Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 13

hygge Level 510 Stories100 Comments100 Login500 Comments
May 29, 2018 9 Mins Read
53 Comments

ސްކޫލަށް އާދެވުމުން ޒިވާ އޭނާގެ ބައްޕަ ގާތު ދަނީކަމަށް ބުނެ ހިނިތުން ވެލައިގެން ހުރެ ކާރުން ފައިބައިގެން ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ޒައިފްވެސް ހިނިތުންވެފައި ކާރުގައި އިރުކޮޅެއް ވާންދެން އޭނާގެ ލޯބިވާ ދަރިފުޅު ދިޔަ ތަން ބަލަން އިނެވެ. އެއަށްފަހު އަތުުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ ކަޅުކުލައިގެ ކާރު ސްޓާޓް ކޮށްލައިފައި އެތަނުން ދިޔައެވެ.

ޒިވާ ކްލާހަށް ވަދެގެން ދިޔައިރު އެހެން ކުދިންގެ ލޯތައް އޭނާއާއި އަމާޒުވިއެވެ. އެއީ ގިނަ ދުވަސްދުވަހުގެ އާދައެވެ. އެމީހުން އެކަން ހުއްޓާލާތޯ އޭނާ އަށް ހިތާހިތުން ދުޢާ ކުރެވުނު އަދަދެއް ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެހެން ނަމަވެސް އޭނާއަށް މިއަދު އެހެން ކަމެއް ފާހަގަ ވެއްޖެއެވެ. އެ ކްލާހުގައި އުޅޭ ލަމާން އޭނާ އާއި ދިމާލަށް ކުރިއަށްވުރެ ގިނައިން ބަލާ ކަމެވެ. އޭނާ އިނީ އެކަމުންވެސް އުނދަގޫ ވެފައެވެ. ކޮންމެޔަކަސް އެ ޙާލުގައި އޭނާ އިންދާ ކްލާހަށް ކެމިސްޓްރީ ޓީޗަރ ވަދެގެން އައުމުން ހުރިހާ ކަމެއް ހަމަޔަކަށް އެޅިއްޖެއެވެ. ޒިވާގެ ރަނގަޅު އަޚްލާޤުގެ ސަބަބުން މި ވީ ދުވަސްކޮޅުގެ ތެރޭގައިވެސް ހުރިހާ މުދައްރިސުންގެ ހިތް އޭނާ ވަނީ އަތުލައިފައެވެ. ހުރިހާ މުދައްރިސުންވެސް އޭނާ ދެކެ ލޯބިވާތީ ހަސަދައިގެ ލޯތައް އޭނާއާއި އަމާޒުވެފައި ހުރެއެވެ. ނަމަވެސް ޒިވާއަށް އެކަން ނޭނގޭ ޙާލުއެވެ.

ކިޔަވައިދިނުން ފެށިގެން ކުރިއަށް ދިޔައެވެ. ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ދިޔައެވެ. ތިންވަނަ ގަޑީގައި މުދައްރިސް ކިޔަވައިދީ ދީ ހުއްޓާ އެންމެންވެސް ކްލާހުގެ ދޮރާއި ދިމާލަށް ބަލައިލި ކުއްޖަކު ގޮވާލުމުންނެވެ. ސަރ ކައިރިން ހުއްދަ ހޯދުމަށްފަހު އޭނާ ޒިވާއަށް ގޮވާލިއެވެ. ޒިވާވެސް ނުތަނަވަސްވެފައިހުރެ މަޑުމަޑުން ދޮރާއި ދިމާލަށް ދާން ފެށިއެވެ. “ޒިވާ ޓީމް އަށް ހޮވިފަ އޮތީ.. ކޮންގްރެޓްސް… އަދި ބާއްވާނެ ޓީމް ކުދިންނާ އެކީ މީޓިން އެއް.. އެޔަށް އަދި ފަހުން އަންގާލާނެ..” އެކުއްޖާ އެހެން ބުނެ އެތަނުން ދިޔުމުން ޒިވާވެސް ހިނިތުންވެ ހުރެ އޭނާގެ ގޮނޑިއާއި ދިމާލަށް ދާން މިސްރާބު ޖެހިއެވެ. އޭނާއަށް ދެން ކްލާހުގައި ހުރެވޭނީވެސް ކިރިޔާއެވެ. އެކުވެރިންނާއި އެ ވާހަކަ ޙިއްސާކުރާހިތުން އޭނާއަށް ހުރެވެނީއެއް ނޫނެވެ.

އިންޓަރވަލް އަށް ބެލް ޖެހުމާއެކު ފުންމައިގެން ގޮނޑީން ތެދުވެ ކްލާހުން ޒިވާ ނިކުތީ ކުޑަކޮށް ދުވެލައިފައެވެ. އޭނާގެ ކައިރީގައި އިން ހުދާވެސް އިނީ އޭނާގެ އެ ޢަމަލުން މަޖާވެފައެވެ. ޒިވާ ނިކުމެގެން ދިޔަ ގޮތަށް ގޮސް އަޔާނީ މެން ގާތު މަޑުކޮށްލިއެވެ. އެއަށްފަހު މައިހާ އާއި އަޔާނީގެ އަތުގައި ހިފައިގެން އަވަސް އަވަހަށް ސިޑިން ފައިބަން ދިޔައެވެ. އަދިވެސް ޒިވާ ވީގޮތެއް އެމީހުންގާތު ބުނަން ނޫޅޭތީ އެމީހުން ތިބީ ވާނުވާ ނޭނގިފައެވެ. ކެންޓީނަށްވަދެ ބެންޗެއްގައި އިށީނުމަށްފަހު ޒިވާ މައިނޭވާ ލާން ފެށިއެވެ. “ހޫން ވަރިހަމަ.. ދެން ވާހަކަ ދެއްކޭނީ ބައިގަޑިއިރު ފަހުން.. އަޅެ ދުވެފަ ނަޔަސް ތި ދައްކަން އުޅޭ ވާހަކައެއް ދެއްކިދާނެއް ނޫންތަ ޒިވް؟” މައިހާ ހިތްހަމަ ނުޖެހިފައިހުރެ ޒިވާއަށް ބުނެލިއެވެ.

“ޔާނީ.. މައި.. ޒިވް ހޮވުނު ޓީމް އަށް..” ޒިވާ އިނދެލައިފައި ބުނެލި އެއްޗަކުން އަޔާނީ އާއި މައިހާގެވެސް މޫނު އެއްކޮށް އުޖާލާވެގެން ދިޔައެވެ. އެދެމީހުންނަށްވެސް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. އެވަގުތު އަޔާނީ ވެސް ޓީމްއަށް ހޮވުނު ވާހަކަ ބުންޏެވެ. މައިހާ ހެވިލައިފައި ބުނީ ތިމަންނަ ނުހޮވޭ ކަމުގައެވެ. އޭނާ ޓީމަށް ނުހޮވޭތި އޭނާއަށް ލިބިފައި ވަނީ ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެކެވެ. އޭނާ އޭގައި ބައިވެރި ވީވެސް ކޮންމެހެން ވާހިތަކުން ނޫނެވެ. ދެން ކޮން ކަމެއް ހެއްޔެވެ؟ ޒިވާ އާއި އަޔާނީ އެކުވެރިޔާ ނުހޮވުމުން ދެރަ ވީ ނަމަވެސް އޭނާ ދައްކާ މަޖާ ވާހަކަތަކުން އެކަން ނެތި ގޮއްސިއެވެ. އެއިރު ދުރުގައި ކުއްޖަކު ޖޫސް ތައްޓެއް ހިފައިގެން ޒިވާމެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އިސްކޮޅުން ދިގު އާދައިގެ ހަށިގަނޑެއްގެ ވެރިއެކެވެ. އެންމެ ދޮން ނޫނަސް އާދައިގެ ދިވެހިންގެ ތެރޭގައި ހުންނަ ހަމުގެ ކުލަ އޭނާގެ ގައިގައިވިއެވެ. ބަލައިލަން ނުހަނު ރީއްޗެވެ. އޭނާ ދިޔައީ ހިނދުކޮޅަކަށްފަހު ހިނދުކޮޅެއްގައި އެ ރުޅި ގަދަ ވަމުންނެވެ. އަތުގައި އިން ޖޫސްތައްޓަށްވެސް ފިތާލި ގޮތަށް ތަށިވެސް ބަނޑިކޮށްލިއެވެ. އެއަށްފަހު އެ ޑަސްބިން ތެރެއަށް ޖަހައިފައި ދުން ޖަހައިފައި އެ ސަރަހައްދުން ދުރަށް އޭނާ ދިޔައެވެ.

ކެންޓީނާ ވަރަށް ދުރުގައި ހުރި ބެންޗެއްގައި އޭނާ ދިޔަ ގޮތަށް ގޮސް އިށީނެވެ. އޭނާގެ އަތުގެ ގޮށްމުށުން ބެންޗުގައި ޖަހާލިއެވެ. ހީވަނީ އައިސް ހުރި ރުޅި އެ ބެންޗަށް ބާލަނީ ހެންނެވެ. ރުޅި ކޮންޓްރޯލް ކުރަން ދަތިވެފައި އޭނާ އެތާ އިންދާ އެހެން ކުއްޖެއް އައިސް އޭނަގެ ކޮނޑުގައި އަތް ބާއްވާލިއެވެ. އެވަގުތު އޭނާ ފުރަގަހަށް އެނބުރިލައި ކައިރީގައި ހުރި ކުއްޖާއާއި ދިމާލަށް ބަލަިއލިއެވެ. އެއަށްފަހު ސުވާލުގެ ނަޒަރުން ބަލަހައްޓައިގެން ހުރީ އެއީ ކާކުކަން އޭނާއަށް ނޭނގިގެންނެވެ. ބަލާ ބެލުމަށް ހީވަނީ އެއީ މި ސްކޫލް އޮފީހުަގައި މަސައްކަތް ކުރާ ޒުވާނެއް ހެންނެވެ. އޭނާ ލައިފައި ހުރީ އޮފީސް ވައްތަރުގެ ހެދުމެވެ. ނުހަނު ރީތި ކުއްޖެކެވެ. “ކިހިނެއް ވީ ހާދަ ރުޅި އައިއްސަ؟” އެ އަންހެން ކުއްޖާ އޯގާތެރިކަމާއެކު ބެންޗުގައި އިން ކުއްޖާ އާއި ދިމަލަށް ބުނެލިއެވެ. އެވަގުތު އޭނާ ނުރައްކާތެރި ގޮތަކަށް ޒުވާނާ އާއި ދިމާލަށް ބަލައިލިއެވެ. “ކޮން ކަމެއް މަ ކިތަންމެ ރުޅި އަޔަސް.. ރުޅި އައިސްގެން ގޮސް މީހަކު މަރާލިއަސް ކަލެއަކާ ބެހޭ ކަމެއް ނޫން އެއީ..” އެކުއްޖާ އެހެން ބުނެލުމުން ގާތުގައި އިން ކުއްޖާ ގާތަށް އައީ ހިންޏެވެ. ވިހަ ހިނިތުން ވުމެކެވެ. އަނެއް އަންހެން ކުއްޖާއާއި ދިމާލަށް މަލާމާތް ކޮށްލާ ފަދަ ހިނިތުންވުމެކެވެ. “މިއީ ތިކުއްޖާއަށް ހެޔޮ އެދޭ މީހެއް ކަމަށް ބަލާ..” އެހެން އޭނާ ބުނެ ސަލާމަށް އަތް ދިއްކޮށްލިއެވެ. އެވަގުތު އެކުއްޖާވެސް އަނެއް އަންހެން ކުއްޖާއަށް ބަލައިލިފައި އަތަށް ބަލައިލިއެވެ. އަދި އިރުކޮޅެއްގައި އެހެން އިނުމަށްފަހު އެ އަތުގައި ހިފަައި ސަލާން ކޮށްލިއެވެ.

“ކޮން ނަމެއްތަ ކިޔަނީ؟” އެ އަންހެން ކުއްޖާ އަހާލިއެވެ. “ލިމްޔާ..” އޭނާ މިހާރު ހުރީ ރުޅިގަނދު ހަަމަޔަކަށް އެޅިފައި ކަމުން ހިނިތުން ވެލައިފައި ޖަވާބު ދިނެވެ. “އޯކޭ.. އެހެން ވީމަ ފަހުން އަދި ދިމާވާނީ ދޯ ލިމްޔާ.. މިވަގުތު ނެތޭ މިހެން އިނދެވޭކަށް.. ދަނީ އިނގޭ.. މާދަންވެސް ހަމަ މިތަނުން ދިމާ ވާނީ.. އެހެން ނޫނީ ނަމްބަރ ދޭން ވީނު.. އެއިރަށް ކޮންމެ ތާކުންވެސް ދިމާވެވިދާނެ..” ލިމްޔާ އެ އަންހެން ކުއްޖާއަށް އޭނާގެ ނަންބަރު ދިނުމުން ތުއި ގޮތަކަށް ހިނގާލައިފައި އޭނާ އެތަނުން ދިޔައެވެ. ލިމްޔާވެސް އެ އަންހެން ކުއްޖާ ދިޔަ ދިމާލަށް ބަލަން އިނދެފައި ބެންޗުން ތެދުވެ ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

“ހެއި..” ޒިވާމެން ވާހަކައިގެ ތެރެއަށް ގެއްލިފައި ވަނިކޮށް މީހަކު އައި ކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ. “ކީއް ތިކުރީ؟” ޒިވާ އާއި މައިހާ މޭގައި އަތް އަޅައިގެން ތިބެ ފުން ނޭވާ ތަކެއް ލަމުން ބުންޏެވެ. އަޔާނީވެސް ދިއައީ ސިއްސައިގެންނެވެ. އެމީހުން ވާހަކައިގެ ތެރެއަށް ވަދެފައި ތިބި ވަރުން ޒަޔާން އާއި ޔައީޝް އެމީހުން ސިއްސުވާިއެވެ. އެމީުންގެ ކަންފަތް ކައިރީ ބާރަށް އަތްތިލަ ބަޑި ޖަހާލީއެވެ. ސިއްސައިގެން ނުދަނީ ކާކުހެއްޔެވެ؟ ޒިވާ ނުރުހުންވެގެން އެކަމާ ކުދި ކިޔަން ފެށިއެވެ. ޔައީޝް އަށް ހިތާހިތުން މިކުރެވުނީ ހާދަ ބޮޑު ކަމެކޭ ކިޔާލިއެވެ. ކުރީ ފަހަރުވެސް ގައިމު މި ޒިވާ ވަރެއް އަރުވާލި ވިއްޔާއެވެ. އިންޓަރވަލް ބޮއެ ނިމުމުން ލަސް ނުކޮށް އެމީހުން އެމީހުންގެ ކްލާސްތަކަށް ދާން ސިޑިން އަރަން ފެށިއެވެ. އެއިރު އެތާ އެމީހުންނަށް ބަލަން އަނހެން ކުއްޖެއް ބެލްކަނި ކައިރީ ހުއްޓެވެ. ޒިވާމެން އަންނަތަން ފެނި ދުވެފައި އޭނާގެ ކްލާހަށް އޭނާ ވަނެވެ.

ޔައީޝް އާއި ޒަޔާން ދާތަން ފެނި ބައެއް އަންހެން ކުދިން އެއްޗެހި އެއްޗެހި ކިޔަމުން ދިޔައެވެ. އެ ދެކުދިންގެ ރީތިކަމާހުރެ ތަޢުރީފް ކުރަމުން ދިޔައެވެ. އެވަގުތު ޒިވާ އެކުދިންނާއި ދިމާލަށް ބަލައިލީ ލަދުވެސް ނެތީބާއޭ ހިތަށް އަރައިފައެވެ. ޔައީޝް އެހެންވެ ނިކަން ފޮނިވާ ކަމަށް ހަދާލިއެވެ. އެވަގުތު ޒިވާ މައްޗަށް ކަޅި ހިންގާލީ ވަރެއްގެ ފިރިހެނެކޭ ހިތަށް އެރުމުންނެވެ. މައިހާވެސް ދެފަރާތަށް ބޯ ހޫރުވާލީ ފިރިހެނުންވެސް މިއީ ނިކަން ފޮނި ބައެކޭ ހިތަށް އަރައިފައެވެ. އަޔާނީ އެއިރު ހުރީ ލޯ މަތީގައި އެއް އަތުން އަޅުވާލައިގެން ކުޑަކޯށް ދެފަރާތަށް ބޯ ހޫރުވާލަ ހޫރުވާލައެވެ. “ރީތިކުދިން ފެނެޔެއްނޫންތަ؟” ޒަޔާން އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފާ ރީތިކޮށްލަމުން ފޮނިވެލައިފައި ބުނެލިއެވެ. ޒިވާމެން އެމީހުންނަށް އަޅާލުމެއްނެތި އެންމެފަހުން ބާރުބާރަށް ހިނގާލައިފައި ގޮސް ކްލާހަށް ވަނެވެ.

***

“ޒިވް ހާދަ ލަސްވީ މިއަދު؟ ކިހިނެތް ވީ އަނެއްކާ؟” ޒިވާ ގެއަށް ވަތްތަނުން ނޫރީން އޭނާއާއި ސުވާލު ކުރިއެވެ. “މަންމާ…” ޒިވާ ދިޔަ ގޮތަށް ގޮސް ހެވިފައި ހުރެ ނޫރީންގެ ގައިގައި ބައްދާލިއެވެ. ނޫރީން ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. “ޒިވް ޓީމަށް ހޮވުނު.. އެހެންވެ މީޓިންގް އެއް އޮތީމަ ލަސްވީ..” އަދިވެސް ޒިވާގެ ހިނިތުންވުމަށް ފަނޑުވުމެއް ނާދެއެވެ. ނޫރީންވެސް ދަރިފުޅުގެ ކާމިޔާބީއާއި މެދު އުފާކުރިއެވެ. އަދި ބައްޕަ ކައިރީ ބުނަން ކަމަށް ބުނެ ނުރީން އޭނާގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ޒިވާވެސް އޭނާގެ ކޮޓަރިއަށް ދިޔައީ ފެންވަރާލައި ތާޒާވެލައިގެން މެންދުރު ނަމާދުކޮށްލާށެވެ. ޒިވާއަށް ދުވަހަކުވެސް ނަމާދު މައްޗަކުން ހަނދާނެއް ނުނެތެއެވެ. އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

“ޕްރެކްޓިސް މިއަދު ހަވީރު ހަތަރުގަޑި ބައިގަ.. ގަޑިއަށް ހާޒިރުވާތި… ނިމޭނީ ފަސް ގަޑި ބައިގަ..” ނަމާދުކޮށް ނިންމައިފަ ޒިވާ އޭނާގެ ފޯނު ބަލައިލި އިރު މެސެޖެއް އައިސް އިނުމުން އެ މެސެޖު ބަލައިލުމަށްފަހު މަޑުމަޑުން ކިޔާލިއެވެ. އެހިނދު އޭނާގެ މޫނުމައްްޗަށް ނޭނގޭ އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. މިއަދު ހަވީރު ކުޅެން ދާން ޖެހޭކަން އިނގުމުން އޭނާ ދެން އަވަހަށް މިސްރާބު ޖެހީ ފިލާވަޅުތަށް ނިންމާށެވެ. ފިލާވަޅަކަށް ފަހު ފިލާވަޅެއް ނިންމަމުން ދިޔައީ ނުހަނު ފޯރީގައެވެ.

“ޒިވް.. އާދޭ ކާން.. ނުވެސް ކައި އަދި ތިއުޅެނީ މިއަދު.. ހަމަ މިހާރު އާދޭ.. ކައިގެން ފިލާވަޅު ހަދާނީ.. އެއިރުންނެއްނު އެއްޗެއް ވިސްނޭނީވެސް..” ނޫރީން ޒިވާއަށް ކާން އައުމަށް އަމުރު ކޮށްލިއެވެ. އޭނާއަށް އިނގިގެނެއް ޒިވާ ނުކައި ހުރިޔަކަ ނުދޭނެވެ. ޒިވާ ތުން ދަމާލައިފައި ގަލަން ފޮތް ތެރެއަށް ލުމަށްފަހު ފޮތް ލައްޕާލުމާއިއެކު ދެފައި ކާއްތަމުން ކޮޓަރިން ނިކުތެވެ. ނޫރިން ކިޔަން ފަށައިފިކަމެއް ކުރުނުކުރާނެކަން އޭނާއަށް އިނގެއެވެ. ޒިވާ ގޮސް ކާމޭޒުކައިރީ އިށީނދެލިތަނުންވެސް ބަނޑު ފުރޭހާވިއެވެ. މަންމަ ހަދާ ކާއެއްޗެހީގެ މީރުވަސް ނޭފަތުގައި ޖެހުމުން އޭނާއަށް ކޮންމެފަހަރަކުވެސް ވަނީ ހަމަ މިވަރެވެ. “މަންމާ ހާދަ ބައިވަރު މީރުމީރު އެއްޗިއްސޭ… އެކަމަކު ކީއްކުރަން އެހާ ބައިވަރެއް؟” ޒިވާ ސުވާލުގެ ނަޒަރަކުން ބަލައިލީ އަދިވެސް އެކި އެއްޗެހި މޭޒުމައްޗަށް ނެގުމައިގެން އުޅުނު ނޫރީންއަށެވެ. އޭނާވެސް އެންމެފަހުން އިން ތަނުން ތެދުވެގެން ގޮސް މަންމައަށް އެ އެއްޗެހި މޭޒުމައްޗަށް ނަގައިދިނުމަށް އެހީވެދިނެވެ. “ޒިވް އެކަންޏެއް ނޫނޭ ކާނީ.. ތުއްތު އަންނަ ވާހަކަ ބުނި މިއަދު..” ނޫރީން އުފާވެލައިފައި އެހެން ބުނުމުން ޒިވާވެސް ހިނިތުން ވެފައި އެހެން ދޯއޭ ބުނެލިއެވެ.

ނޫރީން އާއި ޒިވާ ތަށިތައް ނަގަން އުޅެނިކޮށް ގޭ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު ދެމީހުންނަށްވެސް އިވުނެވެ. “ޒިވް.. ދޭބަލަ ދޮރުހުޅުވާލަން.. ތުއްތު ކަންނޭނގެ އެ އައީ..” ނޫރީން އެހެން ބުނުމުން ޒިވާ ކުޑަކޮށް ދުވެލައިފައި ގޮސް ދޮރުގެ ތަޅުގައި ހިފިއެވެ. އަދި އެއަށްފަހު ދޮރު ހުޅުވާލިއެވެ. ޒިވާ އަށް ދޮރު ހުޅުވާލެވުނު ތަނާ ނައިޝަމް އެތެރެއަށް ދެމިގަނެއްޖެއެވެ. އެއިރު އޭނާގެ އަތުގައި ނަވާރް ހެވި ދިލިފައި އިނެވެ. ނަވާރް ލައިގެން ހުރީ މަޑު އަޅި ކުލައިގެ ކަކުލުން ކުޑަ ތަންކޮޅެއް ތިރިއަށް ހުރި ހެދުމެކެވެ. އަދި އެއާއި އެކު ބޭބީ ޕިންކް ކުލައިގެ ބަނޑާއި ހަމައަށް އަރާ ވަރުގެ ޖެކެޓެއް ލައިފައި ހުއްޓެވެ. އެޖެކެޓް ހުރީ މަތިން އެއް ގޮށް އަޅުވާލުމަށްފަހު ދޫކޮށްލައިފައެވެ. އަދި ހެދުމުގެ ކަރު ވަށައިގެން ހުދު ކުލައިގެ ފޮތިކޮޅެއް ރޫ ޖައްސާލައިފައި އަޅައިފައިވި ގޮތުން ވަރަށް ފުރިހަމައެވެ. އެ ހެދުމާ ގުޅުވާލައިފައި ނަވާރްގެ ބޮލުގައި މިއަދު ޖަހާފައި ވަނީ އަޅި ކުލައިގެ ޓައީއެކެވެ. އެއަށްފަހު ކޮނޑާ ހަމައަށް އަރާ ފަން އިސްތަށިގަނޑު ވަނީ ދޫކޮށްލައިފައެވެ.

“ތިއްތުގެ ކިއުޓީ ޕައި ހާދަ ކިއުޓް އޭ… އާދޭ ތިއްތު ކައިރިއަށް..” ޒިވާއަށް ނަވާރް ފެނި ލޯބިން އެ ހިތް ބަންޑުން ވިއެވެ. އޭނާ ނަވާރް ދެކެ ވާ ލޯބި އެގެއިން އެކަކަށްވެސް އޮޅިފަކާ ނޯންނާނެއެވެ. ޒިވާ އޭނާގެ އަތް ނަވާރް އާއި ދިމާލަށް ގެންދިޔަ ތަނުން ނަވާރް ޒިވާގެ އަތް މައްޗަށް ވެއްޓިގަތެވެ. އެހިނދު އޭނާ ރީތިކޮށް ނަވާރް އުރާލައިގެން އައިސް އޭނާގެ އުނގުގައި ކާމޭޒުދޮށުގައި ނަވާރް ބޭންދިއެވެ. “ދޮންތަ ހާދަ ސާމާނެއް ހަދާލައިފަ؟” ނައިޝަމް ނޫރީން ކައިރީ ބުނެލީ މޭޒުމަތީގައި ހުރި ހުރިހާ އެއްޗިއްސަށް ދަހިވެފައި ބަލައިލަމުންނެވެ. “ދުވަސްކޮޅެއް ވެއްޖެޔެއްނު މިގެއަށް ނާންނަތާ.. އެހެންވެ ހަމަ ހަދާލީ މިއަދު ބައިވަރު ވައްތަރުތައް.. ނައިޝަމް ގެއަށް ދާއިރު ހުސްއަތަކާ ދޮންތަ ފޮނުވައެއް ނުލާނަމޭ.. ޔަންހާ އަށާއި ޔައީޝް އަށް ޖެހޭނެ މީގެން ގެންދަން.. އެއިރަކަށް ނުވާނެ ބާކީއެއް ހަމަ ގައިމުވެސް..” ނޫރީން ނައިޝަމް ގާތު ހެވިލައިފައި ބުނެލިއެވެ.

ނައިޝަމް ވެސް ހީލައިފައި ބޯ ޖަހާލީ ނޫރީން އާއި އެއްބަސް ވުމުގެ ގޮތުންނެވެ. އެއިރު ޒިވާ ނަވާރް އާއި އެކި ސަމާސާތައް ކުރަމުން ދިޔައެވެ. “މަންމާ.. ބައްޕަ އަށް އާދެވޭނެތަ މިއަދު ޒިވް ސްކޫލަށް ލާން؟” ޒިވާ ނަވާރް އުނގުގައި ބައިންދައިގެން އިނދެފަ ނޫރީން އާއި ސުވާލު ކޮށްލިއެވެ. “ނޫން.. މަންމަ އެހިން.. ބުނީ މިއަދު ނާދެވޭނެޔޯ.. މިރޭ ބާރައިގެ ފަހުންނޯ ނިމޭނީވެސް.. މިދުވަސްކޮޅު ވަރަށް ބިޒީ ކޮށް ބައްޕަ އުޅެނީ..” ނޫރީން އެހެން ބުނުމުން ޒިވާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ތުއްތު ފްރީ ތަ ހަވިރު؟” ޒިވާ ނައިޝަމް އަށް ބަަލާލައިފައި އެހެން ބުނެލި އިރު ނަވާރް އިނީ މައްޗަށް ބަލަހައްޓައިގެން ޒިވާ އާިއ ދިމާލަށް ބަލާށެވެ. “ހުމްމް.. ފްރީ.. ކިހިނެއް ވީ؟ މެލޭ އަށް ގެންގޮސްދޭން ވީތަ؟” ނައިޝަމް ސަމާސާ ކޮށްލިއެވެ. “ތުއްތުވެސް.. ޒިވް ސްކޫލަށް ގެންގޮސްދީބަލަ މިއަދު ހަވީރު.. ޕްރެކްޓިސް އެބޮތް.. އެހެންވެ..” ޒިވާވެސް މަޖާވެލައިފައި ބުނެލިއެވެ.

ނައިޝަމް ވެސް ކާން އިނދެފައި ބޯ ޖަހާލީ އެކަމަށް އެއްބަސް ވުމުގެ ގޮތުންނެވެ. “ނަވޫ.. މަންމި ކޮބާތަ؟” ޒިވާ ނަވާރް ގެ އަނގަޔަށް ރޮށިކޮޅެއް ލައްވަމުން ނަވާރް ކައިރީ އަހާލިއެވެ. ނަވާރް އަނގައި އޮތް ރޮށިކޮޅު ހުސްކޮށްލުމަށްފަހު ޖަވާބުދޭން އަނގަ ހުޅުވާލިއެވެ. “މަންމި ބަހައްޓާފަޔޯ އަންނާނީ ތެތީ ބުނީ.. ތެތީ ބުނީ މިއީ ހަމައެކަނި ތެތީ އަށާއި ނަވޫ އަށް އޮތް ލަންޗް އެކޯ.. މަންމި އަށް އިންވައިޓް ނުކުރެޔޯ މި ލަންޗް އަށް..” ނަވާރް އެހެން ބުނުމުން އެންމެންވެސް ހިނިއައެވެ. އެއީ ނައިޝަމް ނަވާރް ގާތު ބުނެފައި އޮތް ގޮތެވެ. ޙަޤީގަތުގައި ޔަންހާ އަށް މިގަޑީގައި ނާދެވުނީއެވެ. އެކަމަކު އެ ދެމީހުންވެގެން ނަވާރް ގާތު އެހެން ބުނެލީއެވެ.

އަޞުރު ނަމާދު ކުރުމަށްފަހު ޒިވާ ކުޅެން ދާން ތައްޔާރު ވެލައިގެން ކޮޓަރިން ނިކުތީ ދަބަސް ކޮނޑުގައި އަލުވާލަމުންނެވެ. އެއިރު ނައިޝަމް އާއި ނޫރިން ސޯފާގައި ތިއްބެވެ. ނަވާރްވެސް އެމީހުން ގާތު ހިނގާލަ ހިނގާލައިފައި އުޅެއެވެ. “ތުއްތު.. ހިނގާ ދާން.. ފަނަރަ މިނެޓަށް ވެއްޖެ..” ޒިވާ އެހެން ބުނެ ޓެނިހަށް އަރަން ފެށިއެވެ. އަދި އޭނާ ބޫޓަށް އަރާ ނިމުމުން ގެއިން ނިކުމެ ނައިޝަމް އަދި ނަވާރް އާއި އެއްކޮށް ލިފްޓަށް އެރިއެވެ.

ޒިވާ ސްކޫލް ގޭޓުން އެތެރެ ވީ އިރު އަޔާނީ އޭނާގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޒިވާ އަވަހަށް ކާރުން ފައިބައިފައި ސްކޫލާއި ދިމާލަށް ދުއްވައިގަތެވެ. “ޔާނީ.. ހަނދާން ނެތުނީ… ސޮރީ އިނގޭ..” ޒިވާ އަޔާނީ ގާތު މާފަށް އެދުނީ އަޔާނީ ނުލައި އޭނާއަށް އާދެވުމުންނެވެ. “އެއީ މައްސަލައެއް ނޫނޭ.. ޔާނީ ވެސް ހަނދާން ނެތިފައޭ ހުރީ.. މަންމައާ އެއްކޮށް ސައިކަލުގަ އައި ފަހުން ހަނދާން ވީ.. ހެހެ..” އަޔާނީއަށްވެސް ވީ ހަމަ އެވަރުކަން އެނގުމުން ޒިވާ ހަމަ ނޭވާއެއް ލެވުނެވެ. ދެމީހުން އެއްކޮށް ގޮސް ބާސްކެޓްބޯލް ކޯޓަށް ވަތް އިރު ކޮންމެވެސް އެހެން ހައުސް އެއްގެ ކުދިން ކުޅެ ނިންމާފަ ކޯޓުން ނިކުންނަނީއެވެ. އެދެމީހުން އެކުދިންނަށް އަޅާނުލައި ކޯޓަށް ވަދެގެން ދިޔަ ނަމަވެސް އެކުދިންގެ ތެރެއިން ބައެއް ކުދިން ޒިވާމެންނާއި ދިމާލަށް ބެލިއެވެ. އާކުދިންތަކެއް ވީމަ ކަމަށްވެސް ވެދާނެއެވެ. ނޫނީ ދެހައުސް ދޭތެރޭގަ އޮންނަ ވާދަވެރިކަމުގެ ސަބަބުން ޖެހިފަ ތިބީ ކަމަށްވުން ވެސް އެކަށީގެން ވެއެވެ.

***

“ލަމާން… މިއަދު ހާދަ އުފާވެގެން އުޅޭ ދުވަހެކޭ.. ކީއްވީ އަނެއްކާ؟” ކޮޓަރިން ނިކުމެގެން އޭނާގެ ޓެނިސް ބޫޓަށް އަރަން ދިޔަ ލިމްޔާ އޭނާގެ އެއްމާބަނޑު ބޭބެ ލަމާން ގާތު ބުނެލިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ލަމާން މިއަދު އެ އުޅެނީ އެހެންޏާ އުޅޭ ގޮތަކަށް ނޫނެވެ. އެއްތާކު ދެފައި ހަރުލަނީއެއް ނޫނެވެ. އޭނާ އުޅޭ ގޮތުން ލިމްޔާ ގާތަށް ވެސް ހުރީ ހިންޏެއް އައިސްފައެވެ. މަންމައާއި ބައްޕަ މިވަގުތު ގޭގަ ނެތްކަން އެއީ ނަސީބެކޭ އޭނާގެ ހިތަށް އެރިއެވެ.

“އުފާ ވާނެއްނު ލިމް.. މި ހިތުގެ ރާނީ މިއަދު ލަމާން އާއި ދިމާލަށް ބަލައިލައިފަ ހީލި.. ލަމާން އަށް ހީވަނީ އޭނާވެސް ލަމާން އާއި ގަޔާ ވާހެން.. އޭނާއަށް މަޖަލަކަށް މިއަދު ކްލާހުގަ އިނދެފަ ޝިޒާން މެންނާއި އެކީ ގޮވާލިން.. ޝިޒާން ގޮވީމަވެސް އޭނާ ބަލައިލައިފަ ހިނިތުން ވެލީ.. އިފްހާމް ގޮވާލީމަވެސް ބަލާލައިފަ ހިނިތުން ވެލީ.. އެކަމް ލަމާން ގޮވާލިތަނާ އޭނާ ނިކަން ރީތިކޮށް ބަލާލައިފަ ހޭން ފެށީ.. ލަމާން އެއްޗެކޭ ބުނެލައިފިއްޔާ އޭނައަށް ވަރަށް ހެވޭނެ.. އަދި އިސްދަށަށްވެސް ޖަހާލާނެ..” ހުވަފެނީ ގޮތަކަށް ހުރެ ލަމާން އޭނާގެ ކޮއްކޮ ގާތު ކިޔައިދެމުން ދިޔައެވެ. ލިމްޔާއަށް އަދިވެސް ހުރި މަޖާވެފައެވެ. އެކަމަކު އޭނާގެ ބޭބެއަށްޓަކައި އުފާވެފަވެސް މެއެވެ. ލިމްޔާ މިއަދު ލައިގެން ހުރީ ކުޅެން ދާންވެގެން ކަކުލާ ހަމަޔަށް އަރާވަރުގެ ސޯޓަކާއި އެޔާއި އެއްކޮށް ލާ އަތްކުރު ޖާޒީއެވެ. އަދި އިސްތަށިގަނޑު ދެފަރާތަށް ގަޓާލައިފައި ވީ ގޮތުން ސްޕޯޓްސް ވައްތަރު ޖަހައެވެ.

“ކޮންގްރެޓްސް ލަމާން.. ދެން ކީއްކުރަންތަ ތި އުޅެނީ އަސްލު؟” ލިމްޔާ ސީދާ އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ. ލަމާން ނިކަން ހެވިލައިފައި އޭނާއާއި ދިމާލަށް ބަލައިލިއެވެ. “މިއުޅެނީ މިއަދު އޭނައަށް ޕްރޮޕޯޒް ކުރަން.. ލަމާން އަށް ވަރަށް ހީވޭ އޭނާ ޤަބޫލު ވާނެހެން..” ދެޖީބަށް އަތް ޖަހާލަމުން ލަމާން ލިމްޔާއަށް ބަލަން ހުރެ ބުނެލިއެވެ. ލިމްޔާވެސް ގުޑް ލަކްއޭ ބުނެ އިން ތަނުން ތެދުވެ ގެއިން ނުކުންނަށް ގޮސްފައި އަދި މަޑުކޮށްލިއެވެ. “ވެއިޓް.. ލަމާން އަދިވެސް ނުބުނަމެއްނު އެއީ ކޮން ކުއްޖެއް ކަމެއް…” ލިމްޔާ ދެއަތް އުރާލަމުން އެއް ބުމަ އަރުވާލުމަށްފަހު ލަމާން އަށް ބުނެލިއެވެ. “އަނހަ ހަ.. އެހެން ނުބުނެވޭނެދޯ.. އެއީ ސަޕްރައިޒް އެއް.. ފަހުން ބުނާނަން..” ލަމާން ހިނިގަނޑެއް ޖަހާލައފައި އެހެން ބުނުމުން ލިމްޔާ ދެތުންފަތް އޫކޮށްލުމަށްފަހު އޯކޭއޭ ކިޔާ ގެއިން ނިކުތީ ލަމާން ބުނާ ބަހެއްގަ ހިފަހައްޓާނެކަން އިނގޭތީއެވެ.

“ޒިވް..” ޝޫޓް ކުރަން ހުރި ޒިވާ ސިހުނީ އަޔާނީ ޒިވާއަށް ގޮވާލުމުންނެވެ. އަދި ކުޑަކޮށް ދުވެލައިފައި ބެންޗް ކައިރިއަށް ދިޔައީ އަޔާނީ އިނީ ބެންޗްގައި ކަމަށް ވާތީއެވެ. “ހުމްމް.. ކީކޭ..” ޒިވާ އަޔާނީ ގާތު ސުވާލު ކޮށްލިއެވެ. “ދެން ވާވަރަށް ޕްރެކްޓިސް ކުރެވިއްޖޭ އަހަރެމެން ދެމީހުންނަށް.. އިހަށް ބްރޭކެއް ނަގަން ވީނު.. މިހާރު އެޔޮށް އަންނަނީ އެހެން ކުދިންވެސް..” އަޔާނި އެހެން ބުނެލި އިރު ހަތަރު ވަރަކަށް ކުދިން ކޯޓަށް ވަދެގެން އައެވެ. އަދި ކޯޗުވެސް މެއެވެ. ހުރިހާ ކުދިން ހަމަވުމާއެކު ކޯޗު ކަށިގަނޑު ފުންމާލައިފައި ވޯމް އަޕް ހަދަން އެކުދިންނަށް އެންގިއެވެ.

އެކި ގޮތްގޮތުން ޕްރެކްޓިސް ކުރަމުން ދިޔަ ވަރަކަށް ކޯޗް ހަލަފް އަށް ދިޔައީ ޒިވާގެ ހުނަރު ފާހަގަ ވަމުންނެވެ. އޭނާ ހުރީ އެހެންވެ އެކާމާ ނުހަނު އުފާވެފައެވެ. ދެއަހަރު ފަހުން އަނެއްކާވެސް އޭނާ ބޭނުންވިފަދަ ކުއްޖެއް ލިބުމުންނެވެ. މިއޮށް ހުރިހާ ދުވަހު އޭނާ ހުވަފެން ދެކެމުން އައީ ލިމްޔާ އެފަދަ ކުޅުންތެރިއަކަށް ވެދާނެ ކަމުގައެވެ. އެހެން ނަމަވެސް ލިމްޔާއަށްވުރެ ޒިވާ އެތަށް ގުނައެއް ހުނަރުވެރިއެވެ. އަދި މޮޅެވެ. ޒިވާގެ ރަނގަޅު އަޚްލާގުވެސް އޭނާގެ ލޮލުގައި އަޅައިގަތީ މަދެއްކޮށެއްނޫނެވެ.

ޒިވާއަށް އެނގޭ އެއްޗެއް ވިއްޔާ އެހެން ކުދިންނަށް ދަސްކޮށްދެއެވެ. ހުރިހާ ކުދިންނަށްވެސް އިޙްތިރާމް ކުރެއެވެ. އަދި ވަކިން ޚާއްސަކޮށް ހަލަފް އަށް ބޮޑަށް އިޙްތިރާމް ކުރެއެވެ. ސަރ ނޫނީ ކޯޗް ނޫންގޮތަކަށް ހަލަފް އާއި މުހާތަބު ނުކުރެއެވެ. ލިމްޔާ ހުރިހާ ގޮތަކުންވެސް ޒިވާއާއި ޚިލާފެވެ. އޭނާއަށް މޮޅަށް ކަމެއް ކުރެވިއްޖެނަމަ ހުންނަނީ ބޮޑާވެފައެވެ. އެހެން ކުއްޖަކަށް އެއްވެސް އެއްޗެއް ދަސްކޮށެއް ނުދޭނެއެވެ. އަނެއްކޮޅުން ހަލަފް އަކީ އުމުރުން ހަގު ކޯޗެއް ކަމުން އޭނައަށް އިޙްތިރާމެއްވެސް އެންމެ ރަނގަޅު ގޮތުގައި ލިމްޔާ ނުކުރާނެއެވެ. އެހެން ކަމުން ޒިވާއަށް މިއަދު އޭނާގެ ކޯޗްގެ ހިތްވެސް އަތުލެވުނެވެ. އޭނާއަށް ހުރިހާއެންމެންގެ ލޯބި ލިބުނެވެ.

ޒިވާއަށް ޓީމްގެ އެހެން ކުދިންނާއި ކޯޗްގެ ތައުރީފް ލިބޭތީ ލިމްޔާގެ ރުޅި ގަދަވަމުން ދިޔައެވެ. އެޙާލެއްގައި އުޅެ ޕްރެކްޓިސް ނިންމާލި އިރު ޒިވާގެ މޫނުމަތީގައި ހިނިތުންވުން ވީ ނަމަަވެސް ލިމްޔާގެ މޫނުމަތީގައި ވީ ނުރުހުންތެރިކަމެވެ. ޒިވާ އެއްގޮތަކަށްވެސް އޭނާއަށްވުރެ ބާސްކެޓްބޯލް އިން މޮޅުވެގެން ނުވާނެއެވެ. އެއީ އޭނާގެ ހިތުގެ އަޑެވެ. ހިތުގެ ކަނަކުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި ބުންޏަސް އަމިއްލަ އެދުމުން ފޯވެފައިވި ލިމްޔާ ބަހަނާ ދެއްކުމަށްފަހު އޭނާގެ ނަފްސު ދިފާއު ކުރިއެވެ.

“ހެއި..” ކޯޗު ދިޔުމަށްފަހުވެސް ހުރިހާކުދިން އިރުކޮޅެއް ވާންދެން އެތާ މަޑުކޮށްލައިގެން ތިއްބެވެ. އެކި ވާހަކަތައް ދެއްކުމުގައެވެ. ޒިވާ އާއި އަޔާނީވެސް އެމީހުންގެ އަމިއްލަ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސިހުނީ ފަހަތުން ކުއްޖަކު އެދެމީހުންނަށް ގޮވާލުމުންނެވެ. ފަހަތަށް އެނބުރިލީއިރު ލިމްޔާ ހުރިތަން ފެނި އެ ދެކުދިންވެސް ހިނިތުން ވެލިއެވެ. “ލިމް.. ޔާ.. އެހެން ދޯ ކިޔަނީ؟” ނުފަރިތަ ކަމާއެކު ހަނދާން ކޮށްލަމުން ޒިވާ ބުނެލިއެވެ. އެހިނދު ލިމްޔާވެސް ނުހަނު ރީތި ހިނިތުންވުމަކާއެކު ސަލާމަށް އަތް ދިއްކޮށްލިއެވެ. އަދި ޒިވާވެސް ބަދަލުގައި ސަލާމް ކޮށްލީ އޭނާއަށް މި ސަލާމް ކުރެވުނީ ޙަޔާތުގެ އެންމެ ބޮޑު ތޫފާން ގެންނާނެ ދުޝްމިނާއި ކަން ނޭނގި ހުރެއެވެ. ލިމްޔާގެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ކިހާ މޮޅު ޕްލޭން އެއް ކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ﷲ މެނުވީއެވެ.

އެކުދިން އިރުކޮޅެއް ވާންދެން ވާހަކަ ދައްކާލަން ތިއްބާ ކުއްލިއަކަށް އެތަނުން ކަރަންޓް ދިޔައެވެ. ޒިވާވެސް އަޔާނީގެ އަތުގައި ހިފާލީ އަނދިރިއަށް އޭނަ ބިރުގަންނަ ވަރުނެވެ. ދެން އެހެން ހުއްޓާ ހަމައެކަނި ޒިވާއަށް އަލިވާގޮތަށް ވަށްބޮޅެއްގެ ބައްޓަމަށް ދިއްލުނެވެ. ހުރިހާ ކުދިންވެސް ތިބީ މި ވަނީ ކީއްކަން ނޭނގި އޮޅުން ބޮޅުމެއްގެ ތެރޭގައެވެ. އެވަގުތު އެބޮޅުތެރެއަށް ކޮންމެވެސް ފިރިހެން ކުއްޖަކު އެރިއެވެ. އޭނާގެ މޫނުމައްޗާއި އެކޮށް ފޮރުވޭ ގޮތަށް ހިފަހައްޓައިގެން ހުރި ބޮޑު ރީތި މާބޮނޑީގެ ސަބަބުން އޭނާގެ މޫނެއް އެއްވެސް ވަރަކަށް ނުފެނެއެވެ. އިސްކޮޅުން ދިގު ބާމަތި ފުޅާ ފިރިހެން ކުއްޖެކެވެ. ނޫ ކުލައިގެ ޖީންސް އެއް ލައިފައި ހުރިއިރު ލައިފައިވި ހުދުކުލައިގެ ޓީޝާޓް ވަނީ އެ ވަރުގަދަ ހަށިގަނޑަށް ހިފާލައިފައެވެ. އޭނާގެ އަތުގައި މުށި ކުލައިގެ ކަމަރެއް ލައިފައިވި މޫނުމަތި ބޮޑު އެހެން ނަމަވެސް ރީތި ގަޑިއެއް އޮތެވެ. އޭނާ އަރައިފައިވަނީ ފެޝަން ބޫޓަކަށެވެ. ބަލާލައިފައިވެސް އޭނާއަކީ ހައިބަތު ހުރި މީހެއްކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ.

އެހުރިގޮތަށް ހުރެ އޭނާ ޒިވާގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު މޫނުމަތިން އެ މާބޮނޑި ނެގިއެވެ. ޒިވާ ސިހުނީ ކުރިމަތީގައި އެހުރި ސޫރަ ފެނިފައެވެ. އޭނާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޒިވާ ހުވަފެނުންވެސް ދެކެފައި ނުވެއެވެ. ޒިވާއަށް ހައިރާން ކަމާއެކު ބަލަހައްޓައިގެން ހުރެވުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ޑައިރީ……………..

Next

ހައިރާ?(ދެވަނަބައި)

Next
May 29, 2018

ހައިރާ?(ދެވަނަބައި)

Previews
May 29, 2018

ޑައިރީ……………..

53 Comments!

  1. unique says:
    May 29, 2018 at 12:13 pm

    asluves tha yayyyy thanks noor

    1. noor says:
      May 29, 2018 at 9:34 pm

      hehe.. kihineh v unique? noor akah understand nuvi ey.. 🙂

    2. unique says:
      May 30, 2018 at 4:44 am

      eiii dhw eheheh noor ah neygeyne mi story ah unique wait kuraa varu ehnv yageen kolly asluvx hey ahaaly heheh

    3. noor says:
      May 30, 2018 at 1:17 pm

      hehe.. ehn tha? vrh ufaavehje unique dear mi story ehaa kiyaa hiyy v ma.. 🙂

  2. suty says:
    May 29, 2018 at 12:21 pm

    aluves tha?? yayyyy varah reethi ingey mi part ves…waiting for the bext part…varah salhi ingey maasha allah noor dear

    1. noor says:
      May 30, 2018 at 8:21 am

      hehe.. jazakillah khairan dear.. 🙂 🙂

  3. queen eekko says:
    May 29, 2018 at 12:25 pm

    aslu vx? tha yayy,? can’t wait for the next part noor dear keep it up???

    1. noor says:
      May 30, 2018 at 1:19 pm

      🙂 jazakillah khairan queen eekko.. on the way ga ingey nxt part.. in sha allah miadhu up vaane 14 vana episode.. vrh ufaavehje dear mi story kiyaa hiyy vaathyve.. 🙂

  4. kairaa says:
    May 29, 2018 at 12:33 pm

    yey! me first ey dwh …. mi part vx wrh reethi..

    1. noor says:
      May 30, 2018 at 1:21 pm

      hehe.. nooney dear.. ehn faharakun dhn balaany dhw first ah dheytho.. 🙂 asluvestha? jazakillah khairan dear.. 🙂

  5. Sana says:
    May 29, 2018 at 1:00 pm

    Masha Allah varah reethi mi part ???
    Dhivehi vaahaka eh veema bodah dhivehi bas beenun kureema mi vaahaka varah furihama vaane mihaaru mi hunnany dhivehi bahaai english bas eh vefa ?
    Waiting for the next part ????????❤❤??

    1. noor says:
      May 30, 2018 at 1:23 pm

      jazakillah khairan Sana dear.. 🙂 yeah.. vrh ufaavehje thikanthah faahaga kolladhinyma ingey.. 🙂 dhn oiyy part ga ebai rangalhu kureveytho balaanan ingey dear.. dhera nuvahchey.. 🙂 on the way ga 14th episode.. 🙂

  6. Thoo says:
    May 29, 2018 at 1:01 pm

    Nothing To Say???????????????????

    1. noor says:
      May 30, 2018 at 1:24 pm

      asluvestha dear.. 🙂 jazakillah khairan Thoo.. 🙂

  7. unique says:
    May 29, 2018 at 1:05 pm

    maasha allah vvvvvvvvvvvvv reethi cant wait for next part

    1. noor says:
      May 30, 2018 at 1:25 pm

      jazakillah khairan unique dear… hehe.. 🙂 nxt episode vrh avahah up vaane.. in sha allah.. 🙂

  8. ira says:
    May 29, 2018 at 1:28 pm

    vvvvvvvvvvvvreeethi mi story hama……..noor sis i can’t wait for next……..vvvvvv reethi mi vaahaka maasha allah………

    1. noor says:
      May 30, 2018 at 1:26 pm

      jazakillah khairan ira dear.. 🙂 aww.. nxt episode hama on the way ga.. hehe.. 🙂 jazakillah khairan sis.. 🙂

  9. Mate says:
    May 29, 2018 at 1:46 pm

    Vrh vrh reethi……waiting fo next part????

    1. noor says:
      May 30, 2018 at 1:27 pm

      jazakillah khairan Mate dear.. 🙂 in sha allah, 14 vana bai miadhu up vey tho noor mi balany..

  10. Mal says:
    May 29, 2018 at 1:48 pm

    Wow… Haadha salhi eyy ❤❤masha Allah???

    1. noor says:
      May 30, 2018 at 1:28 pm

      jazakillah khairan Mal dear.. 🙂

  11. Hamdha says:
    May 29, 2018 at 2:39 pm

    Maasha allah….nei bunane ehche….hama awesome…..lov the story…….maasha allah noor

    1. noor says:
      May 30, 2018 at 1:29 pm

      jazakillah khairan Hamdha dear.. 🙂 asluvestha? vrh vrh ufaavehje dear thihaa loabi comments kollaathyve.. 🙂 plus thihaa supportive v ma dear.. 🙂

  12. Nunnu says:
    May 29, 2018 at 3:12 pm

    Masha Allah
    Vv reethi MI part ves
    Chen kon irakun Tha next part ves genes dheynee
    You are the best noor
    Good luck

    1. noor says:
      May 30, 2018 at 1:30 pm

      jazakillah khairan Nunnu dear… 🙂 miadhu in sha allah nxt part up veytho noor mi try kurany.. 🙂 aww.. vrh happy vehje dear ge thikahala loabi loabi comments thah libeythyve.. jazakillah khairan dear.. 🙂

  13. shaha says:
    May 29, 2018 at 3:59 pm

    Nice

    1. noor says:
      May 30, 2018 at 1:31 pm

      jazakillah khairan shaha dear.. 🙂

  14. Ŕàsh Ŕash says:
    May 29, 2018 at 4:39 pm

    I really really like the new twist in the story. …so so so beautiful ?????

    1. noor says:
      May 30, 2018 at 1:32 pm

      hehe.. ehn tha dear? vrh ufaavehje noor.. 🙂 jazakillah khairan dear.. 🙂

  15. Flwr says:
    May 29, 2018 at 5:29 pm

    V salhi …..mashaa allah

    1. noor says:
      May 30, 2018 at 1:34 pm

      jazakillah khairan Flwr dear.. 🙂 kuriyah huri bai thah ves dear mennah kamudhaa kahala gothakah genesdheveytho noor mi balany.. in sha allah.. 🙂

  16. layaal says:
    May 29, 2018 at 5:56 pm

    dhn vrhkh liyaairu raniyaa kiyaa vrhkh liyedheeba….vrh hithaama veri

    1. noor says:
      May 30, 2018 at 1:36 pm

      keekey layaal dear? noor akah nagaeh nuganevunu dear thibuni ehcheh.. 🙁 u mean dhn vrh hithaamaveri vaahakaeh genesdheysheytha? ehn viyyaa, in sha allah noor balaanan ingey ekahala story eh genesdheveytho adhi.. 🙂

  17. Maya says:
    May 29, 2018 at 8:26 pm

    Vv reethi.. Seriously eii lamaan thr. ???????? Vv reethi limya mihaaru e Kulheny raifa ge role dhw (or) raifa aa dhemyhun gulhigen dhw e ulheni.. ?????can’t wait for next part… Haadha reehcheyy ??????????????noor u r the best… ??????????❤️❤️❤️

    1. noor says:
      May 30, 2018 at 1:38 pm

      jazakillah khairan Maya dear.. 🙂 hingaabala dhw aee kaakutho balailan.. 🙂 hehe.. vaa gotheh balamaa, dear.. 🙂 hehe.. ehntha? jazakillah khairan dear.. awww.. vrh vrh ufaavehje thihen dear bunelyma.. dhn thihaa supportive v ma dear.. 🙂

  18. Zelll says:
    May 29, 2018 at 8:35 pm

    Vrh reethi noooor❤❤❤ MashaAllah?❤❤

    1. noor says:
      May 30, 2018 at 1:39 pm

      jazakillah khairan Zell dear.. 🙂 vrh ufaavehje dear ge comment kiyaaalaifa.. ingey.. hama asluves.. 🙂

  19. malaak says:
    May 29, 2018 at 9:24 pm

    omg ..varah reethi . cant wait for the next part. noor keep it up!

    1. noor says:
      May 30, 2018 at 1:41 pm

      jazakillah khairan malaak dear.. 🙂 alhey dear, ihah keiyytheri kamaa eku madukollaa ingey.. hehe.. miadhu nxt episode up vaane hen heevany noor ah.. in sha allah.. 🙂

  20. No one says:
    May 29, 2018 at 11:38 pm

    Alhey ziv ah anhkaa anh kuhjehge undhagoo jehen ulheny dhw.. i guess e propose kuraa boy eii ziv dheke rulhi anna anhn kuhjaage beybe kanneynge… This part is also awesome as always♥️♥️… Next part kn irakun? Waiting waiting…

    1. noor says:
      May 30, 2018 at 1:43 pm

      hingaabala dhw dhn vaagotheh balamaa dear.. 🙂 jazakillah khairan No one dear.. 🙂 miadhu, in sha allah.. 🙂 hehe.. keep waiting dear.. 🙂

  21. Mishy says:
    May 30, 2018 at 10:03 am

    Alhey…????????mi prt s ham vrh obi????????????.. urgh..???????. That limya… i hate her..???… ziv hrdha molhey dhwh…?????.. whn nxt????? Curiously waitinn…. ????❤❤❤❤❤????⚘⚘⚘⚘⚘

    1. noor says:
      May 30, 2018 at 1:44 pm

      haadha colorful comment ekey dhw mishy.. 🙂 maa sha allah.. jazakillah khairan dear… 🙂 miadhu, in sha allah.. hehe.. keep waiting, dear.. 🙂

  22. Maakko says:
    May 30, 2018 at 2:34 pm

    Masha Allah vvvv reeethi

    1. noor says:
      May 30, 2018 at 3:15 pm

      jazakillah khairan Maakko.. 🙂

  23. layaal says:
    May 30, 2018 at 7:59 pm

    yh….hithaama veri vrhk liyan foohivaneetha…ok….keep it up

    1. noor says:
      May 30, 2018 at 9:08 pm

      nooney dear.. ehgothakah ves noon.. miee noor liyunu first vaahaka v ma noor mythi plan koffa in goiyy miee hama.. jazakillah khairan dear. 🙂

    2. noor says:
      May 30, 2018 at 9:09 pm

      and i have one more question.. dear buny ‘raaniyaa’ kiyaa vaahaka eh liyedheyshey tha? i hope that you’d clarify my doubt.. 🙂

  24. rani says:
    May 30, 2018 at 8:49 pm

    noor u cn do it…….keep it up…..noorge hurihaa vrhkeh vx kiyan….vrh habeys hama……mashaa allah…..u have that talent…….

    1. noor says:
      May 30, 2018 at 9:12 pm

      jazakillah khairan rani dear.. 🙂 alhey dear miee noor ge first vaahaka ey.. hehe.. mihaaru noor ah eba get vey kanneynge mi vaa gotheh.. mi site ga ulhey dhw ehn author eh ves ‘noor’ kiyaa.. ehnve readers ah olhuny kanneynge dhw.. but it’s ok ingey.. 🙂 jazakillah khairan dear.. 🙂

  25. layaal says:
    May 30, 2018 at 10:31 pm

    yh…layaa bunee raniyaa kiyaa vrhk ekey……..any prblm……

  26. rani says:
    May 30, 2018 at 10:33 pm

    yh…..olhunee a swry…..hehehe,…… ae aslu veegoih…eh name eh kiyaaathee kanneynge….

Comments are closed.


All Right Reserved!