޯރ… ޔޫ ލަޔަރ…” ނަވްޔާން ހައިކަލް ދެރަކޮށްލުމުގެ ނިޔަތުގައި މަޖާވެލާފައި ބުނެލިއެވެ. “ޔާނޫ… އަޅެ ސޮރީއޭ… ބައްޕަ ބުނެގެންނޭ އޮފީހަށް ދިޔައީ… ޕްލީޒް ފޮގިވް މީ ޔާން…” ހައިކަލް ހަޤީޤަތުގައިވެސް ‘ގިލްޓީ’ ވެފައިވާ ހާލު ބުނެލިއެވެ. “އޭ ތީނަ ކޮންއިރަކު މާ ސީރިއަސް ވާން ފެށީ… އައި ވޯޒް ޖަސްޓް ކިޑިން… ގައިމު ކުރިން ހައިކް ތީ އެއްވެސް ގޮތަކަށް ސީރިއަސް މީހެއްނޫން ވިއްޔާ…” ނަވްޔާންގެ މަޤްސަދު ކާމިޔާބުވީތީ އެކަމާ މަޖާވެހުރެ އެންމެ ފަހުން ބުންޏެވެ. “އަޅެ ޔާން ތީ އަދިވެސް ބޭބީއެއްތަ..؟ ހަމަ ފައިވް ޔާރޒް ކުރިންވެސް އުޅުނީ ތިހެން… އެނީވޭސް، އައިމް ސޮރީ…” ހައިކަލް ކުރީގެ ހަނދާންތައް އާ ކޮށްލަމުން ބުންޏެވެ.”ހޫން… ދެން ތިއެއް ނޫނޭ… އަހަރެން ބުނީ ޓުޑޭ އީވްނިންގަ ރަސްފަންނަށް ދާންވީނުހޭ ހައިކް ފްރީވިއްޔާ… ފައިވް ޔާރޒް ވާއިރު ހުންނާނީ ފުދޭވަރަކަށް ޗޭންޖް އައިސްފަތާ… އެހެންވެ ޕްލަސް ދިމާނުވާތީ ހަމަ މީޓްވާންވެގެން…” ނަވްޔާން އޭނާގެ އިސްތަށިގަނޑަށް އަތް މަހާލަމުން ބުނެލިއެވެ. “ޔާ… ހަމަ ދާންވީ… އަހަރެން ފްރީ…” ހައިކަލްވެސް ވަރަށް ވެލާފައި ބުންޏެވެ. “އަހަރެން ދާނަން ނަވްވެސް ގޮވައިގެން… ނަވް އެކަނި ގޭގަ ހުންނަންޏާ ފޫހިވާނެތާ…އޭ ސަލާމް… އަހަރެން ދެންމެ ނިދާ ހޭލެވުނީމަ އަދި މިއުޅެނީ މެންދުރު ނަމާދު ނުކޮށް… ސޯ ރިމެމްބަރ، 4:30 އަށް ރަސްފަންނަށް..!” ނަވްޔާން މެންދުރު ނަމާދު ކުރުމަށް ފޯން ކުރުކޮށްލަމުން ބުނެލިއެވެ. “ސަލާމް… ސީ ޔާ އެޓް 4:30..” ހައިކަލްވެސް ނަވްޔާން ނަމާދުކުރުމަށް ފުރުސަތު ދެމުން ފޯން ކަނޑާލިއެވެ.
ހައިކަލްއަކީ ސްކޫލް ދައުރުއްސުރެ، ނަވްޔާންގެ ބެސްޓްފްރެންޑެވެ. ނަވްޔާންއެކޭ އެއްފަދައިން ހައިކަލްއަކީވެސް ހުތުރު މީހެއްނޫނެވެ. އިސްކޮޅުން ދިގު، ކަސްރަތީ ހަށިގަނޑެއް ލިބިފައިވާއިރު އަންހެންކުދިން މޮޔަވާނެކަން ގައިމެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑު ރީތި ވަރަކަށް ދިގުކޮށްފައި ހުރުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހައިކަލްގެ ގަދަމުށި ކުލައިގެ ކަޅިއަށް ބަލައިލައިފި އަންހެންކުއްޖަކަށް އެ ކުއްޖާގެ ނަޒަރު އެހެންތަނަކަށް ބަދަލު ކުރަން އުނދަގޫވާނެކަން ޔަޤީނެވެ. ރީތިކަމާއެއްވަރަށް ހައިކަލް އަކީ ހިތްހެޔޮ، ރިވެތި އަޚްލާޤެއްގެ ވެރި ޒުވާނެކެވެ. ނަވްޔާންއާއި ހައިކަލް އަކީ އެކުވެރިންކަމެއް އެކަކުގެ އާއިލާއަކަށްވެސް ނޭނގެއެވެ. ނާއިޒް(ނަވްޔާންގެ ބައްޕަ) އާއި ހަލީމް(ހައިކަލްގެ ބައްޕަ)ގެ ދެމެދުގައި އޮންނަ ވާދަވެރިކަމާއި ނަފްރަތުގެ ސަބަބުން ނަވްޔާންމެންނަކީ އެކުވެރިންކަން ހާމަކުރުމަށް ޖެހިލުންވެއެވެ.
**********
“ގަޑިން ގަޑިއަށް ބޭސް ދީފައި ޔަލާއަށް ގިނައިން ދިޔާ އެއްޗެހި ދެއްޗޭ…” އެއް އަހަރުގެ ލޯބި ޔަލާ އުރައިގެން އިން އަންހެންމީހާގެ ކުރިމަތީ އިން އަންހެން ޑަކްޓަރ ހިނިތުންވެލަމުން ބުންޏެވެ. “ތޭންކްސް ޑރ ލިލިއާ…” ޔަލާ އުރައިގެން އިން އަންހެންމީހާ ލިލިއާއަށް ޝުކުރު އަދާކުރުމަށްފަހު، އެ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. ލިލިއާވެސް އިތުރަށް ބަލަންޖެހޭ ޕޭޝަންޓްސް ނެތުމުން ގެއަށް ދިއުމަށް މަޑު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. ހޮސްޕިޓަލް ތެރެއިން މީހުންގެ ނަޒަރުތައް ލިލިއާއަށް އަމާޒުވާކަން އޭނާއަށް އެނގެއެވެ. ‘މީހުން ނުބަލާ ވަރެއްވެސް ވޭހެއެޔެވެ؟ އޭނައަކީ ގައިމު ކުރީ ހަފްތާގައި މި ހޮސްޕިޓަލަށް ވަތް މީހެކެވެ.’ ލިލިއާގެ ހިތަށް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި ބަލަން ތިބި މީހުންނަށް ހިނިތުންވުން ރައްދުކުރަމުން ފިޔަވަޅުތައް ބާރުކޮށްލިއެވެ. ހޮސްޕިޓަލުން ނިކުމެ ޓެކްސީއެއް ލިބޭތޯ ލިލިއާ މަގުގެ ދެފަރާތް ބަލާލިއެވެ. ކުރިމަތިން ދިޔަ ޓެކްސީއަކަށް އަތް ނެގުމަށް ފަހު އެ ޓެކްސީއަށް އެރުމަށް ލިލިއާ ހިނގައިގަތެވެ. ޓެކްސީއަށް އެރުމަށްފަހު ހަމަޖެހިލަމުން، ޑްރައިވަރގާތު ދާންވީ މަންޒިލް ބުނުމުން ޑްރައިވަރ ކާރު ދުއްވާލިއެވެ.
**********
ގަދަ ނިދީގައި އޮތް ނަވްޔާއަށް ތެދުވެވުނީ ސިއްސައިގެންގޮހެވެ. ނަވްޔާގެ މޫނުމަތިން ބިރުވެރިކަން ފެނިގެންދިޔައެވެ. ދޮންމޫނުގައި ދާތިކިތައް ވިދާ ބަބިޅަމުންދެއެވެ. ނަވްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ދެންމެ ފެނުނީ ހުވަފެނެއްކަން ރޭކާލުމުންނެވެ. ކައިރީގައި އޮތް ފޯނަށް ނަވްޔާގެ ނަޒަރު ދަތުރުކުރިއިރު ނަވްޔާ އަތުން ނިތްކުރީގައި ޖެހުނީ ހާސްވީވަރުންނެވެ. “ޝޫޓް..! ނައު އިޓްސް 12:45… އޯމައިގޯޑް… މެންދުރު ނަމާދެއްވެސް އަދި ނުކުރަން… އަދި ޑޭޑް ޓޯލްޑް ދެޓް ޔޫ ހޭވް ޓު ބީ އިންދަ ލަންޗް… އޯ ނަވް..! ޔޫ ގޮނަ ބީ ޑެޑް…” ނަވްޔާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން އެނދުން ތެދުވެ ތުވާލި ހިފައިގެން ފާހަނައަށްވަނެވެ.
ނަވްޔާގެ ކޮޓަރި ޒިނަތްތެރި ކޮށްފައިވަނީ އެކި ޝޭޑްސްތަކުގެ އަޅިކުލައާއި ފިޔާތޮށި ކުލައިންނެވެ. ކިންގް ސައިޒްގެ އެނދު ބަހައްޓައިފައިވީ ފާރުގައި ލެވިފައިވަނީ ގަދަ އަޅިކުލައެކެވެ. އެހެން ފާރުތައް ފަޅުފިލުވާލަނީ ލައިފައިވާ މަޑު އަޅިކުލައިންނެވެ. އެނދުގެ ދެފަރާތުގައި ހުދު ކުލައިގެ ސައިޑް ކަބަޑްތައް ބެހެއްޓިފައިވީއިރު އެ ކޮޓަރި ރީތިކަމަށް ދައްކައެވެ. ހުދު ކުލައިގެ ބޮޑު އަލަމާރީގެ އިތުރުން ހަމަ އެކުލައިގެ މޭޒަކާއި ގޮނޑިއެއްވެސް ބެހެއްޓިފައިވެއެވެ. ކޮޓަރި ފުރިހަމަކޮށްދެނީ ސައިޑް ކަބަޑްތަކުގަޔާއި މޭޒުތުމަތީގައި ބެހެއްޓިފައިވީ ވާސްތަކެވެ. ނަވްޔާންގެ ކޮޓަރިއެކޭ އެއްގޮތައް އެއް ފާރުވަނީ އެއްކޮށް ބިއްލޫރި ޖަހައިފައެވެ. އަދި ބެލްކަންޏެއް ހުރުމުން މާ ހިތްފަސޭހަކަމަށް ދައްކައެވެ. ނަވްޔާ ފެންވަރައިގެން ނިކުމެ ކާބަޔަށް ދިއުމަށް ރީތިވާން ފެށިއެވެ. ކަޅުކުލައިގެ އަބާޔާއަކާއިއެކު ގޭތެރޭ އަޅާކަހަލަ ބުރުގަލެއް އަޅާއިގެންހުރުމުންވެސް ނަވްޔާގެ ރީތިކަން ފަނޑުނުވެއެވެ. މޭކް އަޕްއެއް ކޮށްފައިނުވާއިރުވެސް އެމޫނު ވިދަވިދާހުއްޓެވެ.
ނަވްޔާ ފަހުފަހަރަށް ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލުމަށްފަހު ކާބަޔަށް ދިއުމަށް ކޮޓަރިން ނިކުތެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރުމަށް ފައި ހިއްލާލި ވަގުތު ކޮޓަރިއެއްގެ ދޮރު ލެއްޕުނު އަޑަށް ފަހަތްބަލާލިއެވެ. “ދޮންބޭ…” ނަވްޔާން ފެނުމާއެކު ނަވްޔާ ހިނިތުންވެލަމުން ގޮވާލިއެވެ. “ޔެސް ޕްރިންސަސް… ވެއިޓް ޓު ގޯ ވިތް މީ…” ނަވްޔާ ސިޑިން ފެއިބުމަށަ އަނެއް ފަރާތައް އެނބުރުނު ވަގުތު ނަވްޔާން އެހެން ބުނުމުން މަޑު ކޮށްލިއެވެ. ނަވްޔާން މާ ރީތިވެގެން ހުރުމުން ނަވްޔާ އޭނާގެ ދޮންބެއަށް ޖެއްސުންކޮށްލާ ހިތްވިއެވެ. “އޯކޭ ދޮންބޭ… އެކަމް ދޮންބެ މާރިތި ވެލައިގެން ތިދަނީ ކޮންތާކައްތަ..؟ އޯ ޑޯންޓް ޓެލް މީ… މާލެ އާދެވުނު ފަސްޓް ޑޭގަވެސް ގާރލްސްއަށް ފޮނިދައްކަންދޯ… ނޮޓް ބޭޑް… ދޮންބެ ފެނިއްޖެއްޔާ ގާރލް ކުދިންތައް ފެއިންޓް ވާނެ ވިއްޔާ…” ނަވްޔާ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން މަޖާވެލާފައި ބުނެލިއެވެ. “އޯ ނަވް ހާދަ ނޯޓީ ވެއްޖޭ… ދޮންބެ ކައިރީގަ ނުބުންޏަސް އެނގެއޭ ދޮންބެ ފެނުމުން ގާރލްސް ފެއިންޓްވާނެކަން… އެނީވޭސް، ދޮންބެ ނޫޅެން ބޭރަށް ދާކަށް.. ޑޭޑް ބުންޏެއްނު ލަންޗަށް އަންނަށްޗޭ… އެހެންވެ މިދަނީ…” ނަވްޔާއާއި އެއްވަރަށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ނަވްޔާން ފޮނިވެލާފައި ބުންޏެވެ.”އެންޑް ނަވް… ޓުޑޭ އީވްނިންގަ ނަވް ފްރީވާނެއްނު… ދޮންބެ ފްރެންޑަކާ އެކީގަ ހިނގާބަ ރަސްފަންނަށްދާން…” ނަވްޔާ ވާހަކަ ދެއްކުމުގެ ކުރިން ނަވްޔާން އާދޭސްކުރާކަހަލަ ރާގަކަށް ބުނެލިއެވެ.”ނޮޓް އަ ޕްރޯ ދޮންބޭ… އެކަމް ދޮންބެގެ ކޮން ފްރެންޑެއްތަ..؟ ނަވްއަށް ނޭނގޭ ދޮންބެ ފްރެންޑްސް ގެންގުޅޭކަމެއް…” ނަވްޔާވެސް އޭނާގެ ދޮންބެ ދިން ދައުވަތު ގަބޫލުކުރަމުން ހިނިތުންވެލާފައި ބުންޏެވެ. “ދެން ދިޔާމަ އިންޓްރޮޑިއުސް ކޮށްދޭނަން..” ނަވްޔާން ނަވްޔާ އެއްބަސްވުމުން އުފާވެފައި ހުރެ ބުންޏެވެ. ދެކުދިންވެސް އެތައް ވާހަކަދައްކަމުން ކާބަޔަށް މިސްރާބު ޖެހިއިރު އާލާއާއި ނާއިޒް ތިބީ ކާމޭޒު ދޮށުގައެވެ.
**********
ޝަކުވާއެއް ނޫން އިނގޭމީ
އަޅުދާހެއް ނޫން މިވެވެނީ
ފަރުވާއެއް މިހިތަށް ނެތުމުން
ބަރުބާދުވެ ގަރަގުވެ ފެތެނީ
ހިނދުކޮޅެއް ނިމިއްޖެ ބަދު ތި ބުނެލި ބަސް އިވިއްޖެ
ހިނދުކޮޅެއް ތެރޭގަ ވެވުނު ލޯބި އަދު ނިވިއްޖެ
އެކުގަ ހޭދަކުރި ދުވަސް ފެނަށްވެ ގޮސް ހިނދިއްޖެ
އެކުގަ ނޫޅެވޭނެ ދެން ގިލަންވެ ހިތް މަގޭ ފިހިއްޖެ
އަނާ ތިބުނެލި ބަސްތައް ކަންފަތަށް އިވޭތީ
ފަނާވިޔޭ މިހިތް އެކުގަ ހިމޭންވީ
ޝަޒާތަކުން ތިދިން ހަލާކުވީ މިހިތް
ކަލާގެ ހައްގުގާ އެތައް ކަމެއް މަ ބީކުރިން
ތި ރީތި ހިނިތުންވުން ކުރުވި މިހިތް ކަތި
ތި ރީތި ބިމުގާ ފައި އެޅުނޭ ފިނި
ހުރެ މަ ކުރިމަތީ ބުނެފަ ލޯތްބޭވަނީ
ހުރެފަ ހިނދުކޮޅެއް ގާތުން ދުރަށޭ ދަނީ
ކިހިނަކުން ކަލާ މަ ގާތުގަވާނީ
ކީއްވެ މިގުޅުމަށް ޖާގަ ނުވާންވީ
ތި ހިތުގެ އުފާ މިޔެ ބުނެ މަލާ
ދޮގުތަކެއް ހަދާފަ ދުރުމަކޮށް އުފާ ލަނީ
ކޮޓަރިތެރޭގައި ގިޓާ ހިފައިގެން އަތުގެ އިނގިލިތަކުން އެއްވަރަށް ކުޅެމުން ނަވްޔާންގެ ހިތްގައިމު އަޑުން ލަވަކިޔާ ނިންމާލީ ފުން ވިސްނުމެއްގެ ތެރެގައި އިނދެއެވެ. ނަވްޔާން ރީތިވެގެން ނަމާދުކޮށްގެން 4:30 ވާން ވަގުތު އޮތުމުން އޭނާގެ ގިޓާ ނަގައިގެން ލަވައެއް ކިޔާލީއެވެ. އެ ލަވައާއި އޭނާގެ ހަޔާތާއިވެސް ގުޅުނު ދުވަސްވަރެއް އައޭ ނަވްޔާންގެ ހިތަށް އެރިއެވެ. ފުން ޚިޔާލަކަށް ގެއްލިފައި އިން ނަވްޔާން ސިއްސައިގެން ދިޔައީ ނަވްޔާ ދޮރުހުޅުވުމުންނެވެ. “ދޮންބޭ… ލެޓްސް ގޯ…” ދޮރު ހުޅުވަމުން ގިޓާ ހިފައިގެން އިން ނަވްޔާނަށް ބަލާލަމުން ނަވްޔާ ބުނެލީ ހިނިތުންވަމުންނެވެ.
ހުދުރޮނގު ދެމި މަޑުފިޔާތޮށި ކުލައިގެ އަބާޔާއެއްގައި ނަވްޔާ ހުރިއިރު ހީވަނީ ހަމަ ހޫރުޕަރީއެއްހެންނެވެ. ހެދުމުގެ މެދަށް ހަމަ އެކުލައިގެ ބެލްޓެއް ގޮތަށް ފޮތިކޮޅެއް އައްސާފައި ހުރުމުން އެ ހެދުން ނަވްޔާއާއި ނިކަން ގުޅެއެވެ. މަޑުފިޔާތޮށި ކުލައިގެ ޝޯލް ތެރެއިން ނަވްޔާގެ މޫނު ވިދާބަބުޅައެވެ. ހަމައެކަނި ތުންފަތުގައި މަޑުފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ނަވްޔާންވެސް ވަކި ނަވްޔާއަކަށް ދުލެއް ނުކުރެއެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ގަދަނޫ ކުލައިގެ ޖިންސެއް ލާފައިވުމުން ބަލާލަން ރީއްޗެވެ. ގަމީހުގެ އަތް އުޅަނބޮށްޓާއި ހިސާބަށް އޮޅާފައިވުމުން ނަވްޔާން ނިކަން ފިރިހެންވަންތައެވެ. ގަދަމުށި ކުލައިގެ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްފައި ހުރުމުން ސްމާރޓްކަމަށް ދައްކައެވެ. ނަވްޔާނާއި ނަވްޔާ ރަސްފަންނަށް ދިއުމަށް މިސްރާބުޖެހިއެވެ. 4:30 ގެ ކުރިން ހިނގާފައި ދެވޭނެހެން ހީވާތީ ދެ ކުދިންވެސް އިޚްތިޔާރުކުރީ ހިނގާފައި ދިއުމަށެވެ. ފަސް އަހަރު ފަހުން މާލެ އައުމުން މާލޭގެ ތަންތަން ބަދަލުވެފައި ހުންނާނެތީ ނަވްޔާ ދިޔައީ އޭނާގެ ފޯނުން މެޕް ބަލައިގެން ހިނގަމުންނެވެ. ހިސާބަކަށް ދެވުނުތަނާ ނަވްޔާ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައެވެ. ނަވްޔާގެ ފޯނު ވިއްސައިގެން ގޮސް ހަލާކުވާނެކަން އިނގޭތީއާއެކު ވެއްޓުމުން ތަދުވާނެކަން އިނގޭތީ ނަވްޔާ އޭނާގެ ދެ ލޯ މަރާ ބާރުކޮށްލިއެވެ. ވެއްޓެން ދިޔަ ވަގުތު ބާރުގަދަ ދެއަތުން އޭނާގެ ހަށިގަނޑު ވަށާލުމުން ނަވްޔާ އޭނާގެ މެރިފައިވި ދެލޯ ހުޅުވާލިއެވެ.
**********
ނަވްޔާ ވެއްޓުނަނުދީ ހިފޭއްޓީ ކާކުބާވައެވެ؟ އެއީ ކާކުތޯ ހޯއްދެވުމަށް ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކޮށްލައްވާ!
38 Comments!
Comments are closed.
Maasha Allah ???V Salhi ???curiously waiting for the next ???
Thnks lwbiganduuuu????????????????????????????????☺️??☺️???…. insha Allah mi week ga next part genesdheveythw balaanan… Stay home ? n stay safe…. Lymmmmmm??❤️??♥️?????❤️?????♥️♥️???❤️??
Masha Allah varah reethi mi part
Curiously Waiting for the next
Ly ❤️❤️❤️
Thnks dear??☺️???☺️????????☺️☺️???☺️??☺️????☺️???????????????☺️☺️☺️??☺️… Insha Allah mi week ga genesdheveythw balaanan…. Stay home ? n stay safe…. Ly???????❤️??♥️??♥️❤️?
Maasha Allah mi part vx vrh reethi …. Waiting for next part dear❤️❤️?☺️? lysm and tc….. Stay safe
Thnks eekko???☺️??????????☺️????☺️☺️??…. Next part Insha Allah mi week ga kiyaalan libeyne…. Stay home ? n stay safe
Lymmmmmmmmmmmm??????????????????????????❤️♥️♥️???????????????????????????????????????♥️❤️♥️♥️??????????????????♥️♥️❤️??????????
❤️❤️Wow❤️❤️❤️ mi part ves vrh sali ❤️❤️❤️❤️
❤️❤️❤️Masha Allah❤️ ❤️keep❤️❤️ it up❤️❤️❤️
❤️❤️❤️Waiting for the ❤️❤️next part curiously❤️❤️❤️
❤️❤️❤️Lysssssmmmm❤️❤️❤️
❤️❤️❤️Stay safe and Tc ❤️❤️❤️
Thnks ril darlll????????????????????????????????????????????…. Next part Insha Allah kiyaalan libeyne…. Stay home ? n stay safe
…. Lymmmmmm????❤️?❤️???♥️????♥️??????♥️?❤️?♥️??????
Lilia and navyan ge past eh othy baa? Very curiously waiting for next part! Love this story❤️
Thnks nuhyy??????????????☺️?☺️☺️??????????☺️?☺️?☺️??????????☺️????✨✨✨✨✨✨????✨?✨?✨????✨…. Dhn vaagotheh balamaa… Stay home ? stay safe….Tc????????✨?✨??????????✨?✨??❤️?????✨??????????
Wow wow wow… ❤️❤️❤️……
Haadha reehchey.. ???……
Alhey E Kaaku baa dhw.. ❤️❤️❤️……..
curiously and patiently waiting 4 the next part.. ???….
Alhey toy ge song dhw ey. ❤️❤️❤️………
Dearlss stay home and safe ???………
#lyssssm❤️❤️❤️……….
#mysssm???……….
Alheyyyyy thnks xaxa sissooooo????☺️☺️?????☺️????????????☺️???✨?✨?✨???????…. E kaakukan next part in engeyne…. Yhhh toy ge song eh✨✨✨✨✨✨✨✨….. Stay home ? n stay….. Ly n mymmmmmmmmm????????????????✨❤️❤️✨????????????????????????????????❤️❤️?❤️?♥️?????????
Varah reethi mi part ves… ❤️❤️?
Masha allah.. ❤️❤️
Waiting for the next part….. ??
Stay safe ???…..
Thnks noora dear??☺️☺️??????☺️?☺️??☺️??☺️☺️??☺️????☺️?☺️???✨?✨??✨??☺️☺️?☺️???????… Insha Allah nxt week ge kurin stry genesdheveythw balaanan…. Stay home ? n stay safe???????♥️???❤️❤️?♥️?????????✨?✨????????????❤️?
Mi part ves Maasha allah V reethi..❤️❤️❤️❤️❤️
Curiously waiting for nxt part..
Thnks lam✨?????????☺️☺️?????????????✨????… Next part Insha Allah mi week ga genesdheveythw balaanan…… Stay home ? n stay safe…. Ly❤️?♥️??✨✨?❤️?♥️♥️?❤️?❤️???❤️♥️????
Dear readers…. Here is the second part of ‘Kaireegaa hurelan adhu beynunvey’✨✨✨✨✨✨✨…. Lahun genesdhevunythy v bodah swry???????????…. Next part Insha Allah mi week ga genesdheveythw balaanan….. Faharuga knme week aku one part genes dhevidhaane…. Hope y’all will wait n understand?????…. Again swry?????????…. Stay home ? n stay safe….. Ly all big koh♥️?♥️♥️??♥️???????????????❤️?❤️????????❤️?????☺️☺️????❤️??????❤️☺️??❤️??♥️?♥️???
Sorry not allowed sis ☺️☺️☺️
We understand dearles ☺️☺️☺️
ss, to, lying, my, ☺️☺️☺️
Thnks fr understanding ?????????????????????????☺️?☺️?????????… Tc???????????✨?✨??❤️❤️✨????✨???❤️??❤️????
wow vrh reethi mi prt ves my darlingggg…❤️❤️
vrh vrh vrh salhi hama…❤️❤️
Mashaa’Allah..❤️❤️
a ee kaaku baa dhw..?❤️❤️
curiously waiting for the nxt…❤️❤️
stay safe and take care gey darla ❤️❤️
luv u a lotss….❤️❤️❤️
Thnks lwbi lwbi sissssssooooooooooo????????????????????☺️??☺️??☺️?☺️?☺️??????☺️???????????☺️?☺️?????☺️??????????…. E kaaku baaey hithah aranee hehe… Dhn inna part in engeyne dhw✨✨✨✨…. Insha Allah next part mi week ga genesdheynan… Stay home ? n stay safe….. Lymmmmmmmmmmmmmmmmmmmmmm ❤️❤️❤️???????????????????♥️?♥️♥️❤️??❤️??????????????????❤️??????♥️♥️❤️???❤️?
No need to be sorry we understand anyways mashaa Allah ? v.reeti mi part ves ??
Thnks lee darlll…. Nxt par Insha Allah mi week ga genesdheynan…. Stay home ? n stay safe…. Aiy dhonnahchey?❤️?♥️?❤️??♥️????????✨???????❤️
Sissy
Vrh reethi mi part ves
Avahah nxt part genesdhehchey
Mihaaru mirashun ves covid fenigen beyrah ves nudhevey?
Vrh foohi??
Any ways mivaahaka Vrh reethi???
Whn next??????????????????????????????
Shaayan kihineh thah ?
Heyi darling Varah miss vey ?
Luv you Shaayan dhooni gadaa ??❤️?
# stay in home ? and tc be safe ?
Thnks darllll???☺️??????????☺️????????☺️??????????????☺️?????… Ehn thr????? Sad???????????… Naseebakun adhi mi rashun covid nufeney…. Stay safe and sound nge…. Geyga hunnahchey adhi aiy vx dhonnahchey…♥️???????✨?♥️???❤️????????✨????❤️???
Everyone please stay home and stay safe
U tooo daer???
*dear
Masha Allah vrh reethi mi part ves???waiting for the next part❤️❤️❤️❤️❤️❤️❤️❤️. stay home and stay safe❤️❤️??❤️❤️
Thnks darllll???????☺️?????☺️??☺️???????????????????????☺️?☺️??☺️✌️??…. Next part Insha Allah v avahah genesdheynan….. Stay home ? n stay safe….. ????✨❤️❤️????????♥️✨????????????????
V salhi
Vvv reethi dhen kaakubaa dho navya hifehetti
Curiously waiting for next
Stay home stay safe to every one
❤️??????♥️
Thnks dear???????☺️☺️?☺️☺️☺️?☺️☺️??☺️????☺️???☺️☺️??…. Nxt prt in engeyne… Stay home ? n stay safe…??♥️♥️❤️??????❤️???♥️????❤️♥️????
??❤️? Welcome
Awwwwn…????????????
Story hama varah reethi. Nd sorry for the late comment.
Thnks zaakko????????????????☺️??????… Issok… Stay home ? n stay safe???????✨✨