” އޭ.. އަހަރުން މިކޮޓަރި ބޭނުންވެއްޖެ.. ކެ ދޭ އެހެން ކޮޓަރިއަކަށް” މައިރާ އަމުރު ކޮށްލަމުން ބުނެލިއެވެ. ” މައިރާ ޕްލީޒް” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. އިތުރު ބަހެއް ބުނެވުމުގެ ކުރިން ޒިވާން ބާރަށް ހިނގާފައި އައިސް އަރުޝީގެ އަތުގައި ހިފައި ދަމަމުން ކޮޓަރިން ބޭރަށްލާ ތަޅުލީ އަރުޝީގެ އާދޭސް ތަކަށް ބީރު ކަންފަތެއް ދެމުންނެވެ. އަރުޝީއަށް މޭގައި އަތް އަޅާލެވުނީ ހިތުގައި ޖެހުނުވަރުންނެވެ. ގިސްލަމުން އަނގަމަތީގައި އެޅީ އެހެން މީހަކަށް އިވިދާނެތީއެވެ. މަޑުން މަޑުން ހިނގާފައި […]
” ދަނޑިބުރިއާއި ހިލަ ތިބާގެ ކަށިތައް ބުރިކޮށްފާނެ އެވެ. އެކަމަކު ލަފުޒުތައް ތިބާ އަށް ދުވަހަކު ވެސް ތަދެއް ނުކުރާނެ އެވެ.” މިހެން ބުނި ކޮންމެ މީހަކީ ދޮގުވެރި އެކެވެ. އޭގެ ޒާތުގައި، އަހުރެންގެ އިސްކޫލު ދައުރުގެ ދާއިރާގައި ހިނގާދިޔަ ތަފާތު ހާދިސާތައް، އަހުރެން، މިއަދުގެ އަހުރެންނަށް ބައްޓަން ކޮށްދީފައި ވާއިރު ހީވަނީ މިއީ ވަރަށް ކުޑަ މުހިންމު ނޫން ކަމެއް ހެންނެވެ. ކޮންމެއަކަސް އެ ކަންކަން އެކުކޮށް ލުމުން، އެ ކަންކަން ވެދަނީ އަހުރެންގެ އަދުގެ […]
އެއަށްފަހު އަރުޝީއަށް ބަލާލުމެއްވެސް ނެތި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. މިމަންޒަރު އަރުޝީއަށް ފެނުނީ ފުސްކޮށެވެ. އެއަށްފަހުދެންވީ ގޮތެއް ނޭނގުނެވެ. ދެފަހަރަކު ލޯތަޅުވާލުމަށްފަހު އަރުޝީ ލޯ ހުޅުވާލިއެވެ. މަޑު މަޑު އާހަކާއެކު ބޮލުގައި ހިފަހައްޓާލީ ބޮލުގައި ރިހުމެއް ހުރީމައެވެ. ތެދުވަން މަސައްކަތް ކުރުމަށް އަނެއް އަތް އެނދުގައި ވިއްދާލުމާއެކު އަތުގެ ވާގި ދޫވެ އަނެއްކާވެސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް ލޯމަރާލީ ބޮލަށް ބަރުވެ ރިއްސާލެއް ބޮޑުކަމުންނެވެ. ދެވަނަ ފަހަރަށް ލޯހުޅުވާލުމާއެކު ސިހިގެން ދިޔައީ ކައިރީގައި އިށީނދެގެން އިން ޒިވާން […]
ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ތިޝާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. މިކަންވީ ބައްރާ ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލި އެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. “ތިޝާ ކީއްވެބާ އެގޮތަށް […]
މައިރާގެ އަޑާއެކު ޒިވާން ސިހިފައި އަރުޝީ ގައިން ދޫކޮށްލިއިރު އަރުޝީވެސް އަވަހަށް ޒިވާންގެ އުނގުމަތިން ތެދުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ. ” ސޮރީ ޑިސްޓަރބް ކޮށްލެވުނީމަ..” މައިރާ މާފަށް އެދުމުން އަރުޝީ އެއީ ކަމެއް ނޫން ކަމަށް ބުނެ ސައި ބޯން އައުމަށް މައިރާ އަށް ދައުވަތު ދިނެވެ. ” ޒިވާން މުސާރަ ކަންތަކާ ވާހަކަ ދައްކާލަންވެގެން އައީ” އަރުޝީއަށް ވަކި ޖަވާބެއް ނުދީ މައިރާ ޒިވާން އަށް ބުންޏެވެ. ” އާނ… މުސާރަ ދޯ… މިއަދު […]
ޒިވާންގެ ކޮޓަރީގެ ބޮޑު އެނދުމަތީގައި އިށީނދެލައިގެން އަރުޝީ އިނީ ޒިވާންގެ އިންތިޒާރުގައެވެ. ބިރުން ގޮސް މީހާ ފިނިވެފައި އިން އިރު ދެއަތް ދެއަތާ މޮޑެވެމުން ދިޔައީ މިރޭ ކުރިމަތިލާންޖެހޭނޭ އިމްތިހާނާ ދޭތޭރޭ ވިސްނަމުންނެވެ. އިރުކޮޅަކުން ޒިވާން އައިސް ވަންތަން ފެނުމާއެކު އަރުޝީއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެެ. ވަނުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލައި ތަޅުލުމުން އަރުޝީގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއަށް ފަހު ޒިވާން މަޑުން މަޑުން އަރުޝީއާއި ދިމާއަށް އަންނަން ފެށުުމުން އަރުޝީ އިސްޖަހާލީ ބިރުގަނެފައި ހުރި ޒިވާން […]
މޫދުގައި ކުޅެން ތިބި ކުދިންނާ ދިމާއަށް ބަލަހައްޓައިގެން އިން ތިޝާގެ މޫނުމަތިން ފެންނަމުން ދިޔައި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ތުންފަތްމަތީގައި ވަނީ ލުއިލުއި ހިނިތުންވުމެކެވެ. ދިގު ފަން އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައިރު ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ކުޑަކުދިން ކުޅޭ ހިތްގައިމު މަންޒަރަށް ބަލަން އިން ތިޝާގެ ނަޒަރު ވަކި ކޮށްލެވުނީ ފަހަތުން މެދު އުމުރު އަންހެނަކު ގޮވާލި އަޑަށެވެ. އެނބުރި ފަހަތް ބަލާލިއިރު ބައްރާ ތިޝާ އިން ދިމާއަށް އަންނަނީއެވެ. ބައްރާ އަކީ ތިޝާ އުުޅެމުންދާ ގޭގެ […]
ގެއިން ނިކުމެގެން ދިޔަ ޒިވާންގެ މިސްރާބު ހުރީ އެދިމާލުގައި އޮންނަ ބޯގަސްތަކާ ދިމާއަށެވެ. އެހިސާބާ އަރާ ހަމަވުމަށްފަހު ގަހެއްގެ ނިވަލަށް ވަދެ ދެފަރާތް ހޯދާލިއެވެ. ޒިވާންގެ ފަހަތުން އަންހެން އަތަކުން ޒިވާން މެދު ހަށީގައި ހިފާލުމާއެކު ޒިވާން އެއަތުގައި ހިފާ އެއަންހެން ކުއްޖާ ކުރިމައްޗަށް ގެނެސް ގަޔާ ކައިރިކޮށްލާ ނިތުގައި ބޮސް ދިނެވެ. މާލެ ދެވުމާއެކު ހަލުވި ކަމާއެކު ކައިވެނީގެ ކަންތައް ކުރިއަށް ދާން ފެށިއެވެ. ހަތަަރުދުވަސް ފަހުން އޮތީ ކައިވެންޏެވެ. ދުވަސް ކައިރިވަމުން ދިޔަވަރަކަށް އެހެން […]
” ނޭނގޭ ތިކިޔާ އެއްޗެއް” އަރުޝީގެ ޖަވާބު އިވި އާރާވްގެ ކެތްތެރިކަން ކޮޅުންލި ކަހަލައެވެ. އެހެން މީހަކަށް ނުފެންނާނެ ހެން އަރުޝީ އަތުގެ މުލައްދަނޑީގައި ހިފައިގެން ތަންކޮޅެއް ދުރު ހިސާބަކު ގޮސް ހުއްޓުނެވެ. އަރުޝީ ވެސް އިތުރަށް ގަދަނުހެދިއެއް ކަމަކު އާރާވްގެ މިހަރަކާތުން ރުޅިއައެވެ. ” ތަދުވެޔޭ މަށައް… އާރާވްގ އަކާ ނުޖެހޭނެ އަހަރެން ގަޔަށް އަތްލާކަށް ” ރުޅި އައިސް ރަތްވެފައި އާރާވްގެ އަތް ފޮޅުވާލަމުން އަރުޝީ ބުންޏެވެ. ” ތަދުވެޔޭ އަހަންނަށްވެސް” އަރުޝީގެ ދެކޮނޑުގައި […]