މިހާރު އަސްކަނި ދަށުގައި ހުންނަތާ ގާތްގަނޑަކަށް 20 ވަރަކަށް މިނެޓްވީއެވެ. އަދިވެސް ވާރޭ ތުނިކޮށްލާކަށް ނޫޅެއެވެ. އީޝަލްހުރީ ހީވެސް ގަނެފައެވެ. މިފަދަ ދަޑިވަޅެއްގައި ޓެކްސީއެއްވެސް ލިބުން ކަމަކަށް ނުވިއެވެ. ކާރުގެ ބަރުގޮނުގެ އަޑަށް އީޝަލްގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ބަރުގޮނުގެ އަޑު އިވުނީ ކުރިމަތީގައި އޮތް ކާރުންނެވެ. އޭނާއަށް ވަގުތުން އެއީ އަޔާންގެ ކާރުކަން އެނގިގެންދިޔައެވެ.
ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު އަޔާން އީޝަލްއަށް ގޮވާލިއެވެ. އަޔާންގެ އަޑު އީޝަލްއަށް އިވުނުކަމުގައި ވިޔަސް އެއަޑަށް އީޝަލް ދިނީ ބީރު ކަންފަތެކެވެ. އީޝަލް އަޅާނުލުމުން އަޔާން ކާރު ނިކުތެވެ. ކުޑަ ހިފައިގެން އީޝަލްއާއި ދިމާއަށް ދުވެފައި ދިޔައެވެ. އަޔާން ނަޒަރު ހުއްޓުނީ ތުރުތުރުއަޅަމުން ދިޔަ އީޝަލްއަށެވެ. “ކާރަށް އަރަންވީނު!.” އަޔާން އީޝަލްއަށް ބަލަމުން ވާހަކަ ދެއްކިއެވެ. “އަޔާނަށް ކިހިނެއް އެނގުނީ މިތާކަން.” އީޝަލްއަށް ވާހަކަދެއްކިއިރުވެސް އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.
“އެވާހަކަ ދައްކާނީ ފަހުން..އިހަށް ހިނގާ ކާރަށް އަރަން..އޭރަށް އޮފީހަށް ގެންގޮސްދޭނަން.” އަޔާން އެހެންބުނުމަށްފަހު އީޝަލްގެ އަތުގައި ހިފިއެވެ. އީޝަލްއަށް އޭނާގެ އަތާއި ދިމާ އެވަގުތު ބަލާލެވުނެވެ. އަވަހަށް އަތްފޮޅާލަން އުޅުނުކަމުގައިވިޔަސް އެކަންވީ ނާކާމިޔާބެވެ. އަޔާން އީޝަލްގެ އަތުގައި ހިފައިގެން ކާރަށް އެރުވިއެވެ. އޭރުވެސް ބޯކޮށްވާރޭ ވެހެއެވެ. “ކީއްވެ ނުދާން ހުއްޓާ އަތުގަ ހިފައިގެން ތި ގެނައީ؟” އީޝަލް މޫނުމަތިން އެވަގުތު ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ އަސަރެވެ. “ވާރޭތެރެއަށް ދޫކޮށްލަންވީތަ؟ މިގަޑީގައި ޓެކްސީއެއްވެސް ހޯދާކަށް ފަސޭހައެއް ނުވާނެ. އެހެންނޫނަސް މީހާވެސް ތިހިރީހީގަނެފަ.” އަޔާން ހީލަމުން ވާހަކަ ދެއްކިއެވެ.
އަޔާން ކާރު ސްޓާޓްކޮށްލުމަށްފަހު މިސްރާބުޖެހީ ކޮމްޕެނީއަށް ދާށެވެ. ފޯނާކުޅެން އިން އީޝަލް އިރުކޮޅުކޮޅާއި އަޔާނަށް ސިއްރު ސިއްރުން ބަލާލައެވެ. އަޔާނަށް މިކަން ފާހަގަވުމުން އަޔާން ގާތަށް ހިނިއައެވެ.
*********
ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން ތިބި ޔޫނާއާއި ނިޔާޒާއި، ހާދިޔާ ތިބީ ވާހަކަގައިއެވެ. ވާހަކަތަކަށް ހުއްޓުމެއް އައީ ދޮރުގެ ބެލްގެ އަޑަށެވެ. “ކާކުބާ ހެނދުނު ގަޑީގައި އަންނަންވީ؟” ހާދިޔާ ޔޫނާއާއި ނިޔާޒަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ” އަންނާނަން ބަލާލަފައި.” ނިޔާޒު ގޮޑިން ތެދުވަމުން ވާހަކަ ދެއްކިއެވެ. ދޮރު ހުޅުވާލުމުން ނިޔާޒަށް ލިބުނީ ސިހުމެކެވެ. ކުރިމަތީގައި ތިބި ދެ ޕޮލިހުން ފެނިފައެވެ.
“މަންމާ…ޔޫނާ” ނިޔާޒު ބާރަށް ގޮވާލިއެވެ. ” ކީއްކުރަންތޯ މިގެއަށް ތިއައީ؟” ނިޔާޒު ޕޮލިހުންނާއި ސުވާލުކުރިއެވެ. “ނިޔާޒުމެންގެ ބައްޕަގެ މައްސަލައިގައި… މާޒް ގާތު ބުނެފަ އޮންނާނީ ގެއްލިގެން ހޯދާ ވާހަކަ” ޕޮލިހުންގެ ތެރެއިން އެކަކު ބުނެލިއެވެ. ” ބައްޕަ ގެއްލުނީއޭ” ޔޫނާއަށް މިއަޑު އިވުމުން ބުނެލިއެވެ. ” އެންމެންނާވެސް ސުވާލުކުރަން ގެންދަން ޖެހިދާނެ.” ޕޮލިސްއޮފިސަރު ބުނެލިއެވެ. ހާދިޔާގެ ހިތް އެވަގުތު ބާރަށް ތެޅެން ފެށިއެވެ. ޕޮލިސްއޮފިސަރުގެ ވާހަކަ ނިމުމުން އެމީހުން އެތަނުން ދިޔައެވެ.
” އެކަހަލަ ވާހަކައެއް ދޮންބެ ނުވެސް ބުނޭ! މަންމަ ގާތު ބުނިތަ؟” ޔޫނާ އޭނާގެ މަންމައާއި ސުވާލުކުރިއެވެ. “މަންމާ” ޔޫނާއަށާއި ނިޔާޒަށް އެއްފަހަރާ ހަޅޭލަވައިގަނެވުނެވެ. ހާދިޔާ ބިއްމައްޗަށް ވެއްޓިފައި އޮތްތަން ދެމީހުންނަށްވެސް ފެނުނީ ފަހަތް ބަލާލުމުންނެވެ. ހާދިޔާގެ ހިތުގައި އަތް އަޅައިގެން އޮތެވެ. “މަންމާ ތަނަކަށް ތަދުވަނީތަ؟” ނިޔާޒް ސުވާލުކުރިއެވެ. ހާދިޔާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ހާދިޔާ ހޭނިތިއްޖެއެވެ. “ޔޫނާ.. ދޮންބެއަށް ގުޅާ” ނިޔާޒު މިހެން ބުނުމުން ޔޫނާ އަވަހަށް ފޯނު ނަގާ މާޒަށް ޑައިލް ކޮށްލިއެވެ. ފުރަތަމަ ފަހަރު ގުޅާލުމުން މާޒް ފޯނު ނެގިއެވެ.
ޔޫނާ ދިން ޚަބަރުން މާޒް ލަހެއް ފަހެއް ނުވެ، ހޮސްޕިޓަލަށް ދާން މިސްރާބް ޖެހިއެވެ. ނަސީބަކުން އޭރު ބޯކޮށް ވެހުމުން ދިޔަ ވާރޭވެސް ހުއްޓުމަކަށް އައިސްފައިވެއެވެ. އަޔާންގެ ކާރު ކޮމްޕެނީގެ ކުރިމައްޗަށް އެވަގުތު މަޑުކޮށްލިއެވެ. އީޝަލްގެ ނަޒަރު އެވަގުތު އަޅައިގަތީ ބާރަށް ސައިކަލާއި ދިމާއަށް ދުވެފައި ދިޔަ މާޒަށެވެ. ހައިރާންވެފައި މާޒަށް ބަލަން އިން އީޝަލް ސިއްސައިގެން ދިޔައީ އަޔާންގެ އަޑަށެވެ. “ޝުކުރިއްޔާ” މިހެން ބުނުމަށްފަހު އަޔާނަށް ވާހަކަ ދައްކަންވެސް ފުރުޞަތެއް ނުދީ އީޝަލް ކާރު ނިކުމެގެން ދިޔައެވެ.
މާޒް ގޮސް ހޮސްޕިޓަލަށް ވަންއިރު ނިޔާޒާއި ޔޫނާ އޭނާގެ އިންތިޒާރުގައި ތިއްބެވެ. “މަންމަ ކޮބާ؟” މާޒް ވަށައިގެން ނަޒަރު ހިންގާލަމުން ސުވާލުކުރިއެވެ. “މަންމަވީ އައި.ސީ.ޔޫ ގަ” ނިޔާޒު ޖަވާބުދިނެވެ. އަދި ކަން ހިނގާ ދިޔަ ގޮތް މާޒަށް ނިޔާޒު ކިޔާދިނެވެ. ހާސްވެފައިވާ ތިން މީހުންގެ ނަޒަރު ހުއްޓުނީ ޑޮކްޓަރަށެވެ. ” އައިމް ސޮރީ..ހާދިޔާ މިދުނިޔެއާއި ވަކި ވެއްޖެ.. އިޓް ވޯސް އަ ހާޓް އެޓޭކް.” ޑޮކްޓަރުގެ މިޖުމްލަވީ އެ ތިން މީހުންގެ މުޅި ދިރިއުޅުން ބޮއްސުންލައިގެން ދިޔަ ޖުމްލައަކަށެވެ.
މާޒަށް ހީވީ ފައިތިލަ ދަށުން ބިންގަނޑު ދެމިގެންދިޔަހެންނެވެ. ޔޫނާއާއި ނިޔާޒުގެ ހާލަކީވެސް ހަމަ މިއީއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ މުޅި ދިރިއުޅުން ބަދަލުވީއެވެ. އޭނާގެ ހަޔާތު އެންމެ މުހިއްމު މީހާ އޭނާއާއި ވަކިވީއެވެ. ދެތިން ފަހަރު ބޯހުރާލީ މިހުވަފެނެއް ނަމައޭ ބުނާކަހަލަ އިޝާރާތަކުންނެވެ. 3 މީހުންވެސް މަންމަ އޮތް ކޮޓަރިއަށް މަންމަ ދެކިލަން ވަނެވެ. ޔޫނާއަށް މިތަން ފެނިފާ ބާރަށް ރޮއިގަނެވުނެވެ.
ނުނިމޭ
16 Comments!
Comments are closed.



Mashaa allah nice keep it up ?❤️
Haadha kurey
Vaahaka v reethi ♥️
But thankoleh Kuru ?
Yaa… Varah kuru… Ehaa dhuvas kohffa gena eee ma vx ehaa kuru….. Story dhigukoh liyelaathi dhn.. ??????
Thedheh dhigu koh liyaa thi Dhn ?
Mi part ves salhi…but vvvvv kuru Dhn faharakun Dhigu kolladhehchey.. Ingeyyyy plx. Please ?❤️❤️❤️??❤️❤️❤️
It was wonderful… But I think little bit short…ekm next part thankolheh avahah up kohdheeba plz plz plz… Hope so nxt part will be long… ??? n love this story❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️I’m curiously waiting for next part….. ❤️❤️❤️nd lysm dear..
mi part vex vvv reethi … unmeedhu kuran next part miah thuren reethi vaane kamah … dhn mibai than kolheh kuru.. next part mi ah vuren dhigu kohlaathi ingeyy.. avahah up kohdheh cheyy ingeyy…
Hey.. Aminath.. Still I’m waiting 4 next part… Plz upload as fast as u can… Plz plz plz ???
Haadha lahey upload vaaleh.. Avahah up kolladhyba… Please please please… ????
Mihaa lahun up kuranyaa vaahaka nuliye hurey
Yeah.. Haadha Gina dhuvas vejjey mihaar…. Avahah up koh Bala…. I hate it… Thiah vure avahah up kurey????
V slow ingey up kuraalei
Mi story kiyaan foohi vejje. Cause u r uploading too late……………….
Hey dude Avas kobba… Yh Mihaaru haadha Gina dhuvas vejjey.. Avahah up koh Bala. I mihaar foohi vejje Mi kiyan..
Mihaaru mi story kiyaahithun hureveny ehves noon???
Ummeedhu kurany thankolheh avahah aneh part kiyailan libeyne kamah
Masha allah❤️❤️❤️vhk liyaa goiy vrh salhi… Ekm vhk kiyailan libeyley vrh Las….
Tc❤️