Skip to content
އެސްފިޔަ

އަޖައިބެއްފަދަ ލޯބި 2

 

…… ކިހިނެއްވީ..؟ މަލީ އޭނައަށް ހިތްކީތަ؟؟؟ މަހާ ދިމާކޮއްލިއެވެ.ނޫނޭ ނޫނޭ.. އޭނަ މާ އޮވާ ސޯލިހު. މަލީ ކަހަލަ ކުދިންނާ އޭނަޔާ ހަމައެއް ނޫން.. ހީލަމުން އޭނަ ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އެ ބުނެވުނު ޖުމްލަޔާމެދު އޭނާގެ ހިތް ހަމައެއް ނުޖެހުނެވެ. އެކަމާވެސް އޭނަ އިންތިހާއަށް ހައިރާން ވިއެވެ. އޭނަ އެ ދެން މާ ބޮޑުކަމަކަށް ނަހަދާ ޖޯލިން ތެދުވެލީ މަހާ ހިނގާށޭ ބުނުމުން އޭނައާއި އެކީ ގެއަށް ވަންނަންވެގެންނެވެ. އިރު އޮއްސުމުގެ ކުރިން ދެމީހުން އެކީ ގެއަށް ވަންނަންދިޔައިރު މަލިކާއަށް ނޭނގުނު ކަމަކީ ވަރަށް އަވަހަށް އޭނަގެ މައުސޫމު ހިތުގެ ހަމަޖެހުން ނެގެން އުޅޭކަމެވެ.

އިރު އޭގެ ދައުރު އަދާކުރުމަށްފަހު އުދަރެހުން ގެއްލިގެން ހިނގައްޖެއެވެ. ހިތްތަކަށް އަސަރު ކުރުވާފަދަ ޖާދުވީ މަންޒަރުތަކެއް ދައްކަމުންނެވެ.ފަނޑު ކުލަތަކުން އާފާޤް ޖަރީކުރަމުންނެވެ. ހަމަ އެއާއެކު އެއްކޮޅުން އަނދިރިކަންވެސް ގެންނަމުންނެވެ. ރޭގަނޑުގެ ރާނީއަށް ދައުވަތުދެމުންނެވެ. އދި އެންމެ ބޮޑު ކަމަކަށް މި އެއްޗެހި ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ހެކި ދައްކަމުންނެވެ.

ލަސްތަކެއްނުވެ ބަންގީގެ މޫރިތި އަޑުން ،ކީރިތި ﷲ ގެ ގެކޮޅަށް މީސްތަކުންނަށް ނަމާދަށް އައުމަށް ރަށުގެ 3 އަވަށު 3 މިސްކިތުން ގޮވާލި އަޑު އިވުނެވެ.
އޭރުވެސް މަގުމަތީގަޔާ ފުޓުބޯޅަ ދަނޑުގައި ބޮޑެތި ފިރިހެނުންނާ ކުޑަކުދިން ބޯޅަ ތަޅަ ތަޅާ ތިއްބެވެ.އެތަނުން މަދު ބަޔެއް ތެޅެމުން ފޮޅެމުން އަވަސް އަވަހަށް ގެއަށް ދިއުމަށް އަދި އަނެއްބަޔަކު ސީދާ މިސްކިތަށްދިއުމަށް ހިނގައިގަތެވެ. ދެންތިބި މީހުންނަށް ނީވެނީ ތޯއްޗެކެވެ. ނޫނީ ކަންފަތަށް އެ އަޑު އިވުނަސް ޢާފިލުކަމާހުރެ ހިތްތަކާ ހަމަޔަށް ނުފޯރީއެވެ. ނޫނީ ނުވިސްނެނީ ބާއެވެ.

ނުވިސްނެނީކީ އެމީހުންނަކަށް އެކަންޔެއް ނޫނެވެ. އެދެއްގެ މަތީގައި ފޯނާއި ކުޅެން އޮތް މަލިކާއަށްވެސް އެކަން އެނގޭހެނެއް ހިއެއް ނުވެއެވެ. އެނދުމަތީގައި ދެއަތް ވިއްދައިގެން ބަންޑުހުން ފޯނަށް ގެއްލިފަ އޮތްއިރު ތިމާ ކުރަންޖެހިފައިވާ މިއަަށްވުރެ މާ މުހިންމު ކަމެއް އޮތެކޭ  ހިތަކަށް ނާރައެވެ. އޭނާއަށް ހޭވެރިކަމެއްވީ މީހަކު އައިސް އެ ފޯނު އޭނަގެ އަތުތެރެއިން ދަމައިގަތުމުންނެވެ. ކަޅި ބޮޑުކޮއްގެން ހުރެ ބޯ ހިއްލާ ބަލާލީ ކާކުތޯއެވެ. ކުރިމަތީގައި ހުއްޓިގެން ހުރީ އޭނަގެ މަންމަ ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އޭނަ ދެކޮނޑު އަރުވާލައިފައި ނިތައް ރޫގިނަކޮއްލީ ކިހިނެއްވީހޭ ބުނާ ފަދައަކުންނެވެ. މަދީހާގެ ރުޅި މޫނު ފެނުމުން ވަގުތުން ވީގޮތް ނަގައިގަނެވުނެވެ. އަދި މިހުރެވުނީ ނަމާދަށް ނާރާކަން ހަނދާންވީ އެވަގުތުއެވެ. ދެން ފުއްމައިގެންފައި ތެދުވެ ދުއްވައިގަތީ ފާހާނާއަށެވެ. މަދީހާ އެއްޗެއް ބުނުމުގެ ފުރުސަތެއްވެސް ނުދީއެވެ. މަދީހާ އަޑުލަވާނެކަން އޭނަޔަށް އިނގޭތީއެވެ.. ފާހާނަޔަށް ވަދެ ވަރަށް އަވަސް ކޮއްލާ ވުޟޫކޮއްގެން ނުކުތީ މަދީހާގެ ރުޅިބުނުމެއް އަޑުއަހަން ނުޖެހި އަވަހަށް ނަމާދަށް އެރޭތޯއެވެ.  ގިބުލައާއި ވީ ފަރާތަށް ބިންމަތީގައި މުސައްލަ އަޅާލުމަށްފަހު އަވަހަށް ނަމާދުކުރަން ފެށިއެވެ.

ނަމާދުކޮއް ނިއްމާލީ އާދައިގެ މަތިން ވީހާވެސް ހުޝޫއަތްތެރިކަމާއެކު ހަމަޖެހިލައިގެން ހުރެއެވެ. އެއްވެސް ފަހަރަކު ތެޅިފޮޅިގެން ނަމާދުކުރާކަށް މަލިކާ ބޭނުމެއް ނޫނެވެ. ކިތައްމެ އަވަހަށްތާކަށް ދާންޖެހުނަސް ނަމާދު ކުރަންޔާ ކުރާނި ވަރަށް ހަމަޖެހިލައިގެންނެވެ. އަވަސްކޮއްގެން ވާނެ ފައިދާއެއްވެސް ނެތީމައެވެ.

ނަމާދުން ފައިބައިގެން މުސައްލަ އޮޅާލުމައްފަހު ތެދުވެގެން ކޮޓަރިން ނުކުންނަން ދިޔަ މަލިކާ ހުއްޓުން އެރީ އެނދުމަތީގައި ހަތިމެއް ނަގައިގެން ކިޔަވަން އިން އޭނަގެ މަންމަ ގޮވާލުމުންނެވެ. ލައްބައޭ ބުނެ މަލިކާ އޭނަގެ މަންމަގެ ގާތަށް ދިޔައެވެ. މަދީހާ އޭނަގެ އެންމެ ކުޑަ ދަރިފުޅަށް ނަސޭހަތް ދޭން ފެއްޓިއެވެ. މަލިކާ ފޫހިކަމާ އެކު ނަމަވެސް މަންމަގެ ވާހަކަތަށް އަހަންއިނެވެ. ފޫހިވީ މަންމަ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން އޭނަޔަށް އިނގޭތީއެވެ. އަޑުއަހަން އިނދެވުނި އެއީ ތެދުވާހަކަތަކެއްކަން އިނގޭތީއެވެ.
“ދަރިފުޅު ކީއްވެ މަންމަ އައި އިރު ނަމާދު ނުކޮށް މިތާ އޮށޯވެގެން އޮތީ؟” މަދީހާ މަލިކާ އާއި ސުވާލުކޮއްލިއެވެ. “އެއީ އަހަރެން ހަނދާން ނެތުނީ މަންމާ”. މަލިކާ ކިޔައިދިނެވެ.  “ހަނދާންނެތުނީއޭ! ކީއްވެ ހަނދާން ނެތެންވީ.. ބަންގި ގޮވިއަޑެއް މަލިކާ ނާހަންތަ؟ ނަސީބެއް ނުން ގެ ކުރިމަތީގަ މިސްމިކިތް ހުންނަކަން … ނޫންނަމަ ބުނާނަމެއް ނުން އަޑުނީވުނީއޭ…” މަދީހާގެ އަޑު ހަރުވިއެވެ. “ނޫނޭ މަންމާ އަހަރެން އޮތީ ފަހުން އަރަންވެގެން… އޮއްވާ ހަންދާންނެތުނީ…” މަލިކާ ތެދުތެދަށް ކިޔައިދިނެވެ.
“ހަނދާން ނުނެތޭނޭ ބަންގި ގޮވި އިރަށް ފާހަނާއަށް ވަދެ ވުޟޫކޮއްގެން ނަމާދަށް ދިޔަނަމަ.. މަލިކާ އަކަށް ނޭގޭތަ ބަންގި ގޮވީމަ ތިމަންނަ އޮންނަންވީ ނޫންކަން ތެދުވެގެން ދާނީކަމެއް.. އޭނ..!! މަންމަ ކިތައްދުވަހު މަލިކާ ކައިރީ ބުނީ ރަތްވިލާ އޮއްސުމުގެ ކުރިން މަޢްރިބް ނަމާދުކޮއް ނިއްމަން ވާނޭ.. ދެން އިރު އަރާ ގަޑީގަ ފަތިސްނަމާދު ކުރާކަށް ނުވާނޭ… ފަތިސް ނަމާދުވެސް ކުރަން ވާނި އިރުއެރުމުގެ ކުރިންނޭ.. އެކަމަކު މަލިކާއަކަށް މަންމަ ބުނާ އެއްވެސް ގޮތަކަށް ކަމެއް ނުވެއެއްނު…”. މަދީހާ ބާރަށް ފެށި ވާހަކަ ނިއްމަލީ މަޑުމައިތިރިކަމައެކު އެވެ. މަލިކާއަށް އެއްޗެއް ވިސްނޭތޯ ހިތުން ދުއާކުރަމުންނެވެ.
މަލިކާ އަނގައިންވެސް ނުބުނެ އީނީއެވެ. ވިސްނާށެވެ. ” މަންމަ އެދައްކަނީ ތެދު ވާހަކައެވެ. ދެން އަހަންނަށް އެއަށް އަމަލު ނުކުރެވެނީ ކީއްވެ ހެއްޔެވެ..؟؟ އަހަރެން މަސޢްކަތްކުރަމެވެ. އެކަމަކުވެސް ހަމަ ނުވަނީއެވެ. މަންމަ ބުންޔެއް ކަމަކު ރަތްވިލާ އޮއްސުމުގެ ކުރިން މަޢްރިބްނަމާދު ކުރެވޭ ހެއްޔެވެ… އެއީ އެކަމަކު ހާދަ އަވަހެވެ.. ދެން ފަތިސް ނަމާދު..  ގިނަދުވަހު ފަތިސްނަމާދަށް ހޭލެވެނީ ލަހުން… ދެން ކިހިނެއް އިރު އެރުމުގެ ކުރިން ނަމާދު ކުރެވޭނީީ.. މަންމަ އެހެން ބުންޔަސް އެހެންވެސް ވަނީ މަދު ދުވަހެއްގައެވެ… މަންމަ ހުންނަނި މަލީއަށް ކުށެއްވޭތޯ ބަލަބަލައެވެ. އެއީ މަންމެ އާދަ ވިއްޔާއެވެ… އެކަމަކު އެއީވެސް އަހަންނަށް ރަނގަޅަކަށެވެ… ދެން ކޮންމެ ގޮތެއްވިއަސް ރަނގަޅުކުރާނިތާއެވެ…..” މިކަހަލަ ހިޔާލުތަކެއްގައި އިންދާ މަލިކާ އަށް ސިހުން ވީ އިޝާ ނަމާދަށް ބަންގި ގޮވުމުންނެވެ.
މަދީހާވެސް ކިޔަވަންވެގެން ނެގި ހަތިމް ބާއްވާފަ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކުދި ކިޔަމުންނެވެ. މަލިކާ އަމިއްލައަށް ނުކިޔަވާތާ ތިމަންނަޔަށް ވެސް ހަތިމުން ކިޔެވުނަ ނުދީ ހުއްޓާ ބަންގިގޮވީ ކަމަށް ބުނެއެވެ. އެހެން ބުނުމުން މަލިކާ އިނީ ހައިރާންވެފައެވެ. ދެލޯ ބޮޑުކޮށް އަނގަ ތައްމިނަށް ހުޅުވައިގެންނެވެ. އޭނަ މަންމަ ހުއްޓުވީކިއެއް ނޫނެވެ. މަންމަ އޭނަ ހުއްޓެވީއެވެ. ދެން އެހެން ބުނަންވީ ކީއްވެކަމެއް ނޭގި އޭނަގެ މަންމަގެ މޫނަށް ބަލާލިއިރު އިރު މަންމަގެ މޫނުމަތީ ވި ކުލަވަރު ފެނި އެއީ މަލިކާ ގޮއްވަން ވެގެން ކިއެއްޗެއްކަން އެނގުނެވެ. އޭނަވެސް މަންމަ ހާދަ ހެއްވައޭ ބުނެ ތެދުވެގެެން ނަމާދަށް ދިޔައީ ތުއި ގޮތަކަށް ތުން އޫކޮއްގެންހުރެ ހިތާހިތާ ހެމުންނެވެ.

” ހޭނެކަމެއް ނެތޭ!! އަދި އެބަ ހެއެއްނު.. ރީހަން ކުލާސް ކުދިންނޭ އެއީ ހަމަ..” މިސްކިތުން ފައިބައިގެން އައި ދެޒުވާނުންކުރެ އެކަކު އޭނައަށްވުރެ ކުޑަޔަށް ހުރި ކުއްޖާޔަށް ބުންޔެވެ. “ސިޔާސަބައެއް އެއީ ހުވާ.. މަ ހުރީ ހަމަ ހައިރާންވެފަ އެމީހުންގެ އެސަކަރާތް ފެނިފަ… އަޅެ މީ ކުޑަކުދިންނެއް ނޫންވިއްޔަ… އެވަރު ވިސްނެންޖެހޭނެއެއްނުން.. އެމީހުން ހިތަކަށްވެސް ނާރާ އެއީ މިސްކިތެކޭވެސް.. ހީވި މި މިމީހުން ކުޅޭ ގެހެން..” އެޒުވަނާ ނުރުހުންވެ ހުރެ ކިޔައިދިނެވެ. އޭރު އޭނަ ގާތު ހުރި ކުއްޖާ ބިނދި ބިދިފާ ހެނީއެވެ.. ” އަނހައްހައްހައް… އަސްލުވެސްތަ!! ހާދަ ވަރެކޭދޯ އެމީހުން އެކޮއްލީ.. އާނ އެހެންޔަ ތިބުނީ ވިއްޔަ އެނމީހުން ފަހު ސަފުގަ ތިބެ ފީއްކޮއް ކުޅުނީއްޔޭ ދެން ނުހެވުނިއްޔާ ރަނގަޅެއްނުން… ހޭހެ.. ހެހެ… ތިވާނީ އެއުޅޭ ރަވަޅޭމެން ކަމަށް.. މަ އެސަފުގަ ނެއްކަން ނަސީބުދޯ ނޫންނަމަ މަށަށްވެސް މަޑުންނެއް ހުރެވުނަކަށް ނުދޭނެ އެމީހުންނެއް..” ހުނުން ކޮންޓްރޯލް ކުރަމުން އޭނަ ބުނެލިއެވެ.. “މަށަކަށް ނޭނގެ ވަޅައެއް ވަަޅައެއް … މަށައް އިނގެެެނީ ރައިހާން އެކަހަލަ ކަމެއް ކޮއްފިއްޔާ މަ ހަފީސައްތަ ކައިރީ ބުނާނެކަން.. ހަނދާންކުރާތި… ފިރިހެނާ.!! އެއް އަަަތް ޖީބައްް ޖަހައިގެން އަނެއް އަތުން ރައިހާންގެ ބޮލުގަ ކޮއްޓަމުން އެ ޒުވާނާ ބުންޔެވެ. އިންޒާރެއް ދޭފަދައަކުންނެވެ.  އޯކޭ އޯކޭއޭ އަބީރުބެއްޔާ.. އަނެއްކާވެސް ހިނިގަނޑެއް ޖަހާލާފައި ރައިހާން ބުނެލި އެއްޗަކުން އަބީރު ގާތަށްވެސް ހިނިއައެވެ. މިސޮރުގެ ލާނެއްކަމާއޭ ހިތަށް އަރާ ފަޓުލޫނުގެ ދެޖީބަށް އަށް ޖަހާ ދެކޮޅަށް ބޯ ހަލުވާލަމުން ބަލާލީ މައްޗަށެވެ. އެވަގުތު މެދު އުޑުގައި ރަނިކަން ކުރަމުން ދާ ސާދަފަނަރައިގެ ބުރުހަމަ ހަނދުގެ ފުރިހަމަކަން ދެކެފައި އޭނާއަށް ސުބުހާންﷲ އޭ ބުނެލެވުނެ. “ކިހިނެއްވީ؟؟”  ފޯނަށް ބަލަހައްޓައިގެން ހިގަމުން ދިޔަ ރައިހާންނަށް އެ އަޑު އިވިފައި ސުވާލު ކޮއްލިއެވެ. ބަލާބަލަ އެހެރަ ހަނދު..  އެ ހަނދު.. ފުރިހަމަކަން… އަޖައިބެއްފަދަ މަންޒަރެއް… ކުޅަދުންވަންތަ ކަމާއެވެ… އަބީރުގެ މި ބަސްތައް އިވިފަ ރައިހާން ކޮބާ ކޮބާހޭ ކިޔާ ފޯނުން ނަޒަރު ހިއްލާ ބަލާލީ އެފަދަ ހަނދެއް އޭނަވެސް ދެކިލުމުގެ ޝައުގުވެރިކަން ހިތުތެރޭ އޮތީމައެވެ. އޭނަ ބެލީކީ މައްޗަކަށް ނޫނެވެ. މަގުގެ ދެފަރާތެވެ. އެވަގުތު އެމީހުންނާ ދިމާއަށް ފަސްދޮޅަހަށްވުރެ މަތީގެ އަންހެނަކު ހިނގާފަ އަންނަތަން އޭނާއަށް ފެނުނެވެ. އަބީރު މިދައްކަނީ މި އަންހެނާގެ ވާހަކަހޭ ހިތަންއަރާ ރައިހާން ހައިރާންވިއެވެ. އައްޗީޑިއޭ ބުނެވުނި ބޭއިޙްތިޔާރުގައެވެ. އޭރުވެސް މައްޗަށް ބަލައިގެން ހުރެ ހިނގަމުން ދިޔަ އަބީރަށް ކުއްލިއަކަށް ރައިހާނަށް ބަލާލެވުނީ ކިހިނެއްވީހޭ އަހާ ފަދައަކުންނެވެ. އިނތުރު އެއްޗެއް ނިބުނެވެނީސް މަގުން ދިޔަ އަންހެންމީހާ ދައްކާލިއެވެ… އަދި އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ. “ތިއީތަ ތިކިޔާ ހަނދަކީ… ސާބަސް އަބީރުބެއަށް… ޕިސް ޕިސް ޕިސް… ގޯހެއް ނޫންއިނގޭ އަބީރުބެއްޔާ… ތި ފެނިގެން އުޅެނީ ސަޅިދައިތައެއް ވިއްޔާ…” ރައިހާންގެ މި ކޫސަނިތަކަށް ކެއްނުވެގެން އަބީރު ތަންކޮޅެއް ބާރަށް އޭނަގެ ބޮލުގެ ފުއްކިބައިގައި ޖެއްސެވެ… ހަމަ އެވަގުތު ރައިހާން ޝަކުވާގެ ރާގަކަށް ކިހިނެއްވީހޭ ކިޔާ ދަމާލިއެވެ. “ކިހިނެއްވީހޯ..!!! ރައިހާން ކީއްވެ މަގުމަތިންދާ މީހުންނާ ބެހެނީ… އަދި އެވެސް މުސްކުޅިންނާ … ނޭނގޭތަ އެއީ ގޯސްކަމެއްކަން…  އަދި މަ ނުދައްކަމޭ މީހެއްގެ ވާހަކައެއް.. މަ ބުނީ ތިހިރަ ހަނދުގެ ވާހަކަ ދެންވެސް އުޑަށް ބަލާބަލަ..” ވާނުވާނޭނގިފައި އަބީރަށް ބަލަންހުރި ރައިހާންގެ ދަތްދޮޅީގައި ހިފައި އުފުލާލަމުންމުން އަބީރް ދައްކާލިއެވެ.  އޯ…އޯއޯ…އޯ…. އަދިކިރިޔާ ގެޓުމިވީ… ނޭނގޭނެއެއްނު މީހުން ސާދަ ފަނަރައިގެ ހަނދޭ ކިޔަނީ ރީތި އަނހެންކުދިނަށްވިއްޔާ … އެހެންވެ މަހިކުރީ އަންހެންކުއްޖަކު ފެނިގެން ކަމަށް މަ ބެލިއިރު މިއީ ދައިތައެއް.. ދެން އެހެންވީމަ ބުނާނެއްނު އެހެން…. ހަނދޭ ނުކިޔާ މޫންއޭ ބުނިނަމަވެސް އެނގުނީސް… ދެންފަހަރަކުން މޫން ކިޔަން ހަނދާންކުރައްޗޭ.. ހެހެހެ.. ރައިހާން އޭނައަށް ވިސްނުނުގޮތް ހިތަށް އަރާފަ ވާހަކަދެއްކީ ވަރަށް ކަޑަވެފަހުރެއެވެ. އަބީރުކަޅި މައްޗަށް ހިންގާލީ މީނަގެ ބަހަނާތައް ދުވަހަކުވެސް ނުނިމޭމޭ ބުނާފަދައަކުންނެވެ.. އޭރޫ އެދެމީހުންނަށް ތިބެވުނީ އަބީރުގެ ގޭގެ ދޮރުމަތީގައެވެ. އަބީރު ދެން އޭނާޔާ ސަލާމްކުރުމަށްފަހު އެހެންތާކަށް ނުގޮސް އަވަހަށް ގެއަށް ދިއުމަށް ބުނެ އޭނަވަނީ އޭނގެ އަމިއްލަ ގެއަށެވެ. ރައިހާން ވެސް އާނއެކޭ ބުނުމައްފަހު ހުރި ސީދަލަށް ހިނގައިގަތީ ގެއާދިމާށެވެ..

މުޅިން އާދުވަހަކަށް އިރުއެރީ އަބީރު ގޭގެ ބަގީޗާ ގަސްތަކަށް ފެންދޭން ހުއްޓައެވެ. ފަތިހު ފަތިސް ނަމާދަށް ދިޔަގޮތައް މިސްކިތުން ފައިބައިގެން އައީއްސުރެ އެއުޅެނީ އެ މަސައްކަތުގައެވެ. މިކަމަކީ އޭނަ މާލެ ހުރެފަ ރަށަށް އައިފަހުން  ކުރަންފެށިކަމެކެވެ.  މިހާރު އޭނަގެ ދުވަސް ފެށެނީ އެގަސްތަކަށް ފެންދިނުމުންނެވެ. އޭނަޔާ އެ ގަސްތަކާ ގުޅުމެއްވާފަދައެވެ. އެއަށް ފެންނުދެވުނިއްޔާ އޭނަގެ  ހިތް ހަމައެއްނުޖެހޭނެއެވެ. އެކަމަކު އެއަށް ފެން ނުދެވި އޭނަގެ ދުވަސް ހަރާބުވުން އެއީ ވާނެކަމެއް ނޫނެވެ. ސަބަބަކީ އެއީ އޭނަގެ ދުވަސް ހަރާބުވާ ހަމައެކަނި ކަމަކީ އޮޅިގެންވެސް ފަތިސްނަމާދު ވަގުތުން ނުކުރެވުމެވެ. އެނޫން ކޮންމެ ކަމެއް ވިޔަސް އޭނަ އޭނަގެ މޫޑު ހަރާބުވިޔަކަށް ނުދޭނެއެވެ. އެހެންޔާއެވެ. ފަތިސްމަމާދު ވަގުތުގައި ކުރެވުމުން އޭނަޔަށް އެލިބޭ ހިންހަމަޖެހުމެކެވެ. އެ ކުރެވޭ އިހްސާސް އިނގޭނީ އެ ނަމާދު ވަގުތުން ކުރާބަޔަކަށެވެ. އަބީރަށް ކޮއްމެ ދުވަހަކު އެ މަސައްކަތް ކުރުމަށް އެ ލިބޭ ހިއްވަރަކީވެސް އެއީ ކަންނޭގެއެވެ.

އަބީރު ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި ހުއްޓާ ގޭގެ ބޮޑު ދޮރު ހުޅުވާލިއަޑަށް އޭނާއަށް ސިހިފައި އެނބުރި ލެވުނެވެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރީ އާދައިގެ ހަރުވާޅު ހެދުމުގައި ކުޑަ ބުރުގަލެއް އަޅައިހެން ހުރި މެދު އުމުރުގެ އަންހެނެކެވެ. އަބީރު ގުޑް މޯރނިންގް ތުއްތާއޭ ބުނެ އެ އަންހެން މީހާއަށް ހިނިތުންވުމެއް ހަދިޔާ ކޮއްލިއެވެ. އެ އަންހެންމީހާވެސް ހިނިތުންވުމަކާއެކީ ގުޑްމޯރނިންގް އޭބުނެފަ ގޮސްވަނީ ބަދިގެއަށެވެ. އެވަގުތު ގޭ ދޮރޯށިން ވަދެގެން އައި އަރީންއާޢި އައްމާރު  ފެނި އަބީރް ހުރީ ހައިރާންވެފައެވެ. “ދޮންތާ!! ހާދަ ހެނދުނަކާ؟؟ ކިހިނެއްވީ އައްމުއަށް ރޭގަ ނުވެސް ނިދުނު ދޯ މިގެއަށް އަންނަހިތުން؟؟” ގޯތިތެރޭގައި ހުރި އުނދޯލީގައި އިށީން އަރީންއާއި ސުބާލުކޮއްލިއެވެ. “އާން ފަތިހު ހޭލިގޮތަށް މާމަގެއަށް ނުދެވިގެން… އެހެންވެގެން މާއަވަހަކަށް މި އައީ… ކޮބާ ތައްޔާރުވެއްޖެތަ؟؟” އަބީރު ކޯއްޗެއްހޭ އަނހާލީ އަރީން އެ ބުނިއެއްޗެއް ނޭގިގެންނެވެ. ދަތުރު ދިއުން… ނުދަނީތަ އަނެއްކާ؟؟ ” އަބީރު ވަގުތުން އަމިއްލަ ބޮލުގަ ޖަނހާލީ އޭނަ އެކަން ހަނދާންނެތެންވީ ކީއްވެހޭއަމިއްލަ ނަފްސަށް ބުނާފަދައަކުންނެވެ. “ނޫނޭ ހަނދާންނެތުނީ ” އަރީން ދެފަރާތަށްތައް ބޯހޫރާލަމުމް ބަދިގެފަރާތައް ދިއައީ އޭނަގެ އެންމެ ކުޑަ ފިރިހެން ކޮއްކޮއަށް ސާބަސް ދެމުންނެވެ. އަރީން އަތުފާ ކައިރިއަށް ބަދިގެއަށް ދިއުމުން އަބީރު ފެންހޮޅި ބާއްވާފަ ދެން އަވަސްވެގަތީ އޭނަގެ ތިއްތަ މިންހާ އާއި ދެ ކޮއްކޮ ނީކް އާއި ނީމް ބަލާދާށެވެ.  ގެއަށް ވަދެ ތަޅުދަނޑި ނަގައިގެން އައިސް ސައިކަލަށް އަރާ ސްޓާޓު ކޮއްލީ އަވަހަށް ދުއްވާލުމުގެ ނިޔަތުގައެވެ.

ނަމަވެސް ހުއްޓުން އެރީ ކުރިމައްޗަށް ނަޒަރު ހިންގާލި ވަގުތުއެވެ. ފެނުނު ސޫރައަކުންނެވެ. އެވަގުތު އޭނަގެ ހިތުތެރޭގައި އެތަކެއް ދުވަސް ވަންދެން ނުތެޅި އޮތް ބަޔެއް ތެޅިލިއެވެ. އެތަކެއް އަހަރުވަންދެކަށް ނިދާފައިވި އިހްސާސްތަކެއް އުތުރި އަރައިގަތެވެ. ހަމަ އެއްމެ ކުއްޖަކު ފެނިލުމުންނެވެ…….

(ނުނިމޭ)

Comments (15)

  1. Aesh

    Ma sha Allah.. Maa sha Allah.. Maa sha Allah..☺️☺️???????☺️???❤️?❤️?❤️ Haadha furihama ey… Just wow!!!!!!! Vrh reeeeeeeeeeeeeeeeethi… Dheeny story eh v am adhi Vrh Vrh Vrh Vrh Vrh Vrh reethi… Maa sha Allah..?????❤️❤️❤️☺️☺️????????❤️❤️❤️❤️ Waiting for nxt part.. ☺️???????❤️❤️❤️??❤️❤️❤️❤️????????

    1. Aisha Binth ibrahim
      Aesh

      Alhamdhlillah! Awwwn haadha loabi commentekey aesh..??..jazak Allah khairan.

  2. Roxy

    Vvvvvv reethi buddy ?? kyp it up ??

    1. Aisha Binth ibrahim
      Roxy

      Alhamdhlillah! Thanks buddy

  3. mal

    wow. story vvv reethi….. waiting for next part

    1. Aisha Binth ibrahim
      mal

      Alhamdhlillah!?.. on sha Allah I will try my best to post another part as soon as possible..

  4. No one

    Vr vr furihama..?♥️ keep going.. insha allah u can become a successful writer.. u have the talent.???❤️???♥️????❣️?

  5. Aisha Binth ibrahim

    Assalam’alaikum.. alhamdhlillah mi part vess miothy up vefa. Alhugandu masahkah ebakuran veehaavess avahakah up kurevethoa.. ehnamavess vagutha haalathu huri gothun nuliyeaveny.. dhen mi part ga vess rangalhukohlan huri thaneh viyyamu thi kiyuntherin faahaga kohdhinun edhen.. thi kiyunntheringea faadukiyumaky alhungandah libey kurierumeh kamah dheken… adhi varah bondah ummeedhukuran me vaahakain thiya kiyuntherinnah kuda namavess vaanekamah…??

  6. Medow

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv loabi story. Just waiting for next part ?

  7. Medow

    Vvvvv loabi story. Waiting for next part.. ?

  8. unique

    Maasha Allah varah ves reethi hope to see next part soon……………

    1. Aisha Binth ibrahim
      unique

      Alhamdhlillah… in sha Allah I Will try to post the next part soon ?

  9. Meee

    You are from sh atoll right…actually ibknw a child who’s name is similar to yours so I wanna knw

    1. Aisha Binth ibrahim
      Meee

      Hehe. No mee I’m not from sh atoll?

  10. Aisha Binth ibrahim

    Hehe. No mee I’m not from sh atoll?

Comments are closed.