Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 26

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
September 22, 2020 20 Mins Read
75 Comments

ވާހަކަ ނުގެނެސްދެވޭތާ ގިނަ ދުވަސްތަކެއް ވުމާއި އެކީގައި ޔޫން 26 ވަނަ ޕާރޓް އާއި އެކީގައި 25 ވަނަ ޕާރޓް ވެސް ގެނެސްދޭނަމެވެ.

 

-ފިޔަފަތް- 25 ވަނަ ޕާރޓް **************************

* ޒައިލީންއަށް ގުޑިވެސްނުލާ ހަނދަށް ގެއްލިފައި އޮވެވުނެވެ. ނަމަވެސް ރަވިކާންގެ އެ ބުޅާދެލޯ ހަނދަށް ވުރެ ބޮޑަށް ހުއްޓެމުން ދިޔައީ ޒައިލީންއަށެވެ. ރަވިކާންއަށް ޒައިލީންގެ މޫނަށް ގެއްލިފައި އޮވެވުނެވެ. ޒައިލީންއަށް ރަވިކާންއާއި ދިމާ ބަލާލެވުނެވެ. ރަވިކާން ޒައިލީންއާއި ދިމާ ބަލާލައިގެން އޮތްގޮތުން ހީވަނީ ތުއްތުކުއްޖެއް އެކުއްޖާގެ ކުޅޭއެއްޗަކަށް ބަލަން އޮތްހެންނެވެ. ޒައިލީން ހީނލިއެވެ. ރައްދުގައި ރަވިކާން ވެސް ހީނލިއެވެ. ޒައިލީންއަށް މަތި ބަލާލެވުނުއިރު އެއްޗެއް ވޫސް އަޅާފައި ޒައިލީންމެންނާއި ދިމާލަށް އަންނަނީއެވެ. “ސާޔަލް..؟” ޒައިލީން ހައިރާންވިއެވެ. ސާޔަލް އުދުހެވުނުހާ ބާރަކަށް އުދުހިފައި އައިސް ރަވިކާން އާއި ޒައިލީންގެ މެދުގައި ހުއްޓުނެވެ. “އެކަމް ހެއިލް ބުނި ސާޔަލް ވީ……….” “ވަރަށް ބޮޑު ކަމެއް ވެއްޖެ..” ޒައިލީންއަށް ފުރުސަތެއް ނުދީ ސާޔަލް ބުނެލިއެވެ. ސާޔަލްގެ ވާހަކަ ހުރި ރާގުން ޒައިލީންއަށް ކަމެއް ވެއްޖެކަން ނަގައިގަނެވުނެވެ. ނަމަވެސް ސާޔަލް ދޭން އުޅުނީ ރަނގަޅު ޚަބަރެއް ބާވައެވެ.؟ ނޫނީ ނުބައި ޚަބަރެއް ބާވައެވެ.؟ *

ކޮޓަރިތެރޭގައި ދެކޮޅުދެކޮޅަށް ހިނގަމުން ދިޔަ އަލްޔާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ކުޑަ ހިނދުކޮޅަކަށް ވެސް މަޑުޖައްސާނުލާ އަލްޔާ ހިނގަމުން ދިޔައެވެ. “އަލްގަނޑޫ..!” އެތެރެއަށް ވަތް ޒައިދާންގެ އަޑު ޖެހުމުން އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “ކިހިނެތްވީތަ ޑަމީ..؟” އަލްޔާ ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން އަހާލިއެވެ. “ދީބަލަ އެއްޗެއް..” ޒައިދާން ހަމައެކަނި އެހެން ބުނެލުމުން އަލްޔާއަށް ދޭންވީ ކޯޗެއް ކަމެއް ނޭނގުނެވެ. “ކޯޗެއްތަ ދޭންވީ..؟” އަލްޔާ އަލަމާރީގެ ގާތަށް ދަމުން އަހާލައިފިއެވެ. ޒައިދާން އެ ބުނާ އެއްޗެއް ދޭންވެގެންނެވެ. “އަލްގެ ހިތް ދޭންވީ..” ޖެހިލުންވުމަކާއި ނުލާ ޒައިދާން ބުނެލި ޖުމްލައިން އަލްޔާއަށް ހުރެވުނީ ނޭވާލާންވެސް ނޭނގިފައެވެ. “ޒައިދާންއަށް އަލްގެ އެންމެ ބޮޑު ސިއްރު އެނގުނީ ކިހިނެތް…؟ އަލް ޒައިދާން ދެކެ ލައިކްވާކަން ޒައިދާންއަށް އެނގުނީ ކިހިނެތް..؟ނޫނީ ޒައިދާންވެސް އަލްދެކެ…….” އަލްޔާއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.

“އާދެބަލަ އެތެރެއަށް ވަންނަން.. މި ބުނަން އުޅެނީ ހަމައެކަނި ކޮއްކޮ އާއި ކުޑަ ސަވާނާއަށް ދޭން އޮތް ޚަބަރެއް ނޫނޭ..” ސާޔަލް އެއްއަތުން ޒައިލީންގެ އަތުގައި ހިފާ އަނެއްއަތުން ރަވިކާންގެ އަތުގައި ހިފިގޮތަށް އުދުއްސައިގަތީ ގެއާއި ދިމާލަށް ދާށެވެ. ގެއާއި ހަމައަށް ފޯރުމާއި އެކީގައި ރަވިކާން ސާޔަލް ގެ އަތް ފޮޅުވާލިއެވެ. ހީވަނީ ތިމަންނަގެވެސް ވަރައެއް އޮވެޔޭ ބުނެލިހެންނެވެ. ޒައިލީން ބޯ ހޫރާލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ހެއިލަން އިނީ ސިޑިމަތީގައި އިށީނދެގެން ފޯނުގައިވާ ފޮޓޯތައް ބަލާށެވެ. “ހެއިލް….” “އޭތް އަވަހަށް އާދެބަލަ…” ޒައިލީން ހެއިލަންގެ ގާތު އަންނާށޭވެސް ނުބުނެވެނީސް ސާޔަލް ހެއިލަންއަށް ގޮވާ އެކޮޅަށް ގެނައެވެ. “ކޮބާ އަނެއް ދެމީހުން..؟” އަލްޔާ އާއި ޒައިދާން ނެތުމުން ސާޔަލް އަހާލިއެވެ. “އުޅޭނެ.. އެބަ އަންނަން ގޮވައިގެން..” ޒައިލީން މައްޗަށް އަރަން ހިނގައިގަތެވެ. ނަމަވެސް ޒައިލީން ސިޑިއާއި ހަމައަށް ނާރަނީސް ރަވިކާން ޒައިލީންގެ އަތުގައި ހިފާއްޓައިފިއެވެ. ޒައިލީން ވެއްޓިދާނެ ކަމުގެ ބަހަނާ ދައްކަމުންނެވެ. ހެއިލަންއަށް އެމަންޒަރު ނުފެނުނީ ބަލަން ހުރެވުނު ފޮޓޯއެއްގެ ސަބަބުންނެވެ. އެއީ ހެއިލަން އާއި ކައިލީ އެންމެ ފުރަތަމަ ބައްދަލުވި ދުވަހުގެ ފޮޓޯއެކެވެ. ދެމީހުންވެސް ކުޑައިރުގެ ފޮޓޯއެކެވެ. ހެއިލަން އަނގަޔަށް ލޮލީޕޮޕްއެއް ލައިގެން ހުރިއިރު އެ ފޮޓޯގައި ކައިލީ ހުރީ ހެއިލަންގެ ކޮނޑުގައި އެލިގަނެގެންނެވެ. ”މެމޮރީޒް..” ހެއިލަންއަށް ހީނލެވުނެވެ.

ޒައިދާން އޭނާގެ ތޫނު ދެލޮލުން ހަދަންވީގޮތެއް ނޭނގިފައި ހުރި އަލްޔާއަށް ބަލަން ހުއްޓެވެ. އަލްޔާ އަދިވެސް ހުރީ ބުދެއްހެން ހުއްޓިފައެވެ. “މިހުރީއެއްނު.. ދޮންބޭ..! އަލް..! ސާޔަލް ބުނީ ވަރަށް އަވަހަށް ތިރިއަށް އައިސްބަލާށޭ.. ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެންނޭ…” ޒައިލީންއަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެވުނީ އެންމެ ނާޒުކު ވަގުތުކޮޅުގައެވެ. “ހުއްޓިގެން ތި ހުރީ ކީއްވެގެންތަ..؟ ސްޓެޗޫ ކުޅެނީތަ..؟” އަލްޔާ އާއި ޒައިދާން ހުރިގޮތުން ޒައިލީންއަށް އެހުނެވެ. “ނޫން.. ކީކޭތަ ޒައި ތި ކިޔަނީ..؟” އަލްޔާ އެހެން އަހާލި އަޑު ޒައިލީންއަށް އިވުނީ ކިރިޔާއެވެ. އަލްޔާގެ އަޑު އައީ ހަމަ އެހާވެސް މަޑުންނެވެ. “ސާޔަލް އެބަހުރި ކޮންމެވެސް ވާހަކައެއް ބުނަންވެގެން އައިސް.. ދޮންބެ އާއި އަލްވެސް ގޮވައިގެން އަންނާށޯ ބުނީ…” ޒައިދާން އާއި އަލްޔާއަށް އެވާގޮތް ދެނެގަންނަން ނޭނގިފައި ހުރެ ޒައިލީން ބުނެލިއެވެ. “އަލް މިދަނީ..” އަލްޔާ އެހެން ބުނެލިއިރުވެސް ހުރީ ޒައިދާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ޒައިދާން ވެސް ހުރީ ލާނެތް ފާޑަކަށް ހިނިތުންވެލައިގެން އަލްޔާގެ މޫނަށް ބަލާށެވެ. އެ ވަމުން ދިޔަގޮތް ޒައިލީންއަށް ފަހުމުވީ ދެނެވެ.

“ދޮންބޭ..” ޒައިލީންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒައިލީން އަލްޔާގެ އަތުގައި ހިފާލީ ކަމެއް ޔަގީން ކުރާށެވެ. އަލްޔާގެ އަތުގައި ހިފާލެވުމާއި އެކީގައި ޒައިލީންގެ ހިނިތުންވުން ފުޅާވިއެވެ. އަލްޔާ ހީވަނީ ގަނޑުވެދާނެހެންނެވެ. ބިރުގަތުމުން ނުވަތަ ނުތަނަވަސްވުމުން އަލްޔާގެ އަތް އާދަޔާޚިލާފަށް ފިނިވާނެ ކަން ޒައިލީންއަށް ވަނީ އެނގިފައެވެ. ޒައިލީން ދުވެލާފައި ބޭރަށް ނުކުތްއިރު ރަވިކާން ހުރީ ވާނުވާ ނޭނގިފައެވެ. ޒައިލީން އެހާ އުފާވެފައި ހުރުމުންނާއި ބޭރަށް ނުކުތް ނުތަނަވަސްވެފައިވާ އަލްޔާ އާއި ލާނެތް ފާޑަކަށް ހީނލައިގެން ހުރި ޒައިދާންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ތަރުޖަމާ ކުރަން ނޭނގުމުންނެވެ. ރަވިކާން އާއި ޒައިލީންއަށްވުރެ ކުރިން އަލްޔާއާއި ޒައިދާން ތިރިއަށް ފޭބުމުން ޒައިލީން އަތްތިލަބަޑި ޖަހަންފެށިގޮތަށް ފުންމައިގަތެވެ.

“އިންސިކުއްޖާ ކޮންކަމަކާއި މާ އުފާވަނީ ތި..؟” ޒައިލީން އުޅެންފެށި ގޮތުން ރަވިކާންގެ ގާތަށް ވެސް ވަނީ ހިނި އައިސްފައެވެ. “ދޮންބެ.. އަލް.. ދޮންބެ އާއި އަލް..” ނޭވާކުރުވެފައި ހުރި ޒައިލީން ވާހަކަ ދެއްކޭތޯ ބެއްޔެވެ. “ޒައިދާން.. އަލްޔާ.. ޒައިދާންއާއި އަލްޔާ..؟” ރަވިކާންއަށް އަދިވެސް ދޭހަވާ ގޮތެއް ނުވިއެވެ. “ޒައިއަށް ހީވަނީ..” ޒައިލީން ބުނެލިއެވެ. އަދި ރަވިކާން އާއި އަތާއަތް ޖަހާލާފައި ސިޑިން ފައިބަން ފެށިއެވެ.

ބޯ ހޫރާލާފައި ރަވިކާން ތިރިއަށް ފައިބަން ފެށިއިރު އެ ތުންފަތް މަތީގައިވެސް ކުޅެލާފައިވަނީ މާނަވީ ހިނިތުންވުމެކެވެ. ބުނާ ފަދައެވެ. ޒައިލީން އުފަލުން ހުރިއްޔާ ރަވިކާންގެ ތުންފަތް މަތިން ހިނިތުންވުން ފިލައިގެންނެއް ނުދާނެއެވެ. ޒައިލީން އުފާވެފައި ހުރި ސަބަބު އެނގުނަސް ނޭނގުނަސް ހެވެއެވެ.

ޒައިލީން އާއި ރަވިކާންއަށް ދެވުނުއިރު ސާޔަލް ޕިސްޕިސް ކިޔަމުން ދެފަރާތަށް ހިނގަނީއެވެ. “ބޭބެ ބޭނުމެއް ނުވޭ ތިކުދިން އަބަދު ތިހެން އުޅޭކަށް.. އައުލްކީން ކޮއްކޮ އަޔަސް ނަޔަސް ތިކުދިން ވެސް ޖެހޭނެ ދިރިއުޅުމެއް އުޅެން.. އަބަދު ބިރުން ހުންނާކަށެއް ނުޖެހޭނެ..” ސާޔަލް ބުނެލިއެވެ. ނަމަވެސް ހެއިލަން ސާޔަލްއަށް ސަމާލުކަމެއް ދޭހެންނެއް ހިޔެއް ނުވެއެވެ. ފޯނުން ފޮޓޯއަކަށް ފަހު ފޮޓޯއެއް ބަލަމުން ހެއިލަން ދިޔައީ ސާޔަލް ބުނި ކޮންމެ ޖުމްލައަކަށް ބޯ ޖަހަމުންނެވެ. “ކީކޭ ބުނަން ތިއުޅެނީ އޭނ..؟؟” ކެތްތެރިކަމެއް ނެތްގޮތަކަށް ރަވިކާން އަހާލައިފިއެވެ. “މި ބުނަން އުޅެނީ ތި ހުރިހާ ކުދިން ވެސް އަލުން ސްކޫލަށް ދާން ފަށާށޭ..” ސާޔަލް ބުނެލި ޖުމްލައިން ހެއިލަންއަށް ފޯނު ބާއްވާފައި ސާޔަލްގެ މޫނަށް ބަލާލަން މަޖުބޫރުވިއެވެ. އަލްޔާ އަނގަމަތީގައި އަތްއެޅިއިރު ޒައިލީންއަށް ހުރެވުނީ ދެލޯ ބޮޑު ކޮށްލައިގެންނެވެ. ޒައިދާންވެސް ހައިރާންވެގެން ކަނާތްފަޅިއަށް ބޯ އަރިކޮށްލައިގެން އިންއިރު ރަވިކާން ހުރީ ވާނުވާގައެވެ. ނަމަވެސް ސާޔަލްގެ ރާގު ހުރިގޮތުން އެ ބުނަނީ ދޮގެއް ނޫންކަން ޔަގީން ވާވަރުވެއެވެ.

”އަސްލުވެސް..؟” އެކަމުން އެންމެ އުފާވީ ޒައިލީންއެވެ. ސްކޫލަށް ނުދެވޭކަމުގެ ފަޅުކަން ޒައިލީންއަށް އިހުސާސްވަމުން ގެންދަތާ ކިތަންމެ ދުވަހެކެވެ. “ބޭބެގެ ޚަރަދުގައި ތި ހުރިހާ ކުދިންވެސް ސްކޫލަށް ދާނީ އިނގޭ..” ސާޔަލް ހީނލާފައި ބުނެލިއެވެ. “އަސްލުވެސް.. އެކަމްވެސް.. ސާޔަލް..” ޒައިލީންއަށް ސާޔަލްއަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގުނެވެ. “އެއްކުއްޖަކުވެސް ޝުކުރު އަދާ ކުރާނެކަމެއް ނެތް.. އަންނަ ހަފްތާގައި ސްކޫލަށް ދާން ތައްޔާރުވޭ.. އަދި މިއީ ތިކުދިން ކިޔަވަންޖެހޭ ފަހު އަހަރެއް ނޫނެއްނު..؟؟” ސާޔަލް ހީނލާފައި އަދިވެސް ވާނުވާ ނޭނގިފައިއިން ރަވިކާންގެ ކޮނޑުގައި ޖަހާލިއެވެ. “ސްކޫލު ތިބުނީ.. އަމްމް… މޫވީތަކުގައިވެސް މީހުން ގޮސްއުޅޭ ސްކޫލުގެ ވާހަކަތަ..؟” ރަވިކާންއަށް އެހުނެވެ. “އްމްމް.. މޫވީ ތަކުގައި ދައްކާ ސްކޫލެއް ނޫން އެކަމަކުވެސް ހަމަ އެ ސްކޫލް.. ރަވިކާން ވާނެ ރަނގަޅަށް ކިޔަވަން..” ޒައިދާން ހިނިގަނޑެއް ޖަހާލިއެވެ.

“ދެ ދުވަސްފަހުން ތިކުދިން ޖެހޭނެ ސްކޫލް ކައިރީގައި ހުންނަ ގެއަކަށް ބަދަލުވާން އިނގޭ.. ބޭބެ ހުންނާނީ އެތަނުގައި އުޅޭ މީހާއާއި ވާހަކަ ދައްކާ ތިކުދިންނަށް ހުރެވޭނެ އިންތިޒާމު ހަމަޖައްސާފައި..” އެކަކަށްވެސް އަންގާނުލާ ސާޔަލް ކުރިކަމަކީ މިއީތާއޭ ޒައިލީންގެ ހިތަށް އެރިއެވެ. “އެދުވަހު ސާޔަލް ޓައުން އިން ބޭރަށް ދިޔައީ މިހެންވެގެންތަ..؟ މިކަންތައްތައް ހަމަޖައްސަންތަ..؟” ޒައިލީންގެ ކުރިން އެ ސުވާލު އެހީ ހެއިލަންއެވެ. ސާޔަލް ނިކަން ބޮޑަށް ހީނލާފައި ބޯ ޖަހާލިއެވެ. އަހަރެން ޓައުންއިން ބޭރަށް ދިޔަ ސަބަބަކީ މިއޭ ބުނަމުންނެވެ. “އޯ އެމް ޖީ..!! ތެންކިއު ސޯ މަޗް..!!” އަލްޔާ ދިޔަގޮތަށް ގޮސް ސާޔަލްގެ ގައިގައި އޮޅުލައިގަތެވެ. ޒައިލީންއަށްވެސް އަލްޔާ އާއި އެކީގައި ސާޔަލްގެ ގައިގައި ބައްދައިގަނެވުނީ ސާޔަލްގެ ހިތްހެޔޮކަމަށް ޝުކުރުވެރިވާންވީ ކިހިނެތްކަން ނޭނގޭ ހާލުގައެވެ. އުފަލުން ޒައިދާން އާއި ހެއިލަންވެސް ގޮސް ސާޔަލްގެ ގައިގައި އޮޅުލައިގަތެވެ. ދުރުގައި ނިތަށް ރޫ އަރުވައިގެން ރަވިކާން ހުއްޓެވެ.

“ރަވިކާން..!” ޒައިލީން ފުޅާ ހިނިތުންވުމަކާއި އެކީގައި އަތް ދިއްކޮއްލީ އެމީހުންނާއި ބައިވެރިވާށޭ ބުނާފަދަ ގޮތަކަށެވެ. ޒައިލީން އެހެން ބުނުމުން ރަވިކާން ހަލުވިކަމާއި އެކީ ޒައިލީންގެ ގާތަށް ދިޔައީ ދަގަނޑު ދަގަތްފާނަށް ދަމާ މިސާލުގައެވެ. ޒައިލީންއަށް ހުރެވުނީ ހެއިލަންއާއި ރަވިކާންގެ މެދުގައިކަން އަލްޔާއަށް ފާހަގަވިއެވެ. ނަމަވެސް އެކަން ޒައިދާންއަށް އަންގާވަރަށްވުރެ ބޮޑަށް އަލްޔާ ވަނީ ކުރިން ލަދުގަނެފައެވެ. އޭރުވެސް އަލްޔާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ހަމަ އެންމެ ކަމެކެވެ. ޒައިދާން އެހެން ބުނެލީ ހަގީގަތުގައިވެސް އަލްޔާ ދެކެ ލޯބިވާތީ ބާވައެވެ.؟ ނޫނީ އަލްޔާއަށް ވާގޮތެއް ބަލާލަން ސަމާސާ އަކަށް ބާވައެވެ.؟

ޖެހިގެން އައި ދުވަސް ފެށިގެން ދިޔައީ ބިޒީކޮށެވެ. ހޭލިގޮތަށް ޒައިލީން އުޅުނީ ހެދުންތައް ދޮންނާށެވެ. އަލްޔާ އާއި ޒައިދާންގެ އިތުރުން ހެއިލަން ޕެކްކުރުމުގައި ޝާމިލްވީއިރު ރަވިކާން އިނީ ހަމަޖެހިލައިގެން ޔޫޓިއުބް ބަލާށެވެ. އެއްބައި އެއްޗެހި ޕެކްކޮށްފައި އަލްޔާ ދިޔައީ ޒައިލީންއަށް އެހީވާށެވެ. ޒައިލީން އެއްޗެހި ދޮންނަމުން ގެންދިޔައީ އެކަނިމާއެކަނި ކަމަށްވާތީއެވެ. “ރަވިކާންގަނޑު ޒައިއަށް ހެލްޕްވިއްޔާ ކީއްތަވާނީ..؟” ޒައިލީން ތުންއަނބުރާލާފައި އަހާލިއެވެ. “ނުބުނަމެއްނު..؟ އަހަރެން ކީއްކޮށްދޭންވީ..؟” ފޯނު ބާއްވާފައި ރަވިކާން ތެދުވުމުން ޒައިލީން ކުޑަކޮށް ހައިރާންވެސް ވިއެވެ. ޒައިލީން އެހެން ބުނެލީ ރަވިކާން އަސްލަށް ވެސް އަންނާނެކަމަށް ނޫންވިއްޔާއެވެ.

ރަވިކާން ޒައިލީންއަށް އެހީވާން ފެށުމުން އިތުރަށް ލުއިވިއެވެ. އެވަރުންވެސް އެއްޗެހި ދޮވެ ނިމުނީ ދިހައެއް ޖަހަނިކޮށެވެ. ހިކުނު އެއްޗެހި ހިފައިގެން ޒައިލީން ދިޔައީ ކޮޓަރިއަށެވެ. އަވަހަށް ޕެކްކުރާށެވެ. ޒައިދާން އާއި ހެއިލަން އާއި އަލްޔާ ޕެކްކޮށް ނިމެން ކައިރިވެފައި ވާއިރު އޭނާއަށް އަދި ކިރިޔާ ޕެކް ކުރަން ފެށުނީތީއެވެ. އެވަގުތުވެސް ރަވިކާން ޒައިލީންއަށް އެހީވިއެވެ. ޒައިލީން ހެދުމަކަށްފަހު ހެދުމެއް ފަތްޖަހަމުން ދިޔަ ވަރަކަށް ރަވިކާން އެ ހެދުންތައް ދަބަހަށް އަޅައިދެމުން ގެންދިޔައެވެ. “އޭ ބަލާބަލަ.. އެހެރަ ޓީމްވޯކެއް..” ޒައިދާން އަލްޔާއަށް ދައްކާލިއެވެ. އަލްޔާ އެއްޗެކޭ ނުބުނެ އަވަހަށް ހިނގައިގަތެވެ. އަލްޔާ މާ އަވަސްއަރުވާލާފައި ދިޔައީ ކީއްވެގެންކަން ޒައިދާންއަށް ވިސްނުނީ ދެނެވެ. “އަލްގަނޑު މަށަށް ޖަވާބެއް ދޭނެބާ..؟” ޒައިދާން ބޮލުގައި މަޑުމަޑުން ޖަހާލާފައި ކޮޓަރިއަށް ވަނެވެ. ޒައިދާން އެހެން ބުނެލިގޮތުން އެކަނިވެސް އެވަގުތު ޒައިދާން އަލްޔާ އާއި ކުރީ ސަމާސާ ނޫންކަން އެނގުނެވެ. އޭރު ހެއިލަން އެނދުމަތީގައި ދެފައި ވަށް ކޮށްލައިގެން އިނދެ އަދިވެސް ޕެކް ކުރަނީއެވެ.

ގާތްގަނޑަކަށް ހުރިހާ އެއްޗެއް ޕެކްކޮށް ނިމުނީ ދެނެވެ. އޭރު މެންދުރު ވެއްޖެއެވެ. ނަމާދު ކޮށްގެން އަލްޔާ އާއި ޒައިލީން އަތްމަތި އަވަސްކަމާއި އެކީގައި ނޫޑްލްސް ކައްކާ ނިންމާލިއެވެ. “އަލް..” އަލްޔާގެ ބަސްމަދުކަން ފާހަގަ ކުރެވިގެން ޒައިލީން ގޮވާލިއެވެ. ނޫޑްލްސް ތަށިތައްޓަށް އަޅަން ހުރި އަލްޔާ ދިޔައީ ސިއްސައިގެންނެވެ. “ޒައި ކިހިނެތްވީ..؟” އަލްޔާ އަހާލިއެވެ. “އަލް.. ސަމްތިން އިޒް ގޮއިންގ އޮން ވިތް ޔޫ… ކިހިނެތްވީ..؟” މަޑުމައިތިރި އަޑަކުން ޒައިލީން އަހާލިއެވެ. “ކަމެއް ނުވޭ.. އުހުން ކަމެއް ވެއްޖެ..” އަލްޔާ ކިޔައިދޭން ނިންމިއެވެ. “ޒައިދާން ކައިންޑް އޮފް ޔޫ ނޯ… އާސްކްޑް މީ އައުޓް ލާސްޓް ނައިޓް..” ރަކިވެފައި ހުރެ އަލްޔާ ބުނެލިއެވެ. ޒައިލީން ހިތާހިތުން އުފާފާޅު ކުރީ އިއްޔެރޭ އޭނާއަށް ހީވީ ރަނގަޅަށް ކަން އެނގުމުންނެވެ. “އަލްގެ ޗޮއިސް.. ދޮންބެ އެހެން ސަމާސާ ބޮޑުކޮށްލާފައި އުޅުނު ކަމުގައި ވިޔަސް ވަރަށް ކެއަރިންގވާނެ..” ޒައިލީން ބުނެލިއެވެ. ޒައިލީންއަށް އަލްޔާގެ ޖަވާބަކަށް ވާނީ ކޯޗެއްކަން ހީވާތީ އޭރުވެސް ޒައިލީންއަށް ހުރެވުނީ ހީނލައިގެންނެވެ.

ކާންހުރިއިރުވެސް ރަވިކާން ހުރީ ޔޫޓިއުބް ބަލާށެވެ. ރަވިކާންގެ ލޯ ސްކްރީނުން ނުނެއްޓޭތީ ޒައިލީންގެ ފޯނު މިއަދު ޗާރޖް ކުރެވުނީ ކިތައް ފަހަރު ކަމެއް ނޭނގެއެވެ. ރަވިކާން ގާތުގައި ހުރި ފެންތަށިން ކޯވަރަކަށް ފަހު ކޯވަރެއް ބޮމުން ދިޔައީ ހަމަޖެހިލައިގެންނެވެ. “ޒައި.. މާދަމާތަ ދަނީ..؟؟ މި ބުނީ މާދަމާ ހެއްޔޭ އެގެއަކަށް ބަދަލުވަނީ..؟” ހެއިލަން އެ އަހާލީ ރަނގަޅު ސުވާލެކެވެ. “ހްމްމް.. ސާޔަލް ބުނީ މާދަމާ ހެނދުނު ނުވައެއް ޖަހާކަށް ހާއިރު ބަލާ އަންނާނަމޯ..” ނޫޑްލްސްކޮޅެއް އަނގަޔަށް ލަމުން ޒައިލީން ބުނެލިއެވެ. “ކީއްވެގެންތަ އަހަރެމެންނަށް ހަމަ މިތަނުގައި މަޑުނުކުރެވެންވީ..؟ ދިސް ޕްލޭސް ފީލްސް ލައިކް ހޯމް މިހާރު..” ޒައިދާން ބުނެލިއެވެ. “އެއީ އެ ސްކޫލާއި މިތަނާއި ދުރުވީމައި..” އަލްޔާ ޒައިދާންއާއި ދިމާ ބަލާވެސްނުލާ ޖަވާބު ދިނެވެ. “އޯވްހް.. އެހެންދޯ..” ޒައިދާން ބުނެލިއެވެ. އަދި ކެއުމައިގެން ކުރިއަށް ގެންދަންފެށިއެވެ. “އަހަރެމެން ދާން ޖެހެނީ ކޮން ގެއަކަށްކަން އެނގޭތަ..؟” ހެއިލަން އަހާލިއެވެ. “މިގެއާއި އެހާ ދުރެއް ނުވާނެ.. މިގެއިން އެގެޔަށް ވިހި މިނެޓް ތެރޭ ސާޔަލްއަށް ދެވޭނެ… އެހެންވީމައި ގާތްގަނޑަކަށް އެއްގަޑިއިރު އަހަރެމެންނަށް.. އެ ގެއަށް ކިޔާ ނަމެއް ނޭނގޭ.. ދެޓްސް އޯލް އައި ނޯ..” އަލްޔާ ބުނެލިއެވެ.

“އޯކޭ.. މިރޭ ޝޯވްއެއް ބާއްވާނަން ދޯ..؟” ޒައިދާން އަހާލިއެވެ. “ޔަގީނެއްނު..؟ މަޖާވާނެ ހިނގާ މިރޭ ވެސް ބާއްވަމާ..” ހެއިލަންވެސް އެއްބަސްވިއެވެ. ޒައިލީން ކަމުން ބޯ ޖަހާލިއެވެ. ޝޯވް ބާއްވަން އޭނާގެ މައްސަލައެއް ނެތްކަން އަންގާލަން ވެގެންނެވެ. ފެންތަށި ހުސްކޮށްލާފައި ޔޫޓިއުބް ބަލަމުން ރަވިކާން ޒައިލީންގެ ފަލަމަސްގަނޑުގައި ބޯއަޅާލިއެވެ. ރަނގަޅަށް ހަމަޖެހިލުމަށްފަހު ރަވިކާން ޔޫޓިއުބް ބެލުމައިގެން ކުރިއަށް ގެންދިޔައެވެ.

މެންދުރު ބާކީއޮތް ވަގުތުތަކުގައި ޒައިލީންމެން މިރޭގެ ޝޯވްއަށް ޕްރެކްޓިސް ކުރީއެވެ. މިރޭގެ ޝޯވް ގައި ކިޔާނެ ލަވަ ޚިޔާރު ކުރެވުނީ ގުރުއަތު ލައިގެންނެވެ. މިރޭގެ ޝޯވްގައި ކިޔަން ނިންމުނީ އަލްޔާ ބުނި ލަވައެވެ. ”ވޯރޑްސް އަންސްޕޯކެން” އެވެ. ކުރިއެކޭވެސް އެއްގޮތަށް ޕްރެކްޓިސް ކުރިއަށް ދިޔައީ އަމާން ކަމާއި އެކީގައެވެ. ޖެހުނު މައްސަލަތައް އިނގިލިން ގުނާލެވޭހާ މަދުވާނެއެވެ.

ހަވީރު ގަޑީ ފެންވަރައިގެން ޒައިލީން އަޅި ކުލައިގެ ޓީޝާޓަކާއި ހުދު ޖިންސެއް ލައިގެން އެނދުގައި އޮށޯވެލީ ފޯނު ބަލާލުމަށެވެ. ރަވިކާންއާއި ހެދި އޭނައަށް މިއަދު ފޯނުގައި އަތް ޖައްސާވެސް ނުލެވުނެވެ. ޒައިލީން ފޯނު ނަގާ ބަލާލުމާއި އެކީގައި ހިތް ތެޅިގަތީ އާދަޔާޚިލާފަށް ބާރު މިނެއްގައެވެ. ފުރަތަމަވެސް ޒައިނާގެ މެސެޖެއް އައިސްފައި އޮތްކަމުގެ ނޮޓިފިކޭޝަން ލިބިފައި އޮތުމުންނެވެ. ހިތްއަވަސްވެފައިވާ ވަރުން ފޯނުގެ ޕާސްވޯޑްވެސް ޒައިލީންއަށް ޖެހުނީ ފަސްވަރަކަށް ފަހަރު ލިޔެގެންނެވެ.

ޒައިދާން ކުއްޖަކާއި ޗެޓްކުރަން ހުއްޓާ މީހަކު ކުރިމަތީގައި ހުއްޓުނުހެން ހީވެގެން ބަލާލިއެވެ. “އަމް..” އަލްޔާ އޭރުވެސް ހުރީ ހާސްވެފައެވެ. އަޑު ބޭރުވަނީވެސް ކެނޑިކެނޑިގެންނެވެ. “ހްމްމް..؟” ޒައިދާން ގޮނޑީގައި ލެނގިލަމުން އަހާލިއެވެ. “މިއޮތީ..” އަލްޔާ ޒައިދާންގެ އަތަށް އެއްޗެއް ލައިދިނެވެ. އެއީ ރަތްކުލައިގެ ކަރުދާހުން ހަދާފައިވާ ހިތެކެވެ. ތްރީ ޑީކޮށް ހަދާލާފައިވާ އެ ހިތަކީ އަލްޔާ ދެ ގަޑިއިރުގެ މަސައްކަތުން ހަދާ ނިންމި އެއްޗެކެވެ. ހަމައެކަނި ޒައިދާންއަށް ދޭންވެގެންނެވެ.

”ވަރަށް ރީތި.. މީ މަށަށްތަ..؟” ޒައިދާން އެ ހިތް އަތުލަމުން އަހާލިއެވެ. އަލްޔާ ބޯ ޖަހާލާފައި ދާން ހިނގައިގަތެވެ. ޒައިދާން އަލްޔާ ހުއްޓުވަން ނޫޅުނީ ދެން އަލްޔާ ހުއްޓުވައިފިއްޔާ އަލްޔާ ޒައިދާންގެ އަތުތެރެއަށް ވިރިގެން ދާނެހާ ލަދުގަނެފައި އަލްޔާ ހުރުމުންނެވެ. ޒައިދާން ފޯނުނަގާ އަލްޔާއަށް މެސެޖް ކުރިއެވެ. “ޖަވާބަކީ ޔެސްއޭތަ އެހެންވީމަ..؟؟” ފާޚާނާގެ ދޮރު ތަޅުލައިގެން ހުރި އަލްޔާއަށް ޒައިދާންގެ މެސެޖް ކިޔާލާފައި ތުންފަތުގައި ދަތްއަޅާލެވުނެވެ. ހަމައެކަނި ހްމްމް އޭ ބުނެ އަލްޔާ ރިޕްލައި ކޮށްލީ ދެން ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

ޒައިލީންއަށް ލޯ ބޮޑު ކޮށްލެވުނެވެ. “ދަރިފުޅުމެން ވަރަށް ބަލައިގެން އުޅޭތި.. ރަނގަޅަށް ކިޔަވާތި.. އެ އަންހެން ކުއްޖާ ގަބޫލު ކުރަނީ ސަލްވިޔާ މަރުވީ މަންމައާއި ހެދިކަމަށް.. ބާރީ އެ އަންހެން ކުއްޖާ އަށް ކިޔާދީފައިވަނީ އެހެން.. އެހެންވެ ދަރިފުޅުމެންނާއި ދިމާ ކުރަނީ… ވަކިން ޚާއްސަކޮށް ޒައިއާއި.. އެ އަންހެންކުއްޖާ އާދިޔަންއަށްވެސް ނަފްރަތު ކުރޭ.. އާދިޔަންދެކެ އަންނަ ރުޅި އެ އަންހެން ކުއްޖާ ދަރިފުޅާއި އެކީގައި ހުރި ފިރިހެން ކުއްޖާދެކެ އަންނަނީ.. އެ ފިރިހެން ކުއްޖާއަށް ސަލާމް ބުނެދޭތި.. ޒައި.. ކަމެއް ކުރުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލާތި.. ނަގާ ފިޔަވަޅެއް ވަރަށް ބަލައިގެން ނަގާތި.. މަންމަގެ ސަލާމް.. ދޮންބެއާއި އަނެއް ފިރިހެން ކުއްޖާ އާއި އަންހެންކުއްޖާ އަށްވެސް މަންމަގެ ސަލާމް ބުނެދޭތި.. ވަރަށް ލޯބިވޭ ހުރިހާ ކުދިން ދެކެވެސް..” ޒައިނާ ލިޔެލާފައިވާ މެސެޖް ކީއިރު ޒައިލީންއަށް ހުރެވުނީ އަނގަނެގިފައެވެ.

ވަގުތުން ޒައިދާންމެންނަށް އެ ޚަބަރުދޭންވެގެން ޒައިލީން އަވަހަށް ނުކުންނަން ހިނގައިގަތެވެ. ދޮރު ހުޅުވާލިތަނާހެން ޒައިލީންގެ ނިތްކުރިއަށް ތަދެއް އެރިކަމުގެ އިހުސާސް ކުރެވުނެވެ. “ސާބަހޭ އިންސި ކުއްޖާއަށް..!” ރަވިކާންގެ އަޑަށް ޒައިލީންއަށް ބަލާލެވުނެވެ. ވީގޮތް ސާފުވީ ދެނެވެ. ޒައިލީން ނެތުމުން ފޫހިވެގެން ރަވިކާން އަންހެން ކުދިންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަން އުޅެނިކޮށް ޒައިލީން ދޮރު ހުޅުވާލުމުން ރަވިކާންއަށް ޒައިލީންގެ ނިތްކުރީގައި ޖެހުނީއެވެ. “ޓަކި ޖަހަން ދަސްކުރީ ކޮންއިރަކު..؟” ޒައިލީން ނިތްކުރީގައި އަތް ޖައްސާލައިގެން ހުރެ އެއްސެވެ. “މޫވީއަކުން..” ރަވިކާން ޖަވާބު ދިނެވެ. ކިތަންމެ ސުވާލެއް ކުރިޔަސް ރަވިކާންގެ ދުލުން ބަހެއް ހުހެއް ނުވާނެޔޭ ޒައިލީންގެ ހިތަށްއެރިއެވެ.

“ކީއްކުރަންވެގެންތަ ތި މިކޮޓަރިއަށް އައީ..؟” ޒައިލީން އެއްސެވެ. ރަވިކާން އާއި ދިމާވުމުން ކުރަން ނުކުތް މަސައްކަތުގެ މަތިންވެސް ޒައިލީން ހަނދާން ނެތުނެވެ. “ނޭނގޭ.. އަލްޔާވެސް އިންސިކުއްޖާ ވެސް ނުކުމެ ނޫޅޭތީ ކޮބާތޯ ބަލާލަންވެގެން..” ރަވިކާން ނޫންގޮތަކަށް ޖަވާބު ދިނެވެ. “ލޮލް.. މިހާރު ރަވިކާންއަށް އަލްއާއި ޒައި ނުލާ ނޫޅެވޭނެދޯ..؟” ޒައިލީން ހީނގަތެވެ. ރަވިކާން ހީނލީއެވެ. ‘”ގައިމުވެސް އަލްޔާ ނުލާ އުޅޭވޭނެ.. އެކަމް.. އިންސިކުއްޖާ ނުލާ…….” އެ ޖުމްލަ ވީ ރަވިކާންގެ ހިތުގައެވެ. “ހަމަ އަސްލުވެސް..؟؟ ހަމަ އެހާވެސް ބޮޑަށްތަ ކްލޯޒްވެވުނީ..؟” ޒައިލީންއަށް އަނެއްކާވެސް ހެވުނެވެ. ރަވިކާންއަށް ނުހުރެވިގެން ޒައިލީންގެ ކޮލަށް އަރާ އަޑިކޮޅުގައި ހިފާލެވުނެވެ. ހީނލާއިރު ޒައިލީން ހުންނަލެއް ލޯބި ކަމުން ރަވިކާންއަށް ކެތްތެރިވެވޭނީވެސް ވަކި މިންވަރަކަށެވެ.

ޝޯވް ބާއްވާ ވަގުތު ޖެހުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިރޭގެ ޝޯވްތީމްއަކީ ދަނބުކުލަ ކަމަށްވާތީ ޒައިލީން ލައިގެން ހުރީ ދަނބުކުލައިގެ ޓޮޕަކާއި އަޅިކުލައިގެ ހައިވެއިސްޓްއެކެވެ. ޒައިލީން ތައްޔާރު ވެގެން ނުކުތްއިރު ކަންފަތަށް ހެޑްސެޓް ޖަހާލައިގެން ރަވިކާން ”ވޯރޑްސް އަންސްޕޯކެން” އަޑުއަހާލަން އިނެވެ. ބައެއްފަހަރު ލަވަޔާއި އެއްވަރަކަށް ކިޔަމުން ނޫނީ މިޔުޒިކާއި އެއްވަރަށް އިނގިލިން ޑްރަމްސް ކުޅެމުން ރަވިކާން އިނީ ދެލޯ މަރާލައިގެންނެވެ. ނޫކުލައިގެ ކެރެޓް ޖިންސްއަކާއި ދަނބުކުލައިގެ ހޫޑީ އަކާއި ކަނޑުނޫ ކުލައިގެ ތޮތްޕެއް އަޅާލައިގެން އިންއިރު ރަވިކާން ނުހަނު ރީއްޗެވެ. އިސްތަށިގަނޑުގެ ދެތިން ތަންކޮޅު ދަނބު ކުލައިގެ ރަބަރބޭންޑް އަކުން އައްސާލާފައިވާތީ ފުރިހަމައަށް ތައްޔާރު ވެފައި ހުރިކަން ދައްކުވައިދެއެވެ. ޝޯވް ފެށުމުގެ ކުރިން ރަވިކާންއާއި ޒައިލީން އެކީގައި ހަތްވަރަކަށް މިނެޓް ވަންދެން ޕްރެކްޓިސް ކުރިއެވެ.

ޝޯވް ފަށަންވެގެން ޒައިލީން ސްޓޭޖަށް އެރިއެވެ. އޭރު ވަރަށް ގިނަ މީހުން އައިސްފައިވެއެވެ. އިތުރު ދިހަ މިނެޓަށް މަޑުކޮށްފައި ލަވަކިޔަން އަނގަ ހުޅުވާލި ޒައިލީންއަށް ހީވީ މުޅިތަން އަނދިރިވިހެންނެވެ.

ހުދުކުލައިގެ ހެދުމަކާއި އެކީގައި ކަޅުކުލައިގެ މާތަކެއް ޖަހާފައިވާ ސްކާރޓެއް ލައިގެން އަތްދަބަހެއް ވެސް އަޅުވާލައިގެން އެންމެންތެރޭގައި އެހުރީ އައުލްކީން ނޫން ދެވަނަ މީހެއް ނޫނެވެ. އިސްތަށިގަނޑު ވެސް ރީތިގޮތަކަށް ސްޓައިލްކޮށްލާފައި ލުއި މޭކަޕްއެއް ކޮށްލައިގެން އައުލްކީން ހުރިއިރު މޮޑެލްއަކަށް ދުލެއް ނުކުރާނެކަން ގައިމެވެ. ޒައިލީންއަށް ދެން ބަލާލެވުނީ ރަވިކާންގެ މޫނަށެވެ. ރަވިކާންއަށް އޭރު ވެސް އައުލްކީން ފާހަގަވާގޮތެއް ނުވެއެވެ. ފާހަގަވާނީވެސް ކިހިނެތް ހެއްޔެވެ.؟ އައުލްކީން އިންސާނީ މާހައުލަށް ފެތޭނެފަދަ ގޮތަކަށް ގެނެސްފައިވާ ބަދަލު ނުހަނު ބޮޑެވެ.

ފަހަތުގައި ހުރި އަލްޔާ އާއި ޒައިދާންގެ ލޮލުގައިވެސް އައުލްކީން އަޅައިގަންނަގޮތެއް ނުވިއެވެ. ޒައިލީން އުޅުނީ އެވާހަކަ އެންމެންގެ ސަމާލުކަމަށް ގެންނާށެވެ. ނަމަވެސް ހެއިލަން ފެނިފައި ޒައިލީންއަށް އެ ވާހަކަ ބުނުން އެއީ އެންމެ ރަނގަޅުގޮތް ނޫންކަމުގައި ވިސްނުނެވެ. ހެއިލަންއަށް އައުލްކީން ފެނިއްޖެ ނަމަ ދެން ވާނެގޮތް އެހާ ރަނގަޅުވާނެކަމަށް ނުފެންނާތީއެވެ. އެންމެންގެ ތެރޭގައި ހެއިލަން އައުލްކީން ރޮލާ ކާލަންވެސް ފަހެއް ނުޖެހޭނެކަން ޔަގީނެވެ.

ލަވަ ކިޔަމުން ގެންދިޔައިރު ވެސް ޒައިލީންގެ ކަޅި ހުރީ އައުލްކީންގެ މޫނަށް ހުއްޓިފައެވެ. އައުލްކީންގެ ނޫކުލައިގެ ކަޅިވެސް އަމާޒުވެފައިވަނީ ޒައިލީންގެ މޫނަށެވެ. ހީވަނީ ފުރުސަތެއް ލިބޭއިރަށް ތި މޫނު ނޮޅާލާނަމޭ ބުނާހެންނެވެ.

ޝޯވް ނިމުމާއި އެކީގައި ޒައިލީން ބެލީ އަވަހަށް ގެއަށް ވަދެވޭތޯއެވެ. ޒައިދާން އާއި އަލްޔާ އަމިއްލަ ވާހަކައިގައި ހުރެ އެތެރެއަށް ވަނެވެ. ދެމީހުންގެ ތުންފަތުގައިވެސް ވަނީ އެންމެ ރީތި ހިނިތުންވުމެވެ. ހެއިލަން ހުރީ ކައިލީއާއި ވާހަކަ ދައްކާށެވެ. ކައިލީވެސް ޝޯވް ބަލަން އައުމާއި އެކީގައެވެ.

އެތެރެއަށް ވަދެ ގޮނޑީގައި އިށީންގޮތަށް ޒައިލީން ބެލީ ހަމަޖެހެލެވޭތޯއެވެ. ނަމަވެސް ހިތް ހަމައަކަށް ނޭޅުނެވެ. ޒައިލީން ދެލޯ މަރައިގެން އިނދެ އަވަސް ނޭވާތަކެއް ދޫކުރާތަން ފެނިފައި ރަވިކާންއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. ”ކިހިނެތްވީ..؟” ރަވިކާން ޒައިލީންގެ ދެކޮނޑުގައި ހިފާއްޓާލަމުން އަހާލިއެވެ. “އަ… އައުލް..” ޒައިލީންއަށް ބުނެވުނީ އެ ހިސާބަށެވެ. އައުލްކީން އައިސްފާނެ ކަމުގެ ބިރު ވަނީ ޒައިލީން ވަށާލާފައެވެ. “އައުލް.. އައުލްކީން..؟؟؟” ރަވިކާންގެ މޫނު ބަނަވިއެވެ. “އޭނަ.. އޭނަ ކީއްކުރީ..؟؟” ރަވިކާން އެއްސެވެ. “އިންސިކުއްޖާ..!” ޒައިލީން ޖަވާބެއް ނުދިނުމުން ރަވިކާން ޒައިލީންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “އޭނަ.. ޝޯވް ބަލަން ހުރި މީހުންގެ ތެރޭގައި ހުރި….” ޒައިލީން ބުނެލިއެވެ. ދެން އިވުނީ ރަވިކާން ބާރުބާރަށް ޕިސްޕިސް ކިޔާލި އަޑެވެ. “އަހަރެންގެ ކައިރީ ނުބުނީ ކީއްވެ..؟؟” ރަވިކާން އެއްސެވެ. ޒައިލީން ސިއްރުވެރިވެގެން އުޅޭތީ ރަވިކާން ހުރީ ހިސާބަކަށް ހިތްހަމަނުޖެހިފައެވެ.

“އެވާހަކަ ނުބުނީ… ހެއިލް ހުރީމަ.. ހެއިލް ވަރަށް ދެރަވާނެ.. ހެއިލް ނެތްވަގުތު ބުނަން އުޅުނީ.. އެކަމް ޝޯވް ނިންމާލާއިރަށް އައުލްކީން ގޮސްފި..” ޒައިލީން ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ބުނެލިއެވެ. “އެކަމަކުވާ..” ރަވިކާން އެހެން ބުނެލިއިރު އަޑުގައި ތަފާތުކަމެއްވިއެވެ. “ހެއިލް ހުރެދާނެއްނު..؟ އަހަރެން ކައިރީ ބުނިނަމަ..” ރަވިކާން ފާޑަކަށް ބުނެލިއެވެ. “އެކަމް ހެއިލްގެ އާއިލާ އެންމެންނޭ އައުލްކީން މަރާލީ.. އައުލްކީން ފެންނައިރަށް ހެއިލްއަށް ހާދަ އަސަރެއް ކުރާނެޔޭ..” އެ ވަގުތުވެސް ޒައިލީން ވިސްނާފައިވަނީ ހެއިލަންގެ އިހުސާސްތަކާއި ދޭތެރޭގައެވެ. “އޯކޭ މައްސަލައެއް ނެތް..” ރަވިކާން ތެދުވެގެން ދާން ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ޒައިލީން ރަވިކާންގެ ކުޑަވާ އިނގިލީގައި ހިފާ ހުއްޓުވިއެވެ. “ބިރުގަނޭ…” ޒައިލީން އެހެން ބުނެލީވެސް ދެފަރާތް ހޯދާލަމުންނެވެ. ރަވިކާން ޒައިލީންގެ ކައިރީ އިށީނދެ ޒައިލީންގެ ގައިގައި ވަރަ އޮޅާލިއެވެ. އެހެން ހެދުމުން ޒައިލީން އަށް ރައްކާތެރިކަން އިހުސާސްކުރެވޭހެން ރަވިކާންއަށް ހީވާތީއެވެ.

ޒައިލީންއަށް ލޯ ހުޅުވާލެވުނެވެ. “ވެއަރ އޭމް އައި..؟” އޮވެވުނީ އެނދުގައި ނޫންކަން އެނގުމުން ޒައިލީންއަށް ލޯ އުނގުޅާލާފައި ރަނގަޅަށް ބަލާލެވުނެވެ. ޒައިލީންއަށް އިނދެވުނީ ރަވިކާންގެ ގައިގައި ލެނގިލައިގެންނެވެ. “އަނހަ މީ ކިހިނެތްވީ ކަމެއް..؟” ޖޫސްތައްޓެއް ބޯން އިން ޒައިދާން އަހާލިއެވެ. ޒައިލީން ބޯ ކަހާލާފައި ތެދުވިއެވެ. އިއްޔެރޭ ރަވިކާން އެހެން ހުރުމުން ޒައިލީންއަށް ނިދުނީކަން ޔަގީން ކުރެވުމުންނެވެ. އޭރުވެސް ރަވިކާން އޮތީ އަރާމުގައި ނިދާލާފައެވެ.

“ދޮންބޭ.. ޒައި މިދަނީ ފެންވަރަން.. އިރުކޮޅަކުން ސާޔަލް އަންނާނެ ޒައިމެން ބަލާ..” ގަޑިން އަށެއް ޖަހާފައި ހުރިތަން ފެނުމުން ޒައިލީން އަވަހަށް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އޭރު އަލްޔާ ތިރިއަށް ފައިބަނީއެވެ. އަވަހަށް ފެންވަރާލައިގެން ޒައިލީން ހުދު ޓީޝާޓަކާއި އައިސްބްލޫ ޖިންސެއް ލިއެވެ. އަދި ޓީޝާޓްގެ މަތިން އައިސްބްލޫ ޑެނިމް ކްރޮޕް ޖެކެޓްކޮޅެއް ލާފައި އިސްތަށިގަނޑު ދޫކޮށްލިއެވެ. އަދި ކަރުގައި ނެކް ޗޯކަރއެއް އަޅާލާފައި ސެންޓް ބުރުވާލުމަށްފަހު ޒައިލީން ޕެކްކުރި ދަބަސްތައް ހިފައިގެން ތިރިއަށް ފައިބަން ފެށިއެވެ.

ޒައިލީން ތިރިއަށް ފޭބިއިރު ރަވިކާން ހުރީ އައިސްބްލޫ ޖިންސަކާއި ޖަންގަލް ގްރީން ކުލައިގެ ޓީޝާޓެއް ލައިގެންނެވެ. ބޮލުގައި އާރމީ ކެޕްއެއް އަޅާލާފައި ވާތީ އެ ލޯބި ދެކަންފަތްވަނީ ފޮރުވިފައެވެ. ރަވިކާން ޖަންގަލް ގްރީންކުލައިގެ ރަބަރބޭންޑް އަކުން އިސްތަށިގަނޑުގެ ދެތިން ތަން އައްސާލާފައިވާތޯ ޒައިލީން ގެ ގާތަށް ހިނިއައެވެ. ރަވިކާން ރަބަރބޭންޑްސްއަށް ލޯބިޖެހުނީއޭ ހިތަށް އެރުމުންނެވެ.

އަލްޔާ ހުރީ ރީނދޫ ކްރޮޕްޓޮޕަކާއި ކަކުލާއި ހަމައަށް އަންނަވަރުގެ ޖިންސެއް ލައިގެންނެވެ. އަތުގައި ފިޔާތޮށި ކުލައިގެ ގަޑިއެއް އަޅާލާފައި ހުރި އަލްޔާވެސް ނުހަނު ރީއްޗެވެ. ޒައިދާން ހުރީ ރަތްކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ. ކޮނޑުގައި ދަބަހާއި ގިޓަރ ކޭސް އަޅުވާލާފައިވެއެވެ. ކްރީމް ހުޑީއަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ހެއިލަން ހުރީ ރުފިޔާތައް ގުނާށެވެ. ރުފިޔާތައް ގުނާ ނިމުމުން ވޮލެޓް ޖީބަށް ޖަހާލާފައި ހެއިލަން އޭނާގެ ދަބަސްތައް ހިފައިގެން އައެވެ.

ބޭރަށް ނުކުތްއިރު ސާޔަލް ކާރެއްގައި މަޑުކޮއްގެން ހުއްޓެވެ. “ސާޔަލް ކާރެއްވެސް ގެންގުޅެންތަ..؟” ޒައިދާން އެއްސެވެ. “އާނ.. އެއާރޕްލޭންއެއް ވެސް ހުންނާނެ..” ސާޔަލް އެހެން ބުނެލުމުން ޒައިދާން ބަލާލީ ހަމަ އަސްލަށްވެސް ހެއްޔޭ އަހާފަދަ ގޮތަކަށެވެ. “ނޫން އެއީ ސަމާސާ.. އަވަހަށް ދަބަސްތައް އަރުވާ.. ތިކުދިން އެތަނަށް ދާނީ ބަހުގައި.. ބަހުގެ ފަސްވަނަ ސްޓޮޕަށް މަޑުކުރޭ.. އޭރަށް ހުރެވޭނީ ހަމަ އެގޭ ކުރިމަތީގައި.. ގާތްގަނޑަކަށް..” ސާޔަލް ހަދަންވީގޮތް ކިޔައިދިނެވެ. ހެއިލަން އާއި ޒައިދާން ދަބަސްތައް އެރުވުމުން ސާޔަލް ނައްޓާލިއެވެ.

ފަސް މީހުން ހިނގާފައި ބަސް ސްޓޮޕަށް ދިޔައެވެ. “އަން..” ޒައިލީން ރަވިކާންއަށް ދިނެވެ. “މިއީ ކޯޗެއް..؟” ރަވިކާން އަތުތެރޭ އޮތް ބަބްލްގަމްއަށް ބަލާލާފައި އެއްސެވެ. “އިޓްސް އަ ބަބްލްގަމް.. ތި ދިރުވާނުލާތި އެކަމަކު..” ޒައި ކުޑަ ހިނިތުންވުމަކާއި އެކީގައި ބުނެލިއެވެ.

ބަސް އައުމުން ޒައިލީން އެންމެކުރިން ބަހަށް އަރާފައި ކުޑަދޮރުގެ ގާތުގައި ހުރި ސީޓެއްގައި އިށީނެވެ. ރަވިކާން ޖެހިގެން ހުރި ސީޓުގައި އިށީނެވެ. ހެއިލަން އިށީނީ އޭގެ ކުރީގައި ހުރި ސީޓުގައެވެ. ވާހަކަ ދައްކަމުން އެރި އަލްޔާ އާއި ޒައިދާން އިށީނީ ފަހަތު ސީޓެއްގައެވެ. ޒައިލީން އާއި ރަވިކާންގެ ކުދި ޒުވާބުތައް ކުރިއަށް ދިޔައެވެ. ދެމީހުން ކޯޅިކޯޅިފައި އެންމެފަހުން އެއްގަލަކަށް އަރައިގެން ފޯނުން ޔޫޓިއުބް ބަލަން ފެށިއެވެ. ރަވިކާން އާއި ޒައިލީން އާއި ދިމާލަށް ބަލާ ކޮންމެ މީހަކުވެސް އެދެމެދުގައި ވަނީ ހަމައެކަނި އެކުވެރިކަމެކޭ ނުބުނާނެއެވެ. ރަވިކާންއާއި ޒައިލީންގެ ދެމެދުގައިވާ ވަރުގަދަ ނަމަވެސް ނަމެއް ލިބިފައިނުވާ އެ ގުޅުމަށް ބަލާލާފައި ކޮންމެ މީހެއްގެ ހިތް ލޯބިން ބަންޑުންވާނެއެވެ. އެދެމީހުން އުޅޭލެއް އެހާވެސް ލޯތްބެވެ.

“އޭތް..! ގައިޒް..!!” ހެއިލަންގެ އަޑަށް އަލްޔާ އާއި ޒައިދާން ބަލާލިއެވެ. ޔޫޓިއުބަށް ގެއްލިފައި އިން ޒައިލީން އާއި ރަވިކާންގެ ސަމާލުކަން ހެއިލަންއަށް ލިބުނީ ތަންކޮޅެއް ފަހުންނެވެ.

“މިއީ މިސެސް ވިލްސަންގެ ގެއެއް ނޫންތަ…؟؟” ފަސްވަނަ ބަސްސްޓޮޕަށް މަޑު ކުރުމާއި އެކީގައި ހެއިލަންއަށް އެހުނެވެ. އަޅައިގެން ހުރި އަވިއައިނު ތިރިކޮށްލާފައި ބަލާލި ޒައިދާންއަށްވެސް ޖެހުނީ ހެއިލަން އާއި އެއްބަސް ވާށެވެ.

ބަހުން ފޭބިއިރު ސާޔަލްވެސް ކާރުގައި އައިސް މަޑުކޮށްލަނީއެވެ. “މިހުރީ އެގެއަކީ..” ސާޔަލްވެސް އިޝާރާތް ކޮށްލީ މިސެސް ވިލްސަންގެ ގެއަށެވެ. ޒައިލީން ހައިރާންވެފައި އެގެއާއި ދިމާލަށް ބަލަން ހުއްޓާ އެގޭގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް އެގެއިން ނުކުތީ މިސެސް މުލިންސްއެއް ނޫނެވެ. އެގެއިން ނުކުތީ މުށިކުލައިގެ އިސްތަށިގަނޑެއް ހުރި އަންހެނެކެވެ. ފައިތިލައާއި ހަމައަށް އަންނަވަރުގެ ރީނދޫ ހެދުމެއް ލައިގެން ހުރި އެ އަންހެން މީހާ ހިނިތުންވެލިއެވެ. “ޔޫ މަސްޓް ބީ ދަ ގެސްޓްސް..” އެ އަންހެން މީހާގެ ހިނިތުންވުން ފިލައިގެންނެއް ނުދެއެވެ.

“ހައި އައި އޭމް އެސްޓަލް.. އެސްޓަލް ރޯޒްލިޔާ.. އެންޑް ދިސް އިޒް މައި ހަޒްބެންޑް…” ރޯޒްލިޔާގެ ފަހަތުން ނުކުތް މީހާ ފެނިފައި ޒައިލީންގެ ހައިރާންކަން އެތައް ގުނައެއް މައްޗަށް ޖެހިލިއެވެ. ކުއްލިއަކަށް ރަވިކާން ވިއްސައިގެން ދިޔައެވެ. ޒައިލީން ސިއްސައިގެން ދިޔަވަރުން ހުރެވުނީ ރަވިކާންގެ ގާތަށް ދާންވެސް ހަނދާންނެތިފައެވެ. އަދި ރޯޒްލިޔާއާއި އޭނާގެ ގާތުގައިހުރި ފިރިހެން މީހާއާއި ދިމާލަށް ޒައިލީން ބަލާލީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އެފިރިހެން މީހާގެ ވިދަމުން ދިޔަ ދެލޯ އޭނާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެ ފިރިހެން މީހާ ހީނލިތަން ފެނިފައި ޒައިލީންގެ ހިތް އެއަށްވުރެ ބާރަށް ތެޅިގަތެވެ.

-ފިޔަފަތް- 26 ވަނަ ޕާރޓް **************************

*މިއީ ފިކްޝަނަލް ވާހަކައެއް ކަން ޔޫން ކިޔުންތެރިންނަށް ހަނދާން އާ ކޮށްލަދެމެވެ.*

*******************

އެ ކްލާސްރޫމްގެ ތެރޭގައި ހީވަނީ ޕާޓީއެއް ބާއްވަން ތައްޔާރުވާހެންނެވެ. އެހާވެސް ހަލަބޮއްޔެވެ. އެއް ބަޔަކު ވާހަކަ ދެއްކުމުގައި އަވަދިނެތި އުޅުނުއިރު އަނެއްބައި މީހުންތައް ސަކަރާތް ޖެހުމުގައި އުޅުނެވެ. ނަމަވެސް އެ އެންމެންނާއި ދުރުގައި ޒައިލީން އިނީ ފޯނަށް ގެއްލި ހުސްވެފައެވެ. ޑެސްކްމަތީގައި ބޯ އަޅާލައިގެން ޒައިލީން އިންއިރު މޫނުމަތިން ދައްކުވައިދެނީ ހިތާމައިގެ އަސަރުތަކެވެ. ޒައިލީންގެ ފޯނުގެ ކަވަރުގައި ކަޅުކުލައިގެ ދޫނިފަތެއް އެލުވާލާފައިވެއެވެ. ޒައިލީން އިނީ ކުޑަދޮރާއި އެންމެގާތުގައި ކަމުން ޖެހިލާ ކޮން ވައިރޯޅިއަކަށް އެ ދޫނި ފަތް ވަޔަށް އިޖާބަދެއެވެ.

ކަންފަތަށް ހެޑްސެޓް ޖަހައިގެން އިން ޒައިލީންގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފެނެއެވެ. ޖަހައިގެން އިން ހެޑްސެޓް އިން އަޑުއިވެމުން ދިޔަ ”..އިރޭޒް ޔޫ..” ލަވައިގެ ތެރެއަށް ގެނބިފައި އިން ޒައިލީންގެ ދެލޮލުން ފެންނަމުން ދިޔައީ ހުސްކަމެވެ. ޒައިލީން ދިޔައީ ކަޅި ޖަހާނުލާ ފޯނުން ފެންނަމުން ދިޔަ ކޮންމެވެސް މަންޒަރަކަށް ގެއްލިފައެވެ.

ޒައިލީންގެ ނަޒަރު ހުއްޓިފައިވަނީ ފޯނުގެ ލޮކް ސްކްރީންގައި ފެންނަން ހުރި އެ ދުވަހުގެ ތާރީޚަށެވެ. “ސެޕްޓެންބަރ.. ނަވާވީސް….” ޒައިލީންގެ ދުލުން ބޭރުވިއެވެ. ކުރީ އަހަރުގެ ސެޕްޓެންބަރ ނަވާވީސް ވަނަ ދުވަހަކީ އޭނާގެ ހަޔާތަށް ބޮޑު ބަދަލެއް ގެނެސްފައި މާޒީވި ދުވަހެކެވެ. ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެފަދަ ދުވަހެކޭ ބުންޏަސް ދޮގަކަށް ނުވާނެޔޭ ޒައިލީންގެ ހިތަށް އެރިއެވެ.

ދެން ޒައިލީންއަށް ބަލާލެވުނީ އޭނާގެ ލޮކް ސްކްރީނަށް ލާފައިވާ ފޮޓޯގަނޑަށެވެ. އެ ފޮޓޯ ފެނުމާއިއެކީ ގައި ޒައިލީންގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް މިނިވަންކަމާއި އެކީގައި ކޯތާފަތް މަތީގައި ބީހިލާފައި ތިރިއަށް ދާންފެށިއެވެ. އެފޮޓޯގައި ހިނިތުންވެލައިގެން ހުރި ޒައިލީންއާއި ގާތުގައި ޒައިލީންގެ ކޮނޑަށް އަތް ވައްޓާލައިގެން ގަޔާލާ ބޮނޑިކޮށްލައިގެން ކަހަލަ ގޮތަކަށް ހުރި ރަވިކާން ފެނިފައި ޒައިލީންއަށް މަޑުމަޑުން ލޮކް ސްކްރީންގައި ފިރުމާލެވުނެވެ.

ޒައިލީންގެ ހަނދާންތައް މަޑުމަޑުން ފީނައިގަތީ އޭގެ އަހަރެއްހާ ދުވަސް ކުރިއަށެވެ. އެ އަހަރުގެ ސެޕްޓެމްބަރ ނަވާވީސްވަނަ ދުވަހަށެވެ. ހަމަ އެވަގުތު ޖެހުނު ބާރު ވައިރޯޅިއަށް ޒައިލީންގެ ފޯނުގައި އެލުވާފައި އޮތް ކަޅުކުލައިގެ ދޫނިފަތް ހެލިލިއެވެ.

********************

“ހައި އައި އޭމް އެސްޓަލް.. އެސްޓަލް ރޯޒްލިޔާ.. އެންޑް ދިސް އިޒް މައި ހަޒްބެންޑް…” ރޯޒްލިޔާގެ ފަހަތުން ނުކުތް މީހާ ފެނިފައި ޒައިލީންގެ ހައިރާންކަން އެތައް ގުނައެއް މައްޗަށް ޖެހިލިއެވެ. ކުއްލިއަކަށް ރަވިކާން ވިއްސައިގެން ދިޔައެވެ. ޒައިލީން ސިއްސައިގެން ދިޔަވަރުން ހުރެވުނީ ރަވިކާންގެ ގާތަށް ދާންވެސް ހަނދާންނެތިފައެވެ. އަދި ރޯޒްލިޔާއާއި އޭނާގެ ގާތުގައިހުރި ފިރިހެން މީހާއާއި ދިމާލަށް ޒައިލީން ބަލާލީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އެފިރިހެން މީހާގެ ވިދަމުން ދިޔަ ދެލޯ އޭނާއަކަށް އޮޅުވައެއް ނުލެވޭނެއެވެ. އެ ފިރިހެން މީހާ ހީނލިތަން ފެނިފައި ޒައިލީންގެ ހިތް އެއަށްވުރެ ބާރަށް ތެޅިގަތެވެ.

ޒައިލީން އާއި ދިމާލަށް ހީނލައިގެން ހުރެ އެ ފިރިހެން މީހާ ކައިރިއަށް އަންނަން ފެށިއެވެ. “ތިއީ….” ހައިރާންވެފައި ހުރިވަރުން ޒައިލީންގެ ހިތުގެ ތެޅުން ދެގުނައަށް ބާރުވިއެވެ. “އާދިޔަން…” އާދިޔަން އައިގޮތަށް އައިސް ޒައިލީން އާއި ސަލާމް ކޮށްލިއެވެ. ޒައިލީންއަށް ހުރެވުނީ އާދިޔަންގެ ރީނދޫކުލައިން ވިދަމުން ދިޔަ ދެލޮލަށް ބަލަހައްޓައިގެންނެވެ. ރަވިކާންގެ ރީތި ދެލޮލެކޭ ތަފާތެއް ނެތެވެ. ރަވިކާން އަކީ އާދިޔަންގެ ކޮޕީ ޕޭސްޓް ތަސްވީރެކޭވެސް ޒައިލީންގެ ހިތަށް އެރިއެވެ. އެހާވެސް އާދިޔަން އާއި ރަވިކާންއާއި ވައްތަރެވެ. ނަމަވެސް އާދިޔަންގެ މޫނުގައި ކޮންމެވެސް ވަރަކަށް ރޫ ޖެހިފައި ހުއްޓެވެ. ނަމަވެސް ޝަހުސިއްޔަތު ވަރުގަދަހެން ހީވެފައި ނުހަނު ސްމާޓް ވައްތަރު ޖަހައެވެ.

ރަވިކާން ވިއްސައިގެން ދިޔަކަން ޒައިލީން ހަނދާންވީ ދެނެވެ. ޒައިލީންއަށް ރަވިކާން އާއި ދިމާލަށް ބަލާލެވުނެވެ. އޭރު ރަވިކާންގެ ގައިގައި އޮޅުލައިގަނެގެން ކުޑަ ދެކުދިން އޮތެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. “އެމީ.. ވިންގް ބޯއި ކޭމް ބެކް..!!” ލިއަމްގެ އަޑުގައިވަނީ ޖޯޝެވެ. “ޔޭ…!!!” އެމީލިޔާ އަދިވެސް އޮތީ ރަވިކާންގެ ގައިގައި ނިކަން ބާރަށް އޮޅުލައިގަނެގެންނެވެ. ވީގޮތް ސާފުވީ ދެނެވެ. އެމީލިޔާ އާއި ލިއަމް ރަވިކާންގެ ގައިގައި އޮޅުލައިގަތްގަތީނުން ބެލެންސް ކަޓައިގެން ރަވިކާން ވެއްޓުނީއެވެ. ރަވިކާން ބޮލުގައި އަތް އުނގުޅަމުން ތެދުވިއެވެ. “އެމީ..؟ ލިއަމް..؟” ރަވިކާންއަށް އެ ކުޑަ ދެކުދިންގެ މޫނާއި ދިމާލަށް ބަލާލާފައި ބުނެލެވުނެވެ.

“ރަވިކާން މިކުދިން ދަންނަންތަ..؟” ޒައިލީންއަށް ފާޑަކަށް އަހާލެވުނެވެ. “އާނ.. މިކުދިންނަކީ އިންސި ކުއްޖާ އަހަރެން ދެކެ ރުޅިއައިސްގެން އެކަނިމާއެކަނި ބަހަށް އަރައިގެން ދިޔަ ދުވަހު ދިމާވި ދެކުދިން..” ރަވިކާން އެހެން ބުނެލުމުން ތުންފަތުގައި ދަތްއަޅާލާފައި ހެއިލަންގެ މޫނަށް ބަލާލެވުނީ ހެއިލަންއަށް ޒައިލީން އެދުވަހު ހެދި ދޮގު ފަޅާއެރީތޯ ޔަގީން ކުރާށެވެ. އެދުވަހު ރަވިކާން މުހިންމު ކަމެއް ޖެހިގެން ދިޔައިއްޔޭ ކިޔާ ޒައިލީން ވަނީ ހެއިލަންއަށް އޮޅުވާލާފައެވެ.

ނަމަވެސް ޒައިލީން އާއި ރަވިކާން ޒުވާބުތައް ގިނަކަމުން ހެއިލަންއަށް ކަމެއް ފާހަގަވިހެންނެއް ހިޔެއް ނުވެއެވެ. ޒައިލީން ފުންނޭވާއެއް ބޭރަށް ދޫކޮއްލީ ހިތާހިތުން ނަސީބެކޭ ބުނަމުންނެވެ. “ޑޭޑީ ބަލާބަލަ މިހުރީ އެމީ ބުނި ވިންގް ބޯއި އަކީ..!” އެމީލިޔާ ރަވިކާންގެ ގާތުގައި އުރުމަށް ބުނަމުން ބުނެލިއެވެ. އެމީލިޔާ އާދިޔަންއާއި ޑޭޑްގެ ނަމުން މުޚާތަބު ކުރުމުން ޒައިލީން ހައިރާންވީވަރުން އަނގަ ހުޅުވާލެވުނު ގޮތަށް އަނގަ ލައްޕާލަން ނޭނގިފައި ހުރެވުނެވެ.

ރަވިކާން ބޮލުގައި އަތް އުނގުޅަ އުނގުޅާފައި ރޯޒްލިޔާ އާއި ދިމާލަށް ބަލާލިއެވެ. ރޯޒްލިޔާގެ ކަނާތް ފަޅީގައި ހެވިފައި ހުރި އާދިޔަން ފެނިފައި ރަވިކާންއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ހަރު އެއްޗަކުން ޖެހި ހެންނެވެ. ސިހުނުވަރުން އުރައިގެން ހުރި އެމީލިޔާވެސް އަތުން ދޫނުވީ ކިރިޔާއެވެ. އެމީލިޔާއާއި ލިއަމް އާއި ހެދި ވެއްޓުނުގޮތުން ބޮލަށް އެނބުރުން އަރައިގެން އޭނާއަށް ޚިޔާލީ މަންޒަރު ފެންނަނީ ނޫން ބާވައޭ ވެސް ހިތަށް އެރިއެވެ. “ދަރިފުޅާ..” އާދިޔަން ހެވިފައި ރަވިކާންއަށް ގޮވާލިއެވެ.

ރަވިކާން އަދިވެސް ހުރީ ޖެހިބުދެއްހެން ހުއްޓުން އަރާފައެވެ. ހަރާކަތެއް ގެންނަން ނޭނގިފައެވެ. ނޭވާ ލާންވެސް ހަނދާން ނެތިފައެވެ. “ވިންގް ބޯއި.. މައި ޑޭޑީ އިޒް ކޯލިންގ ޔޫ..!” އެމީލިޔާ މަޑުމަޑުން ރަވިކާންގެ ކަންފަތުގައި ހިފާ ދަމައިގަތެވެ. “އައު.. އައްދިއްޔޯ..!” ރަވިކާންއަށް ވީތަދުން ބުނެވުނެވެ. ދެވަނަ ސިކުންތުގައި ރަވިކާންއަށް ހިތާހިތުން އެމީލިޔާއަށް ޝުކުރު އަދާކުރެވުނެވެ. އެއީ ހުވަފެނެއް ނޫންކަން ޔަގީން ކޮށްދިނުމުންނެވެ.

އާދިޔަން މަޑުމަޑުން ރަވިކާންގެ ގާތަށް ގޮސް ހުއްޓުނެވެ. “އެންމެންވެސް ބުނި ދަރިފުޅު ވައްތަރުވާނީ މަންމައާއިއޭ.. އެކަމަކު ދަރިފުޅު ވައްތަރީ ބައްޕަ އާއި..” ރަވިކާންގެ ބޮލުގައި ފިރުމާލަމުން އާދިޔަން ބުނެލައިފިއެވެ. އެ ފިރުމާލުމުން ރަވިކާންއަށް ބުނެދޭން ނޭނގޭފަދަ އެތައް އިހުސާސެއް ކުރެވުނެވެ. ޒައިލީންއަށް ހުރެވުނީ މަންޒަރު ބަލާށެވެ. އާދިޔަންގެ އަޑު ފުދޭވަރަކަށް ބަރުވެފައި ގުގުމައިގެން ދާފަދަ ގޮތެއް ހުރެއެވެ. “ބަ..ބަ… ބައްޕާ..!” އެތައް އިރެއް ފަހުން ރަވިކާންގެ ދުލުން ބޭރުވިއެވެ.

ޒައިދާން އާއި އަލްޔާ ހުރީ އަތުގުޅުވާލައިގެން އާޝޯހުވާވަރުވެފައެވެ. ހެއިލަންވެސް ހުރީ ފާޑަކަށް އެ ދިމާލަށް ބަލަހައްޓައިގެންނެވެ. ހެއިލަން ބަލާލީ ހިނިތުންވެލައިގެން ހުރި ސާޔަލްގެ މޫނަށެވެ. ސާޔަލްގެ ތުންފަތުގައިވާ ހިނިތުންވުން ވަނީ ފުޅާވެފައެވެ. ”ސާޔަލް..” ހައިރާންކަމުގެ ދުނިޔެއިން އެންމެފުރަތަމަ ބޭރުވީ ޒައިލީންއެވެ. “ކީކޭ ސަވާނާ..؟ ނޫން މިބުނީ ޒައިލީން..؟” ސާޔަލް ހީނލައިގެން ހުރެ ޒައިލީން އާއި ކުރިމަތިލިއެވެ. “އެއީ ރަވިކާންގެ އަސްލު ބައްޕަ..؟ ހަމަ އަސްލު އާދިޔަންދޯ އެއީ..؟” ޒައިލީން ކޮރު ޖަހާލާފައި ސާޔަލްގެ ކަންފަތްބުޑުގައި އެހެން ބުނެލިގޮތުން ހީވަނީ ބޮޑު ސިއްރެއް ބުނެލިހެންނެވެ. “އާނ.. އެއީ އާދިޔަން… ފްލޯރައިޓް ކްރިސްޓަލްސް ހައުސް އޯނަރ…” ސާޔަލް ހިނިތުންވެގެން ހުރެ ބުނެލިއެވެ. ޒައިލީންއަށް އަނެއްކާވެސް އާދިޔަންގެ މޫނަށް ބަލާލެވުނެވެ.

“އެހެންވިއްޔާ.. އެމީ އަދި ލިއަމް..” ރަވިކާން ހުރީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ގޮސްފައެވެ. ރަވިކާން އެ އޮޅުންފިލުވަން ބޭނުންވަނީ އެމީލިޔާ އާދިޔަން އާއި ދިމާލަށް ބައްޕައޭ ގޮވުމުގެ ސަބަބުކަން ޒައިލީންއަށް ވިސްނިގެން ޒައިލީން އަނެއްކާވެސް ބަލާލީ އާދިޔަންގެ މޫނަށެވެ. ”އެއީވެސް އަހަރެންގެ ދެކުދިން…” އާދިޔަން ހިނިތުންވެހުރެ ބުނެލިއެވެ. އާދިޔަންއަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ މީހެކޭ ޒައިލީންއަށް ހީވިއެވެ. “އެކަމަކު..” “އަހަރެން ބޭނުން ވާހަކައެއް އަހާލަން..” ޒައިލީންއަށް އެ ޖުމްލަ ފުރިހަމަ ކުރަން ވަގުތު ނުދީ ރަވިކާން ބުނެލިއެވެ. “ކުރޭ..” އާދިޔަން ހަށަން ބަނދެލަމުން ބުނެލިއެވެ. “އެމީލިޔާ އާއި ލިއަމްގެ ވަރަ ކޮބާ..؟” ރަވިކާން އަހާލިއެވެ. ރަވިކާން އެހެން ބުނެލުމާއި އެކީގައި އެމީލިޔާ ރަވިކާންގެ މޫނުމަތީ އެ ކުޑަކުޑަ އަތްތިލައިން ޖެއްސެވެ. “އައިމް އެމީ..” އެމީލިޔާ ހަނދާން ކޮށްދިނެވެ. “ތި ސުވާލުގެ ޖަވާބު ދެވޭނީ އެތެރެއަށް ވަދެފައި..” އާދިޔަން ގެއާއި ދިމާލަށް އިޝާރާތް ކުރިއެވެ.

“ވަންނަން ވީނު..؟” އެއްފަހަރު އާދިޔަންގެ މޫނަށް އަދި އަނެއްފަހަރު ގޭގެ ދޮރާއި ދިމާލަށް ބަލަންހުރި ޒައިލީންގެ ގާތު އާދިޔަން ބުނެލިއެވެ. ޒައިލީންއަށް ދެން ބަލާލެވުނީ ރަވިކާންގެ މޫނަށެވެ. ރަވިކާން އެންމެ ސިކުންތެއްވެސް ލަސްނުކޮށް އެތެރެއަށް ވަންނަން ހިނގައިގަތެވެ. ޒައިލީން އާއި ހެއިލަންގެ ފަހަތުން އަލްޔާ އާއި ޒައިދާންވެސް ވަނެވެ. ސާޔަލް ވެސް އެތެރެއަށް ވަނުމުން އާދިޔަން ލިއަމް އާއި އެމީލިޔާ ގޮވައިގެން އެތެރެއަށް ވަނެވެ. ރޯޒްލިޔާ އެތެރެއަށް ވަދެފައި ދޮރު ލައްޕާ ތަޅުލިގޮތަށް ފަރުދާ ކަހާލިއެވެ.

“އިހަކަށް ދޭ ކޮޓަރިއަށް… މެންދުރު ކެއުމަށްފަހު ތި ސުވާލުގެ ޖަވާބު ދޭނަން..” އާދިޔަން ބުނެލިއެވެ. ރަވިކާން ވަގުތުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ސާޔަލް އަވަސް އަވަހަށް ލޮލުގެ އިޝާރާތުން އާދިޔަން ބުނިގޮތަށް ކަން ކުރުމަށް ބުނެލިއެވެ. “ސާޔަލް.. ޓޭކް ދެމް..” އާދިޔަން ވަރަށް ފަރިތަކަމާއި އެކީގައި ބުނެލިއެވެ. ސާޔަލް އަވަހަށް ބޯ ޖަހާލާފައި ޒައިލީންގެ ގާތަށް ދިޔައެވެ. “ސާޔަލް ކޮބާ ކުރިން މިގޭގައި އުޅުނު އަންހެން މީހާ..؟” ސާޔަލް އަރާ ހަމަވިހާ އަވަހަކަށް ޒައިލީން އަހާލިއެވެ. “ކާކު..؟” ސާޔަލްއަށް އޮޅުމެއް ނުފިލިއެވެ. “މިސެސް ވިލްސަން.. މިސެސް ވިލްސަން ކޮބާހެއްޔޭ..؟” ޒައިދާން އަހާލިއެވެ. “އޯހް އެ އަންހެންމީހާގެ ވާހަކަދޯ ތި ބުނީ..؟؟ އެ އަންހެން މީހާ ކުރީ ހަފްތާގައި މި ދުނިޔެ ދޫކޮށްފި..” ސާޔަލް ބުނެލިއެވެ. ޒައިލީންއަށް ސާޔަލްގެ މޫނަށް ބަލާލެވުނެވެ. އެ ބެލުމުން ދޮގު ނުހަދާށޭ ބުނާ ކަހަލައެވެ. “ޝީ…. އިޒް ޑެޑް..؟” އަލްޔާ އަހާލައިފިއެވެ. “އާނ… އެއަންހެން މީހާ މަރުވުމުގެ ކުރިން މިގެ ބަލަހައްޓަން އާދިޔަން އާއި ހަވާލު ކުރީ.. އެހެންވެ އާދިޔަން އާއި ރޯޒް މިތަނަށް ބަދަލުވީ އެކުދިން ގޮވައިގެން..” ސާޔަލް ކިޔައިދިނެވެ. “މޭން މަ ބޭނުންވިޔޭ އަދި އެއްފަހަރު މިސެސް ވިލްސަން އާއި ބައްދަލު ކޮށްލަން..” ޒައިދާން ނިތްކުރީގައި ޖަހާލަމުން ބުނެލިއެވެ.

”މެންދުރު ކާނީ ކޮން އިރަކުން..؟” ރަވިކާން އެހެން ބުނެލިގޮތުން އެހުރީ އާދިޔަން އާއި ސުވާލުކުރަން ކެތްމަދުވެފައިކަން އެނގުނެވެ. “ސާބަހޭ ކޮއްކޯ ހަމަޖެހިބަލަ..” ސާޔަލް ރަވިކާން ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ޒައިލީން ކުޑަކޮށް ހިނިތުންވެލިއެވެ. “މިހުރީ ކޮއްކޮމެންގެ ކޮޓަރި… އަންހެން ކުދިންނަށް އެއްފަޅި.. ފިރިހެން ކުދިންނަށް އަނެއް ފަޅި..” ސާޔަލް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ.

ކުރިއާއި ބަލާފައި އެކޮޓަރި ފުދޭވަރަކަށް ތަފާތެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިން އުޅޭނެ ބައި ވަކިކުރަން ޕާރޓިޝަނެއް ޖަހާފައިވެއެވެ. “ސަޅި… އެކަމް މިސެސް ވިލްސަން..” އަލްޔާގެ މޫނުމަތިން ކުލަފަނޑުވިއެވެ. މިސެސް ވިލްސަންގެ އެ ކުއްލި ވަކިވުމުން އަލްޔާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. “ޒައިވެސް… ޒައި ބުނިން މިސެސް ވިލްސަން ގާތުގައި އަދި އަންނާނަމޭވެސް..” ޒައިލީން ވެސް މޮޅިވެރިވިއެވެ. “އައި ފީލް ގިލްޓީ..” އެންމެ އަސަރުކުރީ ހެއިލަންއަށެވެ. މިސެސް ވިލްސަންގެ އިތުރުން ހެއިލަންގެ މައިންބަފައިންގެ މަތިން ހަނދާންވުމުންނެވެ. “އިންޝާ ﷲ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އެމީހެއްގެ އަޖަލު ޖެހުމުން އެމީހަކު ދުނިޔެ ދޫކޮށްފައި ދާނެ.. ދެޓްސް ހައު އިޓް އިޒް ޒައި… އަހަރެމެންނަށް އޮތީ ދުއާ ކުރުން..” ޒައިދާން އެންމެންގެ ހިތްތައް ހަމަޖައްސާލަދިނީ ފަށުވި ބަސްކޮޅަކުންނެވެ. “ޔެސް…” ޒައިލީން ލޮލަށް ބޮނޑިވަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. “ކޮންބަޔަކަށް މި ފަޅި..؟” ޒައިދާން އިޝާރާތް ކޮށްލާފައި އަހާލިއެވެ. “ޒައިއަށް ހީވަނީ ޒައިމެން އައުމުގެ ކުރިން ސާޔަލްމެން ވަނީ އެކަން ރާވާ ނިންމާފަހެން.. ބަލާބަލަ.. އެއްފަޅީގައި މިހުރީ ބަންކް ބެޑްއެއް.. އަނެއް ފަޅީގައި އެހުރީ ބަންކް ބެޑަކާއި ހަމަ ނޯމަލް ބެޑްއެއް.. މާނައަކީ ޒައިއާއި އަލްއަށް ބަންކް ބެޑް ހުރި ފަޅިއޭ އަދި ދޮންބެމެން ތިން މީހުންނަށް ބަންކް ބެޑާއި ނޯމަލް ބެޑް ހުރި ފަޅިއޭ.. ޒައިމެންނަށް އޮތީ މިފަޅިއޭ ދޮންބެމެންނަށް އެ ފަޅިއޭ..” ޒައިލީން ކިޔައިދިނެވެ.

“އޯކޭ..” ދެބަސްވުމަކާއި ނުލާ ޒައިދާން ވާތް ފަޅިއަށް ގޮސް ބަންކް ބެޑްގެ ތިރީބައިގައި ގިޓާރ ކޭސް އަދި ކޮނޑުގައި އަޅުވައިގެން ހުރި ދަބަސް ބޭއްވިއެވެ. ”ހެއިލްއަށް މަތި.. ދެން ރަވިކާން އެކޮޅުގައި ހުސްކޮށް އެހުރި އެނދު..” ޒައިދާން ބުނެލިއެވެ. ރަވިކާން ގޮސް އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީނެވެ. އަންގާވެސް ނުލާ ކުއްލިއަކަށް ސާޔަލް އެތެރެއަށް ވަނެވެ. ޒައިލީން ކުޑަކޮށް ސިހުނެވެ. “އަންހެން ކުދިން ބޭނުން ކުރާނީ ރޯޒްގެ ކޮޓަރީގެ ފާޚާނާ އިނގޭ..” ހީނލާފައި ސާޔަލް ބުނެލިއެވެ. “އޭ ވަޓް..؟ ޒައިދާންމެންނެއް ނޫންތަ އެކޮޅު ފާޚާނާއަށް ދާންޖެހޭނީ..؟” އަލްޔާ ޝަކުވާތައް ބަންޑުން ޖަހާލިއެވެ. “އުހުން ރޯޒް ބުނީ ސަވާނާ.. އުހުން ޒައިލީން އާއި މިހުރި އަންހެން ކުއްޖާ ދާނީ އެކޮޅު ފާޚާނާއަށޭ… މިހުރި އަންހެން ކުއްޖާއެއް ނޫންދޯ.. ކާކުތަ މީ..؟ އަލްޔާ ދޯ..؟” ސާޔަލް ހަނދާން އާ ކޮށްލިއެވެ. “ހްމްމް މީ އަލްޔާ..” އަލްޔާ އެނދުގައި އިށީނެވެ.

ޒައިލީން އަލްޔާގެ ކައިރީގައި އިށީނދެލިއެވެ. ޒައިލީންގެ ޚިޔާލު ވަނީ ދާން މިއުޅޭ ސްކޫލާއި ގުޅިފައެވެ. “ވިލް އެވްރީތިންގ ބީ އޯލްރައިޓް އެގެއިން..؟” ޒައިލީންއަށް ހިތާހިތުން ބުނެލެވުނެވެ. އެއީ އެންމެންގެ ހިތުގައިވެސް ވާ ސުވާލެވެ. ހުރިހާކަމެއްވެސް އަލުން ހަމައަކަށް އެޅޭނެބާވައެވެ.؟ ނޫނީ އައުލްކީންގެ މަޅީގައި ޖެހި ކަންތައްތައް ގޯސްވާނީބާވައެވެ.؟ “ބާރީ ކީއްވެގެންތަ އައުލްކީންއަށް ސަލްވިޔާ މަރުވީ ޒައިގެ މަންމައާއި ހެދިޔޭ ކިޔައިގެން ކިޔައިދިނީ..؟” އެއީ ވެސް ޒައިލީންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ތެރެއިން އެންމެ ޖަވާބު ބޭނުންވާ އެއް ސުވާލެވެ. ބާރީ އެގޮތަށް ކިޔައިދީފައި ނުވާނަމަ އައުލްކީން އެމީހުންނާއި ދިމާކުރާކަށެއް ނާންނާނެއެވެ. ބާރީގެ މަގުސަދަކީ ކޮބައިބާވައެވެ.؟ ޒައިލީން އިތުރަށް ވިސްނަމުން ދިޔަވަރަކަށް ހިތުގައި ދިޔައީ ޖަވާބެއް ނެތް އެތައް ސުވާލެއް އުފަން ވަމުންނެވެ. ވިސްނަމުން ގެންދިޔައީ ޒައިލީން އެކަންޏެއް ނޫނެވެ. ދެފައި ވަށްކޮށްލައިގެން އިން ރަވިކާންގެ ހިތުގައި ވެސް ދައުރުވަމުން ގެންދިޔައީ އެ ސުވާލުތަކެވެ. “އައުލްކީންގެ ކިބައިން އަހަރެންނަށް އިންސި ކުއްޖާ ރައްކާތެރި ކޮށްދެވޭނެބާ..؟” ރަވިކާން އަމިއްލަ ނަފްސާއި ސުވާލު ކުރިއެވެ. ފުރަތަމަ އަމިއްލަ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހެން ބަޔެއްގެ ފުރާނަތައް ނުރައްކަލަށް ވައްޓާލާފައި ދާ ރަވިކާން މިހާރު ވަނީ ބަދަލު ވެފައެވެ. ޒައިލީން ސަލާމަތް ވަންޏާ ރަވިކާންއަށް އޭނާގެ ފުރާނަ މުހިންމެއް ނޫނެވެ.

ވަގުތުތައް ފާއިތުވެގެން ދިޔައީ ހަލުވިކަމާއި އެކީގައެވެ. ކޮޓަރިތެރެ ހިމޭންވެފައިވާ ވަރުން ހީވަނީ އެތެރޭގައި ދިރޭ ފުރާނައެއް ނެތްހެންނެވެ. އެންމެންވެސް އަމިއްލަ ދުނިޔެއެއްގެ ތެރެއަށް ގެނބިފައި އިނެވެ. ހެއިލަން އިނީ ފޯނަށް ގެއްލިފައެވެ. ޒައިލީން ހުރީ ފާރަށް ކަޅި ހުއްޓާލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. އެ ހަމަހިމޭންކަމަށް ނިމުމެއް ގެނުވީ މީހަކު ދޮރުގައި ޓަކިޖަހާލި އަޑު އިވުމުންނެވެ. “ވަދޭ..” ޒައިދާން މަޑުމަޑުން ގޮވާލިއެވެ. “ވިންގްބޯއި..!” އެތެރެއަށް އެމީލިޔާ ވަނެވެ. ލިއަމްވެސް ފަހަތުން ފުންމަމުން ކަހަލަ ގޮތަކަށް ވަނެވެ. ރަވިކާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޒައިލީންއަށް އެކަން ވަރަށް ރަނގަޅަށް ފާހަގަވިއެވެ. ޒައިލީންއަށްވެސް ހިނިތުންވެވުނީ ބޭ އިޚްތިޔާރުގައެވެ. “މަންމަ ބުނީ ކާން އަންނާށޯ..” އެމީލިޔާ ރަވިކާންގެ އަތުގައި ހިފަމުން ބުނެލިއެވެ. ”ހިނގާދާން..” ކާން އަންނާށޭ ބުނުމުން ރަވިކާން އަވަހަށް ތެދުވިއެވެ. “ރަވިކާން ހުރިހާ އިރަކުވެސް ތި ވިސްނީ އާދިޔަން ބޭބެ ގާތުގައި އަހާނެ ސުވާލުތައް ދޯ..؟” އަލްޔާ އަހާލިއެވެ. “ހްމްމް..” ރަވިކާން ފާޑަކަށް ހޫމްއެއް އަޅުވާލީ ކަމެއް ފޮރުވަން އުޅޭ ކަހަލަގޮތަކަށެވެ. އެއްފަހަރު އާދިޔަން އާއި ދޭތެރޭ ވިސްނާލާފައި ރަވިކާންއަށް ގިނައިން ވިސްނުނީ ޒައިލީންއާއި ދޭތެރޭ ކަމަށް ވަތީއެވެ.

އެމީލިޔާ ރަވިކާންގެ އަތުގައި ހިފައިގެން ކާމޭޒު ކައިރިއަށް ގެންދިޔައެވެ. “އިށީނދޭ..” އާދިޔަން އޭރުވެސް ހުރީ ހިނިތުންވެގެންނެވެ. އާދިޔަން އަބަދުވެސް އެހާ އުފާވެފައި ހުންނަނީ ކިހިނެތްހެއްޔެވެ.؟ މޭޒުމަތީގައި ދެ ޕިއްޒާ އާއި ސޭންޑްވިޗްތަކެއް އަޅާފައިވާ ތައްޓެއް ހުއްޓެވެ. ކޮންމެ މީހަކަށް ތަރުތީބުން ތަށިތައް އަތުރާލާފައިވާއިރު ކޮންމެ ތައްޓެއްގެ ގާތުގައި ޖޫސްތައްޓެއް ވެސް ބަހައްޓާފައިވެއެވެ.

“އަވަހަށް އިށީނދެފައި ކާންފަށާ… މިއީ ތިކުދިންގެ ވެސް ގެ..” އާދިޔަން މެހެމާންދާރީ އަދާކުރަމުން ގެންދިޔައީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ރޯޒްލިޔާ ވެސް ހިނިތުންވެލައިގެން އިނެވެ. އެމީލިޔާ އާއި ލިއަމް ގޮނޑިއެއްގައި އިށީނުމުން ޒައިލީންވެސް ގޮނޑިއެއްގައި އިށީނެވެ. ރަވިކާން އިށީނީ ޒައިލީން އާއި ޖެހިގެން ވާތް ފަރާތަށް އިން ގޮނޑީގައެވެ. ރަވިކާން އާއި ޖެހިގެން އެމީލިޔާ އިނދެފައި ދެން އިނީ ލިއަމްއެވެ. ކެއުންވެސް ކުރިއަށް ދިޔައީ ހަމަހިމޭން ކަމާއި އެކީގައެވެ. ރަވިކާން ނުކައި އިނެވެ. އެތަނުގައި އޭނައަށް ކަމުދާ ކަހަލަ އެއްޗެއް ނެތުމުންނެވެ. ޖޫސްތަށިން އެތިފޮދެއް ބޯލަބޯލަ ރަވިކާން އިނީ ޒައިލީން ނިމެންދެނެވެ.

ކައި ނިމިގެން އެންމެންވެސް ގޮސް ހުރީ ސިޓިންގ ރޫމްގައެވެ. އެއީ އާދިޔަން ބޭނުންވާ ގޮތް ކަމަށް ވާތީއެވެ. ސާޔަލްވެސް އެތަނުގައި މަޑުކޮށްގެން ހުއްޓެވެ. “ދެން ބޭނުންވާ ސުވާލެއް ކުރޭ..” އިރުކޮޅެއް ފަހުން އާދިޔަން އައިސް އިށީންނަމުން ބުނެލިއެވެ.

ވަގުތުން ރަވިކާން ސުވާލު ކުރަން އަނގަ ހުޅުވާލިއެވެ. “އެމީ އާއި ލިއަމް އަކީ އަހަރެން ކަހަލަ ދެ ކުދިންތަ..؟” އެންމެ ސިކުންތެއްވެސް ދޫކޮށްނުލާ ރަވިކާން އަހާލިއެވެ. “އާނ.. އެމީ އަދި ލިއަމްއަކީ ހަމަ ރަވިކާންއެކޭ އެއްފަދަ ދެކުދިން..” އާދިޔަން ޖަވާބު ދިނެވެ. “ހެއްކަކީ ކޮބާ..؟” ރަވިކާން އާދިޔަން އަށް އިތުބާރު ކުރަން ބޭނުންނުވާހެން ހީވެއެވެ. “ލިއަމް.. އެމީ.. މިކޮޅަށް އާދެބަލަ..” އާދިޔަން ލޯބިން ގޮވާލުމާއި އެކީގައި އެމީލިޔާ އާއި ލިއަމް ވަގުތުން އާދިޔަންގެ ގާތުގައި ހުއްޓުނެވެ. “ރަވިކާން ގޮތަށް ދެކަންފަތް ނެތް ކަމުގައި ވިޔަސް ދެވަރައާއި ލޮލުގެ ކުލަ އެއްގޮތް ވާނެ..” އާދިޔަން ލިއަމް ގާތަށް ޖެހިލިއެވެ. އަދި ލިއަމްގެ ލޮލަށް ލައްވާފައިވާ ލެންސް ނަގައިދިނެވެ. “އިޒް ދެޓް ސޭފް..؟؟” ހައިރާން ވެފައި ހުރެ އަލްޔާ މަޑުމަޑުން ޒައިދާންގެ ކަންފަތްބުޑުގައި އަހާލިއެވެ. “ހިޔެއް ނުވޭ..” ޒައިދާންއަށް ޖެހުނީ ދެކޮނޑު އަރުވާލާށެވެ.

ޒައިލީން ލިއަމް އާއި ކުޑަކޮށް ގާތްވެލާފައި ލިއަމްގެ ދެލޮލަށް ބަލާލިއެވެ. ލިއަމްގެ ލޮލުގައި ހުރީ އާދިޔަން އާއި ރަވިކާންގެ ލޮލުގައި ހުރި ރީނދޫ ކުލައެވެ. “އެމީގެ ވަރައެއް ނުހުރޭ.. އެކަމަކު ރީނދޫ ކުލައިގެ ދެލޯ ހުރޭ..” އާދިޔަން އެމީލިޔާގެ ލޮލަށް ލައްވާފައިވާ ލެންސްވެސް ނަގައިދިނެވެ. “އިތުރު ސުވާލެއް..؟” އާދިޔަން ހައިރާންވެފައި ހުރި ޒައިލީންއަށާއި ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައި ހުރި ރަވިކާންގެ ގާތުގައި ސުވާލު ކުރިއެވެ.

ޒައިލީން ދެފަރާތަށް ބޯ ހޫރާލިއިރު ރަވިކާން އަދިވެސް ހުރީ އަނގަނެގިފައެވެ. އެވަރުން އެމީލިޔާ އާއި ލިއަމް އަކީ އާދިޔަންގެ ދަރިންކަން ގަބޫލު ކުރަން ރަވިކާންއަށް ޖެހުނެވެ. “ދެން މިއީ…؟” ރަވިކާން އިޝާރާތް ކުރީ ރޯޒްލިޔާއަށެވެ. “އެއީ ވެސް އަހަރެމެންގެ ތެރެއިންވާ މީހެއް.. އާނ އެއީ ޖިންނިއެއް.. ރޯޒްލިޔާ.. އެކަމަކު ސަލްވިޔާގެ ހުންނަހެން ރޯޒްލިޔާގެ ވަރައެއް ނުހުރޭ..” އާދިޔަންގެ ހިނިތުންވުން ނުފިލާ ތުންފަތުން ހިނިތުންވުން ގެއްލިގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ރަވިކާންގެ ހިނިތުންވުން ވެސް ފިލައިގެން ދިޔަ ނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ރަވިކާން ހިނިތުންވެލީ އެކަން އެއްވެސް މީހަކަށް ނުދެއްކުމަށެވެ. “ސަލްވިޔާ..” ޒައިލީންއަށް ވައިއަޑަކުން އެ ނަން ކިޔާލެވުނެވެ. ރަވިކާން އާއި އާދިޔަންގެ ހިނިތުންވުން ގެއްލި ދިޔަ ސަބަބަކީ ސަލްވިޔާގެ ނަން އަޑުއިވުމުން ކަން ޒައިލީންއަށް ވިސްނުނެވެ.

އާދިޔަން ޒައިލީންއާއި ކައިރިއަށް ފިޔަވަޅު ނަގަން ފެށިއެވެ. ޒައިލީން ކުޑަކޮށް ޖެހިލުންވިއެވެ. ހިން ދިރުވާލެވުނީވެސް އެހެންވެގެންނެވެ. “މިއީތަ ސަވާނާގެ ދަރިފުޅަކީ..؟” މަޑުމައިތިރިކަމާއި އެކީފައި ހުރި ސާޔަލްގެ ގާތު އާދިޔަން އަހާލިއެވެ. ”އާނ.. ތީ ސަވާނާގެ ދަރިފުޅު..” ސާޔަލްގެ ޖަވާބު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލިބުނެވެ. އާދިޔަން ވަރަށް ފުންކޮށް ޒައިލީންގެ މޫނަށް ބަލާލިއެވެ. “ސަވާނާގެ ދަރިފުޅުދޯ..؟ ކޮން ނަމެއް ކިޔަނީ..؟” އެކުވެރި ރާގަކަށް އާދިޔަން އެއްސެވެ. ”ޒައިލީން..” ޒައިލީން ބުނެލިއެވެ. ރަވިކާން ޒައިލީންގެ ގާތަށް ޖެހިލީ ޒައިލީން އެހުރީ ނުތަނަވަސްވެފައިކަން އެނގުމުންނެވެ. “ސަވާނާ.. އަދި ސަލްވިޔާ… ލޭގެ ގުޅުމެއް ނެތް ނަމަވެސް އެއްމާބަނޑު ދެކުދިންހާ ވައްތަރު ދެމީހުން.. ޒައިލީން ގެ މޫނުމަތިން ސަލްވިޔާގެ ސޫރަ ފެންނަހެންވެސް ހީވޭ..” އާދިޔަން ހިތިގޮތަކަށް ހިނިތުންވެލިއެވެ. ރަވިކާން މޫނު އަނބުރާލިއެވެ. އެއީ ޒައިލީން އާއި ފުރަތަމަ ބައްދަލުވި ދުވަހު ރަވިކާންއަށް ވެސް ހީވި ގޮތެވެ.

“އަހަރެންނަށް އިނގޭ ތި ހުންނަނީ ސުވާލު ކުރަން ބޭނުންވެފައިކަން.. މިސާލަކަށް އަހަރެން ސަލްވިޔާ އާއި ރަވިކާން ދޫކޮށްފައި ދިޔައީ ކީއްވެގެންތޯ.. ފަހުން އަހަރެން އަނބުރާ ނުދިޔައީ ކީއްވެގެންތޯ.. ބާރީއަށް ސަލްވިޔާ ދޫކޮށްލާފައި އަހަރެން ދިޔައީ ކީއްވެގެންތޯ… އަދި އެތަންމެ ސުވާލެއް.. ނޫންތަ..؟” އާދިޔަން އަތުގެ އިނގިލިތަކުން ގުނާލާފައި އެއްސެވެ. ޒައިލީން ހައިރާންވިއެވެ. އާދިޔަންއަށް މީހުންގެ ސިކުނޑީގައި ވާހާ ފިކުރާއި ޚިޔާލުތައް އެނގެނީ ހެއްޔެވެ.؟

”އެންމެ ރަނގަޅު.. އަހަރެން ކިޔާދޭނަން.. އެކަމަކު…….” އާދިޔަންގެ ޖުމްލަ މެދުކަނޑާލަން ޖެހުނީ ކުޑަދޮރުގައި އެއްޗެއް ޖެހިހެން ހީވުމުންނެވެ. އަލްޔާ ޒައިދާންއާއި ގާތަށް ޖެހިލިއިރު ހެއިލަން ދޮރާއި ދިމާލަށް ބަލާލައިފިއެވެ. “އަ ކެޓް..؟” އެމީލިޔާ އޭނާގެ ލޯބި އަޑުން އަހާލައިފިއެވެ. “ނޭނގޭ…” އެމީލިޔާ އާއި ޚިލާފަށް ލިއަމް ވަނި ބިރުގަނެފައެވެ. ރަވިކާން ބުމަ ގޮށްޖަހާލީ ކުޑަދޮރަށް އެޅުނު ހިޔަނި ފެނިފައެވެ. ޒައިލީން އެނބުރި ބަލާލީ އޭނާއަށް ހުރެވުނީ ކުޑަދޮރަށް ފުރަގަސް ދީގެން ކަމުންނެވެ.

ނަމަވެސް ރަނގަޅަށް ބަލާ ނުލެވިގެން އުޅެނިކޮށް ކުއްލިއަކަށް ރަވިކާން ޒައިލީންގެ އަތުގައި ހިފާ ގާތަށް ދަމައިގަތެވެ. ރަވިކާން އަވަސްއަރުވާލާފައި ދަމާލިގޮތުން އަތަށް ތަދުވި ނަމަވެސް ޒައިލީންގެ ބޮލުގައި ޖަހާލީ ނުރައްކާތެރިކަމުގެ ރަނގަބީލެކެވެ. ކަމެއްވާން އުޅޭހެން ހީވެގެން ޒައިލީންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ދެން ޒައިލީންގެ ކަންފަތުގައި ޖެހުނީ އާދިޔަންގެ ހުނުމުގެ އަޑެވެ.

 

= ނުނިމޭ =

 

To all of my dearest readers.. I am extremely sorry for uploading this part late… My laptop got a problem so I couldn’t upload part 26 of this story.. And that is also why I couldn’t reply to te comments too… I am really sorry everyone… But I hope you enjoy this part. And also thank you all so much for all the support and care you have been giving me even though I couldn’t upload this part earlier.. Thank you everyone.. And also once again I am really sorry.. I love you all very much.. you all are the best..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ލޯބީގެ ހައްގުގައި 15

Next

ނޭދެމޭ ވަކިވުމެއް-13

Next
September 23, 2020

ނޭދެމޭ ވަކިވުމެއް-13

Previews
September 22, 2020

ލޯބީގެ ހައްގުގައި 15

75 Comments!

  1. Een says:
    September 22, 2020 at 7:27 pm

    Oh finally my fav story up vejje dhw
    ?????This part is perfect as usual
    Curiously waiting for the next part
    ♥️♥️♥️♥️♥️Lots and lots of love
    ??????Take really good care
    ???????My fav author

    1. yooon yooon says:
      September 23, 2020 at 8:33 am

      Aww thats so sweet of you thank u so much Een ?✨? Keep waiting insha allah tmrw or day after tmrw you will get that part ?? Aww one of the sweetest gurl ik ?✨? Love u more n more dear ?✨? you take care too Een dearlss

  2. Pixie says:
    September 22, 2020 at 7:27 pm

    Yay me first 😀 Yoon you have no idea how long I have been waiting for this story.. And its okay you do not have to be sorry. its not your fault that your laptop got broken. 🙂 Mi bai ves varah reethi… So interesting.. 😀 Yoon you are the best author ever 😀 happy that you told why you couldn’t update this part 😀 Lysm yoon my favorite author forever 😀 Stay healthy and safe. Waiting for the next part. And when is next part 🙂 Waiting for your reply

    1. yooon yooon says:
      September 23, 2020 at 8:37 am

      Alheii I’m rlly srry Pixie ?? Thanks Pixie dear thats so sweet of u ?✨? Aww thank u ?? Love u more n more Pixie ?✨? Nxt part indha allah tmrw or day after tmrw ?? aww love u more dear ?✨? ahaaa here is my reply dearlss ?✨? thnkxx again pixie

  3. Pixie says:
    September 22, 2020 at 7:29 pm

    oh me first eh noon.. 🙁 ekamaku just have to say yoon you are so good at writing.. Your way better than my teachers. Love you 😀 Please tell when next part

    1. yooon yooon says:
      September 23, 2020 at 8:46 am

      Alheio issoke dear ?? aww thank u so much Pixie ?✨? alheii thats so sweet of u ?✨? Nxt prt insha allah tmrw or day after tmrw dear

  4. ?LamHaa? says:
    September 22, 2020 at 7:29 pm

    ❤️❤️❤️Maasha allah V reethi mi part vx sisoo
    Curiously waiting For nxt part
    Stay safe n Tc
    Lysm

    1. yooon yooon says:
      September 23, 2020 at 8:55 am

      Aww thank u so much LamHaa dear ?✨? keep waiting dearlss ?✨? Love u more n more ?✨? You stay safe too ?✨? Tgc

  5. Een says:
    September 22, 2020 at 7:30 pm

    Ohhh and me first dhw
    And one more thing you don’t have to apologize cos I know if kameh with viyya ekanikan mi story up nukkoh hunnaany
    Anyway your most welcome and luv you

    1. yooon yooon says:
      September 23, 2020 at 8:58 am

      Labba dearlss u first ?✨? Aww thank u so much ??? Aww love u more n more ?✨? Thankxx for understanding Een dearlingss

  6. ?Ril? says:
    September 22, 2020 at 7:34 pm

    Hiiii Yoon?????
    Missed u soo much dear and ur stry too?❤❤❤❤❤?????????
    Wow vrh sali mi part ves hamaa ??????????????obiness to the max hehehe?????????
    Aaadiyan dhw ey ravikaange dad finally he got to meet his dad dhw❤❤❤❤❤❤❤❤❤❤❤
    Omg ravikaan ge siblings ves hureydhw
    Vrh cute e de kudhinves?❤❤❤???????
    Aley Yoon it’s ok ey srry nuhunaane ingey??????
    And hope to see the next part soon❤❤❤❤❤❤????
    Yoon stry gaa mulijumla kitha part indeythr ❤❤❤??????
    Love uuu❤❤❤
    Stay safe❤❤❤

    1. ?Ril? says:
      September 22, 2020 at 7:37 pm

      And one thing I always support u ingey yooon?????????????
      And I there for u ❤❤❤??????

    2. yooon yooon says:
      September 23, 2020 at 9:08 am

      Heii Ril dearlss ?✨? Alheii I missed u guys too ?✨? Thanks a lot Ril dear ?✨? yesh he finally got to meet his dad dhw ??? yesh he also has siblings ?✨? Thanks for understanding Ril ?✨? Yesh insha allah nxt part vxx soon ?✨? there is 2 or 1 more part stry nimen ?? love u more n more ?✨? you stay safe too ril dear ?✨? take care

    3. yooon yooon says:
      September 23, 2020 at 9:11 am

      Alheii thats so sweet of u dear ?✨? thankxx a lot ril ?✨? That rlly means a lot to me ?✨? Thank u so so much Ril dearls

  7. MizuTy says:
    September 22, 2020 at 7:41 pm

    Maasha Allah varah reethi vaaahaka… Dhen yoon sorry nukiyaane ey… Alhugandah understand vey.. Keep it up this story is the best.. When next? I love you darl

    1. yooon yooon says:
      September 23, 2020 at 9:15 am

      Aww thank u so much MizuTy dearlss ?✨? Alheii thanxx a lot for understanding ?✨? nxt part insha alkah tmrw or day after tmrw ?✨? Love u more n more MizuTy dear ?✨? tgc

  8. ^Kokki^ says:
    September 22, 2020 at 7:43 pm

    Omg yoon sis is back 😀
    I loved this part so much 🙂
    ILUSM yoon sis.. You are my idol
    😀 😀 😀 😀 😀 😀 😀 😀 😀

    1. yooon yooon says:
      September 23, 2020 at 9:18 am

      Ahahaha yesh dearlss ?✨? Thank u so much kokki ?✨? I love u more n more kokki ?? Alheii thats so cute of u kokki ??? Take care

  9. Starlight vixx says:
    September 22, 2020 at 8:02 pm

    Varah reethi mi part ves curiously waiting for the next part ☺️☺️☺️

    1. yooon yooon says:
      September 23, 2020 at 12:07 pm

      Thank u so much Starlight vixx ?✨? Keep waiting dearlss ?✨? stay safe n take care

  10. ? purple says:
    September 22, 2020 at 10:59 pm

    Wow ??? this deserves a trophy ??? you truly are a star

    1. yooon yooon says:
      September 23, 2020 at 12:33 pm

      Aww thats so sweet of u purple dear ?✨? Thank u so much star ?✨? Vrh happy vejje

  11. Lotus? says:
    September 22, 2020 at 11:09 pm

    Wow this part is Amazing Masha Allah ❤️❤️Luv it
    Alhey Ravikaan got to meet his dad dhw…❤️❤️❤️❤️❤️❤️❤️also Emy and Liam vrh cute… ❤️ Yoon dear your stories are wonderful ??☺️☺️❤️❤️ n I missed you dear?❤️??? no need to apologise ❤️☺️❤️❤️☺️
    Curiously waiting for the next part
    ❤️❤️Lysssssm dear

    1. yooon yooon says:
      September 23, 2020 at 1:28 pm

      Aww thankxx a lot Lotus dear ?✨? Yesh he did ?? Glad you like Emi and Liam ?? Aww thankxx a lot Lotus dearlss ?✨? I missed u all too ?? Aww love u more n more ?✨? keep waiting

  12. ish says:
    September 23, 2020 at 12:02 am

    Wow ?? maasha allah speachless ?? your stories are magical, and fabulous yoon ?? keep it coming

    1. yooon yooon says:
      September 23, 2020 at 2:55 pm

      Aww thanks ish dear ?✨? Alheii thats so sweet of u ish ??? insha allah will do my best

  13. vix♥ says:
    September 23, 2020 at 12:05 am

    Emylia is so adorable omg ????? Liam ves varah cute ?????? Saabahey yoon varah molhu ??? hama hithah arany kihineh baaey dhen vaany….. Aneh bai kon dhuvahakun tha ?? avahah genesdheyhchey

    1. yooon yooon says:
      September 23, 2020 at 2:58 pm

      Im so happy you like Emi and Liam ??? Aww thanks vix dear ?✨? ahaha lets see dhw dhn waany kihineh thw ?? insha allah tmrw or day after tmrw genesdheynan ?? yesh insha allah

  14. nishtyy says:
    September 23, 2020 at 12:08 am

    Alhey alhugandu haadha worried vefa ey huree yoon ? missed you a lots ?? how are you???? ?? Rose aky ves Jinni eh dhow??? alhugandu heekuree e insaaneh kamah ? vvvvvvv reethi mi episode ves.. dhen oih epsd kon dhuvahakun tha?? waiting for it

    1. yooon yooon says:
      September 23, 2020 at 3:02 pm

      Alheii i am so srry dearlss ?? Missed u guys too ?? Al’hamdhulillah i am doing great ?? Labba roselia aky vxx jinni kujjeh ? Owh ?? thank u so much Nishtyy ?✨? insha allah tmrw or day after tmrw genesdheynan ?? yesh keep waiting

  15. maishaaaaan14 says:
    September 23, 2020 at 12:12 am

    Varah rythi mi vaahaka ??
    Comment nukurias gavadhun kiyan ??
    Vaahaka mihaa salhi veema comment nukoh nudhevene ??
    Varah reethi ??
    Mee kithah part ge vaahaka eh yoo?? ??
    Waiting to next ??
    Love you ??
    Stay home ??
    Stay safe ??

    1. yooon yooon says:
      September 23, 2020 at 3:05 pm

      Thank u so much maishaaaaaan14 ?✨? owh thank u dearls ?? Alheii i am sk happy to knw that ??? There is 1 or 2 more parts to the end of the stry ?? Keep waiting ?? love u more n more ?✨? you stay safe too

  16. anonymous" says:
    September 23, 2020 at 12:14 am

    Maasha allah??

    1. yooon yooon says:
      September 23, 2020 at 3:07 pm

      Thank you so much anonymous” ?✨? take care

  17. Anonymous says:
    September 23, 2020 at 12:15 am

    Maasha allah??

    1. yooon yooon says:
      September 23, 2020 at 3:08 pm

      Thanks a lot Anonymous dearlss ?✨? take care

  18. uha says:
    September 23, 2020 at 12:17 am

    maasha allah superb?? waiting 4 de nekst pert

    1. yooon yooon says:
      September 23, 2020 at 3:10 pm

      Thanks a lot uha dear ?✨? Keep waiting insha allah the wait won’t be that long

  19. Am❤❤❤ says:
    September 23, 2020 at 5:04 am

    V reethi masha allah
    Stag home❤❤
    Stay safe❤❤

    1. yooon yooon says:
      September 23, 2020 at 3:15 pm

      Thank you so much dear ?✨? aww you stay safe too ?? take care

  20. ?Flower? says:
    September 23, 2020 at 6:29 am

    Hi sis I missed you so much
    Vvvvvvrah amazing mi part ves hama speechless hehehe ???Alhey enme fahun rawikaan ah rawikaan ge dad meet vee dhw. And siblings also
    Waiting for the next
    Lysm ❤️❤️❤️
    Stay safe

    1. yooon yooon says:
      September 23, 2020 at 3:20 pm

      Alheii I missed u all too ??? Thank u so much Flower dear ?✨? yesh emme fahun rawikaan met his father n siblings ?? keep waiting ?? Aww love u more ?✨? You stay safe too flower dearlingss

  21. NAANI says:
    September 23, 2020 at 7:28 am

    It’s ok Yoon.. Ekahala massala thahves dhimaavaane???btw mi part vrh vrh salhi???masha allah ❤️❤️❤️
    Keep it up???
    Curiously waiting for the next part….
    Tc❤️

    1. yooon yooon says:
      September 23, 2020 at 3:23 pm

      Aww thank u so much for understanding ?? thank you so much Naani dear ?✨? yesh insha allah will do my best ?? you take care 2

  22. luciyaa says:
    September 23, 2020 at 10:36 am

    thanks dhoonniii for uploading new one….n its ok darling to be late … we understand that writers beynunvaane times story liyan vx dw.. n strory is aweeeesomm…yooonyyy im ssoooooo curious to know what will happen to next part… this part tho..sooooooooooooooooooooo goooooooooooooooo n niceeeeeeeeeeeee. like before i said it was bestest story ever anyone could ever read …..when next yoonyyy
    lots of love from me ,,,

    stay safe stay home yoony n alll

    1. yooon yooon says:
      September 23, 2020 at 3:30 pm

      Alheii thnk u so much luciyaa dhonniiii ?✨? thankx a lot for understanding ?✨? awww thats so sweet of u dearlss ?✨? ahaha lucyy lets see dhw ?? aww thankxxx a lot lucyyyyyy dearlss ?✨? alhekk i am so happy to knw that ??? nxt soon lwbi lwbi lucyyy ??? Lots of more love frm me ?✨? You stay safe too luciyaa dearlingss ?✨? take good care

  23. Naya? says:
    September 23, 2020 at 11:00 am

    Thank U so much yoooon…. V wait koffin up kurey tho…
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. yooon yooon says:
      September 23, 2020 at 3:34 pm

      Alheii ur welcome dearlss ?✨? and once again rlly srry for the late uploadings ? srry

  24. Naya? says:
    September 23, 2020 at 11:03 am

    V worried v Yoon balii kamah hithaa naayoo Hama dheravgen roveyvaru vefa hurii…???????
    But Gud and happy to know u r back on business…
    Yoon..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ naayoo komme dhuvahakuvs balan up veytho..

    1. yooon yooon says:
      September 23, 2020 at 3:40 pm

      Alheii insha allah I am doing fine ??? alheii i am rlly srry ?? Ahahah yesh I am back ? Aww thats sk sweet of u Nayoo ?✨? Thanx a lot dear ?✨? take care nayoo dearlss

  25. Maash says:
    September 23, 2020 at 11:10 am

    Woow varah reethi mi part??? maash ah eyru ves heyviyye technical massalaeky eyy?? maash message kurin egy yooon ge number ah mi vaahaka nugenesdhythy? aneh kaa e aee aulkeen baa and eyy hama asluves aadhiyanbaa ? waiting for the next part curiously ??

    1. yooon yooon says:
      September 23, 2020 at 6:56 pm

      Aww thankxx Maash ?✨? alheii thats a good guess ?? Owh Yoon e phn vrh madhun check kurani ehnve rep nukurevunee ? yesh lets see dhw ?? keep waiting dearls ?? take care

  26. Eekko_11 says:
    September 23, 2020 at 2:11 pm

    Hey my favvvvvvvv
    This part is also awesome ??????☺️????☺️
    Alheyyyyyyy aadhiyan goas v tha?????
    Noony eii ehen meeheh tha???????
    Curiously waiting for next part dear??????
    Love you so much and tc
    Stay safe

    1. yooon yooon says:
      September 23, 2020 at 7:05 pm

      Heii my eekko dearlss ?✨? thank you so much dearlss ?✨? lets see dhw why aadhiyan laughed ??? Aww love u more n more ?? you stay safe too ?✨? take care eekko dear

  27. Anaa says:
    September 23, 2020 at 2:15 pm

    Wow…. Maash U ves kiyantha…
    Anyway Varah reethi mi part ves…
    ?????❣️???

    1. yooon yooon says:
      September 23, 2020 at 7:08 pm

      Thank u Anaa dearlingss ?✨? vrh happy vehje

  28. Maash says:
    September 23, 2020 at 2:17 pm

    Hmmm i eh nun anaa kairy bunyves kiyan.
    And yooon can we be friends ?

    1. yooon yooon says:
      September 23, 2020 at 7:10 pm

      Labba dearlss we can be frnds hehe ??? happy to accept

  29. A boy says:
    September 23, 2020 at 2:18 pm

    Can you give me your number….

    1. yooon yooon says:
      September 23, 2020 at 7:25 pm

      My xtra number is in -fiya faiyh- part 3 ge comments part ?✨? u can send a text msg to that number and i will reply to u in my number ??? or you can contact me by mailing to [email protected] ?? thnk u

  30. Anonymous says:
    September 23, 2020 at 2:32 pm

    This prt is also fantastic…
    hama???…
    i really liked it and this is one of my fav story in esfiya…
    curiously waiting 4 the next prtt….
    hope u will upload it sooon…??

  31. Anonymous says:
    September 23, 2020 at 4:23 pm

    Tht was me ige yoon dear

    1. yooon yooon says:
      September 23, 2020 at 7:45 pm

      Which comment dearlss..?? didn’t get u adhi ? but still thnk u dear ?✨? take good care

  32. naai says:
    September 23, 2020 at 10:49 pm

    mives vara reethi part ae,, vara kiya hithun kiyaalee..waiting for next part,,,,

    1. yooon yooon says:
      September 23, 2020 at 11:48 pm

      Thanks naai ?✨? vrh ufaa vejje ?? keep waiting insha allah won’t be long ?? take care

  33. thithi says:
    September 23, 2020 at 10:56 pm

    haadha molhu vaaahaka ae key,,mee haadha bura masai kathekey thithi hitha araneee.. a dhi ae haame kiyaa hithun mivaahaka kiyaa lewunu..next part ves mihaa reeethi vaanekamah ummmeeedhu kuran

    1. yooon yooon says:
      September 23, 2020 at 11:51 pm

      Thank u so much thithi dear ?✨? owh yeah writing is not vv easy hehe ?? I am so happy to knw that ?? insha allah nxt part vxx kamu dhaane kamah yoon vx ummeedhu kurani ?? take care and stay safe thithi dear

  34. ✨Naako✨ says:
    September 24, 2020 at 1:26 pm

    Vrh reethi mi part ves curiously waiting for the next part…

    1. yooon yooon says:
      September 26, 2020 at 8:31 am

      Thank u so much Naako 😀 Keep waiting insha allah you will get to read part 27 today.. 🙂 Take care

  35. Aily?? says:
    September 24, 2020 at 3:07 pm

    Yoon dear which day r u going to upload the nxt prtt????…im really curious to know what happened to rawikaaan

    1. yooon yooon says:
      September 26, 2020 at 8:32 am

      Insha Allah today you will get to read that part 😀 Alheii thats so sweet of you thank you so much Aily 😀 keep waiting insha allah will get to read that part soon 🙂 sorry for the late reply tho

  36. Maash says:
    September 24, 2020 at 9:07 pm

    Yooon vaahaka com ah mi part up vejje please mi site ah avahah up kohdheeba??sorry if i was unpatient ?? but can’t wait for next part???? mee mi site in key vaahaka thakuge therein maash ah emme kamudhiya vaahaka varah reethi Maasha Allah ??LYSSM yooon??

    1. yooon yooon says:
      September 26, 2020 at 8:30 am

      Insha Allah I am gonna publish that part right now dearlss 🙂 Alheii issoke I am rlly happy to knw that your waiting 😀 Thats so sweet of you Maash dearlss 😀 Thank u so much 🙂 Love u more and more dearlss 🙂 take good care

  37. Quinnn____ says:
    September 26, 2020 at 9:57 am

    Please bring happiness to zaileen n rawikaans love….. please….. ?❤
    Bwt the story is sooo… gud lately there haven’t been this much gud story I really loved it ❤❤

    1. yooon yooon says:
      September 26, 2020 at 12:48 pm

      Alheii lets see dhw Quinnn 😀 Thank u so much dearlss 🙂 vrh ufaavejje 😀 Nxt part is uploaded now dear 🙂 Thank u so much again 😀 take good care

Comments are closed.

Next Episodeފިޔަފަތް 27←


All Right Reserved!