Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިތުގެ މިލްކުވެރިޔާ (ހަވަނަ ބައި)

azzadhil Level 210 Stories100 Comments
July 12, 2017 5 Mins Read
22 Comments

ކައިސަން ބުނާހެން ޒިވާންއަކީ ދީނަށް ލޯބިކުރާ މިހާރު އުޅޭ ޒުވާނުންނާ ތަފާތު މީހެއްކަން ގަބޫލުކުރެވިއްޖެއެވެ. ކާރުކައިރީގައި ކުޑަފޮތިކޮޅެއް އަޅައިގެން ޒިވާން ހުރީ ނަމާދުކުރާށެވެ. އަރުޝީ ވެސް މަޑުނުކޮށް ނަމާދުކޮށްލާ ގުރުއާނުން ވަކި މިންވަރެއް ކިޔާލުމަށްފަހު ޒިވާންއަށް ކޮފީތައްޓެއް ތައްޔާރުކޮށްލިއެވެ. އަދި އެހިފައިގެން ޒިވާން ކައިރިއަށް ދިޔައެވެ.

ފޯނުން ބަލައިގެން ގުރުއާން ކިޔަވަން ހުރި ޒިވާން ފޯނުން ނަޒަރު ވަކިކޮށްލީ މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުންނެވެ. އަރުޝީ އަންނަތަން ފެނުމުން އާޔަތް ކިޔަވައި ނިންމާލުމަށްފަހު ފޯނު ޖީބަށް ލިއެވެ.

ޒިވާން އާއި ދިމާއަށް އައިސް އައިސް ހުރި އަރުޝީ އިސްޖަހާލީ ޒިވާންގެ ތޫނު ބެލުމުން އުނދަގުވެގެންނެވެ. ޒިވާން ކައިރީ ހުއްޓުމަށްފަހު ކޮފީތަށި ދިއްކޮލަމުން ހިނިތުންވެލިއެވެ. ޒިވާން ހައިރާންވެފައި ބަލަހައްޓައިގެން ހުރީއެވެ. އަރުޝީ ޒިވާންއަށް ހީލި މީފުރަތަމަ ފަހަރެވެ. ޒިވާން އޭގައި ނުހިފުމުން އަރުޝީ ރަކިވިއެވެ. އަދި މާފަށް އެދުމަށްފަހު ދާންވެގެން އަނެއްކޮޅަށް އެނބުރުނުތަނާ ޒިވާން އަރުޝީ އަށް ގޮވާލިއެވެ. އަދި އަރުޝީ ހުއްޓުމުން ގޮސް އަރުޝީ އަތުން ކޮފީތަށި އަތުލިއެވެ.

” އަޅުގަނޑު ބޭނުން ޒިވާން ކައިރީ ސުވާލެއްކޮށްލަން” ހިތްވަރުކޮށްފައި އަރުޝީ ބުންޏެވެ. ޒިވާން ބޮލުގެ އިޝާރާތުން އާއެކު ބުނުމުން އަރުޝީ ސުވާލައިގެން ކުރިއަށް ދިޔައެވެ.

” އައިދަން އަޅުގަނޑަށް ދެއްކި ވީޑިއޯތަކެއް.. ” އަރުޝީ ދައްކަމުން ދިޔަ ވާހަކަ ޒިވާން މެދު ކަނޑާލިއެވެ.

” އަހަންނަށް މާކުރިންވެސް އަރުޝީ ތިސުވާލު އަހަންނާ ކުރާނެކަން.. އަހަންނަަކަށް ނޭނގެ އައިދަން އަރުޝީއަށް ދެއްކީ ކން ވިޑިއޯއެއްކަމެއް.. މަރުވެފައިވާ މީހެއްގެ ދައްކާކަށްވެސް ބޭނުމެއްނޫން.. އެކަމަކު އަރުޝީ ތީ ކައިސަންގެ އަނބިމީހާ.. އަހަރެން ދައްކަން މިއުޅޭ ވާހަކަތަކަކީ ފަހަރެއްގަ އަރުޝީ އަޑުއަހަން ބޭނުން ނުވެދާނެ ވާހަކަތަކެއް” ޒިވާން މިހެން ބުނުމުން އަރުޝީ ހިތްވަރުކޮށްފައި ކުރިއަށް ގެންދިއުމަށް ބުންޏެވެ.

” ކައިސަން ނިޔާވުމުގެ ހަފްތާއެއްހާ ދުވަސްކުރިން އޮފީހުގެ ލިފްޓުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާ ފޫޓޭޖަކުން ލިފްޓު ތެރޭގައި ކައިސަން އަންހެން ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލި ހިންގާ މަންޒަރު ވަނީ ފެނިފައި.. މިކަމާ ގުޅޭގޮތުން އަހަރެންވާނީ ކައިސަން އަށް އިންޒާރުވެސް ދީފައި.. އޭގެ ފަހުންވެސް އަހަންނަށްވަނީ އެތައް ފަހަރަކު މިމަންޒަރުތައް ފެނިފައި.. ކައިސަންއަކީ އަހަރެންގެ ސްޓާފަކަށްވުރެ ބޮޑަށް އަހަރެންގެ ރަހުމަތްތެރިއެއް.. އައިދަންވެސް އަދި އަހަރެންވެސް ވަރަށް ނަސޭހަތްތެރިވިން.. އެކަމަކު އޭނަގެ އުޅުމަކަށް ބަދަލެއް ނައި” ޒިވާންގެ ވާހަކަ ނިމުނުއިރު އަރުޝީއަށް ރޮވެނީއެވެ. މި މަންޒަރު ފެނުމުން ޒިވާންއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އަރުޝީއަތަށް ހުސްތަށި ދިއްކޮލުމުން އެހިފައިގެން ގެއަށް ވަންނަން ދުއްވައިގަތީ ޒިވާންގެ ކުރިމަތީގައި ރޯން ބޭނުން ނުވާތީއެވެ. ކުރެވުނު ކަންތަކާ ޒިވާން މޮޔަހީވިއެވެ. އަރުޝީ ކައިރީގައި އެވާހަކަ ނުދެއްކުނު ނަމައޭ ހިތަށް އެރިއެވެ. ކާރަށް އަރާ ދުއްވާލީ އަމިއްލަ ނަފްސުދެކެ ރުޅިއައިސްފައި ހުރެއެވެ.

އެދުވަހުގެ ގިނަ ވަގުތު އަރުޝީއަށް ހޭދަކުރެވުނީ ރުއިމުގައެވެ. ޒިވާންގެ ވާހަކަ ތަކަށްފަހު ކައިސަންގެ ހަގީގަތް އެނގިއްޖެެއެވެ. ލޯބީގެ ނަމުގައި ކައިސަން ދެއްކީ ދަޅައެކެވެ. ކައިސަން އާއި އެކު ހޭދަކުރެވުނު ދޮޅުއަހަރުތެރޭގައި އަރުޝީއަށް ހޭދަކުރެވުނީ އޮޅުވާލުމެއްގެ ތެރޭގައެވެ. ކައިސަން އަރުޝީއާއި މެދު އެގޮތަށް ކަންތައްކުރީ އަރުޝީގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ. މިހާރު އަރުޝީއަށް މީހުން ދަސްވެއްޖެއެވެ. ރަނގަޅު ކަމުގެ ދަޅަ ދައްކައިގެން އުޅެނީ ހިތުން އެންމެ ގޯސްމީހާއެވެ.  ކައިސަން އާއި އެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް ކޮންމެ ސިކުންތެއް އަރުޝީގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. ކައިސަންގެ ބޭވާފާތެރިކަން ހަނދާންވާ ކޮންމެ ފަހަރަކު ހިތުގައި އެތައް ކޫރުމެއް އެޅިގެން ދެއެވެ. ހިތުގައިވާ ހުރިހާ ޝަކުވާ ތަކާއެކު ހަށިގަނޑަށް އެތައް ވޭނެއް އަޅަމުންދެއެވެ. ހިތުގެ ރިހުން ބޮޑުވެ ހަށިގަނޑުގައި ނުރިހޭ އެންމެ ތަންކޮޅެއްވެސް ނެތެވެ. ކައިސަންގެ ބޭވަފާތެރިކަން މިހާ އަނިޔާދޭއިރުވެސް އަރުޝީ އިންތިހާޔަށް ކައިސަންދެކެ ލޯބިވެއެވެ.

އެނދުމަތީގައި ރޯން އޮތް އަރުޝީ ކުއްލިއަކަށް އޮތްތަނުން ތެދުވިއެވެ. އަދި ދެލޯ ފޮހެލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އަރުޝީ ރޯންވީ ކީއްވެހެއްޔެވެ. ހެއްދެވި ފަރާތެއްވާކަން ހަނދާން ނައްތާލަން އަރުޝީ ބޭނުމެއް ނުވެޔެވެ. ކޮންމެ ކަމެެއްގެ ފަހަތުގައިވެސް ރަނގަޅު ސަބަބެއް ވާނެއެވެ. އަރުޝީ އަށް އޮތީ ކެތްކުރުމެވެ. އެމީހަކު ކުރި ކަމެއް އެމީހަކަށެވެ. އެކަމެއްގެ ހައްޤު ސަޒާ ދުނިޔެމަތީގައި ނުލިބުނަސް ޔަގީނުންވެސް ލިބޭނެ ދުވަހެއް ވެޔެވެ. މާތްﷲ އަށް ވަކީލުކުރުން ނޫން ގޮތެއް ނެތެވެ. މަރިޔަމް އަށް އިއްޔަގައި ކިޔައިދިން އަލް އިމްރާން ސޫރަތުގެ 122 ވަނަ އާޔަތުގެ މާނައިގައިވެސް ވެއެވެ. ‘އެއީ ތިޔަބައިމީހުންގެ ތެރެއިން ދެބަޔަކު ފިނޑިވެ ހިތްވަރު އެލުނު ހިނދެވެ. ﷲއީ އެދެބައި މީހުން ރައްކާތެރި ކުރައްވައި ނަސްރުދެއްވާ ކަލާނގެއެވެ. ހަމައެކަނި ﷲއަށް މުއުމިނުން ވަކީލުކުރާ ހުށިކަމެވެ.’  އެހެންވީމާ މިއަދުން ފެށިގެން ކައިސަން އަށްޓަކާ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނުވައްޓަން އަރުޝީ ހިތުގައި އަޒުމު ކަނޑައެޅިއެވެ. އަދި ހަޔާތުގައި ކުރިއަށް އޮތް ދުވަސްތައް މާތްﷲއަށް ބަރޯސާވެގެން އުފާވެރި ކަމާއެކު ހޭދަކުރުމަށްވެސް އަޒުމް ކަނޑައެޅިއެވެ.

ދުވަހަކީ ހުކުރު ދުވަސް ކަމުން އަރުޝީ އުޅުނީ މަރިޔަމް ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ކަޅުކުލައިގެ ބޮޑު އަބާޔާ ހެދުމާއެކު އަޅައިގެން ހުރި މުށި ކުލަިއގެ ޝޯލްތެރެއިން އަރުޝީގެ ކުޑަ ކުޑަ ދޮން މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ. މޫނުގައި މޭކަޕެއް ނެތް ނަމަވެސް ރީތިކަން ފަނޑެއް ނުވެއެވެ.

މަރިޔަމް ގޮނޑިއަށް ލައިގެން ނިކުންނަން ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ މީހެކެވެ. ކަޅުކުލައިގެ ހެދުމާއި ކަޅުކުލައިގެ ބޮޑު ބުރުގަލުގައިވާ އެއަންހެން މީހާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

“އަރުޝީ އެބައުޅޭތަ” އަންހެންމީހާ ސުވާލުކޮށްލީ އަރުޝީއަށް އިތުރު ހައިރާންކަމެއް ދެމުންނެވެ. ދުވަހަކުވެސް ދެކެފައި ނުވާ މި އަންހެންމީހާ އަރުޝީ ހޯދަނީ ކީއްވެހެއްޔެވެ.

” އަޅުގަނޑަކީ އަރުޝީ.. ތީ ކޮންބޭފުޅެއްތޯ” އަރުޝީ ހައިރާންވެފައި ހުރެ ސުވާލުކޮށްލިއެވެ.

“މާޝާﷲ.. މާޝާﷲ” އަރުޝީގެ މޫނަށް ކަޅިޖަހާވެސް ނުލާ ބަލަމުން ދިޔަ އަންހެން މީހާއަށް ބުނެވުނީ މިވަރަށެވެ. އަރުޝީ ހައިރާންވެފައިވީ ނަމަވެސް މެހުމާންދާރީ އަދާ ކުރަން ހަނދާން ނައްތައެއް ނުލައެވެ. އެހެނީ އެއީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. އެތެރެއަށް ވަންނަން ބުނުމުން ޖަޒާކިއްﷲ ޙައިރް އޭ ބުނެ އެއަންހެން މީހާވެސް އެތެރެއަށް ވަދެ އިށީނެވެ.

” އަޅުގަނޑަށް ކިޔަނީ ރައިހާނާ.. މީ ޒިވާންގެ މަންމަ” ރައިހާނާގެ ޖުމްލައިން އަރުޝީގެ ހައިރާން ކަން އިތުރު ވިއެވެ. ޒިވާންގެ މަންމަ އަރުޝީ ހޯދަން އަންނަންވީ ކީއްވެ ހެއްޔެވެ.

” ކައިސަން ނިޔާވި ހަބަރު ލިބުނީމަ ވަރަށް ދެރަވި.. ޒިވާން އާއި އެކު ވަރަށް ގިނައިން ގެއަށް އަންނާނެ.. އަރުޝީގެ ވާހަކަވެސް ދައްކާނެ.. ޖަނާޒާގަ ބައިވެރި ނުވެވުނީތީ ވަރަށް ދެރަވި.. އަންނަން ބޭނުންވި ނަމަވެސް ނާދެވުނީ ޒިވާންގެ ކޮއްކޮ އާރާވްގެ ހިތުގެ އޮޕަރޭޝަނެއް ކުރާތީ” ރައިހާނާ ދެރަވެފައި އިނދެ ބުންޏެވެ. ޒިވާން އާއި ކައިސަން އެހާ ގާތްކޮށް އުޅުނުކަމެއް ކުރިއަކުން އަރުޝީއަކަށް އެނގިފައެއް ނެތެވެ. ކައިސަން ވެސް އަރުޝީ ކައިރީގައި އެކަހަލަ ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އަރުޝީ އެކަމާ ހައިރާނެއް ނުވެއެވެ. އެހެނީ ކައިސަން ކުރިން ނުބުނާ އެތައް ވާހަކައެއް އަރުޝީއަށް ވަނީ އެނގިފައެވެ.

” އަހަރެން މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން” ރައިހާނާ ބުނެލިއެވެ. އަރުޝީ ހިނިތުންވެލުމުން ރައިހާނާ އޭނާގެ ވާހަކައާގެން ކުރިއަށް ދިޔައެވެ.

” ޒިވާން އަށް މިހާރު އަށާވިސް އަހަރުވެއްޖެ.. ކައިވެނީގެ ވާހަކަ ދައްކާ ކޮންެމެ ފަހަރަކު ބުނާނެ ކަމުދާ ކަހަލަ ކުއްޖަކު ނުފެންނަ ވާހަކަ… އަހަރެން ޒިވާންގެ ކައިވެންޏެއް ކުރާނެ ދުވަހަކަށް އިންތިޒާރިކޮށްކޮށް ވަރުބަލިވި ފަހުން މިއަދު ޒިވާން ފުރަތަަމަ ފަހަރަށް އަހަރެން ކައިރީ ކައިވެނި ކުރާން ބޭނުންވާ ވާހަކަ ބުނެފި.. އެނަސީބުވެރިޔަކީ ކާކުތޯ އެހުމުން ދިން ޖަވާބު މިއަދު އަހަރެންގެ ކުރިމަތީގައި މިއިނީ” އަރުޝީ ދެއަތްތިލާގައި ހިފާ ބާރުކޮށްލަމުން ބުނި ޖުމްލައިން އަރުޝީ ދެލޯ ބޮޑުވިއެވެ.

” އެކަމަކު އަޅުގަނޑަކީ ހުވަފަތް ވެފައި އިން މީހެއް.. ފިރިމީހާ ނިޔާވިތާ އަދި ކިރިޔާ ހަމަސް ވީ.. ޒިވާން އަށް އަޅުގަނޑަށް ވުރެ މާ ރަނގަޅު މީހުން ލިބޭނެ.. ކާކުތޯ ބޭނުންވަނީ ބާއޮޑިޔަކަށް އަރަން” މިހެން ބުނިއިރު އަރުޝީގެ އަޑުގައި ތުރުތުރެއްވިއެވެ.

” އަހަރެންގެ ޒިވާން އަކީ އެހާ ހިތްމޮޅު ކުއްޖެއް ނޫން.. ވަރަށް ހިތްތިރި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ އިންސާނެއް އެއީ.. ދީނީ ކަންތައްތަކަށް ލޯބިކުރާ އަހަރެންގެ ޒިވާންް އަކީ ކީރިތި ރަސޫލާގެ ސުންނަތަށް ލޯބިކުރާ ކުއްޖެއް.. ހުވަފަތް މީހުންނާ އިނުމަކީ ކިހާ މާތް ކަމެއްކަން ކީރިތި ރަސޫލާ މުހައްމަދު ﷺ ސުންނަތުން ސާބިތުވޭ.. ޒިވާން އެހާ ހެޔޮކަމެއް ކުރަން އުޅޭއިރު އަރުޝީ ކީއްވެ އެކަމަށް މަނާ ކުރަންވީ.. މާތްﷲ އަށްޓަކާ ކުރަން ކިހާ ރަނގަޅުކަމެއް އެއީ.. މީހުންނާ އިނުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކަކު އަނެކަކުގެ ދީން ފުރިހަަމަކޮށްދިނުމެއް ނޫންތަ.. ޒިވާން އަރުޝީއަށް ދުވަހަކުވެސް ގޮތެއް ނުހަދާނެ.. އަހަރެން އަރުޝީއަށް މަޖުބޫރުކުރާކަށް ނެތިން.. އެނގޭ ކުއްލިއަކަށް ޖަވާބެއް ނުދެވޭނެ ކަންވެސް.. މާދަމާ ރޭ އަހަރުމެން ގޭގަ އެބައޮތް އާއިލާ މީހުންނަށް ބާއްވާ ކުޑަކުޑަ ކެއުމެއް.. އަރުޝީގެ ޖަވާބަކީ ޒިވާން ހިތްހަމަޖެހޭފަދަ ޖަވާބަކަށް ވެއްޖެނަމަ އަހަރެން މިދައުވަތު ގަބޫލުކޮށް ގެއަށް އަންނާނެ.. އަދި ނުކުރިނަމަވެސް އަހަރެންގެ ހިތް އަބަދުވެސް އަރުޝީއަށް ހެޔޮވާނެ” މިހެން ބުނެ ރައިހާނާ އިންތަނުން ތެދުވިއެވެ.

” ދެން ގޮސްލަނީ.. އަރުޝީ ހިތްހަމަނުޖެހޭ ވާހަކައެއް ދެއްކުނިއްޔާ އެކަމަށް ނިހާޔަތަށް މާފަށް އެދެން.. ފީ އަމާނިއްﷲ” މިހެން ބުނެ އަރުޝީ އާއި މަރިޔަމް އަށް ހީލަމުން ނިކުމެގެން ދިޔައެވެ. އަރުޝީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.މަރިޔަމްވެސް ކަރުއެލުވާލައިގެން އަރުޝީއަށް ބަލަން އިނީ އަރުޝީ މަރިޔަމްއާއި ވަކިވެދާނެ ކަމުގެ ބިރުހީވެފައެވެ.

………………………………………………………

ނަލަމާ ގޭގޭ ސުފުރާ މަތި ފުރާލާފައި ވަނީ ރައިހާނާ އަތުން ހަދާފައިވާ ތަފާތު އެކި ވައްތަރުގެ ކާތަކެތިންނެވެ. މެހުމާނުން އަންނަންވާއިރަށް ތައްޔާރު ކުރުމުގައި އަވަދިނެތި އުޅުނު ރައިހާނާ ކައިރީގައި އެނބުރޭ ވަހުތާނެއްހެން ޒިވާން އުޅެއެވެ. ޒިވާން އުޅޭ ގޮތް ފެނި ސޯފާގައި އާފަލެއް ހިފައިގެން ޓީވީ ބަލާން އިން އާރާވްއަށް ވަނީ މަޖާ ކަމަކަށެވެ. ޒިވާން މީހަކާ އިންނާން ބޭނުންވެގެން އުޅޭވާހަކަ ރައިހާނާގެ ފަރާތުން އާރާވްއަށްވެސް ވަނީ އެނގިފައެވެ. އަންހެންކުއްޖާއަކީ ކާކުކަމެއް ނޭނގުނަސް ވާނީ ވަރަށް އަހުލާގު ރަނގަޅު ކުއްޖަކަށް ކަން އާރާވްއަށް ޔަގީނެވެ.

” މަންމާ އަރުޝީ އަންނާނެތަ.. ވަރަށް ބިރުގަނޭ އެބަ.. ” ތަށިތައް ދޮންނަމުން ދިޔަ ރައިހާނާގެ ފަހަތުގައި ހުއްޓި ހުރި ޒިވާން އަހާލިއެވެ.

” ކޮންކަމަކާތަ ބިރުގަންނަންވީ.. މާތްﷲއަށް ވަކީލުކޮށްލައިގެން މަޑުން ހުރެބަލަ.. އެހެންނޫނަސް އިންޝާﷲ މަންމައަށް ޔަގީންކަން އެބައޮތް އަރުޝީ އަންނާނެ ކަމުގެ.. މިހާރު މެހުމާނުންވެސް އަންނަ ގަޑިޖެހެނީ ދޭ އަވަހަށް ތައްޔާރުވާން.. ދަމުން ސޯފާގަ އިން އާރާވް ވެސް ގެންދާތި..” މިހެން ބުނުމުން ޒިވާންވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން ރައިހާނާ ބުނިގޮތަށް ކަންތައް ކުރުމަށް އަވަސްވެގަތެވެ.

އަށްގަޑި ބައިވިއިރު ނަލަމާ ގެއިން އިވެމުން ދިޔައީ ހޭއަޑާއި ވާހަކަ ދައްކާ އަޑެވެ. ޒިވާން އާއިލާ އަކީ ބޮޑު އާއިލާ އެއް ކަމުން ގޭތެރޭގައި ފުދޭ ވަރަކަށް މީހުން ގިނައެވެ. އަރުޝީގެ އިންތިޒާރުގައި ސޯފާގައި ކަރު އެލުވާލައިގެން ޒިވާން އިންއިރު އާރާވް ހުރީ ދެބޭންގެ ދެދަރި މީހެއް ކަމަށްވާ ކައިލްގެ ދެއަހަރުގެ ކުޑަ ދަރިފުޅު އުރައިގެންނެވެ. ކުޑަ ކުޑަ ޔަލާ އާއި އާރާވް ސަމާސަ ކުރަމުން ދިޔައިރު ކައިލް ކައިރީގައި ހޭން ހުއްޓެވެ. އިރުކޮޅަކުން ކައިލް އެއީ ކޮންބައެއްހޭ ބުނި އަޑަށް އާރާވް ވެސް ދޮރާ ދިމާއަށް ބަލާލިއެވެ. މުސްކުޅި އަންހެނެއް ގޮނޑިއަށް ލައިގެން އަންނަ އެއަންހެން ކުއްޖާ ފެނުމާއެކު ހިނދުކޮޅަކަށް އާރާވްގެ ނޭވާ ހުއްޓުނު ކަހަލައެވެ. ހިތް ތެޅެން ފެށިލެއް ބާރުކަމުން މޭގައި އަތްއަޅާލެވުނު އިރު ކަޅިޖަހާވެސް ނުލާ ބަލަން ހުރެވުނީ އެއަންހެން ކުއްޖާ އާއި ދިމާއަށެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެއަންހެން ކުއްޖާއާއި ވަރަށް ގާތް ގުޅުމެއްވާކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ.

-ނުނިމޭ-

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ވާށެ އޯގާ ހިތާ 17

Next

Dear readers

Next
July 12, 2017

Dear readers

Previews
July 12, 2017

ވާށެ އޯގާ ހިތާ 17

22 Comments!

  1. maroon says:
    July 12, 2017 at 9:47 pm

    Wow amazing.. cnt wait to read the next… zivaan ❤ arshee

  2. azzadhil says:
    July 12, 2017 at 9:48 pm

    assalaam alaikum.. heekuran hurihaa kudhinnahves mi bai kamudhaane kamah.. in sha allah dhen anna faharakun miahvure dhigu kohleveytho balaanan..
    eba jehey kiyunthringe hiyaalehves hoadhaalan.. vaahaka ah anna new female character akah dheyne reethi nameh buneladhyba engey kuhjeh.. heekuran mikamah helpeh vedheyne kamah..
    kiyaalumah fahu konme kuhjakuves cmmnteh kohlaathi.. adhi rangalhu kohlan jehey kanthahthah buneladheythi..
    hurihaa kudhinnahves v baajjaveri reyakah edhen. fee amanillah 🙂

    1. maroon says:
      July 12, 2017 at 9:51 pm

      Azzaaaaa plz female character zivan and arushyge dhemedhah nugennahchey….layaal ei v loabi nameh..

    2. azzadhil says:
      July 12, 2017 at 9:55 pm

      ahaha.. dhen neynge dhw vaane gotheh.. lets see dhw.. jazakillah khair 🙂

  3. sheen says:
    July 12, 2017 at 9:56 pm

    Wow nice, When next part

    1. azzadhil says:
      July 12, 2017 at 9:58 pm

      exact koh bunaakah neyngey.. but three days therey upkohleveytho balaana in sha allah.. jazakallah khair 🙂

  4. sheen says:
    July 12, 2017 at 9:59 pm

    Tq Azzadhill

    1. azzadhil says:
      July 12, 2017 at 10:01 pm

      baarakallah feeki sheen <3 🙂

  5. Aashaa says:
    July 12, 2017 at 10:16 pm

    Eelaaf.. My favourite name

  6. Xxxx says:
    July 12, 2017 at 10:16 pm

    Mi vaahaka ah v.inthizaaru kurevey..adhi Islamic good values himanaigen vaahaka genesdheefai vaathee v.kamudhey…keep it up dear…???mi vaahakaigai mihaaruves beynun kuraa nanthah v.reethi..especially zivaan..n his mother’s name raihaanaa ves……??????

    1. azzadhil says:
      July 12, 2017 at 11:01 pm

      alhamdulillah!! jazakallah khair 🙂

  7. Aamin says:
    July 12, 2017 at 10:22 pm

    Woow this part was beautiful??
    Arushee nd araav kongothakun ba gulhun ohnani

    1. azzadhil says:
      July 12, 2017 at 11:02 pm

      lets see dhw in sha allah in next part.. jazakillah khair Aamin :*

  8. Adha? says:
    July 12, 2017 at 10:40 pm

    Hey e aee arushee dw but y aaraav arushee fenunyma hiy thelhenvee.. varah kiyaa hiy vejje next part…?waiting❤
    New Female character ge name ah alhugandah reethi 3 name eh eba ulhey..
    Azya, azaa nd janaan..

    1. azzadhil says:
      July 12, 2017 at 11:03 pm

      keep waiting :* jazakillah kahir <3

  9. Shahoo says:
    July 12, 2017 at 11:31 pm

    Wow maasha allah story was amazing?? i luv dis story.v inthizaaru koffin mi story ah. Mikahala dheeny vaahaka genesdheythy v ?vey.jazaakallah khaira???

    1. azzadhil says:
      July 13, 2017 at 1:26 am

      Alhamdulillah.. Jazakillah khair shahoo 🙂

  10. khajja says:
    July 13, 2017 at 1:18 am

    Oh wow masha allah v rythi v furihama stry aaraav aai arushee gulhumeh onnany baa vedhaane dhw school dhauruge bsties ah kamavves (khairaa/ hirraa/zeibaa/ zeen / rihaanee) mi ee reethi names thakennoontha? Name final kuraany writer azzadhil ok thank u so much 4 the luvly stry when nxt prt tmw ga up kolla dhybala plx plx gud nyt ly ????❤❤❤❤??????????????????

    1. azzadhil says:
      July 13, 2017 at 1:31 am

      Was waiting for your comment khajja.. 🙂 jazakillah khair.. Fee amanillah ??❤️?

  11. Reader says:
    July 13, 2017 at 12:26 pm

    Yoolee

  12. Anonymous says:
    July 14, 2017 at 4:27 pm

    hahahaa itx nice hw will be arushee,noora and ain……. hope u would lyk

  13. Anonymous says:
    July 14, 2017 at 4:29 pm

    *or ain

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ ( ހަތްވަނަ ބައި)←


All Right Reserved!