ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ. “ޕޮއް..” ރައިފާ އެގޭގެ ކޮންމެވެސް ކޮޓަރިއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަހަތުން މީހަކު އައިސް އޭނާ ސިއްސުވާލިއެވެ. […]
“އޯކޭ… ސްޓަޑީސް އެއްފަރާތް ކޮށްލާފަ ދެން ބަލާބަލަ ޔައީޝް އަށް.. އޭނާގެ ފަހަތުގަ އަބަދު ތިއުޅޭ ސަބަބެއް ނިކަން ބުނެބަލަ..” ރައިފާ އަނެއްކާވެސް ޒިވާއަށް ބަހުގެ ޙަމަލާތަކެއް ރައްދު ކޮށްލިއެވެ. ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބު އޮންނާނެ ބާއެވެ؟ ޒިވާ ހިނިތުން ވެލީ ރައިފާ އަށް ވިސްނޭނެ ދުވަހެއް އަވަހަށް ދެއްކެވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރާ ޙާލުއެވެ. “ވަރަށް ބޮޑަށް މަޢާފު ކުރޭ.. ޒިވް ނޫޅެން […]
އެއީ އަހަރެންނަށް ދުނިޔެއަކީ ކޯޗެއްކަން އަންގައިދިން މީހާއެވެ.އަހަރެންގެ ދައްތައެވެ އެއީ 3 އަހަރު ކުރިއެވެ.އަހަރެންނާއި އަހަރެންގެ ދައްތަ މީހުންނަށް ފެނުނަސް އެއްމާބަނޑު ދެކުދިން ކަމަކަށް ޤަބޫލެއް ނުކުރުއެވެ.އަހަރެންނަކީ މިހާރުގެ މީހުން އުޅޭ ގޮތަށް އުޅޭ ކުއްޖެކެވެ. އޭރު ބުރުގާ އަޅައިފައި އޮތީ ނަމަކަށޭ ބުނެވޭނެއެވެ.ލީ ޖިންސާއި އަތްދިގު ކުރު ޓީޝާޓޭވެ.ޤުރްއާން ނުކިޔަވާތާ ކިތަންމެ އަހަރެއް ވެދާނެއެެވެ.ނަމާދު ކޮށްލީ ކޮންދުވަހަކު ކަމެއް ވެސް ނޭނގެއެވެ.ނަމަވެސް އަހަެންގެ ދައްތަ އަހަރެންނާއި ވަރަށް ތަފާތެވެ.އަހަރެންގެ ދައްތަ ހުންނަނީ ދިގު ހެދުން ލައިފައެވެ.ދައްތަ އަކީ ބަރަާބަރަށް ނަމާދުކޮށް ރަނގަޅައް އުޅެ މީހެކެވެ. އެއީ އަހަރެން ދުވަހަކުވެސް ދެކެން ބޭނުންވީ ދުވަހެއްނޫނެވެ.އެއީ ދައްތަ އަށް ކެންސާރޖެހުނު ދުވަހެވެ.އޮޕެރޭޝަން ހަދައިގެން ވެސް ރަނގަޅެއް ނުކުރެވުނެވެ.ޑޮކްޓަރުންވަނީ ދައްތަ ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލާފައެވެ.އެ ދުވަހު ދައްތަ އަހަރެންނަށް ދީނަށް އުޅުމައް ނަސޭހަތް ލައިދިނެވެ.ދައްތަ އެ ހާލުގައި އޮތުމުން ދައްތަ ކިޔައިދިން އެއްޗެހި ކަނުލާ އަޑު އެޙީމެވެ.އެއްފަހަރު ރޮވުނެވެ. ދުނިޔެއަށް އެންމެ ފަހު ނޭވާލަމުންވެސް ދައްތަ ނަސޭހަތްދިނީ އަހަރެންގެ އުޅުން ރަނގަޅު ކުރުމަށެވެ. މީ އޭގެ 3 އަހަރު ފަހުންނެވެ.އަހަރެން ދައްތަގެ ނަސޭހަތް އަޑުއަހައިގެން އަހަރެންގެ މުޅިދިރިއުޅުން ބަދަލު ކޮށްފީމެެވެ.ދައްތަ ދިން ނަސޭހަތުގައި ކުރިއަށް ހުރި ހަޔާތުގެ ސޮފްހާތަށް އަހަރެން ފުރަމުން ދިޔައިމެވެ
އޭގެ ދެދުވަސް ފަހުން ޒިވާގެ ހުންވެސް ރަނގަޅު ވިއެވެ. އެހެންކަމުން އެދުވަހު އޭނާ ސްކޫލަށް ދިޔައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާ ދިޔައީ ހިނިތުން ވެލައިގެންނެވެ. އޭނާ ޑިއުޓީ ނިންމައިފައި ކްލާހަށް ވަތްތަނާ ލިބުނީ ޤަބޫލުކުރަންވެސް ދަތި ވީ ޚަބަރެކެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނީ ނޭނގުމެއްގެ ތެރެއިންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. ބޭރުން ހިނިތުންވެލައިފައި ހުއްޓަސް ހިތުގައި އެއަށްވުރެ ބޮޑު ކޫރުމެއް އެޅިއްޖެއެވެ. ޒިވާއަށް ފުރަތަމަ ލިބުނު ހައިރާންކަމާއި ސިހުމުގެ […]
ފަޅު ގެއެކެވެ. ދުވާލު ނަމަވެސް މުޅި ގޭތެރޭގައި ވަނީ އަނދިރީގެ ސާލެއް އޮޅާލެވިފައެވެ. ދޭތެރެ ދޭތެއިން ފުރާޅުގައި ހެދިފައި ހުންނަ ލޯވަޅުތަކުންނާއި ފާރުގައި ހުންނަ ބާކޮޅުކޮޅުން ފުރޭނިގެން އައިސްފައިވާ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ތިރީގައިވާ ހިރަފުސް ވެލިގަނޑުގައި ތަފާތު ވައްތަރުގެ ވިނަ ހެދިފައި ވިއެވެ. ތަން އޮތް ގޮތުންވެސް ދިރޭ ސޫފާސޫފި އެތާ އުޅޭނެކަން ޔަގީން ކުރެވެއެވެ. “ތެންކްސް ވަރަށް ބޮޑަށް… ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ ޙަޤީގަތުގަވެސް… އެތަށް ދުވަހެއް ވާންދެން […]
ވެހެމުންދިޔަ ވާރޭ ތިކިތަކުން ޝިފްނާގެ އަތައް ތެތްކަން ގެންނަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ތިއްކަކަށްފަހު ތިއްކެކެވެ. އޭގެ ސްޕީޑް ހިތުގެ ހިނގުމާއި ވިންދައްވުރެ އަވަހެވެ. އެއްވެސް ކުލައެއްނުވާ އެ ފެންތިކިތަކުން ދޭހަކޮށްދެނީ ކޮންއެއްޗެއްހެއްޔެވެ؟ ޝިފްނާގެ ހަނދާނަށް އައީ ޤުރުއާނުގެ މޫރިތި އާޔަތެއްގެ މާނައެވެ. “އަދި ﷲގެ ރުއްސެވުންއެދި ، އަދި، (ﷲގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއްވެހި، އެތާގެ މޭވާ […]
“ވަޓް… ކިހިނެތް ވީ ޒިވާ އަށް؟ އަސްލު ބުނެބަލަ… ކިހިނެތްތަ ވީ؟” ކުއްލިޔަކަށް ޔައިޝްގެ މިޒާޖު ސީރިއަސްކަމަސް ބަދަލު ވެއްޖެއެވެ. ޒިވާގެ އަތް ފެނިފަ އޭޏާގެ ހިތުގައިވެސް ރިއްސާލިއެވެ. އެ އަންހެން ކުއްޖާ ހާދަހާ ހިތްވަރު ގަދައެވެ. އަތް އެހާބޮޑަށް ހަލާކުވެ ލޭ އަންނައިރު ހާދަހާ ތަދެއް ވާނެއެވެ. އަދި އެއީ ހުޅެއް މައްޗެވެ. އެކަމަކުވެސް އޭނާ ހިނިތުން ވެފައި އެ އިނީ އެ ރިހުމުގެ މައްޗަށް ބާރުފޯރުވައިގެންނެވެ. އޭނާ ކުޅެގެން ފައިން ތަންކޮޅެއް މަށައިގެން ދިޔަޔަސް […]
ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އެހެން ދުވަސްތަކާ ޙިލާފަށް މިއަދު މަގުމަތީގައި ވަނީ ހިމޭން ކަމެވެ. އެހެން ދުވަސްތަކުގައި ކުޅިވަރު ކުޅެން އެކޮޅުން މިކޮޅަށް ދުވާ މީހުން މިއަދަކު ނެތެވެ. މަލިކާވެސް ގޭގަ އިނދެ އިނދެ ފޫހިވެގެން ގެއިން ނުކުތެވެ.ދޮރޯށިން ބޯދިގުކޮއް ދެކޮޅު ހޯދާލުމައްފަހު ދުވެފައިގޮސް ގޭ ކުރިމަތީގައި ހުރިި ޖޯޔައް ވެއްޓިގަތެވެ.މަލިކާގެ އެ ހަރަކާތުން ޖެހިގެން ހުރި ޖޯލީގައި ފޯނާކުޅެން އިން މަހާ ދިޔައީ ސިއްސައިގެންނެވެ.އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.މަލިކާގެ ހިނިގަނޑު ފަޅައިގެން […]
ޒިވާ ހިގައިގަތް ތަން ފެނުނު ޔައީޝް އަށް ވެސް ލިބުނީ ސިހުމެކެވެ. އޭނާ އެކަން ކުރީ އެއްގޮތަކަށްވެސް ޒިވާ ރުޅި އަރުވާލުމުގެ ބޭނުމުގައެއް ނޫނެވެ. ޒިވާ ދެބުމަ ގޮށް ޖަހާލައިގެން އަތް އުރާލި އިރުވެސް އޭނާ ހަމަ ޙަޤީގަތުގައިވެސް ރުޅިި އައީ ކަމަކަށް ޔައީޝް އަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންވެ އިތުރަށް ހެން ފެށީއެވެ. ނަމަވެސް ޒިވާ އެފަދަ ގޮތަކަސް ދިޔުމުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނީ ބޭ އިޚްތިޔާރުގައެވެ. ޒިވާ ދުވަހަކުވެސް އޭނާ ރުޅި އަންނަފަދަ […]