ތިދިޔައީ ލޯބިވެތި އެހަނދާންތަކޭ ދޫކޮށް މިދުނިޔޭގާ
ތިދިޔައީ ހެޔޮ ދުޢާ ކޮށްދޭނެ ކަމުގެ ޔަގީން އޮވެ މިތާނގާ
މެވާނޭ ދެން ފިރުމި ތިޔަ ފިރުމުމާ އޯގާވި ހިނިތުންވުން
ފަވާލެވިފައި ވެޔޭ ތިޔަ ނަން އަކުރަކުން ރަން މަގޭ ހިތުގާ
ވަދެހަދާއިރު ސިފަވެޔޭ ދެން އުޅޭތީ ބުރަ މަސައްކަތުގާ
އެދެވެ ތިއަޑުން ގޮވާލާތީ އަހަން އަދިވެސް މިދުނިޔޭގާާ
ނުދެވިވެއްޖެ ދުވަހެއްދެން ހަމަ ގަުޅާ އެބަލާ މަގޭހާލެއް
އެދެވުނަސްވެސް ލިބުމެކޭދެން ނެތީ ދާއިމްވެވި މިތާނގާ
އޮވެއްޖެތަ ބަލިވެގެންވެސް ހަމަ، ލަވައިދޭ ބޭސްގުޅަ ވިޔަސް ހަމަ
ނުވެސްވެޔެ މާ ‘ބިޒީ’ އެއްވެސް، އައިސް ފިރުމިޔެ މަގޭ ބޮލުގާ
ގޮވާލާތީ އިވޭހެން ހަމަ އެ ހީވާތީ ތިރީތި އަޑުން
މިވާގޮތެކޭ ނުއެނގި ހިތްވެސް ގެނބިދަނީ ދެން ތިލޯބީގާ
ބަލައިފިނަމަތަ ދެއީދުގެ ހަނދު އަދި ވިޔަސްވެސް އެރަމަޟާންމަހު
ބަލައިލެވެނީ މިފޯނޭދެން ޖެހޭތޯ އަޑު މިކަންފަތުގާ
ދިނަސް މީހަކު ނަސޭހަތެއް ހެޔޮ، ފުނަށް މިހިތުގެ ކުރާނޭހެން
ތިނަން މިހިތަށް ނައިސް ނުދެޔޭ، ބުނަންޏާ ތެދުތެދަށް އަދުގާާ
ފުރި އެކީ ދެން ވިޔަސް ކާފާގެ އެހަނދާންތައް މިކުރެވޭހެން
ފުރި ދިޔަސް ނުލިޔެވޭހާ ގިނަ ޚިޔާލުވެޔޭ މިސިކުނޑީގާ
ހުވަފެނަކު ފެނިލުމެއް ނޫނީ ނުވާތީ އޮހުނަކަސް ކަރުނާ
ދުވަހަކުމެ ވަކިނުވާހެން އެދެވެނީ ލެއްވުން އެޖަންނަތުގާ
20 Comments!
Comments are closed.

އިސްކީ ލޯބީގެ ވާހަކަތައް ތަޅައި އަޅައިފައި އޮންނަ ސައިޓަކުން ފެނިދާނެ ކަމަށް އުންމީދު ނުކުރާފަދަ އަގުމާތް މުތެއް. ޒުވާން ޅެންވެރިޔޢަށް ދަރުމަހުރި!
ޝުކުރިއްޔާ ?
Alheyy Anehkka vx mi othy Ibna ge aa lhen dhw ??????Masha Allah hama vvvv reethi ??❤️❤️n V V V heart touching????????kaafaa I missed u ???Ibna dear ekuverinnah vx lhemeh hadhaalahchey… I mean ekuverin theme akah nagaigen…. Love your poems ibna????love u too
varah reethi vaahaka eh.❤❤
varah reethi lhemeh.❤❤
Jazakallah khaira ?❤️❤️ in sha Allah, ekuverin theme ge lhemeh ves genes dheynan ingey.. love you tooo❤️
Thanks❤️❤️❤️
Assalam Alaikum.. ibna ge lhemeh dhen eha avahah nufenidhaane vahaka maafa eki dhannavan. Exams fesheythy v busy koh midhuvaskolhu mi ulheni. In sha Allah exams nimunyma aa lhen thah genes dheynan. Positive comments thah fenunyma varah ufaave. V bodah shukuriyya thi dhevva support ah.. kiyun theringe ideas ves balai gannaanan.. idea eh ovejje nama share kollachey.. ??❤️
Itx ok ibnaa.. vvvvvv nice ingey lhen masha Allah.. keep going.. luv u..???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks… Jazakallah khaira ❤️❤️❤️❤️❤️????
Vvvvvvvvvvarah reethi.??masha allah.??lbna sis varah molhu.???sis ge lhemah kurin coment nukurevuneema vvarah bodah sorry..???ekamaa varah dheravehjje.???ekamaku hurihaa lhen thakeh ves kiyan.??varah reethi hurihaa lhen thakeh ves.??good luck.??
Thanks.. v ufa vehje comment eh kollyma. Ibna ge exams nimunyma in sha Allah adhi ithuru lhen thah ves genes dheynan ingey. Inthizaaruga thibeyne kamah ummydhukuran.?❤️❤️
varah vvvvvvvvv reethi??????
Thanks ?❤️
Vv reethi lhemeh♥️??
Keep up the good work in a??
Thanks ❤️❤️?
Varah Reethi ❤️❤️
I love him lots ♥️???
Thanks❤️❤️ yahh me tooo.. and missed him. ??❤️❤️
Ibna keep up…… ?
Thankeww Yunako ummee❤️❤️❤️