Skip to content
އެސްފިޔަ

ދުރުކޮށްލަން ހިތް މަގޭ ނޭދޭ..5

އައި މަގުމަތީ އޭނާގެ އެކުވެރިޔާ ދެއްކި ވާހަކަ އަކުން ގެއަށް ވައިން އިރު ވެސް ޝަރޫފްއަށް ދިޔައީ ހެވެމުންނެވެ. ނަަމަވެސް އެ ހިނިތުންވުން ދެމިގެން ދިޔައީ މަދު ސިކުންތުކޮޅަކަށެވެ. ގޭގެ ދޮރުމައްޗަށް އެރުމާއެކު އެތެރެއިން ފެނިގެން ދިޔަ ސޫރަ އަކުން ޝަރޫފް ހުއްޓުން އަރއިގެން ދިޔައިރު ދެފައިގައި ކަސްތޮޅު އެޅުވުން ފަދައެވެ.

*************

” މާމާ..” ވޭނުން ފުރިގެންވި އަޑަކުން ޝަރޫފް އޭނާގެ ބައްޕަގެ މަންމަ އަށް ގޮވާލިއެވެ. މާމާ ގެ ކުރިމަތީގައި އިސްޖަހާލައިގެން ހުރި އާޝިޔާަ ފެނި ޝަރޫފްގެ މެޔަށް ބާރުވެލައިގެން ދިޔައެވެ. ބައްޕަ އާއި އިނދެގެން މަންމަ އެ ގޭގައި އުޅުންއިރު ވެސް މާމަ މަންމަ ދެކެ އަންނަ ރުޅި ޝަރޫފް އަށް އޮޅިފަކާ ނެތެވެ. ނަމަވެސް އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު އެއީ މިއަދާ ހަމައަށް ވެސް ޝަރޫފްގެ ސަމާލުކަން ދަމައިގަތް ކަމެކެވެ. އޭރު އުރުން ދިހަ އަހަރުކަމުން އެކަން ހޯދުމުގެ ޝައުޤުވެރި ކަމެއް ހިތުގައި ނެތް ނަމަވެސް މިއަދު ޝަރޫފް އަކީ އުމުރުން ސޯޅަ އަހަރު ވެފައިވާ ކުއްޖެކެވެ. ވިސްނުން ވެސް ކުރިއަށްވުރެ ހަރުދަނާ ވެފައިވާ އިރު ފޮރުވާ ކަފުންކޮށްފައިވާ އެ ސަބަބު ހޯދަން ޝަރޫފްގެ ޝައުޤުވެރިކަން ދަމައިގަތީ އިންތިހާއަށެވެ.

ހިތްދަތިކަން މިލްކުކޮށްފައިވާ ފިރިހެންވަންތަ އަޑެއް ގޭގެ ދޮރުމަތިން އިވުމާއެކު ސަމީމާ ގޭގެ ދޮރާ ދިމާލަށް ބަލައިލިއެވެ. މޫނުގައިވި ރޫތަކުން ސަމީމާގެ އުމުރުގެ މަތިކަން ދައްކުވައިދެއެވެ. މޫނުމަތީގައި އިިންތިހާއަށް ރުޅިވެރިކަން ވާއިރު ޝަރޫފް ފެނުމުން އެ ރުޅިގަނޑު ހީވީ ދެގުނަ ވިހެންނެވެ. އަނދައަނދާ ހުރި އަލިފާންގަނޑަކަށް ޕެޓްރޯލް އަޅާ އިތުރަށް އެ ހުޅުގަނޑު ބޮޑުކޮށްލެވުނު ކަމުގެ އިހުސާސް ސަމީމާ އަށް ކުރެވުނެވެ. ބުމަރެއް ފަބައިގެން ދިޔަހެން ޝަރޫފް ކައިިރިން އަޅާފައި ސަމީމާ ނުކުމެގެން ދިޔައިރު އެންމެ ފަހަރަކު ވެސް ދޮށީ މާމަ ދަރފުޅުގެ މޫނަށް ބަލާނުލިއެވެ. ލޯބިވާ މާމަގެ ޢަމަލުން ކިތަންމެ ހިތަށް ތަދުވި ނަމަވެސް ހިނިތުންވުމެއްގެ ސިފައިގައި އެ ރިހުން ފޮރުވާލަމުން ޝަރޫފް ގޭތެރެއަށް ވަދެގެން ދިޔައީ އިވެމުން ދިޔަ މަޣްރިބް ނަމާދުގެ ބަނގީގެ އަޑަށް އިޖާބަ ދެމުން އަވަހަށް މިސްކިތަށް ދިއުމަށެވެ. މަންމަ އަށް ހިނިތުންވެލަމުން ދިޔަ ނަމަވެސް ޝަރޫފްގެ ހިތުގައި އެތަށް ޝަކުވާ އެއް ވިޔެވެ. ނަމަވެސް އެހަށް އެކަން ފާޅު ކުރަން އެ ހިތް ނޭދުނީއެވެ. އާޝިޔާ ވެސް ހިތިހިނިތުންވުމެއް ޝަރޫފް އަށް ރައްދުކުރަމުން ކޮޓަރިއަށް ވަދެގެން ދިޔައީ ސަމީމާ އާއި ދެމެދު ދެކުވެނު ވާހަކަ ޝަރޫފް އަށް އަޑުނީވުމުން އެކަމާ ހިތާހިތުން ޝުކުރު ކުރަމުންނެވެ.

***********

” ހައްހައްހައްހައް…. މަ ހާދަ ހިންޏެއް އައޭ މިއަދު.. މަ ހިތް ބުނޭ އެ އަންހެން ކުއްޖާ އަދި މަ ލޮއެއްބަށް އެދި އަންނާނޭ…” އެކުވެރިން ތަކަކާއެކު މަގުމަތީގައި ސަކަރާތް ޖަހަން ހުރުމަށް ފަހު މާއިން ބުނެލިއެވެ. މިއަދު ރާނިޔާގެ ދުލުން އަޑު އިވުނު ބަހަކުން މާއިންގެ ނަފްސަށް ހީވަނީ އާ ފޯރިއަކާ ޖޯޝެއް ވެރިވެގަނެގެން އުޅޭހެންނެވެ. މާއިންގެ ބުނުމަށް އޭނާގެ އެކުވެރިން ވެސް މަލާމާތުގެ ހިނިގަނޑެއް ޖަހާލީ ބޮޑާކަމާއި ކިބުރުވެރިކަން ވެސް އެ ނަފްސުތަކުގެ މައްޗަށް އަތް ގަދަ ކުރުމުންނެވެ.

*********

” މާމާ…..” ރޭގަނޑުގެ ނާސްތާއަށް އިންސާފު ކުރަން އިން ޝައިހާ ކުއްލިއަކަށް ހަޅެއްލަވައިގަންނަމުން ކާގޭ ދޮރާ ދިމާލަށް ދުއްވައިގަތެވެ. އެއާއެކު ސިހިފައި ހަމަ އެ ސުފުރާ މަތީގައި ތިބި ޝައިހާ ގެ ބައްޕަ ޝިމާލް އަދި މަންމަ ޒާނާ ވެސް އެ ދިމާ ބަލައިލިއެވެ. އޭރު ދޮރުމަތީގައި ހުރި މުސްކުޅި އުމުރުފުރައިގެ އަންހެނެއްގެ ގައިގައި އޮޅުލައިގަނެގެން ހުރި ޝައިހާ ފެނި ދެމަފިރިންގެ މޫނުމައްޗަށް ވެސް ވެރިވެގެން ދިޔައީ ފުން ހިނިތުންވުމެކެވެ.

” މަންމަ ކޮންއިރަކު އައީ؟ އަންގާލި ނަމަ އެއްނު ” ޝިމާލް އޭނާގެ މަންމަ އެކަނި އައުމުން އެކަމާ ނުރުހުން ފާޅުކޮށްލިއެވެ. ޒާނާ ވެސް އެކަމަށް އެއްބަސް ވަމުން މަޑު މަޑުން ބޯ ޖަހާލިއެވެ. މާލޭގައި ހުރުމަށްފަހު އެތައް ދުވަހެއް ފަހުން ސަމީމާ އެ ރަށަށް އެއައީ މިއަދުއެވެ. ޝިމާލް މެން އެ ރަށަށް ދިރިއުޅުން ބަދަލު ކުރިފަހުން މިއީ ސަމީމާ އެ ރަށަށް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް އެރަށުން އޭނާ އަށް އެންމެ ފުރަތަމަ ވެސް  މަރުހަބާކީ ފަސްއަޅާ ފޮރުވަން ބޭނުންވާ މާޒީއެވެ. ” މާމަ ގެ ރަންދަރިފުޅަށް ސަސްރައިޒް އެއް ދޭން ވެގެންނޭ ނުބުނީ ދޯ ދަރިފުޅާ ” އޭނާ ކައިރީގައި ދުނިޔޭގެ ހުރިހާ އުފަލެއްހެން މޫނުމައްޗަށް މިލްކުކޮށްގެން ހުރި ޝައިހާ އަށް ޒާނާ ދޯ ދިނެވެ. ” މާމަ ސަސްރައިޒް އެއް ނޫނޭ ސަޕްރައިޒް އޭ..” ހިނިތުންވެލަމުން ޝައިހާ އޭނާގެ މާމަ އަށް އޮޅުނު ބަސް ރަނގަޅުކޮށްދިނެވެ.  އަދި ކަމެއް ހަނދާންވީ ފަދައަކުން ދެލޯ ބޮޑުކޮށްލަމުން ދަނީ ކަމަށް ބުނެ މާމަ ގައިގައި ބައްދާލާފައި ކާގެއިން ނުކުމެގެން ދިޔައީ ޓިއުޝަން އަށް ދާ ގަޑި ޖެހޭތީއެވެ. އަށްގަޑި ބަޔަށް ޓިއުޝަނަށް ދާން ޖެހޭއިރު އެ ގޭގައި ކޮންމެ ރެއަކު ވެސް ޝައިހާ ދިއުމުގެ ކުރިން ރޭގަނޑުގެ ކެއުން ނެގުމަކީ އާއްމުކަމެކެވެ. އެއީ ޝިމާލް އަންގާފައިވާ ގޮތެވެ.

” އެ އަންހެނާ މިރަށުގަ ދޯ އުޅެނީ.. ދާ ކޮންމެ ތާކުން އެކަމެއް އެބަ ޖެހެޔޭ..” ޝައިހާ ގޮސް އޮބާލުމާއެކު ސަމީމާގެ ރުޅިގަނޑު ހިލިގެން ދިޔައީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެއާއެކު ދަތި ގޮތަކަށް ޒާނާ އަދި ޝިމާލްއަށް ވެސް ހިންދިރުވާލެވުނީ އެ ބުނީ ކާކުގެ ވާހަކަ އެއްކަން އެނގުމުންނެވެ. އަދި ޝިމާލް އޭނާގެ ދަތްކުނޑި ވިކާލީ އެ ސޫރަ ލޮލު ކުރިމައްޗަށް ސިފަވުމުން ހެން ހީވިއެވެ. މޫނުމަތިން އިންތިހާ ދަރަޖައިގެ ރުޅި ވެރިކަން ފެނިލިއިރު ޝިމާލް އޭނާގެ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްލިއެވެ.

” މަންމަ އަށް ކިހިނެއް އެނގުނީ ؟ ” މަޑުމަޑުން ޝިމާލް އޭނާގެ މަންމަ ކުރެން އެއްސެވެ.

” އައި މަގުމަތިން ފެނުނީ.. އެހެންވެ އެ ގެއަށް ވަދެފަ މިއައީ ވެސް..” ވިހަ ހިނިތުންވުމަކާ އެކު ސަމީމާ ބުނެލިއެވެ. އުމުރުން ދުވަސްވި ނަމަވެސް އެ މޫނުމަތިން ފެނުނީ މަކަރުވެރިކަމާ، ނުލަފާ ކަމުގެ އިންތިހާއެވެ. ” އެކަމް އެ ކީއްކުރަން..” ސަމީމާ އެ ގެއަށް ވަންނާނީ ނުބައި ނިޔަތެއްގައިކަން އެނގި ހުރެ ވެސް ޝިމާލް އެ ސުވާލުކުރީ ކުރިކަމެއް އެނގެން ބޭނުންވިލެއް ބޮޑުކަމުންނެވެ. ޝިމާލްގެ ސުވާލާއެކު ސަމީމާ ވިހަ ގޮތަކަށް ހީލިއިރު އެ ދެމެދުގައި ދެކެވުނު ވާހަކަ ޝިމާލްގެ ދެމަފިރިންނާ ހިއްސާކޮށްލިއެވެ. އެއާއެކު އެ މީހުންގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ނުރައްކާތެރި ވިދުވަރެކެވެ.

***********

” ހިނގާ ދާން..” ދަބަސް އަޅުވަމުން އަޅުވަމުން ހުރެ ޤުރްއާން ކްލާހުން ނުކުން ރަނާ ރާނިޔާ އަށް ބުނެލިއެވެ. އެއާއެކު ރާނިޔާ ވެސް ކުރިއަށް ހިނގައިގަތީ ގަޑިން ރޭގަނޑު ނުވައެއްޖަހާފައި ވުމާއެކު އަވަހަށް ގެއަށް ދިއުމުގެ ބޭނުމުގައެވެ. އެ ކުދިންގެ މަންމަ ސުމައްޔާ އަށް މިރޭ ބަލާ އާދެވޭ ގޮތް ނުވުމުން ދެކުދިން ގެއަށް ދާން ޖެހުނީ އެކަންޏެވެ. ލަސްވެފައިވުމުގެ ސަބަބުން ހިތުގައި ބިރުވެރި ކަމެއް އުފެދިފައި ވީ ނަމަވެސް ހަމަޖެހިލައިގެން ތިބެ ދެކުދިން ވެސް ކުރިއަށް ހިނގައިގަތީ ﷲ އާ ވަކީލުކޮށްލަމުންނެވެ.

” އޭ މަ ދިޔައީ އޭ… މިހާރު ނުވައެއް ޖަަހައިފި.. މަންމަ ހުންނާނެ ހައިޕާ ވެފަ..” އޭނާގެ އެކުވެރިންނަށް ރޭގަނޑުގެ ވަދާޢީ ސަލާމްކޮށްލަމުން މާއިން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ހުރެ ކުރިއަށް ހިނގައިގަތީ ތުމުން ފުމެމުންނެވެ. ދެއަތް ލައިގެން ހުރި ޖިންސްގެ ޖީބަށް ޖަހާލާފައި ވާއިރު ހިނގުމުގައި ހުރި ފިރިހެންވަންތަ ކަމުން ހިތްގައިމު ކަމަށް ދައްކައެވެ.

************

ޓިއުޝަން ގަޑި ނިންމާލުމަށް ފަހު އެކުވެރިޔަކާ އެކު ގެއަށް ދިއުުމަށް ހިނގައިގަތް ޝަރޫފްގެ މޫނުމަތީގައި ވަނީ ބަޔާންކުރަން އުނދަގު އަސަރުތަކަކެވެ. ހިތްދަތިކަމާއި ރުޅި އެކުވެގެން ޝަރޫފްގެ މޫނުމަތީގައި އުފެދިފައި ވަނީ ތަރުޖަމާކުރަން މާ ފަސޭހަ އަސަރުތަކެއް ނޫނެވެ.

ނަމަވެސް އެކަމުގެ ސަބަބުން ކުޑަކޮށް ނަމަވެސް އެ ފިރިހެންވަންތަ ކަމަށް ބުރޫ އަރާފަކާ ނުވެއެވެ. އެއާ ހިލާފަށް އެ ރީތިކަމާއި ފުރިހަމަކަން ވަނީ އެތަށް ގުނަ އަކަށް އިތުރުވެފައެވެ. ގްރޭކުލައިގެ އަތް ދިގު ޓީޝާޓް އަކާއެކު ލާފައިވަނީ ކަނޑު ނޫކުލައިގެ ޖިންސް އެކެވެ. ލައިގެން ހުރި ޓީޝާޓް އެ ފިރިހެންވަންތަ ހަށިގަޑަށް ހިފާލާފައި ވާއިރު އަންހެން ކުދިންގެ ހިތުގެ ތެޅުން އަވަސްކުރުވުމުގައި ކާމިޔާބު ހޯދޭނެކަން ގައިމެވެ.

ޓިއުޝަން ގަޑި ކަޓުވާލުމަށްފަހު އެކުވެރިންނާއެކު ސަކަރާތް ޖަހަމުން މަގުމަތިން އައި ޝައިހާ އަށް އޭނާގެ ކުރިމަތިން އަންނަމުން ދިޔަ ޝަރޫފް އެއް ނުފެނެއެވެ. އަމިއްލަ ޙިޔާލުތަކުގެ ތެރޭ ޣަރަގުވަމުން ދިޔަ ޝަރޫފް އަށް ވެސް އޭނާގެ ކުރިމަތިން އައި ޝައިހާ އޭނާގެ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ.

” އައުޗް…”

*******

” އައުޗް……” ކޮއްކޮ ރަނާ އާއި މުހިއްމު ވާހަކަ އެއް ދައްކަމުން އައި ރާނިޔާ އަށް އައުޗް އޭ ކިޔާ ތޫލި އަޑަކުން ހަޅެއް ލަވައިގަނެވުނީ ކުރިމަތިން އައިީ މީހެއްގެ ގައިގާ އޭނާ ލައިގަތުމުންނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. Anonymous

    އަޅޭ ލޯބިވެރިޔެއްތިނޫނީ….އެވާހަކަ ފުރަތަމަ އެއްކޮށް ނެރެދީބަލަ ??އެ ވާހަކަ އެއް ކޮން ނިމުނީމަ މިވާހަކަ ކިއަންބޭނުމީ?????

    1. euphoria
      Anonymous

      e vhk vs nereynan vrh avahah ekkoh liyefa publish kuran vgn eiii nimumakaa vrh gaaih vefa e stry inii mihaaru… insha allah vrh avahah nereynan nxt part e vhk ige ngey dear..

  2. Rani

    Yeah! Mii first. Thr? … Masha allah…. When next..? Keep it up jaggooo…. ????

  3. Naa

    Shaiha and Sharoof ge dad aky ekeh. Raaniyaa ais e laigathy maain gaiga. Shaiha e laigathy Shaiha ge beybe gaiga.Loabiveri eh thinoony masheh neydhemey upload kohfin dhow. Adhi pendin ga iny. Varah reeti vaahaka. Waiting for the next episode curiously

  4. NAANI

    Dhe vhk eh koh kiyan v ma vrh udhagoo… Loabiveri eh thinoony masheh neydhemey e vhk furathama nere dhevidhaane tha??? E vhk ah fahu mi vhk……
    Btw mi part ves vrh salhi????masha allah ❤️❤️❤️
    Keep it up???
    Tc ❤️❤️

  5. ? BLOSSOM ?

    wow sissie mi prt ves vrh salhi hama..???? sharoof and shaihaa a ee siblings dhw ..???? alhe haadha alhaigana kudhinves eba ulheyey dhw??? anehkaa maain raaniyaa a dhimaa kuraane….? hama engihure thimanna gaiga jehi gatheyey kiyaafa..????? yageeney.. ehn nahadhaathi ekuhjayah maain… ???? vrh salhi mi prt ves gey sissie..❤️❤️❤️❤️ waiting for the nxt..??? lyssssmmmmmmmm…????? stay safe and secure ???? take care of ur self..????? saranghae sissie..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????

  6. ?Flower?

    Mi part ves varah reethi masha Allah mi sameema Haadha nulafaee dhw??? and sharoof and shaiha aee siblings dhw
    Waiting for the next part
    Lysm ❤️❤️❤️

  7. ?LamHaa?

    ❤️❤️❤️Wow Maasha allah V reethi mi part vx sisoo
    Hehehe.. Raaniyaa jehuny Maain gaiga dhw n shaihaa jehuny sharoof gaiga..☺️ Keevetha sameema sharoof n sharoof ge manma dheke ehaa rulhi annanee.. Sharoof Ey shimaal ge Kuhjeh kaneyge
    Curiously waiting For nxt part sisoo
    Stay safe n Tc
    ❤️❤️❤️Lyyysssmmm

  8. ❤️Scarlet❤️

    Wowwwwwww! MaShaaAllah Hama best!
    So hama siblings dhw shaiha and sharoof ei..
    And raaniya e jehunee Maain gaiga dhww… Foari hunnaane ?????

  9. ?Ril?

    Wow mi part ves vrh sali ❤️❤️❤️??
    Masha Allah keep it up ❤️❤️??
    Thank sis avaha up kohladineethy ingey❤️❤️❤️??
    OMGGGGGGGG Shaihaa and sharooof akee siblings thr❤️❤️????❤️
    Shaihaa hie kiyaagen mioleny eynage ehbahpa ge kuhjakah dhw❤️❤️?????? Shaihaa Ah ingeydhuvahun hunaanee kihinehbaa hehehhe majaa vaane konmeakas?????????❤️❤️
    Pis Pis mioh sameemaa mee haadha nulafaa anhenekey Suhbooo ????????
    Sharooof e laagathy Shaihaa gaagaa and raaniaa E laagathy maain gaagaa dhw hehehe???❤️❤️❤️
    Waiting for the next part sisooo❤️❤️
    Love uuuuuuu sooo much❤️❤️
    Stay safe ingey sis❤️❤️
    އާރިފު ބޭބޭ މިކޮމެންޓް ޕަބްލިޝް ކޮއްދޭއްޗޭ ޕްލީޒް އިނގޭ
    ޕަބްލިޝް ކޮއްދީފީއާ ހަދިޔާއެއް ދޭ ނަން އިނގޭ

    1. ?Ril?
      ?Ril?

      އަޅޭ ޝުކުރިއްޔާ އާރިފޫ
      އާން މިއޮތީ ހަދިޔާ
      OK thanks nubunyas??????????????????????????????

    2. Aarif
      ?Ril?

      Thank you Ril.. Ril mashaa innan veenu

    3. Laiba
      ?Ril?

      ކަލޯ ގަޔާ! މިވީ ކިހިނެތް؟ ރީލޫ މިކޮޔަށް ދެރަ ގޮތެއް ނަހަދާތި!ހިތް ފަޅައިގެން ދިޔަދިޔައިނުން އެސްފިޔަ ސައިޓު ވެސް ކުރިޔަށް ނުގޮސްދާނެ

    4. ?Ril?
      ?Ril?

      އާރިފޫކަލޭމޮޔަވީތަ މަ ނޫޅެން ކައެއަކާއިންނާކައް ޗީ ހީކުރާ ގޮތްދޯ
      މަށައްހަޔޯ ދެން ކޮންމެ ގޮތެއްވިޔަސް މާނީނަނާނަން އާރިފު ކައެއަކާ
      ?????????????????????????????????

    5. ?Ril?
      ?Ril?

      ދެން މަ ކޮމެންޓު ޕަބްލިޝް ކުރާތި މިހެން ބުންޏަސް އާރިފޫ

    6. ?Ril?
      ?Ril?

      ލައިބާ މާ ކީއް ދޯ ކުރާނީ ރަނގީނޭމިއާރިފު މީ 65 އަހަރުގެ މުސްކުޅި ބެއެއްކަން އާރިފޫމަމިބުނީ ތެދެންނުދޯ

    7. Laiba
      ?Ril?

      !!ރިލޫ މާ ރީތީ ކަންނޭނގެ! މަށައްވެސް ޔަޤީނޭ 70 ވެސް ފުރިދާނެ

    8. ?Ril?
      ?Ril?

      އައްޗީ
      އާން 80,ވެސް ވެދާނެ މިހާރު

    9. Thakaholhi
      ?Ril?

      Hahahaha mihaaru ey Mi fennanee Aarifu aa dhimaalah ehchihi kiyaafa hunnathan.. Dhuvas kolhakun Aarifu ah inguneema rulhi fasheh annaane.. Ril dhookoh vx laafaane

    10. Ril
      ?Ril?

      Hehehhehehee eyyy Dhen maakureege kameh dhw thakaholiaaa
      Esoru nudhaane veehya
      Btw can’t mikuraaethygaa flowers netheemaa only name laan mikury

  10. R¥N

    Maasha Allah ??????sisoo varah reethi mi part ves ??????speechless ??????waiting for the next part sisoo ?????????Lve u so much ??????TC ??????

  11. Nubunaanan

    Ehah anneh stry nihmaba…… Raniyaa My fut……varah nubai golaeh dhw ae…. Ma Haadha nahtta a…. Kudhinney Raniya aky nubai golaeh. … Ingythr???….ahaabeya eyna kairi ulhey meehun kairi………. Dhogehthr Euphoria Ma mibuny……

    1. euphoria
      Nubunaanan

      e stry nmeyne vrh avahah mihaaru nimumakaa gaai vamn midhaniii…. vrh avahah insha allah first stry ge baakii huri parts up kuran fashaanan…
      EXCUSE ME… alhugandu beynumeh nun mitha rude vaakah plus miihaku hithuga jehey fadha ehcheh vs bunaakah bt bunelan othy ekaku anekakah bas bunumakii rangalhu kameh nuney… eiii nubai kuhjeh nun.. vrh rangalhu kuhjeh eii maasha allah… alhugandu dhannan vrh kairin eyna… YS DHOGEH THIIII… im srry dear hithuga jehey fadha baheh bunevun nama.. beynumeh nun reader akaa dhimaalah mivaru vs bunaakah bt miadhu majubooru vgn mibuniii… again srry if it hurts yuh …

    2. Rani
      Nubunaanan

      Thanks thikahala nameh dhinymavx……. Enmen hinhama jehey miihakah alhugandu nuvaane……. Ekm enmen hinhama jeheygothah ulheveythw balaalan in sha allah….. May allah bless yuh….

  12. afu

    @nubunaanan kanh kamaa nuvebe dhw haadha j veye myhakah kuri libenh ulhehyaa…

  13. afu

    @nubunaanan vrh loabivey vaahaka eh liyedhybala vrh molhoa vaahaka liyanh…

  14. afu

    ekm hajam kuranh dhaskohlanh jehey…

  15. Afu

    Vaahaka liyaa myhaa dheke foohi vahya amihla ah vaahaka eh liyanh vynu….. Thihaa molhu myhunh nuvaane dhahmyhunh ge vaahaka kiyaakah ??… Raaniya ge goas vaahaka dhahkaa iru thimaa ulhevey goih Neygey furathama….. Myhunh nah respect kuranh dhaskohbala Maughan ves E myheh ge faibudah ahnan jeheyne kanh hadhaan kohbala…. MI VRH VAAHAKA…

  16. Afu

    Kyhve tha amihla nan jahaigeh cmmnt kuranh nukereni myhunh naa dhimaalah ehchehi kiyanh kerey iru amihla nan jahanh nukerey ?? eygenh ves e igeyni thimaa myhaa ge dhahkanh…. Kiyaa ehcheh kiyaa bala kurimahchah araafa ?? thikahala myhunh nakah nuvaane anga inh fonikadaane adhi ???

    1. Afu
      Afu

      Whattt ??? Who are you alhuga ge name nagaign … Siss thts not meee

  17. Laiba

    ހައެހައެ!މިވީކިހިނެތް? ރާނީ ދޫނިކޮޅާ ބަލައިގެން ހިނގައްޗޭ.. އަޅައިގަންގަތީނުން ހިތްވެސް އަޅައިގަނެފާނެ އެއްނު! މި މާއިން އަށް މިހާރު މުގުރިހަ ބޯންނުދީއެއް ނެތެއްނު ކަމެއްވާކަށް !! ކޮންމެސް މީހެއް ލައި އަތަށް މައިކެއް ދީބަލަ މާއިން ގާތު ބުނަން ވެެއްޖެ ,ރާނީ ނޫޅެޔޭ އެސޮރާ ހެދިޔެއް.. އިއުފޯރިޔާ ސިސް ޓިޝޫ ޕެކެއްވެސް ގަންނައްޗޭ!! ފީބަޑި އެއްހެން ފަޅައިގެން ގޮސްފިއްޔާމު މަ ކިހިނެތް މިގޮލާ މަންމައާ ފޭސް ކުރަނީ.. މިވާހަކަ ވަރަށް ރީތި
    sisoo this is obiness to the galaxy
    ލޯބިވާ ދެލޯ ނޭދޭ އާރިފޭ! މި ކޮމެންޓު ޕަބްލިޝް ކޮށްދެއްޗޭ! ވަޅޯމަސް ކިބަޔެއް !ވެދުން ކުރާނަމޭ

  18. ???

    Hii siss ♥️♥️ stry ge this prt hama amazing igey ??? Masha Allah Masha Allah varah varah reethi ♥️♥️♥️♥️♥️ Raaniya e alhai gathee maain ge gaiga shaihaa sharoof gaiga ???? fahun varah maja vaane kahneyge sharoof akee beybe kan iguneema ?? waiting for nxt ??? TC ?? stay safe ?? saranghae ♥️♥️♥️♥️

  19. It's me?

    Wow varah reethi mibai vess ❤️?

  20. ?Xeen?

    ❤❤❤❤❤❤❤❤❤Masha Allah sis varah reethi mi part vx
    Shaiha hitaavegen vegen mi ulhneee amihla beybe or kokko deke dhw..hahah
    Lysmmm sis
    Take care

  21. Anonymous

    V.reethi???waiting for the next part

  22. ެލީމް?

    Oops forgot to write my name that’s why anoymous that name is there

  23. Nonni?

    Miothy dhw E Ril aarifu ah bavaafa??????

    1. Thakaholhi
      Nonni?

      Hooooon Miohthy bavaafa

    2. ?Ril?
      Nonni?

      Dhennnnnnnnn vrh foohi??????????????
      Nonni aa gali thakaholi vess dhww

Comments are closed.