އާދައިގެ މަތިން އަހަރެން ޖަލީން އަށް ފަތިސް ނަމާދަށް ގޮވާލީމެވެ. ފާޚާނާއަށް ވަދެ ވުޟޫ ކޮށްގެން ނުކުމެ ކުރުތާއެއް ލުމަށް ފަހު ފުނާ ނަގައި ބޯ އޮމާންކޮށް ރީތިވާންފެށުމުން އަހަރެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަހަރެންނަށް ހުރެވުނީ ކޮޓަރީގެ ދޮރުކައިރީގައި ކަމުން އަހަރެން ޖަލީން ދިއުމަށް ތަން ދައްކާލުމުން އޭނާ ދިޔަތަން ބަލަން ހުރެވުނީ އާގަމަވެފައެވެ. އިއްޔެ އޭނާ ނަމާދު ކުރީ ގެއަށެވެ. އެކަމަކު މިއަދު ފުރިހަމަ މުއުމިނު ފިރިހެނެއް ފަދައިން އެދިޔައީ މިސްކިތަށެވެ.
އަހަރެންވެސް ފާޚާނާއަަށް ވަދެ ވުޟޫކޮށްލުމަށްފަހު ނަމާދު ކޮޓަރިއަށްދާން ހިނގައިގަތީމެވެ. ދިޔައިރު އަންމި ނަމާދު ދޮޅި އަޅައި ނަމާދު ކުރުމަށް ތައްޔާރުވަނީއެވެ. އަހަރެން އަންމިއާއި ދިމާލަށް ހިނިތުންވަމުން އަހަރެންގެ ނަމާދު ދޮޅި ކަބަޑު ތެރެއިން ނަގާއަޅައިލުމަށްފަހު އިސްޓާކީނު ލީމެވެ. “އަންމި އިމާމަކަށް އޯކޭ!” އަންމި ބޯޖަހާލުމަށްފަހު ނަމާދުކުރަން ފެށިއެވެ. ނަމާދު ކުރުމަށްފަހު ހެނދުނުގެ ޒިކުރުތައް ކުރަން އިރުއަރަންދެން ތިބީމެވެ. “ހިނގާ ފިޓްވެލަން ދަމާ” އަންމި މަޖާވެލާފައި ބުންޏެވެ. “އާނ ދޯ” އަހަރެންވެސް ހީލަމުން ބުނީމެވެ. ޓެނިހަށް އަރައިގެން ދެމައިން އެކީގައި ޖޮގިންގ އަށް ނުކުތީމެވެ. މަޑުހިނގުމެއްގައި ދެމައިން ހިނގަމުންގޮސް ދުވެލި ބާރުކޮށްލައި ރީތިކޮށް ދުވަންފެށީމެވެ. އަހަރެން އަންމިއަށް ބަލާލީމެވެ. އަންމީގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ. އައްބޫގެ މަރަށްފަހު އަންމީގެ މޫނުމަތިން މިހާ އުފާވެރިކަމެއް އަހަރެން ނުދެކެމެވެ. އަހަރެން އަބަދުވެސް އެދެނީ އަންމީގެ މޫނުމަތިން މިފެންނަ އުފާވެރިކަމަށް ބަދަލެއް ނައުމެވެ. އަންމީގެ އުމުރާ ބަލާ އަންމިގެ ޞިއްޙަތުވެސް އިރާދަކުރެއްވީތީ ވަރަށްވެސް ރަނގަޅެވެ. އެހިނދު މާތް ﷲ ގެ ހަޟްރަތުގައި އަހަރެންގެ އަންމީއަށް ހެޔޮ ޞިއްހަތާއި ޢާފިޔަތު ދެއްވުމަށް އެދި ދުޢާ ކުރެވުނެެވެ.
ދުވަމުން ދުވަމުންގޮސް އަހަރުމެންނަށް ތިބެވުނީ އަހަރުމެން ޢާއްމުކޮށް އަރާ ފަރުބަދަ ކައިރީގައެވެ. އެ ފަރުބަދައިގައި ހިލައިން ކަނޑާ ނަގާފައިވާ ހަރުފަތްތަކަށް އަރައިގެން ފަރުބަދައިގެ ކުންނަށް އަހަރުމެން އެރީމެވެ. މާނޭވާލަމުން އެތަނުގައި ހުރި ބޮޑުހިލައެއްގެ މަތީގައި ދެމައިން އަރާމުކޮށްލުމަށް އިށީނދެލީމެވެ. އަންމީ ގެނައި ފެންފުޅިން ކޯވަރެއް ބޯލުމަށް ފަހު އަހަންނަށް ދިއްކޮށްލުމުން އަހަރެންވެސް އޭގައި ހިފާ ކޯވަރެއް ބޯލީމެވެ. އެވަރަށް ދުވެފައި ފެންފޮދެއް އަރުތެރޭ ޖެހުމުން އަހަންނަށް އަރާމުކަން އިހްސާސްވިއެވެ. ” ކޮބާ ލައު ޓެސްޓުގެ ނަތީޖާ ލިބޭނީ ކޮން އިރަކު؟ ” މާދަމާ ނޫން އަނެއްދުހު” ފުންނޭވާ އެއްދޫކޮށްލުމަށްފަހު އަހަރެން ބުނީމެވެ. އަހަރެންގެ އަޑުގައިހުރި ނުތަނަވަސްކަން އަންމީ ދެނެގަތެވެ. ” ލައު އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..މާތްﷲ އަށް އިތުބާރު ކުރޭ” އަހަރެން ލުއިހިނިތުންވުމެއް ދެމުން ބޯޖަހާލީމެވެ. “ލައު… އަންމީ އަށް ވަރަށް އުނދަގޫ މިވާހަކަ ބުނަން ” އަހަންނާއި ގާތަށް ޖެހިލަމުން އަހަރެން އަތުގައި ހިފާފައި އަންމި ވާހަކަ ކުރިއަށްގެންދިޔައެވެ. “… އެކަމަކު ލައު އަކީ މިހާރު މީހެއްގެ އަނތްބެއް.. އަންހެންކުއްޖަކު ކައިވެނި ކުރާއިރު އެއީ ފިރިމީހާޔާ އޭނާޔާ ދެމެދު އުފެދޭ ގުޅުމެއް އެކަންޏެއް ނޫން… ފިރިމީހާގެ އާއިލާޔާ މެދު ވެސް އުފެދޭ އެއްޗެއް… ލައު މަންމަ ބުނަން މިއުޅޭ އެއްޗަކީ ލައު ޖަލީންގެ ގެއަށް….” ޖުމްލަ ފުރިހަމަ ނުކޮށް ދޫކޮށްލަމުން އަހަރެންގެ އަތަށް ފިއްތާލިއެވެ. އަހަރެން އަންމީގެ މޫނަށް ބަލާލީމެވެ. އޭރު އަންމީ ހުރީ ފެންކަޅިވެފައެވެ. އަހަރެންނަށްވެސް ވަރަށް އަސަރުކުރިއެވެ. އަހަރެންގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. ނަމަވެސް އަހަރެން ނުރޯން ހިއްވަރުކުރަމުން ލޯމަރާ ތަގުޅިކޮށްލީމެވެ.
“މަންމާ… އަހަންނަށް ނަތީޖާ ލިބި ވަޒީފާއެއް ހަމަޖެހުނު ހާ އަވަހަކަށް އަހަރެން އެގެއަށް ބަދަލުވާނަން……. އަންމީ އެއްމެ ފަހު މަހުގެ ކުލި ދީފިތަ އެމީހުން؟” ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން އަހަރެން އިޝާރާތްކުރީ އަންމީއަށް ނާނާ ( ކާފަ ) ގެ އަތުން ވާރުތައިން ލިބިފައިވާ ބިމަށެވެ. އަންމީ ހުންނަނީ އެބިން ފިހާރަވެރިއަކަށްް ކުއްޔަށް ދީފައެވެ. އެތަނުން ގާތްގަނޑަކަށް 30000ރުޕީސް ލިބެއެވެ. އެއިން އަހަރެމެންނަށް ފުދި އިތުރުވެސްވެއެެވެ.
“އާނ އިއްޔެ ޢުމަރުޗާޗާ ލާރިކޮޅު ޙަވާލުކުރި..” އަހަރެން ވާހަކަ ބަދަލުކޮށްލިކަން އެނގިހުރެވެސް އަންމީ އެކަންމާބޮޑުކަމަކަށް ނަހަދާ ޖަވާބުދިނެވެ. ކުއްލިއަކަށް ވަރަށް ގަދަޔަށް ވައިޖެހެން ފަށައިފިއެވެ. ގަސްތައްހީވަނީ މުލުން ލުހެލައިފާނެ ހެންނެވެ. އުޑުމަތީގައި އޭގެ ވަޒީފާއަދާ ކުރަމުންދިޔަ އިރު އަޅިކުލައިގެ ވިލާތަކަކުން ނިވާވެއްޖެއެވެ. ޖައްވު އަނދިރިވެ މޫސުން ބަދަލުވާން އުޅޭކަމުގެ ސިގްނަލްތައް ދޭންފަށައިފިއެވެ. ” އެ އުޅެނީ ވެހެން ކަންނޭގެ… ހިނގާ ގެއަށްދަމާ ” އަންމީ ފުންމާފައި ތެދުވަމުން ބުންޏެވެ. އަދި މަޖާވެލާފައި އިތުރުކޮށްލިއެވެ. “އެންމެ ފަހުން ގެއަށް ދެވޭ މީހަކީ ތަތް ފިނިހަތްކެއް!!” މިހެން ކިޔާފައި ލައިގެން ހުރި ޖިލްބާބު ކުޑަކޮށް އަރުވާލަމުން ހެމުން ދުއްވައިގަތެވެ. އަހަރެންވެސް އަންމީ އާއި ބައިވެލަމުން ދުއްވައިގަތީމެވެ. ގެޔާއި ހަމަޔަށް ފޯރިއިރު އަހަރުމެން ދެމައިން ތިބީ ރަނގަޅަށްވެސް ތެމިފައެވެ. “އަންމީ އަދިވެސް ލައު އަށްވުރެ ބާރަށް ދުވަން” އަހަންނަށް ވުރެ ކުރިން ގޭގެ އޮޅިމައްޗަށް އަރަމުން އަންމީ ބުންޏެވެ. އަންމީ ދިޔަގޮތަށް ކޮޓަރިއަށް ވަނުމުން އަހަރެންވެސް ކޮޓަރިއަށް ވަނީމެވެ.
ކޮޓަރީގެ ފާރުގައި ހުރި ގަޑި ބަލާލިއިރު ގަޑިން ހަތްގަޑި ބައެވެ. އަހަރެން ފާޚާނާއަށް ވަދެ ގައިދޮވެލުމަށްފަހު ނުކުމެ ގޭތެރެލާ ހައުސްކޯޓް ލައިގެން ބަދިގެއަށް ދާން ހިނގައިގަތްވަގުތު ލޮލުގައި އަޅައިގަތީ ވަރަށް އަރާމުކޮށް ޖަލީންނިދާފައި އޮއްވައެވެ. ޖަލީން އަކީ ދޮންމީހެކެވެ. މާކަސްރަތީ ހަށިގަނޑެއް ނޫނަކަސް ފަލައެއްވެސްނޫނެވެ. ތުނިކޮށް ކޮށާފައިވާ ބޮލެކެވެ. ހެޔޮވަރު މަތިމަހަކެވެ. އަަހަންނާއި އިނުމަށްފަހު ތުނބުޅި ނުބާލާކަން ދޭހަކޮށްދެނީ މޫނު މަތީގައި ފަޅާފައި ހުރި ކުރު ތުނބުޅިންނެވެ. އޭނާގެ މޫނުމަތިން އެ ވަގުތު ފެންނަމުންދިޔަ މަޢުޞޫމް ކަމުން މީހަކަށް ލަނޑެއް އަނިޔާއެއްދީފާނެ ވައްތަރެއް ނުޖަހައެވެ. އެކަމަކު އަހަރެންނަށް އޭނާގެ މޫނަށް ނަފުރަތު ނޫން އިޙްސާސަކާއެކު ބެލޭނެ ދުވަހެއް އަންނާނެ ބާއެވެ؟؟ . އަހަރެންގެ ޢިއްފަތާއި ޢިސްމަތު ވެއްޔާ މޮޑެލި ހަނދާން އެމޫނު ފެންނަ ކޮންމެ ފަހަރަކު އާ ނުވާނެ ދުވަހެއް އަންނާނެބާއެވެ؟؟ އެހެނަސް މިއަދު އަހަރެން މިވަނީ ޚުދު އަހަރެންގެ އަމިއްލަ ނަފްސަށް ގޮންޖަހާލައިފައެވެ. އެއީ އެހެން އަންހެނުންނާއި މުޅިން ތަފާތު ގޮތަކަށް އަހަރެންގެ ޙަޔާތުގައި ޖެހުނު ލައްގަނޑުގެ ބަދަލު ހޯދުމެވެ. އަދި އެކަން ކުރުމުގެ ތެރޭގައި ޖަލީން އަކީ އިޞްލާޙުވެފައިވާ މީހަކަށް ހެދުމެވެ. ޚިޔާލުގެ މި ތޫފާނުން އަހަރެންނަށް ހޭވެރިކަންވީ ޖަލީން ނިދާފައި އޮވެ އިއްވާލި އަޑަކަށެވެ.
އޭނާ އޮތީ ފިނިކަމުންގޮސް ކުރުގެޅިގެން ދެފައި އަނގަޔަށްލައިގެންނެވެ. ބައެއް ފަހަރަށް ކުކުރާލައެވެ އަނެއްބައިފަހަރަށް އޭނާގެ ދަތް ތުރުތުރު އަޅާލައެވެ. އަހަރެން އޭސީގެ ފިނި މަޑުކޮށްލުމަށްފަހު ރަޖާގަނޑު ނަގާ ޖަލީންގެ ގައިގައި އަޅާލީމެވެ. އޭނާ ފިނިން ސަލާމަތްވަމުން ރަޖާގަނޑުގެ ތެރެއަށް ބޮނޑިވެގަތެވެ. އަހަރެންވެސް އަންމީއާ އެކު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ބަދިގެއާއި ދިމާއަށް މިސްރާބު ޖެހީމެވެ. އޭރު އަންމީ ސަބްޒީ ހެދުމަށް ފިޔާ ކޮށަކޮށާހުއްޓެވެ. އަހަރެން ފެނުމުން އަންމީ އަހަންނަށް ބަލައިލިއެވެ. “ކޮބާ ޖަލީން ނުކުންނަނީ ކޮންއިރަކު؟؟” “އަމްްްމމ ނުވައެއް ޖަހާކަށްހައިއިރު…” ޔަޤީންނުވެހުރެ އަހަރެން ބުނީމެވެ. ސައިހަދާ ތައްޔާރުވިއިރު 8:30 ވެއްޖެއެވެ. ޖަލީން 9 ޖަހާއިރަށް ވަޒީފާއަށް ނުކުންނަން ޖެހޭކަން ހަނދާންވެ ވަރަށްބާރަށް އަހަރެން ބަދިގެއިން ނުކުތީމެވެ. ވަކިހިސާބަކުން ވަރަށްބާރަށް ގޮސް މީހެއްގެ ގައިގައިޖެހިއްޖެއެވެ. އެއާއެކު އަަހަރެން ފައިކައްސާލާއިގެން އިދިފުށަށް ވެއްޓެން ދިޔައެވެ. ނަމަވެސް އެމީހަކުގެ ބާރުގަދަ އަތުން އަހަރެންގެ ލުއި ހަށިގަނޑު ސަަމާލުކުރުވާ އަހަރެންގެ ބުރަކަށީގައި އަނެއް އަތް އަތް ޖައްސާލަމުން ކޮޅަށް ނެގިއެވެ. އެވަގުތު އަހަރެން ސަލާމަތް ކުރި މީހާއަށް ބަލާލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެއީ ޖަލީން އެވެ. އަހަރެންގެ ފިރިމީހާއެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ތެޅިފޮޅިގަނެވުނެވެ. އަދި ޖަލީންވެސް ފަހަތަށްޖެހި ކަރުކެހިލާ ނޭނގޭކަމަށް ހެދިގަތެވެ…… (ނުނިމޭ)
24 Comments!
Comments are closed.


nice….
Anmmee appoo nukiyakas liyeveyne dhe. Dhen alhe mivaahaka emyhunge bahun liyun nama. Story reethi. Ekamaku ehen huryma varah od dhen
Thanx for the comment. The R ge mi story ge setting akee pakistan ehenve efeel gennan e names beynun kuranee… Mi story hen story thakah vure unique vaa sababakee ves e ee. Komme meehehge ves taste thafaathuvaane maybe this type isn’t for you. Or may be ethan thanaa ekkoh kiyamun dhiya dhiya hen od kan filan ves fashaafaane.
Nice dear. ?
Thanx dear…
Salhi story eh. .
thanks rash…
v salhi
thanks… ❤
V reethi
thnks for the comment and im happy that you liked it
Varaha salhi… migothei hifahahtaala
vara bodo shukuriyya ❤
R next part miadhu upvane tha
Mi vaahaka up vanee kondhuvass thakehgaatha.
Vaahaka v reethi
Mihaaru mivaahaka reehchakas kiyaahitheh nuvey mahak ehfaharu annaathee
wow!! wow!! wow!!story madu madu rom ebavy heevani 2 meahun lobi vaanehen ?
taxi!!! booom booom… this has become one of my favorites of all the time
dhen thankolhe avaha up kobalaaaaa i just cant wait dhen vaane goth balaaaaaaannnnnn
dhenme mivaahaka mivefuni feshi gotha 9th vana ep kiyaa nimaalin one sit in.. gadi dhiya gotheves i have no clue love it
thumbs up from demmi love you the r???dhen demmi bunana bynumi thankolhe avaha up kuraashy erun tho kiyaath vani..
dhen vaani kihineh baaaaaaaa………
Kobaa taxi ge 10vanabai plx
Mi vaahaka 9 vana ba ah fahu nuliyuvvanee thoa? pls answer