9 އަހަރު ފަސް
ޔުމްނު ގެ އުމުރުން އޭރު ވާނީ 12 އަހަރެވެ. ޔުމްނު އުޅުނީ ގްރޭޑް 6 ގައެވެ. އެއީ 2011 ވަނަ އަހަރެވެ. ޔުމްނުގެ މަންމަ ނޭފަތް އޮޕަރޭޝަން ކުރުމަށްޓަކައި ޔުމްނުގެ ބައްޕަ އެއްބަނޑު ދޮންބޭބެގެ ގޭގައި ޔުމްނު ބެހެއްޓުމަށްފަހު އިންޑިޔާއަށް ދިޔައެވެ. ޔުމްނުވެސް ބޭނުންވީ އެގޭގައި ހުންނާށެވެ. ސަބަބަކީ އެގޭގައި ޔުމްނުއާއި އެއްއުމުރެއްގެ ޔުމްނުއާއި އެއްކުލާހެއްގައި ކިޔަވާ އަންހެން ކުއްޖެއް ހުންނާތީއެވެ. ޔުމްނުއަށްވުރެ 7 މަސް އެކުއްޖާ ބޮޑުވާނެއެވެ. ޔުމްނުއާއި އެކުއްޖާއަކީ ބެސްޓް ފްރެންޑުންވެސް މެއެވެ. ޔުމްނުގެ ހަގަށްހުންނާނީ ޒިޔަން އެވެ. ޒިޔަން ދާން ބޭނުންވީ ބައްޕަ އެއްބަނޑު ކުޑަބެގެ ގެއަށެވެ. އެހެންކަމުން ޒިޔަން ހުރީ ކުޑަބެ ގޭގައެވެ.
ދުވަސްތައް ހަލުވި ކަމާއެކު ހިނގަމުން ދިޔައެވެ. ޔުމްނުގެ ކިޔެވުމަށް ކުއްލިއަކަށް ވަރަށް ބަދަލުތައް އަންނަން ފެށިއެވެ.
މީގެކުރިން ޔުމްނުއަކީކިޔެވުމުގައި މުޅި ސްކޫލުންވެސް އެންމެ މޮޅު ދަރިވަރެވެ. ކިޔެވުމުގައި ނޫނަސް ކުޅިވަރު ކުޅުމުންވެސް އެއްވަނައިގައި އުޅެނީ ޔުމްނު އެވެ.
ނަމަވެސް 2011 ވަނަ އަހަރު ނިމިގެން ދިޔައީ ޔުމްނުގެ ހިތް ރޮއްވާލައިފައެވެ. ފުރަތަމަ ޓާރމް އަދި ދެވަނަ ޓާރމްގައިވެސް ’ސީ‘ ރިޕޯޓެއް ޔުމްނުއަށް ލިބުމުން ހައިރާންވީ ޔުމްނުގެ އާއިލާ މީހުން އެކަންޏެއް ނޫނެވެ. މުޅި ރަށު ރައްޔިތުންވެސް ތިބީ އެކަމާ ބުނާނެ އެއްޗެއް ނޭނގިފައެވެ.
ޔުމްނުގެ މަންމައާއި ބައްޕަ މިކަމާ ވަރަށް ލަދުގަތެވެ އަދި ޔުމްނުއާއި ދިމާލަށް ވަރަށް އެއްޗިހިވެސް ކިޔެވެ. ޔުމްނުއަށް ހަމައެކަނި ބުނެވެނީ ” ނޫން އަޅުގަނޑު ކިޔެވިން ” މިހެން އެކަންޏެވެ.
ޔުމްނު ވަރަށް އެކަނިވެރިވިއެވެ. އާއިލާ އެންމެންވެސް ޔުމްނުމަންމަ ނެތުމުން ކިޔަވަން ފަރުވާކުޑަ ކުރީއޭ ކިޔައިން ޔުމްނުއަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެއްޗިހިކީއެވެ.
އާއިލާ މީހުންގެ އެއްވެސް ހިތްވަރެއް އަދި އެއްވެސް ސަޕޯޓެއް ޔުމްނުއަށް ނުލިބުމުން ޔުމްނު ކިޔެވުން މަތިން ވަރަށް ފޫހިވާން ފެށިއެވެ.
ރަށުން ގްރޭޑް 10 އަކާއި ހިސާބަށް ނުކިޔެވޭތީ 2012 ވަނަ އަހަރު ގްރޭޑް 7ކަށް ޔުމްނު ކިޔަވަންލީ ނ.ހޮޅުދޫއަށެވެ. ހޮޅުދޫގައި ޔުމްނު ކިޔަވަން ހުރީ ޔުމްނު ގެ ދޮންބެއާއި އެއްކޮށް ދޮންބެ ކިޔަވަން ހުރި ގޭގައެވެ.
ދުވަސްތައް ހިނގަމުން ދިޔައީ ވަރަށްވެސް ހަލުއިކަމާއެކުގައެވެ. ނަމަވެސް ޔުމްނުގެ ކިޔެވުމަށް އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ގްރޭޑް 7،8 ހޮޅުދޫގައި ނިންމާލުމަށްފަހު 9،10 ކިޔަވަން ޔުމްނު ބަދަލުވީ ނ.މަނަދޫއަށެވެ.
ޔުމްނުއަކީ ފިރިހެންކުދިން ހިތްކިޔާ ކަހަލައެތައް ސިފައެއް ލިބިފައި ހުރި އަންހެން ކުއްޖެއްކަމުން، ހޮޅުދޫގައި ޔުމްނު ކިޔަވަން އުޅުންއިރުވެސް އެތަށް ފިރިހެން ކުދިންނެއް ޔުމްނުގެ ފަހަތުން ރައްޓެހިވާން އަހަމުން ދުވިއެވެ. އަދި އެތަނުން އެކަކު ޔުމްނުގެ ހިތް އަތުލިވެސް މެއެވެ.
ނަމަވެސް 2014 ވަނަ އަހަރުގެ(9 ގެ އަހަރު) މެދުތެރެއިން އެސޮރު ވަނީއެހާ ދުރުގައި ތިބެގެން ރިލޭޝަން ކުރިއަށް ނުގެންދެވޭނެ ކަމަށްބުނެ ޔުމްނުއާއި ރުޅިވެފައެވެ. ޔުމްނު މިކަމާއި ދެރަވިޔަސް ފަހުން އެހާބޮޑަކަށް އެކަމަކާއި ނުވިސްނައެވެ.
މަނަދޫގައި ކިޔަވަން އުޅުމުގެ ތެރޭގައި ޔުމްނުއާއި އަޅައިގަނެގެން އުޅުން އެރަށުގައި ވަރަށް މަޝްހޫރު ގްރޫޕެއްގައި އުޅުން ވިޝާހް ނަމަކަށް ކިޔާ ސޮރަކު ޔުމްނު ފެންނަ އިރަށް ޔުމްނުއަށް ސިއްރު ސިއްރުން ބަލާ ފަހުން ފަހުން އައިސް ވާހަކަ ދައްކަމުންގޮސް ޔުމްނު އެސޮރުގެ ޖާދޫގައި ރަނގަޅަށް ޖެއްސުވިއެވެ.
ޔުމްނުއަށްވަނީ ވިޝާހްދެކެ އިންތިހާޔަށް ލޯބިވެވިފައެވެ. ނަމަވެސް ވިޝާހް ޔުމްނު ބޭނުންކޮއްލީ ކުޅޭ ކުޅޭ ބުދެއްފަދައިންނެވެ. ޔުމްނު ވިޝާހްދެކެ އިންތިހާޔަށް ލޯބިވިޔަސް ޔުމްނުއަކީ އަހުލާޤް ރަނގަޅު ކުއްޖެއްކަމުން ޔުމްނުގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެވޭކަހަލަ އެއްވެސް ކަމެއް ޔުމްނު ވިޝާހް އެއްކޮށް ނުކުރެއެވެ.
މާގިނަ ދުވަސްތަކެއްނުވެ ޔުމްނުއަށް ވިޝާހްގެ ހަޤީގަތް ހާމަވިއެވެ. އަދި ވަގުތުން ވިޝާހްއާއި އެއްކޮށް އިތުރަށް އެންމެ ވަގުތުކޮޅަކުވެސް އުޅޭކަށް ބޭނުމެއްނެތޭ ބުނުމަށްފަހު ވިޝާހް އާއި ޔުމްނު ރުޅިވިއެވެ. ނަމަވެސް އެ އަހަރުގެ ތެރޭގައި އަލުން ކިތޭފަހަރަކު ޔުމްނު ވިޝާހްއާއި ރައްޓެހިވިއެވެ. ނަމަވެސް އެއީ ސީރިއަސް ރިލޭޝަންޝިޕްއެއް ނޫނެވެ. ޔުމްނު ވެސް ބޭނުންވީ ވިޝާހް ޔުމްނުގެ ބޭނުން ހިފިގޮތަށް ޔުމްނުވެސް ވިޝާހްގެ ބޭނުން ހިފާލާށެވެ.
2014 ވަނަ އަހަރު ވެސް ނިމިގެން ދިޔައީ ހަމަ މިދިޔަ 2 އަހަރެކޭ އެއްގޮތަށް ޔުމްނުއަށް ”ސީ“ ގްރޭޑްއެއް ލިބިގެންނެވެ.
ޔުމްނު މިހާރު އެކަމަކާއި އެހާ ދެރައެއްނުވެއެވެ. ސަބަބަކީ ޔުމްނު މިހާރު ކިޔެވުންދެކެ އިންތިހާޔަށް ފޫހިވެފައިވާތީއެވެ.
2015 ވަނައަހަރު ފެށުންއިރު ޔުމްނު ހުރީ ސިންގަލް ކޮށެވެ. މިއަހަރު ޔުމްނު ހުރީ އެއްވެސް މީހާކާއި ރައްޓެހިނުވާން ހިތުލައިގެންނެވެ. އަދި މިއަހަރަކީ ޔުމްނުގެ ކިޔެވުމުގެ އެންމެ ފަހު އަހަރުކަމުން ޔުމްނު ބޭނުންވީ މިއަހަރު ވަރަށް ރަނގަޅަށް ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދާށެވެ.
2015 ވަނައަހަރު ޔުމްނުއާއި ކައިނާއާއި އުޅުނީ ވަރަށް ރަހުމަތްތެރިކޮށް އެކުއެކީގައެވެ. ކައިނާއަކީ ކުރިންވެސް ޔުމްނުއާއި އެއް ކްލާހެއްގައި ކިޔެވި ކުއްޖެކެވެ. ނަމެވެސް ކުރިން ކައިނާއާއި ޔުމްނުއާއި އެހާ ރައްޓިއްސެއް ނުވާނެއެވެ.
ދުވަސްތައް މަޑުމަޑުން ފާއިތުވަމުން ދިޔައެވެ.
އެއްދުވަހެއްގެ އިރުއޮއްސުން ވަގުތެވެ. ޔުމްނު ވަރަށް ބޮޑަށް ބަނޑަށް ތަދުވެފައި އަކުނިވަޔަށް ދަމާތީ އެނދު ކައިރީ އޮވެގެން އަޑުން އަޑު ނަގާފައި ރޮމުން މަންމައަށް ގޮވަމުން ދިޔައެވެ. މިއަޑު ޔުމްނު ކިޔަވަން ހުރިގޭ ބޭބެއަށް އިވުމުން ދުވެފައި އައިސް ދޮރުހުޅުވާލިއިރު ފެނުނު މަންޒަރުން ވަގުތުން އެމްބިލެންސަށް ގުޅިއެވެ.
ޔުމްނު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޔުމްނުގެ މުޅި ހަށިގަނޑު ވަނީ ނޫވެފައެވެ. ޔުމްނު އެކޭ ހަރު ހިލަގަނޑެކޭ ތަފާތެއްނެތެވެ. އަދި ޔުމްނުގެ ހަށިގަނޑުވެސް އެހާމެ ފިންޏެވެ.
ޔުމްނު ކިޔަވަން ހުރިހޭ ބޭބެ ވަގުތުން ޔުމްނުގެ މަންމައަށް މިހަބަރު ދިނުމުން ޔުމްނުގެ މަންމަ ވަގުތުން ރަށުން ފުރައިން މަނަދޫއަށް ދިޔައެވެ.
ޔުމްނުގެ މަންމައަށް ޔުމްނު ފެނުމުން އަޑުންއަޑުނަގާފައި ރޯންފެށިއެވެ. ޔުމްނުުއަށް ވެފައިއޮތްގޮތް ފެނިފައި ޑޮކްޓަރުންވެސް އުޅުނީ ތެޅިފޮޅެމުން ޔުމްނުގެ އެ ގަނޑުވެފައިވާ ހަށިގަނޑު ހޫނުކޮށް މަޑުކޮއްލެވޭތޯއެވެ.
ޑޮކްޓަރުންނާއި، ނަރުހުންނާއި، ޔުމްނުގެ މަންމައާއި، ޔުމްނުގެ މަންމައާއި އެއްކޮށް އައި ޔުމްނުގެ ތިމާގެ ބޭބެއާއި އެންމެންވެގެން ޔުމްނުގެ މުޅި ހަށިގަނޑު ހޫނުކުރުމަށްޓަކައި އަތްހޭކިއެވެ.
ގަޑިއެއްހާއިރު ވަންދެން ޔުމްނުގައިގައި އަތްހޭކުމަށްފަހު ޔުމްނު ހަމަޔަކަށް އެޅި މީހާ އެއްކޮށް ނޯމަލްވިއެވެ. ނަމަވެސް ޑޮކްޓަރުން ޔުމްނު ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އެރޭ ހޮސްޕިޓަލުގައި މަޑުކުރުމަށްފަހު އޭގެ އަނެއްދުވަހު ލޭގެ ކުޑަ ޓެސްޓެއް ހެދުމަށްފަހު ދޫކޮށްލާނެކަމަށް ބުންޏެވެ. ޔުމްނު މިކަމާއި ވަރަށް ފޫހިވިއެވެ.
ޔުމްނުއާއި ޔުމްނުގެ މަންމަ އެކަނިވީ ވަގުތު ޔުމްނުގެ މަންމަ ޔުމްނު ކައިރީ އަސްލު ކަންތައް ވީގޮތް ކިޔައިދޭން ބުންޏެވެ.
“ބަނޑަށް ތަދުވީ ފުރަތަމަ، ދެން ކުއްލިއަކަށް ބަނޑަށް ތަދުވަމުންވަމުން ގޮސް ބަނޑާއި ދިމާލުން އަކުނިވަޔަށް ދަމައިގަތީ، ދެން މަޑުމަޑުން މުޅި ދެފަޔަށްވެސް ވާނަވެފައި އަކުނިވަޔަށް ދަމައިގަތީ. މީ ހަނދާންވާވަރު” ޔުމްނު ބުންޏެވެ.
ޔުމްނުގެ މަންމަ އިތުރަށް އެއްޗެކޭ ނުބުނެ ޔުމްނު ކައިރީ ދެން އަވަހަށް ނިދަން ބުނުމަށްފަހު ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ.
އޭގެ އަނެއްދުވަހު ޔުމްނު ހޮސްޕިޓަލުން ދޫކޮށްލުމުން ޔުމްނުގެ މަންމަ ފުރައިން ރަށަށް ދިޔައެވެ.
2015 ވަނައަހަރުގެ ބޮޑުއީދު އައުމުން ޔުމްނު ޔުމްނުގެ ރަށަށް ދިޔައެވެ. ބޮޑު އީދަކީ ޔުމްނުއަށް ވަރަށް މަޖާ ދުވަސް ކޮޅެކެވެ.
ބޮޑުއީދުގެ 3ވަނައަށް ވާ ދުވަހަކީ މާލިނެރޭ ދުވަހެވެ. ޔުމްނު ޔުމްނުގެ މަންމައާއި އެއްކޮށް މާލި ނެރޭތަން ބަލާލަން ބޭރަށް ނިކުތެވެ. ޔުމްނުމެންނަށް ނުކިމެވުންއިރު މާލިތައް ބަނދަރަށް ގޮއްސިއެވެ. ޔުމްނުއާއި ޔުމްނުގެ މަންމަވެސް ބަނދަރާއި ވީ ފަރާތަށް ނިކުތެވެ.
ކުއްލިއަކަށް ދެލިމާލިތަށް މީހުން ގައިގައި ދެލިހާކަން ދުއްވައިގަތެވެ. މިއީ ކޮންމެ އަހަރަކުވެސް މިކަން ކުރާ ގޮތެވެ.
ޔުމްނު ހުރީ ތަންކޮޅެއް ދުރުގައިކަމުން ޔުމްނު ހީކުރީ ދެލިމާލިތަކަށް ޔުމްނު ނުފެންނާނެ ކަމަށެވެ. އަދި އެހެން ހުރެފައި އެކި ދިމަދިމާލަށް ކަޅި އުކަމުން ދަނިކޮށް ޔުމްނުއަށް ފެނުނީ ކުޑަކުޑަ ދެ ކުދިން ކައިރިއަށް ލައިގެން ހިނިތުންވެލައިގެން ހުރި އިރުމްއެވެ.
އިރުމްގެ އެ ހިނިތުންވުން ފެނިފައި ޔުމްނުހުރީ އަނގައިން ބަސް ހުއްޓިފައެވެ. އިރުމްގެ އެ ހިނިތުންވުމަކީ އަންހެންކުދިންގެ ހިތްތަށް ކަތިލާނެ ހިނިތުންވުމެއްކަން ގައިމެވެ.
ހަމަގައިމުވެސް ޔުމްނުގެ ހިތް އިރުމްގެ އެ ހިނިތުންވުމުގެ ޖާދޫގައި ރަނގަޅަށްވެސް ޖެހިއްޖެއެވެ.
ޔުމްނުއަށް އިރުމްއާއި ދިމަނޫން އެހެން ދިމާލެއް ނުބެލެއެވެ.
ކުއްލިޔަކަށް ޔުމްނު ސިއްސައިގެން ގޮސް ހަޅޭލަވައިގަނެވުނީ ޔުމްނުގެ ފުރަގަހުން މީހަކު އައިސް ޔުމްނު ގައިގައި އޮޅުލައިގަތުމަށްފަހު މޫނުގައި ދެލި އުނގުޅުމުންނެވެ.
ޔުމްނު ފަހަތަށް އެނބުރި ބަލާލީ ޔުމްނުގައިގައި ދެލި އުނގުޅަން ކެރުނީ ކާކަށްތޯ ބަލާލުމަށެވެ. ޔުމްނު ގައިގައި ދެލި އުނގުޅީ ޔުމްނުގެ ކަޒިން ބޭބެއެކެވެ. ޔުމްނު ބޭބެއާއި ދިމާޔަށް ތުން އަނބުރާލުމަށްފަހު ބޭބެގެ ފަހަތުން ހޭއަރުވާލާނަމޭ ކިޔާ ދުއްވައިގަތެވެ. ނަމަވެސް ޔުމްނުއަށް ޔުމްނުގެ ބޭބެ އަތުވާގޮތެއް ނުވިއެވެ.
ދެން ޔުމްނުއާއި ޔުމްނުގެ މަންމަ އަވަހަށް އެތަނުން ސަލާމަތްވެގެން ގެއަށް ދިޔައެވެ. ގެއަށް ދާން ދިޔަ މަގުމަތީގައިވެސް ޔުމްނު ބެލީ އިރުމްއާއި ދިމަ ބެލޭތޯއެވެ.
ޔުމްނު ޔުމްނުގެ ހުރިހާ ސިއްރެއް ހިއްސާކުރަނީ ޔުމްނުގެ ދޮންބެއަށެވެ. ޔުމްނު ދޮންބެ ކައިރީ އިރުމް ވާހަކަ ބުންޏެވެ. އަދި އިރުމްގެ ނަމްބަރ ދިނުމަށްވެސް ބުންޏެވެ. ދޮންބެ ޔުމްނު އިރުމްއާއި ގުޅެން ވަރަށް އެއްބަހެވެ.
ނަމަވެސް ދޮންބެ ޔުމްނުއާއި ވަރަށް ދިމާކުރިއެވެ. ސަބަބަކީ އިރުމްއަކީ ޔުމްނު ވަރަށް ރުޅިއަންނަ މީހެކެވެ. އެއީ އިރުމް އޭރު އުޅެނީ ރަށުގައި އެންމެ ނުބައިކޮށް އުޅޭ މީހުންނާއި އެއްކޮށްވީމައާއި ސިނގިރޭޓް ބޯތީވެއެވެ. ސިނގިރޭޓް ބޯ ހުރިހާ މީހުންދެކެވެސް ޔުމްނު ވަރަށް ފޫހިވެއެވެ.
ނަމަވެސް މިއަދު މިވަނީ އެ ރުޅި ލޯތްބަށް ބަދަލުވެފައެވެ. އާނއެކެވެ! ޔުމްނުއަށް އިރުމް ދެކެ ލޯބި ވެވިއްޖެއެވެ.
ޔުމްނު ހިތަށްއެރިއެވެ.
“ނަފްރަތަކީ ނުވަތަ ރުޅިއަކީ ލޯބީގެ ފެށުމޭ” މީހުންބުނެއުޅެނީ ހަމަތެދެއްވީމަތާއެވެ!
(މި ޕާޓް އަޕްލޯޑް ކުރުމުގައި އެރި އެރާރ ގެ ސަބަބުންނާއި، ވާހަކަ ރަނގަޅުނުކުރެވި އަޕްލޯޑް ނުކުރެވި ގިނަދުވަސް ވުމުގެ ސަބަބުން އަޅުގަނޑު ހުރިހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މާފަށް އެދެމެވެ.)
އަނެއް ޕާޓަށް އިންތިޒާރް ކޮށްލަށްވާ!
One Comment
Comments are closed.

Nice story.?????