Skip to content
އެސްފިޔަ

ބަދަލު

ދަތް ހުރިދުވަހު ކާށި ކެވޭނެއޭ ބުނާ ފަދައިން އަހަރެންގެ ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ދިޔައީ އުފަލާ މަޖާކުރުމުގައެވެ. އަޅުކަމެއް ކުރެވުނު ދުވަހެއް ހަނދާނުގައި ނެތެވެ. ހެއްދެވި ފަރާތުގެ މަތިން ހަނދުމަކޮށްލާނެ ވަގުތެއް އަހަރެންނަކަށް ނުވެއެވެ . ކައިވެންޏޭ މިކިޔާ ލަފުޒަކީ އަހަރެން އެންމެ ރުޅި އަންނަ އެއް ލަފުޒެވެ. ދުނިޔެ މަތީގައި މާތްﷲ ހަރާމްކުރައްވާފައިވާ އެތައް އެތައް ފާފައެއް ކުރުމުގައި އަހަރެން ދެމިހުރީމެވެ.

އާދައިގެ މަތިން އެކުވެރިންނާއިއެކު ފިނިބުރު ޖެހުމަށް އަހަރެން ނުކުތީމެވެ. މަގުމަތިން ދާހައި އަންހެން ކުއްޖަކަށް ފޮށެމުން އަހަރެމެން ދިޔައީ ހަޑިހުތުރު ބަސްތަކުން އެކުދިންނާއި މުޙާތަބު ކުރަމުންނެވެ.

“އޭ އައިއްޓެ..ބަލާބަލަ އެހެރަކަމެއް..މަށަށް ހުވާކުރަންކެރިދާނެ ކަލެއަކަށް އެމަންޖެ ސެޓެއް ނުކުރެވޭނެކަން” އަހަރެންގެ ގައިގައި ކޮއްޓާލުމަށްފަހު ހަމްދޫން ބުނެލިއެވެ. އެއާއިއެކު ޖަމީލު އާއި މާނިއު ވެސް ހަމްދޫނުގެ ބަހަށް ތާޢީދުކޮށް އަހަރެންނާއި ދިމާކުރަން ފެށިއެވެ.

އަހަރެންގެ ނަޒަރު ކަޅުފޮތިން ނިވާވެފައިވާ އެ އަންހެން ކުއްޖާއަށް ދަތުރުކުރުމާއިއެކު ފޫހިވައްތަރެއް ޖައްސާލެވުނެވެ.

“އޭ..ކަލޭމެންނަކަށްވެސް ނޭނގުނުތަ އެނޫން މީހަކު ދައްކަން…އެއީކީ މަގޭ ޓައިޕެއްވެސް ނޫނެއްނު…މަށަށް ކިހިނެއް އެނގެނީ އެއީ ފިރެހެނެއް ނޫންކަމެއްވެސް….ނޫނީ ވެދާނެ ފަސްދޮޅަހުން މަތީގެ މުސްކުޅި އަކަށްވެސް….ތިނޫން އެހެން ކަމެއް ބުނޭ….މަށަކަށް ނުވާނެ…” އަނގަޔަށް ފޫހި ވައްތަރެއް ޖައްސާލަމުން އަހަރެން ބުނެލީމެވެ. އެއާއިއެކު އެކުވެރިންގެ ފަރާތުން ކުރިމަތިވި މަލާމާތުގެ ބަސްތަކުން އަހަރެންގެ ލޭ ކެކިގަތެވެ. އެހެން މީހުންގެ މަލާމާތް ރައްދުވުމަކީ އަހަރެން އަބަދުވެސް އެންމެ ނަފުރަތުކުރާ އެއްކަންތަކެވެ.

“އޯކޭ… ފަނަރަ ދުވަސް ދީ މަށަށް…ކަލޭމެންނަށް ވަރިހަމައެއްނު މަ ކޮންމެ ގޮތަކަށް އޭނަ ސެޓުކުރި އަސް…ކިހާ ވަރެއް ދޭނަން މަ އެކަން ކޮށްފިއްޔާ….؟” އަހަރެން ކުރަން ހިތު އަޅައިފި ކަމެއް ވެއްޖެއްޔާ މިހާތަނަށް ވެސް ކުރެވިފައި ހުރުމުން ޔަޤީން ކަމާއިއެކު އަހަރެން ބުނެލީމެވެ.

އެއާއިއެކު އެކުވެރިންގެ ފަރާތުން ހުށަހެޅުނު އަގަށް އަހަރެން އެއްބަސްވީ އެއަގާއި ދޭތެރޭ މާބޮޑަށް ވެސް ހިތްހަމަ ޖެހުމުންނެވެ.

“އެކަމަކު އޭނައަކީ ފިރެހެނަކަށް ވެއްޖެއްޔާ ކަލޭމެން ތި ހުށަހެޅި އަގުގެ ދެބައިކުޅަ އެއްބައި މަށަށް ދޭން އެއްބަސްވާން ވާނެ…މަދެން ކަލޭމެންނާއި ބައްދަލުކުރާނީ އެކަން ކޮށް ނިންމާފައި….އޯކޭ…ބެޓް” ހިނިގަނޑެއް ޖަހާލަމަށްފަހު އަހަރެން ބުނެލީމެވެ. އެގޮތާއި އެކުވެރިންވެސް އެއްބަސްވުމުން އަހަރެންގެ މަސައްކަތައިގެން އަވަސްވެގަތީމެވެ.

*********

އެމީހަކަށް އަހަރެން ފާރަލާން ފެށިތާ ބަރާބަރު ތިންދުވަހުގެ ތެރޭގައި ވަނަވަރު ހޯދާލީމެވެ. އެކުއްޖަކީ އަހަރެންގެ އުމުރާއި ދާދި އެއްވަރެއްގެ އަންހެން ކުއްޖެއްކަން އެނގުމާއިއެކު އަހަރެންގެ މަސައްކަތަށް އިތުރަށް ފަސޭހަވެގެން ދިޔަ ކަމުގައި ވިސްނުނެވެ. އެހެން ކަމުން އަހަރެން ނިންމީ ވަރަށް ހަމަޖެހިލައިގެން އެކަން ކުރުމަށެވެ.

އެކުއްޖާ އަހަރެންގެ ދަލުގައި ހައްޔަރުކޮށްލުމަށް އަހަރެންގެ “ހަތާގަނޑެއް ކަހަލަ” އިސްތަށިގަނޑު ތުނިކޮށް ކޮށާލައި ތުނބުޅި ވެސް ރީތިވަރަކަށް ކޮށާލީމެވެ. އަތާއި ފައިގައި އަޅާފައިވާ ބޭންޑްތަކާއި އަނގޮޓިތައް ނަގާ ނިފަތިތައް ކަނޑާ މީހާ ތާޒާވެލީމެވެ. އާއްމުކޮށް އަހަރެން ލައި އުޅެމުން އައި ގަޔަށް ދޫކޮށް ހުންނަ ބޮޑެތި ޓީޝާޓުތަކާއި ގަމީހުގެ ބަދަލުގައި ގަޔަށް ހެޔޮވަރު ގަމީސްކޮޅަކާއި ފަޓުލޫނުކޮޅެއް ހޯދާލީމެވެ.

ފޮތުގެ ބޭރުގަނޑަށް ބަލާލާފައި ގޮތް ނުނިންމުމަށް މީހުން ބުނާތީ އަހަރެން އަޑުއަހަމެވެ. އެހެން ނަމަވެސް މިއަދު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގޮތް ނިންމަނީ ބޭރުފުށަށް ބަލާފައިކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން އަހަރެންނަކީ ކޮންކަހަލަ މީހެއްކަން ބޭރުފުށުން ނޭނގޭ ވަރަށް މީހާ ބަދަލުވެލީމެވެ.

********

އާދައިގެ މަތިން މިއަދުވެސް އެކުއްޖާގެ އިންތިޒާރުގައި އަހަރެން ހުރީމެވެ. ދޮރޯށި ހުޅުވާލުމަށްފަހު އެކުއްޖާ ނުކުތްތަން ފެނި އެދިމާއަށް އަހަރެން މިސްރާބު ޖެހީމެވެ.

“ނީމާ” އަހަރެން ގޮވާލުމާއިއެކު އެކުއްޖާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފުރުޞަތުގެ ބޭނުން ހިފަމުން އަހަރެން ގޮސް އެކުއްޖާ އާއި ދާދި ގާތުގައި މަޑުކޮށްލީމެވެ.

“އަހަރެން ބޭނުމެއް ނޫން ލޯބީގެ ގޮތުން އަހަރެންނާއި ގުޅޭށޭ ބުނާކަށް…..އަހަރެން ބޭނުން ނީމާ އާއި ކައިވެނިކުރަން…” އިތުރު ވާހަކައެއް ދައްކަން ނުހަދާ ސީދާ ބުނަން ބޭނުންވި ޖުމުލަ އަހަރެން ބުނެލީމެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. އަންހެން ކުއްޖަކާއި ފިރެހެން ކުއްޖަކު ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ ދީނީ ގޮތުން އެހާ ރަގަޅު ކަމެއް ނޫންކަން އަހަރެނަށް އޮތީ އެނގިފައެވެ. އެހެންކަމުން ނީމާގެ ކުރިމަތީގައި އަހަރެންގެ ރަނގަޅުކަން ހާމަކުރުމަށް އެ “ޕޮއިންޓް” ގައި އަހަރެން ހިފީމެވެ.

އަހަރެން އެހެން ބުނުމާއިއެކު ނީމާ ވަރަށް ފުންކޮށް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ބުނުމެއްނެތި ކުރިޔަށް ހިނގައިގަތެވެ. ނީމާ ގޮސް ލޮލުގެ ކޮޅަށް އޮބާލުމާއިއެކު އަހަރެންގެ ދެއަތް މުށްކެވިގެން ދިޔައީ އައި ރުޅިންނެވެ. ފޮނިވެސް އަންހެނެއްތާއޭ އަހަރެންގެ ހިތަށް އެރިއެވެ. ފޯނު ނަގާ ކެމެރާ ސެލްފީ މޯޑަށް ލުމަށްފަހު އަމިއްލަ ސޫރައަށް ބަލާލީ އެއްވެސް އައިބުކަމެއް ފެންނަން ހުރިތޯއެވެ. އަހަރެން ހީކުރިވަރަށްވުރެ މިކަންތައް ކުރަން އުނދަގޫވާނެއޭ ހިތަށް އެރި ނަމަވެސް މިކަން ކޮށްފައި ނޫނީ ހުއްޓާނުލުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ.

އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް އަހަރެން އެފަދައިން ކަންތައް ކުރަމުން އައީމެވެ. އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔުމަށްފަހު ވެސް ސާބިތުކަންމަތީ އަހަރެންހުރީ ވަކި އަޒުމެއްގައެވެ. ނީމާގެ ދުލުން އާބަސް ހޯދައިފައި ނޫނީ އެކަން ހުއްޓާނުލުމަށެވެ.

********

“ނީމާ…މަށާ އިންނާނަންތަ؟” އާދައިގެ މަތިން ކުރަމުން އައި ސުވާލު އަހަރެން ތަކުރާރުކޮށްލީމެވެ. އެއާއިއެކު ނީމާ ހިނިތުންވެލިކަން އެނގުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް އެހެން ދުވަސްތަކެކޭ އެއްގޮތަށް އިތުރަށް މަޑުކުރުމެއްނެތި ނީމާ ދިޔައީއެވެ.

“ޔެސް” ވަކި ހިސާބަކަށް ގޮސްފައި ފަސް އެނބުރި ނީމާ އަހަރެންނާއި ދިމާއަށް ބަލާލުމުން އަހަރެންނަށް ބުނެވުނެވެ.

********

އާދައިގެމަތިން މިއަދު ވެސް އަހަރެން ހުރީ ނީމާގެ އިންތިޒާރުގައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު ނީމާ ގެއިން ނުކުތީ ތަންކޮޅެއް ކުރިންނެވެ. އެހެންކަމުން އަހަރެންގެ މަސައްކަތަށް އިތުރަށް ފަސޭހަވެގެން ދިޔައެވެ.

“ނީމާ…މަށާ އިންނަން އެއްބަސްވާންވީނު….ތިގޮތަށް ކިހާ ދުވަހަކު އަހަރެން ތަޅުވާނަންތަ؟…ދެން ބުނެބަލަ މަށާ އިންނަންދޯ” އާދައިގެމަތިން އަހަރެން ބުނަމުން އައި ޖުމުލަތައް ތަކުރާރުކޮށްލީމެވެ.

ނީމާ ބޯޖަހާލިތަން ފެނި ލިބުނު ކާމިޔާބީގައި އަހަރެންގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. އެއްލައްކަ ރުފިޔާ ބޯމަތީ އުދުހެމުން ދާކަހަލަ އިހުސާސެއް އެވަގުތު ވެސް ކުރެވެން ފެށުނެވެ. އެހެނީ ނީމާގެ އަގުގެ ގޮތުގައި އެކުވެރިން ހުށަހަޅާފައިވަނީ އެއްލައްކަ ރުފިޔާއެވެ.

އަތުގެ އިޝާރާތުން އަހަރެންގާތު އައުމަށް ނީމާ އެދުނެވެ. ނީމާ ހިނގައިގަތުމާއިއެކު ނީމާގެ ފަހަތުން އަހަރެން ވެސް ހިނގައިގަތީމެވެ. ކުރިމަތީ ފެންނަން ހުރި ދޮރޯށީގެ ކައިރިއަށް މަޑުކޮށްލުމަށްފަހު ނީމާ އަހަރެންނާއި ދިމާއަށް ބަލާލިއެވެ. އެއަށްފަހު ދޮރު ހުޅުވާލަދެމުން އެއްފަރާތުގައި މަޑުކޮށްލީ އަހަރެންނަށް އެތެރެއަށް ވަންނަން ފުރުޞަތު ދެމުންނެވެ. ނީމާގެ މޫނަށް ބަލާލުމަށްފަހު އަހަރެން އެތެރެއަށް ވަނުމުން ދޮރު ލައްޕާލުމަށްފަހު ނީމާވެސް އަހަރެންގެ ފަހަތުން އައެވެ.

“އިށީއިނދޭ” ބަލިގޮތަކަށް ކެއްސާލުމަށްފަހު އިވިގެން ދިޔައީ ފިރެހެނެއްގެ އަޑެވެ. އަހަރެން އަޑު އައި ދިމާއަށް ބަލާލީމެވެ. އޭރު މުސްކުޅި ފުރައިގެ ފިރެހެނަކު އަހަރެންގެ ކުރިމަތީގައި ހުއްޓެވެ. އަހަރެން ބަލާލުމާއިއެކު ހިނިތުންވެލަމުން އަތުގެ އިޝާރާތުން ކައިރީގައި ހުރި ގޮނޑީގައި އިށީއިނުމަށް އެދުނެވެ.

އަހަރެން މަޑުމަޑުން ގޮސް އެމީހާ ދެއްކި ތަނުގައި އިށީއިނީމެވެ. އޭރު އެމީހާ ދައްކަފާނެ ވާހަކައެއް ނޭނގޭތީ އަހަރެން އިނީ ވަރަށް ބިރުންނެވެ. ދެއަތް ޖޯޑުކޮށްލައިގެން އަހަރެން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

“ކޮންނަމެއް ކޮއްކޮއަށް ކިޔަނީ” އަހަރެން އިށީއިނުމާއިއެކު އެމީހާ ވާހަކަ ދައްކަން ފެށިއެވެ.

“އިބްރާހީމް އަރޫން” ޖަވާބުގައި އަހަރެން ބުނެލީމެވެ.

“ކޮއްކޮގެ މައިންބަފައިން ދުނިޔޭގައި އެބަތިބިތަ؟” އަނެއްކާވެސް އެމީހާ ސުވާލުކޮށްލިއެވެ.

“ކުޑައިރު ނިޔާވެފަ…މާލެ އައިސް މިހުންނަނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން….އަމިއްލަ ގެދޮރެއް ނެތް” އިތުރު ސުވާލެއް ކުރާނެ ފުރުޞަތެއް ނުދީ އަހަރެން ތަފްޞީލް ދިނީމެވެ.

“އެންމެ ރަގަޅު…..އަހަރެންގެ ނަމަކީ އިދުރީސް..މިހުރީ އަހަރެންގެ ދަރިފުޅު ނީމާ…ނީމާ އަކީ މަޔެއް ނެތި އަހަރެން ވަރަށް ލޯބިން ބަލާ ބޮޑުކޮށްފައި ހުރި ކުއްޖެއް…މިވީހާ ތަނަށްވެސް މަޔަކު ނެތްކަމުގެ އިޚުސާސެއް އެމަންޖެއަށް ވިޔަކަ އަހަރެން ނުދެން….އެކަމަކު މިހާރު އަހަރެން މިހުރީ މުސްކުޅިވެ ގައިބާރު ދެރަވެފައި…އަހަރެން ނެތް ދުނިޔޭގައި އެމަންޖެ އެކަނިވާކަށް އަހަރެން ނޭދެން…މިދުނިޔެ ދޫކުރުމުގެ ކުރިން ނީމާގެ ކައިވެނި ވާތަން ދުށުމަކީ އަހަރެން ނުހަނު ބޭނުންވާ ކަމެއް….ނީމާއަށް އަރޫން ވަރަށް ކަމުގޮސްފިކަމަށް އަހަރެން ކައިރީ ބުނެފި….އަދި އަރޫން ނީމާ އާއި ކައިވެނި ކުރަން ބޭނުންވާ ކަމުގައިވެސް ބުނި….އެކަމަކު އަހަރެން ބޭނުން އެކަން ޔަޤީން ކުރަން….އަރޫން ނީމާ އާއި ކައިވެނި ކުރަން ބޭނުންވޭތަ؟” ނީމާގެ ބައްޕަގެ ވާހަކަތަކުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. ނަމަވެސް އެއާއި އެއްވަރަށް ހިތް ނުތަނަވަސް ވިއެވެ. އެކަމަކު އެއީ ކީއްވެކަމެއް އަހަރެންނަކަށް ނޭނގުނެވެ. މިއީ ހަޤީގަތުގައި އަހަރެންއުފާކުރަންޖެހޭ ވަގުތުކަން އަހަރެންގެ ހިތަށް ވިސްނައި ދިނީމެވެ.

ޚިޔާލުތަކާއި އެއްފަރާތްވެލަމުން އަހަރެންނަށް ނީމާ އާއި ދިމާއަށް ބަލާލީ ހިނިތުންވެލައިގެން އިނދެއެވެ. އޭރު އިސްދަށަށް ޖަހާލިގޮތަށް ނީމާ އެނަގެ ބައްޕަގެ ގާތުގައި ހުއްޓެވެ.

“ލައްބަ…އަޅުގަނޑު ވަރަށްބޭނުން ނީމާއާއި ކައިވެނި ކުރަން” ރީތިބަހުން ވާހަކަ ދެއްކުމަކީ އަހަރެން އެއްއިރެއްގައި ވެސް ކޮށް އުޅުނު ކަމަކަށްނުވާތީ ވާހަކަ ދައްކަން އުނދަގޫވިއެވެ.

“އެންމެ ރަގަޅު…ކައިވެނީގެ ކުރިން ނީމާގެ އެއްވެސް ކަމެއް އެނގެންބޭނުންތަ؟…އެފަދަ ކަމެއް އޮވެއްޖެއްޔާ މިވަގުތު އަހަރެންނާއި ސުވާލުކޮށްލާ” ނީމާގެ ބައްޕަ ބުނެލިއެވެ.

އެކުވެރިންނަށް އެ ޚަބަރު ދިނުމަށް އަހަރެން އިނީ ކެތްމަދުވެފައެވެ. އަހަރެން ބޭނުންވާ ކަންތައް ވާނެކަން އެނގުމުން އަހަރެން ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދިޔުމަށެވެ. އެހެން ކަމުން ނީމާގެ އެއްވެސް ކަމެއް އެނގެން ބޭނުން ނުވާކަމަށް އަހަރެން ބުނެލީމެވެ. އެހެން ނޫނަސް ނީމާ އާއި އަހަރެން ކައިވެނި މިކުރަނީ ހަމައެކަނި ނަމަކަށް ނޫން ހެއްޔެވެ؟

“އެންމެ ރަގަޅު…ތިޔަ ކައިވެނި ކުރެވޭނީ އަހަރެންގެ ރުހުމުގައި…އެކަމަކު ކައިވެންޏަށްފަހު އުޅެންވާނީ މިގޭގައި…އެގޮތާއި އެއްބަސް ވާކަމަށް ވަނީނަމަ މާދަމާ ރަންކިޔަން ފޮނުވާ….އަދި އެއް ވާހަކަ…ނީމާ އަށް ދެރަގޮތެއް ނުހަދާނެ ކަމަށް ވަރަށް އުއްމީދުކުރަން…” ނީމާގެ ބައްޕަ އައިސް އަހަރެންގެ ބޮލުގައި ފިރުމާލުމަށްފަހު ބުނެލިއެވެ.

********

ނީމާގެ ގެއިން ނުކުމެގެން އަހަރެން ފުރަތަމަ ވެސް މިސްރާބުޖެހީ ޖަމީލުމެންގެ ގެޔަށް ދިޔުމަށެވެ. މިގަޑިއަކީ ހުރިހާ އެކުވެރިން ތާސް ކުޅޭ ގަޑިކަމަށް ވުމާއިއެކު ހަމްދޫން އާއި މާނިއު ވެސް ވާނީ އެގޭގައި ކަން އަހަރެންނަށް އެނގެއެވެ.

“އައިއްޓެ…ކިހިނެއް ހަދައިގެން ތިހުރީ…ބޮލާ އެއްޗެހި ކޮށާލާފަ….ދެން މިހާރު އަހަރުންގެ ޓައިޕެއް ވެސް ނޫނެއްނު…..އާނ ދެން ޝެއިޙެއްގެ ދަރިއަކާ އިންނަން އުޅޭއިރު ތިކަހަލަ ހުރިހާ ބަދަލެއްވެސް އަންނާނެ…ކަލޭ މިހާރު އަހަރެމެންގެ ލޮލަށް ވެސް ދައްކާލަނީކީ ނޫނޭ ދޯ” މާނިއު އަހަރެންގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ. އެއަށްފަހު އަހަރެންގެ އަތަށް ތާސްބައެއް ދެމުން ކުޅުމުގައި ބައިވެރިވާން އެދުނެވެ.

“އާނ…މަ އެކަންތައް ކުރަން ކުރިހާ މަސައްކަތް މީ….ފައިނަލީ….މަށަށް އެކަން ވާގޮތް ވެއްޖެ….ކަލޭމެން ފައިސާ ރެޑީކޮށްފަ ބަހައްޓާތި…މާދަމާ ރަން ކިޔުން….ކައިވެނި ކުރެވޭނީ ދެން ހަތްދުވަސް ފަހުންތާ ދޯ” ތާސްބައި ހިފައިގެން ކުޅުމުގައި ބައިވެރިވަމުން އަހަރެން ބުނެލީމެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އަހަރެން އިނީ ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލައިގެންނެވެ. އަހަރެންގެ ވާހަކަ އިވިފައި އެކުވެރިން އެކަކު އަނެކެއްގެ މޫނަށް ބަލާލި މަންޒަރު އަހަރެންނަށް ރީތިކޮށް ފެނުނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ކުޅިވަރައިގެން އަހަރެން ކުރިއަށް ދިޔައީމެވެ.

********

ކައިވެނި ކުރުން ހަމަޖެހިފައި އޮތީ ކޯޓުގައި ކަމުން އަހަރެން ކޯޓަށް ދިޔައީމެވެ. އަހަރެން އައިތާ ކުޑައިރުކޮޅެއް ފަހުން ނީމާވެސް އޭނާގެ ބައްޕަ އާއިއެކު އައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ނީމާ ލާފައިހުރީ ހުދުކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގައި ފަށުވި ބަރަނިން ޖަރީކޮށްފައިވީއިރު މޫނު ނިވާކޮށްލާފައި ހުރީ ހުދުކުލައިގެ ލޭސްފޮތިކޮޅަކުންނެވެ. އެފޮތިކޮޅުވެސް ރީތިގޮތަކަށް ޖަރީކޮށްލެވިފައިވަނީ ފަށުވި ބަރަނި ބޭނުންކޮށްގެންނެވެ.

********

ކައިވެނީގެ ކަންކަން ނިންމާ  ގެއަށް ވަދެވުމާއިއެކު ބާރު ހިނގުމެއްގައި ނީމާ އެތެރެއަށް ވަދެގެން ދިޔުމުން ނީމާގެ ބައްޕަ އާއިއެކު އަހަރެން ސޯފާގައި މަޑުކޮށްލީމެވެ. އިރުކޮޅެއްފަހުން ނިމާ އައީ ތަބަކަކަށް ދެ ޖޫސްތަށި ލައިގެންނެވެ. އަހަރެންނަށް އެއް ޖޫސްތަށި ދިއްކޮށްލުމަށްފަހު އަނެއް ޖޫސްތަށި ބައްޕައަށް ދިއްކޮށްލިއެވެ.

“ދަރިފުޅާ…ދޭބަލަ އަރޫން އަށް ކޮޓަރި ދައްކާލަން” ޖޫސް ހުސްކުރި ތަށިތައް ހިފައިގެން ނީމާ ހިނގައިގަތުމާއިއެކު ނީމާގެ ބައްޕަ ބުނެލިއެވެ. ތަށިތައް ދޮވެފައި ނީމާ އައިސް އަހަރެންގެ ގާތަށް ހުއްޓިލިއެވެ. އިސްޖަހާލައިގެން ހުރިގޮތުން ނީމާ ހުރީ ލަދުންކަން އަހަރެންނަށް ނަގައިގަނެވުނެވެ.

ކޮޓަރިއަށް އައިސް ވަދެވުމާއިއެކު އަހަރެންނަށް ނީމާ އާއި ދިމާއަށް ބަލާލެވުނީ ނީމާ ކޮޅަށް ހުރުމުންނެވެ. ދެއަތް ދެއަތާއި މޮޑެލަމޮޑެލާ ނީމާ ހުރީ އަހަރެން އެއްޗެކޭ ބުނާނެ އިރެއްގެ އިންތިޒާރުގައެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ފާޙާނާއަށް ވަނީ ނީމާގެ ކުރިމަތީގައި ހުންނަން ބޭނުން ނުވުމުންނެވެ. އަހަރެންނާއިމެދު ނީމާގެ ހިތުގައި އިޙުސާސްތަކެއް ވިޔަސް އަހަރެންގެ ހިތުގައި ނީމާ އާއި މެދު އެއްވެސް އިޙުސާސެއް ނެތެވެ. ފާޙާނާގައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަހަރެން ނުކުތްއިރު އަހަރެންގެ އިންތިޒާރުގައި އެނދުގައި އިށީއިނދެލައިގެން ނީމާ އިނެވެ. އަހަރެން ނުކުތުމާއިއެކު އަހަރެންނާއި ދިމާއަށް ބަލާލުމަށްފަހު އިސްޖަހާލިއެވެ.

ރޭގައި ރަނގަޅަށް ނުނިދާ ހުރުމުގެ ސަބަބުން އަހަރެން ހުރީ ވަރަށް ނިދި އައިސްފައެވެ. އެހެންކަމުން އަހަރެން އައިގޮތަށް އައިސް އެނދުގައި ޖައްސާލީމެވެ. ލޯމަރާލިއިރުވެސް ނީމާ އެއިންގޮތަށް އިށީއިނދެލައިގެން އިނެވެ.

ފޯނު ރިންގްވާން ފެށި އަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނިދުނީކަން އެނގުނީ ފޯނުގެ ގަޑި ބަލާލުމުންނެވެ. ނިދި އައިސްފައިވާ ވަރުން ފޯނު ނިއްވާލުމަށްފަހު އަނެއް ފަރާތަށް އަހަރެން އެނބުރުނީމެވެ. އޭރު ނީމާ އިނީ މުސައްލަ މަތީގައި ހަތިމެއް ހިފައިގެން ޤުރުޢާން ކިޔަވާށެވެ.

“ފިރިމީހާގެ ކުރިމަތީގައި ވެސް މޫނުފޮތިކޮޅު އަޅައިގެންތަ އުޅެނީ” ނީމާގެ މޫނު ބަލާލުމުގެ ޝަޢުޤުވެރިކަން އެވަގުތު އަހަރެންގެ ހިތުގައި އުފެދުނީ ކީއްވެކަމެއް ނޭނގުނެވެ.

އަހަރެންގެ އަޑު އިވުމާއިއެކު ހަތިމު ލައްޕާލުމަށްފަހު ނީމާ ތެދުވިއެވެ. އަދި މަޑުމަޑުން މޫނުގައި އަޅާފައިވާ ފޮތިކޮޅު ނައްޓާލުމަށްފަހު އެފޮތިކޮޅު ނެގިއެވެ. ކިޔަމަންތެރިކަމުގެ އިންތިހާއެވެ.

ނީމާގެ ރީތި ސޫރަ ފެނުމާއިއެކު އަހަރެންނަށް ކުއްލިއަކަށް ތެދުވެ އިށީއިނދެވުނެވެ. ފަތްމިނި ކުދިން ދުނިޔޭގައި އުޅެއޭ ބުނާ އަޑު އަހަރެން އަހަމެވެ. އެކުދިންގެ ރީތިކަމުގެ ވާހަކައަކީ ދައްކާ ކޮޅުންލާނޭ ވާހަކަތަކެއް ނޫނެވެ. ކަޅުފޮތިކޮޅެއްގެ ފުރަގަހުގައި ނިވާވެގެން މިހުރީ އެފަދަ ރީތި އަންހެން ކުއްޖެކެވެ. ހުދު ދޮންކަމެއް ލިބިފައިވާއިރު ހަންގަނޑު އޮމާންކަމުން އެމޫނުގައި ފިރުމާލުމަށް އަހަރެންގެ ހިތް އެދި ގޮވަންފެށިއެވެ.

އަހަރެންނަށް އެނދުން ތެދުވެވުމާއިއެކު ދަގަތްފާނަށް ދަގަނޑު ދަމާ ޢުޞޫލުން ނީމާގެ ގާތަށް ދެވެން ފެށުނެވެ. އަހަރެން ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު ނީމާގެ ތުންފަތް މައްޗަށް ވެރިކުރުވައިގެން ހުރި ހިނިތުންވުން ފުންވަމުންދިޔައެވެ.

“ނީމާ” ނީމާގެ މޫނުގައި ފިރުމާލުމަށްފަހު ލޯބިން ފުރިފައިވާ އަޑަކުން އަހަރެންނަށް ނީމާއަށް ގޮވާލެވުނެވެ. ނީމާގެ ބުރުގާ ނެގުމަށްފަހު ބޮލުގައި ޖަހާފައިވާ ހުޅި ނައްޓާލިވަގުތު ހާމަވެގެންދިޔަ ފަން އިސްތަށިގަނޑު ފެނި އަހަރެންނަށް ތައުރީފުކޮށްލެވުނެވެ.

ނީމާގެ ހަށިގަނޑު އަހަރެންނާއި ގާތަށް ދަމާލަމުން ގެންގޮސް އެނދުގައި ބާއްވާލީ ވަރަށް ފަރުވާތެރިކަމާއެކީގައެވެ. އަހަރެންގެ މަޤްސަދު ހަނދާނުން ކައްސާލައިގެން ގޮސް ހިތްއެކީ ނީމާއަށް ހަދިޔާ ކުރެވެން ނެގީ މަދު ސިކުންތުކޮޅެކެވެ.

********

ނީމާ އާއިއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު އަހަރެންގެ މަޤްޞަދު އެކީހެން ހަނދާން ނެތިގެން ދިޔައެވެ. އެހެންކަމުން އެދުވަހުގެ ބާކީ އޮތްބައި އަހަރެން ހޭދަކުރީ ނީމާގެ ކައިރީގައެވެ. އެކުވެރިންގެ ފަރާތުން އެތައް ފޯނުކޯލެއް ލިބުނު ނަމަވެސް އެކޯލުތައް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް ޖަމީލު ތަކުރާރުކޮށް ގުޅަން ފެށުމުން އަހަރެން ފޯނު ނެގީ އިތުރު ގޮތެއް ނެތުމުންނެވެ.

“ކަލެއަށް ވީ ވަރަކީ ތިއީދޯ….މަގޭ ޓައިޕެއް ނޫނޭ އެހެން އެއްޗެކޭ ކިޔާފަ އެމަންޖެ ކައިރިން ސަލާމަތް ނުވެވުނުދޯ….ބަލަ ތިޔަމަންޖެ ގަނޑެއްގެ ކޮންސިފައެއް ހުރެގެންތަ ކަލެއަށް ތިވަރުވެފައި ތިޔަހުރީ…އަހަރެމެންނަށް ވެސް ނިކަން ތިޔަ މަންޖެއެއްގެ މޫނު ދައްކާލަބަލަ” އަހަރެން ފޯނު ނެގުމާއިއެކު ޖަމީލު ބުނި އެއްޗެއް އަޑުއިވި އަހަރެންގެ ދެއަތް މުށްކެވިގެންދިޔައެވެ. ނީމާ އާއި ބެހޭގޮތުން އެފަދައިން ވާހަކަ ދެއްކުމުން އަހަރެންގެ މޫޑު ސަކަރާތްވާ ގޮތްވިއެވެ.

“ބުނަން….އެހާ ފަސޭހައަކުން ކަލެއަކަށް އަހަރެމެންގެ ކައިރިއަކުން ނުފިލޭނެ އިނގޭ…ޝެއިޚެއްގެ ދަރިއަކާ އިނދެވުނީމަ މަޤްސަދު ހަނދާން ނެތުނީދޯ” އަހަރެން އަނގައިން ނުބުނުމުން ޖަމީލު އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

“މަ އެބަ ދަން” ޖަމީލަކީ ރުޅި އައިސްފިނަމަ ކޮންމެ ކަމެއްވެސް ކޮށްފާނެ މީހެއްކަން އަހަރެންނަށް އެނގޭތީ ބައްދަލުކުރަންވީ ތަން ބުނުމަށްފަހު އެތަނަށް އަހަރެން ދިޔައީމެވެ. އަހަރެމެން ބައްދަލުކުރަން ހަމަޖެހުނީ ރަސްރަނި ޕާކު ކައިރިން ކަމުން އަހަރެން ދިޔައިރު ޖަމީލުގެ އިތުރުން ހަމްދޫން އާއި މާނިއު ވެސް އަހަރެންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިއްބެވެ.

“ޖަމިއްޓޭ….މަށަށް ދީބަލަ އަދި ވަގުތުކޮޅެއް…އަދި މިއުޅެނީ މެރީ ކުރިތާ ސައުވީސްގަޑިއިރު ނުވެގެން” އަހަރެން އައިސް ޖަމީލުގެ ކޮނޑުގައި އަތް ބާއްވާލަމުން ވިސްނައިދެވޭތޯ ބެލީމެވެ. ޖަމީލު ރުޅި އައިސްގެން ނީމާ އަށް ކަމެއް ކޮށްފާނެތީ އަހަރެން ޖެހިލުންވިއެވެ.

“ވިސްނާށޭ…..ބަލަ ކަލެއަށޭ ވިސްނެންވީ…ސައުވީސް ގަޑިއިރު ނުވޭ އަންހެނެއްގެ އަވައިގައި ޖެހިގެން….. އަހަރެމެންގެ ޕްލޭންތައް މިވީ ކަނޑުގައި އަޅާލި ރޮނގަކައްނު….ބުނަން…. ތިހާ ފަސޭހައިން ނިންމޭނެ ކަންކަމެއް ނޫން މިހުންނަނީކީ” އަހަރެންގެ ގިރުވާނުގައި ހިފާ ޖެހި ލުއްކާއިއެކު ޖަމީލު އަހަރެންގެ ކަރުގައި ހިފަމުން ބުނެލިއެވެ. އެއަށްފަހު ގެންގޮސް ފާރުގައި ޖައްސާ ބާރުކޮށްލިއެވެ. ނޭވާ ހާސްވުމާއިއެކު އަހަރެންނަށް ތެޅިގަނެވުނެވެ. ޖަމީލުގެ ދެއަތް ނެއްޓޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ. ނަމަވެސް ޖަމީލު ހިފަހައްޓާފައި ހުރިލެއް ބާރުކަމުން އެއަތް ނައްޓާލުންވީ އުނދަގޫކަމަކަށެވެ. އަހަރެން ކޮށިއަރާގޮތްވެ އަނގައިން ދަވަތައް ފައިބަންފެށިއެވެ. ދެލޯ ރަތްވެ މަޑުމަޑުން ކަޅި މައްޗަށް އަރަންފެށިއެވެ. ދެލޮލުން ހޯސްލާފައި ފެންފައިބަމުން ދިޔައެވެ.

ޖަމީލުއަހަރެންގެ ކަރުން ދޫކޮށްލުމާއިއެކު ހުރިތަނަށް އަހަރެން ދެމުނެވެ. ކަރުގައި އަތުން ފިރުމަމުން އަހަރެން ފުންކޮށް ނޭވާ ލެވޭތޯ މަސައްކަތް ކުރަމުންދިޔައީމެވެ. ޕޮލިހުންގެ ޔުނީފޯމުގައި ހުރި މީހަކު އައިސް އަހަރެން ތެދުވުމަށް އެހީތެރިވެދިނެވެ. އަހަރެން ތެދުވެ ހަމަޖެހިލުމަށްފަހު އެކުވެރިން ކޮބައިތޯ ބަލާލީމެވެ. އޭރު ފުލުހުންގެ ތިންމީހަކު އައިސް ޖަމީލު އާއި މާނިއުގެ އިތުރުން ހަމްދޫންގެ އަތުގައި  ބިޑި އަޅުވައިގެން ވެހިކަލް އަށް އަރުވަނީއެވެ.

********

ކުޑަކޮށް ހަމައަކަށް އެޅިލަމުން އަހަރެން އައި ގޮތަށް ވަނީ ކޮޓަރިއަށެވެ. އޭރު ނީމާ އެނދުގައި އޮށޯއޮވެލައިގެން އޮތެވެ. ނީމާއަށް ހިނިތުންވެލުމަށްފަހު އަހަރެން އެނދުގައި ޖައްސާލިތަނައި ބޭރުން އެއްޗެއް ވެއްޓުނު އަޑު އިވިފައި އަހަރެންނަށް ދުވެފައި ކޮޓަރިން ނުކުމެވުނެވެ. އޭރު ނީމާގެ ބައްޕަ އޮތީ އުއްޑުން ވާހެން މުށިތަކުގެ މައްޗަށް ވެއްޓިފައެވެ. އަހަރެންގެ ފަހަތުން ނިކުތް ނީމާ ދުވެފައި ގޮސް ބައްޕަގެ ބޯ ނަގާ އެއުނގުމަތީގައި ބާއްވާލިއެވެ.

“ދަ..ރި.ފުޅާ…މިދުނިޔެ މީ ވަގުތީ ތަނެއް..މީ ކުރެވޭ އިމްތިޙާނެއް…މި އިމްތިޙާނުން ފާސްވެއްޖެނަމަ ދެ..ދުނި..ޔެ ވެސް ބާއްޖަވެރިވީ…ބައްޕައަކަށް ދެން މާގިނަ ވަގުތެއް ނެތް…ބައްޕަ ދޭން ބޭނުންވާ ނަސޭހަތަކީ ފިރިމީހާއަށް ކިޔަމަންތެރި އަންބަކަށް ދަރިފުޅު ވައްޗޭ….އަޅުކަންކުރުމުގައި ސާބިތުވެ ހުންނައްޗޭ…ދަރިފުޅާ..އަރޫން……އަހަރެންގެ ދަރިފުޅު ތި އަތްމައްޗަށް މިދޫކޮށްލަނީ  ވަރަށް އިތުބާރު ކޮށްފައި…….ދަރިފުޅާ..ބައްޕަ ނެތް ދުނިޔެއަކު ނީމާއަށް ދެރަގޮތެއް ނުހަދާތި…މީ މި ބައްޕަގެ އެންމެ ފަހުގެ ވަޞިއްޔަތް…” ނީމާގެ ބައްޕަ ކެއްސައިގަތުމާއިއެކު އަނގައިން އައީ ހުސް ލެޔެވެ.

އުނދަގޫ ގޮތަކަށް އަތް ހިއްލާލުމަށްފަހު ނީމާގެ ބޮލުގައި އަތުން ފިރުމާލުމަށްފަހު ޝަހާދަތުގެ ދެކަލިމަ އެ ބައްޕަ ކިޔާލިއެވެ. ޝަހާދަތުގެ ދެކަލިމަ ކިޔާ ނިމުމާއިއެކީހެން ހަށިގަނޑުގެ ހަރަކާތް ކެނޑި ނީމާގެ ބޮލުގައި ހިފަހައްޓައިގެން އޮތް އަތް ތަޅުންގަނޑުގެ މައްޗަށް ވެއްޓުނެވެ. އެބައްޕަގެ އެންމެ ފަހުގެ ނޭވާ މިދުނިޔެއަށް ދޫކޮށްލީ ހިނިތުންވެފައިވާ ހާލުގައެވެ.

ބައްޕަގެ މޫނުގައި މޫނު ޖައްސާލައިގެން އިނދެ ނީމާ އެތައް އިރަކު ރުޔެވެ. ހިތްވަރުދިނުމުގެ ގޮތުން ބުނާނެ އެއްޗެއް އަހަރެންނަކަށް ނޭނގުނެވެ. ހުއްޓުން އަރާފައި އިނދެވުނީއެވެ. މަރަކީ މިހާ ކައިރީގައިވާ އެއްޗެއްކަމާއިމެދު މީގެ ކުރިން އަހަރެންނަކަށް ވިސްނާލެވިފައެއް ނެތެވެ. ދުނިޔަވީ އަރާމާއި އުފަލަށް ނޫނީ މީގެ ކުރިން އަހަރެންނަށް ވިސްނާފައި ނުވެއެވެ. އަހަރެންގެ ހިތަށް ވަން ބިރުވެރިކަމާއިއެކު އުޅެވުނުގޮތް ފިލްމެއްގެ މަންޒަރެއް ފަދައިން ކުރިމަތީގައި ނިއުޅެމުންދިޔައެވެ. ބިރުވެރިކަމުން މުޅިމީހާ ރޫރޫ އަޅައިގަތެވެ.

ނީމާގެ ކޮނޑުގައި ހިފައި އަހަރެން ނެގީމެވެ. އަހަރެންނަކީ ހިތްވަރުދިނުމުގެ ގޮތުން އެއްޗެއް ބުނާ ފެންވަރުގެ މީހެއް ނޫންކަން އަހަރެން ޤަބޫލުކުރަމެވެ. އެހެނަސް މިއަދު ހެޔޮ ވިސްނުން ލިބުނުކަމަށްޓަކައި އަހަރެން އުފާކުރަމެވެ. ބައްޕަ ވަޅުލުމުގެ ކަންކަން ނިންމާ ގެއަށް އާދެވުނުއިރު ގޭތެރޭގައި ރަސްކަން ކުރަމުންދިޔައީ ކަނު އަނދިރިކަމެވެ. ބޮކި ދިއްލާލުމަށްފަހު އަހަރެން އައިސް ކޮޓަރިއަށް ވަނީމެވެ. އޭރު މުސައްލަމަތީގައި ނީމާ އިނީ ދުޢާއަށް އަތް ނަގައިގެންނެވެ. އެދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ފެންނަ ކޮންމެ މީހެއްގެ ހިތް މަޑު ކަފަކޮޅަކަށް ވެގެންދާނެކަން ޤައިމެވެ. ނީމާ ނިމޭނެ އިރެއްގެ އިންތިޒާރުގައި އަހަރެން މަޑުކޮށްލައިގެން އިނީމެވެ.

“ނީމާ…އަހަންނަށް މާފުކުރޭ” މުސައްލަ އޮޅާލުމަށްފަހު ނީމާ ތެދުވުމުން އަހަރެން ނީމާގެ ފައިބުޑަށް ތިރިވީމެވެ. އަދި އަހަރެން ނީމާ އާއި ކައިވެނި ކުރި ސަބަބާއި އަހަރެންގެ ވިޔާނުދާ އުޅުމުގެ ވާހަކަ ނީމާއަށް ކިޔައިދިނީ ކަރުނަ އަޅަމުންނެވެ.

ނީމާ އަހަރެންގެ ގާތަށް އައުމަށްފަހު ދެފަރާތަށް ބޯހޫރާލަމުން މާފަށް ނޭދުމަށް އެދެމުން ދިޔައެވެ. އަހަރެންގެ އަތުގައި ހިފައި ނެގުމަށްފަހު އަތުގެ އިޝާރާތުން މާފަށް ނޭދުމަށް އެދެމުން ދިޔައެވެ. އޭރު އެދެލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނަ ފިޔަވާ އިތުރު އެއްޗެއް ނޫނެވެ.

ނީމާއަކީ ވާހަކަ ނުދެއްކޭ ކުއްޖެކެވެ. އެހެންނަމަވެސް އެކަމަށް އަހަރެންގެ ފަރުވާލެއް ނެތެވެ. ވާހަކަ ނުދެއްކުމަކީ މައްސަލައެއް ނޫނެވެ. ނީމާގެ ކިބައިގައި އަހަރެން ބޭނުންވާ ހުރިހާ ސިފައެއް އެބަހުއްޓެވެ. ނީމާ ފަދަ ޚުލްޤު ރިވެތި ހެޔޮލަފާ އަންބަކު ލިބުނުކަމަށްޓަކައި އަހަރެން މާތް ﷲގެ ހަޟްރަތަށް ޝުކުރު ދެންނެވީމެވެ. ނީމާގެ ސަބަބުން އަހަރެންނަށް ހެޔޮމަގު ލިބިއްޖެއެވެ. ނީމާގެ ލޮލުން ވެއްޓުނު ކަރުނަތިކި އަހަރެން ފުހަލަދިނީ ލޯތްބާއި އެކުގައެވެ. އެހަށިގަނޑުގައި ބާރަށް ބައްދާލީ ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ.

********

އަހަރެންނަށް ހެޔޮވިސްނުން ލިބުނުކަމަށްޓަކައި މިއަދު އަހަރެން އުފާކުރަމެވެ. ލޯބިވާ އަނބިމީހާގެ ކައިރިން ދީނުގެ އެތައް ކަމެއް އަހަރެން ދަސްކުރީމެވެ. ދީނުގެ ކަންކަން އެނގެން ފެށިވަރަކަށް އަހަރެންގެ ހިތުގައި ދީނާއިމެދު އޮތް ލޯބި އިތުރުވާން ފެށިއެވެ. ކުރިން ކުރެވިފައި ހުރި ކުށްތަކަށް ތަޢުބާވެ އެކުށްތައް ދެވަނަ ފަހަރަށް ތަކުރާރު ނުކުރުމަށް އަހަރެން ޢަޒުމު ކަނޑައެޅީމެވެ. މިއަދު އަހަރެންނަކީ ކުރިން އުޅުނު ވިޔާނުދާ އުޅުން ދޫކޮށްލުމަށްފަހު މުޅިން ބަދަލުވެފައިވާ މީހެކެވެ.

(ނިމުނީ)

Comments (62)

  1. Shimko

    Yey me first

    1. eysh
      Shimko

      Yayyyy simko u got first ??????????????? so happy dear ????????

  2. livaan

    Wow eysh dhooni… Story was awsm… Btw I really missed yuh ….

    1. eysh
      livaan

      Livaan dear dhooni I really really miss u too ??????
      Thank u so much dear ?????? vvvvv happy vehje dhimaaveema anehkkaves ?????????? eysh hama thikudhin mathin miss vaa varun nuhurevigen mi aee short story akaa eku. Hehe????????????? really really miss u all a lot ?????

  3. Shimko

    Vvvv reethi story ❤❤????i love this story…love u eysh

    1. eysh
      Shimko

      Shimko dhoonee thank u so much my dear ???????????? awwnnn eysh haadha bodakah ufaavehjjey dear ah mi story kamudhiyaeema ???????????? love u too my dear ??????????????

  4. eysh

    Assalaamalakum ??
    My loabi loabi readers ?? really really missed u all a lot ??
    Kihinehtha huriha kudhinge haalu?
    ?
    Guys Here is a short story ??
    Unmmeedhukuran mi story huriha kudhinnah ves kamudhaane kamah ???
    Love u all ?????????

  5. yunaal

    Varah ibrahtheri varah reethi vaahaka eh.Maasha Allah.?

    1. eysh
      yunaal

      Yunaal dhoonee dear thank u so much ???????????? missed u a lot dear ??????? eysh vvvv ufaavehje dear ah story kamudhiyaeema ?????????????

  6. Aesh

    Maa sha Allah..Vrh Vrh Vrh furihama.. Vrh ufaavehje dheeny vaahakaeh genesdhinyma.. Jazakillah khairan eysh.. ☺️?????

    1. eysh
      Aesh

      Aesh dhoonee dear missed u a lot ??
      Thank u so much my dear ?????????eysh vvvv ufaavehje dear ah mi story kamudhiyaeema. Dhen v happy vehje dear ves story kiyaalaafa happy vi kan enguneema?????????? thank u so much ???????????

    2. Aesh
      Aesh

      Same here eysh dear.. ☺️☺️❤️❤️❤️ Missed yuh!!!!!! Anytime☺️☺️☺️???❤️❤️❤️????????????????❤️❤️❤️

  7. Inaa

    Beautiful story..

    1. eysh
      Inaa

      Inaa dhoonee dear missed u a lot ??
      Thank u so much my dear ????????? eysh v ufaavehje dear ah mi story kamudhiyaeema ?????????? thank u so much ???????????

  8. sheen

    Alhamdhulilaahi haadha haadha reehchey.. mee ey kamu nudhaa thankolhakee bunaane hama emme thankolhehves neiy.. vvvvv furihama.. v touching. Thee hama best. Anyway kan’ndu ga rongu ves alhaalaifiey dhw.. so sweet love.

    1. eysh
      sheen

      Sheeen dhoonyaa really missed u a lot ??
      Thank u so much my dear ????????? eysh haadha happy vehjey dear ah mi story kamudhiyaeema ?????????? Awwwnnnn asluves haadha haadha happy veyey eba ????? best ey buneema vvv hodah ufaavehje ?????????hehe. Aan kanduga rongeh elhijje dho hehe ??????? thank u love so sweet of u darln ???????????????

  9. Nakhla

    Awesome ?

    1. eysh
      Nakhla

      Nakhla dhoonee dear thank u so much ?????????? eysh vvvvvv ufaavehje dear ah mi story kamudhiyaeema ????????????? miss u dear? ????

  10. Shafa

    Woahhh vvv reethi mi story..?❤

    1. eysh
      Shafa

      Shafa dhoonee dear i really missed u a lot ??
      Thank u so much dear ?????????eysh vvvv ufaavehje dear ah mi story kamudhiyaeema ???????????????

  11. Anonymous

    Alhey eysh loabikolhu ge story eh kiyalan libeythy v ufavehje mi site dhookoh nulahchey please anyway story awesome , ?????❤❤❤❤❤❤

    1. eysh
      Anonymous

      Anonymous dhoonee dear I really missed u a lot ??
      Thank u so much my dear ???????????????? vvvvv ufaavehje mi story kamudhiyaeema ???????????? and v ufaavehje dear ves ufaaveema ?????????????? Insha Allaah mi site dhookosheh nulaanan ???? thikudhin mathin miss vaa varun eysh mi aee ???????????????

  12. Roxy

    Eysh u r bck vv reethi stry ???

    1. eysh
      Roxy

      Roxy dhoonee dear missed u a lot ??
      Yessss dear im back with a short story ????hurihaa kudhin mathin miss vaathee mi aee. ???
      thank u so much my dear ????????????eysh vvvv happy vehje mi story dear ah kamudhiyaeema ?????????????????

  13. Niky

    V v v nice story eysh????????????????

    1. eysh
      Niky

      Niky dhoonee dear missed u a lot ??
      thank u so much dear ???????????? eysh vvvv ufaavehje dear ah story kamudhiyaeema ????????????

  14. lotus

    Oh my dear sis ge story eh dhw.. just wow as always.. haadha mis veyey sis mathin.. hama dhen alun mi site ga long stories nuliyaanan tha.. mihen bunyas in sha allah sis liyaa story tha komme thaakun vx hoadhey tho balan but i like this site v much ehenve hama ahaalee… tc sis???

    1. eysh
      lotus

      Lotus dhoonee siss I really missed u a lot ??
      Thank u so much my dear siss ????????? awwwnnnn misssed u too sis ????
      Long story akah promise kohllaakah neynge ekam eysh mi site dhookohllaa hiyaaleh neh. Insha Allaah kuriyah oiythaa ves short stories genesdheynan ??????? vvvvvv bodah ufaavehje eysh ge stories thah kiyaalaane vaahaka buneema adhi dhuvaskolhakah fahu bahdhalu v ma ?????????tc of u too sis ???????

  15. Maahy?✨

    Awwwwwn????????? This is so touching ??♥️♥️♥️♥️
    ♥️??ماشاء الله ??♥️ Vvvvvv reethi story eh ????????
    I missed you eysh????????? And anekkaa ves dhimaa vi iru thi aee ehaa loabi vaahaka aka ekkoh?????????? Thank you so much mihaa iburaiy theri shauguveri story eh genesdhinyma ???????? Ginain mi kahala dheenee loabi vaahaka genesdheeba?????????? I’m totally in love with these type of stories ????????? All the best sweetie ??????♥️? Love you ??????♥️????✨

    1. eysh
      Maahy?✨

      Maahy dhoonee dear i really missed u a lot ???
      And also I really missed ur sweeeeet colorful cmnts ????
      Thank u so much my dear ???????????????? eysh vvvv happy vehje dear ah mis story kamudhiyaeema nd anehka ves dhimaaaveema??????? Inshaa Allaah I will try my best mikahala ehen stories thah genesdheyn ingey ????????? Maahy dhoonee u r really very sweeeet. ??? love u tooo dear ??????????

  16. Shann

    Masha Allah eysh, haadha furihama vaahaka ekey thi genesdhiny… Ibarathun furifaavi vaahakaeh… Kithanme faharakuves mi vaahaka kiyaahithun kiyaaleveynekan hama yageen… Furihama rythi vaahakaeh mee… Eysh thee molhu vaahaka liyun therieh… Hama ahsaribahaa saabasdhen thikuraa masahkathah

    1. eysh
      Shann

      Shann dhoonee dear I really missed u a lot dear ??
      Thank u so much my dear ???????????? vvvv ufaavehje dear ah mi story kamudhiyaeema ????????????? Awwwnnn eysh haadha ufaavehjey dhevana faharah ves kiyaalaa hihvaa vaahaka buneema ????? Awwnnn u t really really very very sweeeet…. ??? vvvvv ufaavehje thihaa support dheythee my dear ????????????? lysm ?????

  17. ssannww

    varah iburaiy theri varah reethi mi vaahaka..keep it up eekko

    1. eysh
      ssannww

      Ssannww dhoonee dear I really missed u a lot ??
      Also I really missed eekko ???
      So sweeet name for me. ??? thank u so much dear ???????? eysh vvvvv ufaavehje dear ah mi story kamuxhiyaee ma ???????? I like when u call me eekko ??????????? thank u dear san ???

  18. No one

    Maasha allah.. vr vr vr rythi mi story ?❤️♥️??

    1. eysh
      No one

      No one dear dhoonee I really missed u a lot ??
      Thank u so much my dear ??????????? eysh vvvvv happy vehje dear ah mi story kamudhiyaeema ??????????? so sweeeet of u my dear ??????????

  19. stry kiyaa man

    Masha allah v salhi.n v iburah theri.

    1. eysh
      stry kiyaa man

      Story kiya man dear I missed u a lot ??
      Eysh Vvvv ufaavehje dear ah story kamudhiyaeema ???????????? thidhey support ah eysh hithuge adin shkuru adhaakohllan ???????????? thank u so much dear. U r v sweeeet ??????????????

  20. Ree?

    Oh eysh dear i miss you a lot???? glad to see you here again varah happy vehje??? madhun namaves eysh ge story mi site inn fenaane kamah heekuran anyways stry reethi igey lysm ???

    1. eysh
      Ree?

      Ree dhoonee dear i missed u a lot ??
      Glad to see u too ?????????? so happy ?????????❤❤ Insha Allaah i will try… thikudhin miss vaa varun eysh kihineh nais hunnaaanee ???????
      thank u so much dear ??????❤❤ vvvv ufaavehje story kamudhiyaeema ??????❤❤ ly too dear ??❤❤❤❤❤

  21. Any

    Alhey eysh loabikolhu haadha reethi vahaka ekey mi site dhookoh nulahchey please anyway story awesome ❤❤❤❤?

    1. eysh
      Any

      Any dhoonee dear i missed u a lot ??
      so happy dear dhimaaveema ?????????❤❤ Insha Allaah i will try… thikudhin miss vaa varun eysh kihineh nais hunnaaanee dho. ???Eysh kihineh mi site dhookohlaanee thihaa sweeet kudhin thibeema ???????
      thank u so much dear ??????❤❤ vvvv ufaavehje story kamudhiyaeema ??????❤❤ ??❤❤❤❤❤

  22. Naju

    Eysh dhooni.. Alhey mee haadhahaa rthi ibraitheri vaahaka ekey vaahaka ekey ehn yeah naju ah buneveny thy hama v v v v molhu intelligent kuhjekey n thy hama naju favourite writer ingey dear lysm eysh dhooni n miss u alot……???????????

    1. eysh
      Naju

      Naju dhoonee dear i missed u a lot ??
      so happy dear dhimaaveema ?????????❤❤ Awnn Naju dear eysh haaadha bodakah happy vehje ey dear ge favorite ah v ma ???????❤❤❤
      thank u so much dear ??????❤❤ vvvv ufaavehje story kamudhiyaeema ??????❤❤ ??❤❤❤❤❤ vvvv happy vehje ?????❤❤ u r so sweeeet ?????❤❤❤ ly too Dear ?????❤❤❤ tc of u ???❤❤❤

  23. nice

    Haaadha salhiey vvvv reethi bunaaane ehcheh vx neygifa mihiry hama furihama kamun ….

    1. eysh
      nice

      Nice dear dhooni dear missed u a lot ??
      ??????❤❤❤thank u so much ???? vvvvv happy vehje story thihaa bodah kamudhiyaeema ?????❤❤❤❤❤ so sweeet of u dear ?????❤❤❤❤

  24. Thoo❤

    Hi Dear❤ How are you❤ First of all I would like to comment to this story❤ it was just awesome?? Wow?? masha allah❤ Eysh ge stories thakah comment nukuriyas hurihaa vaahaka eh ves kiyaalan.. and my most favourite story was Eysh ge “Loabi vevumun” it was amazing?? and good luck bye good night❤❤

    1. eysh
      Thoo❤

      Thoo dear dhooni Alhamdhulillaahi eysh hama ragalhu ????❤❤
      ??????❤❤❤thank u so much ???? eysh v ufaavehje dear ge frist cmnt kiyaalaafa.. so sweeeeet of u ??????❤❤❤??? vvvvv happy vehje story thihaa bodah kamudhiyaeema ?????❤❤❤❤❤ awnnn eysh haadha happy vehjey huriha story ehves kiyaalaa kan enguneema?????❤❤❤❤vvvv happy vehjey dear ge favourite story buneleema ?????❤❤❤ thank u so much dear. Good nyt dear ??????❤❤❤❤???❤❤

  25. Xxxx

    Wooow. Maasha Allah. V. Furihama dear.. Good job

    1. eysh
      Xxxx

      Xxxx dear i missed u a lot ??
      Thank u so much dear ??❤❤ eysh vvvvvv happy vehje dear ah story kamudhiyaeema ??????❤❤❤so sweeet of u and vvvvvvv happy vey thihaa support dheytheee ??????? thank u so much dear ??????❤❤❤❤❤

  26. siy

    Vaahaka nudhekkey kujjeh but innan
    ehumun ‘yes’ buni
    story vv reethi

    1. eysh
      siy

      Siy dear Thank u so much dear ??❤❤ eysh vvvvvv happy vehje dear ah story kamudhiyaeema ??????❤❤❤ dear… ekuhjja kairy innan eheema boajalee kamah innaanee.???❤❤❤❤❤

  27. mal

    story vvv reethi. hope to see a nother story from you.

    1. eysh
      mal

      Mal dear missed u a lot ??
      Thank u so much dear ??❤❤? eysh vvvvvv happy vehje dear ah mi story kamudhiyaeema ??????❤❤ Insha Allaah ehen story eh genesdheynan ????❤❤❤❤

  28. Ukhty

    yes ekey nubuney…boajahalee…

    1. eysh
      Ukhty

      Yes trueukthy dear ????❤ thank u so much dear ????❤❤❤❤

  29. Ibsha

    Varah reethi ❤❤❤

    1. eysh
      Ibsha

      Thank u so much Ibsha dear ???❤
      missed u a lot dear ??
      So happy that u liked the story ???❤❤

  30. Maya

    Masha Allah …vvvv reethi mi vaahaka …all the best …..

    1. eysh
      Maya

      Thank u so much Maya dear ???❤
      missed u a lot dear ??
      So happy that u liked the story ???❤❤

  31. unique

    sissy i missed u a loooot… kuryga vaahaka ah comment koffa innaane ingey sissy balaalaathi whn ur free sissy liyaa stories in varah hithuga jehey vvv reethi hithaa kulhelaafa dhany missed u n ur stories

  32. ?Twinkle

    Vvv salhi stry… v dhera vs vey mi stry kiyaafa… u r a good author yes dear… masha allah

Comments are closed.