ސެކިއުރިޓީއެއް ނެތް އެގޭގެ ތެރެއަށް މަންހަލްއާއެކު ޔަޒްދާންވެސް ވަނެވެ. ލިފްޓަށް އެރުމުގެ ބަދަލުގައި މަންހަލް އިހްތިޔާރުކުރީ ސިޑިއެވެ. އެންމެމަތީ ފަންގިފިލާއަށް އެރުނު އިރު ދެމީހުންނަށްވެސް މާނޭވާލެވެއެވެ. ކުރިމަތިން ފެންނަންހުރީ އެންމެ ދޮރެކެވެ. ޔަޒްދާން ބަލަންހުއްޓާ މަންހަލް ގޮސް ދޮރުގައި އިން ބެލްއަށް ފިތާލިއެވެ. ކުޑައިރުކޮޅެއްގެ ފަހުން ދޮރު ހުޅުވާ ބޭރަށް ބޯދިއްކޮށްލީ މުސްކުޅި ފުރައިގެ އަންހެނެކެވެ. ދެމީހުންނަށް ފަރުވާތެރި ނަޒަރެއް ދީގެން ޔަޒްދާން ހުއްޓެވެ. އެދެމޫނުމަތިން ފާޅުވާން ހުރި ބީރައްޓެހިކަން އޭނާއަށް ސިއްރު ނުވީ އެހެންވެއެވެ. “ތީ […]
އަހަރެންގެ އުންމީދުތަކުގައި ކުލަޖެހޭނެބާއެވެ.؟ ވިޔާމް އަހަރެންނާއި މެދު ދެކެނީ ކިހިނެއްބާއެވެ؟ ހަތަހާވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ…… ******************************************************************************** ވަރަށް ވިސްނުމަށް ފަހު މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ވިޔާމް ކައިރީގައި ބުނުން ކަމުގައި އަހަރެންނަށް ފެނުނެވެ. ނަމަވެސް ހިތުގައި ބިރުވެރިކަމެއް އުފެދިފައިވުމުގެ ސަބަބަކީ ވިޔާމްގެ ޖަވާބެއް ނޭނގުންކަމުގައި އަހަރެންގެ ނުކިޔަމަންތެރި ހިތަށް ވިސްނައި ދިނުންވެގެން ދިޔައީ ބޭކާރު ކަމަކަށްށެވެ. ނުހަނު ހިތްވަރު ކޮށްފައި އަހަރެން ވިޔާމާއި ބައްދަލު ކުރި ދުވަހެއްގައި ވިޔާމްކައިރީ އަހަރެން ވާހަކައެއް ބުނަން […]
“ހުއްޓާލަ..ތިދެލޮލުން އެންމެ ޓިޔާސް އެއް ވެއްޓޭތަން ބަލަން އަހަންނަކަށް ކުޅަދާނައެއް ނޫން..ގެޔަށް ގޮސްފައެވާހަކަ ދައްކާނި ދޯ” އެތައް ސުވާލެއް ކުރަން ހުރި ނަމަވެސް އާނާ ބޭނުންވި ގޮތައް މިހުރާން ވަގުތު ދޭން ނިންމިއެވެ. *** “ކޫ..ވެއިޓް..” ޔަޒަންގެ ފަހަތުން ދުވެފައި ނުކުމެން ނަވާރްގެ އަޑަށް ޔަޒަން ހުއްޓުނެވެ. ނަމަވެސް ފަހަތައް އެނބުރު ބަލައި ނުލާ ހުރިގޮތައް ހުއްޓެވެ. ޔަޒަން ހުރިގޮތުން އެހިތައް ކޮށްފައިވާ އަސަރު ކިތައްމެ ރަނގަޅަކަށް ވެސް ނަވާރްއަށް ފާހަގަ ވިއެވެ. ނަވާރްގެ ހިތައް ވެސް […]
ހޫދާއި ދިމާލަށް އަހަރެންނަށް ބަލައިލެވުނީ ދެނެވެ. އޭނާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބުނެދޭން ދައްޗެވެ. ނިތްކުރީގައި ދާ ތިކިތިކި ބަބުޅަމުން ދިޔައެވެ. ނޭވާލަނީ އަވަސް އަވަހަށެވެ. ލޮލުން ކަރުނަައިގެ އަސަރު ފެންނަން ހުއްޓެވެ. ހީވަނީ ދެންމެ ދެންމެ އޭގެ މަޤާމު ދޫކޮށް ކަރުނަތައް އޮހިގަނެފާނެހެނެވެ. އެހެނަސް ދެރަވުމަށް ވުރެ ބޮޑަށް އެ ހުރީ ރުޅިއައިސްފައި ކަން އަހަންނަށް ނަގައިގަނެވުނެވެ. އެކަމަކު މި ވަނީ ކީއް ހެއްޔެވެ؟ އެ ވީޑިއޯ އިން ހޫދަށް ފާހަގަ […]
މަތިންދާ ބޯޓުން ފޭބުމާއި އެކު ކުރިއަށް ވުރެ ބޮޑަށް އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ.ސަބަބެއް ނެތިއެއްވެސްނޫނެވެ. މިއަދަކީ އެތައް ދުވަހަކަށް ފަހު އަހަރެންގެ އަމިއްލަ އުފަން ޤައުމަށް އާދެވުނު ދުވަހެވެ.އަހަރެންގެ އާއިލާއާ އެތަށް އަހަރަކު ވަކިން އުޅުމަށް ފަހު ބައްދަލުވާނޭ ދުވަހެވެ. އަންނަ މީހުންގެ ގިމަތައިން ނިކުނެގެން އަހަރެންގެ ފޮށި ދަމަމުން ޓެކްސީ އެއް ލިބޭތޯ ދިޔައިރު އަހަރެން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. އާއިލާގެ އެއްވެސް ފަރާތަކަށް ނާންގާ އަހަރެން ރާއްޖެއައީ އެމީހުން “ސަޕްރައިސް” ކޮއްލުމުގެ ނިޔަތުގައިއެވެ.ވަގުތަކީ […]
ހޮސްޕިޓަލުގެ އެނދެއްގައި އޮތް މަލްކާގެ މޫނައް ބަލަން އިން އަދިޔަންގެ މޫނުމަތިން ފެންނަމުން ދިޔައޭ މާޔޫސްކަމެވެ. އޭނާގެ ބޮލުތެރޭގަ ރިޕޭޓްގައި ޕްލޭކޮއްފަވާ ޓޭޕެއްހެން ހިގަމުން ދިޔައީ މަލްކާ މިހާލުގައި އޮނަން ދިމާވި ނުރައްކާތެރި ހާދިސާއެވެ. އެހާދިސާ ހިގިއިރު އޭނާޔަށް އެވެސް ކަމެއް ނުކުރެ ވުނުކަމާމެދު އައްމިއްލަ ނަފްސާ ހިތާހިތުން އެއްޗެހި ކިޔާލެވުނެވެ. މަޑުމަޑުން މަލްކާގެ ބޮލުގާ ފިރުމާލަމުން ދުވަހަކުވެސް އޭނާޔަށް އިތުރު ގެއަލުމެށް ވިޔަ ނުދޭނެ ކަމަށް ވައުދުވަމުން އޭނާ އެތަނުން ނުކުނަން މިސްރާބު ޖެހީ […]
“ކަމް އިންސައިޑް.. ޔޫ ހޭވް ޓް ފޭސް އިޓް.” އަކްރަމް މިހުރާންގެ އަތުގައި ހިފައިލަމުން އެތެރެއަށް ވަންނަން ބުނެލިއެވެ. ނަމަވެސް ގޮތްނޭނގޭ ސަބަބު ތަކަކާއި މިހުރާން ދިޔައީ ފިނި ވަމުންނެވެ. ފާޑެއްގެ ތުރުތުރެއް ވެސް އަޅަމުން ދިޔައެވެ. އޭނާއަށް އަންނަމުންދިޔަ ބަދަލް ތަކާއި ހުރެ ހައިރާން ވެފައިވާ ހާލު މިހުރާން އެތެރެއަށް ވަނެވެ. އެތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ފެނިގެން ދިޔަ މަންޒަރަކުން މިހުރާންއަށް ހީވީ ފައިދަށުން ބިންގަނޑު ގަނބައިގެން ދިޔަހެންނެވެ. މޫނުމައްޗަށް އަނދިވެ ހުރި ތަނަށް […]
“އަހަރެން މިދަނީ ތަށިތައް ނަގަން.” މަންހަލްއަށް އިވޭވަރަށް ޔަޒްދާން ބުނެލިއެވެ. މަންހަލް އެއްވެސް އެއްޗެކޭ ނުބުނުމުން ޔަޒްދާން ގޮސް މޭޒުމަތީގައި ހުރި ތަށިތައް ނެގިއެވެ. ކޮޓަރީގައި ހުރި ޑަސްބިނަށް ތަށިތައް ލުމަށްފަހު ޑޮކްޓަރާއި ދެމީހުން އެކޮޓަރިން ނުކުތީ ސައިކޮލޮޖިސްޓަށް ވަގުތުދެމުންނެވެ. ދޮޅު ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. ގޮނޑީގައި ނީނދެވިގެން ޔަޒްދާން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. މަންހަލް އޮތް ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް ފަހަތަށް އެނބުރެވުނު ހިނދު، އެހިމަ ދިގު ގޯޅިގަނޑުގެ ކޮޅުން އެމީހުންނާ […]
އަހަރެންގެވެސް އޮންނަނީ ހިިތެއް ނޫންހެއްޔެވެ. ވޭން ވެސް އަޅާނެނޫން ހެއްޔެވެ. ދެރަވެސް ވާނެއެއް ނޫން ހެއްޔެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެއީ އަހަރެންގެ މާޒީއެވެ. އަހެރެންގެ ހަޔާތުން ފޮހެލުމަށް ނުހަނު މަސައްކަތް ކުރާ ނަމަވެސް ފޮހެ ނުލެވުނު ދުވަސްތަކަކީވެސް އެއެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެން މަސައްކަތް ކުރަމުންދާ އޮފީހަކީ ސައުވީސްގަޑިއިރު ހިދުމަތްދޭ އޮފީހެކެވެ. މަސައްކަތްތައް ހުންނަގޮތުން ދުވާލުގެ ހަތަރުދަމާއި ރޭގަނޑުގަޑީގައި މަސައްކަތްކުރަން ޖެހުމަކީ ކޮންމެ މުއައްޒަފެއް ވެސް ކުރަންޖެހޭ ކަމެކެވެ. އަދާކުރަންޖެހޭ […]