“ޒިވް… އެއީ ލަތީފްބެ އާއި ލަތީފްބޭގެ އަންހެނުން ރުފްޝާ… ދެން ތި ތިބީ ލަތީފްބޭމެންގެ ދެކުދިން..” ޒައިފް އޭނާގެ ދަރިފުޅު ޒިވާއަށް ގޮވާލުމަށްފަހު ކުރިމަތީގައި ތިބި މީހުން ކިޔައިދިނެވެ. ޒިވާ އިސްއުފުލާލަން މަޖުބޫރުވުމުން އެވަގުތު ކުރިމަތީގައި ތިބި ބަޔަކަށް ނަޒަރެއް ހިންގާލިއެވެ. އެތާ ތިބި މީހުން ފެނި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. އޭނާއަށް ހިން ދިރުވާލެވުނީވެސް ވަރަށް ވަރުންނެވެ. އެއީ އޭނަ މިތަނުން ދެކެން ބޭނުންވި ސޫރައެއް […]
އެހުރިގޮތަށް ހުރެ އޭނާ އެއްފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު މޫނުމަތިން އެ މާބޮނޑި ނެގިއެވެ. ޒިވާ ސިހުނީ ކުރިމަތީގައި އެހުރި ސޫރަ ފެނިފައެވެ. އޭޏާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޒިވާ ހުވަފެނުންވެސް ދެކެފައި ނުވެއެވެ. އޭނައަށް ހައިރާން ކަމާއެކު ބަލަހައްޓާއިގެން ހުރެވުނެވެ. “ޒިވާ.. ފުރަތަމަ ނަޒަރުން ވެސް އަހަންނަށް ޒިވާދެކެ ލޯބިވެވުނު.. ކުރިންވެސް އެހެން އަންހެން ކުދިން އަހަންނަށް ފެނޭ.. އެކަމަކު ޒިވާ ފެނުމުން ކުރެވެނީ ތަފާތު އިޙުސާސެއް.. އަންހެން ކުއްޖަކާއި ދޭތެރޭ މިގޮތަށް ވިސްނުނު […]
ސްކޫލަށް އާދެވުމުން ޒިވާ އޭނާގެ ބައްޕަ ގާތު ދަނީކަމަށް ބުނެ ހިނިތުން ވެލައިގެން ހުރެ ކާރުން ފައިބައިގެން ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ޒައިފްވެސް ހިނިތުންވެފައި ކާރުގައި އިރުކޮޅެއް ވާންދެން އޭނާގެ ލޯބިވާ ދަރިފުޅު ދިޔަ ތަން ބަލަން އިނެވެ. އެއަށްފަހު އަތުުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ ކަޅުކުލައިގެ ކާރު ސްޓާޓް ކޮށްލައިފައި އެތަނުން ދިޔައެވެ. ޒިވާ ކްލާހަށް ވަދެގެން ދިޔައިރު އެހެން ކުދިންގެ ލޯތައް އޭނާއާއި އަމާޒުވިއެވެ. އެއީ ގިނަ […]
“ކިހާ ހިތްފަސޭހަ މިތަން.. އެ ރަސްފަންނަށް ގޮއްސިއްޔާ ސައްވީސް ގަޑިއިރު ކޮށްޅަން ހުންނަން ޖެހޭނީ.. އިށީންނާނެ ތަންކޮޅެއް ނުލިބޭނެ..” ޒިވާ އޭނާގެ ޕްލޭން ކާމިޔާބު ވުމުން ނިކަން ހެވިލައިފައި ބުންނެވެ. އެކުދިން އެކި ވާހަކަ ތަކުގައި އެތާ ތިބެ ހިނގައި ގަތް އިރުވެސް އެމީހުންނަށް ބަލަހައްޓައިގެން އެޔޮށް ހުރިހާއިރު އެތަނުން ބެންޗެއްގައި މީހަކު އިން ކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ކީއްކުރާ މީހެއް ބާވައެވެ؟ އޭނާގެ އޮތީ ކޮންބޭނުމެއް ބާވައެވެ؟ އަމާން ކަމާއިއެކު އެކުދިންނަށް ގެޔާއި ހަމައަށް […]
އުފާވެރި ވަގުތު ކޮޅަކަށްފަހު އިރުއޮއްސެން ގާތް ވުމުން އެމީހުން ގެއަށް ދާން މިސްރާބު ޖެހިއެވެ. އައި މަގުމަތީގައި ވެސް ނަވާރްގެ ލޯބިވެތި ވާހަކަތައް ނުހުއްޓެއެވެ. އެމީހުންވެސް ހިނިތުން ވެލަނީ އާއިލާ އަށް އައިސް އޮތް ބަހާރު މޫސުމުގެ އުފާ ޙާސިލް ކުރުމުގެ ގޮތުންނެވެ. ނައިޝަމް އާއި ޔަންހާގެ ފަހަތުން ގެއަށް ވަތް ޒިވާވެސް ހިނިތުން ވެލައިގެން ހުރެ ގެއަށް ވަނީ އެ އުފާވެރިކަން މިގޮތުގައި ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާ ކުރާ ޙާލުއެވެ. ގެއަށް އައިސް ވަތް […]
…… ކިހިނެއްވީ..؟ މަލީ އޭނައަށް ހިތްކީތަ؟؟؟ މަހާ ދިމާކޮއްލިއެވެ.ނޫނޭ ނޫނޭ.. އޭނަ މާ އޮވާ ސޯލިހު. މަލީ ކަހަލަ ކުދިންނާ އޭނަޔާ ހަމައެއް ނޫން.. ހީލަމުން އޭނަ ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ބުނެވުނު ޖުމްލަޔާމެދު އޭނާގެ ހިތް ހަމައެއް ނުޖެހުނެވެ. އެކަމާވެސް އޭނަ އިންތިހާއަށް ހައިރާން ވިއެވެ. އޭނަ އެ ދެން މާ ބޮޑުކަމަކަށް ނަހަދާ ޖޯލިން ތެދުވެލީ މަހާ ހިނގާށޭ ބުނުމުން އޭނައާއި އެކީ ގެއަށް ވަންނަންވެގެންނެވެ. އިރު އޮއްސުމުގެ ކުރިން ދެމީހުން […]
ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރައިފާގެ ހިތުގައި ބަދަލު ހިފުމުގެ ރޫޙު އެވަނީ ހާދަވަރަކަށެވެ. ރައިފާއަށްތަކައި އެހެން ފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އޭނާ ހަމްދަރުދީ ވިއެވެ. ނަމަވެސް ހިތާމައަކީ ރައިފާއަށް އެއިން ކަމެއް ރޭކާވެސް ނުލާ ކަމެވެ. އަމިއްލަ ދަހިވެތިކަމުގައި އޭނާ އެވަނީ ބެހިގެން ގޮސް މާ ދުރަށް ގެއްލިފައެވެ. އަތު އަޅުވާލަންވެސް އުނދަގޫވާ ހިސާބަށް ގޮއްސައެވެ. ނަމަވެސް ޒިވާ ﷲގެ ހަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ރައިފާއަށްވެސް އަދި ކޮންމެވެސް ދުވަހަކުން ވިސްނޭނެ ކަމަށް […]
އިރުއޮއްސެން ގާތް ވުމުން ނަމާދު ގަޑިވެސް ކައިރި ވާތީއާއި އެއްކޮށް ނައިޝަމް ޒިވާ ގެއަށް ލައިފައި ނަމާދަށް ދާންވެގެން ސައިކަލުގެ މިސްރާބު ގެއާއި ދިމާލަށް ޖެހިއެވެ. ދިހަ ވަރަކަށް މިނެޓުން ގެއާއި ހަމައަށް އެމީހުންނަށް ފޯރައިފިއެވެ. މުށިކުލައިގެ ފިލާ ދޮރޯށި ހުޅުވާލުމަށްފަހު ނައިޝަމް އާއި ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ދެމީހުންވެސް ހައިރާން ވީ އެވަގުތު ނޫރީން އެމީހުންކުރިމައްޗަށް އަރައި ހިނިތުން ވެފަ ހުރިލެއް ބޮޑުކަމުންނެވެ. ޔަގީނުންވެސް މަންމަ އުފާވަ ކޮންމެވެސް ކަމެއް ވެއްޖެޔޭ ޒިވާގެ ހިތަށް […]
ދަތް ހުރިދުވަހު ކާށި ކެވޭނެއޭ ބުނާ ފަދައިން އަހަރެންގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ދިޔައީ އުފަލާ މަޖާކުރުމުގައެވެ. އަޅުކަމެއް ކުރެވުނު ދުވަހެއް ހަނދާނުގައި ނެތެވެ. ހެއްދެވި ފަރާތުގެ މަތިން ހަނދުމަކޮށްލާނެ ވަގުތެއް އަހަރެންނަކަށް ނުވެއެވެ . ކައިވެންޏޭ މިކިޔާ ލަފުޒަކީ އަހަރެން އެންމެ ރުޅި އަންނަ އެއް ލަފުޒެވެ. ދުނިޔެ މަތީގައި މާތްﷲ ހަރާމްކުރައްވާފައިވާ އެތައް އެތައް ފާފައެއް ކުރުމުގައި އަހަރެން ދެމިހުރީމެވެ. އާދައިގެ މަތިން އެކުވެރިންނާއިއެކު ފިނިބުރު ޖެހުމަށް އަހަރެން ނުކުތީމެވެ. މަގުމަތިން ދާހައި އަންހެން […]