ހަވީރުވެގެން އައި އިރު ނުރީންމެންގެ ހިތުގައި ވަނީ އުފާވެރިކަމެވެ. ނަމަވެސް ޔައީޝްގެ ހިތަށް ވެރިވެފައި ވަނީ ފޫހިކަމެވެ. އޭނާ އެދާ ގެއަކަށް ދަނިވެސް މަޖުބޫރުވެގެންނެވެ. ނޫންނަމަ އޭނާ މިގަޑީގަ ހުންނާނީ ކޮންމެވެސް އެހެން ކަމެއްގައެވެ. ޔާސީންމެންނަށް ކާރު ދީފައި އެމީހުން ފަހަތުން ޔައީޝް ދިޔައީ ސައިކަލުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވާންދެން ދުއްވުމަށްފަހު ޔާސީންމެން ކާރު މަޑުކޮށްލީ ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. ނޫރިންމެން ކާރުން ފޭބުމުން އެމީހުން ކާރު ޕާކު ކޮށްލަން ދިޔައެވެ. ޔައީޝްވެސް ސައިކަލު […]
ދުވަސްތައް އެގޮތުގައި ހަލުވި ކަމާއެކު ފާއިތުވަމުން ދެއެވެ. އެންމެންވެސް އެމީހުންގެ ދިރިއުޅުމައިގެން އަލުން ކުރިއަށް ދެވޭތޯ ބެލިއެވެ. ދިރިއުޅުމުގައި އާ ހަރުފަތްތައް ގިރާކުރަމުން ދިޔައި ފޯރީގައެވެ. ނަމަވެސް އެއްބަޔަކު އަދިވެސް އުޅެމުން ދިޔައީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެކަމުން މިންޖުވޭތޯ އެމީހުން އެތަކެއް މަސައްކަތެއް ކުރަމުން ދިޔަ ނަމަވެސް އަދި ކާމިޔާބުވާގޮތް ހަމަ ނުވަނީއެވެ. ***6 އަހަރު ފަސް*** ހަވީރު ހަތަރެއް ޖަހަން ގާތް ވަނީއެވެ. ޖެއްސި ފްލައިޓުން ފޭބި މީހުންނާއެކީ އަންނަމީހުންގެ ދޮރުން ނިކުމެގެން އެ […]
މިއީ ރޯދަމަހެއްގައި ކުއްޖަކު އަނބުގަހަކަށް އެރުމުން ދިމާވި ޙާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙަޤީޤީ ވާހަކައެކެވެ. މިވާހަކައިގައި އުޅޭ ޝަރަފުގެ ޢުމުރަކީ އޭރު ބާރަ އަހަރެވެ.އެއްދުވަހެއްގެ ހަވީރު ޝަރަފު ފޫހިވެގެން ކުރާނެ ކަމެއް ނޭނގިގެން ގޮސް ހިތަށް އެރިއެވެ. ފޫހިފިލުވާލަން އަނބުގަހަށް އަރަން ވީ އެވެ. ޝަރަފުގެ ޢުމުރުން ބާރަ އަހަރުގައި ވެސް އުސް ތަންތަނަށާއި ގަސް ގަހަށް އަރަން ވަރަށް ފަރިތައެވެ. އަދި އެއީ ޝަރަފު ވަރަށް ކުރާ ހިތުން ކުރާ ކަމެވެ. ހަވީރު ޢަސުރު ނަމާދުކޮށްލައިގެން […]
ދެންވެސް އެންމެންގެ ސަމާލުކަން ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރުން ނިކުތުމުންނެވެ. ޒައިފް އަށާއި ނައިޝަމް އަށްވެސް އެދިމާލަށް ދުއްވައި ގަނެވުނީއެވެ. ޑޮކްޓަރ ދޭނެ ޖަވާބަކަށް ކެތް މަދުވެފައި ވާ ވަރުންނެވެ. ދަރިފުޅު ދެކިލަން ބޭނުންވެފައި ވާލެއް ބޮޑު ކަމުންނެވެ. އަދި ކޮއްކޮއަށް ދެރަގޮތެއް މެދުވެރިވާންވެސް ނޭދޭ ވަރުންނެވެ. މިފަހަރު އެކަކުވެސް ޑޮކްޓަރ ގާތު ސުވާލު ކުރާކަށް ނޫޅުނެވެ. ނަމަވެސް އެންމެންވެސް ތިބީ ޑޮކްޓަރގެ ޖަވާބަކަށް އިންތިޒާރުގައި ކަން ކޮންމެ މީހެއްގެ މޫނަސް ބަލައިލައިފި ނަމަވެސް ދޭހަވެއެވެ. […]
އޭނާއަށް އެހާ ހިސާބަށް ދެވެން ވީއިރު އެ އަންހެން ކުއްޖާ އެތަނަށް ވެއްޓިއްޖެއެވެ. އެއާއެކު ޔައީޝްވެސް އެހުރިތަނަށް ހުއްޓުން އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައިވެސް އެކުއްޖާ ކައިރިއަށް ދުއްވައިގަތެވެ. ޔައީޝް ދުވެފައި ދިޔަގޮތަށް ގޮސް އެކުއްޖާ ގާތު ހުއްޓުނެވެ. އެއިރު އެކުއްޖާގެ ބޯ ފެޅި މުޅި އެސަރަހައްދުގައި ވަނީ ލޭގެ ކޯރު ހެދިފައެވެ. އެކުއްޖާގެ މޫނުވަނީ އަނެއްފަރާތަށް ކަމުން ބިރުންހުރެ ނަމަވެސް ޔައީޝް ގުދުވެލުމަށްފަހު އެމޫނުމައްޗަށް ރަނގަޅަށް ނަޒަރެއް ހިންގާލިއެވެ. ޔައީޝްއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނީ […]
ނަމަވެސް ހުއްޓުން އެރީ ކުރިމައްޗަށް ނަޒަރު ހިންގާލި ވަގުތުއެވެ. އެފެނުނު ސޫރައަކުންނެ. އެވަގުތު އޭނަގެ ހިތުތެރޭގައި އެތަކެއް ދުވަސް ވަންދެން ނުތެޅި އޮތް ބަޔެއް ތެޅިލިއެވެ. އެތަކެއް އަހަރުވަންދެކަށް ނިދާފައިވި އިހްސާސްތަކެއް އުތުރި އަރައިގަތެވެ. ހަމަ އެއްމެ ކުއްޖަކު ފެނިލުމުންނެވެ. ދެލޯ ބޮޑުކޮއްލެވުނީ އޭކާކުކަން ނަގައިގަނެވުމުންނެވެ. އިސްދަށަށް ޖަހާލެވުނީ އެގޮތައް ބަލަން ހިތްނޭދޭތީއެވެ. އަދި ބާރު ސްޕީޑެއްގައި ދުއްވާލީ އޭނަޔާ ވީހާވެސް ދުރަށް ދިއުމަށެވެ. އެދިޔަގޮތަށް މަޑުކޮށްލީ އަލިވާގޭގެ ދޮރުމައްޗަށެވެ. އޭރު ގޭ ދޮރުމަތީގައި މިންހާއާއި އޭނަގެ […]
ޒިވާ ސޯފާގައި ނިކަން ހަމަޖެހިލައިފައި އިނުމަށްފަހު ފޯނު އެތާ ބާއްވައިފައި ދިޔައީ ފެން ބޯންވެގެންނެވެ. އަދި ފިނި ފެން ފުޅިއެއް ނަގައިގެން އައިސް ތައްޓަކަށް ފެން އެޅުމަށްފަހު ފެން ކޯވަރެއް ބޯލިއެވެ. “ތިއްތޫ.. ކޮކީއަށްވެސް..” ނަވާރް ކުޑަކޮށް ދުވަމުން އައިސް ޒިވާ ގާތު ބުނުމުން އޭނާ ތައްޓަކަށް ފެން އެލުމަށްފަހު ނަވާރް އާއި އެއްހަމައަކަށް ތިރިވެލިއެވެ. އަދި ނަވާރްގެ ތުނބުގައި އެތަށި ޖެއްސުމަށްފަހު އޭނާއަށް ފެން ބޯންދިނެވެ. “ޒިވްކޮ ފޯނަށް ހާދަވަރަކަށް އެބަ ގުޅައޭ މީހަކު.. އަނެއްކާ […]
“ޒިވް… އެއީ ލަތީފްބެ އާއި ލަތީފްބޭގެ އަންހެނުން ރުފްޝާ… ދެން ތި ތިބީ ލަތީފްބޭމެންގެ ދެކުދިން..” ޒައިފް އޭނާގެ ދަރިފުޅު ޒިވާއަށް ގޮވާލުމަށްފަހު ކުރިމަތީގައި ތިބި މީހުން ކިޔައިދިނެވެ. ޒިވާ އިސްއުފުލާލަން މަޖުބޫރުވުމުން އެވަގުތު ކުރިމަތީގައި ތިބި ބަޔަކަށް ނަޒަރެއް ހިންގާލިއެވެ. އެތާ ތިބި މީހުން ފެނި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. އޭނާއަށް ހިން ދިރުވާލެވުނީވެސް ވަރަށް ވަރުންނެވެ. އެއީ އޭނަ މިތަނުން ދެކެން ބޭނުންވި ސޫރައެއް ނޫނެވެ. […]
އަހަންނަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާނަކީމެވެ. އުފަލާ މަޖަލުގައި ޒުވާންކަމުގެ ދުވަސްތައް އެހެން ޒުވާނުންނެކޭ އެއްފަދައިން ގުނަމުން ގެންދިޔައީމެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. ހިތާމަވެރިކަމަކީ ކޮންއެއްޗެއްކަން އަހަރެން ނުދެނެހުރީމެވެ. އެއީ އަހަންނަށް އިހްސާސްވެފައި ނުވާ އެއްޗެކެވެ. މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އަހަރެން ބޭނުންވާ ކަމެއް ޖެހޭނީ ހިތަށް އަރުވާލާށެވެ. ޝަކުވާއެއްނެތި އުޒުރަކާ ނުލައި މަންމައާއި ބައްޕަ ކޮށްދޭނޭއެވެ. އަހަރެން ވަޒީފާއަކަށް ނުދަމެވެ. އަހަންނަށް ޙަރަދު ކުރަނީ އަދިވެސް ހަމަ މަންމައާއި ބައްޕައެވެ. ކުޑައިރުވެސް ކުރިފަދައިންނެވެ. އަހަންނަކީ މުސްލިމަކީމެވެ. އެހެންނަމަވެސް އެންމެ ފަހުން ނަމާދަށްއެރީ ކޮން ދުވަހެއްގައިކަންވެސް […]