ނިކަން ވިސްނަވާށެވެ!
ކުރީދުވަހަކު، އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. ރަހުމަތްތެރިޔާ ފުރަތަމަ ފެނިފައި، އަޅުގަނޑު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. 4 ވަރަކަށް އަހަރު ވަންދެން ބުރުގާ އަޅައި، ނިވާކޮށްގެން އުޅުނު އަޅުގަނޑުގެ ރަހުމަތްތެރިޔާ ހުރީ ބުރުގާ ނަގައިގެންނެވެ. އަތްކުރު ޓޮޕަކާއި ޖީންސެއް ލައިގެން ރަހުމަތްތެރިޔާ ހުރިއިރު، އިސްތަށިގަނޑުވެސް އޮތީ ޒަމާނީ ގޮތަކަށް ސްޓައިލްކޮށްލާފައެވެ.
ހަމައެކަނި އަޅުގަނޑުގެ ރަހުމަތްތެރިޔާ އެކަންޏެއްވެސް ނޫނެވެ. މިއީ މިއަދު އެތައް ކުއްޖެއްގެ ހާލަތެވެ. މިހާރު މިއީ ރާއްޖޭގައި ހަމަ އާންމު ކަމެކެވެ.
ބައެއް ކުދިން އަޅުގަނޑު ގާތުގައި ބުނީ، ބުރުގާ އަޅާހިތްނުވެފައި ހުއްޓާ މަންމަމެން ބުރުގާ އެޅުވީކަމުގައެވެ. އަނެއްބައި ކުދިން ބުނަނީ ބުރުގާއަށްވުރެ، ޒަމާނީ ގޮތްތައް މާކަމުދާކަމުގައެވެ. ބައެއް މައިންބަފައިންވެސް ބުނެއުޅެނީ އެކުދިންނަކީ މިހާރު އުމުރުން ބޮޑެތި ކުދިންކަމަށާއި، އެކުދިން ބުރުގާ ނަގައިގެން އުޅުނަސް، މިހާރު މައިންބަފައިންނަށް ބަސް ނުކިޔޭނެ ކަމުގައެވެ.
އެހެންނަމަވެސް ދަރިން ބޭނުންހައި ގޮތަކަށް އުޅެމުންގެންދާތީ އެކަމާ ދެރަވެ ހިތާމަކޮށް، އެކުދިން އިސްލާހުކުރެވޭތޯ އުޅޭ މައިންބަފައިންނެއްވެސް މިއަދު މަދެއް ނޫނެވެ. ދަރިން އިސްލާހު ނުވުމުން، މިފަދަ މައިންބަފައިންނަށް ދެން ކުރިމަތިލާންޖެހެނީ މީހުންގެ މަލާމާތާއި ފުރައްސާރައާއެވެ.
އަސްލު މައްސަލައަކީ މިއެއްވެސް ނޫނެވެ. މައްސަލައަކީ ބުރުގާގެ މުހިންމުކަން މިހާރުގެ ކުދިންނަށް ނުވިސްނުމެވެ. ބުރުގާ އަޅައި، އައުރަ ނިވާކުރުމަކީ، އަސްލު ކިހައި މުހިންމުކަމެއްކަން އެނގޭނަމަ އެކުދިން އެގޮތަށް ކަންތައް ކުރާނެތޯއެވެ؟ ޔަގީނެވެ. ނުކުރާނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ގިނަ ކުދިންތަކަކަށް މިގޮތަށްވުމަށް ދިމާވަނީ ކުޑައިރުއްސުރެ މައުލޫމާތު އެނގިފައި ނެތުމުގެ ސަބަބުންނެވެ.
މައިންބަފައިންނެވެ. ގަދަބާރުން ކުއްޖާ ލައްވާ ބުރުގާނާޅުވާށެވެ. ފަހަރެއްގައިވެސް، ބުރުގާ އެޅުމާ އަޅުގަނޑު ދެކޮޅު ހަދަނީ ކަމުގައި ހީނުކުރައްވާށެވެ. ގަދަބާރުން ކުރުވާ އެއްވެސް ކަމެއް މާގިނަ ދުވަހު ދެމިނޯންނާނެކަން އެއީ އެންމެންނަށްވެސް އެނގޭ ކަމެކެވެ.
އޭގެ ބަދަލުގައި، ކުއްޖާގެ ޅައިރުއްސުރެ ފެށިގެން ކޮންމެވެސް ވަރަކަށް އެނގޭނެފަދަ ގޮތަކަށް މައުލޫމާތު ކިޔައިދެމުން ގެންދާށެވެ. އަދި ކުއްޖާ ކުރާ ސުވާލުތަކަށްވެސް ޖަވާބުދެއްވާށެވެ. އެހެންނޫނަމަ ޒަމާނުގެ ގޮތްތަކަށް ކުއްޖާ ލޯބިކުރަން ފައްޓާފާނެއެވެ. އޭރުން އެކުއްޖާ އިސްލާހު ކުރަންވެސް އުނދަގޫ ވާނެއެވެ.
ދަރިން ބޮޑެތިވެފައި ތިބި ނަމަވެސް، ނުރަނގަޅު ގޮތަކަށް އުޅޭނަމަ، މައިންބަފައިންނަށް ބަސްކިޔޭނެއެވެ. ދަރީންވާނީ ހަމަ ދަރީންނަށެވެ. މައިންބަފައިންވާނީ ހަމަ މައިންބަފައިންނަށެވެ.
އެހެނިހެން ބޭފުޅުންވެސް މިކުދިންނަށާއި މިކުދިންގެ މައިންބަފައިންނަށް މަލާމާތް ކުރުމުގެ ބަދަލުގައި ފައިދާކުރަނިވި ހެޔޮ ނަސޭހަތެއް ދެއްވުން ކީއްތޯއެވެ؟
13 Comments!
Comments are closed.



Varah rangalhu vahakaeh bunedheefa miothy. Mi kahala msgs beynunvey mi gaumah.
V rangalhu vaahaka thakeh. Maa Shaa ALLAH
V.rangalhu naseyhai kolheh.varah bodu hageegatheh thee…???thnkx?
v v v v ranglhu vaahakaye miee asluves hama miehaaruge haalathu ???
Rangalhu vaahakaeh
True story. Mikahala vaahaka genesdheythy vv ufaaveyy??
Varah rangalhu naseyhaiy kolheh?❤❤
cool…nice
awsome
Buruga alhaa nivaa kuran vaane.. namaves mihaaru fennany karuge vashaigen olhaalaafa onna scaafeh . Hijaabu ge aslu magusadhu haasileh nuvey ehnve .mee alhugandu v dhera vaakameh .ginafaharu buruga naalha haama isthashigandu fennan othas attract nuvaa varah egothah buruga elhyma attrsct vey . Alhugadu vs anhen dharin eba thibi n migotha kudhin buruga alhaigen ulheythan ekudhinnah mifennany ehn ve v undhagoo e umuruge kudhikudhinnah egithah buruga elhun rangalhu noonkan vidnaidheyn .
@Ss vaahaka akun thafaathu bunedhygen visnadheveytho dhen try kohllan jeheynee. Ibrathaa ves eku..
@ Ss thiee hama thedheh. Ekamaku mifaharu mi liyely hama ekani mi mahssala ah
Crystak mee hama hageegathuga vs alhugandu varah dhera vaa kameh. Emme dhera vany gina dhivehinnah hijaabuge aslu maana aai magsadhu olhun nufilaathy noony emyhun ekan gaboolu kuran beynun nuvaathy