Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އަންޖަލް (19)

Krystal Level 510 Stories100 Login100 Comments
August 31, 2020 6 Mins Read
17 Comments

ޖުނާންގެ ފަހަތުން ގޭތެރެއަށް އައިސް ވަތް ޔުމްނާ ފެނުމުން އަންޖަލް އަށް ބާރަކަށް ޖައިޝްގެ އަތުގައި ހިފާލެވެނެވެ. އަސްމާވެސް ޔުމްނާ ފެނުމުން ބައްދާލާފައި ހާލު އަހުވާލު އަހާލިއެވެ. މި މަންޒަރުތައް ވެގެން ދިޔައި އަންޖަލްގެ ހިތަށް ބަލަން އުދަގޫ މަންޒަރުތަކަކަށެވެ. އެބުރި ކޮޓަރިއަށް ދާން ހިގައިގަންނަން އުޅުމުން ޖައިޝް އަންޖަލް ހުއްޓުވިއެވެ. އަދި އާތިކާ ކަންފަތް ދޮށުގައި ޖައިޝް އެއްޗެއް ބުނުމުން އާތިކާ އައިސް އަންޖަލް އަތުގައި ހިފާލައިގެން އިސްހާގު ކައިރިއަށް ދިޔައެވެ.

***

ޖުނާންގެ ކޮޓަރިއަށް ވަނީ ޔުމްނާވެސް ގޮވައިންނެވެ. އަލަމާރިން ރީތި ގަމީހަކާ ޖިންސެއް ނެގުމަށްފަހު ފާހަނައަށް ގޮސް ޖުނާން ވަނެވެ. ޔުމްނާ ގޮޑީގައި އިށީދެލައިން އިނީ ގުޑާވެސް ނުލައެވެ. ޖުނާން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދިހަ ވަރަކަށް މިނިޓްފަހުން ޖުނާން ފާހަނައިން ނިކުތެވެ. އަދި ކަރުގައި ފޮތިގަޑެއް އޮޅާލައިން އައިސް ގޮޑީގައި އިށީނުމަށްފަހު ޔުމްނާއަށް ކަތުރަކާއި ފުނަލަކާ ޓްރިމަރެއް ދިއްކޮށްލިއެވެ. ޔުމްނާ ޖުނާންގެ ކުރިމައްޗަށް ވާގޮތަށް ހުރެ ޖުނާންގެ ދިގުވެފައިވާ އިސްތަށިގަޑު ކޮށަން ފެށިއެވެ. ޔުމްނާއަކީ ބިއުޓީޝަން ކޯހެއްވެސް ހަދާފައި ހުރި ހުނަރުވެރިއެކެވެ. އަންޖަލް ނުހުރެވިގެން އައިސް ޖުނާންގެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލިއެވެ. ފެނުނު މަންޒަރުން އަންޖަލްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. ޔުމްނާ ޖުނާންގެ ކުރިމައްޗަށް ވާގޮތަށް ހުރުމުން ބޯކޮށަނީކަމެއް ފެންނަ މީހަކަށް ނޭގޭނެއެވެ. އަންޖަލް ދޮރު މަޑުން ލެއްޕުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ދޮރުގައި ލެގިލައިން އިދެ އަންޖަލް ހިތް ފުރެންދެން ރޯލިއެވެ. އޭނާއަށް މިކުރިމަތި ވަމުން ދަނީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ. މީ އޭނާގެ ކުށުގެ ސަޒާ ބާއެވެ. ލޯބިވުމަކީ ކުށެއް ކަމުގައިވާނަމަ މިއަދު އެކަމުގެ އަދަބު އޭނާއަށް މިދަނީ ލިބެމުންނެވެ.

***

އެއްވެސް ދިމާލަކުން އަންޖަލް ފެންނަން ނެތުމުން ޖައިޝް އައިސް މައްޗަށް އެރިއެވެ. އެވަގުތު ޔުމްނާ އާއި ޖުނާން ކޮޓަރިން އެކުއެކީހެން ނިކުތެވެ. ޖައިޝް އަތްމުކަވާލުމަށް ފަހު ޖުނާން އާ ދިމާލަށް އައެވެ. ނަމަވެސް ހުއްޓުނީ އަންޖަލް އޭނާގެ ކޮޓަރިން ނިކުތް ތަން ފެނުމުން ނެވެ. އަންޖަލް އައި ގޮތަށް އައިސް ޖައިޝްގެ އަތުގައި ހިފައިގެން ތިރިއަށް ފައިބަން ހިގައިގަތެވެ. އާއެކެވެ. އަންޖަލް މިހާރު ބޭނުންވަނީ ޖުނާން މަތިން ހަދާން ނައްތާލަންށެވެ. އަދި ވެގެން ވަންޔާ އަންޖަލް ޖުނާން ޖެލެސްވެސް ކުރުވާނެއެވެ.

” ހާދަ ގޮތް ކުޑަ މީހެކޭ ދޯ.. އެހާ އަވަހަށް ޖައިޝް ވާ ވައްދާލީދޯ..” ޔުމްނާ ބުނެލިއެވެ.

” ޔުމްނާ .. އަހަރެން ޔުމްނާ މިތަނަށް ގެނައި ޔުމްނާގެ އޮޕީނިއަން އަޑު އަހާކަށް ނުން.. މި ޕާރޓީ ނިމުނީމަ އަހަރެން ރުފިޔާ ޓްރާންސްފާ ކުރާނަން.. އެހެން ނޫނަސް ތީ ލާރީގެ ބޭނުމުގަ އައިސް ހުރި މީހެއްނުން.. ޖުނާން ނުރުހުން ވެފައި ބުނެލިއެވެ.

ޕާރޓީ ތެރޭ ޑާންސިންގް ވަގުތުކޮޅެއް އައެވެ. އެމީހަކު އެންމެ ކައިރީ ހުރި މީހާ ގޮވައިން ކަޕްލް ޑާންސް ކުރުމެވެ. މީ މި އާއިލާ ތެރޭގައި އާންމުކޮށް ކޮށް އުޅޭ ކަމެކެވެ. އިސްހާޤް އާތިކާގެ އަތުގައި ހިފައިގެން މެދަށް އައިސް އެރިއެވެ. ޖޫދު ފައިހާ ގޮވައިންނެވެ. އަދި ޖައިޝް އަންޖަލް އަތުގައި ހިފާލައިގެން އައިސް ހުއްޓުނެވެ. ޖުނާން އަށް ޔުމްނާ ގޮވައިން އަރަން ބޭނުން ނުވުމުން އޭނާގެ ކައިރީ ހުރި އަސްމާގެ އަތުގައި ހިފައި އެރިއެވެ. މިއުޒިކާ އެއްވަރަށް ނަށްމުން ދިޔައެވެ. އަންޖަލް ގެ އުނަގަޑުގައި ޖައިޝް ހިފަހައްޓާލައިން ހުރެ ނަށަމުން ދިޔައެވެ. އަންޖަލްގެ ހިތް ތެޅޭވަރުން އޭނާ ހުރީ އުދަގޫވެފައެވެ. މިވާގޮތެއް އަންޖަލްއަކަށް އެއްގޮތަކަށް ވެސް ނޭގެއެވެ. ޖުނާން ފެނުނަސް އަންޖަލްއަކަށް މިފަދަ ގޮތް ތަކެއް ނުވެއެވެ. އަންޖަލް ހުރީ ޕާރޓީ ނިމުމުން ފައިހާ ކުރެން މިހުރިހާ އެއްޗެއް އެހުމަށް ނިންމައިންނެވެ. ޖައިޝް މުޅި މިއުޒިކް ނިމެންދެން ހުރީ އަންޖަލްގެ މޫނަށް ބަލަހައްޓައިންނެވެ. ޖުނާންގެ ހިތުގައި އަޅަމުން ދިޔަވޭން ފޮރުވޭތޯ އޭނާ އިންތިހާ އަށް މަސައްކަތް ކުރިއެވެ.

ޕާރޓީ ނިމިގެން ދިޔައީ އިސްހާޤު ޖޫދުއަށް ހާއްސަކޮށްގެން ނަމްބާރ 1 ޖަހާފައިން ކޭކު ފެޅުމުންނެވެ. ކޭކް ކޮޅެއް ހިފައިން އަންޖަލް ދިޔައީ ފައިހާ ކައިރިއަށެވެ. އޭރު ފައިހާ އާއި ޖޫދު އޮލަ ވާހަކައެއްގައި ދުރުގައި އިން މޭޒެއް ދޮށުގައި ތިއްބެވެ.

” އަހެމް… އަހެމް… ބޮޑިބަތް ކައްކާ ނުނިމޭތަ..” އަންޖަލް ފައިހާ އަށް މަލާމާތް ކޮށްލިއެވެ.

” ހޫ.. އެއްކަލަ އަންޖޫ ދިމާކުރުން ނުން ކަމެއް ނުކުރާނެ.. އާދެބަލަ މިތާ އިށީންނަން… ” ފައިހާ ތުއި ގޮތަކަށް ބުނެލިއެވެ.

” އަމައްޔާއި…. ކޮންހާ ތުއި އެއް ވާކަށް… ތިއެއް ނޫނޭ އާދެބަލަ..” އަންޖަލް ތަންކޮޅެއް ދުރުގަ އިން މޭޒެއް ކައިރިއަށް ހިގައި ގަންނަމުން ބުނެލިއެވެ. ފައިހާ ޖޫދު ގާތު މިއަންނަނީއޭ ބުނުމަށްފަހު އަންޖަލް ކައިރީ ގޮސް އިށީދެއްޖެއެވެ.

” ފައި.. އައި ނީޑް ޓު ޓެލް ޔޫ ސަމްތިންގް.. އަހަރެންނަށް ވަރަށް އެހެން ކަހަލަ ގޮތްތަކެއް މިފަހަކަށް އައިސް ވޭ..” އަންޖަލް ކިޔާދެންވީ ގޮތް ނޭގުމުން ދުރު ދުރުން ފެއްޓިއެވެ.

” ކިހިނެއްވަނީ.. އަންޖޫ ޑޮކްޓަރަށް ދެއްކީތަ.. ވަރަށް އުދަގޫވޭތަ؟” ފައިހާ ވާނުވާ ނޭގި ކުއްލިއަކަށް ސުވާލުތަކެއް އަމުނާލިއެވެ.

” ހޫމް.. ސާބަސް… އަދި މިއުޅެނީ ކިޔާ ނުދެވިގެން… އަޑު އަހާބަލަ… އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެނީ… ވަކި މީހަކު ފެނުނީމަ.. މީ ކުރިން ވީ ގޮތެއް ނުން… ކިހިނެއްތަ އަހަންނަށް މިވަނީ..” އަންޖަލް ވާހަކަ ދައްކަމުން ދިޔަވަރަކަށް ފައިހާގެ ހިނިގަޑު ދިޔައީ ބޮޑުވަމުންނެވެ.

” އަންޖޫ.. އަންޖޫ.. އޫ އާ އިން ލަވް ޑިއާ… ޖައިޝްދެކެ ލޯބިވެވިގެން ތިއުޅެނީ… ޖުނާން ފެނުނީނަމަ ނުވާނެނުން.. ޔޫ ޑިޑިންޓް ޓްރޫލީ ލަވް ހިމް.. މައި ގޯޑް..” ފައިހާ އިންތަނުން ތެދުވެ ތެޅިގަނެވުނެވެ.

” ވަޓް.. އަހަރެން ކޮން އިރަކު ޖައިޝްއޭ ބުނީ..” ފައިހާ އަކީ ލޯބީގެ ޕީއެޗްޑީ ނަގައިން ހުރި މީހެކޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ކަންތައްތައް ނަގައިގަންނަގޮތް އަވަހެވެ.

ޕާރޓީ ނިންމާލާފައި ގެއިން ނިކުންނަން ދިޔަ މީހުންވެސް ފައިހާ އުފާވެފައި ހުރިތަން ފެނުމުން ހިނިގަޑެއް ޖަހާލައެވެ. އަންޖަލް ލަދުން ދުވެފައި ގޮސް އެތެރެއަށް ވަނެވެ.

” އޭއީ ކަމަނާ.. ކީއްވެޔޯ މާ ވަރަކަށް ތި ނަށަނީ..” ޖޫދު އައިސް ފައިހާގެ ކޮޑުގައި އަތް ޖައްސާލަމުން އަހާލިއެވެ.

” މިހާރަކު ނުން ފަހުން.. ކޮންގްރާ…” ޖޫދު މޫނުގައި އަތް ޖައްސާލުމަށްފަހު އަންޖަލް އަށް ގޮވަމުން ފައިހާ ދުއްވައިގަތެވެ.

ފައިހާގެ އަތުގައި ނުޖެހެން ދުއްވައިގަތް އަންޖަލް ގޮސް ލައިގަތީ އަސްމާ ގައިގައެވެ.

” ހޫ ތަންކޮޅެއް ބަލައިގެން އުޅެބަލަ… ” އަސްމާ އަންޖަލް އައިސް ޖެހުނުތަން ފޮޅާލަމުން ބުނެލިއެވެ. ހީވަނީ ނަޖިސްގަޑެއް ފޮޅާލިހެންނެވެ.

” ސޮރީ..” މީގެ ސިކުންތެއް ކުރިން އުފަލުން ހުރި އަންޖަލްގެ މުޅި މޫޑު ބަދަލުވިއެވެ. ފައިހާ އައިސް އަންޖަލް އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.

” އަނެއްކާވެސް އަންޖޫ.. އަހަރެން ބުނީމެއްނުން އަސްމާއްތަ ކިޔާ އެއްޗެއް ކިޔާފާނެނުންހޭ.. އަޅެ އަންޖަލް ތިއުޅެނީ ކުށެއް ކޮށްގެންތަ..” ފައިހާ ވަތްގޮތަށް ލެކްޗަރު އަޅަން ފެށިއެވެ. ބައެއްފަހަރު ފައިހާ އަކީ އަންޖަލް ގެ މަންމަހެންވެސް ހީވެއެވެ. އެހާވެސް އަންޖަލް އަށް އަޅާލައެވެ.

” ދެން އޯކޭޔޭ.. އަންޖޫ އަސްލުވެސް ޖައިޝް ފެނުނީމަ ތިހެން ވޭތަ..” ޖައިޝްގެ ވާހަކަ ދައްކާ އިރަށް އަންޖަލްގެ މޫނު ނޭގުމެއްގެ ތެރޭގައި ވިޔަސް އަލިވެގެން ދިޔައެވެ. އަދި އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.

” ބުނަން ތިޔަށް ކިޔަނީ ހަމަ ލޯތްބޭ… އަންޖޫ ޔޫ އާ އިން ލަވް ވިތް ހިމް..” އަންޖަލްގެ މޫނު ރަތްވަމުން ދިޔަތަން ފައިހާ އަށް ފެނުނެވެ.

” ލޯތްބޭ.. ފައި.. އަހަރެން ލޯބިވަނީ ޖުނާން ދެކެ.. އަދިވެސް އަހަރެން ހަދާން ވަނީ ޖުނާން މަތިން.. ދެން ކިހިނެއް އަހަރެން ޖައިޝް ދެކެ ލޯބިވާނީ..” އަންޖަލް އަހާލިއެވެ.. މިރޭ މި ލަވް ގުރޫ ކުރެން ހުރިހާ ސުވާލަކަށް ޖަވާބު ހޯދާނެއެވެ.

” އަންޖޫ… އެއީ ލޯތްބެއް ނުން.. އެވްރީވަން ހޭސް އަ ފަރސްޓް ލަވް އޯ ކްރަޝް… ޖުނާން އަކީ އަންޖޫ ގެ ފަރސްޓް ލަވް.. އަހަރެން ބުނާނީ އެއަށް ވުރެވެސް  ބޮޑަށް ކްރަޝް އެކޭ… ދެން ބުނެބަލަ.. ޖުނާން ފެނުނީމަ އަންޖޫގެ މީތި އެހާ ތެޅޭތަ..” އަންޖަލްގެ މޭގައި އަތް ޖައްސާލަމުން ފައިހާ އަހާލިއެވެ. އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރުވާލިއެވެ.

” އެހެންވިއްޔާ ޖުނާން އާ ދެތެރޭ އަބަދު ވިސްނޭތަ؟” ފައިހާ އަނެއްކާވެސް އަހާލިއެވެ. އަންޖަލް ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ތެދެކެވެ. މިހާރަކަށް އައިސް މާ ބޮޑަކަށް ޖުނާން އާ ދޭތެރޭ އަންޖަލް އަކަށް ނުވިސްނެއެވެ. އެއަށް ވުރެ ބޮޑަށް ވިސްނެނީ ޖައިޝް އާ ދެތެރޭއެވެ.

” ތިނިމުނީ.. އިރުތު ސުވާލެއް ކުރާނެކަމެއް ނެތް… %100 އަންޖޫ ތިވަނީ ޖައިޝް ދެކެ ލޯބިވެވިފަ…” ފައިހާ ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.

މުޅި ރޭ ހަތަރު ދަމު އަންޖަލް އޮތީ ފައިހާ ދެއްކި ވާހަކައަށް ވިސްނާށެވެ. ހަޤީޤަތުގައިވެސް އޭނާއަށް ޖައިޝް ދެކެ ލޯބިވެވުނީބާއެވެ. ދެން ޖުނާންދެކެ އެވީ ކޯންޗެއް ހެއްޔެވެ؟

***

އޮފީސް ތެރޭގައި ބައި ބައި ހަދައިގެން ވާހަކަ ދައްކަމުން ދިޔައެވެ. އަންޖަލް އާއި ޖައިޝް އައިސް އޮފީހައް ވަތް ތަން ފެނުމުން އެންމެންވެސް އެމީހަކު ދާން ޖެހޭ ކެބިންއަކަށް ގޮސް ވަނެވެ. ޖައިޝް ކެބިންނަށް ވަނުމާ އެކު މޭޒުމަތީގައި ދެތިން ސިޓީ އުރަ އޮތްތަން ފެނުނެވެ. އަންޖަލް އަށް ގޮވާ އެތެރެއަށް ވެއްދިއެވެ.

” ކިހިނެއްވީ..” އަންޖަލް ލަދު ރަކި ގޮތަކަށް ބުނެލިއެވެ.

” މީތި ގޮސް ބައްޕަ މޭޒުމަތީ ބާއްވާލަބަލަ.” ހިނިތުންވެލަމުން ބެންކް އޮފް މޯލްޑިވްސް އިން ފޮނުވާފައި އޮތް ސިޓީ އުރަ ދިއްކޮށްލަމުން ޖައިޝް ބުނެލިއެވެ. އަންޖަލް ގޮސް އިސްހާޤުގެ ކެބިންގައި ޓަކި ޖަހާލިއެވެ. އިސްހާޤު ވަނުމަށް ހުއްދަ ދިނުމުން އަންޖަލް ވަދެ ސިޓީ އުރަ ދިނުމުން އިސްހާޤުއެ ކަޑާލިއެވެ. އިސްހާޤުގެ ދެލޯ ދިޔައި ބޮޑުވެގެންނެވެ. ނިކުމެ ނިކުމެ ހުރި އަންޖަލް ގާތު ޖައިޝް އަށް ގޮވުމަށް ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ.

” މީ ކޮންކަމެއް ޖައިޝް.. 1.5 ލައްކައޭ… މިއަށް ކިހިނެއްވީ؟” ޖައިޝް އައިސް ވަނުމާ އެކު އިސްހާޤު ބުނެލިއެވެ.

” ކޮން 1.5 ލައްކައެއް..” ޖައިޝްވެސް އެ ނަގާ ބަލާލިއެވެ. ކުންފުނީގެ އެކައުންޓުން 1.5 ލައްކަ ރުފިޔާ ނަގާފައިވާ ކަމަށް އޭގައި ލިޔެފައި އޮތެވެ. އާންމުކޮށް އެކައުންޓުން ރުފިޔާ ނެގޭނީ އިސްހާޤު ނުނީ އޭނާގެ ތިން ދަރިންނަށެވެ. ހަމަ ގައިމުވެސް ޖޫދެއް ނުނަގާނެއެވެ. އަނެއްކޮޅުން ޖައިޝް ނެގިޔަސް ނަގާނީ އަހާފައިކަން އިސްހާޤުއަށް އެގެއެވެ. ދެން ހުރީ ޖުނާންއެވެ. އޭނާވެސް ނުބުނެ ކޮށްފާނެއެކޭ އިސްހާޤުގެ ހިތް ނުބުނެއެވެ.

” ތިޔަށް ވީގޮތެއް ބަލާ.. ކުންފުނީގެ ލާރިއަކީ ކަލޭމެން ތިންބެއިންނަށް ނެގޭއެއްޗެއް.. ރަގަޅަށް ބަލާފަ ތިކަން ކުރި މީހެއް ހޯދާ..” އިސްހާޤު ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

ޖައިޝް ބެލީ ބެންކަށް ގުޅާއިން އެމައުލޫމާތު ހޯދޭތޯއެވެ.

ބްރޭކް ގަޑިގައި އަންޖަލް ދިޔައީ ކާން ފައިހާއާ އެއްކޮށެވެ. މޭޒުދޮށުގައި ކާން ތިއްބާ ފިރިހެނަކު އަންހެނަކާ ދިމާލަށް ވަރަށް ބާރަށް އެއްޗެހިކިޔަމުން ދިޔައެވެ. އަންޖަލް އާ ފައިހާ މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ދެމީހުން ވާހަކައިގާ ތިއްބާ ފައިހާ ކުއްލިއަކަށް އެއީ ޖުނާންގެ ބިޓުތޯ އަހާލުމުން އަންޖަލް ފަހަތް ބަލާލިއެވެ. އޭރު ޔުމްނާ ކޮންމެވެސް ފިރިހެނަކާ އެކު އަންޖަލް މެން މޭޒު ފަހަތު މޭޒުގައި ތިއްބެވެ.

” ބައްޔެއްނުން ކޮބާތަ ކަލޭއަށް ޖުނާން ދިން 50،000 ރުފިޔާ… އެއީ އިހަކަށް ރޭ ދިން އެއްޗެއް.. އެޔަށް ކައެ ކީއްކުރީ..” އެމީހާގެ ރާގުގައި ވަނީ ރުޅިވެރިކަމެވެ. އަންޖަލް ހުރީ ހައިރާން ވެފައެވެ. ޖުނާން 50،000 ރުފިޔާ ޔުމްނާއަށް ދޭން ޖެހުނީ ކީއްވެބާއެވެ.

” ދެން ދިން އެއްލައްކަ އޯ.. ބަލަ މަ ކަލޭ ޖުނާން ކައިރިއަށް ފޮނުވަނީކީ އޭނަ ދޭ ލާރި ކަލޭ ބަޑު އަޅާކަށް ނޫނޭ… ގެނޭ އެ ރުފިޔާ..” އެމީހާހުރީ ހަމައިގާ ހެން ހީނުވެއެވެ. ޔުމްނާގެ ގައިގާ ޖަހަން އުފުލާލި އަތުގައި ހިފާލީ އަންޖަލް އެވެ.

” ޗި ފިރިހެނުންނަށްވެސް ހަޑި.. މިއަތް ތިނެގީ އަންހެނެއް ގައިގަ ޖަހަންތަ… ” އަންޖަލްގެ ދެލޮލުން ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ. ޔުމްނާ ރޯން އިންތަން ފެނުމުން ފައިހާ އައިސް ޔުމްނާ އެމީހުން ތިބި މޭޒު ދޮށަށް ގެނައެވެ.

” ޔުމްނާ.. އަހަންނަށް މި އަޑު އިވުނީ ކޮން ވާޙަކަތަކެއް.. ކޮން އެއްލައްކަ ފަންސާސް ހާހެއް؟ ކީއްވެ ޖުނާން ޔުމްނާއަށް..

” އަންޖަލް ބޫނާނެ އެއްޗެއްވެސް ނޭގުނެވެ. ޔުމްނާ އާއި ޖުނާން އާ އޮންނަނީ ކޮން ގުޅުމެއްހެއްޔެވެ.

” އަންޖަލް އަހަންނަށް މާފްކުރޭ.. އަހަންނާ ޖުނާން އާ ދޭތެރޭ އަންޖަލް ތިހީކުރާކަހަލަ އެއްވެސް ގުޅުމެއް ނެތް. ޖުނާން ބުނީ އަހަންނަށް އެއްލައްކަ ރުފިޔާ ދޭނަމޯ އަހަރެން ޖުނާން ކައިރީ އެގޮތަށް ހުރެއްޖެއްޔާ.. އެހެންވެ އެދުވަހު އަހަރެން ގަސްދުގަ ގޮށެއް ނައްޓާލާއިގެން ޖުނާންގެ ކެބިން ތެރޭ ހުރީ.. ދެންވެސް އަހަރެން ކައިރީ ޖުނާން ބުނީ އޭނަ މޯ ކޮށާދީ ހަދައިފިއްޔާ 50،000 ދޭނަމޯ.. އެހެންވެ އެރޭ ޕާރޓީއަށް އަހަރެން ދިޔައީ…. ރުފިޔާގެ ދަހިވެތިކަމުގަ…. ” ޔުމްނާ ހުރިހާ އެއްޗެއް ކިޔާ ދިނެވެ. ކައި ނިންމާލުމަށްފަހު އަންޖަލްގެ އެދުމުގެ މަތިން ޔުމްނާ އައި ޖައިޝްގެ ކެބިންނަށެވެ. ޔުމްނާ ހުރިހާ ވާހަކައެއް ކިޔާދިނުމުން އެކައުންޓުން ރުފިޔާ މަދުވީ ޖުނާންގެ ސަބަބުންކަށް ޖައިޝްއަށް އެގުނެވެ. މިހާރަކަށް އައިސް ޖުނާން އެތަށް ކަމެއް ޖައިޝް ހީނުކުރާފަދަ ގޮތަކަށް ކޮށްފިއެވެ. ޔުމްނާ ދިއުމުން ޖައިޝް އައިސް އަންޖަލްގެ ގައިގާ ބައްދާލިއެވެ.

“ތޭންކްސް އަންޖޫ… އަހަރެން ހަދާނެގޮތް ހުސްވެފަ ހުއްޓާ އަންޖަލް ތިއައި ޔުމްނާ ގޮވައިން..” ޖައިޝްގެ އަގައިން އަންޖޫ އޭބުނުމުން އަންޖަލް ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ޖައިޝް ބައްދާލައިގެން ހުރިގޮތަށް ހުރީއެވެ. އެވަގުތު އިސްހާޤު އައިސް އެކެބިންނަށް ވަނެވެ.

=ނުނިމޭ=

މިދިޔަ ބައިގައި ޕާރޓް (17) ޖެހިފައި އިނީ  އޮޅުމަކުން.. ރަގަޅު ގޮތަކީ އަސްލު ޕާރޓް (18).. މި ބައި ކިޔާ ފައި ބައެއްކުދިން 18 ނުފެނިގެން އުޅެދާނެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ނޭދެމޭ ވަކިވުމެއް-6

Next

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..2

Next
August 31, 2020

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..2

Previews
August 31, 2020

ނޭދެމޭ ވަކިވުމެއް-6

17 Comments!

  1. Noo_ra says:
    August 31, 2020 at 10:01 am

    Varah Varah reethi mi part….. ?❤️?
    Waiting for the next part……
    Keep it up krystal… ??

    1. Krystal says:
      September 2, 2020 at 3:11 am

      Thank you noora ??
      Stay safe ?

  2. Ishaa says:
    August 31, 2020 at 11:00 am

    Maasha Allah vrh reethi mi bai ves.. ❤️❤️❤️❤️❤️❤️❤️❤️waiting for next part……
    Stay safe krystal?????❤️❤️❤️

    1. Krystal says:
      September 2, 2020 at 3:12 am

      Thank you ishaa ??
      Stay safe and take care

  3. ?Ril? says:
    August 31, 2020 at 1:11 pm

    ❤❤Wow mi part vs vrh sali❤❤
    ❤❤Masha ❤❤Allah ❤❤❤
    ❤❤Dhen oi bayah ❤waiting❤❤❤
    ❤❤Saarangey❤❤
    ❤❤Josimheyo ❤❤

    1. Krystal says:
      September 2, 2020 at 3:13 am

      Annyeong dongsaengaaa…. miss you…
      Kihinehtha haalu… hurihaa comment eh ves kiyan ingey.. ekm krystal ah reply kuran time nuvany.. maa busy v ma story ves ehaa lahun upload vany….
      Koba tha black swan and blue bird??? Miss them too…
      Saranghae uri dongsaeng ❤❤❤

    2. ?Ril? says:
      September 2, 2020 at 11:00 am

      Anneyong eonni
      Ril Hama baraabaru Sis kihineh tha
      I missed u more sis
      Ohh Sis ehentha Issoke ingey
      Neyge Sis Kobaa baa Blue bird aa black Swan and dhw

  4. Anonymous says:
    August 31, 2020 at 2:47 pm

    Salhi

    1. Krystal says:
      September 2, 2020 at 3:14 am

      Thanks ☺

  5. ?Flower ? says:
    September 1, 2020 at 8:22 am

    Wow mi part vvvvvvvvvvvvvrah reethi
    Waiting for the next
    Tc

    1. Krystal says:
      September 2, 2020 at 3:14 am

      Thank you flower!!!
      Take care ??

  6. Eekko_11 says:
    September 1, 2020 at 3:20 pm

    ooohhhh … Vrh reethi mi part vx … Dhen kihineiy baa vaany … Junaan ah vaany kihineiy baa???? Jaisha ge bappa rulhi annaane baa??? Omg!!! So curios

    1. Krystal says:
      September 2, 2020 at 3:15 am

      Thank you eekko!
      Guess kohba alhe… kihinehbaa vaany dhw eekko…

  7. Afu says:
    September 1, 2020 at 3:22 pm

    Masha Allah varah salhi ♥️♥️ siss kihinei thr ?? dhn vaane gotheh kiyaalan curiously waiting ❤️❤️ alhe Asma haadha gohey ?? TC stay safe
    Saranghae ♥️♥️♥️

    1. Krystal says:
      September 2, 2020 at 3:16 am

      Hei afu… long time dhw… kihineh haalu ahuvaalu???
      Hope you are fine dear…
      Alhamdhulillah I am good.
      Hehehe worst mother in law type dhw afu…
      Stay safe.. nado saranghae ???

  8. 16 SHABAKKO 7 says:
    September 2, 2020 at 2:47 pm

    Varah Reethi Masha Allah ❤️❤️❤️❤️
    When next ☺️☺️

  9. ?CAPTION QUEEN? says:
    September 7, 2020 at 11:40 am

    OMG DHEN KIHINEHVAANEE JUNAAN BUST V DHW
    SIS MIBAI VES VVVVV SALHI
    SARAANGE

Comments are closed.

Next Episodeޢަންޖަލް (20)←


All Right Reserved!