Skip to content
އެސްފިޔަ

އަންވާރު ސީސަން 2 (ފަހުބައި)

ދީނާ އިނީ އަންވާރު ޓީމަށް އިތުރު ކުރެވިފައިވާ ކުދިންގެ އާ އަޕްޑޭޓްސްތަކުގެ ތެރެއިން ލިޔެލައިފައި ވާހަކަތައް ކިޔާށެވެ. އެއްފަހަރާ ތިން ކުދިން ނެގުމުން މިހާރު އެ ސައިޓުން ދުވާލަކު ދެތިން ލިޔުން ކިޔާލަން ލިބޭތީ ހުރިހާ ކުދިންނަށްވެސް ވަނީ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. އިތުރަށް ޓީމަށް ނަގައިފައިވަނީ ޒިކްރާ، ޔަނާލް އަދި ނަހުލާ އެވެ. އޭގެތެރެއިން ޔަނާލްވެސް ދީނާއެކޭ އެއްގޮތައް ދިރިއުޅެނީ އޭނާގެ ރަށުގައެވެ.

ވާހަކަ ކިޔާ ނިންމާލާފައި ގަޑި ބަލައިލިއިރު ދިހަގަޑި ބައިވަނީ އެވެ. އެހެންކަމުން ދީނާ ވުޟޫ ކޮށްގެން ޟުހާ ނަމާދަށް އެރިއެވެ. ދީނާ މިހާރު އެއްވެސް ނަމާދެއް ދޫކޮށެއް ނުލައެވެ. އެއީ ސުންނަތް ނަމާދަކަށް ވިޔަސްމެއެވެ. ނަމާދަށް ފަހުގައި އާދައިގެ މަތިން ފާތިހާ ސޫރަތް ތަކުރާރުކޮށް ކިޔުމަށްފަހު ދުޢާ ކުރަން ފެށިއެވެ. ނަމަވެސް ދުލުން ބަހެއް ބޭރުނުވަނީހެން ބޮލަށް ފާޑެއްގެ ހީލިގަނޑެއް އެރިކަން އެނގުނެވެ. އެއާއެކު ހޭނެތިގެން ވެއްޓިއްޖެއެވެ.

…………………….

ހެނދުނުގެ ސައި ނިމުމުން ބަރަކާ އަތިއްޔާގެ ކޮޓަރި ސާފުކުރުމުގައި އުޅުނީ އެތަނުގައި ކުއްޔައް ކުދިން ބަހައްޓާކަން އިޢުލާން ކޮށްފައިވާތީ ކުދިން މައުލޫމާތު ހޯދުމަށްފަހު އަންނަން ފަށާފާނެތީއެވެ. އާޔަން ވީލްޗެއަރގައި ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ ޖައްސާލުމުގެ ނިޔަތުގައި އެނދަށް އެރޭތޯ އުޅުނެވެ. ރަނގަޅުފައި ބިންމަތީގައި އަޅާފައި ތެދުވީ އެނދުމަތީ އިށީނުމަށެވެ. ނަމަވެސް އަނެއްފަރާތަށް އަރި އަޅާލުމުން ލިބުނު ކުއްލި ސިހުމުގައި ތަދުވެފައިވާ ފައި ބިންމަތީގައި އެޅުނީ ވެއްޓުނަ ނުދޭންވެގެންނެވެ. އެވަގުތު އާޔަންއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އޭނާގެ އެފައިގައި މިހާރު އެއްވެސް ތަދެއް ނެތެވެ. އަދި ފައި ތެދުކޮށް ރީއްޗައް ބެހެއްޓުނެވެ. ލިބުނު އުފަލުން ކޮޓަރީގައި ދެތިން ފަހަރަކު އެއްކޮޅުން އަނެއްކޮޅަށް ހިނގާލީ ޤަބޫލު ނުކުރެވިގެން ހަމަ ރަނގަޅުތޯ ޔަޤީން ކުރުމަށެވެ.

އިތުރަށް އެންމެ މިނަޓަކުވެސް ކެތްނުކުރެވިގެން ބަރަކާއޭ ކިޔާފައި ހަޅޭލަވައިގަނެ އަނެއް ކޮޓަރިއާއި ދިމާއަށް ދުއްވައިގަނެވުނެވެ. އާޔަންގެ ހަޅޭކުގެ އަޑު އިވުމުން ސިއްސައިގެންދިޔަ ބަރަކާ ކޮޓަރިއަށް ދެވޭތޯ އަވަސްވެގަތީ އާޔަން ވެއްޓުނީ ކަމަށް ހީކޮށެވެ. ނަމަވެސް އަތިއްޔާގެ ކޮޓަރިން ނުނިކުމެވެނީސް އާޔަން ދުވަމުން ކަހަލަ ގޮތަކަށް އައިސް ބަރަކާގެ ކުރިމަތީގައި ހުއްޓުނުތަން ފެނުމުން ބަރަކާއަށްވެސް ލިބުނީ ހައިރާން ކަމެވެ. އާޔަންގެ މޫނުމަތީގައި އެވާ އުފާވެރިކަން ފެނުމުން ހަޤީޤަތުގައިވެސް އާޔަން އަށް ހިނގެނީކަން އެނގުންވުމުން ބަރަކާވެސް ވީ އުފަލުން ގޮސް އާޔަންގެ ގައިގައި ބާރަކަށް ބައްދާލެވުނެވެ. އެ މަންޒަރު ބަލަން ސިޓިންރޫމުގައި ކުޅެން އިން އަތިއްޔާ އަށްވެސް ބައްޕަ ހިނގާތަން ފެނުމުން ދުވެފައި އައިސް އާޔަންގެ ފައިގައި ކަހަލަ ގޮތަކަށް ބައްދައިގަތެވެ. އެގެއަށް ހީވީ އީދު އައިސްގެން އުޅުނު ހެންނެވެ. ނަމަވެސް އެއީ ﷲ އަށް ޙަމްދު ކުރަންވީ ވަގުތުކަން އެންމެންވެސް ހަނދާން ހުއްޓެވެ.

އަދި އެހާވަރުން އެކީގައި ރަނގަޅުވީ ކަމަށް ނުނިންމައި އާޔަން އަވަހަށް ޑޮކްޓަރަށް ދައްކަން ދިޔައެވެ. އަދި އެކްސްރޭ ނަގައިގެން ރަނގަޅަށް ޑޮކްޓަރު ބެއްލެވުމަށްފަހު މިހާރު ބަޅުވެފައިވާ ކަށިކޮޅު ރަނގަޅު ވެއްޖެކަމަށް ބުންޏެވެ. އަދި ޑޮކްޓަރުގެ އިރުޝާދާއި އެއްގޮތައް ރަނގަޅަށް ބަލައިގެން ފިޒިއޮތެރަޕީ ޝެޝަންތައްވެސް ފުރިހަމަ ކޮށްފައިވާތީ ޑޮކްޓަރު އެކަމާއި ވަރަށް އުފާކުރިއެވެ.

އާޔަންއަށް ނުހިނގި ދިޔަ ދެމަސް ތެރޭގައި އެމީހުންގެ ދިރިއުޅުމާއި ދޭތެރޭގައި އެތައް ފިކުރެއް ކުރަން ޖެހި ގޭގެ ޚަރަދުތައް ހަމަޖައްސާނެ ގޮތަކާއިމެދު ފިކުރުބޮޑުވެފައިވި، ބަރަކާއާއި އާޔަންގެ ހިތައް އެތައް ދުވަހަކަށްފަހު ލުއިކަމެއް ލިބުނީއެވެ. ހަޤީޤަތުގައިވެސް މާދަންވާނެ އެއްވެސް ކަމެއް އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. އާދުވަހުގެ އިރު ބައެއް މީހުންގެ ދިރިއުޅުމަށް އެތައް އުފަލެއް ގެނުވާއިރު، އަނެއްބަޔެއްގެ އުފާވެރި ދިރިއުޅުން ނިމިގެން ދެއެވެ. މިއީ އިމްތިހާންތަކުން ފުރިގެންވާ ތަނެކެވެ. ފިކުރުތަކާއި، ހިތްހަމަ ނުޖެހުންތަކާއި، ހިތާމައާއި، ވަރުބަލިކަމާއި އަދި އެފަދަ އެންމެހާ ނޭދެވޭ ކަންކަމުން ރެކެވޭނެ ތަނަކީ ހަމައެކަނި ސުވަރުގެއެވެ. ނަމަވެސް އެތަނަށް ދެވެނީ މިދުނިޔޭގައި އެމީހަކު އެކަމަށްއެދި ކުރާ މަސައްކަތުންނެވެ.

……………..

ދީނާއަށް ހޭވެރިކަންވީއިރު އޭނާއޮތީ އޭނާގެ އެނދުމަތީގައެވެ. ކައިރީގައި ސަމާހު އާއި ސާދިޔާ ތިއްބެވެ. ދީނާ ސުވާލުގެ ނަޒަރަކުން ސަމާހުއާއި ދިމާލަށް ބަލާލީ ވީ ކިހިނެއްހޭ އަހާ ގޮތަކަށެވެ. ވާނީވެސް އެހެންތާއެވެ. މިވީހާތާކަށް ދުވަހަކުވެސް ކިތަމެ ބޮޑުވަރެއް ވިޔަސް ދީނާ ހޭނެތިފަކާއި ނުވެއެވެ. ވާނުވާ ނޭނގޭ ހާލަތަކަށް ނުދެއެވެ. ސަމާހު ހިނިތުންވުމެއް ހަދިޔާ ކޮށްލިއިރު ސާދިޔާގެ މޫނުމަތިންވެސް އާދަޔާ ހިލާފު އުފާވެރިކަމެއް ފެންނަން ހުއްޓެވެ.

ސަމާހު ކިޔައިދިން ގޮތުގައި ދީނާ ވެއްޓިފައި އޮތްތަން ފެނިގެން ސާދިޔާ ގުޅުމުން، ސަމާހު އައިސް ކައިރީގައި އެތައް ފަހަރަކު ކިޔެވުމުންވެސް ދީނާއަށް އެއްވެސް އަސަރެއް ނުކުރިޔެވެ. އެހެންޏާ އެއަރާ ބާރު ގަނޑެއް އެރުމާއި، ރުޅިއައުން ފަދަ އެއްވެސް އަސަރެއް ނުފެނުމުން ކައިރީގައި ދެތިން ފަހަރަކު ބަންގިވެސް ގޮވިއެވެ. ނަމަވެސް ދެންވެސް ދީނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ. އެހެންޏާ ކިތަމެ ބޮޑުވަރެއްވިޔަސް ދެތިންފަހަރަކު ބަންގި ގޮވުމުން އެވަގުތައް ރަނގަޅު ވޭ ވިއްޔާއެވެ. ދެން އެންމެ ފަހުން ހަދާނެ ގޮތެއް ނުވިސްނިގެން ރާޤީ އަށް ގުޅައި އަހައި ސާފުކުރުމުން ބުނީ އެހެންވީއިރު ލަފާ ކުރެވޭގޮތުގައި ޖިންނި ދީނާގެ ހަށިގަނޑު ދޫކޮށްފައި ދިޔައީއެވެ. އަދި އިތުރު ބައިގަޑި އިރުތެރޭ ހޭނާރައިފިއްޔާ ޑޮކްޓަރަށް ދެއްކުމަށް ލަފާ ދިނެވެ.

ދީނާއަށް ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއް އިހްސާސް ކުރެވުނެވެ. އަދި ކޮޅަށް ތެދުވެ މަންމަ ގައިގައި ބައްދާލިއެވެ. އެއާއެކު އޭނާއަށްވެސް ތަފާތުކަމެއް އިހްސާސް ކުރެވުނެވެ. ކުރިއަށްވުރެ ހަށިގަނޑު ލުއި ވެފައިހުރި ކަމުގެ އިހްސާސާއި، ސިކުނޑިއަށްވެސް ބަޔާން ކުރަން ދަތި ލުއިކަމެއް އިހްސާސް ކުރެވެއެވެ. އެތައް ދުވަހެއްގެ މަސައްކަތް ﷲގެ ބަރަކާތާއެކު ކާމިޔާބު ވީއެވެ. ދެން އޮތީ އޭނާ ޤާރީއަކަށް ވުމަށް ދެކެވޭ ހުވަފެން ކާމިޔާބު ކުރުމުގެ ބުރަ މަސައްކަތެވެ.

……………..

އަންވާރު ޓީމުގެ ކުދިންގެ ދިރިއުޅުމަށް ބަހާރު މޫސުން އައިސްފައިވާ ފަދައިން އަންވާރު ސައިޓަށްވެސްވަނީ އެތައް ކުރިއެރުމެއް ލިބިފައެވެ. ބަރަކާ އަދި ޓީމުގެ ހުރިހާ ކުދިންގެ އުންމީދަކީ އަންވާރު ސައިޓުން ހުއްޓުމެއްނެތި އަލިކަމުގެ ދޯދިތައް ފެތުރުމުގައި ސާބިތުވެ ތިބުމެވެ. ބަރަކާގެ ކުޑަކުޑަ ވިސްނުމަކުން ފެށުނު މި މަސައްކަތް ކުރިއަށް އޮތްތާގައިވެސް އިތުރަށް ފުޅާކޮށް ވީހާވެސް ގިނަ ބަޔަކަށް ދީނުގެ ކަންކަން އޮޅުންފިލުވައިދީ ހަނދާންކޮށްދިނުމެވެ. ﷲގެ ރަޙްމަތުން މިފަދަ މަސައްކަތް ކުރާ އެންމެހާ މުސްލިމުންނަށް ކާމިޔާބާއި ފަލާޙް ދެއްވާށިއެވެ.

……………

ސައިޓްގެ މިއަދުގެ އަޕްޑޭޓް

ކޮންމެ ދުވަހަކު އަހަރެމެނަށް އަހަރެމެންގެ ދީނާއި ބެހޭގޮތުން ކޮންމެވެސް މިންވަރެއް ދަސްވެއެވެ. ފެނެއެވެ. އެނގެއެވެ. އެކި ކަހަލަ ލިޔުންތަކުންނާއި ފޮޓޯތަކުންނާއި، ވިޑިއޯ ތަކުންނެވެ. ހަޤީޤީ ދިރިއުޅުމުންނާއި، ވަށައިގެންވާ މާހައުލަށް ވިސްނާ ފިކުރު ކުރުމުންނެވެ. އެކަހަލަ ކޮންމެ ވަގުތެއްގައިވެސް ހަނދާންކުރާށެވެ. ތިބާއަށް ދީނާ ބެހޭގޮތުން ތި ފެނުނު ފޮޓޮއަކީ ނުވަތަ ލިޔުމަކީ ނުވަތަ ވީޑިޔޯ އަކީ ތިބާގެ ރައްބު ތިބާއަށް އެކަލާނގެ މަތިން ހަނދާން ކޮށްދޭ ހަނދާން ކޮށްދިނުމެކެވެ. އެކަލާނގެ މަގަށް ރުޖޫޢުވާން ފަހިކޮށްދިން ފުރުސަތެކެވެ. އެ ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ތަޢުބާވާށޭވެ.

ނަމަވެސް މި ދުނިޔޭގައި ތިބާ އަށް އިޚްތިޔާރު ލިބިގެން ވެއެވެ. އެމަގަށް ރުޖޫޢުވުމާއި ނުވުމުގެ އިޚްތިޔާރެވެ. ދުނިޔެއަށް ލޯބި ކުރުމާއި އާޚިރަތުގެ ނިޢުމަތުގެ ގޮވައްޗައް ލޯބިކުރުމުގެ އިޚްތިޔާރެވެ.  އަދި ހަނދާން ކުރާށެވެ. އެ އިޚްތިޔާރު ތިބާއަށް ދެއްވީ ތިބާގެ ވެރި ރަސްކަލާނގެއެވެ. ތިބާ ދުނިޔެއަށް ފޮނުއްވި ރަސްކަލާނގެއެވެ. އެނބުރި ދިޔުންވަނީ އެކަލާނގެ ހަޟްރަތަށެވެ. އެކަލާނގެ ތިބާއަށްވަނީ އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ރަސޫލަކު މެދުވެރިކޮށް އަންގަވާފައެވެ. ތިބާ މިދުނިމަތީގައި ކޮށްފައިވާ ހުރިހާ އަމަލަކާއި ބެހޭގޮތުން ސުވާލު ކުރެވޭނޭ ދުވަހެއް އަންނާނެއެވެ. ތިބާ މިއަދު އިޚްތިޔާރު ކޮށްފައިވާ އިޚްތިޔާރާއި ބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އެދުވަހަށް ތައްޔާރުވާށެވެ.

މި ދުނިޔޭގައި ކުރިމަތިލާންޖެހޭ ހަޤީޤީ އިމްތިހާން ފެށެނީ ތިބާއަށް ތެދުމަގު ފެންނަ ހިސާބުންނެވެ. އެމަގުގައި ސާބިތުވެ ހުރުމަށް ތިބާކުރާ މަސައްކަތުންނެވެ. އެއީ ސާބިތުވެ ހުރުމަށް ފަސޭހަ މަގެއް ނޫނެވެ. ނަމަވެސް ކެތްތެރިވެ ސާބިތުކަންމަތީ ﷲ އެންގެވި ގޮތައް އުޅުނު މީހުންނަށް އާޚިރަތުގައި ބޮޑެތި ނިޢުމަތްތަކެއް ވެއެވެ. ތިބާގެ އެންމެހާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ތިބާ ކުރާ އެންމެ ހެޔޮ އަމަލެއްވެސް ނެތިކޮށްނުލާނެއެވެ. ވީމާ ގިނަގިނައިން ހެޔޮއަމަލު ކުރެވޭތޯ މަސައްކަތް ކުރާށެވެ. ސުވަރުގެ އަށް ދަހިވެތިވާށެވެ.

“އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަ ފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާގައި އެއުރެން ދެމިތިބޭ ހާލުގައެވެ. ހެޔޮ އަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ.” (3:136)

**ނިމުނި**

Comments (17)

  1. Faathii

    Assalaam Alykum.
    mi ee Anwaaru Waahakaige enme fahu bai. 🙁
    mi waahaka ah thi enmehaa kiyun therin behetti Shaugaai, dhevvi loabbah fahfashun Shukuru dhannavan. unmeedhu kurany adhi mifadha ehen vaahakayakaaigen kuriah oithanugai bahdhalu vaanekamah. In Shah Allah. & Jazaakum Allah Khair.

  2. mary

    Maasha allah v rythi v ibraetheri vaahakeh alhugandumn beynun vany mikahala vaahakathah ginain mi siatun kiyaalan libun

    1. Faathii
      mary

      Jazaak Allah Khair 🙂

  3. Xxxx

    Jazaakihllah khair dear…v.ibrathun furigenvaa message thakakaa ekee vaahaka genesdheefai vaagoi v.kamudhey..keep it up… ?????

    1. Faathii
      Xxxx

      Wa iyak. 🙂

  4. jasmine

    v furihama…unmeedhakee gina gina inn mifadha vaahaka thah kiyaalan libun…thibaage thiya masahkathuga Allah barakaihlavvaashi…

    1. Faathii
      jasmine

      Aameen. thibaa ah ves Allah barakaai lavvaashi.
      🙂

  5. maroon

    Will miss this amazing wonderful work… be back soon.. take care.. ❤❤❤

    1. Faathii
      maroon

      Jazaak Allah Khair maroon 🙂

  6. khajja

    Masha allah v rythi v ibraiytheri ummydhu kuran abadhuves mi site medhuverikoh dheeny ehchehi kiyanlibi dhyny mauloomaathu libeyne kamah shukuriyya n jazaakallah khair allah thibaage masakkathugai barakaaiy lavvaashi aameen❤❤❤❤❤

    1. Faathii
      khajja

      Aameen. wa iyak. 🙂

  7. Psenhi

    Good work. Masha Allah

    1. Faathii
      Psenhi

      Jazaak Allah Khair 🙂

  8. Adha?

    Really appreciate your work dear?.. u did a great job.. hope to see more from u dear.. tc???

    1. Faathii
      Adha?

      Jazaak Allah Khair dear 🙂

  9. Aashaa

    Ma sha allah. V reethi ibraiy theri vaahaka thakeh.. Alhe season 3 genesdhybala.. Maiy allah thibaagr masakkathugai barakaaiy lavvaaashi. ??????????❤?

    1. Faathii
      Aashaa

      Jazaak Allah Khair.
      Season 3 gennaakah adhi visnaafakaa neh. Ekam mikahala ibraitheri ehen vaahakaeh v avahah fennaane. In Shah Allah. 🙂

Comments are closed.