Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ހިތުގެ މިލްކުވެރިޔާ (އެގާރަވަނަ ބައި)

azzadhil Level 210 Stories100 Comments
July 26, 2017 5 Mins Read
20 Comments

” ޒިވާން އާއި މެރީ ނުކުރޭ.. އަހަރެން ވަރަށް ލޯބިވޭ އަރުޝީ ދެކެ” އާރާވް ޖުމްލައިން އަރުޝީގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އާރާވްގެ މޭގައި ބޯއަޅާލެވުނީ އަރުޝީވެސް ލޯބިވެޔޭ ބުނަމުންނެވެ. އެވަގުތު ދެމީހުން ސިއްސައިގެން ގޮސް ދުރަށް ޖެހުނީ ޒިވާންގެ ބަރުއަޑުންނެވެ.
……………………………………..
ނިދިފައި އޮތް އަރުޝީއަށް ފުންމައިގެން ތެދުވެވުނެވެ. ފެނުނު ހުވަފެނާ މެދު ވިސްނާލުމާއެކު ހިތަށް ބިރުވެރިކަން ވަނެވެ. މުޅި މީހާ ދާހިއްލާ ފޯވެފައި އިންއިރު މޭގައި އަތް އަޅާލައިގެން އިނީ ހިތް ތެޅޭލެއް ބާރުކަމުންނެވެ. އެނދުކައިރީގައި ބަހައްޓާފައިވާ ކުޑަމޭޒުމަތީގައި ހުރި ފެންފުޅު ނަގާ ދެތިން ކޯވަރު ބޯލުމުން މީހާ ހަމައަކަށް އެޅުނެވެ. ބާލީސް ދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއިރު ހަތަރެއް ޖަހަން އުޅެނީއެވެ. އެހެން ކަމުން އިތުރަށް ނިދަން ގަސްދުނުކޮށް ވުޟޫކޮށްލައިގެން އައިސް ދަމުނަމާދުކޮށްލިއެވެ.
…………………………………………………
ޒިވާން އާއި އާރާވްގެ އިތުރުން ރައިހާނާ އާއި ކައިލްގެ މަންމަ ނަޒްމާ ވާހަކަ ދައްކަން ތިބީ ސިޓިންގްރޫމް ސޯފާގައެވެ. ބޮޑު މައުޟޫއަކަށް އޮތީ ޒިވާންގެ ކައިވެނީގެ ވާހަކައެވެ. އެކި ކަހަލަ ކަންތައް ރާވަމުން ދިޔައިރު އެކަމާ އެންމެ ގަޔާނުވެ އިނީ އާރާވްއެވެ. ޒިވާންއާއި އަރުޝީގެ ކައިވެނީގެ ނަންގަނެވޭ ކޮންމެފަހަރަކު އާރާވްގެ ހިތަށް ބިރުވެރިކަމެއް އިހްސާސްވެގެން ދެއެވެ. ނޭނގިނަމަވެސް ޒިވާންއާއި މެދު ހަސަދަވެރިވާން ފަށައެވެ. ޒިވާން އާއި އަރުޝީގެ ކައިވެނިކުރަން ނިންމި ދުވަހުން ފެށިގެން ހަޔާތަށް ނޭނގޭ ފަޅުކަމެއް ވަނީ ވެރިވެފައެވެ. ހިތް ބޭނުންވަނީ ކޮންކަމެއް ކަމެއް ހުދު އާރާވްއަށް ވެސް ނޭނގޭ ކަހަލައެވެ. ހިތް އެދި ގޮވަނީ އަރުޝީ ދެކިލުމަށެވެ. އަރުޝީއާއި ވާހަކަ ދައްކާލުމަށެވެ. ގޯސްކަމެއްކަން އެނގޭއިރުވެސް އަބަދު ހިޔާލުކުރެވެނީ އަރުޝީއާއި މެދުގައެވެ. ވާންއުޅޭ ފަހަރިއާއި މެދު މިގޮތަށް ވިސްނޭތީ ދެރަވެސް ވެއެވެ. ނަމަވެސް އާރާވްގެ ހިތަށް ބާރެއް ނުފޯރުވެއެވެ. އެހިތް އޮތީ އާރާވްގެ މޭތެރޭގައި ނަމަވެސް އޭގޭ ހަގީގީ މިލްކުވެރިޔަކީ އެހެން މީހެއް ފަދައެވެ. މިފަދަ ހިޔާލުތަކެއްގެ ތެރޭގައި އިން އާރާވްއަށް ސިހިފައި ބަލާލެވުނީ ޒިވާން އާރާވްގެ ކޮނޑުމަތީގައި ޖަހާލިމައެވެ. ތަދުވެޔޭ ބުނަމުން ކޮނޑުމަތީގައި ފިރުމާލެވުނީ ހިތްހަމަނުޖެހިފައި އިނދެއެވެ.

” ޖަހާނެދޯ މިވަރަކަށް ވާހަކަ ދައްކާއިރުވެސް ތިއިންނަނީ ވިއްޔަ އަޅާވެސް ނުލާ..” ޒިވާންވެސް ލާނެތް ގޮތަކަށް ބުނެލިއެވެ.
” ދެން ޖަހަން ޖެހޭތަ.. ދޮންބެހާ އެންމެ ވަރުގަދައެއް ނޫނޭ.. އެހެން ނޫނަސް ހުރިހާ މޮޅެއް ލިބެން ޖެހޭނީ ދޮންބެއަށް..” އާރާވް އަދިވެސް އިނީ ހިތްހަމަނުޖެހިފައެވެ.
” އާރާވް ދޮންބެ ސަމާސާއަކަށޭ ޖެހީ.. އެހެން ނޫނަސް އެހާ ބާރަކަށްވެސް ނުޖަހައެއްނު” ރައިހާނާ ބުނެލިއެވެ. ރައިހާނާގެ ޖުމްލައާއި މެދު އާރާވްއަށްވެސް ވިސްނާލެވުނެވެ. ތެދެކެވެ. ޒިވާން ޖެހީ އެހާ ބާރަކަށް ނޫނެވެ. ދެން އާރާވް ރުޅިއައިސްގެން މިއުޅެނީ ކޮންކަމަކާ ހެއްޔެވެ.
” މަންމަމެން މިދައްކަނީ މާދަމާ ހުޅުމާލެއަށް ދަތުރަކު ދާ ވާހަކަ.. ކައިލްއާއި ރިހާނީ ބޭރަށް ގޮސްފައި އައި ފަހުން އަދި މިކަހަލަ ކަމަކު ނޫޅެއެއްނު.. ” ދެންވެސް ވާހަކަ ދެއްކީ ރައިހާނާއެވެ.
” މަންމަމެން ދޭ.. އަހަރެން ދާހިތެއް ނެތް” މިހެން ބުނެ އާރާވް ތެދުވެގެން ކޮޓަރިއާއި ދިމާއަށް ދިޔައިރު އެންމެން ހައިރާންވެފައި ބަލަން ތިބީ އާރާވްއާއި ދިމާއަށެވެ. ކުއްލިއަކަށް އާރާވްއަށް މިވީ ކިހިނެއް ހެއްޔެވެ. ދަތުރަކު ދާން ބުނެފިއްޔާ އެންމެ ކުރީގައި ހުންނާނީ އާރާވްއެވެ. ދަތުރު ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އާރާވްއެވެ. ދަތުރު ދާހިތުން އާރާވް ހުންނާނީ ކެތްމަދުވެފައެވެ. އާރާވް ކަންތައް ކުރި ގޮތުން ޒިވާންގެ އިތުރުން ރައިހާނާއާއި ނަޒްމާވެސް އިނީ ހައިރާންވެފައެވެ.
ދަތުރު ދާން ހަމަޖެހިފައި އޮތީ އަނެއް ދުވަހުގެ ހެނދުނުއެވެ. އެހާ ދުވަސްފަހުން ޕިކްނިކް ހަދާލަން ދެވޭތީ ރިހާނީ ވަނީ އުފަލުން ފޮޅިފައެވެ. ހުޅުމާލެއަށް ދާން އަރުޝީ އިންކާރުކުރީ މަރިޔަމް އެކަނި ކޮށްލާފައި ނުދެވޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ރިހާނީގެ އެތަކެއް އާދެހާއެކު މަރިޔަމްވެސް ގޮވައިގެންދާން އަރުޝީ އެއްބަސް ވިއެވެ.
ބާބަކިއު ހަދާ ސާމަނު ގަތުމަށް ކައިލް އާރަވް ބަލާއައީ އެރޭގެ އިޝާނަމާދަށް ފަހުގައެވެ. ރައިހާނާ އާރާވް މިއަދު ކަންތައް ކުރި ގޮތް ކައިލްއަށް ކުޑަގޮތަކަށް ކިޔާދިނުމަށްފަހު އާރާވް ދަތުރު ނުދާނެ ވާހަކަވެސް ބުންޏެވެ. ނަމަވެސް އާރާވް ދާނެ ކަމާއި އެކަމާ ރައިހާނާ ނުވިސްނުމަށް ބުނަމުން އާރާވްގެ ކޮޓަރިއާއި ދިމާއަށް ކައިލް މިސްރާބުޖެހިއެވެ.
ކައިލް މަޑުން މަޑުނއާރާވްގެ ކޮޓަރީ ދޮރުގެ ތަޅުއަނބުރާލަމުން ހުޅުވާފައި އެތެރެ ބަލާލިއެވެ. އޭރު ބާލީހުގައި ބައްދާލައިގެން ބަނޑުންކަހަލަ ގޮތަކަށް އާާރާވް އެނދުގައި އޮތެވެ. އާންމުކޮށް މިކަހަލަ ވަގުތެއްގައި އާރާވް އެހެން އޮންނާނީ ކަމަކާ ހިތްހަަމަނުޖެހިފައި އެހެން ނޫނީ ކަމަކާ ފިކުރުބޮޑުވެ ދެރަވުމުންނެެވެ. ކައިލްވެސް ދެފަރާތަކަށް ބޯހޫރާލީ އާރާވްގެ ހިތުގެ ހާލު ކޮންމެވެސް ވަރަކަށް އެނގޭތީއެވެ.
” ކީއްވެ ދަތުރު ނުދާން ބުނީ..” އެތެރެއަށް ވަދެ އެނދާ ދިމާއަށް ދަމުން ކައިލް ވާހަކަ ދެއްކިއެވެ. އާރާވްއަށް އަޑު އިވުނު ނަމަވެސް އަޅާވެސް ނުލާ އެއޮތް ގޮތަށް އޮތީއެވެ.
” އަރުޝީވެސް ދޭ..” އާރާވް ގެ ހަބަރެއް ނުވުމުން ކައިރީގައި އިށީންނަމުން ކައިލް މިހެން ބުނެލިއެވެ.
” ކައިލް ޕްލީޒް.. ނޯ މޫޑް” އާރާވް ހިތްހަމަ ނުޖެހިފައި ހުރެ މިހެން ބުނަމުން ތެދުވެ އެނދުގައި ލެގިލިއެވެ.
” ކިހިނެއްވީ.. އަހަންނަށް އެނގޭ އާރާވްއަށް ވެގެން ތިއުޅޭ ގޮތެއް.. ޔޫ ލަވް ހަރ ރައިޓް..” ކައިލްގެ ޖުމްލައިން އާރާވް ސިހިފައި ކައިލްގެ މޫނަށް ބަލާލިއިރު އެމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. އާރާވް ބުނުމަކާ ނުލާ ކައިލްއަށް ހުރިހާ އެއްޗެއް ސާފުވެގެން ދިޔައެވެ.
” އާރާވް އަހަންނަށްވެސް އެނގޭ ލޯތްބަކީ ގަދަކަމުން ވާއެއްޗެއް ނޫންކަން އެއީ ވެވޭ އެއްޗެއް ކަން.. އަދި ލޯބިވުމަކީ ކުށެއްވެސް ނޫން.. ހެޔޮގޮތުގައި ވިއްޔާ ލޯތްބަކީ ވަރަށް މާތް އެއްޗެއް.. އެކަމަކު ލޯބިވެވިގެން ތިއުޅެނީ އެންމެ ރަނގަޅުމީހާއާއި ނޫނޭ އަހަންނަށް ބުނެވޭނީ.. ސީ އާރާވް.. ދުވަސްކޮޅަކުން އަރުޝީވާނީ އާރާވްގެ ފަހަރިއަށް.. މިއަކީ އާރާވް ބޭނުން ނުވި ނަމަވެސް ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތެއް.. ޒިވާން އަކީ އާރާވްގެ ހުރި ހަމައެކަނި ބޭބެ.. އާރާވްގެ ހިތުގަ ތިކަހަލަ ކަމެއް އުޅޭކަން އެނގިއްޖިއްޔާ ޒިވާން ވަރަށް ދެރަވާނެ.. އާރާވް އަށްޓަކާ އަރުޝީ ދޫކޮށްލަންވެސް ޒިވާން ފަހެއް ނުޖެހޭނެ.. ދެން ހުރީ އަރުޝީ… މިހާތަނަށް އަހަންނަށް އެނގިފަ އޮތް ގޮތުގައި އަރުޝީއަކީ ވަރށް މާތް ވަރަށް ރަނގަޅު ކުއްޖެއް.. އޭނާގެ މަރުހޫމް ފިރިމީހާ މަތިން ހަނދާންކޮށް ރޯތަން އަހަންނަށް ކިތަންމެ ފަހަރަކު ވަނީ ފެނިފައި.. މިކައިވެނި ކުރަން އަރުޝީވެސް އުޅެނީ އެތައް ހިތްވަރެއް ކޮށްގެން.. އަރުޝީވެސް ބޭނުމެއް ނުވާނެ ކަންނޭނގެ އޭނަގެ ސަބަބުން އާއިލާއެއް ރޫޅިގެން ދާކަށް.. ދެން ބޮޑުދައިތަ.. ދެދަރިންގެ ދެމެދުގައި ހަމަހަމަ ނުކުރެވިއްޖެ ނަމަ ވަރަށް ދެރަވާނެ.. މިކަމަކީ ދެދަރިންގެ ދެމެދުގައި ހަމަހަމަ ކުރެވޭނެވެސް ކަމެއް ނޫން..” ކައިލްގެ ވާހަކަތައް އަޑުއަހާފައި އާރާވްގެ ސިކުނޑި ސުމަކަށް ދިޔަކަހަލައެވެ. ކައިލް އެދެއްކީ މުޅިންވެސް ތެދުވާހަކައެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ވާނެއެވެ.
” ކަައިލް ދެން ކިހިނެއް އަހަރެން ހަދާނީ.. ” ގޮތް ހުސްވެފައިވާ މީހަކު ފަދައިން އާރާވް އަހާލިއެވެ.
” ތިކަމަށް އޮތީ އެންމެ ހައްލެއް.. އާރާވްއަށް ޖެހޭނީ އަރުޝީ ހަނދާން ނައްތާލަން.. އެނގޭ އަބަދު ކުރިމަތީގައި އުޅޭއިރު އުނދަގުވާނެކަން.. އެކަމަކުވެސް ވަރަށް ހިތްވަރު ކުރަންޖެހޭނެ.. ތިކަމުން ސަލާމަތް ކޮށްދެވުމަށް އެދި މާތްﷲގެ ކިބައަށް ދުއާކުރޭ.. އަރުޝީއާއި ވާހަކަ ދެއްކުން މަދުކޮށް އޭނަ ފެންނަ ހިސާބަށް ދިއުން މަދުކުރޭ.. އަދި ދެވުނަސްވެސް އެހެން ކަމަކާ މަޝްއޫލް ވެވޭތޯ ބަލާ.. މާތްﷲ އިރާދަފުޅުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..” ކައިލްގެ ނަސޭހަތް އަޑުއެހުމަށްފަހު ކައިލް ބުނި ގޮތަށް ކަންތައް ކުރުމަށް އާާރާވްގެ ހިތުގަިއ އަޒުމް ކަނޑައެޅިއެވެ. އަދި ކައިލް ގައިގާ ބައްދާލަމުން އެކަމަށް ޝޫކުރުވެރިވިއެވެ. އެއަށްފަހު ހިތްހަމަޖައްސާލެވޭތޯ ބަލަމުން ތައްޔާރުވެގެން ކައިލްއާއި އެކު ބޭރަށް ދިޔައެވެ.

އެރޭ އަރުޝީވެސް ހޭދަކުރީ ބޮޑުވިސްނުމެއްގެ ތެރޭގައެވެ. ފެނުނު ހުވަފެނަށްފަހު އާރާވް އާއި ކުރިމަތިލާނެހާ ހިތްވަރެއް އަރުޝީގެ ކިބައަކު ނެތެވެ. އާރާވް އާއި މެދު ވިސްނާލިއަސް ހިތް ތެޅެން ފަށައެވެ. ވިސްނަން ބޭނުން ނުވާއިރުވެސް އާރާވް އާއި މެދު ވިސްނޭތީ އަރުޝީ ކައިރިއަށް އަންނަނީ ރުޅިއެވެ. ކާމޭޒު ކައިރީގައި ކޮފީތައްޓަށް ސަމްސާ ލައިގެން ގިރާލަ ގިރާލައިން އަރުޝީގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. ރިހާނީ އައިސް މަރިޔަމް ގޮވާ ވާހަކަވެސް ބުނީ އެހެން އިންދައެވެ. އަރުޝީ ލަސްނުކޮށް ތެދުވެގެން މަރިޔަމް ކައިރިއަށް ދިޔައީ ކޮފީތަށިވެސް ހުރިގޮތަށް ބަހައްޓާފައެވެ.

އެނދުމަތީގައި އޮތް މަރިޔަމްއަށް އަރުޝީ ފެނުމާއެކު އަތުން އިޝާރާތްކޮށް ކައިރީގައި އިށީނުމަށް މަރިޔަމް ބުންޏެވެ. މަރިޔަމް އެދުނު ފަދައިން ހީލަމުން އަރުޝީގޮސް މަރިޔަމް ކައިރީގައި އިށީނެވެ. އެންމެ ފުރަތަމަވެސް މަރިޔަމް އޭނަގެ ރޫރުއަޅާ އަތުން އަރުޝީ ބޮލުގައި ފިރުމާލިއެވެ.
” ކައިފިންތަ..” މަރިޔަމް އަށް ވާހަކަ ދެއްކެނީ ގޮތަކަށް ކަމުން ކިޔާ އެއްޗެއް އެނގެނީ ވަރަށް ވިސްނައިގެންނެވެ. އަރުޝީ އާއެކޭ ބުނުމުގެ ބޯޖަހާލިއެވެ.
” ދަރިފުޅު އުފާވޭތަ” އަނެއްކާވެސް މަރިޔަމް އަހާލިއެވެ. މަރިޔަމްގެ ސުވާލުން އަރުޝީގެ މޫނު ބަނަވެގެން ދިޔައެވެ.
” ކިހިނެއްވީ މާމާ.. މާމަ އުފަލެއް ނުވޭތަ” އަރުޝީ ވެސް ކޮށްލީ ސުވާލެކެވެ.
” މާމާއަށް ހީވަނީ ދަރިފުޅު ދެރަވެފަ ހުންނަހެން.. ކައިސަން މަތިން ހަނދާންވަނީ ދޯ.. މާމާވެސް ވަރަށް ހަނދާންވޭ.. ” ފަހު ޖުމްލަ ބުނެލިއިރު މަރިޔަމް އަށް ރޮވިއްޖެއެވެ.
“މާމާ…. ކައި ކިހާ ދެރަވާނެ މާމަ ރޮންޏާ.. ކައި އަށް ބޭނުންވާނީ އަހަރުމެންގެ ހެޔޮ ދުއާ.. ދެން ނުރޮއްޗެ އިނގޭ… މާމަ އުފަލުގަ ހުންނަންޏާ އަހަރެންވެސް ހުންނާނީ އުފަލުގަ.. އެއީ ވަރަށް ރަނގަޅު ބައެއް.. ޒިވާން އަހަންނަށް ދެރަގޮތެއް ނުހަދާނެ.. ” މަރިޔަމް އަށް ވިސްނާދެވޭތޯ ބަލަމުން އަރުޝީ ވާހަކަ ދެއްކިއެވެ. މަރިޔަމްވެސް އާއެކޭ ކިޔަމުން ލޯމަރާލީއެވެ. މަރިޔަމް ނިދިކަން އެނގުމުން އަރުޝީވެސް އަނެއް ފަރާތަށް އަރާ އޮށޯވެލިއެވެ. ފޯނު ނަގާ ގެލެރީއަށް ވަދެލަމުން އަރުޝީއާއި ކައިސަން އެއްކޮށް ނަގާފައިވާ ފޮޓޯއެއް ވިއުކޮށްލިއެވެ. ކައިސަންގެ އުނގުމަތީގައި އަރުޝީއިނީ ކަރުގައި ބައްދައިގެން ކައިސަންގެ ކޮލާއި ކޯޖައްސައިގެންނެވެ. ކައިސަންގެ އެއް އަތް އަރުޝީގެ އުނަގަނޑުގައި ވަށާލާފައި ވީއިރު ފޮޓޯ ނަގާފައިވަނީ އަނެއް އަތުންނެވެ. އަރުޝީއަށް ހެވުނީ ފޮޓޯގައި ދެމީހުން ތިބި ގޮތުންނެވެ. ފޯނު މޭގައި ޖައްސާލުމާއެކު ހަނދާންވެގެން ދިޔައީ ކައިސަން އާއި އަންހެންކުއްޖެއްގެ ވީޑިއޯ މަތިންނެވެ. އެއާއެކު ފޯނު މެޔާ ދުރުކޮށްލެވުނެވެ. ދެވަނަ ފަހަރަށް އެފޮޓޮއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. އެންމެ ފަހުން އެފޮޓޯއަށް ބަލަން ކެތް ނުވެގެން ފޯނު ދުރުގައި ބާއްވާފައި އަނެއް ފަރާތަށް އެނބުރި ލޯމަރާލިއެވެ.
……………………………………………………………………….
ހެނދުނު ނުވައެއް ޖެހިއިރު އެންމެން ތިބީ އެއް ނަމްބަރު ޖެޓީ ކައިރީގައެވެ. ހުޅުމާލެ ދިއުމަށްޓަކައި ހާއްސަ ލޯންޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިވާން، އާރާވް ކައިލް އަދި ކައިލް ގެ ބައްޕަ އިލްޔާސް އަވަދިނެތި ލޯންޗަށް އެއްޗެހި އެރުވުމުގައި އުޅުނެވެ. މަރިޔަމްގެ ގޮނޑީގައި ހިފަހައްޓައިގެން އަރުޝީ ހުރިއިރު އިސްޖަހާލައިގެން ހުރީ ބަލަން ބޭނުން ނުވާ ދިމާއަކަށް ބެލިދާނެތީއެވެ. ލޯންޗުގައި ހުރި އާރާވް ރައިހާނާއަށް ގޮވާލާފައި އަރަން އަންނަން ބުނުމުން ދެންތިބި މީހުން އެދިމާއަށް މިސްރާބުޖެހިއެވެ. އެންމެ ފުރަތަމަ ރައިހާނާ އަތުގައި ހިފާފައި އެރުވުމަށްފަހު ދެން އެރުވީ ނަޒްމާއެވެ. މަރިޔަމް އަރުވަން ކައިލްއާއި ޒިވާންވެގެން ގޮނޑިހިއްލަން ފެށުމުން އާރާވް އެކަން މަނާކުރިއެވެ. އަދި ލޯންޗުން ފައިބައިގެން އައިސް މަރިޔަމް އަތްދަނޑިމައްޗަށް ލައިގެން ލޯންޗަށް އެރިއެވެ. މިމަންޒަރު ފެނި އަރުޝީގެ ލޯ ފެންކަޅިވިއެވެ. ކައިސަން ހުރިނަމަ ކައިސަން ވެސް ކަންތައް ކުރާނީ ހަމަ މިފަދަ ގޮތަކަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

azzadhil

Level 210 Stories100 Comments

Other Articles

Previous

ޒާރާ (4)

Next

ދުރުގައިވިޔަސް… 28 ވަނަ ބައި

Next
July 26, 2017

ދުރުގައިވިޔަސް… 28 ވަނަ ބައި

Previews
July 26, 2017

ޒާރާ (4)

20 Comments!

  1. Shi says:
    July 26, 2017 at 9:38 pm

    Haadha kurey next time digu kohlachey ?Varah reethi mi part ves??I’m first yeah

  2. Dear says:
    July 26, 2017 at 9:39 pm

    10 vana part up ehh nuveyy

    1. azzadhil says:
      July 26, 2017 at 9:43 pm

      10th part up kohfa innany. click my name and u can see it 🙂

  3. azzadhil says:
    July 26, 2017 at 9:41 pm

    Alhamdulillah varah masahkaiy kohen 11th part ves up kurevijje.. kuruvedhaane but in sha allah next time dhigukohladheynan.. hope you ppl like it.. mistake eh iniyya buneladheythi.. lwbiveyy hurihaa kudhin dhekeves.. good night fee amanillah :* :* <3 <3

  4. song joong ki..KOREAN says:
    July 26, 2017 at 9:46 pm

    vvv salhi

    1. azzadhil says:
      July 26, 2017 at 9:47 pm

      jazakallah khair song joong ki..KOREAN 🙂 nice name btw 😉

    2. song joong ki..KOREAN says:
      July 27, 2017 at 5:41 am

      haha. i’m ur korean fan

  5. iru says:
    July 26, 2017 at 10:15 pm

    V v nice

  6. Shahoo says:
    July 26, 2017 at 10:37 pm

    Wow maasha allah v reethi. I luv dis story???
    Dhn kn irakun up kohdheyny?? Plxxx avahah up kohdhehchey??

  7. Xxxx says:
    July 26, 2017 at 11:42 pm

    Story loabikan dear,,,,??????????????v.kiyaahiyvey next part?keep it up.. waiting ingey….☺☺

  8. khajja says:
    July 27, 2017 at 1:19 am

    Oh wow masha allah v rythi v cute stry ?? when nxt prt avahah up kurachchey gud nyt??❤❤❤?????

  9. Adha? says:
    July 27, 2017 at 11:41 am

    V.v.v.v reethi mi part ves.. its great…? waitingss ❤❤❤❤

  10. Sidhu says:
    July 27, 2017 at 5:30 pm

    Kaisan ge heart Aarav ah lahvaigen dhw a ulheny…story hama wonderful. …kiyaa hithun kiyaalevey

  11. Aif says:
    July 27, 2017 at 7:56 pm

    Varah rythi story eh. When next part?? ❤❤❤❤

  12. maroon says:
    July 29, 2017 at 7:35 pm

    Azza… inthizaaruga mihury.. iru iru kolhaa eba beley…hope u r fine. Comment thakah reply nukuraathy kudakoh kanbodu vejje… miss u ❤❤❤

    1. azzadhil says:
      July 30, 2017 at 10:13 am

      alhamdulillah!! miss u mre.. kudakoh balive ulheythy..

    2. maroon says:
      July 30, 2017 at 7:04 pm

      Shafakillah…. ❤
      Mee mihaaru maroon emme kiyaa hiyvaa story esfiyaaga ❤
      Will wait ☺
      Take good care.. loves

  13. azzadhil says:
    July 30, 2017 at 10:15 am

    thank you hurihaakudhinnahves..kudakoh balive ulheythy up nukureveny.. in sha allah v avahah up kureveytho balaanan.. just give me two mre days

    1. maroon says:
      August 2, 2017 at 12:12 am

      Azza hope you are doing fine… hama beleny ? Tc be safe

  14. Shifu says:
    August 5, 2017 at 10:41 pm

    Ahannah v reethi aharenge hithaa kulhelaifi. Ahannah heevanee kaisange heart hen. Eynaey kiyaigen e dhehkee huss dhogu vaahaka kanneyge. Ehen noonnama keehvegen arshee dheke aarav e varah loabi vaanvee. Yageen edhemeehun dhurukurumah ehen baehge atheh vaakan. Pls arushee ah hageegai egi aarav ah arushee libey goi hadhaa. Aharenge hithah v thadhu vehje. Vaahakaige anehbai avahah libeyne gotheh hadhaa dhee.

Comments are closed.

Next Episodeހިތުގެ މިލްކުވެރިޔާ (ބާރަ ވަނަބައި)←


All Right Reserved!