9 އަހަރު ފަސް ޔުމްނު ގެ އުމުރުން އޭރު ވާނީ 12 އަހަރެވެ. ޔުމްނު އުޅުނީ ގްރޭޑް 6 ގައެވެ. އެއީ 2011 ވަނަ އަހަރެވެ. ޔުމްނުގެ މަންމަ ނޭފަތް އޮޕަރޭޝަން ކުރުމަށްޓަކައި ޔުމްނުގެ ބައްޕަ އެއްބަނޑު ދޮންބޭބެގެ ގޭގައި ޔުމްނު ބެހެއްޓުމަށްފަހު އިންޑިޔާއަށް ދިޔައެވެ. ޔުމްނުވެސް ބޭނުންވީ އެގޭގައި ހުންނާށެވެ. ސަބަބަކީ އެގޭގައި ޔުމްނުއާއި އެއްއުމުރެއްގެ ޔުމްނުއާއި އެއްކުލާހެއްގައި ކިޔަވާ އަންހެން ކުއްޖެއް ހުންނާތީއެވެ. ޔުމްނުއަށްވުރެ 7 މަސް އެކުއްޖާ ބޮޑުވާނެއެވެ. ޔުމްނުއާއި އެކުއްޖާއަކީ ބެސްޓް […]
މާހިލްގެ ހިތައް އަރާނީވެސް ކީކޭ ހެއްޔެވެ. ލުމާ ލަދުގަންނަން ވެސް ފަށައިފިއެވެ. މިއަދަކީ އަނެއްކޮޅުން ހުރިހާ ސްޓާފުންގެ މީޓިންގ ވެސް އޮންނަ ދުވަހެވެ. މިކަންތަކަށް ފަހު އަނެއްކާވެސް މާހިލްއާ ކުރިމަތިލާން ޖެހުނީއެވެ. ދެބަޔަށް ވަކިން ހަދާފައިވާ ތަނެއް ހުރެ އެތަނުގައި ބޮޑު އަކުރުން ވަކިވާހެން ނަން އަޅައިފައި ހުއްޓާވެސް ލުމާއަށް ކުރެވުނު ކަންތަކުން އަވަހަށް އެތަނުން ނިކުމެގެން ދާންވެސް ހިތައް އެރިއެވެ. އެންމެންގެ ދިމާ ކުރުންތަކާވެސް ކުރިމަތިލާން ޖެހުނީއެވެ. ސައިގަޑީގައިވެސް މިއަދު ދެކަމެއް ނުކުރެއެވެ. އެންމެން ލުމާއާ […]
އެއްވަނަ އެޕިސޯޑުގެ ތެރެއިން.. ދެމީހުން ވެސް އިރުކޮޅަކުން ދެލޯ ހުޅުވާލިއިރު ހަތަރު ކަޅު ވަނީ ސީދާ ވެފައިއެވެ. ހައިޝަންގެ އަތް އައިރީގެ އުނަގަނޑު ގައިވާ އިރު އައިރީގެ އަތުން ވަނީ ހައިޝަންގެ ޓައީގައި ހިފަހައްޓާފައިއެވެ. ދެމީހުންވެސް ވަށައިގެން ވާކަންކަމުގެ ހިޔާލެއް ނެތިފައި އޮވެވުނީ ދެލޮލަށް ގެއްލިފައިއެވެ. އެހާ ކައިރިން އައިރީގެ މޫނު ފެނުމާއިއެކު ފުރަތަމަ ފަހަރަށް އައިރީގެ ރީތި ކަމާއިމެދު ހައިޝަންއަށް ވިސްނާލެވުނެވެ. ހަމައެގޮތަށް އައިރީ ވެސް ހައިޝަންގެ މޫނުން ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ކަހަލަ އެވެ. […]
އައި މަގުމަތީ އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަ އަކުން ގެއަށް ވައިން އިރު ވެސް ޝަރޫފްއަށް ދިޔައީ ހެވެމުންނެވެ. ނަަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ގޭގެ ދޮރުމައްޗަށް އެރުމާއެކު އެތެރެއިން ފެނިގެން ދިޔަ ސޫރަ އަކުން ޝަރޫފް ހުއްޓުން އަރއިގެން ދިޔައިރު ދެފައިގައި ކަސްތޮޅު އެޅުވުން ފަދައެވެ. ************* ” މާމާ..” ވޭނުން ފުރިގެންވި އަޑަކުން ޝަރޫފް އޭނާގެ ބައްޕަގެ މަންމަ އަށް ގޮވާލިއެވެ. މާމާ ގެ ކުރިމަތީގައި އިސްޖަހާލައިގެން ހުރި އާޝިޔާަ […]
(އެގާރަވަނަބައި) ހެނދުނު ފާއިތުވެ މެންދުރު ވެގެން ދިޔައިރުވެސް އަލްޔާގެ ހަބަރެއް ނުވިއެވެ. އަކިއަލްގެ ހާސްކަން އިތުރުވެގެން ދިޔައީ ދެނެވެ. ކިތަންމެ ލަހުން ނިދި ނަމަވެސް މެންދުރުވާއިރު އަލްޔާ ކޮޓަރިން ނިކުންނާނެއެވެ. އަލްޔާގެ ފޯނަށް ގުޅުމުން ފޯނު ކެނޑިގެން ދިޔައިރުވެސް ފޯނެއް ނުނަގައެވެ. މެސެޖް ކުރުމުންވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަކިއަލް ސިޓިން ރޫމްގައި ފޯނު ހިފައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މިވަގުތު ގޭތެރޭގައިވެސް އޭނާގެ އިތުރުން އެހެން މީހަކު ނޫޅެއެވެ. މަލީހާއާއި މާކިން ދިޔައީ ޝާކިރު […]
“”ދައްތާ.. އަޒްހާން އެބައުޅޭތަ..” ގެއަށް ވަދެވުމާއެކީ ޝަރުމީލާ ފެނުމުން، ޝަރުމީލާ އާއި ސުވާލު ކޮށްލިއެވެ. “ކޮޓަރީގައިވީ.. ދެންމެ އުޅުން ނިކުމެވެސް.. އަޅެ ދޭބަލަ ބަލާލަން..” ޝަރުމީލާ ވާހަކަ ދައްކަމުން ދިޔައީ ނުހަނު ލޯބިންނެވެ. ކުރިންވެސް އެގެއަށް އައިސް އުޅޭތީ މަލްދާ އެގެއަށް އަލެއް ނޫނެވެ. ބަލާކަށް ނުހުރެ އަވަހަށް ގޮސް އަޒްހާންގެ ކޮޓަރިއަށް ވަނެވެ. މަލްދާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެކޮޓަރިއަށް ވެދެވުން އިރު އަޒްހާން ހުރީ މަލްދާގެ ފޮތް […]
ބެލްކަނި ނުފެންނާނެހެން އަވަސް އަވަހަށް ފާރާ ނިވާވެލި އައިވިންގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ޒަފަރް އައުމުން ޒޯޔާއަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ މިފަދަ ވަޤުތެއްގައި ޒޯޔާ ދޫކޮށްލާފައި އޭނާ ފުރައިގެން ދާންވީހެއްޔެވެ؟ އައިވިން އަވަސް އަވަހަށް އޭނާގެ ފަޓުލޫނުގެ ޖީބުގައި އަތް ޖައްސާލުމަށްފަހު ފޯނު ނެގިއެވެ. ދެވަނަ ވިސްނުމެއްނެތި ނަންބަރުތަކަށް ފިއްތާލުމަށްފަހު އައިވިން މީހަކާ ގުޅާލިއެވެ. “ހަލޯ.. ފުރަން ހަމަޖެެއްސި ޓިކެޓް ކެންސަލް ކުރޭ… ދުވަސްކޮޅަކު އަދި މިރަށުގައި މަޑުކޮށްލަން އަހަރެން ބޭނުން.. ދެން ހުރި ކަންތައްތައް އަހަރެން […]
ވާހަކަ ނުގެނެސްދެވޭތާ ގިނަ ދުވަސްތަކެއް ވުމާއި އެކީގައި ޔޫން 26 ވަނަ ޕާރޓް އާއި އެކީގައި 25 ވަނަ ޕާރޓް ވެސް ގެނެސްދޭނަމެވެ. -ފިޔަފަތް- 25 ވަނަ ޕާރޓް ************************** * ޒައިލީންއަށް ގުޑިވެސްނުލާ ހަނދަށް ގެއްލިފައި އޮވެވުނެވެ. ނަމަވެސް ރަވިކާންގެ އެ ބުޅާދެލޯ ހަނދަށް ވުރެ ބޮޑަށް ހުއްޓެމުން ދިޔައީ ޒައިލީންއަށެވެ. ރަވިކާންއަށް ޒައިލީންގެ މޫނަށް ގެއްލިފައި އޮވެވުނެވެ. ޒައިލީންއަށް ރަވިކާންއާއި ދިމާ ބަލާލެވުނެވެ. ރަވިކާން ޒައިލީންއާއި ދިމާ ބަލާލައިގެން އޮތްގޮތުން ހީވަނީ ތުއްތުކުއްޖެއް […]
ނާއިލާ ވިހަން އެމަޖެންސީކޮށް ވެއްދުނެވެ. ދެއާއިލާގެވެސް ބައެއް މެންބަރުން ބޭރުގައި މަޑުކޮށްލައިގެން ތިއްބެވެ. ފަލާޙާގެ ދެފައި އެއްތާކު މަޑެއް ނުވެއެވެ. ވިހަން ވެއްދިތާ ގަޑިއިރެއްފަހުން ރަޖައެއްގައި އޮޅައިލައިގެން ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް ނެރުނެވެ. ” ފަލާޙާ!.. ދަރިފުޅަށް ހަތްދުވަސް ފާހަގަ ކުރުން ތިގޭގައި ދޯ ބާއްވާނި…” އެންމެން އެކުއްޖާ ނަގާ ފޮޓޯނަގާ ހަދައި ނިމުމުން ނަރުހުން އަނެއްކާވެސް އެދަރިފުޅު ގޮވައިގެން އެތެރެއަށް ވަނުމުން ޒުލޭޚާ ބުންޏެވެ. ” ޒުލޭޚާ ބޭނުން ގޮތެއް.. ހުޝާން ކޮންމެ ގޮތަކަށް […]