(އެގާރަވަނަބައި)
ހެނދުނު ފާއިތުވެ މެންދުރު ވެގެން ދިޔައިރުވެސް އަލްޔާގެ ހަބަރެއް ނުވިއެވެ. އަކިއަލްގެ ހާސްކަން އިތުރުވެގެން ދިޔައީ ދެނެވެ. ކިތަންމެ ލަހުން ނިދި ނަމަވެސް މެންދުރުވާއިރު އަލްޔާ ކޮޓަރިން ނިކުންނާނެއެވެ. އަލްޔާގެ ފޯނަށް ގުޅުމުން ފޯނު ކެނޑިގެން ދިޔައިރުވެސް ފޯނެއް ނުނަގައެވެ. މެސެޖް ކުރުމުންވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަކިއަލް ސިޓިން ރޫމްގައި ފޯނު ހިފައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. މިވަގުތު ގޭތެރޭގައިވެސް އޭނާގެ އިތުރުން އެހެން މީހަކު ނޫޅެއެވެ. މަލީހާއާއި މާކިން ދިޔައީ ޝާކިރު އަންނަ ތަނަށް އެއާޕޯޓަށެވެ. ސަކީނާވެސް ކައްކާ ނިންމާފައި ކާން ހެދުމަށްފަހު ވީ ބޭރަށް ގޮހެވެ.
ސިޓިން ރޫމްގައި އަކިއަލް ހުންނަތާވެސް މިހާރު ބައި ގަޑިއިރު އިރެއްވަނީއެވެ. އޭނާގެ ހިތުގައި ހާސްކަން ވެރިވާން ފެށިއެވެ. އަނެއްކާ އަލްއަށް ކަމެއްވީބާއެވެ؟ އެޚިޔާލު ހިތަށް ވަނުމުން އޭނާގެ ހިތަށް ބިރުވެރިކަންވަނެވެ. އިތުރަށް ކުޑަހިނދުކޮޅަކުވެސް އޭނާއަކަށް އެތާކު މަޑެއް ނުކުރެވުނެވެ. އަވަސްފިޔަވަޅުތަކެއްގައި އަލްޔާގެ ކޮޓަރީގެ ދޮރާހަމަޔަށް ގޮސް ދެތިން ފަހަރު ބާރަށް ދޮރުގައި ޓަކިޖެހިއެވެ. ދެންވެސް އެތެރެއިން އެއްވެސް ހިލަމެއް ނުވިއެވެ. ޖެހިލުންވެ ހުރެފައިވެސް އަކިއަލް ކޮޓަރީ ދޮރުގެ ތަޅުގައި ހިފާލިއެވެ. އޭނާ ހީކުރިގޮތާއި ހިލާފަށް ކޮޓަރީގެ ދޮރު ހުރީ ތަޅުނުލައެވެ. ތަޅުގައި ހިފާ އަނބުރާލުމާއެކު އިސާހިތަކު ދޮރު ހުޅުވިގެން ދިޔައެވެ. އޭނާ ކޮޓަރިތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. ބޮކީގެ އަލިކަމެއް ނެތްއިރު ކަހާލާފައިވާ ކުޑަދޮރުގެ ދޮރުފޮތިގަނޑުގެ ސަބަބުން ހިސާބުގަނޑުގައިވެސް އަލިކަމެއް ނެތެވެ. އޭނާއަށް އަނދިރީގެ ތެރެއަށް ލޯ ހޭނެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. އަކިއަލް އަވަހަށް ގޮސް ސްވިޗްބޯޑުން ބޮކިތައް ދިއްލާ އަލިކޮށްލިއެވެ. އެނދުގައި ރަޖާގަނޑުން މުޅި މީހާ ފޮރުވައިފައިވާ އަލްޔާ އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އެވަގުތު އޭނާގެ ފިޔަވަޅުތަކަށް މަޑު ޖެހިލިއެވެ. މުޅި މީހާ އެކީ ރަޖާގަނޑުން ފޮރުވާލާފައިވުމުން އަކިއަލްއަށް އަލްޔާގެ މޫނު ފެންނަ ވަރެއް ނުވިއެވެ. އެނދުކައިރިޔަށް ގޮސް އަލްޔާއަށް އޭނާ މަޑުމަޑުން ގޮވާލިއެވެ. އަދި ލަސްލަހުން ރަޖާގަނޑު ނަގައި ފޮރުވާފައިވާ މޫނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަލްޔާގެ މޫނު ރަތްވެ ދެލޯވަނީ މެރިފައެވެ. ތުންފަތް ކުރަކިވެފައިވާއިރު ދިގު އެސްފިޔަތަށް ހަރަކާތް ކުރަމުން ދިޔައީ އެބަރު ދެލޯ ހުޅުވުމަށެވެ. އަލްޔާގެ ތުނިތުނި ހަށިގަނޑު ރޫރޫ އަޅަމުންދިޔައެވެ. އަލްޔާގެ މުނާއި ކަނދުރާގައި އަކިއަލް އަތްޖައްސާލީ ކުރެވުނު ހީ ޔަގީން ކުރުމަށެވެ. އަލްޔާ ވަނީ ހުންއައިސް ރަތްވެފައެވެ. ހުންގަދަކަމުން އަލްޔާގެ ހޭވެރިކަންވެސް ނެތެވެ. އަކިއަލް ވަގުތުން އަލްޔާ ފާޚާނާޔަށް ވައްދައި މާގަނޑު ދޫކޮށްލީ ހުން މަޑުކުރެވޭނެ އެންމެ އަވަސް ގޮތަކީ އެއީ ކަމަށް ވާތީއެވެ. އެފަކީރު ހުމާއި އޮންނަތާ ވީ ކިހާއިރެއް ކަމެއްވެސް އެނގެނީކީ ނޫނެވެ.
ފެންތައް ގަޔަށް އޮހެން ފެށުމުން ހުން އައިސް ރަތްވެފައިވާ އަލްޔާ ތެޅިގަތެވެ. އަދި އެތަނުން ދުރަށް ދާން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ހަށިގަނޑުގައި ވަރެއް ނެތުމުން އަލްޔާއަށް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އަކިއަލް އޭނާގެ ގައިގައި ހިފަހައްޓައިގެން ނެތްނަމަ އަލްޔާ އެހުރި ތަނަށް މިހާރުވެސް ވެއްޓިއްޖައީހެވެ.
އަލްޔާ ފިންޏަށް ކެތްނުކުރެވިގެން އުޅޭ މަންޒަރު ބަލަން ހުންނާކަށް އަކިއަލްއަކަށް ކުޅަދާނައެއް ނުވިއެވެ. އަލްޔާ ގެނެސް އޭނާގެ އަތުގެ ހިމާޔަތްތެރިކަން ދީ ގަޔާލައި ބޮނޑިކޮށްލިއެވެ. އަކިއަލްގެ ހަށިގަނޑުގެ ހޫނުން އަލްޔާއަށް ކުޑަނަމަވެސް ލުއެއް ލިއްބައިދިނުމަށެވެ. އަކިއަލްގެ އަތުތެރޭގައި އަލްޔާވީއިރު އޭނާގެ އަލްޔާގެ ހަރަކާތް ހުއްޓި ލޯ ވަނީ މެރިފައެވެ. އަކިއަލްއަށް އެމޫނަށް ބަލަން ހުރެވުނީއެވެ. އެޖާދުވީ މޫނުގައިވި ބޮޑު ދެލޯ ހުޅުވާލައި އޭނާއަށް ބަލަން ފެށީ ހަމަ އެވަގުތެވެ. އިރުކޮޅަކު އެގޮތައް ދެމީހުންގެ ނަޒަރު ބައްދަލުވެ ހުއްޓެވެ. އަލްޔާއަށް ހުރެވުނުތަނާއި ކައިރީ ހުރީކާކުކަން ވަކިވެ އަވަހަށް ދުރަށް ޖެހިލީ ނުހަނު އަވަހަށެވެ. އެހިނދުން އެދެމެދުގައި ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އެހިނދުކޮޅުގައި އަކިއަލްގެ ސިކުނޑީގެ މަސައްކަތް ހުއްޓުން ކަހަލަ އެވެ. ދައްކާނެ ވާހަކައެއް ހިތައް ނައިސް އިރުކޮޅަކު ހުރެވުނެވެ. “އަލް! އޯކޭތަ މިހާރު؟ ކީއްވެ ހުންއައިސް އޮތްއިރު އަންގާނުލީ؟ އައި ވޯޒް ސޯ ވޮރިޑް” އަކިއަލް ހިތް އަވަސްވެފައިހުރި ވަރުން ސުވާލުތައް އެއް ފައްޗަކަށް އަމުނާލިއެވެ. އެއަށްފަހު އަލްޔާގެ ނިއްކުރީގައި އަތްޖައްސާލައި ހިނިތުންވިއެވެ. ” އަލް އަވަހަށް ޗޭންޖް ކޮށްގެން ނިކުމޭ ބޭސްކާން” އަލްޔާ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
***
އަކިއަލް ކޮޓަރިން ނިކުމެ ފުރަތަމަވެސް ދޮރުގައި ލައްގަނެލުމަށްފަހު އޭނާގެ މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔަގޮތުން ހީވީ މޭ ފަޅާފައި ނިކުންނަން އުޅޭ ހެންނެވެ. އޭނާ ލޯބިވާ ކުއްޖާއާއި އެފަދަ ގޮތަކަށް ކައިރިވެވުމުން އަވަސްވެފައިވާ ހިތް ހަމަޔަކަށް އެޅުމަށްޓަކައި ފުން ނޭވާ ތަކެއް ލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުމަށްޓަކައެވެ. މިހާރު ހަގީގަތުގައިވެސް އަލްޔާދެކެ ލޯބިވެވިއްޖެކަމަށް އޭނާ އަމިއްލަ ޒަމީރުވެސް ގަބޫލު ކުރަން ފަށައިފިއެވެ. ދުވަހަކުވެސް އޭނާގެ ހަޔާތުގައި އަންހެން ކުއްޖަކާމެދު މިހާވަރަށް ވިސްނިފައެއް ނުވެއެވެ.
ކޮޓަރިއަށްވަދެ އަކިއަލް އަވަސްވެގަތީ އޭނާ ލައިގެން ހުރި ޓީޝާޓް ބަދަލު ކުރުމަށެވެ. ތެމިފައިވުމުން އޭނާގެ ކަސްރަތީ ހަށިގަނޑުގައި ހިފާލާފައިވާ ޓީޝާޓް ބޭލުމަށްފަހު އަލަމާރިން އެހެން ޓީޝާޓެއް ނަގައި ބޮލަށް މަހާލީ ހަލުވިކަމާއެކުއެވެ. އެވަގުތުވެސް އޭނާގެ ސިކުޑީގައި އަލްޔާގެ ހިޔާލުތައް އެނބުރެމުން ދިޔައެވެ. ދެންމެ ކަންތައް ކުރެވުނު ގޮތުން އަލްޔާ ހިތްހަމަ ނުޖެހިދާނެތީ އޭނާ ކަންބޮޑުވިއެވެ. އެހެންނަމަވެސް އަލްޔާ ކިތަންމެ ނުރުހުނަސް ހުން އައިސްގެން އެހާލުގައި ބާއްވާކަށް އަކިއަލް ފުރުސަތެއް ނުދޭނެއެވެ. އެއްޗިހި ބަދަލުކުރުމަށްފަހު އަކިއަލް ބަދިގެޔާ ދިމާލަށް މިސްރާބު ޖެހީ އަލްޔާއަށް ބޭސް ދިނުމުގެ ކުރިން ކާއެއްޗެއް ތައްޔާރުކޮށްލުމަށެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސޫޕްއެއް ތައްޔާރު ކޮށްލުމަށްފަހު ބޭސް ހިފައިގެން ގޮސް ކޮޓަރިކައިރީ ހުއްޓިލިއެވެ. އަދި އަލްޔާގެ ކޮޓަރިއަށް ވަނީ ދޮރުގައި ޓަކި ޖަހާލުމަށްފަހުއެވެ. އޭރު އަލްޔާ ހެދުން ބަދަލުކޮށްލުމަށްފަހު އެނދަށް އަރައި އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ހުއްޓެވެ.
ބަނޑުހައިވެފައި ހުރިވަރުން އަކިއަލް ގެނެސްދިން ސޫޕް ތަށި އޭނާ ހުސްކުރިއެވެ. ކައި ނިމުމުން އަކިއަލް ފެން ތަށްޓާއެކު ބޭސްގުޅަ އަލްޔާގެ އަތަށް ލައިދިނެވެ. ބޭސް ގުޅަ ފެނުމުން އަނގަޔަށް ވައްތަރު ޖައްސާލަމުން އަތަށް ބަލަހައްޓައިގެން އަލްޔާއަށް ހުރެވުނީއެވެ. އަލްޔާގެ މިއަމަލުގެ ސަބަބުން އަކިއަލް ގާތަށް ހިނިއައެވެ. ބޭސް ކާން ޖެހޭނެކަން އެނގި އެކަކަށްވެސް ބަލިކަން ނާންގަން ހުރި އަލްޔާ އަކަށް މިފަހަރު ބޭހާ ފިލޭގޮތެއް ނުވިއެވެ. ކުރިމަތީގައި ހުރި އަކިއަލް ކުރުނުކުރުމުން އެންމެފަހުން މެޓައެއް ހިފަހައްޓައިގެން ހުރެ އޭނާ ބޭސް ކެއީ ގަދަކަމުންނެވެ. ބޭސް ކެއުމަކީ އަލްޔާއަށް ވަރަށް ބޮޑު ކަމެކެވެ. ބޮޑުދައިތަ އައުމުން ހޮސްޕިޓަލަށް ދާންވާނޭ ކަމަށާއި ހުންއަންނަ ނަމަ ގުޅުމަށްބުނެ އަކިއަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
އަރާމްކޮށްލަން އޮތް އަލްޔާއަށް ނިދިން ހޭލެވުނީ މީހަކު މޫނުގައި އަތްލިކަން އިހުސާސް ވެގެންނެވެ. ލޯހުޅުވާލިއިރު ފެނުނީ ބޮޑުދައިތައެވެ. މަލީހައްތަގެ މޫނުމަތިން ދެރަވެފައިކަން ހާމަވެގެން ދިޔައެވެ. މަލީހައްތަވެސް ކުރީ ހަމަ އެއް ޝަކުވާއެވެ. މިއަދު މާބޮޑަށް ބިޒީކޮށް އުޅުމުން ބަލައި ނުލެވުމުން އެކަމާ ދެރަވެގެން އުޅުނެވެ. އަދި ބޮޑުދައިތައާއެކު ހޮސްޕިޓަލަށް ދާން އެދުނެވެ. އެހެން ނަމަވެސް ބޭސް ކައިގެން ހުންމަޑުވެފައި ހުރުމުން ހޮސްޕިޓަލަށް ދިއުމަށް އަލްޔާ ދެކޮޅު ހެދިއެވެ. ބޮޑުދައިތަ އިތުރަށް ހުން ގަދަވާނަމަ ދައްކަން ދާންވާނެ ކަމަށް ބުނެ އަލްޔާއަށް އަރާމު ކުރުމަށް ފުރުސަތު ދީފައި ކޮޓަރިން ނިކުތެވެ.
ނިދިފައި އޮތް އަލްޔާއަށް ހޭލެވުނީ ރޭގަނޑު އަށެއް ޖަހައި ބޮޑުވިފަހުންނެވެ. ބޮލުގައި ކުޑަ ރިހުމެއް ހުރުން ފިޔަވައި މިހާރު ހުމުގެ އަސަރެއް ނެތެވެ. އިޝާ ނަމާދުކޮށްލައިގެން އޭނާ ބޭރަށް ނިކުތީ އެއްޗެއް ކާލުމަށެވެ. ސިޓިން ރޫމްގައި މަލީހައްތައާއި ޝާކިރުބޭގެ އިތުރުން މާކިން ހުއްޓެވެ. އެތާގައި އަކިއަލްއެއް ނެތެވެ. އަލްޔާ ފެނުމާއެކު ޝާކިރުބެ ވަރަށް ހިތްހެޔޮކަމާއެކު ވާހަކަ ދެއްކިއެވެ. މާކިންވެސް އަލްޔާ ބަލިވެ އުޅުނު ވާހަކަ އަޑުއިވުމުން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ބޮލުގައި ރިހުމެއް ހުރުމުން ގިނައިރު ބޭރުގައި ނުހުރެ އަލްޔާ އަވަސްވީ ކައިގެން ކޮޓަރިއަށް ދިއުމަށެވެ.
ކޮޓަރި ކައިރިއާ ހަމައަށް ދިޔަތަނާ ބެލްކަންޏަށް ނިކުމެވެން އިންނަ ދޮރު ހުޅުވާލުމަށްފަހު އަކިއަލް އެތެރެއަށް ވަދެގެން އައެވެ. “ތެންކިއު” އަކިއަލް އައިސް އަރާ ހަމަވުމުން އޭނާ އަކިއަލްއަށް ހިތުގެ އެންމެ އަޑިން ޝުކުރު އަދާކުރިއެވއަކިއަލްގެ އެހެޔޮކަން އޭނާ ދުވަހަކުވެސް ހަނދާނުން ނައްތައެއް ނުލާނެއެވެ.
ބަދަލުގައި ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ކުރިއަށް ޖެހިލައި އަކިއަލް އަލްޔާގެ ނިތްކުރިމަތީގައި ނުފުށުން އޭނާގެ އަތް ބާއްވާލައި ހުން ހުރިތޯ ބަލައިލިއެވެ. “މިހާރު އޯކޭތަ؟” އަލްޔާއަށް އަކިއަލްގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. އަކިއަލްގެ ކޮންމެ ރަހުމަތް ތެރިއަކަށްވެސް މިހާ ރަނގަޅަށް ކަންތައް ކުރޭބާއޭ އޭނާގެ ހިތަށް އެރިއެވެ. އަކިއަލްގެ މިހަރަކާތާއެކު އަލްޔާ ފަހަތަށް ޖެހިލިއެވެ. އޭނާގެ ކެތްތެރިކަން މިހާރު ކޮޅުން ލައިފިއެވެ. ކިތަންމެ ވަރަކަށް އަކިއަލްއާއި ދޭތެރޭ ނުވިސްނަން މަސައްކަތް ކުރިއަސް އަކިއަލްގެ އަމަލުތަކުން އޭނާގެ ހިތުގައި އަކިއަލްއަށް ދެވިފައިވާ ދަރަޖަ އިތުރުވަމުން ދިޔައެވެ.
އަލްޔާ ދުރަށް ޖެހިލުމުން އަކިއަލްގެ ހިތުގައި ރިއްސާލިއެވެ.
“ކީއްވެތަ އަހަރެންނަށް ތިހާ ރަނގަޅަށް ކަންތައް ތިކުރަނީ؟ ތިގޮތަށް ކަންތައް ކުރަންޏާ އަހަރެންނަށް ކުށްހީއެއް ކުރެވިދާނެ” އަލްޔާގެ މިޖުމަލްތަކުން އަކިއަލްއަށް ހައިރާންކަން ލިބުނެވެ. އަދި އޭނާގެ ހިތުގައި އުއްމީދު އާވެގެން ދިޔައެވެ.
“ތިބުނީ؟” އަލްޔާ ބުނި އެއްޗެއްގެ މާނަ އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ.
“އެއީ…އަކިއަލްވެސް އަހަރެން ފަދައިން….” ޖުމްލައިގެ އެހާ ހިސާބަށް ގޮސް އަލްޔާ މެދުކަނޑާލިއެވެ.
(ނުނިމޭ)…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Wow mi part ves vrh sali
Masha Allah
Aley aikal aa alyaa haadha CUTE ey omg
Hehhehe
Hope demeehun avaha lwbee ge gothun avaha guleyne kamah hehhe
Waiting for the next par
Luv uuuu❤️❤️❤️
Stay safe ❤️❤️
Love this story wows???????
Mee first dhw ☺️☺️☺️???
Varah reethi Mi prt vx ❤️?❤️??????
When nxt prt?
Not first dhw????but I am third ☺️☺️☺️☺️❤️❤️❤️❤️❤️❤️
Eh hama mareh kalw gayaa❤❤❤❤❤❤❤❤❤❤❤❤ avahah aneh prt plssssssssssssssssssssssssss???????
Wow varah reethi mi part ves
Waiting for the next
woah varah reethi mi part ves waiting for the next part :]
Hadi
ރީތި
Wow so nice, this part